“ނައިނާ…” އެއީ ނައިނާގެ އަތުގައި އަޅާފައިވާ އޮއްވާ އެތަށްފަހަރަކު އޭނައަށް ފެނިފައިވާ ކެވެލި ކޮޅެކެވެ. ސުވާލުއުފެދުނީ އެ ކެވެލިކޮޅު އެތާ އޮންނަންވީ ސަބަބެއް ނޭނގިފައެވެ. ހައިޒަލް ފޯނުން ބިންމައްޗަށް އަލިއަޅުވާލިއެވެ. ބިންމައްޗަށް ހޫރިފައިވާ ސާމާނުތަކާއި ތަންކޮޅެއް ދުރުގައި އޮތް ނައިނާގެ އަތްދަބަސް ފެނިފައި ހައިޒަލްގެ ސިކުނޑިވެސް ނުރައްކާތެރިކަމުގެ އިންޒާރެއްދިނެވެ. އަދި ޕޭމެންޓްމަތީ ހިކިފައިވާ ލޭތައްފެނި ހައިޒަލްގެ ނޭވާވެސް ހުއްޓުނުފަދައެވެ. އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތެވެ.
“ހައި… ހާދަ ގުޅައިފީމޭ…” ދުވެފައި އައިސް ހައިޒަލްއާއި އަރާހަމަވި މިކްޔާލް ގުދަށްއޮވެ ނޭވާ ހަމަޔަކަށް އަޅުވާލަމުން ވާހަކަދެއްކިއެވެ.
“މިއުޅެނީ ނައިނާ ނުފެނިގެން.. މުޅި ކޮމްޕެނީ ބަލާފައި މިއައީ… ގެއަށް ނުގޮސްގެން ނައިނާގެ ދައްތަ ގުޅައިވެސްފި… އެކަމް ނައިނާ ނިކުމެގެންދަނިކޮށް އަހަރެން ދެކުނީމޭ.. ސީސީ ފްޓޭޖްވެސް ދެކުނީމޭ…” މިކްޔާލް އަވަސްގޮތަށް ބުނެލިކޮންމެ ޖުމްލައެއް ހައިޒަލްއަށް އަޑުއިވުނީ ހޮނު ގުގުރިއެއްހާ ބިރުވެރިކޮށެވެ. ވަރުދޫވެގެން ކާރަށް ލެގެވުނުގޮތަށް ހައިޒަލްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ހިތާހިތުން ދުއާކޮށްލެވުނީ އޭނައަށް ހީވާހީވުން ތެދަކަށްނުވުމަށް އެދިއެވެ. ނައިނާ ސަލާމަތުން ހުރުމަށް އެދިއެވެ.
ހައިޒަލްގެ އަތް އެލިގެންދިޔައިރު ފޯނުން މުޅި ބިންމައްޗަށް އަލިވެގެންދިޔައެވެ. ފެނުނު މަންޒަރުން މިކްޔާލްގެ އަނގަމަތީ އަތްއެޅުނުގޮތަށް ފަަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނައިނާއަށް ވީގޮތް އެއޮތީ ލޯކުރިމަތީ ފެންނާށެވެ. މުޅި ބިންމަތި ނައިނާގެ ލެއިން ފެވިފައެވެ. ބިންމަތީގައި ނައިނާ ލޯބިން ގެންގުޅުނުހާ ސާމާނުތަކެވެ. ތަފްސީލަކާއި ނުލާ އޭނާގެ ސިކުނޑި ހުރިހާކަމެއް ނަގައިގެންފިއެވެ.
