ދެމީހުންގެ މަސައްކަތުން ވަރަށް ހާލުން ދޮރު ހުޅުވުނެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައިއެވެ. ވާ ކަމެއް ވަނީ ވެ ނިމިފައިއެވެ. ނަބާހުއަށް އީނާޝް އޮތް ގޮތް ފެނިފައި ދުވެފައި ގޮސް އީނާޝްގެ ގައިގައި ބައްދާލައިފައި އީނާޝް އަށް ގޮވަން ފެށިއެވެ. އީނާޝްގެ ބޯ ފަޅައިގެން ގޮސް ފައި ވާއިރު އަތާއި ފައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮހެވެ. އީނާޝްއަށް ވެފައި ހުރި އަނިޔާ ފެނި ކޮންމެ މީހެއްގެ ހިތުގައި ޖެހޭނެކަން ގައިމެވެ. ނަބާޙުގެ އުގުގައި […]
ބުރޭކްގަޑި ނިމި ކުލާސް ގަޑި ފެށޭ ބެލްޖެހުމުން ޒާޔާއާއި ޒިޔާން ކުލާހަށް ދިޔައެވެ. ޒިޔާން ޒާޔާއަށް ވުރެ ދެ އަހަރު ބޮޑުވެފައި އޭނާއަކީ ސައިންސު ދަރިވަރެއްގެ ކަމުން ޒާޔާއާއި ޒިޔާން އުޅެނީ ދެ ކުލާހެއްގައެވެ. އެކްސްޓްރާ ކުލާސްތަކާއި މީޓިންގްސް ތަކުގަޔާ އެހެނިހެން ހަރަކާތްތަކުގައި ކުދިންތައް ހަރަކާތްތެރިވެ އުޅުނެވެ. ރަސްމީ ގަޑިތަކުގެ ކިޔެވުން ނިންމާ ލުމަށްފަހު ޒާޔާ ދިޔައީ ޑްރާމާކުލާހަށެވެ. ޑްރާމާ ކުޅުމަކީ ޒާޔާ ދެން އެންމެ ކުރާހިތްވާ ކަމެވެ. އޭނާއަކީ ޑްރާމާ ކުލަބްގެ ރައީސާއެވެ. “އޭތް ޒާޔާ […]
އިރު ފެނުން ތޮޅެލީ އެކި މީހުންގެ ދިރިއުޅުމުގައިި އެކިކުލަ ޖައްސަމުންނެވެ. ނާޔާ އާއި ނަކީލް ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންދިޔައިރު އިފްރާ އާއި ރަޔަން ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ވައިލެޓް ޕެލެސްގޭގެ ކުޑަ އާއިލާ ހެދުނުގެ ނާސްތާއަށް އިންސާފު ކުރަމުން ދިޔަ އިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިިިިިިއައީ އުފާވެރިކަމެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ގެއްލިގެން ދިޔައީ ނަކީލްގެ ހިތްގައިމު އަޑުންނެވެ.” މަންމާ. ބައްޕާ. ނާކީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް.” ” ދަރިފުޅާ […]
އަޅުގަނޑުގެ ވާހަކައިގެ 2 އެޕިސޯޑު ލިޔުުމަަށްފަަހުު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުންް ވާހަކަވަނީ މެދުކެޑިފައެވެ. މާތް الله ގެ އިރާދަފުޅުން އަޅުގަނޑުގެ ބަލިވަނީ ފަސޭހަވެފައެވެ. އެހެންކަމަށް ވުމާއެކު އަޅުގަނޑު ވަނީ ވާހަކަ ކުރިއަށް ގެންދަން ނިންމާފައެވެ. ތިރީގައި އެވަނީ ކުރީގައި އަޅުގަނޑު ގެނެސްދީފައިވާ ބައިތަކުގެ ކުރު ހުލާސާއެކެވެ. ތިޔައެއްމެހައި ކިއުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ. *************** އިފްރާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރީ އިފްރާގެ މަންމައެވެ. އިފްރާ ވަރަަށްް ކުޑައިރު އިފްރާގެ ބައްޕަވަނީ ނިޔާވެފައެވެ. އެހެން ޒުވާންް […]
