އަތް ތުރު ތުރުއަޅާ ޙާލު އަހަރެން އެ ސިޓީކަނޑާލީމެވެ. ފަހަތުން މީހެއްގެ ޙިލަމެއް ވިހެން ހީވެގެން އަހަރެން އެނބުރިލީމެވެ. އެމީހެއްގެ މޫނު ސާފެއް ނުވިއެވެ. އަދި އަހަރެންނަށް ހަރަކާތެއް ގެނެވުމުގެ ކުރިން، އެމީހަކު އަހަރެންގެ މޫނުގައި ބާލީް އަޅާ ނިވާ ކޮށްލިއެވެ. …………………………………………… މާޒިންގެ ނަޟަރުން …………………………………………… “ދޮންބޭ، ކޮންމެސް މީހަކު އެބަ ހޯދާ..” މިޝްކާ އައިސް އަހަރެންގެ ކޮޓަރި ދޮރު ބުޑުގަ ހުރެގެން އަޑުގެ ނެތްކޮޅަށް ގޮވާލިއެވެ. މިޝް ހީކުރަނީ އޭނަ އެ ކިޔާހާ ބޭހެއް […]
“ޝަބާ…. ޝަބާ… ދައްތަމެން މިފަހަރު މާލެ އައީ އެކޮޅަށް އެނބުރި ދާގޮތަކަށް ނޫން…” ވާހަކަ ދައްކަން އުނދަގޫވެގެން ދެ ފަހަރަކު މެދުކަނޑާލުމަށްފަހު ދައްތަ ދެން ބުނެލި ޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ހައިރާންކަމުގައި ދައްތަގެ ކޮނޑުމަތިން ބޯ ހިއްލާލެވުނެވެ. ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ކަންފަތަށް އިވުނު ވާހަކަ އަޑު އިވުނީ ރަނގަޅަށްކަން ޔަޤީން ނުކުރެވިގެންނެވެ. ********************** ދައްތަ އެ ބުނީ ތެދެއްކަން އިތުރަށް ޔަޤީންކޮށްދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އަހަންނަށް ހައިރާންވެފައި […]
އޮއްސެމުންދިޔަ އިރަށް ބަލަހައްޓައިގެން ހުރި ފިޒާ ދުއްވައިގަތީ އެއްލި ކަޅިއަކުން ފެނުނު މަންޒަރަކުންނެވެ. މޫދާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުންދިޔަ ތުއްތު ތުއްތު ކުއްޖެކެވެ. 2 އަހަރަށްދާ ތުއްތު ފަރިފުޅު ނަގާ ވެލިފޮޅާލަމުން ފިޒާ ދަރިފުޅު ގައިގަ ބައްދާލާ ކޮލުން ދޮނެއްނެގިއެވެ. އެ ދަރިފުޅުގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު މާޒީގެ ހިތި ތަޖުރިބާ ސިކުނޑީގައި ވަކި ހިއްޕާލާ ހިތަށް ތަދުކުރުވައެވެ. ފިޒާ ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސި އަނދިރިވާން ފެށުމުންނެވެ. “ކިތައް ދުވަހު […]
މުޅި މޫސުންވަނީ ބަދަލުވެފައެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ފަދައެވެ. އިއްބާން ވިސްނަމުން ދިޔައެވެ. އޭނާގެ ހަޔާތަކީވެސް މޫސުމެއް ފަދައެވެ. އެކި ފަހަރު އޭނާގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދެއެވެ. އެ އުފާވެރި ހަޔާތް ބަނަވީވެސް ހަމަ ކުއްލިއަކަށެވެ. ދެންމެ ދެންމެ ވާރޭވެހިދާނެ ފަދައިން އިއްބާންގެ އެ ވޭނުން ފުރިގެންވި ލޮލުތެރޭގައި ހަތްޔަރުވެފައިވާ ކަރުނަތައް ފައިބައިގެންފާނެ ފަދައެވެ. *********************** އެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތްއިރު އޭނާގެ މުއްކެވިފައިވާ އަތުން ރެއިލިންގައި ގޮއްމުށުން އެތިފަހަރެއް ވީއްލާލިއެވެ. […]
