Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 31

Saraa Level 910 Stories100 Comments100 Login500 Comments500 Login
May 23, 2019 6 Mins Read
38 Comments

“އިޝާރުއަކީ އެންމެ ކުރިންސުރެވެސް ބައްޕަގެ އެންމެ ގާތް އެކަކު… ބައްޕައާއި އިޝާރުގެ އެކުވެރިކަމުގައި ބައްޕަ އިޝާރުއަށް މީގެ އެތައް އަހަރެއްކުރިން ވައުދެއްވިން… މިއަދު މިއޮތީ އެ ވައުދު ފުއްދަންވީ ވަގުތު ޖެހިފައި… ބައްޕަ ވައުދުވީފަދައިން ޝަލީންއާއި ހައިޒަލްގެ ކައިވެނިކުރާގޮތަށް ބައްޕަ ހަމަޖައްސައިފިން…” އަލްހާންގެ ޖުމްލައިން ހައިޒަލްއަށް ލިބުނު ޝޮކްގެ ބޮޑުކަމުން ވަގުތުން ބުރަކަށި ތެދުކޮށްލެވިގެންދިޔައިރު އަލްހާންގެ މޫނަށް ބަލާލެވުނީ ސިހިފައެވެ. އޭސީގެ ފިނީގައިވެސް ތަނަވަސް ނިއްކުރިން ދާތިކިތައް ފާއްދާލީ ހިތްނުތަނަވަސްވީ ވަރުންނެވެ. ހައިޒަލް އުނދަގޫގޮތަކަށް ލޯމަރާލިއިރު ތުރުތުރުލުމެއް އެކުލެވިގެންދިޔަ އަތްމުށްކަވާލަމުން އަލްހާންގެ މޫނަށް ނަޒަރުހުއްޓާލިއެވެ.

“ކީއްވެ ކުރިން ތިވައުދާއި ބެހޭގޮތުން އަޅުގަނޑަށް އިނގިފައިނެތީ… މިހުރިހާދުވަހު އެކަން ސިއްރެއްގެ ގޮތުގައި އޮތީ ކީއްވެ؟” މުށްކަވާލެވިފައިވާ އަތްތިލައަށް ހައިޒަލް ބާރުކުރަމުންދިޔައިރު އެއަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ. އެ ޖުމްލަތަކުން އަލްހާންއަށް ހައިރާންކަމެއް ލިބިލެއްވިއެވެ. ހައިޒަލްއަކީ ދުވަހަކު އޭނަގެ ކުރިމަތީ އަޑުހަރުކޮށް ވާހަކަދެއްކި ޒުވާނެއް ނޫނެވެ. ވީއިރު ހައިޒަލްއަށް މިއަދު ބައްޕައާއި ދެކޮޅަށް ތެދުވަންކެރުނީ ނައިނާގެ ސަބަބުން ހެއްޔެވެ؟

“ބުނެގެން ބަދަލުވާނެކަމެއް އެބައޮތްތަ؟ ހައިޒަލްއަކީ އަބަދުވެސް ބައްޕަގެ އުސޫލްތަކަށް ކަމޭހިތާ ޒުވާނެއްކަން ބައްޕައަށް އިނގޭ… މިކަމުގައިވެސް ދަރިފުޅު ހަދާނީ ބައްޕަ ބުނާގޮތެއްނޫންތަ؟” އަލްހާން މޫނުމަތިން ހިނދުކޮޅަކަށް ފެނިލެއްވި ނުރުހުމުގެ ކުލަވަރު ފޮރުވާލަމުން ހައިޒަލްއާއި ވާހަކަދެއްކީ ގާތްގޮތަށެވެ. ހައިޒަލް ތުއްތުއިރު ގޮތްދޫނުކުރުމާއިއެކުވެސް އަލްހާން ލޯބިން ބުނެލާ އެންމެ ބަހަކަށް ހެއްލިގެންދާގޮތަށް މިއަދުވެސް ގޮތްދޫކުރާނޭކަމަށް އަލްހާންއަށް ހީވިލެއްވިއެވެ.

“އަޅުގަނޑުގެ އުމުރުން 27 އަހަރުވީއިރު މިހާތަނަށްވެސް ބައްޕަގެ އެދިލެއްވުމަކަށް ދެކޮޅު ހަދާފައެއްނުވާނެ… އަޅުގަނޑުގެ ދިރިއުޅުުމުގެ ހުރިހާކަމެއް ބައްޓަންކުރަމުން މިއައީ ބައްޕަ ބޭނުންވެލައްވާ ގޮތަށް… އެކަމަކު މިފަހަރަކު ނޫން… އަޅުގަނޑުގެ ދިރިއުޅުމުގެ އެންމެ ބޮޑު ނިންމުމާއިމެދު ގޮތްނިންމުމުގެ އިހުތިޔާރު އަޅުގަނޑަށް އޮންނަންވާނެ… އަޅުގަނޑު ހަޔާތުގެ ބައިވެރިއަކަށްވާނީ އަޅުގަނޑު އިޙުތިޔާރު ކުރާފަރާތެއް…” ހައިޒަލް އަލްހާންގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުރިއިރު އެ ލޮލުން ފެނިލީ ސާބިތުކަމެވެ. އެ ޖުމްލަތަކާއިއެކު އަލްހާންއަށް “ހައިޒަލް”ގެ ނަމުން ގޮވާލަމުން ގޮނޑިން ތެދުވިއިރު ދެލޮލުން ފެނިލީ ރުޅިވެރިކަމެވެ.