“ނަސީބަކީ ކޮބައިކަން ނުވަތަ އޮންނައެއްޗެއް ކަމެއް އަހަނަކަށް ނޭގެއެވެ. ހަދާންހުންނަން ފެށީއްސުރެ ނަސީބު އަތުގާ ހިފާނެކަމަށް އަތް ދިއްކޮށްލައިގެން ހުރީމެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަނީ މާދަމާއަކީ ނަސީބު އަހަރެންގެ އަތުގާހިފާނޭ ދުވަސްކަމުގައި ގަބޫލުކޮށްގެންނެވެ. އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެމުންދިޔައެވެ. އަހަރެންގެ ބަދުނަސީބު ނިކަން ދެކިބަލާށެވެ. އަހަރެން މިދުނިޔެއަށް ލީ އެންމެ ފުރަތަމަ ނޭވާޔަކީ އަހަރެންގެ މަންމަ މިދުޔެއަށްލީ އެންމެ ފަހުނޭވާއެވެ. އެއީ އަހަރެންގެ ބަދުނަސީބުގެ ފެށުމެވެ. އެކަމުގެ ހިތާމައިގައި ބައްޕަ ގެބިގެންދިޔައެވެ. […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް ކިއާރާގެ ސިކުޑީގައިވަނީ މިޔަދު ހިނގާފައިވާ ކަންތައްތަކެވެ. ލަވާގެ ޒަރީއާއިން ދެނެގަނެވުނު ކައިޒަންގެ ހާލެވެ. ކައިޒަންގެ ލޮލުން ފެނިގެން ދިޔަ ލޯތްބެވެ. ” ކައިޒަން އަހަރެންދެކެ ލޯބިވަނީ ހެއްޔެވެ؟ ކައިޒަންގެ ދުލުން ބޭރު ކުރި ބަސްތައް އެއީ އަހަރެންނަށް ބުނެދިން އެއްޗެހި ހެއްޔެވެ؟ ” ކިއާރާގެ ސިކުނޑި ފުރިފައިވީ މިކަހަލައެތައް ސުވާލަކުންނެވެ. މިއަދު ކައިޒަންގެ އަމަލުތައް ހުރި ގޮތުންވަނީ ކިއާރާގެ ހިތައް އެތައް އަސަރެއް ކޮށްފައިއެވެ. ހިޔާލުތަކުގެ ދުނީގައި އޮތް […]
ޝާދީން ހައިޒަލްގެ އަތުގައި ހިފާލިއިރު އެތައް އަސަރުތަކަކުން ހިތް ފޮތިފޮތިވަމުންދިޔައެވެ. އެވަގުތު ހައިޒަލްގެ އިނގިލި ހަރަކާތްކޮށްލިހެން ޝާދީންއަށް ހީވިއެވެ. ޝާދީން ބަލާލިއިރު ހައިޒަލް އެސްފިޔަތައް ތަޅުވާލީއެވެ. ބީޕްގެ އަޑާއިއެކު އީސީޖީ މެޝިންގެ ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެ ދުރުވެފައި ކައިރިވިއެވެ. މެޝިންގެ އެލާރޓްއާއިއެކު ރިވާން ޝާދީންއަށް ވަގުތުކޮޅެއް ދީގެން ހުރެފައި ހައިޒަލްއާއި ކައިރިވެލިއެވެ. އޭރު ހައިޒަލް އެސްފިޔަތައް ތަޅުވަމުންދިޔައީ ލޯހުޅުވަން އުޅޭފަދަ ގޮތަކަށެވެ. ޝާދީންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ބޮޑިވެގަތްއިރު އަނގަމަތީގައި އަތްއަޅާލެވުނެވެ. ނަމަވެސް އެވަގުތު ހައިޒަލް ކިޔާލި […]
ނިޔާޝް ގަބޫލް ކުރާ ގޮތުހގައި އައިޒާއަށް ވުރެ ރަނގަޅު މީހެއް އޭނާގެ ހަޔާތަކަށް ނާންނާނެވެ. ”ދޮންބޭ ބަލާވަލަ ގަޑި. މިހާރު އެއޮށް ޕާޓީ ފެށޭ ގަޑިޖެހެނީ…. ތިއްތި އަކީ ވަރަށް ގޮތްް ދޫ ނުކުރާ މީހެއް… ދޮންބޭ ދެންވެސް ދާނީ ފެންވަރަން….” ރިހުމަތަު އޭނާގެ ދޮންބެ ގައިގާ ވިކާ ގަންނަމަުން ބުނެލިއެވެ. ”އޫމް…. މިދަނީ…” ރިހުމަތު ވިކާ ގަތްތާ ފުރުމާލަމުން ނިޔާޝް ބުނެލިއެވެ. ******** 8:30 ވިއިރުު ނަޒްހާ ހުރީ ޕާޓީއަށް ދާން ތައްޔާރު ވެގެންނެވެ. އޭނާ […]
“ބައްޕާ…އައިލީންއަކީ ބެންގެ ވަރަށް ގާތް ރައްޓެއްސެކޭ…ދޯ…ދެން..” ޒިލްވާ ބޯއަރިކޮއްލަމުން އިއްބާންއާ ދިމާލަށް ބަލާލިއެވެ. އިއްބާން ޒިލްވާއަށް ބަލާލީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ. ދަތްކުނޑި ވިކާލެވުނެވެ. ދެއަތްތިލަ މުއްކަވާލަމުން ޖީބައްލަހާލިއެވެ. އިތުރުގޮތެއް ނެތުމުން އިއްބާން ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު އޭނާގެ ވޭނާއި ހިއްދަތިކަމުން ފުރިގެންވި މާޒީގެ ދުވަހެއްމަތިން ހަނދާންވިއެވެ. ************************* “ބެން…ހިނގާބަ ކުލާހަށް..އެބައުޅޭ އާ އަންހެން ކުއަޖެއް ޖޮއިންވެގެން މިއަދު…” ދާނިޝް ބުނެލިއެވެ. އިސްކޮޅުން ދިގުއިރު ރީތި ހަށިގަނޑެކެވެ. އިސްތަށިގަނޑު ރީތި ސްޓައިލަކަށް […]