Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާނަން އުމުރަށް – 15 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
August 9, 2019 2 Mins Read
21 Comments

މުޅި މޫސުންވަނީ ބަދަލުވެފައެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ފަދައެވެ. އިއްބާން ވިސްނަމުން ދިޔައެވެ. އޭނާގެ ހަޔާތަކީވެސް މޫސުމެއް ފަދައެވެ. އެކި ފަހަރު އޭނާގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންދެއެވެ. އެ އުފާވެރި ހަޔާތް ބަނަވީވެސް ހަމަ ކުއްލިއަކަށެވެ. ދެންމެ ދެންމެ ވާރޭވެހިދާނެ ފަދައިން އިއްބާންގެ އެ ވޭނުން ފުރިގެންވި ލޮލުތެރޭގައި ހަތްޔަރުވެފައިވާ ކަރުނަތައް ފައިބައިގެންފާނެ ފަދައެވެ.

***********************

އެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތްއިރު އޭނާގެ މުއްކެވިފައިވާ އަތުން ރެއިލިންގައި ގޮއްމުށުން އެތިފަހަރެއް ވީއްލާލިއެވެ. ލޫންގެ ހަނދާންތައް އާވަނީއެވެ. އެ ސޫރަ ލޯކުތިމަތިން ސިފަވަނީއެވެ. އެހެން ހުއްޓާ އިއްބާން އޭނާގެ މާޒީގެ ސޮފްހާ ތަކުގެ ތެރެއަށް ގެނބުނީ ނޭނގިހުއްޓާއެވެ.

********************

“ޝައިލާ…..އައި ވިލް ކިލް ޔޫ….ހުވާ މިބުނީ ޑޭން…ދެން އެއީ ބޮޑުވަރު ދޯ….އިއްޔެ ލޫންގެ އިސްތަށިގަނޑުގައި އެ ޝައިލާ ހިފިއިރު ގަސްތުގައެއް ނޫން އަހަންނަށް ހަޅޭއްލަވައިގަނެވުނީ….ދެން…މިޔަދު..
އެ ޝައިލާއަކަށް ނުޖެހޭދޯ އޭނަ ޕާޓީއަށްގޮސް ސޯފާގައި ރީތިކޮށް އިންދާ ދިޔަގޮތަށް ގޮސް އޭނަ ގަޔަށް ފެންޖަހާކަށް…” މިޔަދު ކުލާސް ކުއްޖެއްގެ ޕާޓީގައި ޝައިލާ ކުރި ކަމަކުން އިއްބާން ހުރީ މޫޑު ގޯސްވެފައެވެ.

ޝައިލާ އެކުލާހުގެ ހުރިހާ ކުދިންގެ ކުރިމަތީ ލޫންގެ ބޮލަށް ފެންއެޅި މަންޒަރު ފެނުމުން އިއްބާން ޝައިލާއާ ދިމާލަށް ދިޔަގޮތުން ހީވީ ހަމައިން ނެއްޓިހެންނެވެ. އެދިޔަ ބާރުމިނުގައިގޮސް ޝައިލާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާން އަތްމަޅާލެވުނީ ބޭއިހްތިޔާރުގައެވެ.
އެވަގުތު ދާނިޝް އިއްބާން ނުހިފެހެއްޓިނަމަ ޝައިލާއަށް ވާނެވަރު ބަޔާންކޮއްލަންވެސް ދައްޗެވެ. ދާނިޝްއަށް އިއްބާން ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ޕާޓީ ބޭއްވި ބިލްޑިންގް ގެ ޓެރަސްއަށް ދާނިޝް އިއްބާން ގޮވައިގެންއައީ އޭނާ ހަމަޖައްސާލުމަށެވެ.

