ދަންވަމުންދިޔަވަރަކަށް އުޑުމަތީ އަޅިފުސްކުލައިގެ ވިލާތައް ބޯވަމުންދިޔައިރު ވައި ބާރުވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ވާރޭވެހިގެންފާނެހެން ހީވެެެއެވެ. ދޭތެރެއަކުން އަންނަ ބާރުވަޔާއިއެކު ބުރަހެލި ގަސްތައް ފުރާޅުގައި ކޭއްތިގަންނަނީ ދަންވަރުގެ ހަމަހިމޭންކަން މުގުރާލަމުންނެވެ. ގަސްތަކުގައި ވައިއަޅަވަމުންދިޔަގޮތުން ގަސްތަކުގެ އޮފިތަކަށް ކެތްނުވެގެން ކޮންމެ ވަގުތަކުވެސް ބިމަށް ފައިބައިގަނެފާނެހެން ހީވެއެވެ.
ބާރުވަޔާއިއެކީ ވާރޭގެ ރަހުމެއްނެތް ހަމަލާތައް ބިމަށް އަމާޒުވެގެންދިޔައީ ޝަލީން ފުޅާ ކުޑަދޮރުގެ ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުއްޓައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ ވާރެއާ ތެމެމުންދިޔަ ބަގީޗާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނުވެއެވެ. އަތުގައި އަޅާލެވިފައިވާ ގަނޑިއަށް ދޭތެރެއަކުން ނަޒަރެއްދޭއިރު ބަގީޗާތެރޭ ހަރަކާތްތެރިވަމުންދިޔަ ސެކިއުރިޓީ ގާރޑުންގެ ހަރަކާތްތަކަށް ނަޒަރެއް ދެވެނީ ކެތްތެރިކަން ކުޑަވެފައިވާގޮތަކަށެވެ. ގެވަށާއި ސަފަކަށް އެތުރިލައިގެން ތިބި ސެކިއުރިޓީ ގާރޑުން އެއްފަރާތަކަށް ޖެހިލާނެ ވަގުތެއްގައި އިންތިޒާރުގައި ހުރެ ހުރެ ކެތްތެރިކަން ކޮޅުންލީއިރު ޝަލީން މޫނަށް ގޮތެއް ހަދާލަމުން ކޮޓަރިއަށް ނިކުންނަން ހިނގައިގަތެވެ. އޭރު ކުރިއަށްވުރެ ވިއްސާރަބޯކޮށްލިއިރު ފުރާޅުގައި ވައިއަޅަވަމުންދިޔައަޑު އިވެމުންދިޔައީ ގައިން ހީބިހިނަގައިގެންދާފަދަ ގޮތަކަށެވެ.
ޝަލީންގެ ފިޔަވަޅުގެ އަޑު ނީއްވާ ސިޑިން ފައިބައިގެން އައިރު ވަށައިގެން ނަޒަރު ހިންގުނެވެ. އޮރެންޖްގެ ކުލައިގެ ޗާންދަލިޔާގެ ފަޑުއަލިން ހުޅުދާންވެފައިވާ ލިވިންރޫމްގައި މިވަގުތު ރަސްކަންކުރަމުން ދިޔައީ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން އިވޭ ހަމައެކަނި އަޑަކީ ފާރުގައި ހަރުކުރެވިފައިވާ ބޮޑު ގަނޑީގެ ކަށި ހިނގަމުންދާ އަޑެވެ. އެހިމޭންކަމުން ޝަލީންގެ ހިތަށް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނުއިރު މަޑު ފިޔަވަޅުތަކެއްގައި ގޮސް ޑައިނިންރޫމްއަށް ވަނެވެ.
ޑައިނިންރޫމްގައި އެއްއަޑަކަށް ހިފާލައިފައިވަނީ ވާރޭވެހެމުންދާ އަޑެވެ. ޝަލީންގެ ޑައިނިންރޫމްގެ ފަރުދާކަހާލެވިފައިވާ ކުޑަދޮރާއި ގާތްވެލަމުން ބަގީޗާތެރެއަށް ހުޅުވެން އިން ކުޑަދޮރު ކުޑަކޮށް ހުޅުވާލުމާއިއެކު ވަޔާއި ވިއްސައިގެން އައި ފެންތިކިތައް ޝަލީންގެ މޫނުގައި ވިދަންފެށިއެވެ.
ބޯވާރޭތެރޭގައި ހިޔާވުމެއްނެތި ސަފަކަށް ރުކުރުވާލެވިގެން ސެކިއުރިޓީގާރޑުން ތިބިއިރު އެ މީހުން ތިބީ ޝަލީންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންހެން ހީވެއެވެ. ވެހެމުންދިޔަ ވާރެއާއި ކަށިތައް ފޮރުވާލާފަދަ ފިނިކަމަށްވެސް ފަރުވާލެއްނެތި ތިބިއިރު މިއިން އިރަކު އެ މީހުން ތިބި މަގާމުން ގުނޑިލާނެހެނެއްވެސް ހިޔެއްނުވެއެވެ. ޝަލީން ކުޑަކޮށް މާޔޫސްވާގޮތްވިއެވެ. މިވޭތުވެދިޔަ ތިންދުވަހު ގެވަށައި ސެކިއުރިޓީ ގާރޑުން އަތުރާލައިގެން ބައްޕަ ކިތަންމެ ރަނގަޅަކަށްވެސް އޭނާ ކޮންޓްރޯލްކޮށްފިއެވެ. މަޔާންއާއި ބައްދަލުވެވެންއޮތް ހުރިހާ މަގެއް ބައްޕަ ބަންދުކޮށްލީ އޭނަ ހީކުރިވަަރަށްވުރެވެސް ވަރުގަދަކަމާއި އެކުއެވެ. ބައްޕަގެ ހަރުކަށި އިންޒާރާއިއެކު ޝަލީންގެ ހިތް ރޫރޫއެޅިޔަސް އެ ނުކިޔަމަންތެރި ހިތުގެ އެދުންވެރިކަން އޭނަ ފަހަތަށް ޖެހޭވަރަށްވުރެ ބޮޑަށް ސިކުނޑި ހިސޯރުކޮށްފިއެވެ. މަޔާންގެ ލޯބި ޝަލީންގެ ސިކުނޑީގެ މައްޗަށް ވެރިވެގަނެ އަމާންދިނުމުގެ ހިޔާލު ސިކުނޑިން ނެރެ ބޭރުކޮށްލައިފިއެވެ.
ޝަލީން އިރުކޮޅެއްވަންދެން ކުޑަދޮރުގެ ދާރައިގައި ލެގިލައިގެން ވިސްނަން ހުރެފައި މޭޒުމަތީ ބައިންދާލެވިފައިވާ ކިރިޔާ އަތަށް އުފުލޭވަރުގެ ބިއްލޫރި ސްކަލްޕްޗަރ ނަގާފައި ގެއާއި ކުޑަތަންކޮޅެއް ދުރުގައި ތިރިކޮށް ހަދާފައިވާ ގުދަނުގެ ފުރާޅާއި އަމާޒުކޮށްއެއްލާލައިފިއެވެ. ފުރާޅުގައި ބިއްލޫރިގަނޑު ޖެހުނު ވަރުގަދަ އަޑުފަށްގަނޑާއިއެކު ގާރޑްކުރަންތިބި ސެކިއުރިޓީން ސިހިގެންދިޔައިރު ދެފަރާތަކަށް އަވަސް ނަޒަރެއް ހިންގާލަމުން ގުދަނާއި ދިމާލަށް ދުއްވައިގަތެވެ. ޝަލީންް އިންތިޒާރުކުރީ އެވަގުތަށެވެ. ކުޑަކޮށް ހުޅުވާލެވިފައިވާ ކުޑަދޮރުގެ ދޭތެރެއިން ބޯދިއްކޮށްލަމުން ޝަލީން ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ކުޑަދޮރު ކުރިއަށްވުރެ ބޮޑަށް ހުޅުވާލިއެވެ. އެއާއިއެކު ޓީޝާޓުގެ ހޫޑިން ބޮލާއި މޫނު ނިވާކޮށްލަމުން ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. ކުޑަދޮރުކައިރީގައި ހައްދާފައިވާ ގަސްފީނިތަކުގެ ތެރެއަށް ޝަލީން ޖެހުނުއިރު ގަސްތައް ދެފަރާތަކަށް ހެލިލައިގެންދިޔަނަމަވެސް ވެހެމުންދިޔަ ބޯ ވާރޭތެރޭ އެއަޑު އޮބިގެންދިޔައެވެ. ޝަލީން ދެއަތްފޮޅާލަމުން ހިންދެމިލިއިރު މަޑުމަޑުން ގަސް ފީނިތަކުގެ ތެރެއިންލާފައި ކުރިއަށްދާންފެށިއެވެ. ޝަލީންގެ ފިޔަވަޅުތަށް ބެހެއްޓީ ގޭގެ ބިތްދޮށުގައި ބަހައްޓާފައިވާ ގޭޓްއާއި ދިމާލާށެވެ. އެއީ ގުދަނަށް މުދާ ހިފައިގެން އަންނަ އުޅަނދުތައް ވަދެ ނިކުތުމަށް ހާއްސަކޮށް އިޝާރު ހަދާފައިވާ ގޭޓްއެކެވެ. ގޭގެ މައިގޭޓާއި ހިލާފަށް އެ ގޭޓް ހަދާފައިވަނީ ވަރަށްވެސް ތިރިތިރިކޮށެވެ. ވަށައިން ދެފަރާތުން ގަސްބޮޑިތައް ޖަހާލެވިފައިވާއިރު އެދިމާއަށް ވެރިވެފައިވަނީ ވަރަށްވެސް ފަނޑުއަލިކަމެކެވެ.
