ޝާދީން ހައިޒަލްގެ އަތުގައި ހިފާލިއިރު އެތައް އަސަރުތަކަކުން ހިތް ފޮތިފޮތިވަމުންދިޔައެވެ. އެވަގުތު ހައިޒަލްގެ އިނގިލި ހަރަކާތްކޮށްލިހެން ޝާދީންއަށް ހީވިއެވެ. ޝާދީން ބަލާލިއިރު ހައިޒަލް އެސްފިޔަތައް ތަޅުވާލީއެވެ.
ބީޕްގެ އަޑާއިއެކު އީސީޖީ މެޝިންގެ ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެ ދުރުވެފައި ކައިރިވިއެވެ. މެޝިންގެ އެލާރޓްއާއިއެކު ރިވާން ޝާދީންއަށް ވަގުތުކޮޅެއް ދީގެން ހުރެފައި ހައިޒަލްއާއި ކައިރިވެލިއެވެ. އޭރު ހައިޒަލް އެސްފިޔަތައް ތަޅުވަމުންދިޔައީ ލޯހުޅުވަން އުޅޭފަދަ ގޮތަކަށެވެ. ޝާދީންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ބޮޑިވެގަތްއިރު އަނގަމަތީގައި އަތްއަޅާލެވުނެވެ. ނަމަވެސް އެވަގުތު ހައިޒަލް ކިޔާލި އެއްޗެއް އަޑުއިވިފައި ޝާދީންގެ މޫނުމަތީވީ ހިނިތުންވުން ފިލާ ކަންބޮޑުވުމުގެ އަސަރުތައް މޫނުމައްޗަށް ވެރިވެގަތެވެ.
“މަންމާ… ބައްޕާ… ޔާން… ދޮންބޭ….” ހައިޒަލްގެ ދުލުން ބޭރުވެގެންދިޔަ ލަފްޒުތަކާއިއެކު ޝާދީންގެ ނަފްސަށް ލިބުނު ސިހުމާއިއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއިއެކު ދުވެފައި ބޭރަށް ނިކުތްއިރު ބޭއިހްތިޔާރުގައި ފަހަތަށް ބަލާލެވުނެވެ. އޭރު ހައިޒަލްގެ ހަނިކޮށްލެވިފައިވާ ދެލޯ އަމާޒުކޮށްލެވިފައިވަނީ އޭނައާއި ދިމާލަށެވެ. ޝާދީންގެ މެއަށް ފިނިވެގެންދިޔައެވެ. ކިތަންމެ ބޭނުންނުވިޔަސް މާޒީގެ ތެރެއަށް އޭނާގެ ނަފްސު އޮޔާ ގެންދިޔައީ އޭނަގެ އިހްތިޔާރަކާއިނުލައެވެ.
*** *** *** *** *** ***
ހޮސްޕިޓަލްގެ އެނދެއްމަތީ ބާއްވާލައިފައި އޮތް ފިރިހެންކުއްޖާ ކައިރީ އަށްއަހަރުގެ ޝާދީން މަޑުކޮށްލައިގެން ހުރިއިރު އިންތިޒާރުކުރަމުންދިޔައީ އެ ކުއްޖާ ހޭއަރާނޭ އިރަކަށެވެ. ފުންނިންޖަކުން ތެދުވާފަދައިން އެ ކުއްޖާ މަޑުމަޑުން ލޯހުޅުވާލިތަން ފެނިފައި ޝާދީންގެ މޫނު މަލެއްފަދައިން ފަރިވެގެންދިޔައެވެ. އެއާއިއެކު ޖޯޝުން ފުރިގެންވީ އަޑަކުން ހަޅޭލަވައިިގަތީ ބޭރުގައި ތިބި މީހުންނަށްވެސް އަޑުއިވޭވަރަށެވެ.
“މަންމީ… ޑެޑީ… ޒެލް ވޯކްއަޕް…” ޝާދީން ހަޅޭލަވައިގަތްއިރު ބޭރުގައި ތިބި މީހުން ދުވެފައި ތިބި މީހުން ދުވެފައި އައިސް ރޫމްތެރެއަށް ވަތެވެ. އޭރު އެ ކުޑަކުއްޖާ ދެބުމަގާތްކޮށްލައިގެން ބަލަހައްޓައިގެން އޮތީ ބީރައްޓެހި ނަޒަރަކުންނެވެ.
“ހޫ އާރޔޫ…” ޝާދީން އެ ކުއްޖާގެ އަތުގައި ހިފާލުމާއިއެކު އެއަތްދުރުކޮށްލުމަކުން އެ ކުއްޖާ ކޮށްލި ސުވާލާއިއެކު ޝާދީންއަށް ލޯބޮޑުކޮށްލެވުނެވެ.
“ޒެލް… މީ ދޮންތީއޭ…” ޝާދީން މޭގައި އަތްޖަހާލަމުން އެ ކުއްޖާއަށް ބުނެދިނެވެ. އެއާއިއެކު ދެންތިބި މީހުންނާއި ދިމާލަށް އެކުއްޖާ ބަލާލީ އެއީ ތެދެއްތޯ އަހާފަދަ ގޮތަކަށެވެ.
“ޒެލްއަކީ ކާކު…” އެ ސުވާލާއިއެކު އެންމެންނަށްވެސް ސިހުމެއްލިބުނެވެ. ޝާދީން ތުންފިއްތާލިގޮތަށް ދުވެފައި އައިސް އަލްހާންގެ އަތުގައި ހިފަހެއްޓިއެވެ.
“ޑެޑީ… ޒެލްއަށް ކިހިނެތްވީތަ؟ ކީއްވެ ޒެލްއަށް ދޮންތީ ނޭނގުނީ…” ރޮވޭގޮތްވެފައި ހުރެ ޝާދީން ޝަކުވާކުރިއިރު އެ ސުވާލުގެ ޖަވާބުދޭނޭގޮތެއް އަލްހާނަކަށް ނޭނގުނެވެ. އެވަގުތު ޑޮކްޓަރ ހުރިހާ އެންމެންނަށް ބޭރަށް ނިކުތުމަަށް އެންގިއެވެ.
ފަނަރަވަރަކަށް މިނެޓްފަހުން ޑޮކްޓަރުން ނިކުމެގެން އައުމާއި ރިހާނާއާއި އަލްހާން ޑޮކްޓަރު ގާތަށް ގޮސް ހުއްޓުނެވެ. އޭރު ޝާދީން އޮތީ އަލްހާންގެ ކޮނޑުމަތީ ބޯއަޅާލައިގެންނެވެ.
“ހިނގާދިޔަ ހާދިސާގެ ސަބަބުން ކުރީގެ އެއްވެސް ހަނދާނެއް ޒެލްގެއެއް ނެތް… އަޅުގަނޑުމެން ކުރިންވެސް ދެންނެވިން ކުއްޖާގެ އުމުރު ހަގުކަމާއިއެކު މިފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކޭ… ފަހުން ހަނދާންތައް އާވުމަކީ ވެދާނޭކަމެއް… ނޫނީ ހިތާމަވެރި ހަނދާންތަކަކަށްވުމުން ހަނދާންކުރަން ބޭނުންނުވެވެސް ދާނެ… މިވަގުތު ރަނގަޅުވާނީ އެއްވެސްކަމަކަށް ސިކުނޑިއަށް ބާރުނުކުރިއްޔާ… އަޅުގަނޑު އެދެން ވެދިޔަކަންތަކާއި ގުޅޭ އެއްވެސް ވާހަކައެއް ޒެލްއަށް އަޑުއިވޭ ހިސާބުގައި ނުދެއްކުމަށް… އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއްކުރުން އެކަށީގެންވޭ…” ޑޮކްޓަރު އަލްހާންގެ ކޮނޑުގައި އަތުން ޖަހާލުމަށްފަހު އެތަނުން ދުރުވިއެވެ. އެއާއިއެކު ރިހާނާއާއި އަލްހާންއާއި ދެމެދު ނަޒަރު ބަދަލުކުރެވުނެވެ.
*** *** *** *** *** ***
ކަރުނައިގެ ސަބަބުން ބަރުވަމުންދިޔަ އެސްފިޔަތައް ތަޅުވާލަމުން ޝާދީން ނޭފަތް ދަމާލިއެވެ. އެތައް އަހަރުތަކެއް ފަހުން ހައިޒަލްގެ ދުލުން “ދޮންބެ” އެ ލަފްޒު ކިޔާލުމަކީ އޭނަގެ ހިތުގައި ކުރިއްސުރެ އުފެދިފައިވާ ބިރުވެރިކަން ހަގީގަތަކަށްވެެގެން އައުމެވެ. އެއިން ދޭހަކޮށްދޭން އުޅޭ ކަންތައް ޝާދީންއަށް ނަގައިގަނެވުނެވެ. ތޭވީސް އަހަރުކުރިން ހައިޒަލްގެ ސިކުނޑިން ފޮހެވިގެންދިޔަ ހަނދާންތައް އަލުން އާވީއެވެ. އެތައްދުވަހެއްފަހުން ހައިޒަލްގެ ހަނދާންތައް އަނބުރާއައީއެވެ. ހުރިހާކަމެއް އިނގުމުގެ ހައްޤު ހައިޒަލްއަށް އޮތްކަމަށް ހިތްވެސް ގަބޫލުކުރިޔަސް މިއީ ޝާދީން ދެކެން ބޭނުންވީ ދުވަހެއް ނޫނެވެ. މުޅިއުމުރަށް އަނދިރީގައި ހުރުމަކީ ހައިޒަލްއަށް އެންމެ ރަނގަޅުގޮތެވެ. ތޭވީސް އަހަރުފަހުން ހަގީގަތް އިނގިގެންދާއިރު ހައިޒަލްގެ ހިތަށް ކުރާނީ ނުބައި އަސަރެކެވެ. ފަސްލާ ފޮރުވިފައިވާ ސިއްރު ކަޝްފުވެގެންދާނީ އެންމެންގެ ދިރިއުޅުމަށް ޒަލްޒަލާއެއް ގެނެސްފައެވެ.