“އަހަރެންގެ ނިންމުންތައް ގޮތްކިޔުމަކީ މިހާތަނަށްވެސް ހައިޒަލްކުރިކަމެއްނޫން…” އަލްހާން ރުޅި ފިނިކުރަންނޭވާއެއްލަމުން މުށްކެވެމުންދިޔަ އަތްތިލަ ފަޓްލޫންގެ ޖީބުގެ ތެރެއަށް ޖަހާލެއްވިއެވެ.

“ސަބަބަކީ މިހާތަނަށްވެސް ބައްޕަ ކަންކަން ނިންމެވީ އަޅުގަނޑަށް ފައިދާހުރިގޮތްގޮތަށްކަން އަޅުގަނޑަށް އިނގިލައްވާތީ… ބައްޕަ ވިސްނާލަބަލަ ނުދަންނަ ދެޒުވާނުން ކައިވެނިކުރުމުން ދެންވެގެންދާނެ ގޮތަކާއިމެދު…” ހައިޒަލް ހުރީ ބައްޕައާއި އަރާރުންވެގެން ނަމަވެސް އެކަމާއި ދެކޮޅުހަދަން ނިންމައިގެންނެވެ. އޭނަގެ ފުރާނަހުރެގެން ނައިނާ ނޫން އަންހެންކުއްޖަކަށް އޭނަގެ ދިރިއުޅުމަކަށް ނުގެންނާނެއެވެ.

“ޝަލީންއަކީ ރަނގަޅުކުއްޖެއް… ރަނގަޅު އާއިލާއަކުން އައިސްހުރިކުއްޖެއް… އިތުރަށް އިނގެން އޮތީ ކޮންކަމެއް… އެހާ ރަނގަޅު ކުއްޖަކު ހައިޒަލްއަކަށް ނުލިބޭނެ… ހައިޒަލްއަށް ރަނގަޅަކަށް މިކަންކޮށްދޭން އުޅޭއިރު ދެކޮޅު ހެދުމުގެ ބޭނުމަކީ ކޮބާ؟” ހިނދެއް ހިނދަކަށް އަލްހާންގެ އަޑު ބާރުވަމުންދިޔައެވެ.

“އަޅުގަނޑަށް ރަނގަޅަށް ކޮށްދޭން އުޅޭކަމެއްނަމަ ބައްޕަ އެންމެފުރަތަމަ ދުވަހުވެސް އަޅުގަނޑުގެ ހިޔާލުހޯދެއްވިސް… ބައްޕާ… އަޅުގަނޑަކީ މިހާރު ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނޭ…. އަޅުގަނޑުގެ އަމިއްލަ ކަންތައް ނިންމުމުގެ ބާރު އަޅުގަނޑުގެ އަތްމައްޗަށް ދޫކޮށްލައްވާ….” ހައިޒަލް ކިތަންމެ ހިތްހަމަނުޖެހޭ ގޮތްވެފައި ހުރިނަމަވެސް ބައްޕަގެ ގަދަރުކުޑަވާފަދަ ގޮތަކަށް ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ.

“އަޅުގަނޑަށް މައާފުކުރައްވާ… ބައްޕަ ތިއެދިލައްވާގޮތަށް އަޅުގަނޑަކަށް ކަންތަކެއް ނުކުރެއްވޭނެ… އަޅުގަނޑު ބޭނުމެއްނޫން ޝަލީންއާއި ކައިވެނިކުރާކަށް… އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކު ހިޔާލުކުރުމަށް ބައްޕަ ތިކުރައްވަމުންދާ މަސައްކަތް ހުއްޓާލަވާ… އަޅުގަނޑުގެ ހިތް އެދޭ ފަރާތެއް އެބަހުރި…” ހައިޒަލްގެ ލޮލުން ފެނިލި ގޮތްދޫނުކުރެއްވުމުގެ އަސަރުތަކާއިއެކު ހިނދުކޮޅަކަށް އަލްހާންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އަލްހާން ހުންނެވީ ދަރިފުޅުގެ މިގޮތްދޫނުކުރުން ފެނި ބުނުއްވާ އެއްޗެއްވެސް އިނގިނުލައްވާފައެވެ. ރޮކިންޗެއަރގައި ވިއްދާލައިފައިވާ އަތަށް ބާރުވަމުންދިޔައިރު އެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުންވެސް އަލްހާން ވަރަށްބޮޑަށް ހިތްހަމަނުޖެހިލައްވާފައި ހުރިކަން ހާމަވިއެވެ. ހިނދުކޮޅަށް ތަނަށް ވެރިވި ނުތަނަވަސްކަމާއި ދެބަަފައިންގެ ފަރާތުންވެސް ފެނުނީ ހިމޭންކަމެވެ.

އިރުކޮޅެއްފަހުން ހައިޒަލް ޖީބަށް އަތްޖަހާލަމުން ދޮރާއިދިމާލަށް ފިޔަވަޅުތައް ބެހެއްޓިއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ބައްޕައާއި އޭނަ ދެބަސްވީއިރު ހިތަށް އުނދަގޫވީނަމަވެސް ހައިޒަލް ހުރީ ގޮތުގައި ހިފަހައްޓަން ނިންމައިގެންނެވެ. ކުރިން ބައްޕަ އެވާހަކަދެއްކެވިނަމަ އޭނަ ވަގުތުން އެއްބަސްވީހެވެ. ނައިނާދެކެ ލޯބިވަންދެންވެސް ލޯތްބަކީ އޭނަ ގަބޫލުނުކުރާ ޖަޒުބާތަކަށްވީއިރު އޭނަ ލޯބިވާ ކުއްޖެއް ހަޔާތަށް ނާންނާނެކަމަށް ހައިޒަލް ގަބޫލުކުރިއެވެ. ނަމަވެސް ނައިނާ އޭނަގެ ގަބޫލުކުރުންތަކާއި މުޅި ދިރިއުޅުންވެސް ބަދަލުކޮށްލައިފިއެވެ. މުޅިހިތްމިލްކުކޮށްފިއެވެ.