ޝަލީން ގަސްތަކުގެ ތެރެއިން ނިވާވެގެންހުރެ ކަހަލަގޮތަށް ގޭޓްއާއި އަރާހަމަވިއިރު ޖެހިލުންވެފައިހުރެ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއާއިއެކު ދަގަނޑު ތޭރިތަކުގެ ތެރެއަށް ފައިތިލަ ލައްވާލަމުން ގޭޓްގެ މަތީ ދަގަނޑުގައި އަތްއަޅުވާލަމުން ކުޑަކޮށް މަގުމައްޗަށް ލެބިލަމުން ދެކޮޅުބަލާލިއެވެ. އެވަގުތު ގޭޓާއި ކައިރިވަމުން އައި އަލިކަމާއިއެކު ޝަލީން އަވަސް ހަަރަކާތާއިއެކު މަގުމައްޗަށް ފުންމާލިއެވެ. ޝަލީންގެ ފައި ގޭޓްގެ ތޭރިތަކުން ނެއްޓިގެންދިޔަ ވަގުތުކޮޅު ގޭޓްގެ ދަގަނޑުތައް ބާރަށް ތެޅިގަތްއަޑާއިއެކު އިވެންފެށި ބާރު ފިޔަވަޅުތަކުގެ އަޑާއިއެކު ޝަލީންގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ގޭޓް ކައިރީގައި ޕާރކްކޮށްފައިވާ ވޭންގެ ބިއްދޮށަށްވަދެ ނިވާވެވުނީ ކިރިޔާއެވެ. ދުވެފައި ކަހަލަގޮތަކަށް އައިސް ގޭޓާއި އަރާހަމަވި ސެކިއުރިޓީ ގާރޑް އޭނާގެ އަތުގައި އޮތް ޓޯޗުން މަގުމައްޗަށް އަލިއަޅުވާލީއެވެ. އެވަގުތު އެހިސާބަށް އަރާހަމަވި ޗީފް ގާރޑްގެ އަމުރަށް އޭނަ މައިގޭޓާއި ދިމާލަށް ހިނގައިގަތްއިރު ޝަލީންއަށް ހިފަހައްޓައިގެން އިން ނޭވާ ބޭރުކޮށްލެވުނެވެ. ފިޔަވަޅުގެ އަޑު ކެނޑުމާއިއެކު ޝަލީން ފިލާއިނދެފައި މަޑުމަޑުން ތެދުވެ ހަށިގަނޑު ދަމައިލަމުން ކުރިއަށް ދުއްވައިގަތީ ވެހެމުންދިޔަ ބޯވާރޭއަށް ބެލުމެއްވެސް ނެތިއެވެ.
*** *** *** *** *** *****
މަޔާންގެ ޕެންޓްހައުސްގެ ފެންޑާގައި ދިއްލާލައިފައި ބޮކިން ބަގީޗާއަށް އެޅިފައިވާ ފަޑު އަލިކަމުގައި ވާރެއާ ތެމެމުންދިޔަ ބަގީޗާ ފެންނަމުންދިޔައީ ހުވަފެނީކޮށެވެ. ކުޑައިރުކޮޅެއް ކުރިން ވާރޭ ހުއްޓާލި ނަމަވެސް މާހައުލުގައި ހިފާލާފައިވަނީ ކަށިތައް ތޮރުފާލާފަދަ ފިނިކަމެކެވެ. ދޭތެރެއަކުން ޖެހިލަައި ފިނިވައިރޯޅިތަކުން ފަޒާގައި ހިފާފައިވާ ފިނިކަން އިތުރުކުރުވައެވެ. ޝަލީން ދެއަތްމެޔާލާއި ބޮޑިކޮށްލައިގެން ހުރެ ލޯވްންމަތިން ހިނގާލައިފައިއައިރު އަނދިރީގެ ތެރެއިން ގަސްތައް ހަަރަކާތްކުރަމުން ދިޔަތަން ފެނުނީ ހިޔަނިތަކެއް ފަދައިންނެވެ. ގަސްތަކުގެ އޮފިތަށް އެކަތި އަނެކައްޗާއި ކޯޅިގަންނަ އަޑުން ފަޒާ ހިމޭންކަން ނަގައިލައިފައިވެއެވެ. އޭރު ބާރުވަމުންދިޔަ ވައިރޯޅިތަށް ޝަލީންގެ ހަށިގަނޑުގައި ބީހެންފެށިގޮތުން ގައިން ހީބިހިނަގައިގެންދިޔައިރު މޭގައި ޖައްސާލެވިފައިވާ އަތަށް ބާރުކޮށްލިއެވެ.
ދިގުލޯވްންމަތިންގޮސް ޝަލީން ޗެރީވަކަރުން ހެދިފައިވާ ގޭގެ ދޮރުގައި ދެއަތުން ތަޅައިގަތީ އަތަށްވެސް ތަދުވާހާބާރަށެވެ. އެއާއިއެކު ކެތްތެރިކަން ކުޑަވެފައިހުރިގޮތަށް ދެފަހަރަކު ބެލްއަށް ފިއްތާލިއެވެ. އިރުކޮޅެއްފަހުން މަޔާން ފޯނެއްގައި ހުރެގެން އައިސް ދޮރުހުޅުވާލިއިރު އެ މޫނުމަތިން ފެނިލީ ހައިރާންކަމެވެ.
“ޝަލީ….” މަޔާން މަޑުމަޑުން ޝަލީންގެ ނަންކިޔާލިއިރު ޝަލީން މިވަގުތު ޕެންޓްހައުސްއިން ފެނުމުން ގަބޫލުނުކުރެވިފައި ހުރިހެން ހީވިއެވެ. މަޔާން ކަންފަތުގައި ޖައްސާލައިފައިވާ ފޯނު ތިރިކޮށްލަމުން ޝަލީން ގެނެސް މޭގައި ޖައްސާލަމުން ދޮރު ލައްޕާލައިފިއެވެ.
“ހާދަ ގުޅައިފީމޭ… ކީއްވެ ފޯނު ނުނަގަނީ… ޝަލީގެ ބައްޕަ… ބޭބީ… އާރޔޫ އޯލްރައިޓް…” އެރޭގެ ހާދިސާއަށްފަހު ޝަލީން ފެނުނު ފުރަތަމަ ފަހަރު އެ މޫނުމަތިން ފެނިލި ނުތަނަވަސްކަމާއިއެކު އެއްފަހަރާ ހުރިހާ ސުވާލުތަކެއް ކޮށްލެވުނީ ހާސްވެފައިހުރެއެވެ.
“ބައްޕަ ރުޅިދުރުވެގެން ފޯނު ހަލާކުކޮށްލެއްވީ…. ބައްޕައަށް އިނގިނުލައްވާގޮތަށް މިއައީ… ޔާން…” ޝަލީންގެ ހޫނުކަރުނަތަކުން މަޔާންގެ މޭމަތި ތެމިގެންދިޔައިރު ޝަލީން ކުޑަކޮށް ނޭފަތް ދަމާލިއެވެ.
“ބޭބީ ބުނެބަލަ…ކިހިނެތްވީތަ… ޝަލީގެ ބައްޕަ އެއްޗެކޭ ބުނުއްވީތަ؟ ޝަލީންގެ ކަރުނަަތަކުން މަޔާންގެ ހިތަށް ފިނިވެގެންއައިރު ޝަލީންގެ ހަށިގަނޑުގައި ދެއަތްވަށާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. “ޔާން… ދެން އަހަރެމެން ވަކިވާނީތަ؟ ބައްޕަ ދުވަހަކު މިގުޅުމަކަށް އެއްބަސްވެއެއްނުލައްވާނެ…” ޝަލީންގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ރިހުމެވެ.
“ސުސް… ނުރޮއެބަލަ… އަހަރެމެން ވަކިކުރުވުމަކީ ދުނިޔޭގެ އެއްވެސް ބާރަކަށް ކުރެވޭނެކަމެއް ނޫނޭ…” މަޔާން ޝަލީންގެ މެޔާއި ދުރުކޮށްލަމުން އެ ލޮލުން އޮހުރުނު ކަރުނަތިކިތައް ފުހެލަދިނީ ލޯތްބާއިއެކުގައެވެ.