*** *** *** *** *** ***
ރޭގަނޑު ދިހައެއްޖަހަން އުޅެނިކޮށް ހައިޒަލް ރޫމްއަށް ބަދަލުކުރުމުން އެންމެ އައިސް ހައިޒަލް ބާއްވާލެވިފައިވާ ޕްރައިވެޓް ރޫމް ފުރާލިއެވެ. މޮޅިކަމުގެ ސާލު އޮޅާލައިގެން ތިބި މޫނުތަކުން އުފާވެރިކަމުގެ ވިދުވަރު ފާޅުވިއެވެ. އަލްހާން ހައިޒަލްގެ ކޮނޑުގައި ހިފަހައްޓާލައްވަަމުން ބޮލުގައި ފިރުމާލެއްވިއެވެ. ރިހާނާ އަލްހާންގެ ގާތުގައި މަޑުކޮށްލައިގެން ހުރިއިރު އެ މޫނުމަތިން ހުރިހާ ޝުއޫރެއްވީ ހާމައަށެވެ. އާއިލާ މީހުން ނޫން ބައެއް އެވަގުތު ރޫމްތެރޭ ނެތުމުން ރިހާނާ މާވަރަކުން ނެތް ކުލައެއް ދައްކާކަށް ނޫޅުނެވެ. ޝާދީން ދޮރުފަތަށް ލެގިލިގޮތަށް ހަރަކާތެއްނުގެނެސް ހުރިއިރު އެއަށްވުރެ އެތެރެއަށް ވަނުމުގެ ވިސްނުމެއް ނެތީހެން ހީވިއެވެ. އެދުރުކަމުން އުނދަގޫވީ ހައިޒަލްއަށެވެ. އެދެމެދުގައި ހިނގި ކުޑަ ދެބަސްވުމަށްފަހު ދޮންތަ އެހުރީ އޭނަގެ ފަރާތުން ހަގީގަތް ނޭނގެނީސް ގޮތްދޫނުކުރަންކަން އިނގުނެވެ. ޝާދީންގެ ހިތްހެޔޮކަމާއި އެކުވެސް ލިބިފައިވަނީ ހަމަ އަލްހާންގެ ގޮތުގައި ހިފަހެއްޓުމެވެ.
ހައިޒަލް އެނދުގެ ހެޑްބޯޑަށް ލެގިލައިގެން އެންމެންގެ ވާހަކަތައް އަޑުއަހަންއިންއިރު ކެތްތެރިކަން ކުޑަވީ އެންމެ ކަމަކަށެވެ. އެވަގުތުކޮޅުވެސް އޭނަގެ ހިތްތެޅިފޮޅެމުންދިޔައީ ނައިނާގެ ހާލު އިނގެން ބޭނުންވެފައިވީވަރުންނެވެ. އޭނަ ދެލޯ ނޭދި ދެކިލަން އެދުނީ ނައިނާގެ ރީތި ސޫރައެކެވެ. އެހެންނޫނަސް އެހެންކަމަކަށްޓަކައި ހިތްކެތްކުޑަވަމުންދިޔަގޮތުން ހައިޒަލްގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އެތައް ދުވަހެއްފަހުން އޭނަގެ ލޯމަތީގައި ބަދެވިފައިވާ ފޮތިގަނޑު މޮހެވިގެންދިޔައީކަމަށް އަމިއްލައަށްވެސް އިހުސާސްކުރެވުނެވެ. ކޮންމެ މީހެއްގެ މޫނަށްވެސް ބެލެމުންދިޔައީ މުޅިން ތަފާތި ނަޒަރަކުންނެވެ.
އިރުކޮޅެއްފަހުން ޑޮކްޓަރ ޒިވާންއާއި އިޒްކާން ދުރުވުމާއިއެކު ފަހަރަކު މީހަކު ރޫމްއިން ނިކުމެގެން ދަމުންގޮސް ހައިޒަލްއާއި ޒިވާން އަދި އިޒްކާން ރޫމްތެރޭ އެކަނިވިއެވެ. އޭރު ހައިޒަލްގެ މޫނު ދިއްލިފައިވާ ހުރިހާ އުފަލެއް މިލްކުވީފަދައިންނެވެ.
“ޒޭން… ޔޫ ވުޑް ބީ ޝޮކްޑް… އައި ރިމެމްބަރ އެވްރީ ތިންގް…” ހައިޒަލްގެ އަޑުގައިވީ ޖޯޝާއިއެކު ކުޑަކޮށް ހަޅޭލަވައިގަތެވެ. ޒިވާންއާއި އިޒްކާންގެ މޫނުމައްޗަށް ވެރިވި ކުލަވަރާއިއެކު އެވާހަކަތައް އޮޅުންފިލުވަން ބޭނުންވެފައި ތިބެ ހައިޒަލްއާއި ގާތްވެލިއެވެ.
“ރިއަލީ… އަހަރެން އޭރުވެސް ހިތަށްއެރިއޭ ހައި އެވަރަށް ޝޮކްއަށް ދިޔައިމަ ފަހަރެއްގައި ހަނދާންވެދާނެއޭ… ރީޓްރައުމަޓައިޒްޑް ވީ ދޯ… ޓެލްމީ… ” އިޒްކާންގެ މޫނު ދިއްލިގެންދިޔައިރު ކެތްތެރިކަން ކުޑަވެފައި ހުރެ ސުވާލުކުރިއެވެ. ދެވަނަފަހަރަށް ހައިޒަލް އެފަދަ ކަމެއް ދިމާވުމުން އޭނަ އުއްމީދުކޮށްގެން ހުރިގޮތަށް ހަނދާންތައް އަނބުރާއައީއެވެ.
“އަސްލު ޒެލްއަކީ އަހަރެން… ހައިޒަލް… ހައި…ޒެލް… ޒެލް އެއީ ކުޑައިރުގެ ނިކްނޭމް… އެންމެން ކުޑައިރު ޒެލް ކިޔަކިޔާފައި ފަހުން ހައި ކިޔަންފެށީ… ޔާންއަކީ އަހަރެންގެ ބެސްޓް ފްރެންޑް… ބައްޕަގެ ހުންނާނެ ބްރަދަރއެއް.. އަހަރެންގެ ދޮންބެ… އޭރު އަހަންނަށް ސިކްސް އިޔަރސް… އެދުވަހު ހަވީރު ދޮންބެއާއި ދޮންބެގެ ވައިފްއާއިއެކު އޭ.އެޗް.އިންޑަސްޓްރީސްއަށް ދިޔައީ… އަހަރެމެން ކޮމްޕެނީގެ ލެބްތެރޭ ތިއްބާ އަލިފާން ރޯވީ.. ދެން އެތާހުރި ސްޓާރފަކު އަހަރެމެން ސްޓޮކް ރޫމްއަށް ގެންދިޔައީ… އޭރު މުޅި ކޮމްޕައުންޑް ތެރޭ އަލިފާން ރޯވެފައި އޮތީ… ދެން ސްޓޮކް ރޫމްގައިވެސް އަލިފާން ހިފީ… އަލިފާންގަނޑު ބޮޑުވިގަޑީގައި ދޮންބެ އެތަނުގެ ތެރެއަށް ފެއިންޓްވީ… ދެން… ދެން… އާޙް….” ވަކިހިސާބަކަށް ގޮސްފައި ހައިޒަލްގެ ސިކުނޑި ތަޅުލެވުނުފަދައެވެ. އިތުރަށް މަސައްކަތް ކޮށްކޮށްވެސް އިތުރަކަށް ހަނދާނަށް އެއްވެސް ކަމެއް ނައެވެ. އެހެން ފަހަރުތަކޭ އެއްގޮތަށް ބޮލަށް ތޫނު ރިހުމެއް އެރިއިރު ހައިޒަލް ނޭވާ ހާސްވިއެވެ.
“އިޓްސް އޯކޭ ހައި… ފުންކޮށް ނޭވާލައި… ޑޯންޓް ފޯސް ޔުއަރ ސެލްފް…” ހައިޒަލްއަށް އަންނަންފެށި ބަދަލުތަކާއިއެކު އިޒްކާން ކަންތައްކުރަންވީގޮތް ކިޔައިދިނެވެ. ހައިޒަލް ފުންކޮށް ނޭވާލާންފެށިއެވެ. އިރުކޮޅެއްފަހުން ބޮލުގެ ރިހުން ކެނޑިގެންދިޔައިރު ހައިޒަލްގެ މޫނުމަތީ ކުރިން ފެނުނު ޖޯޝްގެ ބަދަލުގައި ފެނުނީ ހިސާބެއްގެ ހާސްކަމެވެ.
“އައި ޑޯންޓް ރިމެމްބަރ ފުލީ…” ހައިޒަލް ފާޑަކަށް ނެގިމަޑުވިއެވެ. އޭނަގެ ސިކުނޑީގެ ހަނދާންތައް އައިސްފައި ވަކިވެގެންދިޔައީކަމުގެ އިހުސާސްކުރެވުނު ވަގުތުކޮޅެވެ. އޭނަގެ މާޒީ ހަނދާންކުރަން އޭނަ ބޭނުމެވެ. މި ބިރުވެރި ހުވަފެންތަކާއި އަލްވަދާއު ކިޔަން ބޭނުމެވެ. ނަމަވެސް އޭނަގެ ސިކުނޑި އޭނައަށް އެއްބާރުލުންނުދޭހާ ހިނދަކު އެކަމެއްނުވާނެއެވެ.