އަލްހާންގެ އިނގިލިތައް ލެބިގެންދިޔައިރު ދަތްޕިލަޖައްސާ ބާރުކޮށްލެވުނީ އޭނައަށް ލިބުނު ނާކާމިޔާބީ ބަރުދާސްނުކުރެއްވިފައި ހުންނެވި ކަހަލަގޮތަކަށެވެ.

“އެއަންހެންކުއްޖަކީ ނައިނާތަ؟” އަލްހާންގެ އަޑުގައި އެކުލެވިގެންދިޔަ ހަރުކަށިކަމާއިއެކު ނައިނާގެ ނަން ކިޔާލުމާއިއެކު ހައިޒަލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު ފަސްއެނބުރިބަލާލީ ސިހިފައިކަހަލަގޮތަކަށެވެ. އޭރު ރުޅިވެރިކަމާއި ނަފްރަތުގެ އަސަރު އެކުވެގެން އަލްހާންގެ މޫނުން ފެނިލެއްވި ކުލަވަރުން ހައިޒަލް މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ.

“އަހަރެން މިއަހަނީ އެކުއްޖާއަކީ ނައިނާހޭ؟” އަލްހާންގެ ބަރުއަޑު ކޮޓަރީގެ ހަތަރުފާރުތެރޭ އެއްއަޑަކަށް ގުގުމާލިއެވެ.

“މޮޔަކުއްޖާ… އެ ނޫން އަންހެންކުއްޖަކު މުޅި މިދުނިޔެއިންވެސް ނުފެނުނީތަ؟ އަހަރެމެންނަށްވުރެ ދަށްފެންވަރުގެ އަންހެންކުއްޖަކާއި ހިތާވީ އަހަރެން ލަދުގަންނަވާނޭގޮތެއް ނޭނގިގެންތަ؟” އަލްހާންގެ ނަފްސު ފިއްސާލި ރުޅިވެރިކަމާއި ހަށިގަނޑު ރޫރޫއަޅައިގަތެވެ.

“ލޯތްބަކީ ވަކި ފަންތިއެއްގެ މީހަކަށް ވެވޭނެ އެއްޗެއްކަމަށް ބައްޕަ ގަބޫލުކުރެއްވިތީ އަޅުގަނޑު ހިތާމަކުރަން…” ހައިޒަލްގެ ޖުމްލައާއިއެކު އަލްހާން ރުޅިވެރިގޮތަކަށް ހައިޒަލްގެ މޭގައި އަތްއަޅާދުރަށް ކޮއްޕާލެއްވިއެވެ.

“އަހަރެން ކުރިމަތީ ބަހުސްކުރަން ހަދާނޭކަމެއްނެތް… ހައިޒަލްއަކީ އުޑުގައި ވިދާ ތަރިއެއްކަމުގައި ވަންޏާ އެއީ ބިމުގައިވާ ހިލަކޮޅެއް… ތިދެމެދުގައިވާ ފަރަގު ވިސްނޭތަ؟ އަހަރެން ދުވަހަކު ހައިޒަލް އެއަންހެންކުއްޖާއާއި ގުޅެން ޤަބޫލެއްނުވާނަން…  ހައިޒަލް ކައިވެނިކުރަން ޖެހޭނީ ޝަލީންއާ… މިވީހާތަނަށްވެސް ކަންތައްވީ އަހަރެން ބޭނުންވީގޮތަށް… ދެންވެސް ކަންތައްވާނީ އަހަރެން ބޭނުންގޮތަށް…” އަލްހާން ހަރުކަށިކަމާއިއެކު ފަހު ނިންމުން އިއްވާލަމުން ހައިޒަލްއާއި ދިމާލަށް ބަލާލެއްވި ނަޒަރުންވެސް ބައްޕަ ގޮތްދޫނުކުރައްވާނެ ކަން ހައިޒަލްއަށް ޔަގީންވިއެވެ. ބައްޕަގެ ގޮތްދޫނުކުރެއްވުމާއިއެކު އޭނަ ލައްވާ މަޖުބޫރުން ކަންތައް ކުރެއްވުމުގައި އަބަދުހެން ކާމިޔާބު ހޯއްދެވިޔަސް މިފަހަރު ތަފާތެވެ. މިފަހަރު އެންމެ ފަހު ނޭވާއާއި ހަމަޔަށްވެސް އޭނަ ގޮތުގައި ހިފައްޓާނެއެވެ.

“އަޅުގަނޑުގެ އަނތްބަކަށް ނައިނާ ނޫން ކުއްޖަކަށް ދުވަހަކު ނުވެވޭނެ….” ހައިޒަލްގެ އަޑުގައިވީ އިންތިހާދަރަޖައިގެ ޔަގީންކަމާއިއެކު ގޮތްދޫނުކުރާނެކަން އަލްހާންއަށް ޔަގީން ވެލެއްވިއެވެ.

