ހާސިލް ވުމަށް އެދި 3
އެމީހާގެ ސަބަބުން ކައިޒީން ގެއަށްގެނައި ސަބަބުވެސް ޒިރާން ހަނދާންނެތުނެވެ. ”ބައްޕާ މިއީ އާރިފާ ދައްތަ.. ދައްތާ މިއީ އަހަރެންގެ ބައްޕަ..” ކައިޒީން އެދެމީހުންނަށް ދެ މީހުން ތައާރަފު ކޮށްލަދިނެވެ. އަދި މިއަދު ވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ.
”ދަރިފުޅާ ދޭބަލަ ޖޫސްތައްޓެއް ބަލައި..” ޒިރާން ވަރަށް ލޯބިން ކައިޒީން ކައިރީ އާރިފާއަށް ޖޫސްތައްޓެއް ބަލައިދިޔުމަށް ބުންޏެވެ. ކައިޒީންވެސް ލަސްނުކޮށް އަވަހަށް ޖޫސްތައްޓެއް ބަލައި ދިޔައެވެ. ”ވަރަށް ބޮޑަށް މައާފު ކުރޭ ކައިޒީންގެ ފަރާތުން މިއަދު ވީ ކަންތަކަށް..” ”ނޫން އެއީ އެއްވެސް ކަމެއް ނޫން..” ޒިރާންގެ ޖުމުލަ ފުރިހަމަ ނުވަނީހެން އާރިފާ ޒިރާންގެ ލޮލަށް ބަލަންއިނެ ޖަވާބުދިން ގޮތުން ޒިރާން އިނީ ހައިރާންވެފައިއެވެ. އަދި އާރިފާ އެގެއަށް އައި ސަބަބު ޒިރާން ކައިރީ ބުނެލީ އާރިފާގެ ރޭވުން ކާމިޔާބުވޭތޯ އެވެ. ”އަޅުގަނޑު ބޭނުން މިތަނުން ވަޒީފާއެއް.. އަޅުގަނޑަކީ ވަރަށް ފަގީރު ހާލުގައި ދިރިއުޅެމުން އަންނަ މީހެއް.. ދިރިއުޅޭނެ ގެއެއްވެސް ނެތް.. ދަރިއެއްވެސް ހުރޭ.. ނަމަވެސް އެކުއްޖާއަށް ކިޔަވައިދޭނެ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނެތް.. އަޅުގަނޑަށް ހެޔޮ މިތަނުން ކޮންމެ ކަހަލަ ވަޒީފާއެއް ދިނަސް. ގޭތެރެ ސާފުކުރަން ވިޔަސް.. ކައްކަން ވިޔަސް.. އަޅުގަނޑު މިކަންކަން ވަރަށް ފުރިހަމައަށް ކުރާނަން…” އާރިފާ ވަރަށް ދެރަވެލާފައި ލޮލުން ކަރުނަ އަންނަ ކަމަށް ހަދައިގެން އިސްދަށަށް ޖަހައިގެން އިނެ ވާހަކަދެއްކިއެވެ. އެވަގުތަކީ ކައިޒީންވެސް އެތަނަށް އައިސް ވަން ވަގުތެވެ. އަދި އެތާ މަޑުކޮށްލައިގެން ހުރީ ޒިރާން ދޭނެ ޖަވާބު އެނގެން ނުހަނު ބޭނުން ވާތީއެވެ. ”އެންމެ ރަނގަޅު.. އަހަރެން އާރިފާއަށް އަދި އާރިފާގެ ދަރިފުޅަށްވެސް މިގެއިން ހުންނާނެ ތަން ދޭނަން.. އަދި މިގެއިން އާރިފާއަށް ކުރެވޭނެ ވަރުގެ މަސައްކަތެއްވެސް ދޭނަން..” ޒިރާން އާރިފާއަށް ވަޒީފާއެއް ދީ ގޭގައި ހުންނާނެ ތަނެއް އެދިނީ އާރިފާގެ ބޭރުފުށުގެ ސިފަތަކަށް ބަލައިފައިއެވެ. އާރިފާގެ ހިތުގެ ތެރޭގައި ރާވައިފައި އޮތް ނުބައި