“ނިމުނީތަ….ދެން އަހަރެން މިކިޔާ އެއްޗެއް އަޑުއަހާ…ކީއްކުރަން ތަ ލޫންއަށް ތި އެހީވަނީ….އެހެންނޫނަސް އެ ޝައިލާއެއް ކިތައް ކުދިންނަށް ތިހެން ހަދައިފި….މި ސުކޫލަށް ވަންނަ ކޮންމެ ކުއްޖަކާ އޭނާ ނުބެހުނަސް…..އަހަރެމެން ކުލާހަށް ވަންނަ ކޮންމެ އަންހެން ކުއްޖަކާ އެގޮތަށް އޭނަ ބެހެއެއްނުން….އަޅާ ނުލާބަ ބެން….” ދާނިޝް ބުނެލީ އިއްބާންއާ ދިމާލަށް އެ އަޅިކުލައިގެ ދެލޮލުން ފުންނަޒަރަކުން ބަލާލަމުންނެވެ.

އިއްބާން ދިޔައީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ފުންނޭވާ ތަކެއް ލަމުން ދިޔައިރު ދެއަތް ވަނީ މުއްކަވާލެވިފައެވެ.

“ހިނގާ…” އިއްބާންގެ ހަރަކާތްތަކަށް ބަލަންހުރި ދާނިޝް ބުނެލީ ފުންނޭވާއެއް ލަމުންނެވެ. ދާނިޝް ޓެރަސްއިން ނުކުތުމުން އިއްބާންވެސް ހިނގައިގަތީ ދެބުމަ ގޮއްޖަހައިގެން ހުރެއެވެ. ޓެރަސްއިން ނުކުމެގެން ދިޔައީ ފާރަށް އެތިފަހަރެއް ވީއްލާލާފައެވެ.

އެކުއެކީހެން ޕާޓީއަށްވަތް ދާނިޝްއާ އިއްބާންހުރީ ހުއްޓުންއަރާފައެވެ. މުޅި ޕާޓީއަށް އައި ހުރިހާ އެންމެންވެސް ތިބީ ހަމަހިމޭންވެފައެވެ. މުޅި މާހައުލު އެކުއެކީ ހަމަހިމޭންވެފައި ވާއިރު އިވެނީ އެންމެ އަޑެކެވެ. ލޫންގެ މަޑު ގިސްލުމުގެ އަޑެވެ.

“އޭތް….އަޑެއް ނީވޭހޭ!!!……” އެވަގުތު މުޅި މާހައުލުގައި ގުގުމާލީ ޝައިލާ ހަޅޭއްލަވައިގަތް އަށެވެ. ރުޅިއައިސް މުޅި މޫނު ރަތްކޮއްލައިގެން ހުރި ޝައިލާ ލޫންގެ ކަންކަށި މައްޗަށް ދެތިން އެތިފަހަރު ވީއްލާލިއެވެ. އެވަގުތު ލޫން ވެއްޓުނީ ޝައިލާގެ ފައިބުޑަށެވެ. ދޮރާ ފުރަގަސްދީގެން ހުރުމުން ޝައިލާއަކަށް އިއްބާންއެއް ނުފެނުނެވެ. އެހެންނޫންނަމަ އެފަދަ ހިއްވަރެއް ކޮއްލާކަށް އޭނާކަށް ލާހިކެއް ނޫނެވެ.

މަންޒަރު ބަލަންހުރި އިއްބާންގެ ލޭކެކިގަތެވެ. ވިދުވަރެއްހާ ހަލުވި މިނުގައިގޮސް ޝައިލާގެ ފައިބުޑަށް ވެއްޓިފައި އޮތް ލޫން ނެގިއެވެ. އަދި ސޯފާގައި ބައިންދާލާފައި ޝައިލާއާ ކުރިމަތިލިއެވެ. ދާނިޝް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އިއްބާން ނޫނެކޭބުނެލީ ހަރުކަށި އަޑަކުންނެވެ. ދާނިޝް އެހުރިތާ މަޑުކޮއްލިއެވެ. އޭނާއަށް ޔަގީންވީ އިއްބާން ޝައިލާއަށް ކަމެއް ނުކުރާނެކަމެވެ. ޝައިލާ ހުރި އިއްބާން ފެނުމުން ބިރުގަތް ވަރުން ދެލޯބޮޑުވެފައެވެ. ނަމަވެސް އިއްބާން އޭނާއާ ދިމާލަށް ބަލާލުމާއެކު ހަމަޖެހެލީ އޭނާއަކީ ކޭރޭ މީހެއްކަން ދައްކަންހެން ހީވިއެވެ.