*** *** *** *** *** ***
މުޅި ތަނަށް އަލިވެފައިވަނީ އެންމެ ބޮތްކެއްގެ ފަޑުއަލިންނެވެ. ހުސްކޮށް އޮތް ހޯލްފަދަ ބޮޑު ތަނުގެ މެދަށް އެއްލާލައިފައި އޮތް ބުދެއްހެން ނައިނާ އޮތްއިރު އޭނަގެ ވަށައިގެން މީހުން ފޯރިމަރަމުންދިޔައެވެ. ހިރަފުން ކިލާވެފައިވާ ތަޅުންގަނޑުގައި ބަނޑުން ވާގޮތަށް ނައިނާ އޮތްއިރު އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ނިއްކުރިން ފެށިގެން މޫނުގެ ބޮޑުބައި ލެއިން ކަޅިވެފައިވެއެވެ. އެތެރޭގެ އުދާސްކަމުގެ ސަބަބުން މޫނުމަތިން ހިލެމުންދިޔަ ދާތިކިތައް ކަރުދޮށަށް ތިކިޖަހަމުންދިޔައެވެ. އެ ދާތިކިތައްވެސް ހުރީ ލޭކުލައިގައެވެ. ނައިނާގެ އަތާއި ފަޔާއި ވާގަނޑަކުން އައްސާފައިވާއިރު އަނގަމަތީ ރުމާލެއް ބަނދެފައިވެއެވެ. ތަނުގެ ހިމޭންކަން ފޫދުއްވާލައިފައިވަނީ ނައިނާގެ ފޯނުގެ ރިންގްގެ އަޑުންނެވެ.
*** *** *** *** *** ***
މަޔާން އާއިއެކު ހައިޒަލް އޭނަގެ ކާރުގެ ބްލެކްބޮކްސްގެ ފުޓޭޖް ބަލަމުންދިޔައިރު ބުމަގޮށްޖެހި އަތްމުށްކެވެމުންދިޔައެވެ. ރުޅިވެރިކަމުގެ ނިޝާންތައް މޫނުމަތިން ފާޅުވާންފެށިއެވެ. ރުޅިވެރިކަން ހަށިގަނޑު ފިއްސާލިނަމަވެސް ހިތަށް ކުރި އަސަރު ކުޑައެއް ނޫނެވެ. ނޭނގިހުއްޓާ ލޮލަށް ޖަމާވީ ކަރުނަތައް ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. ނައިނާގެ ބޮލަށް އެރިއެތިފަހަރާއިއެކު ލޯމަރާލެވުނީ އެ މަންޒަރު ދެކެނެހާ ހިތްވަރުނެތިގެންނެވެ. އެ މަންޒަރު ފެނުނީ ދުވަހަކު ނުފެންނަހާ އަނިޔާވެރިކޮށެވެ.
“ޔާން… ޕްލީޒް.. ސޭވް ހާރ.. އެ މީހުން ނައިނާއަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ…” ހައިޒަލް އޭރުވެސް އިނީ ނައިނާގެ ފޯނަށް ގުޅައިގެންނެވެ. ފޯނު ރިންގްވަމުންގޮސް ވަކި ހިސާބަކުން ކެނޑެމުންދިޔައެވެ. ހައިޒަލް ހާސްވިއެވެ. ނައިނާގެ މައްޗަށް އައްމާރުގެ މީހުންގެ ހިތުގައި ރަހުމެއް ނޯންނާނޭކަން އޭނައަށް ކިތަންމެ ރަނގަޅަކަށްވެސް އިނގެއެވެ. އެއްފަހަރު މީހަކު މަރާފައިހުރި މީހަކު ދެވަނަ ފަހަރުވެސް މީހެއްގެ ފުރާނަ ނަގާލަން ފަހެއްނުޖެހޭނެއެވެ. އަދި އައްމާރުކަހަލަ ކުށްގަބޫލުނުކުރާ ޖައްބާރުންނެވެ.
އެތައް މަސްހުނި އިހުސާސްތަކާއި ހައިޒަލްއަށް އެއްތާކު އިންނަން ދަތިވިއެވެ. ސޯފާއިން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ. ރެއިލިންގެ ކައިރީ ހުރެފައި އިރުކޮޅަކުން ދެކޮޅަށް ހިނގަންފެށިއެވެ. އިސްތަށިގަނޑަށް އަތް މަހާލަމުން ވާންކޮށްލިއެވެ. އެންމެފަހުން ރެއިލިންގައި ދެއަތްވިއްދާލިގޮތަށް އެތައް އިރަކު ހުއްޓުން އަރާފައިހުއްޓެވެ. އޭރުވެސް ކަންފަތުގައި ފޯނު ޖައްސާލައިފައި އޮތެވެ.