“އިޓްސް އޯކޭއޭ ހައި… ޑޯންޓް ފޯސް ޔުއަރ ސެލްފް ޓޫ މަޗް… ކޮންމެެވެސް ވަރެއް ގެއިންވުމަކީވެސް ކިހާ ބޮޑުވަރެއް… ހަނދާންތަކަކީ އަމިއްލައަށް އަންނާނޭ އެއްޗެއް… އިޓް ވިލް ޓޭކް ސަމްޓައިމް… ޖަސްޓް ވެއިޓް…” އިޒްކާން ހައިޒަލްއަށް ހިތްވަރުދެމުން ވާހަކަދެއްކިއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ހައިޒަލް އެކަމަށްޓަކައި ކުރަމުން އައި މަސައްކަތް އެންމެ ގާތުން ފެނުނީ އޭނާއަށެވެ. ޒިވާންވެސް ހައިޒަލްއާއި ކޮންމެވެސް ވަރަކަށް ވާހަކަދެއްކުމަށްފަހު އިޒްކާންއާއިއެކު ބޭރަށް ނިކުމެލިއެވެ. އެއާއިއެކު ދެޒުވާނުންނަށް އެކުއެކީ އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނުއިރު ވިސްނަމުންދިޔައީ އެއްކަމަކާއިހެން ހީވިއެވެ.
“ޒޭން… އަހަރެމެންނަށް އަޑުއިވުނުގޮތާއި ހައި ކިޔައިދިން ވާހަކަތައް ދިމައެއްނުވެއެއްނު… އެއީ ހައިގެ ދޮންބެއެއްނޫނެއްނު….” ހައިޒަލްގެ ހަނދާނުގައި އެ ހާދިސާ ރަނގަޅަށްހުރިއިރުވެސް މީހުން ފާހަގަކުރަން ނޭނގުނީތީ ޒިވާން ހުރީ ހައިރާންވާ ގޮތްވެފައެވެ.
“ޒޭވްދެއްކި ކޭސްއަކީ ހައިގެ އަލިފާނުގެ ހާދިސާވެއްޖެއްޔާ ހައިގެ ވާހަކައިގައި ދިމާނުވާ ތަންތަންކޮޅު އެބަހުރި… ހީވަނީ މީހުން އައިޑެންޓިފައިކުރަން ހައިއަށް ނޭނގެނީހެން… ނޫނީ އަދި ކޮންފިއުޒްވެފައި ހުރީހެން… މިވަގުތު ރަނގަޅުވާނީ ކަންކަން ހަނދާންކުރުވަން މާބޮޑަށް ފޯސްނުކުރުވިއްޔާ… ކޮންމެވެސްވަރަކަށް ހަނދާންވުމަކީ ކިހާބޮޑުވަރެއް….” އިޒްކާން ވާހަކަދެއްކިއެވެ.
“ހިތަށްއަރަނީ ހައިއަށް އިނގުނީމަ ހާދަ ދެރަވާނޭ… އެހާ ދުވަސްފަހުން އިނގުނީމަ ގަބޫލުކުރަންވެސް ފަސޭހަކަމަކަށް ނުވާނެ… ބައްޕަ ބުނުއްވީމަ ފުރަތަމަ އަހަންނަށްވެސް ގަބޫލުނުކުރެވުނު… އެކަމަކު ހައިގެ ފެމިލީ ބައްޕަ ވަރަށް ރަނގަޅަށް ދަންނަކަމަށްވަނީ… އަހަރެން އާޓިކަލްތައްވެސް ދެކުނީން….” ޒިވާން ހުރީ އަދިވެސް އޭނާއަށް އިވުނު ވާހަކަތައް ނަގައިގަންނަން އުނދަގޫވެފައެވެ. އިޒްކާންއާއި އެ ވާހަކަތައް ހިއްސާކުރެވުނީ ޝައްކެއްގެ މަތީގައިހުރެއެވެ. ނަމަވެސް ކުރީގެ ނޫސްތަކާއި އަފްޒަލްގެ ވާހަކަ އަޑުއިވިފައި ދެޒުވާނުންނަށްވެސް މިހާރު ގަބޫލުކުރަންޖެހިއްޖެއެވެ. އިރުކޮޅެއްވާންދެން ދެެއެކުވެރިންގެ ދެމެދުގައި ހައިޒަލްއާއި ބެހޭގޮތުން ވާހަކަދެކެވުނެވެ.
“ކޮންމެގޮތެއްވިޔަސް ދެންދާނީ މަޑުމަޑުން ކަންކަން ހަނދާންވަމުން… މާލަހެއްނުވެ ހައިއަށްވެސް އެކަން ރިއަލައިޒްވެދާނެ… އެހާތަނަށް ނުބުނެ ލަސްކުރުން ރަނގަޅުވާނީ… އަދި އެކަމާއި ކުރިމަތިލާކަށް ހައި ތައްޔާރެއްނުވާނެ….” އިޒްކާން ވާހަކަދެއްކިއެވެ. ޒިވާންގެ އެދުމަކަށް އޭނަ ހައިޒަލްއަށް އެހީވާންފެށިއިރުވެސް މިކަމުގެ ތެރޭ ޒަމާންވީީ ސިއްރެއް ހާމަވެގެންދާނޭކަމަކަށް ހިޔެއްނުކުރެއެވެ. ކޮންމެކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެއެވެ. އެއްވެސްކަމެއް ދުނިޔެދާ ތާއަބަދަށް ސިއްރުވެފައެއްނޯންނާއެވެ.
*** *** *** *** *** ***
ހަވީރު ފިނިޖެހެމުން އައިރު ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަންނަމުންދިޔަ ވައިރޯޅިތަކުން ކޮޓަރިތެރެ ފިނިކޮށްލައިފައިވެއެވެ. ވައިގެ ހަމަލާތަަކާއި އެއްވަރަށް ކާރޓެންތައް ނަށަމުންދިޔައެވެ. ހައިޒަލްގެ ކޮޓަރީގެ ދޮރުތައް ހުޅުވާލެވެނީ މާބްލްގެ ބަގީޗާތެރެއަށް ކަމަށްވާތީ އެދިމާލުން ފެންނަނީ ގަސްތަކުގެ ފެހިކަމެކެވެ. ފެހިގަސްތަކުން މަތި އެކީހެން ބަދާލައިފައިވާއިރު ދޭތެރެތަކުން އުޑުގެ ނޫކަން ގަދަކަން ފެނިލައެވެ.
ހަވީރު ސަޔަށްފަހު ހައިޒަލް ފޫހިވެފައި ހުރެ ރޫމްއިން ބޭރަށް ނިކުމެލިއެވެ. ހޮސްޕިޓަލްގައި ހޭދަކުރަންޖެހޭ ދުވަސްތައް ދިގުދެމެމުންގޮސް ހައިޒަލް ގަރުނަކަށްވެފައިވެއެވެ. ބޭރަށް ނުނިކުމެ އަބަދުހެން ރޫމްތެރޭ އޮންނަންޖެހުމަކީ ހައިޒަލްއަށް އަޒާބެކެވެ. ގިނައިރު އެނދުމަތިވެގެން އޮތުމަށް އަންގާފައި އޮތަސް ހައިޒަލްއަށް ގިނަވަގުތު އުޅެވެނީ ކޮއްޅަށް ތެދުވެއެވެ. ހޮސްޕިޓަލްގެ ކޮޓަރިތެރޭގައި ބަންދުވެގެން ނައިނާ ނުފެނި އުޅުމަކީ އޭނަގެ ދުވަސް ދިގުކުރުވާ ސަބަބެވެ. އެއް ހޮސްޕިޓަލްއެއްގައި އުޅޭއިރުވެސް ނައިނާއާއި ހަަމަޔަށް ދެވޭނޭގޮތެއް ނެތެވެ. ހައިޒަލް މެގަޒިންއެއް ހުޅުވާލައިގެން ސޯފާގައި އޮތްވާ މީހެއްގެ ބަރު ފިޔަވަޅުގެ އަޑާއިއެކު ވަރުގަދަ ސެންޓެއްގެ ވަސް ޖެހިފައި މެގަޒިން މޭޒުމަތީ ބާއްވާލަމުން ބަލާލިއެވެ. ކުރިމަތީ ހުއްޓިލައިގެން މަޔާންއެވެ. ހަައިޒަލް ދެފަހަރަކު އެސްފިޔަޖަހާލުމަށްފަހު މޫނަށް ހައިރާންކަމުގެ ކުލަވަރު ވެރިކުރުވިއެވެ. އެއާއިއެކު މަޔާން ކަރުކެހިލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“އަހަރެން މިތަނުން ފެނިގެން މާ ސަޕްރައިޒްވާނޭކަމެއް ނެތް…” މަޔާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެންނަން ނެތަސް ކުޑަކޮށް ދެބުމަގާތްކޮށްލިއެވެ.
“އަންއިންވައިޓެޑް ގެސްޓެއް ފެނުނީމަ ހައިރާންވީވަރުން ބުނާނެ އެއްޗެއް ނޭނގިފައި ހަމަ މިއިނީ… ތިއައީ މަށަށް ގޮވާލަންތަ؟ ގެސްނޮޓް…. އެކަމަކު ފައިޓްގަނޑެއް ހިންގާލާވަރަށްވުރެ ވަރުދެރަކޮށް އަހަރެން މިއޮތީ… ދުޝްމިނުންވެސް ބަލިވީމަ ރަހުމްކުރެއެއްނު….” ހައިޒަލްގެ ސަމާސާގޮތަކަށް ކިޔާލިއެވެ.
