އެއްރެއެއްގެ ދަންވަރު އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި އަތްހާކާހެން ހީވެގެންނެވެ. ލޯހުޅުވާލުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އަހަރެންގެ ކައިރީގައި ނުދަންނަ ފިރިހެނަކު އިނެވެ. އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެމީހާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން ރޮމުން ބައްޕައަށް ގޮވަމުން ސިޓިންގް ރޫމަށް ނުކުތްއިރު ދޮންމަންމައާއި ބައްޕަ ޓީވީބަލަން ތިއްބެވެ. އަހަރެން ރޮމުންގޮސް ދިމާވި ކަންތަކުގެ ވާހަކަ ބައްޕައަށް ކިޔައިދިނީމެވެ. ‘ތިޔައީ ދަރިފުޅު ޝަހާދަތްނުކިޔާ ނިދާތީ ވާގޮތެއް’ ބައްޕަދިނީ ވަރަށް ފިނިޖަވާބެކެވެ. އަހަރެންގެ ކުޑަކުޑަހިތުގައި […]
ޔަޒްދާންގެ ލޮލުން އޭނަގެ މައްޗަށް ކުޑަނަމަވެސް ލޯތްބެއް ފެންނާނީ ކޮންދުވަހަކުންހެއްޔެވެ؟ އެއަދާތަކުން ލޯބީގެ ޒައްރެއްނަމަވެސް ފެންނާނީ ކޮންދުވަހަކު ހެއްޔެވެ؟ އޭނަގެ ހިތް ނާއުއްމީދުން މިލަމުންދާއިރު ކެތްތެރިކަން ކޮންމެވަގުތަކުވެސް ކޮޅުންލައިފާނެފަދައެވެ. ހަތަރުއަހަަރަކީ ކުރު މުއްދަތެއްނޫނެވެ. ހަތަރުއަހަރުވާންދެން އޭނަ ކުރި މަސައްކަތް ކާމިޔާބުވާ ތަނެއް ނައެވެ. ނަމަވެސް އޭނަގެ ހިތުގައި ރަސްކަންކުރާ ޔަޒްދާންގެ ލޯބި ޔަޒްދާން ދޫކޮށްލާކަށް އެއްބަހެއްނުވެެއެވެ. ލޯބީގެ ކުލައެއް ނެތަސް އެއަތުގެ ފިރުމުންތަކަށް ހިތްއެދެއެވެ. ދުރަށް ދާކަށް ދުވަހަކު އެއްބަހެއްނުވެވޭނެއެވެ. *** *** *** *** […]
އިއްބާން އެއްޗެކޭ ނުބުނުމުން އައިލީން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިއްބާން ކޮއްލިކަމަކުން އައިލީން ދިޔައީ ސިއްސައިގެނެވެ. ************************* އައިލީންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލާފައި ގަޔާދިމާލަށް ގާތަށް ދަމާލިއެވެ. އެދިޔަ ބާރުމިނުގައި އައިލީންގޮސް މަތަވީ އިއްބާންގެ ހާމައަށްވާ މޭމަތީގައި ޖެހިފައެވެ. އައިލީންގެ ކަނާއަތު މުލައްދަނޑީގައި އިއްބާން ހިފާހައްޓާލައިގެން ހުރިއިރު އަނެއްއަތުން އައިލީންއަށް ހިފަހައްޓާލައިގެން ހުރެވުނީ އިއްބާންގެ އެ ވަރުގަދަ މުލައްދަނޑީގައެވެ. އައިލީން ހުރީ އިއްބާން މި ކޮއްލި ކަމަކުން ލަދުގަނެ ހައިރާންވެފައެވެ. […]
މެންދަމުގެ ހަމަހިމޭންވަގުުތެެވެެ. ލޯތައް މެރި މަޑުދާންތަކުގައިވާ ހަށިގަނޑުތައް އަރާމު ނިދިން އުފާ ހާސިލްކުރަމުން ދިޔަ ނަމަވެސް ނިދިވަނީ ރަޔަން އާއި ރުޅިވެފައިކަލައެވެ. ބެލްކަނީގެ ހުރި އުދޯލީގައި އިން ރަޔަންގެ ނަޒަރު ހުއްޓަފައިވަނީ ކަޅުކުލައިގެ ސާލެއް ލެވިފައިވާ އުޑަށެވެ. އަބަދުމެ ތަރިތަކުން އެ އުޑުފުރާލެވިފައިވީީ ނަމަވެސް މިރޭ ތަރިތައްވެސް ކަޅު ވިލާތަކުގެ ފަހަތުގައި ފިލާތިބިިިިިިިިިކަހަލައެވެ. ތަރިތައްވެސް ރަޔަންގެ ހިތާމަތަކުގައި ބައިވެރިވަނީ ކަންނޭގެއެވެ. ” ވައި އުލްވީ… ވައިި… ޓެލްމީ..” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ރަޔަންގެ ހިތާމަވެރި […]
“ހައިލާއަކީ ކިހާވަރެއްގެ މީހެއްކަން އިނގުނީމަވެސް ހައިޒަލް ހަމަ ތިވަރުވާނޭތަ؟ ރިހާނާ ވެއްޖެއްޔާ ހައިޒަލް ބެލި… އެކަމު އޭނައަށް އިނގުނީ ދަރިއެއްލާލައިފައި ފިލަން… އަލިފާންގަނޑުގެ ތެރެއަށް ދަރިއެއްލާލައިފައި އަމިއްލަ ފުރާނައާއިގެން ފިލާ ރައްކާވީ ލޯބިވާވަރު ބޮޑުކަމުންތަ؟ ދަރިކުލުނު ބޮޑުކަމުން މިވީހާ ދުވަހުވެސް ދުނިޔޭގައި ހުރިތޯވެސް ބަލާނުލީ… ދެންވެސް އުޅޭތި މަންމަ ވަރެއް ނެތިގެން…” ހައިޒަލް ހައިލާއާއި ދެކޮޅަށް އަނބުރާލަން އަލްހާން ބޭނުންކުރީ އެންމެ ނުބައި ހަތިޔާރެވެ. އޭނަ ގަތާލި ދޮގު ބަސްތަކުން ހައިޒަލްގެ ސިކުނޑިއަަށް ވިހަލީއެވެ. އެބަސްތަކުގެ ވިހަކަން […]
