Skip to content
އެސްފިޔަ

ވާނަން އެކީގެ ކިޔުންތެރިންނަށް…

އަޅުގަނޑުގެ ވާހަކައިގެ 2 އެޕިސޯޑު ލިޔުުމަަށްފަަހުު އަޅުގަނޑު ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުންް ވާހަކަވަނީ މެދުކެޑިފައެވެ. މާތް الله ގެ އިރާދަފުޅުން އަޅުގަނޑުގެ ބަލިވަނީ ފަސޭހަވެފައެވެ. އެހެންކަމަށް ވުމާއެކު އަޅުގަނޑު ވަނީ ވާހަކަ ކުރިއަށް ގެންދަން ނިންމާފައެވެ. ތިރީގައި އެވަނީ ކުރީގައި އަޅުގަނޑު ގެނެސްދީފައިވާ ބައިތަކުގެ ކުރު ހުލާސާއެކެވެ. ތިޔައެއްމެހައި ކިއުންތެރިންނަށް ވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ.

***************

އިފްރާ ކުޑައިރުއްސުރެ ބަލައި ބޮޑުކުރީ އިފްރާގެ މަންމައެވެ. އިފްރާ ވަރަަށްް ކުޑައިރު އިފްރާގެ ބައްޕަވަނީ ނިޔާވެފައެވެ. އެހެން ޒުވާންް ކުދިންފަދައިން އިފްރާވެސް ޒަވާޖީ ހަޔާތެއްފެށީ ވަރަށް ފޮނި އުއްމީދުުުުު ތަކަކާއެކީގައެވެ. އިފްރާއާއިި އަކްމަލްގެ ކައިވެންޏަށް ދުވަސްތަކެއްވީ ފަހުން އިފްރާގެ މަންމަވަނީ މި ފަނާވަނިވި ދުނިޔެދޫކޮށް ދެމިއޮތުމުގެ އާލަމަށްް ދަތުރުކޮށްފަައެވެ. ހަަޔާާުތުުގެެ އެކިދަތިތަކާއި ކުރިމަތިވި ނަމަވެސް އަކްމަލް އަބަދުވެސްވީ އިފްރާއާއި އެންމެ ގާތުގައެވެ. އަކްމަލްގެ އަޅައިލުމާއި ލޯބިން އިފްރާގެ ހިތުގައި އަކްމަލްއާއިމެދު އުފެދިފައިވީީ ލޯބިދިޔައީ އިތުރުވަމުންނެވެ. އުފާވެރި ދުވަސްތަކަކަށްފަހު އިފްރާގެ ހަޔާތް ބަނަވެގެން ދިއަައީީ އިފްރާާ އިންތިހާއަށް ލޯބިވި އޭނަގެ ފިރިމީހާާ އަކްމަލްގެ  ކުއްލިމަރުގެ ސަބަބުންނެވެ. މުޅި ދުނިޔެއަށް އެކަނިވެފައިވި އެނިކަމެތި އަންހެންކުއްޖާ އަށް އެހީގެއަތެއް ފޯރުކޮށްދިނީ އިފްރާގެ މަންމަގެ ކުޑައިރުގެ ރައްޓެއްސެއްކަމައްވާާ ލީނާ އާއި އޭނަގެ ފިރިމީހާ ނާސިރެވެ. ޒުވާން އުމުރުގުގައި ފިރިމީހާ ނިޔާވެެފަައިވިނަމަވެސް އިފްރާ އެކަނިވެރިކަމާއެކީ ދުވަަސްތައް ހޭދަކުރަަމުން ދިިޔަައީީ އަކްމަލްގެ ހަދާންތަކުގައެވެ. ލީނާއާއި ނާސިރުގެ ހުރި ހަމައެކަނި ދަރިއަކީ ނާޔާއެވެ. ތައުލާމު ހާސިލްކުރުމަށްޓަކައި ގިނަ އަހަރުތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު ނާޔާ ރާއްޖެ އައީީ ކިޔެވުންް އެކީ ފުރިހަމަކޮށްފައެވެ.

