Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

“އެއްވެސް މީހެއްކައިރީ ނުބުނާތި”

Angie Level 1
July 24, 2019 2 Mins Read
22 Comments

“ނަސީބަކީ ކޮބައިކަން ނުވަތަ އޮންނައެއްޗެއް ކަމެއް އަހަނަކަށް ނޭގެއެވެ. ހަދާންހުންނަން ފެށީއްސުރެ ނަސީބު އަތުގާ ހިފާނެކަމަށް އަތް ދިއްކޮށްލައިގެން ހުރީމެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަނީ މާދަމާއަކީ ނަސީބު އަހަރެންގެ އަތުގާހިފާނޭ ދުވަސްކަމުގައި ގަބޫލުކޮށްގެންނެވެ. އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެމުންދިޔައެވެ.

އަހަރެންގެ ބަދުނަސީބު ނިކަން ދެކިބަލާށެވެ. އަހަރެން މިދުނިޔެއަށް ލީ އެންމެ ފުރަތަމަ ނޭވާޔަކީ އަހަރެންގެ މަންމަ މިދުޔެއަށްލީ އެންމެ ފަހުނޭވާއެވެ. އެއީ އަހަރެންގެ ބަދުނަސީބުގެ ފެށުމެވެ. އެކަމުގެ ހިތާމައިގައި ބައްޕަ ގެބިގެންދިޔައެވެ. އެއީ ހުއްޓަސް ނެތްމީހެކޭ އެއްފަދައެވެ. އަހަރެންގެ އުމުރުން 3 އަހަރުވަންދެން އަހަރެންބެލީ އަހަރެންގެ ބޮޑުދައިތައޭ ކިޔާއަޑުއަހަމެވެ. އަހަރެންގެ ބަދުނަސީބު ކަމެއްނޭގެއެވެ. ބޮޑުދައިތަވެސް މިދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އަހަރެން ބަލާނެ އިތުރުމީހަކު ނެތުމުގެ ސަބަބުން ބައްޕަ އެހެން ކައިވެންޏެއްކުރިއެވެ. ދޮންމަންމަ ނަޝީދާއަކީ އަހަރެންގެ މަންމަ ފަރާތުގެ ބޮޑުދައިތައެކެވެ. ދޮންމަންމަ އަހަރެންނަށްކުރި އަނިޔާތައް އަހަރެން ރަނގަޅަށް ހަދާންއެބަހުއްޓެވެ. އަހަރެންނަކީ ސިއްހަތު ރަނގަޅުކުއްޖެކެވެ. އަހަންނަށް ކާންދޭކޮންމެ އެއްޗަކީ އަހަރެން އުފަލާއެކު ކާނެއެއްޗެކެވެ. ނަމަވެސް ………

ވާހަކަ މިހާހިސާބަށް ދިޔައިރު ރާއިފާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. އެތައްދުވަހެއްވަންދެން ހިފެހެއްޓިފައިވާ ކަރުނަތައް ރާއިފާގެ ކޯތާފަތްމަތީގައި ރަސްކަން ކުރަމުންދަނީއެވެ. އޭނާއަށް ވަރަށް ހިތްވަރު ކުރެވިއްޖެއެވެ. ކުޑަކުއްޖަކު ފަދައިން ރާއިމްގެ މޭގައި ބޯއަޅާލައިގެން އޮވެ ހިތުގައިވާ ހުރިހާ އުދާސްތައް ބޭރުކުރަންއުޅޭ ކަހަލައެވެ. އަތިރިމަތީގެ މި ހިތްގައިމު މާއުލުން ރާއިފާއަށް ލިބޭ އުފަލެއް ނެތް ކަހަލައެވެ. މި ކާފޫރުހެންހީވާ ދޮންވެލި ތުނޑިއާއި މިއުޒިކެއް ފަދައިން ޖަހާލާ ރާޅުން އޭނާއަށް އުދަގޫވާ ކަހަލައެވެ. އިރުކޮޅަކު ރޯންއޮތުމަށްފަހު އަނެއްކާވެސް ރާއިފާ ވާހަކަ ފެށިއެވެ.