“އަހަރެން އަންނަތަނެއްގައި ވިއްޔާ އޮންނާނީ ވާރޒޯންއެއްތަ؟ އަހަރެމެން ދެމީހުންދެމެދު ބޭކާރުގޮތެއްގައި ފައިޓްއެއް ފެށިމީހަކީ ތިއީއެެއްނު… ގައިމުވެސް ފުރަތަމަ އަތްއިސްކުރީ މަށެއްނޫން…. އެކަމަކު މިހާރު އަންޓަރސްޓޭންޑްވާތީ ފޮގިވްކުރެވިދާނެ އިނގޭ… ޔޫ ލަވް ނައިނާ ރައިޓް… އެހެންނޫންނަމަ ފުޑިގެން އައިސް މިތާކު ނޯންނާނޭދޯ… އެކަމް ކީއްވެ ޝަލީއާއި މެރީކުރީ…” މަޔާން ފާރަށް ލެގިލައިގެން ހުރެފައި އެއްބުމައަރުވާލިއެވެ. ހައިޒަލްގެ ހަރަކާތްތަކުން އެވަރު ދެނެނުގަނެވޭން އޭނައަކީ މޮޔައެއްނޫނެވެ. އަންހެންކުއްޖަކަށްޓަކައި އަމިއްލަ ފުރާނަ ހަލާކަށް ހުށަހަޅާނީ ލޯބިވާތީއެވެ.
“އަދި ކިރިޔާ ދޯ ތި ބޯ ބޭނުންކުރަނީ… ޑޯންޓް ގެޓް ޓޫ ކިއުރިސް… އަހަންނަށް ތިހީކުރާވަރަށްވުރެ ސިއްރުވެރި މީހެއް….” ހައިޒަލްގެ ލޮލުން ތަފާތު ވިދުމެއް ފެނިލިއެވެ. މިވީހާތަނަށްވެސް އޭނަގެ ހަޤީޤީ ސޫރަ ފެނުނީ ނައިނާއަށް އެކަންޏެވެ. ނަމަވެސް ފަހުން އޭނަ ނައިނާ ކަނު ބަދެލީ އެއްވެސް މީހަކު ހީވެސްުނުކުރާހާ މޮޅަށެވެ.
އެވަގުތު ލިފްޓް ހުޅުވިގެންދިޔުމާއިއެކު ދެޒުވާނުންގެ ނަޒަރުވެސް އެދިމާލަށް ދަތުރުކުރިއެވެ. ހައިޒަލްއާއި މަޔާންގެ ތޫނު ނަޒަރު ޝަލީންގެ މޫނަށް ހުއްޓުނުވަގުތުކޮޅު ފިނިވެގެންދިޔަވެސް އެތެރެއިން ރޯވެގަންނާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ރުޅީގެ ސަބަބުން އެ ރަތްކޯތާފަތް އިތުރަށް ރަތްވެގެންދިޔައެވެ. ވަގުތުން މަޔާންއާއި ދިމާލަށް ކަޅިއަޅާލައިފައިވާ ވައިރޯޅިއެއްހާ ބާރުމިނުގައި ކޯރިޑޯތެރެއަށް ވަދެގެން ދިޔަގޮތުން ހައިޒަލް ގާތަށްވެސް ހިނިއައެވެ.
އޭރު މަޔާންއަށް ހުރެވުނީ ޝަލީން ދިޔަދިމާލަށް ކަޅިހުއްޓާލިގޮތަށް ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ދުވަހުން ދުވަހަކަށް ޝަލީން ރީތިކަން އިތުރަށް ފުރިހަމަވަމުންދަނީއެވެ. މިއަދުވެސް ރަތްކުލައިގެ ހެދުމެއްގައި ހުރިއިރު ރީތިކަމުން މަޔާންގެ ހިތް އަވަސްކުރުވިއެވެ. ތަންކޮޅެއް ބާރު ހެނދުމެއްގައި ހުރުމުން ވަށްބަނޑުކޮޅު ފާޅުވާލެއް ރީތިކަމުން ނަޒަރު ވަކިކޮށްލުމަށްވެސް މަޔާން ނުކުޅެދުުނެވެ. ދެމައިން ގެނެސް އެއަތުގެ ތެރެއަށްލާން ހިތްއެދުނެވެ. ޝަލީން ކިތަންމެ ވަރަކަށް ދުރަށް ދާން އުޅުނަސް އޭނައާއި ދުރަށް ދެވުމަކީ ނުވާނޭކަމެކެވެ. ތަގުދީރުވެސް އޭނައާއި ޝަލީން ވަކިވާކަށް އެއްބާރުލުމެއް ނުދެއެވެ. ޝަލީންގެ ބަނޑުތެރޭ އޭނަގެ ދަރިފުޅު ބޮޑުވަމުންދާހާ ހިނދަކު އެދެމެދުގައި އޮތް އެގުޅުން ކެނޑިގެންނެއް ނުދާނެއެވެ.
“ހީވާގޮތުން ޝަލީ އަދިވެސް އެހެރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފައި… ހައިޒަލް ވީނު އަހަރެމެން ދެމީހުން އޯކޭ ކޮށްދޭން… ހައިޒަލްއާއި ހެދި އެއްނު އަހަރެމެންގެ މެދުގައި ބޭކާރު ފައިޓެއް ފެށުނީ…” ޝަލީންގެ އެއަމަލުން ހިތަށް ކިތަންމެ ތަދުވިޔަސް މަޔާން އެކަން ފާޅުކުރުމެއްނެތި ހިނިތުންވެލިއެވެ.
“އަހަރެންތަ މީހެއް ފެންނައިރަށް ތަނެއް ދޮރެއް ބަލާނުލާގޮސް އެއްޗެހި ކިޔައިގަންނަނީ…” ހައިޒަލް ބުނެލުމާއި މަޔާން އަނގަ ސަކަރާތްވީވަރުން ވަގުތުން އަނގަ ހަދާލެވުނެވެ.
“އޯކޭ.. އޯކޭ… އަހަރެން މިހުރީ ވަރަށް ކުށްވެރިވެފައި… އެކަމާއި މައާފުކޮށްފައި އަހަރެމެން ޑީލްއެއް ހަދަންވީނު… ގައިމުވެސް މަށަށް ޝަލީ ހައިޒަލްއަށް ނައިނާ ލިބޭހާ މޮޅު ޑީލްއެއް ބޮލުގައި އެބައިން.. ބައިދަވޭ އަހަރެން އޭ.އެޗްގެ ކޭސް ނަގައިފިން އިނގޭ….” މަޔާންގެ ވާހަކަތަކުން ހައިޒަލް ހިނިއައެވެ. ހީވާގޮތުން މަޔާން ހުރީ މަޔާން ބޭނުންވާގޮތަށް އޭނަ ރުއްސަން ކޮންމެކަމެއްވެސް ކުރަން ނިޔަތްގަނެގެންނެވެ.
“ވޯވް… އައިމް ރިއަލީ ޓަޖްޑް ޕްރޮސިކިއުޓަރ މަޔާން…. އެކަމަކު ޕްރޮސިކިއުޓަރުން ހަމަ ތިހާ ސެލްފިޝްތަ؟ ދެން ޝަލީ… ނަމެއްގައި އަހަރެންގެ ވައިފްއަށް ވިޔަސް ޝީޒް ޔުއަރސް… ތިދެމީހުންގެ މެދުގައި އޮތް މައްސަލައެއްވިއްޔާ ހައްލުކުރާނީ އަމިއްލައަށް… އަހަރެން ނެތިން އިންވޯލްވާކަށް… ވެލް ދެން ކޭން ޔޫ އެކްސްކިއުޒް އަސް…” އެވަގުތު އެތަނަށް އައި އިޒްކާން ދައްކާލަމުން ހައިޒަލް ބުނެލުމާއިއެކު މަޔާން އިތުރު އެއްޗެކޭ ބުނުމެއްނެތި ދުރަށް ހިނގައިގަތެވެ.
“މަޔާން… އައިވިލް ހެލްޕް ޔޫ…” މަޔާން ދުރަށް ހިނގައިގަތްތަނާ ހައިޒަލް ބުނެލި އަޑުއިވިފައި ފަސްއެނބުރިބަލާލެވުނެވެ. އޭރު ހައިޒަލް އިނީ ހީލައިގެން ބޮޑުވައި އިނގިލި ދައްކާލައިގެންނެވެ. މަޔާން ބަލާލުމާއިއެކު ބޯޖަހާލިއިރު އެ މޫނުމަތީވީ ޔަގީންކަމެވެ. މަޔާންގެ ހިނިތުންވެލިއެވެ. އޭރު ހައިޒަލް ކޮންމެވެސް ކަމަކާއިމެދު ވިސްނަމުންދިޔައެވެ. އޭނަގެ އެކުވެރި ޔާންއަކީ މަޔާންއަށް ވެދާނެބާވައެވެ؟
މަޔާން ދިޔުމާއިއެކު ހައިޒަލްގެ މޫނުމަތީވި ހިނިތުންވުން ފިލައިގެންދިޔައެވެ. ހަގީގަތުގައި މަޔާންއާއި ޝަލީން ގުޅުވައިގެން އޭނައަށް ނައިނާ ހަމަޔަށް ވާސިލްވެދާނޭކަމުގެ މާބޮޑު އުއްމީދެއް އޭނައަކަށް ނެތެވެ. ނަމަވެސް ޝަލީންއާއިއެކު މާނައެއްނެތް ގުޅުމެއްގައި ބަނދެވިފައި ހުރުމަށްވުރެ އޭނައަށް އެގޮތްވެސް ރަނގަޅުވާނެއެވެ.