“އަހަރެންގެ ނޭވާހުރިހާ ދުވަހަކު ޝަލީ އަހަންނާއި ވަކިކުރިޔަކަ ނުދޭނަން… ޝަލީއަށްޓަކައި މުޅިދުނިޔެއާއި ދެކޮޅަށްވެސް އަހަރެން ތެދުވެދާނަން… ޔޫއަރ މައި ވައިފް… އަހަރެންގެ އަންހެނުންނާއި އަހަރެން ވަކިކުރޭވޭނޭ ފަރާތެއް ނުވާނެ… އެއްވެސް ފަރާތަކަށްޓަކައި އަހަރެން ޝަލީ ދޫކޮށެއް ނުލާނަން…. ޝަލީގެ ބައްޕަގެ ރުޅިވެރިކަމަކީ އަހަރެންގެ އަޒުމް ބަދަލުވެގެންދާނެ ސަބަބަކަށް ދުވަހަކު ނުވާނެ…” މަޔާން ޝަލީންގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ޝަލީންގެ ހިތްހަމަޖައްސާލަދޭން ވާހަކަދެއްކިއެވެ.
“ޔާންއަށް ބައްޕަގެ ގޮތްނޭނގޭތީ ތިހެން ބުނަނީ… ބައްޕަ ގޮތްދޫނުކުރައްވާނެ… ކޮންމެކަމެއް ކުރައްވައިގެންނަމަވެސް ބައްޕަ އަހަރެމެން ދުރުކުރާނެ… ޔާން ބައްޕަ ދެކެ ބައްޕަ އަންނަ ރުޅި ޔާންދެކެވެސް އާދޭ… ދެއާއިލާ ދެމެދުގައި އޮތް ހޫނުކަމުގެ އަސަރު މިގުޅުމަށްވެސް ކުރާނެ…” ޝަލީންގެ ލޮލުގެ ތެރެއަށް އިތުރުވަމުންދިޔަ ކަރުނަތަކާއިއެކު މަޔާންއާއި ވަކިވާންޖެހިދާނެއަތީ ޖެހިލުންވާވަރު އެ ރީތި ލޮލުން ވީ ހާމަައަށެވެ.
“ޝަލީ ދޫކޮށްލުމަށް އެކަކަށްވެސް ބާރެއް ނޭޅޭނެ… ޝަލީ ދޫކޮށްލުމުގެ ބާރު އޮތީ އަހަރެންގެ އަތުގައި… އަހަރެން ދުވަހަކު ޝަލީ ދުލެއްނުކޮށްލާނަން… ޝަލީ އަހަންނާއި ދުރުކުރުވިޔަސް އަހަރެން ޝަލީގެ ބައްޕައާއި ދެކޮޅަށް ތެދުވެގެންވެސް ޝަލީ ހޯދާނަން… މިއީ އަހަރެންވާ ވައުދެއް… ވީއިރު ޝަލީ ނުރޮއެބަލަ…” ޝަލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން މަޔާން ޝަލީންގެ ކަރުނުންފުރެމުންދިޔަ ލޮލަށް ބޮސްދިނެވެ.
“ޔާން… ވަރަށް ލޯބިވޭ… ދުވަހަކު ވަކިވާކަށް ބޭނުމެއްނޫން….” ޝަލީންގެ ތުންފަތް ފޫދުއްވާލައިފައި ބޭރުވި ބަސްތަކާއިއެކު މަޔާންގެ މޭގައި އިތުރަށް ބޮޑިވެގަތެވެ.
“އަހަރެންވެސް….” މަޔާން ޝަލީންގެ ކޯތާފަތުގައި ތުންފަތްޖައްސާލަމުން ބުނެލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭންވަގުތުކޮޅަށްފަހު މަޔާން ޝަލީން އޭނާގެ ހަށިގަނޑާއި ދުރުކޮށްލަމުން އެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ބޭބީ… އަހަންނަށް މިވާހަކަ ބުނާކަށް ފަސޭހައެއްނޫން… އިނގޭ މިދުވަސްކޮޅު ޝަލީއަށް އަހަރެން ބޭނުންވާނޭވަރު… މެލޭޝިޔާގައި ހިނގި ރާއްޖޭގެ ދަރިވަރެއްގެ ސުސައިޑް ކޭސްއަކަށް އަހަރެން އެޓެންޑްވާން އެބަޖެހޭ… އަހަރެން ދިޔުން ނޫންގޮތެއް ނެތް….” މަޔާންގެ ޖުމްލައާއިއެކު ޝަލީންގެ ލޮލަށް ބޮޑިވެގަތް ތާޒާކަރުނަތައް ބަސްބުނާހާ ހިނދަކު ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ދެފަރާތަކަށް ބޯހޫރާލަމުން އެކަަމަށް ދެކޮޅު ހަދަމުން މަޔާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. މިވަގުތު މަޔާން އޭނައާއި ދުރަށްދާން ޝަލީންގެ ހިތެއް ނޭނދެއެވެ. އަމުދުން އޭނަގެ ކައިވެނި ބައްޕަ ހަމަޖައްސަވަމުންދާއިރެވެ. ޝަލީން އިރުކޮޅެއްވަންދެން މަޔާންގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުރެފައި އެ ވާހަކައެެއް ބުނަން އުޅެފައިވެސް ހިމޭންވިއެވެ.
“ޝަލީ ނުރޮއެފާނަންތަ… މިރީތި ލޮލުން ކަރުނަ އޮހޮރޭ ކޮންމެފަހަރަކު އަހަރެންގެ ހިތުގައި ރިއްސާލާ… އަހަންނަށް އެންމެ ތިންދުވަސްދީ… ތިންދުވަހަށްފަހު އަހަރެން ހުންނާނީ ބޭބީ ގާތުގައި… ޓްރަސްޓް މީ… އަހަރެން އެނބުރިއައިހާ އަވަހަކަށް މިކަންކޮޅެއްގައި ޖައްސާނަން… ޝަލީއަކީ އަހަރެންގެ ހައްގެއްކަން މުޅި ދުނިޔެއަށް އަންގައިދޭނަން… އެދުވަހަށް އިންތިޒާރުކުރައްޗޭ ލަވް….” މަޔާން ޝަލީންގެ ލޮލާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ބުނެލުމުން ޝަލީންގެ ހިތުގައި ގަނޑުފެން އަޅާލެވުނުހެން ހީވިއެވެ. ކަރުނައިގެ ތެރެއިން ޝަލީން ހިނިތުންވެލީ މަޔާންއަށް އިތުބާރުުކުރަމޭ ބުނާފަދައިންނެވެ. ޝަލީންއާއި މަޔާންއަށް ނޭނގުނީ އެކަމުން އެދެލޯބިވެރިންގެ ދިރިއުޅުމަށް އަންނާނެ ލޮޅުން އަންދާޒާކުރެވޭވަރަށްވުރެވެސް ބޮޑުކަމެވެ.
“އަައި ލަވް ޔޫ….” މަޔާންގެ ދެއަތް ޝަލީންގެ އުނަގަނޑުގައި ވަށާލެވިގެންދިޔައިރު މަޔާންގެ ހޫނުނޭވާތައް މޫނަށް އެޅެންފެށިގޮތުން ޝަލީންގެ ދެލޯ މެރިގެންދިޔައެވެ. މަޑުމަޑުން ކައިރިވަމުންދިޔަ ހޫނު ނޭވާތަކާއިއެކު ޝަލީންގެ ލޯހުޅުވިގެންދިޔައިރު އެ ލޮލުން ފެނިލި ކުލަވަރު މަޔާން ޝަލީންއަށް ގަންބާލާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އެގާތްވެލުން ދެ ހިތުގައި ތަފާތު އިހުސާސްއެއް އުފެއްދިއިރު އެކަކު އަނެކަކުގެ އަތުގެ ތެރޭ ވިރިގެންދާން ބޭނުންވިއެވެ. މަޔާންގެ ތުންފަތުގެ ފިނިކަން ޝަލީންއަށް އިހުސާސްވެގެންދިޔައިރު ޝަލީންއަށް އެއަމަލުގައި ބައިވެރިވެވުނީ ހިތުން ރިހުމުންނެވެ. އެވަގުތު ވެހެންފެށި ބޯވާރޭ މާހައުލުގެ އިސްޤީކަން އިތުރުކުރުވިއިރު ދެޒުވާނުންގެ ނާރުތައް ހަލަބޮލިވެ ލޭ ހިނގުން އަވަސްކުރުވިއެވެ.
ނޭވާކޮޅަށް ދިޔަފަހުން ދެޒުވާނުން ދުރުވެލިއިރު މަޔާން ޝަލީން އަތްދަނޑިމައްޗަށް އުފުލާލިގޮތަށް ދުވެފައި ކަހަލަގޮތަކަށް ސިޑިކަޑައްތުކޮށްލުމަށްފަހު ކޮޓަރިއަށްވަނެވެ. ދެހަށިގަނޑު އެކީ ދާނުގައި ޖެހިގެންދިޔައިރު މަޔާންގެ ދެއަތުން ޝަލީން ވަށާލިއެވެ. އެގާތްވެލުމުން ޝަލީންގެ ހަށިގަނޑުގައި ހުޅު ރޯކުރުވިއިރު ދަގަތްފާނަށް ދަގަނޑުދަމާހެން އެކަކު އަނެކަކަށް ދަމައިގަންނަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭރު ފިނިކަން ގަދަވަމުންދިޔައިރު ލޯބީގެ ދުނިޔެ ވަކިން އިޝްގީ ކުރުވައިފިއެވެ. ޝަލީން މަޔާންއާއިއެކު ދުވަހަކު ނުދެވޭހާ ދުރަށް މިރޭ ދެވުނީ އެއްވެސް ދެކޮޅުހެދުމެއްނެތިއެވެ. ފުރަތަމަ ފަހަރަށް ދެހަށިގަނޑު ލާމެހިގެން ދިޔައިރު ކޮޓަރިތެރެއަށް ވެރިވެފައިވާ ފަޑުއަލިކަމުގައި ދެލޯބިވެރިން ފެންނަމުންދިޔައީ އެއް ހިޔަންޏެއް ފަދައިންނެވެ. އޭރު ބޭރުގައި އުފެދެމުންދިޔަ ތޫފާންވެސް އެހެން ކުލައެއް އިހުތިޔާރުކޮށްފިއެވެ.