“ހައިޒަލްގެ ތިގޮތުގައި ހިފަހަައްޓައިގެން ހުރިހާ ހިނދަކު ފެންނާނީ އަހަރެންގެ ރުޅިވެރިކަން…. މިވީހާތަނަށްވެސް އަހަރެން ދަރިއަކާއި ދިމާލަށް ބާރަށް އެއްޗެކޭ ބުނެފާވެސް ނުވާނެ…. އެކަމަކު ހައިޒަލްގެ ތިނިންމުން ބަދަލުކުރަން ކުރެވެން އޮތް ހުރިހާކަމެއް އަހަރެން ކުރާނަން.. ކިތަންމެ ދަށްފެންވަރަކަށްވެސް ވެއްޓިގަނެފާނަން… އަހަރެންގެ ފުރާނަހުރެގެން ހައިޒަލް ތިމޮޔަހެދިޔަކަ ނުދޭނަން….” އަލްހާން ރުޅިމައިތިރިނުކުރެވިފައި ހުންނެވިއިރު އެންމެ ފަހު ޖުމްލަ ބޭރުވީ ހަޅޭކެއްގެ ގޮތުގައެވެ.

“ހަނދާންކުރާތި… ހައިޒަލްއާއިއެކު އުޅޭހާ ދުވަހަކު ނައިނާއަކަށް ހަމަޖެހުމެއް ނުލިބޭނެ… ނުރައްކާތެރިކަން އަބަދުހެން ނައިނާއަށް ފާރަވެރިވާނެ… ތިގޮތްދޫނުކުރުން ވާނީ ނައިނާއަށް ލިބޭ ވޭނަކަށް… އަނިޔާއަކަށް… ހައިޒަލްއާއިއެކު އަންހެންކުއްޖާގެ ވަށައިގެންވާނީ ބިރުވެރިކަމާއި ނުރައްކާތެރިކަން… ” އަލްހާން ނުގޮތަކަށް އިންޒާރުދެއްވިއިރު ހައިޒަލް ގައިން ހީނބިހި ނަގައިގެން ދިޔަހެން ހީވިއެވެ. ހިތުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ބައްޕަގެ މޫނަށް ބަލާލެވުނު އެފަދަ ފެންވަރަކަށް ބައްޕަ ވެއްޓިގަނެފާނެކަން އެ ނުރައްކާތެރި ބެއްލެވުމުންވެސް ހުރީ ހާމަވާށެވެ. ހިނދުކޮޅަށް ހައިޒަލް ފިނިވެގެންދިޔަނަމަވެސް ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އިންޒާރުދީގެން އޭނަ ހުއްޓުވޭނެހެން ހީވާނަމަ އެއީ ބައްޕައަށް ވެލައްވާ ކުށްހީއެކެވެ.

“ތިފަދަގޮތަކަށް ބައްޕަގެ އަމަލްތައް ބަހައްޓަވައިފިނަމަ އަޅުގަނޑުގެ ކުރިމަތީ ބައްޕަގެ އަގުވެއްޓުން ނޫންކަމެއް ނުވާނެ… އަޅުގަނޑަށް އިންޒާރު ދެއްވައިގެން ނައިނާއާއި ދުރުކުރެވޭނެހެން ހީވެލައްވާނަމަ އެއީ ބައްޕައަށް ވެލައްވާ ކުށްހީއެއް….” ހައިޒަލް އަޑުގައި އެކުލެވިގެންދިޔަ ހިތްހަމަނުޖެހުމުގެ އަސަރާއިއެކު ސާބިތުގޮތަކަށް ބުނެލަމުން އަލްހާންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެއާއިއެކު އަލްހާން ހަރުއަޑުން ހައިޒަލްއަށް ގޮވާލެއްވިއިރު އެއަޑުގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަތުގެ އިނގިލިތަކަށް ވާންވެގެން ދިޔައިރު އަލްހާންގެ ހަށިގަނޑަށް ބާރެއް އަރައިގެން ދިޔައިރު ކަރުގެ ނާރުތަކަށް ދާންދެން ފުއްޕައިގެން އެރިއެވެ. ދަތްތަކަށް ބާރުވެގެންދިޔައިރު ލޮލުން ފެނިލެއްވީ ނުރައްކާތެރި ވިދުވަރެކެވެ.

ރުޅިން ގޮސް ހަށިގަނޑު ފިހެމުންދިޔައިރު ތުރުތުރުއަޅަމުންދިޔަ އިނގިލިތައް ފޯނުގެ ސްކްރީނުގައި ހިންގާލަމުން އަވަސް ހަރަކާތާއިއެކު އަލްހާން ފޯނު ނަގާ ކަންފަތުގައި ޖެއްސެވިއެވެ. އެއާއިއެކު ވާހަކަދައްކަވަން ފެށީ ދަތްތަކަށް ބާރުކޮށްލައްވައިގެން ހުރެއެވެ. ދޭތެރެއަކުން އަޑަށް ބާރުލަމުން ބަސްތައް ތަކުރާރުކޮށްލައްވާ ގޮތުން އަޑުއަަހަން ހުރިމީހަކަށް ކަމެއް އަންގަވައިދެއްވަން އުޅުއްވާހެން ހީވިއެވެ. ފަންސަވީސް މިނެޓްގެ ދިގު ކޯލްއަކަށްފަހު އަލްހާން ފޯނު ތިރިކޮށްލިއިރު އެ ތުންފަތްމަތީ ވިހަ ހިނިތުންވުމެއް ކުޅެލިއެވެ.