*** *** *** *** *** ***
ހޮސްޕިޓަލުގައި އުޅުނު ދުވަސްކޮޅު ނައިނާއަށް މުޅިންހެން ފެނުނީ ބަލަން ހިތްދަތިވާފަދަ މަންޒަރުތަކެވެ. ހައިޒަލްއާއި ޝަލީން އެކީގައި އުޅޭތަން ފެންނަ ކޮންމެ ފަހަރަކުވެސް ނައިނާގެ ހިތަށް ތަދުވެއެވެ. ޝަލީންއާއި ގާތުގައި ހުރެގެން ހައިޒަލް ކޯރިޑޯގައި ހިނގާލައިފައި އަންނައިރު ނިވާވެގެން އެ މަންޒަރު ބަލަން އިނދެވެއެެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ދެމަފިރިން އެކީގައި ބަގީޗާތެރޭ މަންޒަރު ފެނިފައި ނައިނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. ހައިޒަލްގެ ފަރާތުން އޭނަައަށް ނުލިބުނު ލޯބީގެ ހައްގުވެރިއަކީ ޝަލީންކަމަށް ހިތަށް އަރާ ކޮންމެ ފަހަރަކު ނައިނާ ބޭނުންނުވިޔަސް ޝަލީންއާއިމެދު ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވެެއެވެ. އެ މަގާމުގައި ހުންނަންޖެހޭނީ އޭނާކަމަށް ހިތްވެސް އޭނައަށް ވިސްނައިދޭން މަސައްކަތްކުރަނީއެވެ.
ޝަލީން ކޮންމެ ދުވަހަކު ނައިނާގެ ދެކިލަން އަންނައިރު ކުރިން ޝަލީންއާއިމެދު އޮތް ގުޅުން ބާއްވާ އެހާ ގާތްކޮށް އުޅެން ނައިނާއަށް އުނދަގޫވިއެވެ. ހިތުގެ އެއްކަނުގައި ކުށްވެރިކަމުގެ އިހުސާސްތަކެއް އުފެދިިފައިވުމުން ނައިނާއަށް ހުރެވެނީ ޝަލީންގެ ކުރިމަތީ ހިނިތުންވެލާހާ ހިތްވަރު ނުލިބިފައެވެ. ނައިނާ ހޮސްޕިޓަލްގައި އޮތްވާ ޝާދީން ޒިޔާރާތްކޮށްލުމަށް އައިނަމަވެސް އެދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވުނެވެ. ޝާދީންގެ ހިތްހެޔޮކަމާއިއެކުވެސް ޝާދީންއާއި މާބޮޑަށް ގުޅުން ބަދަހިކުރަން ނައިނާ ބޭނުންނުވީއެވެ. ހައިޒަލްއާއި ގުޅުންހުރި ކޮންމެ މީހަކާއި ގުޅުން ބަދަހިކޮށްގެން ހައިޒަލްއާއި ދުރަށް ދާން އޭނައަށް ހައްތަހާވެސް އުނދަގޫވަނީއެވެ. އޭނަ ބޭނުންވަނީ އޭނައަށް ހައިޒަލް ނޭނގޭ ދުވަސްތަކަށް އެނބުރިދާށެވެ. ހައިޒަލްދެކެ ލޯބިވެގެން އޭނަގެ ހިތްހަލާކުވުންނޫން ކަމެއް ނުވިއެވެ.
*** *** *** *** *** ***
ހައިޒަލް ރޫމްއިން ނިކުމެ ދެފަރާތަކަށް ނަޒަރު ހިންގާލިއެވެ. ޒިޔަލްއާއި ލާވިން ރޫމްގެ ދޮރުމަތީ ދެ ހަށިފާރަވެރިންހެން މަޑުކޮށްލައިގެންތިބިއިރު ކޯރިޑޯގެ އެއްވެސް ފަރާތެއްގައި މީހެއްގެ ހިލަމެއްވެސް ނެތެވެ. ކޯރިޑޯތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލުމަށްފަހު ހައިޒަލްގެ ފިޔަވަޅުތައް ބެހެއްޓީ ނައިނާ ރޫމްއާއި ދިމާލަށެވެ. ކޮންމެވެސް ސަބަބަކާއިހެދި ޒިޔަލްއާއި ލާވިންވެސް ހައިޒަލް ހުއްޓުވާކަށް ނޫޅުނެވެ. ނޫނީ ހުއްޓުވިޔަސް ހައިޒަލް ބޭނުންކަމެއްކުރާނެކަން އިނގޭތީ އަޅާނުލީއެވެ.
މަޑުމަޑުން ފިޔަވަޅުގެ އަޑުނީއްވާ ހައިޒަލް ކޮޓަރިތެރެއަށް ވަދެގެން ދިޔައިރު ނައިނާ އިނީ ވީލްޗެއަރގައި ކުޑަދޮރު ކައިރީގައެވެ. ހިޔާލަކަށް ގެއްލިފައި އިންއިރު ކޮޓަރިތެރެއަށް މީހަކު ވަތްކަމެއްވެސް ނައިނާއަކަށް ރޭކައެއްނުލިއެވެ. ހައިޒަލް ނައިނާގެ ފަހަތުގައި ހުއްޓިލަމުން ކަރާއި ހިސާބުގައި އަތްއަޅުވާލަމުން ނައިނާގެ ކޮނޑުގައި ދަތްދޮޅިއަޅުވާލިއެވެ. އެވަގުތުން ނައިނާ ހިތްދަތިވެފައިވާގޮތަކަށް ހައިޒަލްގެ ނަންކިޔާލިއެވެ. އެއާއިއެކު ހައިޒަލްއާއި ދިމާލަށް ގޮނޑި އަނބުރާލަން އުޅުމާއިއެކު ހައިޒަލް ކުރިއަށްވުރެ ބޮޑަށް ނައިނާ އެދެއަތުގެ ތެރޭ ގައިދުކޮށްލިއެވެ.
“ޕްލީޒް… އަހަންނަށް މިވަރުގެ ހައްޤެއްދީ… އަހަރެންގެ ނުކިޔަމަންތެރި ހިތް އަހަރެން ދަމާ ނައިނާ ގާތަށް ގެނައީ…” ހައިޒަލްގެ އަޑުގައިވީ ހާސްހިތާމައާއި އެލޮލުގައިވީ އަސަރަކުން އެލޮލުގެ ތެރެއަށް ގަންބާލާނެއެވެ.
“އައި ވޯޒް ވޮރިޑް… ސޯ ވޮރީޑް އެބައުޓް ޔޫ… އައިމް ސޮރީ…” ހައިޒަލްގެ އަޑުގައިވީ ވޭނާއި ރިހުމުން ނައިނާގެ ހިތަށްވެސް ތަދުވިއެވެ. ހައިޒަލްއާއި ދިމާލަށް ގޮނޑި އަނބުރާލިއިރު އެލޮލުގެ ތެރޭ ކަރުނަތިކިތައް ވިދަމުންދިޔައެވެ. އޭރު ހައިޒަލް އިނީ ނައިނާއާއި އެއްހަމަޔަކަށް ތިރިވެލައިގެންނެވެ.
“އަހަރެން ހާސްވީވަރު ހައިއަށް އިނގޭތަ؟ ކީއްވެ ކޮންމެ ފަހަރަކު އަހަންނަށްޓަކައި ހައިގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަނީ… ހައިއަށް ކަމެއްވިނަމަ..” ނައިނާގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތަކާއިއެކު ހައިޒަލްގެ ގައުން އަތުތެރެއަށް ބޮޑިވިއެވެ.
“ނައިނާއަށް އަނިޔާއެއްވާން ބޭނުންނުވާތީ… ދުނިޔޭގެ ކޮންމެ އެއްޗަކަށްވުރެ ނައިނާ މުހިންމުވީތީ…” އެއިން ކޮންމެ ޖުމްލައެއް ނައިނާގެ ހިތުގެ އެންމެ ފުނަށް ވާސިލްވީއިރު އެ ރީތި ލޮލަށް ޖަމާވި ކަރުނަތައް އެ ބަރުއެސްފިޔަތަކަށްވެސް ކުޅަދާނަ ނުވެގެން ތިރިއަށް ފައިބަން ފެށިއެވެ. އެސުވާލު ކުރިއިރުވެސް ޖަވާބު ލިބިދާނެކަމުގެ މާ ބޮޑު އުންމީދެއް ނައިނާ ނުކުރެއެވެ. އެހެންފަހަރުތަކެކޭ އެއްގޮތަށް ހައިޒަލް ހަނުހުންނާނީކަމަށް އޭނަ ހީކުރިއެވެ.
“ފިޒިކަލީ ލިބޭ އަނިޔާއަކީ އެކަނި އަނިޔާކަމަށްތަ ހައިއަށް ހީވަނީ… އަހަރެން ސަފަރކުރާވަރު… ހައި ތިދޭ އަނިޔާ އެތައް ގުނައެއް ވޭންދެނިވިކަން ހައިއަށް ނޭނގެނީތަ… އަހަރެން މޮޔަވެދާނެ…” ނައިނާގެ ކޯތާފަތްމަތިން ކޯދުލާފައި ކަރުނަތައް ދެމުނުއިރު ހައިޒަލްއަށް އެތަން ދެކެން ހުރެވުނީއެވެ. އެންމެ ފަހުން ތުންފަތުގައި ދަތްއަޅާލިގޮތަށް ނައިނާ ގެނެސް މޭގާ ޖައްސާލަމުން ނައިނާގެ އިސްތަށިގަނޑުގައި ތުންފަތްޖައްސާލިއެވެ.