“ދުވަހެއް ދިޔަވަރަކަށް އަހަރެންދިޔައީ ހިކެމުންނެވެ. އުމުރުން 7 އަހަރުވީއިރު އަހަރެން ހިކިތޮޅިއެއްހާ ހިއްކެވެ. ބައްޕަ އަހަރެން ސުކޫލަށްލާން ފޯމުހިފައިގެން އައި ދުވަހަކީ އަހަރެން ވަރަށް ރަނގަޅަށް ހަދާންހުންނަ ދުވަހެކެވެ. ދޮންމަންމަ އެކަމާ ވަރަށް ދެކޮޅުހެދިއެވެ. ދޮންމަންމަ ދެކޭގޮތުގައި އަންހެންކުދިންނަށް ތައުލީމުދިނުމަކީ ބޭކަރުކަމެކެވެ. މީހަކާ އިދެގެން ދިޔައިމަ ކުރި ހަރަދުއެވީ ބޭކާރެވެ. އެއަށްވުރެ ބަދިގޭގެ މަސައްކަތްތައް ދަސްކުރިއްޔާ މާރަނގަޅުވާނެއެވެ. އަހަރެން އެކަމަކާ ޝަކުވާއެއް ނުކުރަމެވެ. ތައުލީމަކީ ކިހާ މުހިންމުއެއްޗެއްކަން އަހަރެންގެ ޅަސިކުޑިއަށް ނުވިސްނުނީތީ ކަންނޭގެއެވެ. އަހަންނާއެކީ ކުޑައިރު ކުޅެންއުޅުނު ކުދިން ސުކޫލަށްދާތަން ދެކެމެވެ. އެއްދުވަހަކު ސުކޫލަށްދާން ބޭނުންވިވަރުން ދޮންމަންމަ ކައިރީ ޝަކުވާކުރީމެވެ. އޭގެ ނަތީޖާ މިއޮތީ ފެންނާށެވެ”.

ވާހަކަ މެދުކެޑުމަށްފަހު ރާއިފާ ލައިގެންހުރި ޓީޝާޓުގެ އަތުކުރި ކަހާލުމަށްފަހު ރާއިމްއަށް ދައްކާލިއެވެ. އަތުގައި ފިހިގެން ލާކަހަލަ ވަރަށްބޮޑު ލަކުނެއް އިނެވެ. ރާއިމްގެ ހިތްތެޅިގެންދިޔައެވެ. ކުރިންދުވަހަކުވެސް އަނިޔާއެއް ލިބިފައިނުވާ ރާއިމްއަށް ތަދު އިހުސާސްކުރެވުނު ކަހަލައެވެ. ފުންނޭވާއެއް ލުމަށްފަހު ރާއިފާ އަނެއްކާވެސް ވާހަކަ ފެށިއެވެ.

“އެއީ އަހަންނަށް ލިބެމުންދިޔަ އަނިޔާތަކުގެ ފެށުމެވެ. އަހަންނަށް ރަނގަޅަކަށް އެއްވެސްކަމެއް ނުކުރެވެއެވެ. ކޮންމެކަމެއް ކުރިޔަސް އޭގެ ހަދިޔާ އަހަންނަށްލިބެއެވެ. ބައެއްފަހަރު އިލޮށިފަތިންނެވެ. ނުނީ ދަނޑިބުރިއަކުންނެވެ. މިފަދައެއްޗެއް އަތުޖެހޭ ހިސާބުގައި ނެތްނަމަ ލައިގެންހުންނަ ފައިވާނުންނެވެ. އަހަންނަށް ކުރެވޭ ކޮންމެކަމަކީ ގޯސް ކަމެއްކަމަށް ދެކެންފެށީމެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުދާ ހަތަރުދަމު ކޮޓަރި ތަޅުލައިގެން އޮވެވެން ފެށިއެވެ. ކާންވެސް ނުކުންނަނީ ދޮންމަންމަ ނިދައިފިކަން ޔަގީންވުމުންނެވެ. ދޮންމަންމައާ އިންފަހުން ބައްޕަ ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. އަހަންނަށް ބައްޕަނުފެނި ތިން ހަތަރު މަސް ހިގައިދާނެއެވެ. މި ބީދައިން ދުވަސްތައް ފާއިތުވަމުންގޮސް އަހަންނަށް 8 އަހަރު ފުރުނެވެ. އެއްރެއެއްގެ ދަންވަރު އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި އަތްހާކާހެން ހީވެގެންނެވެ. ލޯހުޅުވާލުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ”.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Angie

