ބުރޭކްގަޑި ނިމި ކުލާސް ގަޑި ފެށޭ ބެލްޖެހުމުން ޒާޔާއާއި ޒިޔާން ކުލާހަށް ދިޔައެވެ. ޒިޔާން ޒާޔާއަށް ވުރެ ދެ އަހަރު ބޮޑުވެފައި އޭނާއަކީ ސައިންސު ދަރިވަރެއްގެ ކަމުން ޒާޔާއާއި ޒިޔާން އުޅެނީ ދެ ކުލާހެއްގައެވެ. އެކްސްޓްރާ ކުލާސްތަކާއި މީޓިންގްސް ތަކުގަޔާ އެހެނިހެން ހަރަކާތްތަކުގައި ކުދިންތައް ހަރަކާތްތެރިވެ އުޅުނެވެ. ރަސްމީ ގަޑިތަކުގެ ކިޔެވުން ނިންމާ ލުމަށްފަހު ޒާޔާ ދިޔައީ ޑްރާމާކުލާހަށެވެ. ޑްރާމާ ކުޅުމަކީ ޒާޔާ ދެން އެންމެ ކުރާހިތްވާ ކަމެވެ. އޭނާއަކީ ޑްރާމާ ކުލަބްގެ ރައީސާއެވެ.
“އޭތް ޒާޔާ އާދެބަ…” ކުލާހުގެ ދޮރުން ވަދެގެން އައި ޒާޔާ ފެނިފައި ރިޔާޝާ ބުންޏެވެ. ރިޔާޝާއަކީ ޒިޔާންއާއި ހެދި އުޅޭ ކުދިންގެ ލިސްޓުގެ އެންމެ މަތީގައި އުޅޭ ކުއްޖާއެވެ. ޒާޔާއާއި ޒިޔާން ރައްޓެހިވެގެން އުޅޭތީ ރިޔާޝާ އަބަދު ހުންނާނީ ޒާޔާއާއި ޖައްސާލާފައެވެ. “މާދަމާއަކީ އަހަރެންގެ ބާރތުޑޭ.. އެހެންވީމަ އަހަރެން ބޭނުން ޒާޔާއާއި ޒިޔާންއާއި ދެމީހުންވެސް އަހަރެންގެ ޕާޓީއަށް އަންނަން… އަން މިއޮތީ އިންވިޓޭޝަން ކާޑު.. ޕާޓީ އޮންނާނީ މާދަމާރޭ އަށެއް ޖަހާއިރު ލެމަންގްރާސްގަ… އެން ޔޭސް ވަން މޯ ތިންގް… ޕާޓީގެ ތީމްއަކީ ޑިޒްނީ ޕްރިންސޭސެސް… އަހަރެން ވާނީ ޖޭސްމީންއަށް… ޕާޓީގެ ފޯރި ގަދަކޮށްލަން ދެމީހުން ދޭތެރެއިން އެންމެ ރީތި މީހެއް ބަލަން ޖެހޭނެއްނުން ކޮންޕެޓިޝަން އެއް ބާއްވަން… މޮޅު ވާމީހަކަށް ލިބޭ ގިފްޓަކީ ކޮލެޖުގައި ހުރި އެންމެ ހޭނޑުސަމް ކުއްޖާއާއި ކިސް ކޮށްލުން…އިފްޔޫ ޑޯންޓް މައިންޑް ޒާޔާ” ރިޔާޝާ ވަރަށް ވާދަވެރިކަމާއި އެކު ބުނެލިއެވެ. އަސްލު އޭނާގެ މަޤުސަދަކީ ޒިޔާންގެ އެޓެންޝަން ހޯދާ ޒާޔާއަށް ވުރެ އޭނާ މާ ރިތިކަން ޒިޔާންއަށް އަންގައިދިނުމެވެ.
