Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާސިލް ވުމަށް އެދި 8

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 25, 2019 5 Mins Read
24 Comments

ދެމީހުންގެ މަސައްކަތުން ވަރަށް ހާލުން ދޮރު ހުޅުވުނެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައިއެވެ. ވާ ކަމެއް ވަނީ ވެ ނިމިފައިއެވެ.

ނަބާހުއަށް އީނާޝް އޮތް ގޮތް ފެނިފައި ދުވެފައި ގޮސް އީނާޝްގެ ގައިގައި ބައްދާލައިފައި އީނާޝް އަށް ގޮވަން ފެށިއެވެ. އީނާޝްގެ ބޯ ފަޅައިގެން ގޮސް ފައި ވާއިރު އަތާއި ފައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮހެވެ. އީނާޝްއަށް ވެފައި ހުރި އަނިޔާ ފެނި ކޮންމެ މީހެއްގެ ހިތުގައި ޖެހޭނެކަން ގައިމެވެ. ނަބާޙުގެ އުގުގައި އީނާޝް ބާއްވައިގެން އީނާޝްއަށް ގޮވަމުން ދިޔައިރު ނަބާހުގެ މުޅި ޔުނީފޯމްގައިވެސް ވަސް ވަނީ ލެއެވެ. ސޮބާޙުއަށް ވެސް މިމަންޒަރު ބަލާކަށް ކެތެއްނުވިއެވެ. އަވަހަށް ޖީބުން ފޯނުނަގައި ފިއްތަކަކަށް އޮބާލައިފައި ކަންފަތުގައި ފޯނު ޖަހަމުން ކޮޓަރިން ބޭރަށް ނުކުމީ ހާސްވެފައިވާ ހާލުއެވެ. ނަމަވެސް އާރިފާ ހުރީ އިނާޝްއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ.

އެއީ މައަކު ދަރިއަަކަށް ދޭނެ ވަރުގެ އަނިޔާއެއް ހެއްޔެވެ؟ އާރިފާ ގެ ހިތުގައި އީނާޝްއަށްޓަކައި  ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނެތީ ހެއްޔެވެ؟ ރަހުމެއް ކުލުނެއް ހަމްދަރުދީއެއްވެސް ނެތީ ހެއްޔެވެ؟ ކޮންފަދަ މައެއް ހެއްޔެވެ؟

”އާރިފާ.. ކަލޭ މޮޔަ ވީތަ؟ މީ ދަރިއަކަށް މައަކު ކަންތައް ކުރަން ޖެހޭ ގޮތްތަ؟ އަޅެ ތީ ނުވިސްނޭ ކުޑަކުއްޖަކީ ތަ؟” އާރިފާ ސިއްސައިގެން ދިޔައީ ސޮބާހުއައިސް ނުހަނު ބާރަށް އެއްޗެހި ގޮވާލުމުންނެވެ. ނަމަވެސް އާރިފާ އެ ސުވާލަށް ޖަވާބު ނުދީ ދިޔައީ ސޮބާހުއަށް ހިނިތުންވުމެއް ރައްދު ކޮށްލައިފައިއެވެ. ސޮބާހު އާރިފާގެ ފަހަތުން ހިނގައި ގަނެފައި އަނެއްކާ އަނބުރި އައީ އީނާޝްއަށް ވެފައި ހުރި ޒަހަމްތަކުގެ މަތިން ހަނދާން ވުމުންނެވެ.