”އެއޮށް ގަޑި ޖެހެނީ.. ހިނގާ ދާން..” އެކަކު އަނެކަކަށް ގެއްލިފައި ހުރި ދެމީހުންނަށް ހޭވެރިކަން ވީ ކައިޒީން ވާހަކަ ދައްކަން ފެށުމުންނެވެ. މާހިލް އަވަހަށް އެތަނުން ނުކުމެގެން ދިޔައިރު ކައިޒީން އަދި އީނާޝް ވެސް އެތަނުން ނުކުމެގެން އަވަހަށް ދިޔައީ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ. ******* އީނާޝް އާއި ކައިޒީން ގެއަށްއައި އިރު އެދެ ކުދިންގެ އިންތިޒާރުގައި އާރިފާ އާއި ޒިރާން ހުއްޓެވެ. އީނާޝްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައިރު ކައިޒީންގެ މޫނުމަތި ވަނީ މިލައި […]
ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން މިއީ އެމީހުންނަށް އާ ކަމެއް ނޫންކަން އިނގެއެވެ. ހިލޭ ފިރިހެނެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާފައި ނުވާ މަލްޝާއަށް މީ ހުސް ނުދަންނަ ބީރައްޓެހި ކަންކަމެވެ. ފިޔަވަޅުތައް ކައިރިވަމުން އައި ވަރަކަށް މަލްޝާގެ ހިތުގައި ވަކި ހިއްޕާލާފައިވާ ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ލޮލުގެ ތެރޭގައި ގައިދުކޮށްފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ދިޔައީ ނުކިޔަމަންތެރިކަން ދައްކަމުންނެވެ. ވަށައިގެން ތިބި އެންމެންނަށް މަލްޝާގެ ހިތުގެ ތެޅުމުގެ އަޑު އިވޭނެކަން ގައިމެވެ. މަލްޝާއާ ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތައް ކައިރިވަމުން ދިޔަ ވަރަކަށް އަނެއްކާވެސް ރައުލްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވީ އަޒުމު އެއަށް ވުރެ މާ ބާރުގަދައެވެ. މަލްޝާގެ މޫނުމައްޗަށް ވެރިވެފައިވީ ބިރުވެރިކަމާއި ސިހުންވީ އޭނާގެ ހިތުގައި އޮތް އަޒުމު އިތުރަށް ވަރުގަދަ ކުރުވި ސަބަބަކަށެވެ. މަލާމާތުގެ ހިނތުންވުމެއް ވެރި ކުރުވައިގެން ހުރެ ގޮސް މަލްޝާގެ އަތުގައި ހިފާ ނެގުމަށްފަހު އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ. ރައުލްގެ އަޅި ލޮލާ ހަތަރުކަޅި ހަމަ ނުކުރަން މަލްޝާ ކުރި މަސައްކަތް ދިޔައީ ފެނުފުލުންނެވެ. އެ ފުން ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ރައުލްއަށްވެސް ހުރެވުނީ މަލްޝާގެ ހޭޒަލް ކުލައިގެ ލޮލަށް ގެއްލިފައެވެ. މި ބީރައްޓެހި އަންހެން ކުއްޖާގެ ރީތިކަމަށް ހިތް ތައުރީފު ކުރި ނަމަވެސް ސިކުނޑި މުޅިން ދެކޮޅެވެ. މަލްޝާގެ ކޮނޑުގައި އަޅުވާލެވިފައިވާ އޭނާގެ އަތް