*** *** *** *** *** ***
ފަޖުރުލީއިރުވެސް އުޑުމަތި ބައްދާލައިފައިވާ ވިލާތަކުގެ ސަބަބުން ދުނިޔެމަތިއޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ފަތިހުގެ ފިނި ފައިބަންފެށިއިރު މާހައުލުގައިވާ ހިފާލައިފައިވަނީ ގަނޑުކޮށްލާފައިފަދަ ފިނިކަމެވެ. ދުވާއެއްޗެއްގެ ހިލަމެއްވެސް ނެތް ހިމޭން މަގުގައި ދުއްވާފައި އައި ކާރު މަޑުކޮށްލީ މިޑޯވިއުއާއި ތަންކޮޅެއް ދުރުގައެވެ.
މަޔާން ކާރުގެ ސަރަކައިން އަތްދޫކޮށްލަމުން ޝަލީންގެ މޫނަށް ބަލާލިއެވެ. މީގެ ހިނދުކޮޅެއްކޮޅުން އެ ލޮލުން ފެނުނު ހިތާމައިގެ ބަދަލުގައި ލޮލުގައި ނަށަނަށާހުރި އުފާވެރިކަމުން ރީތި މޫނަށް އިތުރު ދިރުމެއް ގެނުވާފަވެއެވެ.
“ބަލައިގެން އުޅެއްޗޭ ބޭބީ… ޝަލީގެ ޑޭޑްއަށް މީޓްކުރިކަން އިނގުނިއްޔާ ކުރިއަށްވުރެ ކަންތައް ގޯސްވާނެ… އަހަރެން ދަންތަ ޝަލީއާއިއެކު…” މަޔާންގެ މޫނުމަތިން ފެނިލީ ހާސްކަމެވެ.
“ޔާން ހާސްނުވެބަލަ… ޑޭޑް އޮންނަވާނީ ނިދިކުރައްވާފައޭ…” ޝަލީން މަޔާންގެ އަތުގައި އިނގިލިތަކުން ހިފާލަމުން މަޔާންގެ މޫނަށް ބަލާލިއެވެ. ދެލޯބިވެރިންގެ ދެމެދު ބަދަލުކުރެވުނު ލޯބިން ފުރިގެންވީ ނަޒަރާއިއެކު މަޔާން ޝަލީން ގެނެސް އޭނަގެ މޭގައި ޖައްސާލިއެވެ. “ފޯނު ލިބުނުހާ އަވަހަކަށް ގުޅާތި… ވަރަށް މިސްވާނެ އިނގޭ… އަންނަންދެން އިންތިޒާރުކުރައްޗޭ ލަވް…” މަޔާން ޝަލީން ގަޔާއި ދުރުކޮށްލަމުން އެ ފިނިނިއްކުރީގައި ތުންފަތްޖައްސާލިއެވެ.
އިރުކޮޅެއްފަހުން ޝަލީން ކާރުން ފޭބީއިރު މަޔާން އަތްހޫރާލަމުން ކާރު ދުރަށް ދުއްވާލީއެވެ. އެއާއިއެކު ޝަލީން ފުންނޭވައެއްލަމުން ކުރިމަތިން ފެންނަމުންދިޔަ ގަނޑުވަރެއްފަދަ މިޑޯވިއުއަށް ބަލާލިއެވެ. މަޑުމަޑުން އަލިވަމުންދިޔަ ބަގީޗާތެރޭ މިވަގުތު އެއްވެސް ގާރޑެއް ނެތްއިރު މުޅި ބަގީޗާތެރެއަށް ވެރިވެފައިވާ ހިމޭންކަމުން ޝަލީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޝަލީންއަށް ނޭނގުނީ އެ ހިމޭންކަމަކީ ކަންތައް ގޯސްވެގެން ގޮސްފައިވާކަމުގެ އިންޒާރެއްކަމެވެ.
ޝަލީން ގާފޮޅުމައްޗަށް އެރުމަށްފަހު ކުޑަކޮށް ހުޅުވިފައިވާ ކުޑަދޮރު ބޮޑަށް ހުޅުވާލަމުން ކުޑަދޮރުގެ ދާރައިގެ މަތީ އެއްއަތްއަޅުވާލަމުން ޑައިނިންރޫމްގެ ތެރެއަށް ފުންމާލިއެވެ. އެއާއިއެކު ކުޑަދޮރުލައްފާލަމުން ކާރޓެންތައް ދަމާލުމަށްފަހު ޑައިނިން ރޫމްއިން ނިކުންނަން ހިނގައިގަތެވެ.
ޝަލީންގެ މަޑު ހިނގުމެއްގައި ގޮސް ލިވިންރޫމްގެ ސޯފާތަކާއި އަރާހަމަވީއިރު އޮރެންޖްކުލައިގެ ފަނޑުއަލިކަމަށް ގެނބިފައިވާ ލިވިންރޫމް އަލިވެގެންދިޔަގޮތުން ޝަލީންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އިސްއުފުލާލަމުން ޝަލީން ބަލާލިއިރު އެކަކަށް ވަކިން އިނދެވޭނޭ ސޯފާގައި އިން އިޝާރު ފެނި މެޔަށް ފިނިވެގެންދިޔައެވެ. ޝަލީންގެ މޫނު ފެންވަރުވާލި ޖެހިލުމުގެ ކުލަތަކާއިއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
އިޝާރުގެ މޫނުމަތިން ފެނިލި ރުޅިވެރިކަމާއިއެކު ހަށިގަނޑު ސީދާވެގެންދިޔައިރު ވައިގެ ތެރޭ ހޫރުވާލެވުނު އަތުގެ ހޫނު ހަމަލާ ޝަލީންގެ ކަންކަށިމައްޗަށް އަރައިގެންދިޔައެވެ.
“އިޝާރު…” އެ ހަރަކާތުން އިޔާނާއަށް ލިބުނު ޝޮކާއިއެކު ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރުމަށްފަހުވެސް އަންޑަނައަކަށްވެގެން ޝަލީންގެ ކުރިމައްޗަށް އެރިއިރު އިޝާރު ރުޅިވެރިގޮތަކަށް އިޔާނާ ދުރަށް ހޫރައްވާލީއެވެ. އޭރު ޝަލީން އެއް އަތް ކޯތާފަތް މަތީ އަޅައިގެން ހުރިއިރު ލޮލުން ކަރުނައިގެ ރޮނގެއް ދެމެމުންދިޔައީ ބައްޕަ ޖެއްސެވިތަނުން ނަގަމުންދިޔަ ދިލައިގެ ތޫނުކަމަށް ކެތްނުކުރެވިގެން ނެެވެ.
“ލަދުކުޑަ ކުއްޖާ… އަހަރެން އެވަރަށް ބުނީމަވެސް އެ ފިރިހެނާާއާއި ބައްދަލުކުރަން ދާން ކެރިއްޖެއެއްނު…” އިޝާރު ދެވަނަ ފަހަރަށް ޝަލީންގެ ގައިގައި ޖައްސަވަން އަތް އުފުއްލާލެއްވިއިރު އިޔާނާ ދުވެފައި ކަހަލަގޮތަކަށް އައިސް އިޝާރުގެ އަތުގައި ހިފަހެއްޓިއެވެ.
“އިޔާނާ ދުރުގައި ހުރޭ.. ދަރިންގެ ކޮންމެ ކަމެއްގައި އައްޑަނައަކަށްވެގެން އިޔާނާ ހުންނާތި… އިޔާނާ ހައްދާގޮތުން މިހިރަ ފެންނަ ދަރިވެސް ފިޔަފަޅައިގެން އުދުހެންފެށިލެއް ލަހެއްނުވިއެއްނު…” ރުޅިންގޮސް އަމިއްލަ ނަފްސު ކޮންޓްރޯލްނުކުރެވިފައި އިޝާރު ހުންނެވިއިރު އިޔާނާ ކުނިކޮޅެއްފަދައިން ފޮޅާލެއްވިއެވެ.