ސޮބާހު ކޮޓަރިއަށް ވަން އިރު މުޅި ކޮޓަރީގައި ހަރުލާފައި ހުރީ ނަބާހުގެ ރުއިމުގެ އަޑެވެ. އެއަޑު އިވޭ ކޮންމެ މީހެއްގެ ހިތުގައިވެސް ޖެހޭނެކަން ހަމަ ގައިމެވެ. ”ދަރިފުޅާ މީ ރޯން ވީ ވަގުތެއް ނޫން.. އަވަހަށް ހިނގާ އީނާޝް ހޮސްޕިޓަލަށް ގެންދެވޭތޯ ބަލަން.. ބައްޕަ މިއައީ އެމްބިއެލެންސް އަށް ގުޅާފައި..” ”ބައްޕާ.. މިއީ އަހަރެންގެ ސަބަބުން ވީ ކަމެއް.. އަހަރެން މަންމަ އަށް ހުރިހާ ވާހަކައެއް ނުކިޔައި ދިން ނަމަ މިހުރިހާ ކަމެއް ނުވީސް.. އަހަރެން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނީ އީނާޝް ނުބުނައިށޭ ކިޔައި އާދޭސްކޮށްކޮށް އޮއްވަ.. ބައްޕާ.. އިނާޝް އަހަރެންނަކަށް  މަޢާފެއް ނުކުރާނެ ދޯ..” ނަބާހު ސޮބާހުގެ ގައިގައި ބައްދާގެން ހުރެ އާރިފާ އާއި ސޮބާޙު މާލޭގައި ނޫޅޭ އަދި އުޅުނު ދުވަސްވަރު ކުރި ހުރިހާ ކަމެއް އަލިފުން ޔާ އަށް ކިޔައިދިނެވެ. ނަބާޙުއަށް ވާހަކަވެސް ދެއްކެނީ ވަރަށް ހާލުންނެވެ. ރުއިމުގެ ސަބަބުން ނަބާހުގެ މުޅި ލޯވެސް ވަނީ ރަތްވެ ދުޅަވެފައިއެވެ.

ސޮބާހުގެ ހިތުގައި އެވަގުތުން ފެށިގެން އާރިފާއާއި މެދު ނަފްރަތު އުފެދުނެވެ. ސޮބާހު ރަށުގައި ނޫޅޭ ދުވަސްވަރު  އާރިފާ އީނާޝް އަށް ހެދި ގޮތް އިނގިފައި ސޮބާހުވެސް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. އަދި ސޮބާހުގެ ދަރިފުޅު ނަބާހު ދެކެ ލޯބިވެ ނުބުނާ ކަންތައްތައް ކޮށްދޭތީވެސް ސޮބާހު ހުރީ އެކަމާ އަންތަރީސްވެފައިއެވެ. ”މިއީ ކޮންކަހަލަ އަންހެނެއް ބާއެވެ. އެހެން މީހަކު ނަމަ ދޮން ދަރިއަށް ހެޔޮކޮށެއް ނަހަދާނެއެވެ.  އާރިފާ އަކީ މުޅިން އާދަޔާ ހިލާފު މީހެކެވެ. އަމިއްލަ ދަރިއެއް ހުރި އިރުވެސް އެދަރިއަށް ހެޔޮކޮށް ހިތަން ނޭނގޭ މީހެކެވެ. އޭގެ ބަދަލުގައި އާރިފާ އޯގާވެ ލޯބި އެދެނީ އެހެން މީހެއްގެ ދަރިއަކަށެވެ. ކޮންފަދަ ބޮޑު އަޖައިބެއް ހެއްޔެވެ.” ސޮބާހުގެ ސިކުނޑި ދިޔައީ މިފަދަ އެކި އެކި ސުވާލުތަކުން ފުނިޖެހެމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަންތައްތައް މަތިން ހަނދާން ނައްތާލިއެވެ. ”ބައްޕަވެސް ވަރަށް ނަސޭހަތް ދިނިން އާރިފާއަށް ދަރިފުޅުމެންނަށް ނޭނގުނަސް.. ކުރިން ބައްޕަ އީނާޝް އެކަންކަމުން ސަލާމަތް ކުރިޔަސް ފަހުން ފަހުން ނުކުރަމެއްނު.. އެކަމަކު ބައްޕަ އަބަދުވެސް އާރިފާއަށް ނަސޭހަތް ދެން.. ހެޔޮ ވިސްނުން ދެއްވާތޯ ދުޢާ ކުރިން.. އެކަމަކު އާރިފާއަކަށް ބަދަލެއް ނައި.. ރަށަށް އައިސް ކޮންމެ ދުވަހަކު ބައްޕަ އާރިފާއަށް ނަސޭހަތްދެން.. އެކަމަކު…” ސޮބާހުގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައިއެވެ. މާ ގިނައިރެން ނުވެ އެ ކަރުނަތަށް އޭގެ މަގާމު ދޫކޮށް ވެރެން ފެށިއެވެ. އެވަގުތަކީ އެމްބުއުލެންސް ގެ ސައިރެން އަޑު އިވެން ފެށި ވަގުތު ކަމުން ކަރުނަތަށް ފުހެލައިފައި އަވަހަށް އީނާޝް އަތް ދަނޑި މައްޗަށް ލައިގެން ގެއިން ބޭރަށް ނުކުންނަން ދިޔައެވެ. ފަހަތުން ނަބާހުވެސް ހަލުވި ހިނގުމެއްގައި ދިޔައެވެ.