ރޭވުން އެނގޭނަމަ ޒިރާން އެގެއިން އާރިފާއަށް ތަންކޮޅެއް ނުދޭނެކަން ޔަގީނެވެ. ޒިރާން ދިން ޖަވާބުން އާރިފާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އަދި އާރިފާގެ ރޭވުން ކާމިޔާބުވުމުން ވެސް އޭނާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ނޭނގުނެވެ. ނަމަވެސް ކައިޒީން ހިވީ މޮޔަވި ހެންނެވެ. ޒިރާން އެހެން ބުނެލުމާއިއެކު ޔެސް އޭ ކިޔައި މޭޒު މަތީގައި ތަށި ބަހައްޓަާފައި ފުންމަން ފެށިއެވެ. އާރިފާގެ ފުރަތަމަ ފެނިލުމުންވެސް ކައިޒީންގެ ހިތުގައި އާރިފާއަށްޓަކައި މައިވަންތަކަމުގެ ލޯބި އުތުރިއެރިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އާރިފާ ލައިގެން ހުރި ހެދުމުން އޭނާގެ މަންމައާއި ނުހަނު ވައްތަރުވީމައިއެވެ. ކައިޒީން ވެސް އެކަނި ހުރެ އުފާފާޅު ކޮށްފައި ތަބަކަކަށް ޖޫސްތައްޓާއި ފެންތަށިލައިގެން ދިޔައީ ތުންފަތަށް ފުޅާ ހިނިތުން ވުމެއް ވެރިކުރަމުންނެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް ތިދެއްވި އެހީތެރިކަމަށް.. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ތި އޯގާތެރިކަމާއި އެހީއެއް.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔަ..” ”މިއީ ދެން އެއްވެސް ކަމެއް ނޫނެއްނު.. އާރިފާއަށް މިއަދުން ފެށިގެން މިގޭގައި ހުރެވޭނެ.. ކޮބާ ދަރިފުޅު؟” ޒިރާންގެ ވާހަތަކުން އޭނާގެ ގައިގައި އެއްވެސް ބޮޑާވެރިކަމެއް ނެތް ކަން އާރިފާއަށް އެނގުނެވެ. ކޮންމެ މީހަކާވެސް އެބައްދަލު ކޮށްލަނީ ހިނިތުންވުމަކާއި އެކީއެވެ. އީނާޝްގެ ވާހަކަ އެހުމުން އާރިފާގެ އަނގައަށް ވައްތަރެއް ޖައްސާލައިފައި ކައިޒީންއަށްވެސް ދިން ޖަވާބު ޒިރާންއަށް ދިނެވެ. އަދި އާރިފާ ޖޫސްތަށި އެއް ނޭވާއިން ބޯލާފައި މޭޒުމަތީގައި ތަށި ބަހައްޓައި އަދި ފެން ތަށިވެސް އެއް ނޭވާއިން ބޯލިއެވެ. ހީވަނީ ދުވަހަކު ނުކައި ހުރި މީހެއްހެންނެވެ. ޒިރާންއަށާއި ކައިޒީންއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭނގި އެ މަންޒަރު ބަލަން އަނގަ ތަންމިނަށް ހުޅުވައިގެންނެވެ. އިރުކޮޅަކު ވާހަކަދައްކާލަން ތިބެފައި ޒިރާން އާރިފާ ގޮވައިގެން ދިޔައީ އަރިފާއަށް ކޮޓަރި ދައްކައިލުމަށެވެ.