“ޝައިލާ……” ދަތްތަކަށް ބާރުކިއްލައިގެންހުރެ އިއްބާން ޝައިލާގެ ނަން ކިޔާލިއެވެ.

“ކީކޭތަ….” ތުއި ގޮތަކަށް ޝައިލާ ބުނެލިއެވެ.

“ބުނަން….ދެން އޭނައަށް އުނދަގޫ ކޮއްފިއްޔާ……ނިމުނީ….” އިންޒާރުގެ ނަޒަރަކުން ޝައިލާއާ ދިމާލަށް ބަލާލަމުން އިއްބާން ބުނެލިއެވެ. އަދި ޝައިލާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ގޮސް ލޫން ކައިރީ މަޑުކޮއްލިއެވެ. އަދި ލޫންގެ އަތުގައި ހިފާ ކޮޅަށް ނެގީ ހަމައެކަނި އިއްބާންގެ ބާރުގައެވެ. ލޫން ހުރީ އިސްޖަހައިގެނެވެ. އެ ރީތި ދެލޮލުން ހިފެހެއްޓުމެއްނެތި ހަރުނަތަށް ފައިބަމުންދެއެވެ. މޫނުގެ ކަނާއަތްފަޅި އެއްކޮށް ދުޅަވެފައި ވާއިރު އެފަޅީގައި ފަސްއިނގިލީގެ ނިޝާން ފާހަގަވާން ހުއްޓެވެ. އެ މަންޒަރު ފެނި އިއްބާންގެ ލޯތެމޭގޮތްވިއިރު ޝައިލާއާ ދިމާލަށް ބަލާލީ ދެލޯ ހަނިކޮއްލަމުންނެވެ.

ދެން އިއްބާން ކޮއްލިކަމަކުން ޝައިލާއާ ދާނިޝްގެ ލޯބޮޑުވިއިރު ޕާޓީއަށް އައިސްތިބި އެކުލާސް ކުދިންނަށް ވެސްވީ ހަމަ އެވަރެވެ.

***************

މާޒީގެ އެ ހިތި ސޮފުހާތެރޭގައި ފީނަމުންދިޔަ އިއްބާންއަށް ހަމަހޭވެރިކަމެއްވީ ވާރޭގެ ހާސްތިކިތަކުން އެ ހަށިގަނޑު ތެމެން ފެށުމުންނެވެ. އޭރުވެސް އެ ދެލޮލުން ކަރުނަތަށް ފައިބަމުންދިޔައީ ހިފެހެއްޓުމެއްނެތިއެވެ. އިއްބާން ދެލޯބޮޑުކޮއްލާފައި އެ ދިޔަ ބާރުމިނުގައިގޮސް ކޮޓަރިއަށް ވަދުނެވެ. އެއްއިރެއްގައި ވާރޭއަކީ އިއްބާންގެ ހިތަށް ހިތްހަމަޖެހުމާ އުފާ ހޯދައިދޭ އެއްޗެއް ނަމަވެސް މިހާރު އެ ވާރޭދެކެ އޭނާ ނަފްރަތުކުރެއެވެ. އެ ހިތަށް ހަމަޖެހުމެއް އުފަލެއްވެސް ނުލިބެއެވެ. ލިބެނީ އެންމެ އެއްޗެކެވެ. ވޭނާއި ހިތާމައެވެ. ވާރޭވެހޭ އަޑުއިވި އެ ވާރޭގައި އޭނާއާ ލޫންގެ އެތަށް ފޮނި ހަނދާންތަކެއް އާވެ އެހިތް ޒަހަމްކޮއްލައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ހާސިލް ވުމަށް އެދި 11