”އިރާދަކުރެއްވިއްޔާ ޕޭޝެންޓްގެ ބޮަލަކަށް ނެތް އެއްވެސް ގެއްލުމެއްވެފައި އެއް.. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު.. މިއަދު ހަވީރު ހާއިރު ހޭ އަރާނެ..” ސޮބާހު އާއި ނަބާޙުއަށް އެކު އެކީގައި ގޮޑިން ތެދުވެވުނީ އަވަސް ފަރުވާދޭ ކޮތަރިން ޑޮކްޓާރު ނުކުތުމުންނެވެ. އަދި ޑޮކްޓަރު ބުނި ވާހަކައިން ދެމީހުންވެސް ދޫކޮށްލި ފުން ނޭވާއިން ހީވަނީ ހުރިހާއިރު ނޭވާ ނުލާ ތިބިހެންނެވެ. ޑޮކްޓަރު ހާސްނުވާށޭ ބުނެފައި އެތަނުން ނުކުމެގެން ދިޔައީ ނަބާހުގެ ބޮލުގައި ފިރުމާލައިފައިއެވެ.

*******

ތިން ދުވަސްވެގެން ދިޔައިރުވެސް އީނާޝް ހެއި ނާރައެވެ. އެކަމުގެ ސަބަބުން ނަބާޙު ސުކޫލަށްވެސް ނުދެއެވެ. އަދި ސޮބާހު އޭނާގެ މަސައްކަތަކަށްވެސް ނުދެއެވެ. އަބަދު ދެމީހުން އެއޮށްނަނީ އީނާޝްގެ ކައިރީއެވެ. ނަމަވެސް އާރިފާ އެންމެ ފަހަރަކު ވެސް އީނާޝްގެ މޫނު ބަލާލާކަށް ވެސް ނާދެއެެވެ. އެކަމަކު އަބަދު އެހުންނަނީ ނަބާހު އާއި ސޮބާހު ކާން ނައިސްގެން ގުޅާލަ ގުޅާލައިއެވެ. ސޮބާހު ފަހުން ފަހުން އައިސް ފޯނުވެސް ނުނަގައިއެވެ. އާރިފާވެސް ފަހުން ސޮބާހުއަކަށް ނުގުޅައެވެ.

”މަންމާ.. ތިހެން ނުހަދާ..” ނަބާހުއަށް ހޭލެވުނީ އީނާޝް ކުކުރާ އަޑު އިވުމުންނެވެ. ސޮބާހު އީނާޝް ގެ ކައިރީ އެނެއް ފަރާތުގައި އެނދުގައި ބޯ އަޅައިގެން ނިދާފައި އޮތްއިރު އީނާޝްވެސް އޮތީ ނިދާފައިއެވެ. އެދުވަހަށްފަހު އިނާޝް އަދިވެސް ހޭ ނާރައެވެ. ނަބާހުއަށް ހީވި ހީވުމެއް ކަމަށް ބަލައި އަނެއްކާވެސް އެނދުގައި ބޯއަޅާލިއެވެ. ”މަންމާމާ…” ނަމަވެސް އޭގެ ދެވަނަ ފަހަރަށް ނަބާހު އަށާއި ސޮބާހުއަށް ހޭލެވުނީ އީނާޝް ވަރަށް ބާރަށް މަންމާ އޭ ކިޔައި ގޮވާލުމުންނެވެ. ދެމީހުންވެސް ތިބީ ބިރުން ގޮސް ހަލާކުވެފައިއެވެ. ތިން ވަނަ ފަހަރަށްވެސް އީނާޝް މަންމަ އަށް ހަމަ އެ ބާރު މިނުގައި ގޮވާލިއެވެ. މިފަހަރު ނަބާހު އާއި ސޮބާހު އެތަނުން ނުކުމެގެން ގޮސް ދެން އައީ ޑޮކްޓާރެއެއް ގޮވައިގެންނެވެ. އެއީ ދަންވަރު ގަޑި ކަމުގައި ވިއަސް އެތަނުގައި އެންމެ ފުރިހަމައަށް ދިޔައީ ޑޮކްޓަރުންނާއި ނަރުހުން ހަރާކާތްތެރި ވަމުންނެވެ.