ބޮޑު ތަނަވަސް ކޮޓަރިއެކެވެ. މުޅި ފާރުގައިވެސް ލާފައި ވަނީ ދަނބު ކުލައެވެ. އަދި ސީލިންގ ގައި ވައިލެޓް ކުލަލާފައި ހުރި އިރު ކޮޓަރި ނުހަނު ފުރިހަމަ ކަމަށް ދައްކައެވެ. ކޮޓަރީގެ އެއްފަރާތުގައި ދެމީހުންނަށް އޮވެވޭނެ ވަރުގެ ދަނބު ކުލައިގެ ކިންގް ސައިޒް ބެޑެއް ހުއްޓެވެ. އަދި އޭގެ އެނެއް ފާރުގައި ހަތަރު ދޮރުފަތުގެ އަލާމާރިއެއް ހަމަ އެކުލައިގައި ހުއްޓެވެ. އަދި އެފާރުގެ މަތީގައި ކޮޓަރިއަށް ހެޔޮވަރުގެ އޭސީއެއް ހަރުކޮށްފައިވެއެވެ. ބަލަައިލި ކޮންމެ ތަނަކުންވެސް ފެންނަނީ މުއްސަނދު ކަމާއި ތަރުތީބު ކަމެވެ. އާރިފާއަށް ކޮޓަރި ފެނުމާއިއެކު އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އަދި އެސްފިޔަވެސް ޖަހާއިނުލައި ބަލަން ހުރި ގޮތުން ހީވަނީ ދުވަހަކު އެކަހަަލަ ތަނެއް ފެނިފައި ނުވާ މީހެއް ހެންނެވެ. ”މިއީ އާރިފާއަށް ހުރި ކޮޓަރި..” އާރިފާއަށް ހޭ ވެރިކަން ވީ ޒިރާން ވާހަކަދައްކަން ފެށުމުންނެވެ. އަދިވެސް އެއްފަހަރު ޝުކުރިއްޔާ އޭ ބުނެފައި އާރި ކޮޓަރި އެތެރެއަށްވަނެ އެނދުގައި އިށީންދެލިއެވެ. ހަމައެއާއިއެކު ކައިޒީންވެސް އައިސް އާރިފާ ކައިރީގައި އިށީންދެލިއެވެ. ”އަހަރެންގެ ބައްޕަ އަކީ ވަރަށް ރަނގަޅު މީހެއް.. އަހަރެން ބުނާ ހުރިހާ ކަމެއް ކޮށްދޭނެ.. އަހަރެންނަށް އެކަންޏެއް ނޫން.. އެހެން މީހުންނަށް ވެސް.. ތިގޮތަށް ބައިވަރު މީހުންނަށް މިހާރު ބައްޕަ އެހީ ވެއްޖެ…ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެއް.. ދުވަހަކުވެސް މިހާކާއި ދިމާލަށް އެއްޗެއްސެއް ނުގޮވާނެ..” ކައިޒީން ޒިރާން ދިޔުމުން އާރިފާ އާ ވާހަކަ ދައްކަންފެށިއެވެ. އާރިފާވެސް އެހެން ހެއްޔޭ ކިޔައި އިތުރަށް ޒިރާން އާއި ބެހޭ ވާހަކަތައް އޮޅުންފިލުވިއެވެ. އަދި ކައިޒީންގެ މަންމަގެ ވާހަކަވެސް މެއެވެ. ”ދައްތަ ވަރަށް ވައްތަރު އަހަރެންގެ މަންމައާ..” ކައިޒީން ބުނެލި ޖުމުލައިން އާރިފާ ދިޔައީ ސިއްސައިގެންނެވެ. އަދި ނުވިސްނައި ހުއްޓާ ކައިޒީން އާރިފާގެ ގައިގައި ބައްދާލުމުން އާރިފާ އިތުރަށް ހައިރާންވިއެވެ. ނަމަވެސް އެހައިރާންކަން ނުދައްކައި އާރިފާ ކައިޒީންގެ ބޮލުގައި މަޑުމަޑުން ފިރުމަން ހުރީ މޫނަށް ނުލަފައި ވައްތަރެއް ޖައްސައިގެންނެވެ.
******
ކާރުން ފޭބި އީނާޝް އާއި ސޮބާހު ފެނިފައި ނަބާހު އަވަހަށް ކާރައި ދިމާއަށް ހިނގައި ގަނެވެ. އަދި އާރިފާ ފެންނަން ނެތުމުން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރިއެވެ. ނަމަވެސް އެކަކުވެސް އެސުވާލަށް ޖަވާބު ދޭން ނޫޅުމުން ނަބާހުވެސް ދެވަނަ ފަހަރަކަށް އެސުވާލެއް ނުކުރެެއެވެ. ސޮބާހު އިރުކޮޅަކު ނަބާހުގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އީނާޝްގެ އަތުގައި ހިފައިގެން ގެއަށް ވަނެ އީނާޝް ތަޅުގަނޑު މައްޗަށް ވައްޓާލިއެވެ. އަދި ނަބާހު ގާތު އިނާޝް ތަނަކަށް ދެތޯ ބަލައިށޭ ކިޔައި ހަލުވި ހިނގުމެއްގައި ސޮބާހު ގެއިން ނިކުމެގެން ދިޔައެވެ. އީނާޝްވެސް އޭނާގެ ކޮޓަރިއަށް ވަނެ ވަރަށް ބާރަށް ދޮރު ޖަހައި ތަޅުލިއެވެ. ނަބާހު ވެސް ދެފަރާތަށް ބޯ އަނބުރާލާފައި ސޯފާގައި އިށީންދެލީ ވަރުބަލި ވެފައި ހުރުމުގެ ސަބަބުންނެވެ. ނަބާހު އެތާ އޮއްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.