“އަހަންނަށް މައާފުކުރޭ… މިލޮލުން ކަރުނައޮހޮރުވަމަކީ އަހަރެން ކުރަން ބޭނުންވާކަމެއް ނޫން… އެއަށްވުރެ ބޮޑަށް އަހަންނަށް މިކަރުނަތައް ޕްރެޝަޝް…” ނައިނާއަށް ވަގުތުން އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލެވުނެވެ. އެއާއިއެކު ދެން ހައިޒަލް ކޮށްލީ ނައިނާ ހީވެސްނުކުރާކަމެކެވެ. ނައިނާގެ އިސްތަށިގަނޑުގެ ތެރޭ އަތްމަހާލިގޮތަށް އެ ތުންފަތަށް ބޮސްދިނެވެ. ހައިޒަލްގެ ހޫނުނޭވާއާއި އެ ބީހިލުންތަކާއިއެކު ނައިނާގެ ލޯމެރިގެންދިޔައިރު ކޯތާފަތުގައި ކަރުނަތައް ދެމުނެވެ.
“ނައިނާ ބުނެބަލަ އަހަރެން ހަދަންވީގޮތެއް.. މައާފަށް އެދިފައި ދުރަށްދާންވީތަ؟ ނޫނީ އަހަރެން ވާލޯބި އަންގަދޭންވީތަ؟” އިރުކޮޅެއްފަހުން ނައިނާ މޫނުން ހައިޒަލް އަތްދޫކޮށްލިއިރު އެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތަކާއިއެކު އެލޮލުން ފާޅުވަމުންދާ ވިދުވަރު ތަފާތުވެފައިވިއެވެ.
“ހައި…” ނައިނާ ގަބޫލުކުރަންދަތިވިއެވެ. އޭނަގެ ކަންފަތައް އިވުނު ބަސްތައް ގަބޫލުކުރުމަކީ ފަސޭހަކަމަކަށްނުވިއެވެ. ހިތުގައި އޮންނަ އިހުސާސެއް ދުލާއި ހަމަޔަށް ގެނައުމަކީ މިވީހާތަނަށްވެސް ހައިޒަލް ކުރިކަމެއްނޫނެވެ. މިއަދު ހާލަތު ބަދަލުވެފައިވާއިރު އެ ބަސްތައް ހައިޒަލްގެ ދުލުން އިވިދާނެކަމަށް އޭނަ އުއްމީދުކުރާކުރުން ހުއްޓާލިތާ ކޮންދުވަހެއްހެއްޔެވެ؟
“ނޫން…” ހިތުގައި ހިނގާލި ފޮނި އިހުސާސްތަކާއިއެކުވެސް ހަގީގަތް ނައިނާގެ ހިތަށް ގަދަވެގަތްއިރު ނައިނާ ހައިޒަލްއަށް ފަސްދިނެވެ. އެއީ އަޑުއަހާލަން ބޭނުންވާ ބަސްތަކަށް ވެދާނެއެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. މިއަދު އެ ބަސްތަކުން ބަދަލުވާނޭކަމެއް ނޯންނާނެއެވެ. ވަގުތު ފާއިތުވެއްޖެއެވެ.
ހިނދުކޮޅަކަށް ނައިނާ ސިކުނޑި ގާވިއެވެ. ލޯމައްޗަށް ސިފަވެގެންދިޔައީ އެކި ދުވަސްތަށް މަތިން ހައިޒަލްގެ އަމަލްތަކެވެ. ކުއްލިއަކަށް ހައިޒަލް އޭނަ ދޫކޮށްލިގޮތެވެ. ގެނބުނު ރޭ ސަލާމަތްކުރަން އައިގޮތެވެ. އަލިފާންގަނޑު ތެރޭ ނައިނާއަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ވައްޓާލިގޮތެވެ. ނައިނާގެ ދުނިޔެ އެނބުރިގަތްހެން ހީވިއިރު ގޮނޑީގެ އަތްގަނޑަށް ބާރުކޮށްލެވުނެވެ.
މިހުރިހާ ދުވަހު ހައިޒަލްގެ ލޮލުން ފޮރުވުމެއްނެތި ފެންނަމުން ދިޔައީ ލޯބިކަން ނަގައިގަންނަން އޭނައަށް ނޭނގުނީއެވެ. ދުލުން އެއްބަސްނުވެ އަމަލުން ލޯބި ދެއްކިދާނެކަން ނުވިސްނުނީއެވެ. ނައިނާ ހަށިގަނޑުވެސް ލޭހިނގުންވެސް ހުއްޓުނުފަދައެވެ.
“ޕްލީޒް… އިތުރަށް އަހަންނާއި ދުރަށްދާން ނައިނާ މަސައްކަތްނުކުރޭ… އަހަރެން ނައިނާ ބޭނުން… އެހެންމީހުން ކިޔާނެހާ އެއްޗަކަށް ކެތްކޮށްގެން އަހަރެން އުޅެންވީ ކިހާ ދުވަހަކަށް… ނައި އެގޮތަށް ފެނުމުން އަހަރެންގެ ހިތަށް ވީގޮތް އިނގޭތަ… ދެން ބޭނުމެއްނޫން ދޫކޮށްލާކަށް… އައި ލަވް ޔޫ….” އެ ބަސްތައް ދުލުން ބޭރުނުކޮށް ހައިޒަލް ލައްކަކެތްކޮށްފިއެވެ. އެރޭ އޭނަގެ ހިތަށް ވެރިވި ބިރުވެރިކަން ދުވަހަކު ހިތުންނުފިލާނެއެވެ. ދެލޯމެރެމުންދިޔައިރުވެސް ނައިނާއަށް ކަމެއްވެދާނޭކަމުގެ ބިރަށް އޭނަގެ ހިތް ތެޅިފޮޅުނެވެ. އޭނަގެ ހިތުގެ ހާލު ނޭނގި ނައިނާ އޭނައާއި ވަކިވާން ހިތްވެސް ދެކޮޅުހެދީއެވެ.
ހައިޒަލް ނައިނާގެ ފަހަތުން ބައްދާލަމުން ވާހަކަދަނިކޮށް ސިހުމެއް ލިބުނީ ނައިނާ ދުރަށް ގޮނޑި ދުއްވާލުމުންނެވެ.
“ނޫން… ތިއީ ހައި ބުނާ އެއްޗަކަށްނުވާނެ… އަހަންނަށް މިކަން ނޭނގުނުނަމަ މާ ރަނގަޅުވާނެ… ހައިއަކީ މިހާރު މީހެއްގެ ފިރިއެއް… ސިސް… ޝީޒް ޕްރެގްނެންޓް…” ނައިނާ ގޮނޑި ފަހަތަށް ދުއްވާލަމުން ބޯހޫރާލިއިރު އެލޮލުގައި ކަރުނަވިއެވެ. އޭނަ އަހާލަން ބޭނުންވި ބަސްތައް އެތައް ދުވަހެއްފަހުން އިވުނީ އެންމެ ވޭންދެނިވި ގޮތަށެވެ. އޭނަގެ އަނދިރިވެފައިވާ ހަޔާތް އިތުރަށް އަނދިރިކަމަށް ހައިޒަލް ގަންބާލީއެވެ. އެ ޖުމްލަތަކުން ނައިނާގެ ސިކުނޑީގައި ތޫފާނެއް އުފައްދާލިއިރު އެތައް ފަހަރަކު އޭނައަށް އެކަން ނޭނގުނުނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އޭނަ އަމިއްލައަށްވެސް ސިކުނޑިއަށް ބާރުލާ ވިސްނާލިނަމަ އެކަން ނަގައިގަނެވުނީހެވެ. ނައިނާ ފާޑަކަށް ހިމޭންވީއިރު އެލޮލުން ކަރުނަ ނޫން އެއްޗެއް ނުފެނުނެވެ. އޭނަގެ ހުވަފެންތައް އޮޔާލިއިރު އޭނައަށް އެކަން އިނގިގެން އުފަލެއް ލިބިދާނެހެއްޔެވެ؟
ނައިނާ ދުރަށް ގޮނޑި ދުއްވާލަން އުޅުމާއިއެކު ހައިޒަލް އެ އަތުގައި ހިފަހެއްޓިއެވެ.
“ހައިޒަލް… ޕްލީޒް ވާންނެތްކަމަކަށް އަހަންނަށް އުންމީދު ނުދީބަލަ… މިއަދުތަ ހައިއަށް އަހަރެންދެކެ ލޯބިވާކަން އިނގުނީ… އަހަރެން ކިހިނެތް ގަބޫލުކުރާނީ… ހައި ކިތަށްފަހަރު ކިތައްގޮތަކަށް ވާހަކަދައްކާނަން… އަހަރެން ގަބޫލެއްނުކުރާނަން… ހައި ދޭ… އަހަރެން ބޭނުމެއްނުވޭ ހައިގެ ކުޑަ އާއިލާގެ ތެރެއަށް ވަންނާކަށް… އަހަރެންގެ ސަބަބުން ހިތްހަލާކުވާން ތިބި މީހުން މާ ގިނައެއްނޫންތަ؟ ޕްލީޒް ހައި މިތަނުންދޭ… އަަހަރެމެން ދެމީހުންގެ ދެމެދު އިތުރު ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން…” ނައިނާ ހައިޒަލްގެ އަތުގެ ތެރެއިން އަތް މިނިވަންކޮށްލަމުން ހައިޒަލްއަށް ފަސްދިނެވެ. އެދެމެދުގައި އިތުރު ގުޅުމަކަށް ފުރުސަތު ނުދޭން ނިންމައިގެން ހުއްޓަސް ހައިޒަލް ފެނުމާއިއެކު އޭނަގެ ހިތް މިސްރާބުން ދީލައިލައިގެން ދަނީއެވެ. ހައިޒަލް އޭނަގެ ކުރިމަތީ އުޅޭހާ ދުވަހަކު އޭނަގެ ހިތް އަމިއްލަ ބާރުގެ ދަށުގައި ބޭއްވޭނޭ ކަމެއް ނޭނގެއެވެ. އަމުދުން ހައިޒަލް އޭނަދެކެ ލޯބިވާކަން އިނގުމަށްފަހު އޭނަގެ ނުކިޔަމަންތެރި ހިތް މައިތިރިކުރެވިދާނެ ހެއްޔެވެ؟ އޭނަގެ ހަށިގަނޑުތެރޭ ވިންދުޖެހިޔަސް އޭނަގެ ހިތަކީ ހައިޒަލްގެ ބާރު ހިނގާ ގުނަވަނަކަށް ވެގެން ހިނގައްޖެއެވެ.