”ޕޭޝަންޓްގެ މަންމަ އެބަހުރިތޯ؟” ޑޮކްޓަރު ސޮބާހު ކައިރީ އެސުވާލު ކުރުމުން ފުރަތަމަ ސޮބާހު ހުރީ ދޭނެ ޖަވާބެއް ނޭނގިފައިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ސޮބާހު ޖަވާބު ދިނީ މިވަގުތު ވީ ގެއަށް ގޮސްފައި ކަމުގައިއެވެ. އެދުވަހުގެ ހެނދުނު އީނާޝް ހޭ އެރިއެވެ. ނަބާހު އާ ކުރިން ވާހަކަ ދައްކާ އުޅުނު ގޮތަކަށް އީނާޝް މިހާރު ވާހަކައެއް ނުދައްކައެވެ. ނަބާހު ނޫނީ ސޮބާހު ފެނުނަސް އުޅެނީ ބިރުންނެވެ. އެތަނަށް ޑޮކްޓަރަކު ނޫނީ ނަރުހަކު އަޔަސް ހީވަނީ ޖިންނިއެއް ފެނިގެން އުޅޭ ހެންނެވެ.

******

ނަބާހުއާ އީނާޝް ވާހަކަ ނުދައްކާތީ ނަބާހު ހުރީ އެކަމާ ނުހަނު ދެރަވެފައިއެވެ. އެއީ ދުވަހަކު ވެސް އީނާޝް ނަބާހުއަށް ހެދި ގޮތެއް ނޫނެވެ. ފަހުން ފަހުން އައިސް އީނާޝް ނަބާހު އާއި ދިމާއަށް ބަލައިލަނީވެސް ލޯ އަޅައިގެން ހުރެެއެވެ. ސޮބާހުއަށްވެސް ބަލައިލަނީ ހަމަ އެފަދައިންނެވެ. ކޮންމެ ރެޔަކުހެން ނިފާއި އޮވެ އީނާޝް މަންމަ އަށް ގޮވާތީވެސް ނަބާހު ހުންނަނީ ކަންބޮޑުވެފައިއެވެ. ސޮބާހުގެ ހާލަކީ ވެސް އެއީއެވެ.

*******

ޑޮކްޓަރު ކޮންމެ ދުވަހަކުހެން އީނާޝްގެ މަންމަ އެތަނުން ނުފެންނާތީ އެތައް ފަހަރަކު މިހާރު ސުވާލުކޮށްފިއެވެ. އީނާޝް ހޮސްޕިޓަލުގައި އޮންނަތާ ހަފްތާއެއް ވީއިރުވެސް އާރިފާ އީނާޝް ކޮބައިތޯވެސް ބަލައި ނުލައިއެވެ. ޑޮކްޓަރު ސުވާލުކުރާ ކޮންމެ ފަހަރަކު ސޮބާހު ދޮގެއް ހަދާލައިއެވެ. ނަމަވެސް އީނާޝް މާ ވަރަކަށް ނިދީގައި މަންމަ އަށް ގޮވާތީ އެންމެ ފަހުން ސޮބާހު ޑޮކްޓަރަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އާރިފާ ދީފައި ހުރި އަނިޔާ ތައްވެސް މެއެވެ. އެހުރިހާ ވާހަކައެއް ކިޔާދިނުމުން ޑޮކްޓަރު އެދުނީ ވީ އެންމެ އަވަހަށް އީނާޝް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަދި އީނާޝް އަށް ވެފައިހުރި ގޮތް ކުޑަކުޑަ ކޮށް ޑޮކްޓަރު ސޮބާހުއަށް ކިޔާދިނެވެ. އެވާހަކަތައް އަޑު އިވިފައި ސޮބާހު އަވަސްވެގަތީ އީނާޝް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށެވެ. ވަރަށް ފަސޭހައިން އީނާޝް އެ ޑޮކްޓަރަށް ދައްކާލެވުނެވެ.