“އަހަރެންގެ އަމުރުތަށް ބޯނުލެބޭހާ މަތީގައި އުޅެން މިގެއިން ނިކުމެގެންދޭ… އަހަރެންގެ ހިޔާވެހިކަމުގައި އުޅޭދުވަހަކު ޖެހޭނީ އަހަރެންގެ އަމުރުތަކަށް ކިޔަމަންވާން…. އިޔާނާ… ޝަލީން މައިތިރިކުރޭ… އަހަރެންގެ އުސޫލުތަކާއި ދެކޮޅު ހަދަން ފަށައިފިއްޔާ ނަތީޖާ މާރަނގަޅެއްނުވާނެ…” އިޝާރު އިންތިހާދަރަޖައަށް ރުޅިދުރުވެފައި ހުރިއިރުވެސް އެ ލޮލުން ފެނިލީ ނުރައްކާތެރި ވިދުވަރެކެވެ. ބައްޕަގެ ހަރުކަށިކަމާއި އެ ޖުމްލަތަކުން ހިތަށް އުނދަގޫވީވަރުން ޝަލީންއަށް ބައްޕާއޭ ކިޔާގޮވާލެވުނުއިރު އިޝާރު ޝަލީންއަށް ބައްލަވާލެއްވީ ރުޅިންގޮސް ފޯވެފައިވީ ނަޒަރަކުންނެވެ.
“ބައްޕާއޭ ކިޔާނެކަމެއްނެތް… އަހަންނަކީ ބައްޕަކަން ހަނދާންހުންނަނަމަ އަހަރެންގެ އަމުރާއި ހިލާފުވާކަށް ނުކެރުނީސް…” އިޝާރުގެ އަތްމުށްކެވިގެންދިޔައެވެ.
“ތިން ހަފްތާފަހުން ކައިވެނިކުރަން ތައްޔާރުވޭ… ދެކޮޅު ހެދިއްޔާ ގަދަކަމުންވެސް ކުރުވާނަން… އަހަރެންގެ ހަރުކަށިކަން ދައްކަން މަޖުބޫރުނުކުރާތި… ދެކޮޅުހަދަން އެންމެ ބަހެއް ބުނެލިޔަސް އަހަރެން ހަނދާން ނައްތާލާނަން އަހަރެންގެ އަންހެންދަރިއަކު ހުރިކަން…” އިޝާރުގެ އެންމެ ފަހު ނިންމުން އިއްވާލަމުން އެތަނުން ދުރުވުމާއިއެކު ހަށިގަނޑުން ވަރުދޫވެގެން ކަހަލަގޮތަކަށް ޝަލީންއަށް މާބްލް މައްޗަށް ތިރިވެވުނެވެ. ދެއަތުން މޫނު ފޮރުވާލިއިރު މުޅި ލިވިންރޫމްގައި ގުގުމާލީ ޝަލީންގެ ރުއިމުގެ އަޑުންނެވެ. އިޔާނާގެ ހިތަށް ތަދުވީވަރުން ލޮލުން ކަރުނަ ފާއްދާލިއިރު ޝަލީންއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން ޝަލީންގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. އެއާއިއެކު ޝަލީން ހިތްހަމަނުޖެހިފައި އިޔާނާގެ އަތް ދުރުކޮށްލިއިރު ތެދުވެ ސިޑިއާއި ދިމާލަށް ދުއްވައިގަތެވެ. ޝަލީންގެ ލޮލުން ހުއްޓުމެއްނެތި އަންނަމުންދިޔަ ކަރުނަތައް ފުހެމުން ސިޑިން އަރައިގެންދިޔައިރު އިޔާނާ އެމަންޒަރު ދެކެން ހުރީ ކަރުނަވީ ލޮލަކުންނެވެ.
*** *** *** *** *** *** ***
ޖެހިގެންއައި ދުވަހު އިޝާރު އަލްހާންއާއި ބައްދަލުކުރެއްވިއިރު ދެއެކުވެރިން ވާހަކަދައްކައިގެން ކޮންމެވެސް ކަމެއް ހަމަޖައްސާލީ އެއްވެސް މީހެއްގެ ލަފައަކާއި ނުލައެވެ. ޒަމާންވީ އެކުވެރިކަމުގައި ދެ އެކުވެރިން މީގެ އެތަށް އަހަރެއްކުރިން ވީވައުދާއި އެގޮތަށް ކަންތައްކުރަންޖެހޭ ވަގުތު އައީއެވެ. މިހުރިހާ ދުވަހު އަލްހާން އެވާހަކަ ނުދައްކާ ހުރިނަމަވެސް އެވައުދުމަތިން ހަނދާން ނެތުނީކީ ނޫނެވެ. އެތަށްދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެވައުދު ފުއްދަން އަލްހާން ހުރީ ނިންމައިގެންނެވެ. މިދުވަސްކޮޅު ފެންނަމަންޒަރުތަކުން އަލްހާން ނުތަނަވަސްވަމުންދާއިރު އިޝާރު އެވާހަކަދެއްކުމުން ހިތަށް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ވަގުތުން އެކަމާއި ރުހި ގަބޫލުވެވުނުއިރު އިޝާރުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ނިންމުމާއިއެކު ދެ އެކުވެރިންގެ ދެމެދުގައިވީ ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެ އިތުރު ފައްތަރަކަށް ޖެހިލިއެވެ.
*** *** *** *** ****
ހުޅުވާލެވިފައިވާ ފުޅާކުޑަދޮރުތަކުން ވަންނަމުންދިޔަ ލުއި ލުއި ރޯޅިތައް ކާރޓެއިންތަކާއި ސަމާސާކުރަމުން ދިޔައިރު އެ މަންޒަރަށް ކަޅިޖަހާލުމެއްނެތި ބަލަހައްޓައިގެން ޝަލީން އޮތީ ދިރުމެއްނެތް ބުދެއް ފަދައިންނެވެ. މިވަގުތުކޮޅުވެސް އެ ލޮލުގެ ތެރޭގައި ވިދަމުންދިޔަ އެތައްހާސް ކަރުނަތިކިތަކާއިއެކު ކޯތާފަތުން ތާޒާކަމާއި އެކު ކަރުނައިގެ ރޮނގުތައް ފާޅުވެއެވެ. ރޮއެ ރޮއެ ދޮންމޫނު ރަތްވެފައިވާ އިރު ނޭފަތް ވަކިން ރަތްކަމަށް ދައްކައެވެ. ލޯކައިރީ ދުޅަވެފައިވާގޮތުން ގިނަދުވަހު ހިތާމައިގައި އުޅެފައިވާ މީހަކާއި ތަފާތެއްނެތެވެ. އިޝާރު ޖެއްސިވިތަން މޫނުމަތިން ފާޅުވާން ހުރިއިރު މުޅި ކޯތާފަތްވަނީ ދުޅަވެ އަރާފައެވެ.
އިޔާނާ ޝަލީންގެ މޫނުގައި އައިސްޕެކް އަޅަމުންދިޔައިރު ދޭތެރެއަކުން ދެލޯ މަޅާ ތަގުޅިކޮށްލެވެނީ އެ ތަނުން ނަގާ ދިލައިގެ ތޫނުކަމުންނެވެ.
“ދަރިފުޅާ… މަންމަ އާދޭސްކުރަން… ބައްޕަގެ ނިންމެވުމާއި ދެކޮޅުނުހަދާ… ދަރިފުޅު ގޮތުގައި ހިފަހައްޓާ ވަރަކަށް ކަންތައް ގޯސްވުން ނޫންކަމެއް ނުވާނެ…” އިޔާނާގެ އަޑުގައިވީ އާދޭހެވެ. ޝަލީން ކައިވެންޏާއި އެއްބަސްނުވާހާ ހިނދަކު އިޝާރުގެ ރުޅި މައިތިރިއެއްނުވާނެއެވެ.
“ލޯބިނުވާއިރު އެކުގައި އުޅެވޭނީ ކިހިނެތް… ކައިވެނިކުރެވޭ ފަރާތަކީ ކޮބައިކަން އަޅުގަނޑަށް ނުވެސް އިނގޭ… މަންމާ… ފުރާވަރު އުމުރުގައި އަޅުގަނޑުގެ ކައިވެނިކުރެވޭނޭ ފަރާތް ކަނޑައެޅިގެންދިޔައިރު އަޅުގަނޑަށް ނޭނގުނީ ކީއްވެ… ކީއްވެ އަޅުގަނޑު ބޭނުންވާ ފަރާތެއްދެކެ ލޯބިވުމުގެ ހައްޤު އަޅުގަނޑަށް ނެތީ؟” ޝަލީންގެ އަޑުގައިވީ ޝަކުވާއެވެ. އެއްވެސް މީހަކު އޭނައާއިމެދަކު ނުވިސްނައެވެ. އެންމެ ލޯބިވާ ބައްޕަ އަމިއްލަ ދިރިއުޅުމާއިމެދު ގޮތް ނިންމުމުގެ ހައްްގުވެސް އޭނަ އަތުން އަނިޔާވެރިކަމާއިއެކީ ނެންގެވީއެވެ. އޭނަގެ ހިތުގެ ހަމަޖެހުމާއި ވަކިކުރަން އުޅަންއުޅޭއިރު ހިމޭނުން ހުރެވޭނީ ކިހިނެތް ހެއްޔެވެ؟ ކެތްކުރެވޭނީ ކިހިނެތް ހެއްޔެވެ؟
ޝަލީން އިޔާނާގެ އުނގުގައި މޫނު ފޮރުވާލިއިރު އިޔާނާގެ ހެދުން ތެމިގެންދިޔަ ކަރުނަތަކާއިއެކު ތުންފަތް ފޫދުއްވާލައިފައި އިވެންފެށި ހިމޭން ގިސްލުމުން އިޔާނާގެ ހިތްވެސް ވިރޭވަރުވިއެވެ. ދަރިފުޅުގެ ކަރުނަތައް ދެކެން ހިމޭންވެފައި ހުންނަން ޖެހުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ އިންތިހާއަށެވެ.