*** *** *** *** *** ***

އުޑުމަތި ބަނަކޮށްލާފައިވާ ވިލާތަކުން ހިމަފޮދުވާރޭގެ ތިކިތައް ބިމަށް އަމާޒުވެގެންދިޔައިރު ފުރާޅުގައި ވާރޭތިކިތައް ބޮސްދޭ އަޑުއިވެމުންދިޔައީ ހިތްގައިމުގޮތަކަށެވެ. ޕޮޓްތަކުގައި އިންދާފައިވާ ގަސްތަކުގެ ފަތްތައް ވާރެއާ ތެމެމުންދިޔައިރު ޓެރެސްގައި ހިފާލާފައިވަނީ ރޭގަނޑަށް ފޮޅޭ މާތަކުގެ މީރުވަހެވެ. ވައިރޯޅިތައް ނާނާ އަޅުވަމުން މާހައުލު ފިނިކޮށްދެމުން ދިޔައެވެ. ދުރުދުރުން ދިއްލާލެވިފައިވާ އިމާރާތްތަށް ވެހެމުންދިޔަ ވާރޭގެ ތެރެއިން ފެނިލަނީ ހުވަފެނީގޮތަކަށެވެ.

ނައިނާ ޓެރެސްގެ ރެއިލިން ކައިރީ ހުރިއިރު ދެއަތްތިލަވަނީ އާވިއަރައަރާހުރި ކޮފީ ތަށި ވަށާލެވިފައެވެ. ދޭތެރެއަކުން ކޮފީތައްޓާއި އަތްތިލަ ވަކިކޮށްލަމުން މޫނުގައި ޖައްސާލަނީ ހޫނުކަމެއް ބޭނުންވެފައި ހުރިކަހަލަ ގޮތަކަށެވެ. ނައިނާގެ ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔައިރު ފިނިވައިރޯޅިތައް އޮމާން ހަމުގައި ބޮސްދެމުންދިޔައީ ހީބިހިނަގުވަމުންނެވެ. މޫނުމަތީ ފެންތިކިތައް ވިދަމުންދިޔައިރު ބީހިލާ ފިނިރޯޅިތަކުން މޫނުމަތީ ގަނޑުފެން އަޅާލެވޭފަދައެވެ. ނައިނާ ފިިނިވަމުން އައި އަތްތިލަ ޖީބަށް ޖަހާލަމުން ފަހަތަށް އެނބުރިލުމާއިއެކު ހުރެވުނީ ހައިޒަލްގެ އަތުތެރޭގައެވެ.

ހައިޒަލްގެ އަތް ނައިނާގެ އުނަގަނޑު ވަށާލެވިގެންދިޔައިރު ނައިނާ ގެނެސް ހައިޒަލް މޭގައި ޖައްސާލިއެވެ. އެއާއިއެކު ނައިނާގެ އުނަގަނޑުގައި ދެފަރާތުން ވަށާލެވިފައިވާ އަތަށް ބާރުކޮށްލަމުން ނައިނާގެ އިސްތަށިގަނޑުގެ ތެރޭ މޫނުފޮރުވާލިއެވެ. އޭރު އެހިތުގެ ތެޅުން ބާރުވަމުންދިޔަގޮތުން ނައިނާއަށްވެސް އަޑު އިވޭނޭހެން ހީވިއެވެ. ބައްޕަގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު ހައިޒަލް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ބައްޕަގެ ހަރުކަށި އަޑު ދޭތެރެއަކުން ކަންފަތުގައި ގުގުމާލާގޮތުން ނުވިސްނަން ހުއްޓާވެސް އެކަމާއިމެދު ވިސްނަން މަޖުބޫރުވެއެވެ. ހިތުގެ ތެރޭގައި ބިރުވެރިކަން ހިނގާލައެވެ. ބައްޕަ ހާސިލްކުރަން ބޭނުންވާކަމެއް ކޮންމެ ހާލެއްގައިވެސް ހާސިލްކުރާނެކަން ޔަގީންވާއިރު ހައިޒަލްގެ ހިތުގައި ނޭނގޭފަދަ ބިރުވެރިކަމެއް ވަކި ހިއްޕާލައިފައިވެއެވެ. ނައިނާއަށް ކުޑަ އަނިޔާއެއް ލިބޭކަށްވެސް އޭނައެއް ނޭނދެެއެވެ. އެ ހަށިގަނޑުގައި ކޫރުމެއް އެޅޭކަށްވެސް ހިތަކަށް ނޭނދެވެއެވެ.

“ހައި…” ހައިޒަލްގެ ހަށިގަނޑަށް އަންނަމުންދިޔަ ލޮޅުންތަކާއި ހާސްވެފައި ނައިނާއަށް ހައިޒަލްއަށް ގޮވާލެވުނެވެ. އެއަޑުން “ހައި” ކިޔާލިގޮތުންވެސް ހައިޒަލްގެ ސިކުނޑީގައިވާ ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ނެތިގެންދިޔަހެން ހީވިއެވެ. ނައިނާއާއި ދުރުވެލަމުން ހައިޒަލްގެ ދެއަތުން ނައިނާގެ މޫނުގައި ހިފަހައްޓާލިއެވެ. މަޑުމަޑުން ނައިނާގެ މޫނަށް އެޅެންފެށި ނޭވާތަކާއިއެކު ނައިނާގެ ލޯމެރިގެންދިޔައިރު ހައިޒަލްގެ ލުއި ލުއި ބޮސްދިނުންތައް އިހުސާސްކުރެވުނެވެ. ނައިނާއަށް ހައިޒަލްގެ ކޮންމެ ހަރަކާތެއްގައި ބައިވެރިވެވުނުއިރު ހައިޒަލްގެ ޓީޝާޓުގައި ހިފަހައްޓާލައިފައިވާ އަތްތިލައަށް ބާރުކުރަންފެށިއެވެ. އޭރު ވެހެމުންދިޔަ ވާރޭގެ ތިކިތައް ދެޒުވާނުންގެ މޫނުގައި ބޮސްދެމުން ތިރިއަށް ފައިބައިގެންދަނީ އެ ދެލޯބިވެރިންގެ ލޯބީގެ ދުނިޔޭ އިތުރަށް ފުރިހަމަކޮށްލަދެމުންނެވެ.

