ކޯމައްޗަށް އެރި ހޫނު އެތިފަހަރާއިއެކު މަޔާން ކޮލުގައި އަތްއަޅައިލައިގެން ހުރެ ޝަލީންއަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭރު ޝަލީންގެ ނަޒަރު މަޔާންއަށް ހުއްޓިފައިވީއިރު އެދެލޮލުން ފެނުނު ކުލަވަރުންވެސް މަޔާންގެ ހިތް ފިއްސާލިފަދައެވެ. އެދެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު ހިތާމައާއި އެކުވެގެން ރުޅިވެރިކަން ފާޅުވާންހުއްޓެވެ. “ބުނަން… މަޔާން ބޭނުން އެއްޗެއް މަށާ ދިމާލަށް ކިޔާ… މިދަރިފުޅާ ދިމާލަށް އިތުރަށް އެންމެ އެއްޗެކޭ ބުންޏަސް އަހަރެން މަޑަކުން ނުހުންނާނަން… ނަހަލާލު ދަރިއަށް ގޮވާއިރު އެންމެފަހަރަކުވެސް ހިތަށް ނޭރިއެއްނު އެރޭގެ މަތިންނެެއް… އަހަރެންގެ […]
އެމީހާގެ ސަބަބުން ކައިޒީން ގެއަށްގެނައި ސަބަބުވެސް ޒިރާން ހަނދާންނެތުނެވެ. ”ބައްޕާ މިއީ އާރިފާ ދައްތަ.. ދައްތާ މިއީ އަހަރެންގެ ބައްޕަ..” ކައިޒީން އެދެމީހުންނަށް ދެ މީހުން ތައާރަފު ކޮށްލަދިނެވެ. އަދި މިއަދު ވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ. ”ދަރިފުޅާ ދޭބަލަ ޖޫސްތައްޓެއް ބަލައި..” ޒިރާން ވަރަށް ލޯބިން ކައިޒީން ކައިރީ އާރިފާއަށް ޖޫސްތައްޓެއް ބަލައިދިޔުމަށް ބުންޏެވެ. ކައިޒީންވެސް ލަސްނުކޮށް އަވަހަށް ޖޫސްތައްޓެއް ބަލައި ދިޔައެވެ. ”ވަރަށް ބޮޑަށް މައާފު ކުރޭ ކައިޒީންގެ ފަރާތުން މިއަދު ވީ […]
މާލޭގެ ކޮންކުރިޓް އިމާރާތްތަކާއި ހަލަބޮލި މަގުތަށް އަދި އެކި ޒާތްޒާތުގެ މީހުން ފެނިފައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއީ އަހަރެން މާލެއައި ފުރަތަމަ ފަހަރު ކަމުން މާލެއަށާއި އަދި ތަންތަނަށް ވެސް އަހަރެން ވަރަށް އަލެވެ. މަންމައާއި ބައްޕަ ބަލަމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން މާލެ މިއައީ މަންމައާއި ބައްޕަ އަދި އަހަރެންގެ އާއިލާ ވެސް ދޫކޮށްލާފައިއެވެ. އަދި އަހަރެންވެސް ބަލަމުން އައި ފޮނި ހުވަފެންތަށް […]
ޖެހިގެން އައިދުވަހު ބޭބެއާ އެކު ދިޔައީ ބުރިޖް އައް ދުއްވާލާށެވެ. އެއައްފަހު ގެޔަށް ދިޔަގޮތައްގޮސް އެންދައް އަރާ އޮށޯތީއެވެ. އެހެން އޮއްވާ މީހަކު ދޮރުހުޅުވާ އަޑު އިވިގެން ބަލާލިއެވެ. ޒުބޭދާގެ ދެލޯދިޔައީ ބޮޑުވެގެންނެވެ. އެއީ ކުރިންދުވަހު ޝައިމްއޭ ކިޔާފަ ގޮވި މީހާއެވެ. އެ މީހާ އައި ގޮތައް އައިސް ޒެބޭދާގެ އެނދު ކައިރީ މަޑުކޮށްލިއެވެ. ޒުބޭދާ ބިރުން ފަހަތަށް ޖެހެން ފެށުމުން އެ މީހާ ވާހަކަ ދައްކަން ފެށިއެވެ،” އަޅުގަންޑަކަށް ނޭނގެ ކިޔަންވީ ނަމެއްވެސް. ޒުބޭދާ ކަމެއް ޝައިމް ކަމެއް ނޭނގެ. ސޯ އައި ވިލް ކޯލްޔޫ ކޮއްކޮ. އޯކޭ…. ކޮއްކޮ ބިރުނުގަނޭ. މީ އެއްކަލައިރު ޒުހުރާމެން ވެގެން ސިހުރު ހެދިއިރު