******
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައީ އެއްބަޔަކަށް އުފާވެރިކަން ގެނެސްދީ އެނެއްބަޔަކަށް ހިތާމަވެރިކަން ގެނެސްދެމުންނެވެ. އާރިފާ ކައިޒީންގެ އާއިލާއާއި އެކު އުފަލުގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު އީނާޝް ދިޔައީ ހިތާމަ އާއި ވޭނުގައި ދުވަސްތައް ގުނަމުންނެވެ. އެންމެ ކުޑަމިނުން އާރިފާ އީނާޝްއަށް ގުޅައި ހާލު އަހުވާލު ވެސް ބަލައި ނުލައިއެވެ. ކޮން ފަދަ ނުބައި މަންމަ އެއް ހެއްޔެވެ. ނަމަވެސް ކޮންމެ ދުވަހަކު ކަހަލައިން ޒިރާން އާރިފާ ގާތު އިނާޝް އެގެއަށް ނާންނަނީ ކީއްވެގެންތޯ އަހައެެވެ. ފޯނު ނުގައޭ ކިޔައި އާރިފާ ކޮންމެ ދުވަހަކުވެސް އެކަން ހިންދާލައެވެ. ހަގީގަތުގައި އާރިފާ އީނާޝް ލޮލަށް ފެންނަން ވެސް ބޭނުމެއް ނުވެއެވެ. އަދި އޭނާ އުޅޭ ތާކު އީނާޝް އުޅޭކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އާރިފާ އީނާޝް ގާތު ދޮގުހަދައިގެން ވަނީ އެތައް ވާހަކައެއް ދައްކާފައިއެވެ.
******
”މަންމާ.. ނޭނގެނީތަ އަހަރެން މިތަނަށް ދޫކޮށްލާފައި ދިޔައިރު އަހަރެންނަށް ވާނެ ގޮތް.. ކޮންމެ ދުވަހަކު އެތަށް ފަހަރަކު އަހަރެން މި ގުޅަނީ.. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ލިބެނީ އެއްޖަވާބެއް.. ފޯނު ނިއްވާލައިފާ ވާކަމަށް.. ނަބާހުގެ ބައްޕަ މިހާރު އަހަރެން ގެންގުޅެނީ އަޅެއްހެން.. މަންމަ ވީ ތަން ނުބުނެގެން.. މަންމާ.. އެއްޗެކޭ ބުނެބަލަ.. ކީއްވެތަ ވާހަކަ ނުދައްކާ ތި ހުންނަނީ..” ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި އީނާޝް ރޮމުން ވާހަކަ ދައްކަމުން އެދަނީ އޭނާގެ ލޯބިވާ މަންމައާއިއެވެ. އާރިފާ ކޮންމެ ގޮތެއްހެދިޔަސް އީނާޝްގެ ހިތުގައި އާރިފާއަށްޓަކައި ލޯބިވެއެވެ. އާރިފާ ފޯނު ނުނަގައިގެންވެސް އީނާޝް ރުއި ވަރު އިނގޭނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. ރޭގަނޑުގެ ނިދި ނަގާލައިފާ އީނާޝް އެތަށް ރެއަކު ރޯން އޮވެއެވެ. ”އެންމެ ރަނގަޅު.. އަހަރެން މާދަން ޒިރާން ކައިރީ ބުނެގެން ކަލޭ ބަލައި ފޮނުވާނަން.. އެކަމަކު މިގެއަށް އައިސް ނުވާނެ ކަލޭ މިހާރު ތިއުޅޭ ހެން އުޅެގެން.. އަދި އަހަރެންގެ ވާހަކަ ނުވާނެ މިިގޭ އެކަކު ކައިރީވެސް ދައްކާގެން.. ހަނދާން ކުރާތި… އަހަރެން މިގޭގައި މިއުޅެނީ ވަރަށް އުފަލުން..” އާރިފާގެ ކޮންމެ ވާހަކައަކުން އީނާޝްގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ”މަންމާ! އަހަރެން ބޭނުމެއް ނޫން ތިގެއަކަށް ދާކަށް..” ”އެއީ ކީއްވެ؟ ދެން ކަލޭ ދާނެ އެހެން ގެއެއް އެބަހުރިތަ.. އަހަރެން ނުދާނަން ބޮލަށް ވެއްޓިފައި ހުރި ގެއެއްގައި އުޅޭކަށެއް..” އީނާޝް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އާރިފާ ފޯނު ކަނޑާލިއެވެ. އީނާޝްގެ ލޯ ވަނީ ރޯރޯ ރަތް ވެފައިއެވެ. މުޅި މޫނުވެސް ވަނީ ރަތްވެފައިއެވެ.