*** *** *** *** *** ***

ދަންވަމުންދިޔައިރު ފަޒާގައި ހިފަމުންދިޔައީ ހަންގަނޑު ތޮރުފާލައިފަދަ ފިނިކަމެކެވެ. އިރުކޮޅެއްކުރިން ވެހުނު ވާރޭ ހުއްޓާލައިފައިވީނަމަވެސް ވައިރޯޅިތައް ބާރުވެފައިވެއެވެ. ވައިގެ ހަމަލާތަކަށް ކެތްނުވެގެން ގަސްތައް ތެޅެމުންދިޔަ އަޑުން ހިމޭންކަން ފޫދުއްވާލައިފައިވަނީ ހިތްތައް ބިރުން ރޫރޫ އަޅުވާލާފަދަ ގޮތަކަށެވެ.

ބެލްކަނީގައި ބަހައްޓާލެވިފައިވާ ހެއްލާ އުނދޯލީގައި އިޔާނާ އިންއިރު އެ ދެލޮލުގައި ނިދީގެ އަސަރެއްނުވެއެވެ. ފިކުރުގެ ކަނޑަކަށް އިޔާނާ ހަށިގަނޑު ދޫކޮށްލައިގެން އިންއިރު ތާޒާ މޫނުމަތިން މިވަގުތު ފެންނަނީ ހާސްކަމާއި ރިހުމެވެ.

“މިރޭ ނުވެސް ނިދާ ރެއެއްތަ؟” ކޮޓަރިއަށް ވަތް އިޝާރު ވާހަކަދެއްކި އަޑުއިވުމާއިއެކު އިޔާނާ ސިހިގެންދިޔައިރު ފަސްއެނބުރި ބަލާލިއެވެ. އޭރު އިޝާރު މަޑު ފިޔަވަޅުތަކެއްގައި އައިސް ބެލްކަނި ދޮރާއި އަރާހަމަވީއެވެ.

“އަބަދާއި އަބަދާއި ޝަލީން ހިތާމަކުރާތަން ފެންނައިރު އަހަރެންގެ ލޮލަށް ނިދިއަންނާނެތަ؟” އިޔާނާ ތުންފިއްތާލިއެވެ.

“އިޝާރު… ހެޔޮނުވާނެ އެންމެފަހަރަކުވެސް ގޮތްދޫކޮށްފައި އަހަރެމެންގެ ދަރިފުޅާއިމެދު ވިސްނާލަބަލަ… އަހަރެންގެ ޝަލީއަކީ ދުވަހަކު ކަމަކާއި ދެރަވެގެން ރުއިކުއްޖެއްނޫން… އެކަމަކު މިހާރު އެކުއްޖާގެ ލޮލުން ކަރުނަ ހިކޭ އިރެއްނާދޭ… އެ ކަރުނަތަކުންވެސް ތިހިތަށް އަސަރެއްނުކުރަނީތަ؟” އިޔާނާ އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

“އަހަރެން ނޫޅެން އޭނަގެ ބޮޑާދެއްކުންތައް ބަލާކަށް… ދެލޮލުގެ ކޮއެފަދައިން ޝަލީ ގެންގުޅުވުނުކަން އެއީ އަހަރެންގެ މޮޔަކަން… އޭނަގެ ކުރިމަތީ އަހަރެން އެއްވެސް މީހަކަށް ނުވިއެއްނު…” އިޔާނާގެ ވާހަކަތަކުން އިޝާރު ރުޅިގަދަވާގޮތްވިއެވެ.

“އަހަރެމެން ދެއާއިލާގެ ދެމެދުގައި އޮތް ދުޝްމިނުކަން ނައްތާލައިފައި އަދިވެސް ކުރިއަށްދާކަށްނުވޭތަ؟ މަޔާންއަކީ ގޯސްކުއްޖެއް ނޫން…” އިޔާނާ ވާހަކަދެއްކިއެވެ.

“މިޙުރާންގެ ސަބަބުން އަހަރެން ތަޙައްމަލްކުރަންޖެހުނު ގޮންޖެހުންތައް އެހާ ފަސޭހައިން ހަނދާން ނެތޭނޭކަމަށްތަ އިޔާނާ ހީކުރަނީ…” އިޝާރުގެ ދެލޮލުން ތަފާތު ކުލަވަރެއް ފެނިލިއެވެ. އޭނަގެ އަނދިރި ސިއްރުގެ ހިލަމެއް ކިރިޔާވެސް ވެފައިވަނީ މިޙުރާންއަށެވެ. ވީއިރު އޭނަ ގުރުބާންވެގެންވެސް އެ ސިއްރު އޭނަގެ އާއިލާއާއި ހަމަޔަށް އަޔަނުދީ ހިފަހައްޓާނެއެވެ.

“އިޔާނާ ޝަލީދެކެ ވާލޯބި އަހަރެންވެސް ވޭ… ޝަލީގެ ދިރިއުޅުމަށް ކޮންމެ ފަރާތެއް އައިނަމަވެސް ރުހުންދޭގޮތަށް އަހަރެން ހުރީ.. ހައިޒަލްއާއި ޝަލީންގެ ކައިވެނި ރޭވިފައި އޮތަސް މިހާތަނަށްވެސް އަހަރެން ޝަލީންއަށް ބާރުނޭޅި ސަބަބަކީ އެއީ… އެކަމަކު އަހަރެންގެ އެންމެ ބޮޑު އަދުއްވާއި އަހަރެންގެ ދަރިފުޅު ދުވަހަކު ހަވާލުނުކުރާނަން…” އިޝާރުގެ ވާހަކަތަކުންވެސް ހާމަވީ ގޮތްދޫނުކުރައްވާނޭކަމެވެ.