ނަފްސާނީ ޑޮކްޓަރު ބުނި ގޮތުގައި އީނާޝްއަށް ވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިއެވެ. ނަމަވެސް މަސައްކަތާއި އެއްވަރަށް އީނާޝްގެ އެއްބާރުލުން ލިބުމުން އީނާޝް އެކަމުން ރަނގަޅު ކުރެވޭނެ ކަމަށް ޑޮކްޓަރު ލަފާ ދިނެވެ. އަދި ގިނަ ގިނައިން މީހުން އުޅޭ ތަންތަނަށް ގޮސް އީނާޝް ހިތްހަމަ ޖެއްސުމަށްވެސް ލަފާ ދިނެވެ. އަދި ޑޮކްޓަރުގެ ލަފަޔާއިއެކު އީނާޝް ރަނގަޅުވަންދެން އެވަނީ ހޮސްޕިޓަލުން ނުދޫކޮށްލާ ގޮތަށް ހަމަޖައްސާފައިއެވެ. ސަބަބަކީ އާރިފާ ކައިރިއަށް ގޮސްގެން އީނާޝް ރަނގަޅު ނުކުރެވޭނެތީއެވެ.

ނަބާހު އާއި ސޮބާޙުގެ ބުރަ މަސައްކަތުން އީނާޝް ތަންތަނަށް ގެންގޮސް އީނާޝް ހިތްހަމަ ޖައްސާލައިއެވެ. އަދި އީނާޝް އާ ގިނައިން ވާހަކަ ދައްކާ އެ ވާހަކަތަކަށް އީނާޝްގެ ފުރިހަމަ އެއްބާރުލުން ލިބޭތޯ އެދެ މީހުން ބަލައެވެ. ނަމަވެސް އީނާޝް އެވާހަކަތަކަށް އެއްބާރުލުން ދީފައި އޭގެ ދެވަނަ ސިކުންތުގައި ނުރުހުންވެފައި ހުރެ އެދެމީހުންނާ ދިމާއަށް އެއްޗެހި ގޮވާގަނެއެވެ. އެގޮތަށް އީނާޝް ކައިރީ ހުރެގެން ގިނައިން ވާހަކަ ދެއްކުމުން އީނާޝް ފަހަކަށް އައިސް ނުރުހުންވެފައި ހުރެ އެމީހަކާ ދިމާއަށް އެއްޗެހި ގޮވައި ގަންނަނީއެވެ. ޑޮކްޓަރާއި ދިމާއަށްވެސް މިހާރު އެތައް ފަހަރަކު އެއްޗެހި ގޮވާފިއެވެ.

******

އެތަށް ދުވަހެއްގެ މަސައްކަތުންވެސް އީނާޝް ރަނގަޅެއް ނުކުރެވުނެވެ. ޑޮކުޓަރު އީނާޝް ރަނގަޅު ކުރަން އެކި އެކި ވާހަކަތައް ދައްކައި ހެދި ކަމުގައި ވިޔަސް އީނާޝް އެއިން އެއްވެސް ކަމަކަށް އެއްބާރުލުމެއް ނުދެއެވެ. އީނާޝް އަބަދުވެސް ބޭނުންވަނީ އެކަނިވެރިކަމެވެ. އަނދިރިއެވެ. މީހަކާ އަނގައިން ބުނާކަށްވެސް އީނާޝް މިހާރު ބޭނުން ނުވާ ކަހަލައެވެ.