ހަނދުވަރު ދޭ ރޭރޭގައި ބޭރަށް ނިކުމެ ބުރު ޖެހުމަކީ ވިލްދާން އަބަދުވެސް ކުރާ ކަމެކެވެ. އޭނާ ބުރު ޖަހަނީ ސައިކަލަކު ނޫނެވެ. އަދި ބައިވަރު ރަހުމަތްތެރިންތަކެއް ގޮވައިގެނެއް ވެސް ނޫނެވެ. ވިލްދާން ހިނގަނީ އެކަންޏެވެ. އެކަނި ހަނދުވަރުގެ އަލީގައި ރަސްފަންނުގައި ހިނގާލެވުނީމާ އޭނާގެ ހިތަށް ލިބުވައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހައްޔަރުވެފައި އިން ދޫންޏެއް ކުޑަ ވަގުތުކޮޅަކަށް އުދުހިލަން ލިބުނީމާ ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ ވަށައިގެން އިވެން ފެށި އުފާވެރި އަޑުތައް ވިލްދާން ކަނުލައި އަޑުއަހަމުން ގެންދިޔައެވެ. މީހުން ގިނަ ތަންތަނަށް އޭނާ ދާހިތްވެއެވެ. އެކަކު އަނެކަކަށް މަޖާކޮށް ހީ ސަމާސާކުރާ […]
މި ހުރިހާ މަންޒަރެއް ބަލަން އިއްބާންގެ ކޮޓަރިއާއި ޖެހިގެންހުރި ކޮޓަރީގެ ބެލްކަންޏަށް ނިދިނައިސްގެން ނިކުން އައިލީން ހުރީ ދެލޯބަޑުކޮއްލައިގެނެވެ. ******************** އައިލީން ހުރީ ހުއްޓުންއަރާފައެވެ. އިއްބާން އެހާ ހިތުގައިޖެހިފަ ރޯތަންފެނުމުން އައިލީންގެ ލޯތެމުނެވެ. އައިލީން އަށް އިއްބަންކީ ހުރިހާއެއްޗެއް އަޑުއިވުނެވެ. ހިތުގައި ސުވާލު އުފެދުނެވެ. ލޫންއަކީ ކާކުހެއްޔެވެ؟ އިއްބާން އެރޮނީ ލޫންގެ ސަބަބުން ހެއްޔެވެ؟ ލޫން އިއްބާން ދޫކޮއްދިޔައީ ކީއްވެ ހެއްޔެވެ؟ އިއްބާންގެ ހިތުގެ ވެރިއަކީ ލޫން ހެއްޔެވެ؟ އައިލީން މިހުރިހާ ކަމަކާދޭތެރޭ ވިސްނާލުމުން ސިކުނޑިއަށް ރިއްސާލިއެވެ. […]
އެވަގުތު ހައިޒަލް ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ޝަލީން ހައިޒަލްގެ ހަރަކާތްތަށް ދެގެނަންނަފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ހައިޒަލްގެ ގައިމަތީ އޮތް ކިލްޓް ރީތީކޮށްލުމަށްފަހު ދުރަށް ޖެހިލިއެވެ. ސައިޑް ލޭމްޕްގެ އަލި މަޑުކޮށްލުމަށްފަހު ޝަލީން އަނެއްފަރާތަށް އެނބުރުގަޑީގައި ހައިޒަލް ޝަލީންގެ އަތުގައި ހިފަހައްޓާލިއެވެ. އެއާއިއެކު ހައިޒަލް ކިޔާލި އެއްޗަކުން ޝަލީންގެ ބޮލަށް އެނބުރުން އަރަައިގެންދިޔައެވެ. “ނައިނާ…” ހައިޒަލް ނިދީގައި އޮވެ ދެވަނަފަހަރަށްވެސް ތަކުރާރުކޮށްލިއެވެ. ޝަލީންގެ ހަށިގަނޑުގެ ވިންދު ހުއްޓުނު ވަގުތުކޮޅަކަށްފަހު ހައިޒަލްއާއި ދިމާލަށް ބަލާލެވުނުގޮތުން ހަށިގަނޑު […]
ގޭގެ ދޮރު ހުޅުވާލުމަށްފަހު ރަޔާން ވަނީ އަހަރެމެން އެ މަސައްކަތުގައި ތިއްބައެވެ. ރަޔާންގެ ނަޒަރު އަހަރެންގެ މޫނުން ދެން އަމާޒުވެގެން ދިޔައީ އައިނީގެ މޫނަށެވެ. އެ މޫނުމަތިން ފެނުނު ކުލަތައް ތަރުޖަމާ ކުރާކަށް އަހަންނަށް އެވަގުތު ނޭންގުނެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ. އަހަރެންގެ އުނގުގައި އައިނީ އިނުމުން ހިތްހަމަނުޖެހިފައި ކަމަށްވެސް ވެދާނެއެވެ. އިއްޔެ މީހުން ތިބުމުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިއަދު އެއްޗެއް ނުބުނެ މަޑުން ހުރެދާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ. ރަޔާން ކުރިއަށް އަޅާލި […]