އޭގެ އެނެއް ދުވަހު އީނާޝް ތައްޔާތުވަމުން ދިޔައީ އެގެއިން ނިކުތުމަށެވެ. އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން ސޮބާހު މާލޭގައި ނެތުމުން އިނާޝްއަށް އެގެއިން ނުކުތުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަދި އީނާޝްގެ ނަސީބު ރަނގަޅުކަމުން އެދުވަހަކީ ނަބާހުއަށް ވެސް ސުކޫލްގެ ކަމަކު ދާން ޖެހުނި ދުވަހެކެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުތް އީނާޝްއަށް ހުއްޓެން މަޖުބޫރު ވީ ކުރިމަތިން ފެންނަން ތިބި މީހުންގެ ސަބަބުންނެވެ.
~ ނުނިނޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Yey me first dhw ?
.. Masha allah varah reethi mi part ves ?kn dhuvahakn next part …. waiting?
Thanks a lot someone11..?????
?????????????????????????????????Yey..?.me first dhw Masha allah varah ?reethi mi part ves …. just can’t wait to read next part?… ???????????????????????????????keep it up dear
Thanks friend eh.. ???Nd yes your first.. congrats.. ???? once again thanks a lot???
Kon rashehtha?
Antarctica
Antarctica
Itx nice but on question.. No maids in that huge house?.. For him to ask his daughter to get Juice for Aarifa?
Thanks Luc!f3r..???? geyga ulhey maids juice giraany.. but ziraan kaizeen kairy eh bunany genesdheyn.. let’s see dhw kuri ah huri epsd thakuga vaane goii.. thisuvaalah javaabu libeyne????
Alhugandu rah kujjeh dhw.
Salhi❤…But as Luc!f3r said, kaizeen men geyga noolhey thr maid eh…kaizeen arifa ah juice genesfa inyma???…Btw whn next..
Waiting
Thanks jiji..????? nooney ulheyne.. kairiyah huri epsd thakun ingigen dhaane eyyi kyhve kan.. let’s see dhw.. ??? Nd next episd Saturday GA… Keep waiting.. ??????
Assalam alaikum.. alhamdulillah.. miothy dhuvas thakakah fahu 3 vana epsd Vs up kurevifa.. unmeedhu kuran hurihaa kiyun therinnah Vs mi epsd Vs kamudhaane kamah.. Nd vr bodah maafah edhen genes dheyn bunevifai vaa dhuvahu nugenes dhevunyma..??? next part Saturday GA Insha Allah.. keep waiting..???? have a nice day..????
Alhey Its sturday be Fast i Cant waitting to Read This story vr salhi Keep it ūp More love from me and next part plx
Vaarh nice Keep it ūp my dear best of luck for future
Thanks a lot it’s me..???? best of luck to you too for future..?????
Nafoo dear….. ????vvvvv reethi mi part ves….. ???? keep it up…???. nafu ge hurihaa vaahakaehves varah reethi …. waiting for next part dear…. ??lysm….????
Awwn..??? thanks a lot aishoo dear..?????