ކޮއްކޮގެ ގަޔައްލީ ޖިންނި” އެހެންބުނުމުން ދެންހަދާންވީ އަނެއްކާވެސް ހުވަފެނުގެ މަތިންނެވެ. މުހުތާރު ބުނިގޮތުގައި ޝައިމްއަށް ހުރިހާއެއްޗެއް ހަދާންވާ ދުވަހުން އެ ޖިންނި އައިސް މަރާލާނެ ވާހަކައެވެ. އަދި އެވަގުތު ޒުހުރާ ޔޭސް އޭ ވެސް ބުނެލިއެވެ. އެހެން ހިތައް އެރުމައްފަހު ޖިންނިއާ ދިމާބަލާލީމެވެ. ޖިންނި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “މަށައް ކިޔަނީ ސާފިރް. އެކަމް އެންގޭ ކޮއްކޮ ހުރީ އެ ނުބައި މީހުންގެ ވާހަކަ އަޑު އަހަންކަންވެސް. އެ މީހުން ބުންޏެއްނު ކޮއްކޮ ހުރިހާއެއްޗެއް ހަދާންވާއިރައް ޖިންނި މަރާލާނެއޭ. އެކަމް ސާފިރް އަކީ މުސްލިމް ޖިންނިއެއް އެހެންވީމަ ކޮއްކޮ އެއް މަރައެއް ނުލާނަން. ސޯ ޑޯންޓް ބީ އެފްރައިޑް” އެހެން ބުނުމައްފަހު ހީލިއެވެ. ޒުބޭދާއަށް ނޭވައެއް ލާން ވެސް ހަދާންވީ ވެސް އަދި ކިރިޔާއެވެ. އެހެން އިރުކޮޅެއް ވަންދެން އިނުމައްފަހު އަހާލިއެވެ.” ދެން ކިހިނެއް މި ސިހުރުން ސަލާމަތް ވެވޭނީ؟” ތުރުތުރު އަޅާ އަޑަކުން އެހެންބުނުމުން ސާފިރް ހީލުމަށްފަހު ބުންޏެވެ.” ޖެހޭނީ މުހުތާރު މަރާލަން އެހެންނޫނީ ތިކަމަކުން ސަލާމަތެއް ނުވެވޭނެ ހެން ހީވަނީ.” އެހެން ބުނުމުން އަވަސް އަވަހްށް ބުނެލިއެވެ. ” ދެން ކިހިނެއް އެމީހާ މަރާލާނީ؟” އެހެން ބުނުމުން ސާފިރް ހިނިތުން ވެލުމައްފަހު ބުނެލިއެވެ. ” އެއީ އެހާވަރުގެ ކަމެއް ނޫން. ސާއިފްގެ ރައްޓެހިން ސާފިރް އައް އެހީވަނިކޮއް އެކަން ކުރެވިދާނެ” އެހެން ބުނުމުން ޒުބޭދާ ހީލިއެވެ. އެދުވަސް ދިޔައީ ވަރަށް އާދައިގެ ގޮތަކަށެެވެ. ޖެހިގެން އައި ދުވަހަަަަށް އިރުއެރުމާ އެކު މުޅި ރަށުގައި ވަނީ އެއް ވާހަކައެކެވެ. އޭރު އެވާހަކަ ޒުބޭދާމެން ގޭގައި ހުރި ޓީވިން ގެންނަނީއެވެ. “ވަރަށް އަނިޔާވެރި ގޮތަކައް ފަޅުގެއެއްގައި […]
އަހަރެން ފަންކާއާ ދިމާލަށް ބަލައިލީމެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކުރީމެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިފީމެވެ. އާނ އެކެވެ. އަހަރެންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އުމުރުން 20 އަހަރުވިއިރު ހަޔާތުގައި ކުރިމަތިލި ކޮންމެ ކަމަކުންހެން ލިބުނީ ނާކާމިޔާބީއެވެ. ވޭނާ، ތުރާލާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސްކަމެވެ. އަހަރެންގެ ހަޔާތުގެ ފަސްމަންޒަރު އޮތީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު އަހަރެން މިކުރާ ހިތާމައިގެ އަސްލުތައް ވަރަށް ގިނައެވެ. […]