Next

ޢީދު ހަދިޔާ

Next
August 9, 2019

ޢީދު ހަދިޔާ

Previews
August 9, 2019

ހާސިލް ވުމަށް އެދި 11

21 Comments!

  1. malsamalkkomal says:
    August 9, 2019 at 8:55 am

    Salaam readers…Hope you all will like this part too…?
    LOVE YOU ALL…..❤♥❤♥❤

  2. dhaleyka says:
    August 9, 2019 at 9:09 am

    “vadhune” mihen dhivehi bahu ga nuliyane/ nukiyane… rangalhu goathaki “kotariah van.. vanee kotari ahsheve….

    1. Malsa Moosa says:
      August 9, 2019 at 11:52 am

      Thank you sooo much for pointing out that mistake….Next time rangalhu koalaanan…
      ☺?thanks

  3. jiji says:
    August 9, 2019 at 10:36 am

    Hey v rythi ingey mi bai vec❤❤????..Bt vadhunevw nuliyaane ingey… vaneve liyaany ingey..Anyways kon irakun next upkohlaanyyy..waiting❤❤????

    1. Malsa Moosa says:
      August 9, 2019 at 11:54 am

      Thanks jiji…and thanks for pointing out the mistake…Next time rangalhu koalaanan….Next part…..Varah avahah…lysm…??

  4. Anonymous says:
    August 9, 2019 at 11:01 am

    Haadha kuru eyh!!?

  5. malsamalkkomal says:
    August 9, 2019 at 11:55 am

    Thanks…Next part dhigu koalaanan….??

  6. Reader says:
    August 9, 2019 at 12:54 pm

    Thakolheh kuree…..next part dhigu kollahchey…..anyways v nice

    1. Malsa Moosa says:
      August 9, 2019 at 2:28 pm

      Thanks Reader…Yeah..Next part dhigu koalaanan…thaks..?

  7. Curious says:
    August 9, 2019 at 1:30 pm

    Are u really 12 years old?

    1. jiji says:
      August 9, 2019 at 5:49 pm

      ?Yeah she is

    2. Malsa Moosa says:
      August 9, 2019 at 9:29 pm

      Yeah..She is right….?

  8. malsamalkkomal says:
    August 9, 2019 at 2:29 pm

    Yeah…What happen…??

  9. Meekkomee says:
    August 9, 2019 at 2:51 pm

    Heyy….mi part ves varah reethi ???????? kudhi kudhi mistakes ehbahuri eh than kolhu tha rangalhu kohlaathi ingyy ???? whn is next part… waiting ingyyy ???

  10. malsamalkkomal says:
    August 9, 2019 at 3:52 pm

    Heyy…thanks Meekko…Yeah..Next time rangalhu koalaanan……Next part varah avahah Insha Allah…..hmm..keep waiting..lysm…♥❤♥

  11. Makku says:
    August 9, 2019 at 6:54 pm

    ???Varah reethi lysm

  12. Butterfly says:
    August 9, 2019 at 9:25 pm

    REEETHI

    1. malsamalkkomal says:
      August 15, 2019 at 7:15 pm

      Thanks…?♥

  13. malsamalkkomal says:
    August 9, 2019 at 9:28 pm

    Thanks Makku..
    LYSM….?

  14. Luc!f3r says:
    August 10, 2019 at 1:17 am

    Short viyas maazee kiyaalan libunyma varah ufaavi.. Ekam magey loabivaa vaareyah thihen nahadhaa.. I dont think i will ever hate rain

  15. malsamalkkomal says:
    August 11, 2019 at 1:00 am

    thanks Lucifer…Ehehe..Lucifer hate nuviyaa rangalhee..Mal ves hate nuvey…But Ben hate vanee rain dheke….keekuraanee…??

Comments are closed.

Next Episodeވާނަން އުމުރަށް – 16 –←


All Right Reserved!