”އީނާޝް.. އަހަރެންނަށް މަޢާފު ކުރޭ.. މަންމަ އެހެން ހަދާނެ ކަމަކަށް ނޫން އަހަަރެން ހުރިހާ ވާހަކައެއް ކިޔާއި ދިނީ..” ”ދެން ހެޔޮ.. އަހަރެން ބޭނުމެއް ނޫން ކަލޭ އާ ވާހަކަ ދައްކާކަށް.. އަހަންނަށް ރަނގަޅީ ދެން ކަލޭ އަހަންނާ ވާހަކަ ނުދެއްކިއްޔާ.. އަދި އަހަރެންގެ ކުރި މައްޗަށް ނޭރިއްޔާ..” އީނާޝް ވަރަށް ރުންކުރުވެފައި ނަބާހުއަށް ރައްދުދިނެވެ. އީނާޝް މިހާރު ކޮންމެ މީހަކަށްވެސް ޖަވާބުދެނީ އެގޮތަށެވެ.

ސޮބާހު އެންމެ ފަހުން އީނާޝް ގެޔަށް ފޮނުވާލަން ޑޮކުޓަރު ކައިރީ އެދުނެވެ. އީނާޝް އެއްވެސް ވަރަކަށް ރަނގަޅު ވާން ބޭނުން ނުވުމުން އެއީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް ކަމުގައި ސޮބާހުއަށް ވަނީ ގަބޫލުކުރެވިފައިއެވެ. އެހެން ކަމުން ޑޮކްޓަރުގެ އެދުމާއިއެކު  އީނާޝް ހޮސްޕިޓަލުގައި އޮންނަތާ ބަރާބަރު އެއް މަސް ވީ ދުވަހު ގެޔަށް ފޮނުވާލިއެވެ.

ސޮބާހުއަށް އަދި ނަބާހުއަށްވެސް ނޭގުނަސް އީނާޝް އެއިން ކޮންމެ ދުވަހެއްގައި ވެސް އާރިފާ އެތަނަށް ނާންނާތީ ހިތާމަކުރެއެވެ. އާރިފާ އީނާޝް އާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އީނާޝް އާރިފާ ދެކެ ނުހަނު ލޯބިވެއެވެ. އީނާޝްގެ ހިތުގައި އަބަދުވެސް އަޒުމެއް އޮވެއެވެ. އެއީ އާރިފާ ކޮންމެ ގޮތަކަށް ކަންތައްތައް ކުރިއަސް އީނާޝް އާރިފާ އާއި ހެޔޮހިތުން ވާހަކަ ދައްކާ އާރިފާއަށް އަޅާލުމަށެވެ. އީނާޝްގެ ހިތުގައި އާރިފާއާއި މެދު އެއްވެސް ރުޅިވެރިކަމެއް ނެތެވެ.

*******

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

މަގޭ ވާހަކަ

Next

ކަމަނަ 2

Next
July 25, 2019

ކަމަނަ 2

Previews
July 25, 2019

މަގޭ ވާހަކަ

24 Comments!

  1. Rai says:
    July 25, 2019 at 8:47 am

    ❤habbu
    When next

    1. ?Nafu? says:
      July 25, 2019 at 1:43 pm

      Hehe.. thanks a lot rai..❤️❤️❤️❤️❤️ nxt part Insha Allah Saturday gai..???? keep waiting ingey dear..?????

  2. Friend eh says:
    July 25, 2019 at 9:44 am

    Masha allah ??????when is next …lv3 u ma’am ??????????????

    1. ?Nafu? says:
      July 25, 2019 at 1:45 pm

      Thank u soo much friend eh..????????? next part Insha Allah Saturday gai.. ❤️❤️❤️❤️❤️ keep waiting ingey dear..????? luv u more ❤️?❤️❤️❤️???

  3. aishoo says:
    July 25, 2019 at 9:53 am

    Masha allah mi part ves v reethi…?❤❤? keep it up dear… ❤??❤when next part… ???… lysm nafoo… ?????