ދުނިޔޭގެ ލޯތަކަށް ސިއްރުން ނާޔާ އާއި ނަކީލްގެ ލޯބީގެ ސަފްހާތަކުގައި ކުލަޖެހެމުންދިޔިއެވެ. ތަގުދީރުގައި ލިޔެވިފައިވާާ އެއްޗެއް ނޭގޭ ހާލު ދެ ޒުވާނުންވެސް އައީ ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ނަކީލްގެ އެންމެގާތް އެކުވެރިޔާ ރަޔަން އަކީ ޒިންމާދާރު ޕައިލެޓެކެވެ. ރަޔަންއަކީ ލޯބި ލޯބި ފިރިހެން ކުއްޖެއްގެ ބައްޕައެވެ. ކޮންމެވެސް ސަބަބަކާހުރެ ރަޔަން އޭނަގެ ދަރިފުޅު، ރައުލްގެ މަންމައަށް ނަފްރަކުކުރެއެވެ. ނޭގިނަމަވެސް ރަޔަން އޭނަގެ ދަރިފުޅަށްވެސް ރުޅިއާދެއެވެ. ނަމަވެސް ރަޔަންގެ މަންމަ ރަނާ ރަޔަން އަށް ނަސޭހަތްތެރި ވުމުން ރަޔަން ، ރައުލް އަށް މަންމަގެ ލޯބި ނުދެވުނުކަމުގައިވެސް ބައްޕަގެ ލޯބި ދޭން ނިންމައެވެ. ރަޔަންގެ މަންމަ، ރަނާ އެންމެބޮޑަށް ކަންބޮޑުވަނީ ތުއްތު ތުއްތު ރައުލް އާއިމެދުގައެވެ. ރަަަަަޔަންގެ މަސައްކަތް ހުންނަގޮތުނަ ގިނަވަގުތު ހޭދަކުރަން ޖެހެނީ ގެއާއި ދުރުގައެވެ. އަންހެނުންގެ ލޮލުން ކަރުނަަ އޮހޭތަންބަލަން އެއްވެސް ފިރިއަކު ނުހުންނާނެކަން ހަމަގައިމެވެ.ރަޔަންގެ ބައްޕަ، ރަމީޒު ރަނާއަށް ހިއްވަރުދީ الله ގެ  އިރާދަފުޅުންހުރިހައި ކަމެއް ވެސް ވަރަށް އަވަހަށް ރަނގަޅު ވާނެކަމަށް ބުނެއެވެ. ރަމީޒުގެ އެ ވާހަތަކުގެ ފަހަތުގައި ފޮރުވިފައިވި ހަގީގިތް އެގެނީ އޭނައާއި އޭނަ ހެއްދެވި ފަރާތަށެވެ.

Comments (10)

  1. Faathii Flower

    Hi everyone. This story will be uploaded on Sunday night, Wednesday night and Friday night. Insha Allah 3rd part tonight.

  2. Ryn

    It’s OK dear… We understand ???

    1. Faathii Flower
      Ryn

      Thank you so much for your support hope to see ur comment in all the episodes. ❤?

  3. jiji

    ❤❤❤Its ok..waitingg

    1. Faathii Flower
      jiji

      Thank you so much. Hope to see ur comment in all the episodes ❤?

    2. jiji
      jiji

      Hehe..In Sha Allah..also i commented to da 1st partt of the storyy?❤

  4. Rifu

    Varah reethi vaane kamah ummeedhu kuran. Mi khulaasaa vx varah reethi. Keep it up… ???

    1. Faathii Flower
      Rifu

      Thank you. Hope to see ur comment in all the episodes. ❤?

  5. juma

    avahah up kohdhybe

    1. Faathii Flower
      juma

      In Sha Allah tonight ❤
      Hope to see ur comment in all the episodes thanks ❤?

Comments are closed.