*** *** *** *** *** ****
މަޔާން އޮފީސް ޑިއުޓީ ނިންމާލައިފައި އެވަރޓަންއަށް އައިރު ތުނިތުނިކޮށް ވާރޭވެހެމުންދިޔައެވެ. މަޔާން ކުޑަކޮށް ތެމިލައިގެން ހުރެ ލިވިން ރޫމްގެ ޑިޒައިނަރ ސިޑިން އަރައިގެންދިޔައިރު ދެފަރާތައް ނަޒަރު ހިންގާލެވުނީ މިވަގުތު ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމުން އުނދަގޫވީވަރުންނެވެ. މަޔާންގެ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މިޙުރާންގެ ސްޓަޑީއާއި އަރާހަމަވީއިރު އެ ބައިގެ ކޮޓަރިއަކުން ނިކުމެގެން އައި ޔަޒްދާން މަޔާން ފެނިގެން އައިސް މަޔާންގެ ގައިގައި ހިފައިގަތެވެ. ޔަޒްދާން ހުދުކުލައިގެ ގަމީސް ކަޅު ފަޓްލޫންގެ ދަށަށް ޖަހާލައިގެން ހުރިއިރު އެއްއަތުގައި ކޯޓްއަޅުވާލައިފައި އޮތެވެ. ޔަޒްދާން ބައްދަލުވުމަކަށް ދާން ތައްޔާރުވެގެން ހުރީކަން މަޔާން ވަގުތުން ނަގައިގަތެވެ. ޔަޒްދާންއަކީ ލޯޔަރެކެވެ. މިޙުރާން ޕްރޮސިކިއުޓަރެއްގެ މަގާމުން ރިޓަޔާވުމަށްފަހު ހުޅުވި ލޯފާރމްގައި ޔަޒްދާން މަސައްކަތް ކުރަމުންދަނީ ލޯޔަރެއްގެ ގޮތުގައި ދަސްވެނިވީދުވަހުން ފެށިގެންނެވެ.
“މެލޭގެ ސްޓޫޑެންޓް ކޭސް ޔާންއަށް ލިބުނު ހަބަރު އަޑުއިވުނު… ޑޫ ވެލް އިނގޭ ބްރޯ…” ޔަޒްދާން މަޔާންގެ ބުރަކަށީގައި ޖަހާލިއެވެ.
“ސީރިޔަސްކޮށް ތުއްތު މަށަށް ސްޓޯކްކުރަނީތަ… އަހަރެން ނުބުނަނިސް ތުއްތުއަށް ހުރިހާކަމެއް އިނގެންޏާ އެކަމާއިމެދު ވިސްނަން އެބަޖެހޭ…” މަޔާންގެ އިނގިލި ނިއްކުރީގައި ތަޅާލުމާއިއެކު ޔަޒްދާން ލުއި ހުނުމަކާއިއެކު މަޔާންގެ ކޮނޑަށް އެތިފަހަރެއް ބޭލިއެވެ.
“މައި ޕްރޮސެކިއުޓަރ ބްރަދަރ… މިގަނޑީގައި އިންވެސްޓިގޭޓްކުރަން ނަހަދާ ޑޭޑްއާއި މީޓްކުރަން ދާންވީނު… ބައްޕަ އިންނެވީ ޔާންގެ އިންތިޒާރުގައި…” ޔަޒްދާން މަޔާންގެ ކޮނޑުގައި އަތްއަޅާ ކުޑަކޮށް ކޮއްޕާލުމަށްފަހު ސިޑިން ފައިބަންފެށިއެވެ.
*** *** *** *** *** ***
ފަހަތުން އިވުނު ބަރު ފިޔަވަޅުތަކުގެ އަޑާއިއެކު ކުޑަދޮރުކައިރީ ދޮރަށް ފުރަގަސްވާގޮތަށް ހުންނެވި މިޙުރާން ފަސްއެނބުރި ބަލާލެއްވިއެވެ. މަޑު ފިޔަވަޅުތަކެއްގައި ސްޓަޑީއަށް ވަދެގެން އައި މަޔާންއަށް މިޙުރާންގެ ނަޒަރު ހުއްޓުނުއިރު ތުންފަތްމައްޗަށް ރީތިހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަޅިކުލައިގެ ކޯޓްއާއި ފަޓްލޫންގައި ހުރި މަޔާން ފެނިފައި މިޙުރާން މާޒީ ހަނދާންވެލެއްވިއެވެ.
“ދަރިފުޅު ތިހެން ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ބައްޕަގެ ޒުވާން ދުވަސްވަރުމަތިން… އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން….” މިޙުރާން ކުރިއަށް އަޅާލެއްވި ފިޔަވަޅާއިއެކު މަޔާންގެ ބޮލުގައި ފިރުމާލެެއްވިއެވެ.
“އަޅުގަނޑުވެސް ބައްޕަހާ ސްމާޓްވީމަތޯ؟” މަޔާން ލާނެތްގޮތަކަށް ބުނެލިއިރު މިޙުރާން ލުއިގޮތަކަށް ހީލަމުން ދަރިފުޅު ގެނެސް މޭގައި ޖައްސަވާލެއްވިއެވެ.
އިރުކޮޅެއްގެ ބައްދާލެއްވުމަކަށްފަހު ދެބަފައިން ދުރުވެލިއިރު ސްޓަޑީގެ އަރާމް ސޯފާތަކުގައި އިށީދެލިއެވެ. އާވިއަރައަރާ ހުރި ކޮފީގެ ރަހައިން ހަމަޖެހުން ލިބިގަންނަން ތިބިއިރު ދެބަފައިންގެ މެދުގައި ތަފާތު ވާހަކަތަކެއް ދެއްކެވުނެވެ. މަޔާންގެ މަސައްކަތާއި ބެހޭގޮތުން މިޙުރާން އޮޅުންފިލުވިއެވެ. އޭނަގެ ފިޔަވަޅުތައް ބަލައިގެން މަޔާން ޕްރޮސިކިއުޓަަރަކަށްވުމަކީ މިޙުރާން ނުހަނު އުފާކުރައްވާ ކަމެކެވެ.
މަޔާން ބައްޕަ ގާތުން ދިޔުމުގެ ހުއްދަ ހޯއްދަވައިގެން ތެދުވިއިރު މިފަހަރުވެސް ލޮލުގައި އަޅައިގަތީ ބައްޕަ އިންނަވާ މޭޒުގެ އެއްކައިރިފަށުގައި ބައިންދާފައިވާ ފޮޓޯފްރޭމްގައެވެ. ބައްޕަގެ ސްޓަޑީއިން އަދި ބައްޕައާއި މަންމަގެ ނިދިކުރައްވާ ކޮޓަރިން އަބަދާއި އަބަދު އެ ފޮޓޯ ފްރޭމް ފެނިފެނި މަޔާންގެ ހިތުގައި އެ ފޮޓޯއާއިމެދު ޝައުގުވެރިކަން އުފެދިފައިވެއެވެ. އޭނަގެ ކުޑައިރުގެ ފޮޓޯލޯގަނޑުތަކުގެ ތެރެއިން އެ ފޮޓޯ ބައްޕައަށް އެހާ ހާއްސަވެލައްވާ ސަބަބެއް ހޯދުމުގެ ޝައުގު ހިތުގައި ހިނގައިގަތްފައިވަނީ ކުޑައިރުއްސުރެއެވެ.
“ބައްޕާ… މި ފޮޓޯގައި މިތިބީ ކޮންބައެއް…” މަޔާން އެފޮޓޯގައި ދެވަނައަށް ހުރި ފިރިހެންކުއްޖާގެ މޫނުގައި އިނގިލި ޖައްސާލައިގެން ހުރެ ސުވާލުކުރިއެވެ. އޭރު އެއްބިތް އެއްކޮށް ފުރޭވަރަށް ހުރި ފައިލް ހަރުގަނޑުން ފައިލްއެއް ނަގަން ހުރެފައި މިޙުރާން އެނބުރި ބަލާލެއްވިއިރު އެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ.
“ދަރިފުޅާއި ޒެލް…” މިޙުރާންގެ ލޮލުން ފެނިލި ހިތިކަމާއިއެކު އަޑުގައި ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރު އެކުލެވިގެންދިޔައެވެ. “ޒެލް”ގެ ނަމާއިއެކު މާޒީގެ ހަނދާންތައް އޭނާގެ ލޯ ކުރިމަތީ ފިޔަޖަހާލިހެން ހީވިއެވެ.
“ޒެލް….” މަޔާން އެނަން ކިޔާލީ ކަމެއް ހަނދާންކުރަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ. ތުއްތުއިރު ޒެލްގެ ނަމުން ގޮވާ ހަނދާނާއި އޭނައާއި އެއްވަރުގެ ފިރިހެންކުއްޖަކާއިއެކީ ކުޅޭ ހަނދާން ސިކުނޑީގައި ފަޑުގޮތަކަށް ކޮއްޓާލިޔަސް ޒެލްގެ ސޫރަ ޒެލް ހުންނަގޮތް ހަނދާނެއްނުވިއެވެ.