    1. ?Nafu? says:
      July 26, 2019 at 9:03 am

      Thank u sooo much aishoo???? next part Saturday gai..?????? Keep waiting❤️❤️❤️❤️❤️ lysm..??????

  4. Ryn says:
    July 25, 2019 at 10:55 am

    Maasha Allah.. Vslahi ???

    1. ?Nafu? says:
      July 25, 2019 at 1:46 pm

      Thanks a lot ryn..???????

  5. Angel says:
    July 25, 2019 at 11:13 am

    Wow my dear. Love your story.when is the next part.

    1. ?Nafu? says:
      July 25, 2019 at 1:48 pm

      Awwwwn..????? thank u sooo much my dear angel..❤️❤️❤️❤️❤️❤️❤️❤️ next part Insha Allah Saturday gai..??????? Keep waiting ingey dear..❤️???❤️??

  6. ?Nafu? says:
    July 25, 2019 at 1:51 pm

    Assalam alaikum..
    Alhamdulillah.. miothy vaahakaige 8 vana Bai Vs up vefai..???? mivaahaka kiyaa hurihaa kiyun therinnah Vs kamudhaane kamah unmeedhu kuran.. ❤️❤️❤️❤️Nd mistake huriyyaa e mistake eh Vs bunela dhinun edhen..❤️❤️❤️❤️ dhn oii Bai Insha Allah Saturday gai..???

  7. Jasmine says:
    July 25, 2019 at 3:51 pm

    Mi part ves varah lobi masha allah

    1. ?Nafu? says:
      July 26, 2019 at 9:04 am

      ❤️❤️❤️❤️Thanks u soo much jasmine..???????????

  8. friend eh ♥️ says:
    July 25, 2019 at 4:04 pm

    Masha Allah vrah furihama mi part vex ?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting for next lysm buddy?????????may Allah bless u and keep going your life the way u like???????

    1. ?Nafu? says:
      July 25, 2019 at 7:01 pm

      Awwwwn..????? thank u sooo much dear..❤️❤️❤️❤️❤️❤️❤️ ya keep waiting..????? may allah bless u too with happiness and a long , peaceful life..aameen..???????

  9. jiji says:
    July 25, 2019 at 6:33 pm

    ❤??V v ryythi…Waiting fr da next

    1. ?Nafu? says:
      July 25, 2019 at 7:04 pm

      Thank u soo much jiji..❤️❤️❤️❤️❤️ keep waitin..???

  10. its me says:
    July 25, 2019 at 7:02 pm

    ????????????????U are a awesome wirrtter! ??????????thank you for wirrting Thisted part long.♥️♥️♠️♠️♠️ ????And vrah ufaavey nafu ge vaahaka bunaa dhuvahah libeythy varah ufaaavey?????????♥️♥️♥️

    1. ?Nafu? says:
      July 25, 2019 at 7:08 pm

      Awwwwn..???❤️?❤️?❤️ thank u sooooo much dear..???????? I’m so happy to read ur colourful comment dear..????? lysm❤️❤️❤️

  11. Sshau says:
    July 26, 2019 at 9:53 am

    vrh rythi mi part vs ? ? ? keep it up ❣️??❤️?? UFAAVERI MINIVAN DHUVAHAKAH EDHEN?❤️?❤️?❤️

    1. ?Nafu? says:
      July 26, 2019 at 3:21 pm

      Thank u soooo much Sshau..???????? Sshau ah Vs ufaaveri minivan dhuvahakah edhen..??❤️❤️❤️❤️??❤️❤️

  12. shahu**** says:
    July 28, 2019 at 12:23 pm

    this is the bst stry evr

    1. ?Nafu? says:
      July 28, 2019 at 12:34 pm

      awwn.. 🙂 🙂 🙂 🙂 thank u sooooooo much shahu****.. 🙂 🙂 🙂 🙂

  13. den surihya be fast says:
    July 28, 2019 at 10:32 pm

    Kobaa tha story

Comments are closed.

Next Episodeހާސިލް ވުމަށް އެދި 9←


All Right Reserved!