ހައިޒަލް މާޔޫސްވެފައި އިރުކޮޅެއްވާންދެން ނައިނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެއެވެ. އެއާއިއެކު ދުރަށް ހިނގައިގަތްއިރު ދުރަށްދަމުންގޮސް ފިޔަވަޅުގެ އަޑުކެޑިގެންދިޔުމާއިއެކު ނައިނާ ހައިޒަލްއާއި ދިމާލަށް ނުބަލަން އަމާޒުކަނޑައަޅައިގެން ހުރެފައިވެސް ފަސްއެނބުރި ބަލާލެވުނެވެ.
*** *** *** *** *** ***
ދެހަފްތާވާންއުޅެނިކޮށް ހައިޒަލް ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. މެންދުރުވާންއުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ބީއެމްޑަބްލިއު ކާރު ޑްރައިވްވޭމަތިންލާފައި ވިންޓަރ ބްރީޒްގެ ގޯތިތެރެއަށް ވަދެގެން ދިޔައެވެ. ފެންޑާ ކުރިމައްޗަށް އެ ކާރު ހުއްޓާލިއިރު ފަހަތުން އައި ކާރު މަޑުކޮށްލީ ފަހަތުގައި ކަހަލަ ގޮތަކަށެވެ. ބީއެމްޑަބްލިއު ކާރުގެ ކުރީ ސީޓްގެ ދެފަރާތުގެ ދޮރުހުޅުވާލަމުން އެކުއެކީ އަލްހާންއާއި ރިހާނާ ފޭބިއިރު ފަހަތުގައި އޮތް ފެރާރީ ކާރުން ހައިޒަލްއާއި ޝަލީން ފޭބީއެވެ. އަލްހާންގެ ދެމަފަރިން ގެއަށް ވަދެގެން ދިޔައިރު ހައިޒަލް ވަށައިގެން ނަޒަރު ހިންގާލީ އެތައް ދުވަހެއްފަހުން ގެއަށް އާދެވުނު ފަދައަކުންނެވެ. އޭނަގެ ހަނދާންތަކާއި ކޮންމެ ހިއްސެއް ވަކިން ތޫނުވެފައިވާހެން ހީވެއެވެ. މިއީ އޭނަގެ އެންމެ ކުޑައިރުއްސުރެ އުޅެމުންދިޔަ ގެއެވެ. އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ އުނދޯލިގެއާއި ބޮޑިބޮޑިއަށް ޖަހާލެވިފައިވާ ގަސްތަކަކީ އޭނައާއި ޝާދީން ކުޅެ އުޅުނު ތަންކޮޅެވެ. އުނދޯއްޏަށް އަރައިގެން ޔާންއާއިއެކީ ސަކަރާތްޖެހި ހަނދާންވިއެވެ. ދެމީހެއްގެ އަތުގައި ހިފައިލައިގެން ފުންމަމުން އައިސް ގެއަށް ވަތް މަންޒަރު ފަޑުގޮތަކަށް ލޯމައްޗަށް ސޫރަވެލިޔަސް އެދެމީހުންނަކީ ކޮންބައެއްކަން ފާހަގަކުރާކަށް ނޭނގުނެވެ. އެހެންފަހަރުތަކޭ އެއްފަދައިން މޫނު ފެނުނީ ސާފުނުވާހާ ފުސްކޮށެވެ. އިޒްކާން ބުނާގޮތުން ވިއްޔާ އަދިވެސް އޭނަގެ ހަނދާންތަކުން އެއްބައި ނާންނަނީއެވެ.
“ވޯވް… ދެއަރ އިޒް ނޯ ޗޭންޖް ޓު ދިސް ޕްލޭސް އެޓް އޯލް…” ހައިޒަލް ވާހަކަދެއްކިއިރު އެތަށް ދުވަހެއްފަހުން ބްރީޒް ވިއުއަށް އާދެވުނީހެން ހީވިއެވެ. ޝަލީންއަށްވެސް އެބަސްތަކުގެ މާނަ ފަހުމްނުވެގެން ހައިޒަލްއަށް ދިމާލަށް ބަލާލިއެވެ. އޭރު ހައިޒަލް ހުރީ ވިންޓަރ ބްރީޒްގެ އިމާރާތަށް ނަޒަރު ހުއްޓާލައިގެންނެވެ. އަލްހާން އެ އިމާރަތަށް ގެންނަވާފައިވާ ބައެއް ޒަމާނީ ކުލަވަރުތައް ނޫން ބަދަލެއް މުޅި އިމާރާތުންވެސް ނުފެނެއެވެ.
ހައިޒަލް ފެންޑާއިން ލާފައި ގޮސް ލިވިންރޫމްއަށް ވަނެވެ. އެތަށް ފަހަރަކު ވަދެ ނިކުމެ ހަދާފައިވިޔަސް މިއަދު އޭނާއަށް ކޮންމެ މަންޒަރެއްވެސް ފެނުނީ ތަފާތުކޮށެވެ. އެތަކެއް ހަނދާންތަކެއްގެ ގޮތުގައެވެ. ލިވިންރޫމްގެ މެދަށްވާ ބޮޑު ސިޑިން ދުވެފައި ފައިބާ މަންޒަރު ލޯމައްޗަށް ފެނިލިއެވެ. ކޮންމެ ކަނަކުން އާވީ ކުރީގެ ހަނދާންތަކެވެ. ހަނދާންތަކާއިނުލާ ހުސްހަށިގަނޑެއްގެ ގޮތުގައި އޭނަ ހާދަ ގިނަ ދުވަހެއް ހޭދަކޮށްފިއެވެ. އެކަމު އޭނަ އަދި މިހިރީ ހަނދާންތައް އެނބުރިއައިކަން އެންމެންނަށް ސިއްރު ކޮށްލައިގެންނެވެ. މިހުރިހާކަމެއް އޭނާއަށް ސިއްރުކޮށްފައި އޮތްއިރު އެކަމުގެ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ.
“ދެކުދިން އެއްވެސް އެއްޗެއް ބޭނުންތަ؟” ހައިޒަލް ސިޑިންލާފައި މައްޗަށް އަރަނިކޮށް އަޒުރާ ވާހަކަދެއްކިއަޑު އިވުނެވެ. އޭރު ޝަލީން އިނީ ވަރުބަލި ފިލުވާލަންވެގެން ސޯފާގައި އިށީދެލައިގެންނެވެ. މިވޭތުވެދިޔަ ހަފްތާ އެކީހެން ހޮސްޕިޓަލުގައި އުޅެންޖެހުމުން ޝަލީން އިނީ ލޮނޑުވެފައެވެ.
“އަޒޫދައްތަ އަޅުގަނޑަށް ލެމަނޭޑްއެއް ތައްޔާރުކޮށްލަދީ…” ހައިޒަލް މައްޗަށް އަރައިގެންދަމުން ބުނެލުމާއިއެކު އަޒުުރާއަށް ވަގުތުން ދެލޯބޮޑުކޮށްލެވުނެވެ. “އަޒޫދައްތަ”އަކީ ހައިލާ ހައިޒަލް ލައްވާ އޭނައަށް ކިޔުއްވިގޮތެވެ. ހައިލާ އެމީހުންނާއި ވަކިވެގެންދިޔަފަހުން ހައިޒަލް އޭނައަށް އެގޮތަށް ގޮވާލާފައެއްނުވެއެވެ.
*** *** *** *** *** ***
ޝަލީން އިސްތަށިގަނޑު ޝޭމްޕޫކޮށްލައިގެން ބާރތްރޫމްއިން ނިކުމެގެން އައުމާއިއެކު ލެވެންޑަރގެ ލުއި ލުއިވަހުން ކޮޓަރިތެރޭ ހުވަނދުލެވުނެވެ. ދަނބުއަލިން ދިއްލާލެވިފައިވާ ކޮޓަރި ބޮޑުވެފައި ފުރިހަމަކަމުން ހޮޓެލްގެ ސުއިޓްއަކާއި ތަފާތެއްނެެތެވެ. މެދުގައި ބޮޑު ކިންގްސައިޒް އެނދެއް ބަހައްޓާލެވިފައިވާއިރު އެއްފަރާތުގައި މަޑުމަޑު ސޯފާތަކެވެ. ބެލްކަންޏާއި ކުޑަދޮރުތައް ވަނީ ދަނބުކުލައިގެ ބޯ ފަރުދާތަކުން ނިވާކުރެވިފައެވެ. މަހުމާގެ މަޑު ސޯފާގައި ކަފަ ރަޖާގަނޑު ތެރެއަށް ވަދެ ހައިޒަލް ނިދާލައިފައި އޮތެވެ. ތެމިފައިވާ އިސްތަށިގަނޑު ފަހަތައް ގެންގޮސް އައްސާލަމުން ޝަލީން ހައިޒަލްގެ ގައިމަތިން ކެހިގެންގޮސްފައިވާ ކިލްޓު ރަނގަޅުކޮށްލަން ސޯފާއާއި ކައިރިވެލިއެވެ. އެވަގުތު ހައިޒަލް ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ޝަލީން ހައިޒަލްގެ ހަރަކާތްތަށް ދެގެނަންނަފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލްގެ ގައިމަތީ އޮތް ކިލްޓް ރީތީކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. ސައިޑް ލޭމްޕްގެ އަލި މަޑުކޮށްލުމަށްފަހު ޝަލީން އަނެއްފަރާތަށް އެނބުރުގަޑީގައި ހައިޒަލް ޝަލީންގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއިއެކު ހައިޒަލް ކިޔާލި އެއްޗަކުން ޝަލީންގެ ބޮލަށް އެނބުރުން އަރަައިގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
80 Comments!
Comments are closed.