“ދަރިފުޅުގެ ކުޑައިރުގެ ބެސްޓް ފްރެންޑް…” މިޙުރާން އިތުރަށް ކިޔާލަދެއްވިއެވެ. އެއާއިއެކު މަޔާންގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދިގެންދިޔައެވެ. މަޔާން އިރުކޮޅެއްވަންދެން ފޮޓޯފްރޭމްއަށް ބަލަހައްޓައިގެން ހުރުމަށްފަހު ނިކުމެގެންދިޔުމާއިއެކު މިޙުރާން އެ ފޮޓޯގަނޑުގައި އިނގިލިތައް ހިންގާލިއެވެ.
“އަޒް… ޅައުމުރުގައި އަހަރެމެންނާއި ވަކިވެގެންދިޔަޔަސް އަދިވެސް ތިހަނދާންތައް މިހިތުގައި ތާޒާކަމާއިއެކުވޭ… އަހަރެމެންގެ ދަރިން ބޮޑުވެ ފުރާ ފުރިހަމަވެއްޖެ… މިދުވަސްދެކެން އަޒް ހުރިނަމަ… އަހަރެމެންގެ ދަރިންގެ ކުރިމަގު އެންމެ ގާތުން ދެކެން ބޭނުމޭ ބުނެ އެންމެ ކުރިން ވަކިވީ ކީއްވެ؟ މިއަދު އަޒް ހުރިނަމަ ހުރިހާކަމެއް ތަފާތުވިސް…” މިޙުރާން އަމިއްލަ ނަފްސާއި ވާހަކަދެއްކިވިއިރު ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެގަތީ މާޒީގެ ހަނދާންތައް އާވެފައެވެ. މިއަދުވެސް އެ ހަނދާންތަކުން ނޭނގޭފަދަ ވޭނެއް ހިތަށް ލިބިލެއްވިއިިރު ދެއެކުވެރިން އެކީގައި އުޅުނު މާޒީގެ އުފާވެރި ދުވަސްތަކަށް އަނބުރާދެވޭނެނަމައޭ ހިތަށް އެރުއްވިއެވެ. އެތަށް އަހަރެއްވެގެންދިޔައިރުވެސް އެންމެ ގާތް އެކުވެރިޔާ ވެލީގެ ދާނުގައި މުޅި އުމުރަށް ނިދާލައިފައިވުމަކީ އަދިވެސް ހިތަށް ތަދުކުރުވާ ހިތި ހަގީގަތެވެ. އެކުވެރިޔާގެ ކުށްވެރިންނަށް ހައްްްޤު އަދަބު ނުލިބޭހާ ދުވަހަކު އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުމެއްނެތެވެ.
*** *** *** *** *** ****
މިރޭވެސް ބަނަ ވިލާތަކުން އުޑުމަތި ބައްދާލާފައިވެއެވެ. ހަނދުވަރު ނުދޭރެއަކަށްވެފައި އަދި ކަޅު ވިލާތަކުން ރޭގަނޑުގެ ރާނީ ހަނދު ނިވާކޮށްލައިފައިވާގޮތުން ދުނިޔެމަތި ވަކިން ކަޅުފޮއެކަމަށް ދައްކައެވެ. އިރުއޮއްސުނުފަހުން ވާރޭ ހުއްޓާލިއިރު މާހައުލުގައި މިވަގުތުވެސް ހިފާލައިފައިވަނީ ގަނޑުކޮށްލާފަދަ ފިިނިކަމެވެ. ދޭތެރެއަކުން ޖެހެމުންދިޔަ ލުއި ރޯޅިތަކުން ފަޒާގައިވާ ފިނިކަން އިތުރުކޮށްލަދެނީ ރޭގަނޑަށް ފޮޅޭ މާތަކުގެ ލުއިވަހާއިއެކީގައެވެ.
ރޭގަނޑުގެ ކެއުމަށްފަހު ނޯކަރުން ވިންޓަރބްރީޒްގެ ލިވިންރޫމްއާއި ކޯރިޑޯ އަދި ހޯލްވޭގެ ކެންޑިލް ހޯލްޑަރތަކުގައި ހުރި ޖޭސްމީން އުއްބައްތިތައް ރޯކޮށްލިއިރު މުޅި ގޭތެރޭގައި ހިފާލީ ޖޭސްމީން ލުއި ލުއި ވަހެވެ. ޗާންދަލިޔާގެ ލޮލަށް ފަސޭހަ ރީނދޫ އަލިކަމުގައި ދެކޮޅަށް ހޫރެމުންދިޔަ ހުޅުކޮޅުތައް ފެނިލަނީ ހުވަފެނީގޮތަކަށެވެ. ހައިޒަލް ކޯރިޑޯއިން ހިނގާލައިފައި އައިރު ހިނދުރީގައި ހިފާލި ޖޭސްމީންގެ ލުއި ލުއި ވަހުން ސިކުނޑި ތާޒާވިއެވެ. ދިގު ވާޒްގައި ޖަހާލެވިފައިވާ ފިނިފެންމާތަކުން ދުވަމުންދިޔަ ލުއިވަހާއިއެކު ތާޒާކަމުން ދެންމެ ބިދެލައިގެން ގެނެސް ޖަހާލައިފައިވާހެން ހީވިއެވެ.
ދިގުކޯރިޑޯ ހުރަސްކޮށްލުމަށްފަހު ހައިޒަލް އައިސް އަލްހާންގެ ކޮޓަރީގެ ދޮރުގައި ޓަކިދިންއިރު އަލްހާން ވަންނާށޭ ބުނުއްވި އަޑު އިވުނެވެ. ހައިޒަލް ކުޑަކޮށް ޖެހިލުންވެހުރެ ކޮޓަރިއަށްވަތްއިރު ފުރަތަމަވެސް ނަޒަރު ހުއްޓުނީ ކިންގްސައިޒް އެނދުގެ އެއްފަރާތެއްގައި ކަހަލަގޮތަކަށް އިށީދެލައިގެން އިން ރިހާނާއަށެވެ. ހައިޒަލް ފެނުމާއިއެކު ރިހާނާގެ ހަށިގަނޑު ވަގުތުން ސީދާވެގެން ދިޔައިރު ކޮޓަރިން ނިކުންނަން ހިނގައިގަތީ ހައިޒަލްއާއި ދިމާލަށް ކަޅިއަޅާލައިފައެވެ. އެ މަންޒަރު ފެނި އަލްހާންގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރުތައް ހިނދުކޮޅަކަށް ފެނިލެއްވިނަމަވެސް ހައިޒަލްއާއި މެދު ވިސްނާލާފައި ނޭނގޭކަމަށް ހެދިލެއްވިއެވެ.
“ކޮޅަށް ނުހުރެ ދަރިފުޅު އިށީދެބަލަ…” ސަނދުވާ ދަމާލެވިފައިވާ އެނދުގެ ކުރިމައްޗަށްވާގޮތަށް ބަހައްޓާލެވިފައިވާ މަޙުމާ ސޯފާއަށް އިޝާރާތްކުރަމުން އަލްހާން ބުނުއްވިއެވެ. ކުޑަދޮރުގެ ދާރައިގެ ދެފަރާތުން ވިއްދާލެވިފައިވާ އަލްހާންގެ ދެއަތަށް ދޫކަމެއް އައިރު ކުޑަދޮރާއި ދުރަށް ޖެހިލަމުން ސޯފާ ކައިރީ ބަހައްޓާލެވިފައިވާ ގޮދަޑިޖެހި އަނދަރާދާ ގޮނޑީގައި އިށީންނަވަމުން ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެއްވިއެވެ.
“ބައްފަ ދުރުވާށޭ ބުނުއްވީ ކީއްވެތޯ…” ހައިޒަލް ސުވާލުކޮށްލިއެވެ.
“ބައްޕަ ހައިޒަލްއާއި ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލަން ބޭނުންވާތީ…” އަލްހާން ހައިޒަލްގެ މޫނަށް ބަލާލެއްވީ ކަމެއް ދިރާސާކުރަންއުޅޭފަދަ ނަޒަރަކުންނެވެ.
“ކޮމްޕެނީގެ ކަންތައް ކިހިނެތްތަ ކުރިއަށްދަނީ ދަރިފުޅާ؟” އަލްހާން ވާހަކަގެންދަވަން ފެށީ ދުރުދުރުންނެވެ.
“ހުރިހާކަމެއްވެސް ބައްޕަ އަންގަވާގޮތަށް ބަލަހައްޓަމުން އަޅުގަނޑު މިގެންދަނީ… އެނުއަލް މީޓިންއަށް ފައިލްތައްވެސް ތައްޔާރުކުރަމުން މިދަނީ….” ހައިޒަލް އަދަބުވެރިކަމާއިއެކު އަލްހާންއަށް ޖަވާބުދިނެވެ.