“އެކަމަކު…” އިޔާނާ އިތުރަށް ވާހަކަދައްކަން އުޅުމާއިއެކު އިޝާރު ބަލާލިގޮތުން އިޔާނާ ހިމޭންވިއެވެ.

“ބުނަން… އަހަރެންގެ އެންމެ ފަހު ނިންމުން މިއިއްވީ… އިޔާނާވެސް މިކަމާއި ދެކޮޅުހަދަން އުޅޭނޭކަމެއްނެތް…” އިޝާރު ރުޅިވެރިގޮތަކަށް ބުނެލުމަށްފަހު އިޔާނާއަށް ވާހަކަދެއްކުމުގެ ފުރުސަތެއް ނުދީ ކޮޓަރިއަށް ވަތެވެ.

އެއާއިއެކު އިޔާނާއަށް މޮޅިވެރިގޮތަކަށް އިސްޖަހާލެވުނީ އިޝާރުގެ ގޮތްދޫނުކުރުމާއިއެކު މިފަހަރުވެސް ބޭނުންވާ ކަންތައް ކުރާނެކަން ޔަގީންވެފައެވެ.

*** *** *** *** *** ***

ހަވީރުގެ ހިޔާޖެހެމުންދިޔަ ވަގުތު ނައިނާ ބްލޫސްގެ ޕޯޓިކޯއިން ހިނގާލައިފައި އައިރު ޕޯޓިކޯއާއި ޕޯޓިކޯއިން ނިކުމެވެން އޮންނަ ފުޅާމަގު ހަލަބޮލިވެފައިވަނީ ކޮޅާއި ކޮޅު ނުފެންނަވަރަށް ފުނިޖެހެމުންދިޔަ ދުއްވާއެއްޗިހިންނެވެ. ފުޅާމަގު މުޅިން ފުރިގެންދިޔައިރު ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުން ނައިނާގެ ކަންފަތް ބަށްވާގޮތްވީއިރު އަވަސް ފިޔަވަޅުތަކެއްގައި މަގަށް ނިކުންނަން ހިނގައިގަތެވެ. އެވަގުތު ދަބަސްތެރެއިން ނައިނާގެ ފޯނު ރިންގްވާއަޑު އިވުނުއިރު ނައިނާ ޕޯޓިކޯގެ އެއްފަރާތެއްގައި ހުއްޓެމުން ދަބަސް ހަވާލުމަށްފަހު ފޯނު ނެގިއެވެ. ފޯނުގެ ސްކްރީންއަށް ނަޒަރެއްދެމުން ފޯނުނަގައި ކަންފަތުގައި ޖަހާލިއިރު ހައިޒަލްގެ އަޑު އިވުނީ ނައިނާގެ ފަހަތުންނެވެ. ނައިނާ ވަގުތުން ފަސްއެނބުރިބަލާލިއިރު ހައިޒަލް ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ނައިނާއާއި އަރާހަމަވީއެވެ. ނައިނާ ފެނުމާއިއެކު ވަގުތުން ހިނިތުންވެލަމުން ފޯނު ތިރިކޮށްލައިފިއެވެ. ނައިނާގެ ނަޒަރު ހައިޒަލްއަށް ހުއްޓުނުވަގުތުކޮޅު ހައިޒަލްގެ ފޯނު ރިންގްވާންފެށުމާއިއެކު ފޯނު ކަންފަތުގައި ފޯނު ޖަހާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު ނައިނާގެ އަތުގައި އޮތް ފައިލް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނުގޮތުން މަގުމައްޗަށް ކަރުދާސްތައް ވިހުރިގެންދިޔައިރު ނައިނާ ވިސްނުމަކާއިނުލާ ގަނޑުތައް ނަގަންވެގެން މަގުމައްޗަށް ނިކުތެވެ. އެވަގުތު ހައިޒަލް ފޯނުގައި ހުރެފައި މަގާއިދިމާލަށް ބަލާލިއިރު ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ބާރު ސްޕީޑެއްގައި ވޫސްލާފައި ނައިނާއާއި ދިމާލަށް އައި ވޭން ފެނިފައި ހައިޒަލްއަށް ވީގޮތެއްވެސް ނޭނގުނެވެ. ވަގުތުން ނައިނާއޭ ކިޔާހަޅޭލަވައިގަނެވުނުއިރު މަގުގައި ތިބި އެހެންމީހުންގެ ހަޅޭކުގެ އަޑު އިވިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ނަމޫނާ

aira
Next

އައިރާ……. (7 ވަނަބައި)

Next
aira
May 23, 2019

އައިރާ……. (7 ވަނަބައި)

Previews
May 22, 2019

ނަމޫނާ

38 Comments!

  1. dhiraa wish says:
    May 23, 2019 at 12:53 am

    here is 31 part… hope every one will like this part too…. feel free to cmnt….. readers cmnt will be writers motivation… next part will be uploaded on saturday insha allah……… i would like to say some thing…. i have seen arguments because of choosing others name while cmnting…. this might create a big problem… so pls dnt choose others name. create ur own name or write ur own name rather cmnting with others name. whether its negetive cmnt or positive cmnt i will never mind… because i am happy with readers view… next this is a page for reading and sharing view. so pls dnt use these kind of pages to cht with frnds… cx of this u might get others anger. hope no one will mind me…. its just an advice????????????gd nyyt

  2. Mulla says:
    May 23, 2019 at 1:05 am

    me first…. kiyaafa coment kuraanan ❤❤❤?