Yey me first dhw..bala bala indha thi upkohlyy
heheheh yeah
kuda break akah fahu 58 vana part up kurevifa mi othy… mi bayah inthizaaru kuri hurihaa kudhin nah shukuru adhaakuran adhi ekudhinah mibai haahsa kohlan.. umeedhu kuran kamudhaane kamah.. comment kohlahjeyy.. 59 vana part aai eku buraasfathi dhuvahuge rey bahdhalukohlaanan.. baahjaveri reakah edhen…
Alheyy Thursday night ge kurin nuvaanetha? Mi vaahaka ah wait kh kh moya vaa varu vejje.. ekam ingey dhiraa bunaa dhuvahah genesdheynekan.. miadhu heevee adhi maa dhigu hen.. iru iru kolhaa balaalevey up vithw.. btw story is awesome.. love this part ❤❤
thnks
thanks
dhiroo cover pic badhal kohlan feney shaly and mayaan vex fenna gothah
winkie angel dhiraves huree vaki hisaabakun cover pic badhlalukuran.. but phone halaaku vefa othyma nuvefa mihuree.. phone libunuhaa avahah kohlaanan ingey
V v rythi mi part vec..I’m speechless.. v kiyaa hithun indha nimuny mi bai vec…Also I really like sis sifakurun goiy…mihaa gina dhuvas kohfa vec long part eh kiyaalan libunyma v v ufaavehje…nd haizal ge handhaan enburi aee dhw..yey..Nd also
I’m really curious to read next…waiting curiouslyyyy..nd yeshh…keep up the good work ingey dhoognaa..God bless u..ly more ♥♥????
thnks dear
Vv reethi mi part ves… V curious vefa mi huree???????? Waiting for Thursday night… Love you so much dhiraa
thnks dear
Wow Varah reethi mi part ves
thnks
❤️
thnks
Oh.After a long time. Wellcome back dhiraa. This part is just amazing.?????????i really love it.????????????☺????u are the best writer i ever have seen. Keep it up. Good luck for next part.?????❤?????????????????????????????waiting to read the next.
thankss dear.. really happy to see such a colourful and lovely comment… and it means a lot to me.. keep waiting for tonight
Varah reethi???
thankss dear
Ohhh dhiraaaa thank you ?how was your exam ? vaahaka vrh vrh kamudhey next part ah vrh inthizaaru kurevey… Dhiraa ge fan akah vejje Hama ??
your welcome.. exams varah ragalhah dhiyaee.. next part ah kuda kuda inthizaareh kohlamaaa… varah ufaa vehjeee fan akah vehjje eyyy buneema… thanks dear
Binmaa Ibrahim men dhaskuran ebajehey emme folhuvathehen vaahaka nugenesdhee Dhiraa kahala liyuntherin gotha dhigukoh vaahaka genesdheyn. Dhiraa kurin konme dhuhuku vaahaka up kurey. Ummeedhukuran binmaamenge footstep balaigen nuhingaa kurin genesdhingothah konme dhuvahaku genesdheynekama. ??
sorry dear dhira exam ah medhu kadaalaafa feshymi ehenve kuda delay eh aee.. dhen konme dhedhuvahakun eh dhuvahaku vaahaka up vamun dhaanee.. up nukurevenyaa dhiraa angaalaaanan.. thankss dear
We really missed you. Hope you did very well in ur exam. We wish you all the best for your exam.!
Mi part ves varah varah reethi.
Waiting for next part.
dhiraa ves varah miss vi thi hurihaa kudhin mathin.. thankss dear.. keep waiting for tonight
Mi vaahaka up veythw nunidhaaa nukai nuboi mionnanee . naseeebakun vaahaka up vehjje . alhugadu heekuree dhen mivaahaka up nuvaaane kamah. V v v v v habeysss mi storyyy . Alhe dhen thankolheh avahah up kodhehchey dhiraaa ????❤❤❤❤❤
alhe.. dhiraa medhukadaaleekee nooney exam ah break eh negy.. thankss dear.. keep waiting for tonight
Vaahaka v ves reethi, kiyan indhaa nimun iru nuves engun…. Waiting for the next part
thanks dear.. keep waiting
Najma Najuma Mohamed mivaahaka kiyantha.. Vvv reethi vaane
Inaasha Moosa nukiyan
Najuma Mohamed eves v v reethi
thankss dear
adhi 1 prt genasdheeba miry… vrh vry kiyaahithun plz,??
dear mirey up vaanee 59 adhi kudakoh keih kohlaaa
Okay finally up vejje thanks a lot dhiraa inthizaarah nimumeh genesdhineema varah furihama ??
anytime dear.. thankss hai
dhira soo touching.waiting waiting …….
awwn happy to hear.. wait a little longer
vaahaka varah rythi…kiyaa hithun indhaa nimuny waiting for the next part curiously..hyvany hama loa kurimahcha sifa vaahen vaahaka kiyaa gadyga ehaa vx touching story eh..
thankss dear.. im really happy that you liked it so much.. it means a lot to me
Adhi kitha part baa varah nice
10 ah vure dhigunukuran ninmaigen dhira mihuree.. dhen neynge vaane gotheh.. eah vure dhiguves vedhaane.. thankss dear
online site in kiyai leve emme reethi vahaka <3
thankss dear.. dont know how to express how happy i am to hear that.. means a lot me
hama habbu. Dhiraa sis haadha gadhey dho vaahaka liyan.Ingey busy veemakan vaahaka ehaa avahah up nuvany.
Thursday ga dho next part
Will be waiting
thankss dear.. really happy that you like it so much.. thankss for being so understanding rai..yes hopefully will be meeting with next episode tonight
” Nai nudhey durah I love you soo much”
hai ge dialogue jahsaalaafa tha miothy.. hehehe
V v reethi mi vaahaka. Insha Allah Thursday ga kiyaalan libeynekamah mi madukurany next part.
thankss dear.. so happy to hear that.. Insha Allah mirey up kohladheynan
Oh… Maashaa Allah… its amaizing… Supurb ey hama buneveyny… Kyp going darla… Luv ya???????
owwn.. you made me speechless.. thankss dear.. so happy to have a reader like you
Jiji dr.. I ve replied to ur to comment…. Fevifaa thinan veyey mihithugaa… E story ah..
Sry goas stry akah mi comment kurevuny
Enme hihthelhilaa vaguthu kolhah mi nimenee?
Very happy now mayaan ah and hai ah fight jahsayn vaaane molheh nehkan visnuneema
Sis mivaahaka fotheh gothah publish kuran v nun?
EKM EHKOH NIMUNEEMA INGEY.. ehn nooni vrh inthizaaru kuran jeheyne
heheh.. hiyy thelhey gothakahnu ninmaalan vaanee.. mayaan ah visnunee eyy mihaaru.. then story ninmaafa ehnu thikamaa visnaanee… yes dear.. Insha Allah mivaahaka ehkoh mi site ah up kuraanan… thankss dear for the support
veel chair ga isheedhegen innna iru fahathun ehaa loabin bahdhaalee kihineh tha. gondiyaa ekeegatha
actually i wrote the scene naina standing near the window when haizal hugged her.. but i changed it to a hospital scene and edited and forgot to bring a change.. its now corrected happy that you pointed it to me
Sorry for late comment????but story Hama Habeys????
its okey dear.. happy to see your comment.. thankss darla
Dhiraa..varah reethi mi partves..?
Malko vex kiyan tha. Mee ehkala vernon ingey. But mi story ga beynun kuranee dream
thankss dear.. im a regular reader of your stories.. really like how you bring it.. keep going with your work
Azker is mad in this story.. She gonna die if something happen to haizal ..dhw azker
Of course haizal is my life if anything would have happened to him I’ll be dead….
haizal fans tha miulhey.. hehehe… azker naina will be so mad to hear that
hehe.. hai eii aharenge meeheh.. hai libeyne kamaah hithah ves naaru vaathi
hai akee magey meeheh…. ehuree firiyakah hadhaafa.. dhen ma dhookurihyaa ehnu naii ah libeynee.. dhookurumuge ehves visnumehneih.. sorry my baby sis
Rangalhu vaanee thi in ekakah vex hai nulibuniyya.so i coul laugh like any thing.lol??????????????????
shalee and nai vaahaka in funmaalaigen aistha miulheny.. mihaaru dhira ah ves olhihje hai dheyvee kaakah kan.. dream buni gothah ekakakahves nudheyvee dhw.. hai ah ehen girl eh hoadhaanee
Love it
thankss dear
Haizal ah kiyeynee Naina ge man dgo
yeah dhww
Bunedheyshey ruhemey??????? Bunaanekamehneh ruhemey
?????
dhw.. but its up to the leads to whether to say it or not
salhi