އޮފް ކޯޒް ސްވީޓީ… އައިވިލް ޑެފިނެޓްލީ ބީދެއާ… ޒާޔާ ވެސް ބޭނުމޭ ރިޔާޝާ ކިހާ ފެންވަރެއްގެ ޕާޓީއެއް ބާއްވާތޯ ބަލާލަން.. ކޮންތަނަކުގައޭތަ ރިޔާޝާ ބުނީ ޕާޓީ އޮންނަނީ.. ލެމަންގްރާސްގައޭ ދޯ… ޑޫޔޫ ރިމެންބާ މައި ލާސްޓް ބާރތުޑޭ… ޒާޔާގެ އެންމެ ފަހުގެ ބާރތުޑޭ އޮތީ ކުރުނބާ އައިލެންޑް ރިސޯޓުގައި އެންޑް އޭގެ ކުރިން ދިޔަ ބާރތުޑޭ އޮތީ ފައިވްސްޓާރ ހޮޓަލްއެއްގަ..އޭގެ ކުރިން ދިޔަ ބާރތުޑޭ އަށް ރާއްޖޭގެ ހުރިހާ ސެލެބްރިޓީސްތައް އާއި… އެންޑް އައިއޭމް ޝުއާރ ރިޔާޝާއަށް އެހާ ފެންވަރު ރަނގަޅުކޮށް ޕާޓީ ނުބޭއްވޭނެކަން… ކޯޒް ޔޫ ކާންޓް އެފޯޑް އިޓް… އޯން، ޕުއާ ގާލް…އެންޑް ޔާ، ކަމިން ބެކް ޓުޔޮއާ ޗެލެންޖް… ޒިޔާންއާއި ކިސް ކުރުމަކީ އަހަންނަށް އާ ކަމެއް ނޫން… ބަޓް ސްޓިލް ބާރތްޑޭގާލްގެ ވިޝް ފުރިހަމަ ކޮށްދޭން ޖެހޭނެއްނުން… ސޯ ޗެލެންޖް އެކްސެޕްޓެޑް” ޒާޔާ ވެސް ރިޔާޝާއަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރިއެވެ.
އަހަން.. މީ ކޮންކަމެއްތަ.. ” ސަމާ އައިސް އެމީހުން ގާތުގައި ހުއްޓިލަމުން އަހާލިއެވެ. ސަމާވެސް އުޅެނީ ޑްރާމާ ކްލަބްގައެވެ.” މިއުޅެނީ މާދަން ރިޔަޝާގެ ބާރތްޑޭ ޕާޓީ އޮންނާތީ ޕާޓީ ކުޑަކޮށް ގްރޭންޑު ކޮށްލަންވެގެން… ރިޔާޝާ ބުނީ އަހަންނާ ރިޔާޝާއާއި ދެމެދުން އެންމެ ރީތި މީހެއް ބަލަން ޖެހޭނެއްނުންހޯ ކޮންޕެޓިޝަން އެއް ބާއްވަން… އަދި އެނގޭތަ މޮޅުވާ މީހަކަށް ލިބޭ އެއްޗެއް… އެންމެންގެ ތެރޭގައި ޒިޔާން އާއި ކިސް ކޮށްލުމުގެ ޗާންސް… ސަމާއަށް ހީވަނީ ކާކުހެންތަ މޮޅުވާނީ” ޒާޔާ އޭނާގެ އިސްތަށިގަނޑުން އިސްތަށިކޮޅެއް ޝަހާދަތް އިނގިލީގައި އޮޅާލަމުން ރިޔާޝާއާއި ދިމާލަށް ބަލަން ހުރެ އަހާލިއެވެ. “ތިދެން އަހާކަހަލަ ސުވާލެއްތަ… އޮފް ކޯޒް ޔޫ މައި ޑާލިން” ޒާޔާއާއި ދިމާލަށް ހީގަނެގެން ހުރެ ސަމާ ބުނެލިއެވެ. “އައްދެ.. ހާދަ އޯވަ ކޮންފިޑެންޓް ތިވަނީ… އޯވާ ކޮންފިޑެންސް އިޒް ނޮޓް ގުޑް ފޯރ ހެލްތު… މާދަމާ ރޭ އިނގިދާނެތާ ޒިޔާންއާއި ކިސް ކުރުމުގެ ޗާންސް ލިބެނީ ކާކަށް ކަން” ރިޔާޝާ ވެސް އޭނާ ގޮތްދޫނުކުރާކަން އަންގާލިއެވެ. ޒާޔާއާއި ރިޔާޝާ އެކަކު އަނެކަކަށް ވާދަވެރިކަމުގެ ނަޒަރަކުން ބަލާލުމަށް ފަހު ދިޔައެވެ.