ނައްޓުވާލަމުން ރައުލް މަލްޝާގެ ވަށް މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މަލްޝާގެ ދެލޮލާއި ރައުލްގެ ދެލޯ ގުޅިފަވާއިރު ދެން ތިބި އެންމެން ހީގަނެގެން ބަލަހައްޓައިގެން ތިބި ގޮތުން ހީވީ ކަސޯޓީގެ އެޕިސޯޑެއް ލައިވްކޮށް ބަލާލަން ލިބުމުން އުފަލުން ތިބި ހެންނެވެ. ރައުލް މަޑުމަޑުން މަލްޝާގެ މޫނު އޭނާގެ މޫނާ ކައިރި ކުރަމުން ދިޔައެވެ. މަލްޝާގެ ހޫނު ނޭވާ ރައުލްގެ ކޯތާފަތަށް އެޅިގެން ދިޔައިރު އެ ރީތިކަމުގެ ސިހުރުގައި ޖެހި އެ ހިތުގައި މަލްޝާއަށް އޮތް ނަފްރަތާއި ބަދަލު ހިފުމުގެ ރޫހު އެކީ ހިނދިގެން ދިޔަ ފަދައެވެ. ރައުލް ކުޑަކޮށް ގުދުވެލަމުން މަލްޝާގެ މޫނާ އެއް ހަމަ އަކަށް ތިރިވެލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައިވާ މަލްޝާގެ ބައްޓަން ރީތި ތުންފަތަށެވެ. އެ ދެމެދުގައިވީ އިންޗީގެ ދުރުކަން ކުޑަ ކުރަމުން ރައުލް މަލްޝާގެ ތުންފަތުގައި ލުއިކޮށް ބޮސްދިނެވެ. ޝަބްނަމް ތިކިތަކަކުން ދެ ތުންފަތް ތެމިގެން ދިޔައިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް ސިކުނޑިއަށް ނަގައިގަނެވޭހާ ހޭވެރިކަންވެސް އެ ދެމީހުންގެ ނެތެވެ. މަލްޝާއަށް ހީވީ ޚިޔާލީ ކަނޑުގައި އޮޔާ ބެހެމުން ދަނިކޮށް އޭނާ ހަނަފަސް ބިމަކަށް ލެއްގީހެންނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި މަލްޝާއަށް ހޭވެރިކަން ވުމުން ރައުލްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. މަސްތީ އޮއެވަރުގައި ބެހެމުން ދިޔަ ރައުލްއަށް ނުވިސްނާ ހުއްޓާ އެފަދަ ހަމަލާއެއް އައުމުން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރައުލްގެ ނަޒަރު ސީދާކޮށްލީ ރޮވިފައި ހުރި މަލްޝާއަށެވެ. މަލްޝާގެ ތުންފަތަށް ލޭކުލަ އަރާފައި އިރު މޫނެކޭ ރަތް ޓޮމާޓޯ ގަނޑެކޭ ތަފާތެއް ނެތެވެ. ތެމިފައިވާ އެ ތުންފަތުގެ އޮފްކަން ދެގުނަ ވެފައިވާއިރު ރައުލްގެ ދަހިވެތި ނަޒަރު އަދިވެސް ހުއްޓިފައިވަނީ މަލްޝާގެ ތުންފަތަށެވެ. މަލްޝާ އަނގަމަތީގައި އަތްއަޅާލުމަށްފަހު އަނެއް ފަރާތަށް އެނބުރި ދުއްވައިގަތް އިރު އަދިވެސް ހުރީ ދެންމެ ވީ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ރައުލް އޭނަގެ އެތައް ހުވަފެނެއް ފުނޑުފުނޑުކޮށްލާ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވާލައިފިއެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމާ މެދު ޝައްކު ކުރުވާ އަމިއްލަ ހަށިގަނޑު ދެކެ ނަފްރަތު ކުރުވާފައެވެ. މަލްޝާ ދުވުން ހުއްޓާލީ ވަރުބަލިވެ ދެން ނުދުވެވޭނެހެން ހީވާ ގޮތް ވުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ރައުލްމެން ލޮލުކޮޅަށް ފެންނަންވެސް ނެތެވެ. ގައިގެ ވަރު ދޫވާ ހެން ހީވުމުން މަލްޝާ ކަކޫ މައްޗަށް ތިރިވިއެވެ. އަޑުން އަޑު ނަގާފައި ރޮއެގަނެވުނީ އޭނާގެ ވޭނީ އުދާސްތައް އަޑު އަހާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއް ނެތްކަން ޔަގީންވާ ހާލުގައެވެ. ރުއް ފަލެއްގެ މެދުގައި ދަންވަރު އަތަށް އަޅަމުން ދާއިރު ހުންނާނީވެސް ކާކު ހެއްޔެވެ؟ ނަމަވެސް މަލްޝާއަށް އެ ނާމާން މާހައުލުގައި އެކަނި އިން އިރު އެއްޗެކޭ ހިތަށް އެރިހެންވެސް ހީނުވެއެވެ. ނޫނީ މަލްޝާގެ ހިތުގައި ވަކި އަޅަމުންދާ ހަނދާންތަކުން މަލްޝާއަށް އެ ބިރުވެރިކަން އިހްސާސް ނުކުރެވެނީއެވެ. * * * * * * * * * * * އަނގަމަތީގައި އަތްއަޅައިގެން ހުރެ ދުވެފައި މަލްޝާ ދިޔަ ތަން ފެނުމުން ހޭން އިން އީވާ އިންތަނުން ތެދުވިއިރު ރައުލް ހުރީ އޭނާގެ ކަނދުރާއާ ހަމައަށް އަންނަ މަޑުމުށިކުލައަކަށް އޮތް ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން މަލްޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އީވާ ރައުލްއާ އަރާހަމަވެފައި ދިމާކުރާ ރާގަކަށް އޯ ލައްވާލިއެވެ. އެންމެން އެއްކޮށް ފެށީ ހޭށެވެ. ރައުލް މޫނުމަތީގައި އަސަރެއް ނެތް ކުލަވަރެއް ކުރަހާލަމުން ގޮސް ލާޝިންގެ ކޮނޑަށް އަތް ވައްޓާލަމުން ކިބުރުވެރި ހިނިތުންވުމެއް ދައްކާލިއެވެ. ” ކޮބާ! ފެނިއްޖެ؟ މަށަށް ކުރަން ނުކެރޭ ކަމެއް ނުހުންނާނެ ދުނިޔެއަކުވެސް… ޔަގީން ވެއްޖެ އެއްނު ދޯ… ” ރައުލް އެހެން ބުނެލުމާއެކު އީވާ ހީގަނެފައި ގެރޭ އޭ ބުނެލިއެވެ. ” ކޮން ކަހަލަ ފީލިންއެއް ކުރެވުނީ މަލްޝާގެ އުހުމް އުހުމް… ” ރަޔަން ލާނެތް ވައްތަރަކަށް ހީލަމުން ބުނެލިއެވެ. ” އަދި ފީލިންއެއް ކުރެވެން ޖެހޭތަ؟ ޔޫ ނޯ އެއްނު އިޓްސް ނޮޓް ނިއު ޓު މީ ކަން… ” ރައުލް ދެކޮނޑު އަރުވާލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. ކުރެވުނު ކަންތަކާ އޭނާ ލަދުވެސް ނުގަންނަ ފަދައެވެ. ” ދެން ކޮންމެސް ފީލިން އެއް ކުރެވޭނެ ދޯ؟! ” ޒޭބާ ބުނެލީ ރައުލްގެ ކޮނޑުގައި ކޮނޑުން ޖެހިގަންނަމުންނެވެ. ” ޝީ ޓޭސްޓްސް ރިއެލީ ގުޑް… ” ރައުލް އެއްލޯ މަރާލަމުން ބުނެލިއެވެ. ” އާނ އެކަން އެބަ އިނގެޔޭ… މުޅި އަނގަ މަތީ ތިއޮތީ މަލްޝާގެ ތުންފަތުގައިހުރި ލިޕްސްޓިކް ވިއްޔަ… ފެންނަ މީހަކަށްވެސް އިނގޭނެ ތާޒާ ކަންމަތީ މަލެއްގެ ފޮނިކޮޅު ބޮއެލައިގެންކަން ތިހިރީ… ” ރާއިން ބުނެލުމާއެކު ރައުލް އަނގަމަތީގައި އަތް ކާއްތާލުމަށްފަހު އަތަށް ބަލާލީ އެއީ ތެދެއްތޯ ޔަގީންކުރުމަށެވެ. މުޅި މާޙައުލުގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ. މި ހުރިހާ ސަކަރާތެއްގައި ބައިވަރުވަމުން ދިޔަ އީވާއަށް މަލްޝާ މަތިން ހަނދާން ނެތުނެވެ. […]