    1. dhiraa wish says:
      May 23, 2019 at 9:20 am

      k

  3. Mulla says:
    May 23, 2019 at 1:23 am

    Alhe naina ah kyy e v .. nanina maruvanitha??…. v v v salhi mi part vx ❤❤? keep it up dear ? gud nyt… ☺

    1. dhiraa wish says:
      May 23, 2019 at 9:22 am

      thnks. lets c dw

  4. ?#!/? says:
    May 23, 2019 at 1:48 am

    Varah salhi. Ekamu naianaa maru nuvahchey plz ………

    1. dhiraa wish says:
      May 23, 2019 at 9:22 am

      thnkx

  5. Bestie says:
    May 23, 2019 at 4:16 am

    Alhey haadha interesting ey…I’m craving to read next part..alhe naina ar haizal dhurunukuruvahchey???story Hama habeys…keep it up❤❤❤❤❤❤

    1. dhiraa wish says:
      May 23, 2019 at 9:22 am

      thnkx

  6. azuker says:
    May 23, 2019 at 4:34 am

    alhe nooooooo?????……. btw story v. reethi…. ur the best writer ever❤️❤️❤️

    1. dhiraa wish says:
      May 23, 2019 at 9:22 am

      thnks

  7. malsamalkkomal says:
    May 23, 2019 at 4:51 am

    Hw..varah varah reethi.. Maasha Allah…mi part Kiyaa nimum iruves neyngunu..varah nice inge mi part ves..aslu bunaane ehchehvs neyngifa meenee..hehe??..you are the best dhiraa

    1. dhiraa wish says:
      May 23, 2019 at 9:23 am

      thnks

  8. Dhonthee says:
    May 23, 2019 at 7:24 am

    This part is also really very nice and i really love this

    1. dhiraa wish says:
      May 23, 2019 at 9:23 am

      thnkx

  9. Ib@ says:
    May 23, 2019 at 9:31 am

    Vv nice.gd luck sis.when next part.miss u

    1. dhiraa wish says:
      May 23, 2019 at 9:40 am

      thnkx. insha allah saturdayga

  10. jiji says:
    May 23, 2019 at 11:22 am

    Ma Sha Allah…Alheyy story vv cute ingey..
    Dhiraa ehme fahun kihineh thi hedhy??I’m soooooo curious Hama…waiting fr the next part curiosly…luw darlinnnn❤??????❣❣❣?????????????????????????

    1. dhiraa wish says:
      May 23, 2019 at 5:01 pm

      thnks

  11. Love says:
    May 23, 2019 at 11:35 am

    Varah varah salhi I just love it???hope Naina Mary nuvaane kamah

    1. dhiraa wish says:
      May 23, 2019 at 5:00 pm

      thnkx

  12. My says:
    May 23, 2019 at 12:30 pm

    Vrh reethi MI part vs…. Waiting for next part

    1. dhiraa wish says:
      May 23, 2019 at 5:02 pm

      thnks

  13. Apple? says:
    May 23, 2019 at 1:14 pm

    V reethi mi part vs…?

    1. dhiraa wish says:
      May 23, 2019 at 5:02 pm

      thnks

  14. inaak says:
    May 23, 2019 at 3:58 pm

    Wow.. haadha curious kollaafa thi nimmaly.. alhe naina ah dhera gotheh nahadhahchey.. waiting for the nxt prt…

    1. dhiraa wish says:
      May 23, 2019 at 5:03 pm

      thnkx

  15. Mal? says:
    May 23, 2019 at 5:45 pm

    I love this part 2 ❤️❤️waiting for next part ??

    1. dhiraa wish says:
      May 23, 2019 at 8:04 pm

      thnks

  16. No Name says:
    May 24, 2019 at 1:44 am

    Waiting for next part…..

    1. dhiraa wish says:
      May 24, 2019 at 10:48 am

      willl upload soon insha allah

  17. Abdulla says:
    May 25, 2019 at 1:33 am

    Dhiraa kiya kithah meehun mi kuda kuda gaumugaves ulheyne… boda meehunge gotheh eyee… thimaage nan beynun kuraniyyo…

    1. faathin says:
      May 25, 2019 at 1:45 am

      writer ge comment get nuvaa kamah feney… meege kuree ge dhe part ehga kitty and jiji ge namuga ehen kuhjaku comment kohfa oih vaahaka e bunee… and kiyaraa ge story ge part eh ga nan badhalu koh gen negative kuraa mahsala varah bodu vefa othy.. ehenve dhira e bunee ehen nuhadhaashey… rulhi verikan ufedheyneathee.. eyna ge name use nukuraashekey noon… btw dhiraa darling kobaaa vaahka.. waiting ingey

    2. dhiraa wish says:
      May 25, 2019 at 2:52 pm

      fathin is ryyt.. thts wht i said. sry if misunderstand…

  18. Hai says:
    May 25, 2019 at 4:56 am

    I think haizal gaiga kahneyge eh jehunee oh no naina ah ves haizal ah ves gotheh nahadhahchey ???????anyways mi part ves varah reethi♥️

    1. dhiraa wish says:
      May 25, 2019 at 2:53 pm

      let c dw

  19. Sau says:
    May 26, 2019 at 1:24 am

    Dhiraa kobaaa story up koh nuleveytha

    1. Dhira wish says:
      May 26, 2019 at 4:22 am

      Sau 32 vana ep upkohlaafa ihnaanee.. miadhu thankolheh Lahun up kohlevunee.. sorry for that

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 32←


All Right Reserved!