“ސީރިއަސްލީ… އެ ރިޔާޝާގަނޑާއި ޒާޔާއާއި ދެމެދު ކޮންޕެޓިޝަން އެއް ނުބޭއްވިޔަސް ކޮންމެ މީހެއްވެސް ބުނާނެ ޒާޔާ މާ ރީއްޗޭ.. އައި މީން ޖަސްޓް ލުކް އެޓް ހާ އެން ލުކް އެޓް ޔޫ… ތި ދެމީހުން ދެމެދު އުޑާއި ބިމުގެ ތަފާތުކަން އެބަހުރި” ސަމާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރިޔާޝާއަށް މަލާމާތް ކޮށްލިއެވެ. “އާން.. އަދި އެއްވާހަކަ ބުނަން ހަނދާން ނެތިފައި މިހިރީ.. ޑްރާމާ ކްލަބްގެ ހެޑްމިސްޓްރެސް ބުނުއްވި މިކްލަބަށް އާ ކުއްޖެއް ވަންނަންށޯ އުޅެނީ… މިއަދު ހެނދުނު ނުވައެއް ޖެހިއިރު އެކުއްޖާގެ އޮޑިޝަންވެސް އޮތޯ… އަދި މިސް ބުނުއްވި އެކުއްޖާ ވަރަށް މޮޅޭ އެކްޓް ކުރަން… މިސް ބޭނުންވަނީ ކުރިޔަށް އޮތް ޑްރާމާ ވީކްގަ އޮތް ރޯމިޔޯ،ޖޫލިއެޓްގެ ރޯމިޔޯއަށް އެކުއްޖާ ހަދަން… މިސް ބޭނުންވޭ މިކަމުގައި ޒާޔާގެ ޙިޔާލެއްވެސް ބަލާލަން… އެވާހަކަ ބުނަން ވެގެން އަހަރެން ބުރޭކްގަޑިގަ ތި ކަމަނާ ހޯދާ ހޯދާ ވާޅުވިއިރުވެސް ނުފެނުން… ދެން ފެނުނީ ޒިޔާންއާއި އެކު ކެންޓީނުގަ މާފޮޅުވަން އިންދަ.. ތި ދެމީހުންނަށް އުނދަގޫ ނުކުރަން ވެގެން އަހަރެން އެވަގުތު ނުބުނީ” ސަމާ ލާނެއް ވައްތަރަކަށް ހީނގަތެވެ. “އޯ ޕްލީޒް… އަހަރެމެން މާނުފޮޅުވަމޭ… ހޫމް ބުނެބަލަ…… ކޮންނަމެއް ކިޔާ ކުއްޖެއްތަ އެއީ” ޒާޔާ ސަމާއާއި ދިމާއަށް ކަޅި އަޅައިގެން ތުންކޮޅު އޫކޮށްގެން ހުރެ އެހިއެވެ. “މިސް ބުނުއްވި ކޮންމެވެސް ރ އަކުން ފެއްޓޭ ނަމެއް… އެކަމު އަހަރެން މިހާރު ހަނދާނެއްނެތް” ދެ ބުމަ މައްޗަށް އަރުވާލަމުން ސަމާ ބުނެލިއެވެ. “ރ އަކުން ފެއްޓޭ ނަމެކޭ… މިއަދު ޒިޔާން އެއްކަލަ ކުއްޖާގެ ނަން ވެސް ބުނަން އުޅުނީ ރ އިން… މިއީ އަނެއްކާ އޭނަބާ” ޒާޔާ ހިތާއި ހިތުން ސުވާލު ކޮށްލިއެވެ. “އޭތް ބަލަ ކޮންކަމަކާއި ތަ ތިވިސްނަނީ… މިހާރު ޑޭ ޑްރީމިން ވެސް ކުރަން ފެށީތަ… ތިއީ ދެން ތަންކޮޅެއް ބޮޑުވަރު ކަންނޭގެ ޒިޔާންއާއި ދޭތެރޭ ވިސްނިއަސް” ސަމާ ދެފަރާތަށް ބޯ ހޫރުވަމުން އަނގައިން ޕިސް.. ޕިސް.. ލައްވަމުން ބުންޏެވެ. “ސާބަހޭ.. ސަމާ މިއަދު ހާދަ އަނގަ ގަދަ ވެގެން ތި އުޅެނީ… ދެން ހިންގާބަ އަވަހަށް ގެޔަށް ދާން… މިހާރުވެސް ވަރަށް ލަސްވެއްޖެ… އަހަރެން ވަރަށް ބަނޑުހައި ވެއްޖެ” ޒާޔާ ވާހަކަ އޮޅުވާލުމުގެ ގޮތުން ބުނެލިއެވެ.