Level 1

.އަޅުގަނޑަކީ އާ ލިޔުންތެރިޔަކީމެވެ. ބިނާކުރަނިވި ފާޑުކިޔުންތަކަކީ އަޅުގަނޑަށްލިބޭ ކުރިއެރުމެކެވެ.

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ…..47

Next

ޯލޯތްބެއްގެ ފެށުން 21

Next
July 24, 2019

ޯލޯތްބެއްގެ ފެށުން 21

Previews
July 24, 2019

ބުނާށެ ލޯބި ނުވަނީހޭ…..47

22 Comments!

  1. Ryn says:
    July 24, 2019 at 12:04 pm

    Reethi vaane Kamah unmeedhu kuran ????good luck

    1. Angie says:
      July 25, 2019 at 8:50 am

      thanks

  2. jiji says:
    July 24, 2019 at 12:17 pm

    Feshun v v rythi❤❤❤…hope kuriah huri baithah vec rythi vaane kamah..v interesting???

    1. Angie says:
      July 25, 2019 at 8:51 am

      thank you

  3. Dhonthy says:
    July 24, 2019 at 2:11 pm

    V shauguveri vejje vaahaka yah… Avahah dhen oiy bai up kurachchey❤️❤️❤️ Curious vejje hama…

    1. Angie says:
      July 25, 2019 at 8:53 am

      ya sure, soon

  4. Makku says:
    July 24, 2019 at 6:43 pm

    Varah reethi… good luck???

    1. Angie says:
      July 25, 2019 at 8:51 am

      thank you

  5. Luc!f3r says:
    July 24, 2019 at 6:53 pm

    Arain hunna faivaaneh noontha.. Story is Interesting..

    1. Angie says:
      July 25, 2019 at 8:54 am

      ya dho… thanks. baeh rahrashuga migothahves kiyaiulhey..

  6. Ash says:
    July 24, 2019 at 9:02 pm

    Vv salhi mi part ?? keep it up ??

    1. Angie says:
      July 25, 2019 at 8:55 am

      thank you

  7. Nana says:
    July 24, 2019 at 10:35 pm

    Varah salhi…

    1. Angie says:
      July 25, 2019 at 8:55 am

      thank you

  8. ?? says:
    July 25, 2019 at 6:24 am

    Story v. Salhi

    1. Angie says:
      July 25, 2019 at 8:52 am

      thank you

  9. Nana says:
    July 25, 2019 at 6:51 am

    Next part othi konirakun tha?

    1. Angie says:
      July 25, 2019 at 8:52 am

      soon

  10. Faari says:
    July 25, 2019 at 8:14 am

    Mi varah rovey kahala vaahakaeh.vvvvreethi.

  11. Raaii says:
    July 25, 2019 at 12:56 pm

    Next episode kiyaahithun keiymadhuvefai

  12. Ham says:
    July 26, 2019 at 7:49 pm

    V v reethi. When next part

    1. Angie says:
      July 29, 2019 at 8:25 am

      weekend v ma las v. soon vaane

Comments are closed.

Next Episode“އެއްވެސް މީހެއްކައިރީ ނުބުނާތި” (2ވަނަ ބައި)←


All Right Reserved!