“ނައިނާ…” އެއީ ނައިނާގެ އަތުގައި އަޅާފައިވާ އޮއްވާ އެތަށްފަހަރަކު އޭނައަށް ފެނިފައިވާ ކެވެލި ކޮޅެކެވެ. ސުވާލުއުފެދުނީ އެ ކެވެލިކޮޅު އެތާ އޮންނަންވީ ސަބަބެއް ނޭނގިފައެވެ. ހައިޒަލް ފޯނުން ބިންމައްޗަށް އަލިއަޅުވާލިއެވެ. ބިންމައްޗަށް ހޫރިފައިވާ ސާމާނުތަކާއި ތަންކޮޅެއް ދުރުގައި އޮތް ނައިނާގެ އަތްދަބަސް ފެނިފައި ހައިޒަލްގެ ސިކުނޑިވެސް ނުރައްކާތެރިކަމުގެ އިންޒާރެއްދިނެވެ. އަދި ޕޭމެންޓްމަތީ ހިކިފައިވާ ލޭތައްފެނި ހައިޒަލްގެ ނޭވާވެސް ހުއްޓުނުފަދައެވެ. އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތެވެ. “ހައި… ހާދަ ގުޅައިފީމޭ…” ދުވެފައި އައިސް ހައިޒަލްއާއި އަރާހަމަވި މިކްޔާލް ގުދަށްއޮވެ […]
މާ ގިނަ އިރު ނުކޮށް ކިޔާރާ، ފޯނު ކަނޑާލުމުން، އަހަރެން ގޮސް، އެނދުގައި އވެލީމެވެ. އެއިރުވެސް ހުރެވުނީ ހިނިތުންވެފައެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ، ދެބަދޭތެރޭ އޮއްވައެވެ. ނަގާ ހިތް ނުވެފައި އޮވެވެސް، ކާކުތޯ ބަލައިލީމެވެ. އެއާއި އެކު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަގަން ހިތް އެދެއެވެ. ނަމަވެސް، ހަމަ އެ ސިކުންތުކޮޅުވެސް ޝަކުވާތައް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އަހަރެން މަޑުމަޑުން ފޯނު ސްކްރީންގައި ފިރުމާލީމެވެ. ހަމަ ފޯނު ނަގަންވީ ހެއްޔެވެ؟ ……………………………………………………………………. […]
ކުއްލިއަކަށް އައިލީންގެ ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮއްލާފައި އިއްބާންއާ ދިމާލަށް ބަލަން އޮވެވުނެވެ. އިއްބާން ހަމަ އައިލީންއާ ދިމާލަށް ބަލާވެސްނުލާ ހިނގަމުންދިޔައެވެ. އެ މޫނަށް ބަލަން އޮވެފައި ކުއްލިއަކަށް އައިލީން ދެފެރާތަށް ބޯހޫރާލީ ހިތަށްއެރި އެއްޗަކާ ދެބަސްވާ ހާލުގައެވެ. “ނޫންންން…..” ********************** އައިލީންއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނީ އޭނާގެ ހިތާއި ސިކުނޑި ތަކުރާރުކޮށް އެކައްޗެއް ކިޔަމުންދާތީއެވެ. އިއްބާން ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް އައިލީންއަށް ބަލާލިއިރު ދެލޯބޮޑުކޮއްލައިގެން އައިލީންއޮތީ އިއްބާންގެ ހުދުކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފާ ބާރުކޮއްލައިގެނެވެ. އެވަގުތު […]