“ބައްޕައަށް އިނގޭ ހައިޒަލް ހުރިހާކަމެއްވެސް ރަނގަޅަށް ބަލަހައްޓާނެކަން… އެވާހަކަ ދައްކާކަށް ނޫން ބައްޕަ ހައިޒަލް މިގެނައީ….” އަލްހާން ބުނުއްވުމާއިއެކު ހައިޒަލް އަލްހާންގެ މޫނަށް ބަލާލިއެވެ.
“ދުވަހުންދުވަހަށް ދަރިފުޅުގެ އުމުރުމަތިވަމުންދާއިރު ބައްޕައަށް ހީވޭ ދަރިފުޅުވެސް މިހާރު ޒަވާޖީ ހަޔާތެއް ފަށަންވެއްޖެހެން… އެކަމަށް އެންމެ އެކަށީގެންވާ އުމުރުގައި ދަރިފުޅު ތިހުރީ… ލަސްކުރަން ހަދައިގެން މާބޮޑަށް ފަސްވެދާނެ…” އަލްހާން ބުނުއްވުމާއިއެކު ހައިޒަލް އިސްޖަހާލިއިރު ތުންފަތްމަތީ ރީތި ހިނިތުންވުމެއް ދުވެލިއެވެ. އޭނަގެ ލޯމަތީ ހިނދުކޮޅަކަށް ނަމަވެސް ނައިނާގެ ސޫރަ ކުރެހިގެން ދިޔައެވެ. ނައިނާ ނޫނީ އޭނަގެ ހަޔާތުގެ ބައިވެރިކަން ހަދަން އެދޭ އަންހެންކުއްޖެއް ނުވެއެވެ. އޭރު އަލްހާންގެ ވާހަކައާއިއެކު އެދެލޯބިވެރިންގެ ލޯތްބަށް ހުރަަސްއަޅަން ތައްޔާރުވަމުން އައި ބަނަވިލާގަނޑުގެ ހިލަމެއްވެސް ހައިޒަލްއަކަށް ނުވެއެވެ.
“އިޝާރުއަކީ އެންމެ ކުރިންސުރެވެސް ބައްޕަގެ އެންމެ ގާތް އެކަކު… ބައްޕައާއި އިޝާރުގެ އެކުވެރިކަމުގައި ބައްޕަ އިޝާރުއަށް މީގެ އެތައް އަހަރެއްކުރިން ވައުދެއްވިން… މިއަދު މިއޮތީ އެ ވައުދު ފުއްދަންވީ ވަގުތު ޖެހިފައި… ބައްޕަ ވައުދުވީފަދައިން ޝަލީންއާއި ހައިޒަލްގެ ކައިވެނިކުރާގޮތަށް ބައްޕަ ހަމަޖައްސައިފިން…” އަލްހާންގެ ޖުމްލައިން ހައިޒަލްއަށް ލިބުނު ޝޮކްގެ ބޮޑުކަމުން ވަގުތުން ބުރަކަށި ތެދުކޮށްލެވިގެންދިޔައިރު އަލްހާންގެ މޫނަށް ބަލާލެވުނީ ސިހިފައެވެ. އޭސީގެ ފިނީގައިވެސް ތަނަވަސް ނިއްކުރިން ދާތިކިތައް ފާއްދާލީ ހިތްނުތަނަވަސްވީ ވަރުންނެވެ. ހައިޒަލް އުނދަގޫގޮތަކަށް ލޯމަރާލިއިރު ތުރުތުރުލުމެއް އެކުލެވިގެންދިޔަ އަތްމުށްކަވާލަމުން އަލްހާންގެ މޫނަށް ނަޒަރުހުއްޓާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.






Good evening dear readers..here’s 30th ep.. hope every one will like this part tooo….. sry for been late… asluu dhiraa huree mrnin up kohlan bt i got to do another wrk so i did not get time for it. feel free to cmnt…. readers cmnt is writers biggest motivation…… 31st part will be uploaded on thursday insha allah
thanks up kohla dhineema
wlcm
I knw mihenn Kan vaany.. ??alhe e marriage kuriya nudhehchey dhiraa… Plz.. vaahaka Hama habeys ingey.. u r one of my fav writer.. luvv ur stry..❤️❤️❤️
heheheheh thnkx… lets c
wow dhiraa vrh rythi mi part vs…. Dont ket that marriage happen ??? Keep it up dhiraa! wish u all the best! lots of luv ?❤️❤️
thnks. lets c dw
Alhey varah reethi Ma sha allah such a talented writer you are ? keep it up mihaaru beynunvanee nimey iru vaane goiy balaalan eagerly waiting for the next part ???
hehehe thnks..lets c dww
O my goodness. Haadha reehchey. You’re going to be a famous writer. Insha ALLAH. curiously waiting for the next part.❤❤❤
thnks rai
Hey. Everyone where is Jiji
search google
Hehe Rai..I’m here???❤❤❤???…Btw mi part vv salhi ingey…Nd dear???..plc e marriage kuriya nudhehchey ingey..Nd thanks mi part up kohladhinyma ..waiting fr the next curiously…Luw soooo much??????❤❤❤????????????
heheh thnks… dhn balamaa dww.. fathers ge aih matheega oih kamehnu eii e marriage.. lets c wht their fathers are going to do
Hey Jiji pachaachy crying baby ???
Maa shaa allah…..mi prt vex vrh reethi
thnkx
The story is getting interesting day by day….can’t wait to read the next part….keep up the gud work dhiraa sis…❤❤❤??
noooooooo…….pls dhiraa wish
hehehehehe
Story hama habbu. Kon Irakun next part. Waiting for the next part curiously.
thnkx. inshaa allah thursdayga
hai plxx refuse to the marriage.. alhe dhira naina noon meehakah hai nudhehjeyy… btw vaahaka varah reethi ingey
hheeheheheheehe thnkx.
…Dhiraa wishhh
This part is also very amazing
thnkx
Oww..this story is very nice..I realy love this story… (do you like thish comment) btw I love you story..good
thnkx
Realy you are so strange guy…lol
Plx… dont bullying its not good
How did shalee and Yaan got married Shalee ge dad ah neyngi?
Mihen miehy storyga wife ey kiyaaafa mention kohfa inyma.
Nd story hama vrh salhi curiously waiting for the next part ❤️❤️?
hehehehehe hingaa dww balamaa
????noooooo….. btw story v. reethi❤️❤️❤️
Kithanme molhah thadhubeeru kuriyas thaqdheerah vure molheh nuvaane dhe Bappa Kithanme varakah reyviyas hama kulhadhun vantha raskalaange ninmevun Aharemen nakah badhaleh nukureveyne dho Insha Allah ey nubune Hurihaa kameh Aharemen beynunvaa gothah kuraanamey nubunahchey we can do nothing .anyways vaahaka varah reethi waiting for the next part????
thnkx
The story is getting interesting day by day….can’t wait to read the next part….keep up the gud work dhiraa sis…❤❤❤??
thnkx
thedheh dhiraa plx e kaiveni kurevuna nudheythi stry v reethi.waiting for the nxt part.
Hehehehehe. Lets c dw
Hey jiji
If you are free can we talk now
Varah hadi haizal aai nainaa ge thankolheh juicy thankolheh Netheema vaahaka ninmaalan ulhey
Thy hama real kitty tha?
No way.. kitty eh noon thee.. kitty nudhakkane thigothah vaahaka eh
thnks for the cmnt
Dhiraa kihineh story avahah upload kurany?
Avaha liyaa meehunah avaha up ves kureveynehnu ??
Alhey mihaaaru kithane dhuvaheh vehje vaahaka pending ga innathaaa
??Yesh ofcourse rai dear
hi jiji….. kihineh tha haalu???
Hey are you free Jiji.Rai ah Jiji ge comment fennee hama dhenmega.So if you are free we can talk now.
Alheyy mi gadyga freee yaa tlk kureveyne inge rai….nd my azuker sis kolhuu .. Al’hamdhulliah…Haalu is fine….my naughty sham dhydhy ah salaam ingey?????????????????
Girls mithaaku noon ingey chat kuraanee.. its not allowed in this site.. konme kuhjakuves story aai behey gothun comment kuraanee.. not amihla stuffs
Okay. Anonymous
Mi site ga noon ehnoan Gothakah Jiji men talk kuran vejjeh ehnu… This is annoying and not allowed dhw… Dhuppaaneh mi ulhey meehunaa hedhi ves
reethi bahun vx thivaahaka bunevidaane. i hope no one will use those kind of wrds…. reethi bahun visnaidein masahkaih kureema emeehunah vx visneynee… hadi bahun ruhkurukoh tlk kureema emeehun vx hiyyhama nujeheynee
sheyn ah udhagu vanyaamun comments thah nukiyaa???
may be thts not the ryyt way to ans the elders
Dear ..hama private koh tlk kureven nethyma mihen tlk kuran mijeheny..Sorry fr that ???
its owk i can understand bt this might not be the rytt way
dhiraaa mi cmnt mi liyanee writerge haisiyathakuneh noon.just as a frnd.. i just want to say some words… this is a page to read stry and share the view abt the stry.. u can make frnds n cht bt chating in this place might not be the ryyt way to tlk. dnt get angry each other…. i hope every one will understand
Dhiraa kobaa vaahaka
Reyga dhira vaahaka up kohlaafa ihnaanee.. someone 31st vana bai fenihjetha..sorry for the late reply