ޝަލީން ހިންދިރުވާލިއިރު މަޔާންއިން ނެއްޓިގެން އައި ނަޒަރު މާބްލްމަތީ ކިރެމުންދިޔަ ކަރުދާސްގަނޑަށް ހުއްޓުނެވެ. އޭނަ މަޔާންއަށް އަންގައިދޭން މަސައްކަތްކުރާ ހަގީގަތް އެއޮތީ މަޔާންގެ ލޯކުރިމަތީގައި ފެންނާށެވެ. މަޔާންއަށްވެސް އެވަގުތުކޮޅު އެ ރިޕޯޓްއާއި ދިމާލަށް ބަލާލެވުނުއިރު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓި ސިކުނޑީގެ ލޭ ދައުރުވުންވެސް މަޑުޖެހިލިހެން ހީވިއެވެ. މަޔާންގެ ހިތަށް އެތައް ހާސްތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. ދުވަހަކު މިހާ ނުބައި ހަަބަރެއް ލިބޭނޭކަމެއް ނޭނގެއެވެ. ޝަލީން އޭނަ ދޫކޮށްލާފައި ގޮސް އެހެން މީހެއްގެ އަތުތެރޭ އުފާކުރީއެވެ. […]
އެވަގުތު އެމަގަށް މަޑުކޮށްލި ކާރުގައި އިންނެވި މިޙުރާންއަށް އެދެމެދުގައި ހިނގާދިޔަ ކުޑަ ހަނގުރާމަ ކިތަންމެ ރަނގަޅަށްވެސް ފެނިލެއްވިއެވެ. މިޙުރާންގެ މެޔަށް ތަދެއް އަރައިގެންދިޔައެވެ. އެއީ އޭނަ ދުނިޔޭގައި ހުރެގެން ދެކެން ބޭނުންވީ މަންޒަރެއް ނޫނެވެ. އޭނަގެ މަރުހޫމް އެކުވެރިޔާގެ ދަރިފުޅަށް އޭނަގެ ދަރިފުޅު ބަދުބަހެއް ބުނުމަކީވެސް އޭނައަށް ކެތްނުވާވަރުގެ ކަމަކަށް ވާނެއިރު އެފަދަ މަންޒަރެއްދެކެން އެ ބަލި ހިތަށް ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟ މިޙުރާން ކާރުގެ ދޮރު ހުުޅުވާލެއްވުމަށްފަހު ވާރޭ ތެރެއަށް ނިކުމެ ވަޑައިގަތެވެ. “މަޔާން….” މިޙުރާންއަށް […]
އިރުކޮޅަކަށް ހިނގާލާފައި، އީން، ދިޔައީއެވެ. ދެން އެރޭ، ހިނގާލަންވެސް ޖެހުނީ، އެކަންޏެވެ. އީން ހުރި ނަމަ، އެރޭ ހާދަ ފުރިހަމަވީހެވެ. ދެމީހަކު ވަރަށް ބާރަށް ދުވެފައި އައީ، ބައިގަޑި އިރެއް ހާއިރު ފަހުންނެވެ. މޫނު މަތީގައިވީ ހާސްކަމެވެ. “މާޒިން… އެލީނާ ދެކުނިންތަ؟” މާނޭވާލަމުން، އެލީޒާ ބުނެލިއިރު، އަޔާޒްގެ މޫނުމަތީވެސް ވީ ހާސްކަމެވެ. އެލީނާ ދެކުނީ ދެންމެ ނޫންހެވެ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދާފައެވެ. “އާނ… ބައިގަޑިއިރެއް ހާއިރު ކުރިން…. ގެސްޓް ހައުސްއަށް ދިޔައީ… ގޭޓާ ހިސާބަށް ދަންދެން، […]
އަހަރެންގެ އުމުރުން ސާދަ އަހަރުގައި އަހަރެންގެ ބައްޕަ މި ދުނިޔެއަށް އަލްވަދާއު ކީއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. ބައްޕަ ނިޔާވުމުން އަތްމަތިދަތިވެ އަހަރެންނާ އަހަރެންގެ މަންމަ ބިކަވެ ހާހުގައިޖެހުނެވެ. އަހަރެންގެ މަންމަ އެކި ގޭގެއަށްގޮސް މަސަތްކަތްކޮއްދީގެންލިބޭ ލާރިކޮޅުން ބަނޑުހައިހޫނުކަން ފިލުވާފައި އިތުރުކަންތައް ކުރަން ފައިސާއެއްނުހުރެއެވެ. އެހެންވުމުން އަހަރެން ސުކޫލުގައި ކިޔަވަން ބޭނުންވާ ސާމާނު އަހަންނަކަށް ހަމައަށް ނުގެންދެވެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އަހަންނަށް 17 އަހަރު ވީދުވަހު އަހަރެންގެ ހުރި ހަމައެކަނި ރައްޓެހި ނައިލާއާއެކު ބޭރަށް […]