ޒާޔާއާއި ސަމާއާއި ދެމީހުން ކާރަށް އެރިއެވެ. މިފަހަރު ޑުރައިވަރު ކާރު ދުއްވި ސްޕީޑް ބާރު ކޮށްގެނެވެ. ސަމާ ގެޔަށް ލައިދިނުމަށް ފަހު ޒާޔާ ވެސް އޭނާގެ ގެޔަށްއައެވެ. ގެއަށް އައިސް ވަންއިރު ފަވާޒްއާއި ހައްވާއާއި ދެމީހުން ސޯފާގައި އިށީނދެގެން ތިއްބެވެ. ހައްވާ އިނީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. ހައްވާ ހުރީ ސީދާ ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން ކަމުން އޭނާގެ މޫނު ޒާޔާއަށް ވަރަށް ރަނގަޅަށް ފެންނަށް ހުއްޓެވެ. ހައްވާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތަކުން ކަމެއް ގޯސް ވެއްޖެކަމުގެ ސިގްނަލް ދެން ފެށިއެވެ. އާދެ ލައްބަ އަޅުގަނޑުމެން މިކަން ބަލާލާނަން… ޝުކުރިއްޔާ… ވަޢަލައިކުމުއް ސަލާމް” ހައްވާ ފޯނު ކަނޑާލުމަށް ފަހު ޒާޔާ ގާތުގައި އޭނާ ކައިރިޔަށް އައުމަށް ބުންޏެވެ. ފަވާޒްއާއި ޒާޔާއާއި ދެމީހުން ހައްވާ އާ ދިމާއަށް ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލަން ތިއްބެވެ. ވަރަށް ބިރުންހުރެ ޒާޔާ މަޑުފިޔަވަޅު ތަކެއްގައި ހައްވައާ އަރާ ހަމަ ކުރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Yey.me first.Varah salhi
Zaya busted ha ha ha
When next
Yayyy u first dhw???hmm… Zaaya ah veegotheh nxt part inn balaalama vrh avahah nxt part up kohlaanan
????thankolheh a Avahah up kohlacheyy curiouse 4 nxt part
Salhi eyyyy sis it’s was obinesss keep it up and All the very best❤️❤️????
Thank you???
Reethi mi part ves good job darla ❤️???????
Shukuru twinie gurlll?
Salhi Ey buny?…. Love u besto and keep it upp?❤️?❤️
Awwwwn babygurlll???Thankuuuu so much???
Reethi Mi part ves.. Maasha Allah
Shukuriyya Ryn??Ly
Beautiful ???…vv furihama..kon irakun next..mirey part eh upkohladheyn v nu..
Waiting curiouslyy???
Hehe… mihaaru 5th part liyamun midhanee mirey nimjjiyaa mirey up kohlaanan ??
Wowowowo❤… obi ? when next parttt?
Thanksss???? vry soon….
Reechey buny…❤❤
Thankuuuu Hanerr??
❤❤mi vaahaka reethi eiiiyy haadha
Shukuru??
Vara reethi ey hama
Thanks hailam???❤️
❤❤❤❤
Still waiting for next parttt ?❤️?
Sweetie nxt part mihaaru e nimenee just wait a little bit more ??