“ހަލޯ.. ނައިނާ… ނައިނާ..” ހައިޒަލްގެ ދެލޯ ވިދައިގަތެވެ. އަތުގެ ތެރޭ ފޯނު ބާރުކޮށްލިއިރު ކެތްތެރިކަން ކުޑަވެފައިހުރެ ނައިނާއަށް ގޮވާލިއެވެ. އެއަޑު އިވިފައި މަޔާންވެސް ރުވާފައި ދޫކޮށްލި ތީރެއްހާ ހަލުވިކޮށް އައިސް ހައިޒަލްގާތަށް ހުއްޓުނެވެ.
“ތިވަރަކަށް ތިގުޅަނީ މިއީ ކަލޭގެ އަންހެނުންތަ؟” ހައިޒަލް ގުޅާވަރުން ބޮލާއި އުނދަގޫވެފައި ހުރި ޒުވާނާ ހަޅޭލަވައިގަތެވެ. ވަގުތުން ހައިޒަލްގެ މޫނުމަތިވީ ހިނިތުންވުން ގެއްލުނެވެ.
“ނައިނާ… ކޮބާހޭ ނައިނާ…” ހައިޒަލް ވަގުތުން އަޑުގަދަކޮށްލިއެވެ.
“ދުނިޔޭގައި އެބަހުރި…” މިފަހަރު ވާހަކަދެއްކީ އެހެން ޒުވާނެކެވެ.
“ބުނަން.. އަހަރެންގެ އަތުން ގޯހެއް ހަދުވަން ނަހަދާ ނައިނާ ދޫކޮށްލާ… އޭނައަށް ކުޑައަނިޔާއެއްވިޔަސް އަހަރެން ކަލޭމެން އެކަކުވެސް ދޫނުކުރާކަށް… ޓަޗް ހާރ.. ޔޫ ވިލް ޑައި އޮން މައި ހޭންޑްސް…” ފަހު ޖުމްލަ ބޭރުވީ ބާރު ހަޅޭކެއްގެ ގޮތުގައެވެ. ރެއިލިންގައި ހިފަހައްޓާލެވިފައިވާ އަތަށް ބާރުވެގެން އައިރު އަތުގެ ހުދުކަން ރަތްވިއެވެ.
“ޗިލް ބްރޯ… ހިތްވަރު ދައްކަން އުޅޭވަރަކަށް އަނިޔާވާނީ ކަލޭގެ ނައިނާއަށް… ބާރު އޮތީ އަހަރެމެންގެ އަތުގައި… އަމުރު ހިނގާނީ މަތިން ތިރިއަށް ތިރިން މައްޗަކަށް ނޫން… ނައިނާ މަރުވާންތަ ބޭނުމީ؟” އެ ޒުވާނާ މާހިލް ވާހަކަދައްކަމުން ދިޔަވަރަކަށް ރުޅިންގޮސް ހައިޒަލްގެ ހަށިގަނޑަށް ބާރުގަނޑެއް އެރިއެވެ. ކަރުގެ ނާރުތައް ފުފިގަތެވެ.
“ކަލޭ ލަދެއްނުގަނޭތަ އަނގަހުޅުވާކަށް… އައްމާރު ކައިރީ ބުނޭ ފުރަގަހުން ވަޅި އަޅަން ނޫޅެ ޖަލަށްދާން ތައްޔާރުވާށޭ…” ހައިޒަލް އިރައިގަތެވެ.
“ފުރަގަހުން ވަޅި އަޅަންއުޅެވިފައިކޮބާތަ ބްރޯ… މިއީއެއްނު ކަލޭގެ ބަލިފަޔަކީ… އަންހެނަކާއި ހެދި ކަލޭ ތިހުންނަނީ ހޭބަލިވެފައި ދޯ… މީހުން ބުނަނީ ތެދެކޭ.. ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ… އަލްހާން ދަރިއެއްހެން ބަލާ ބޮޑުކުރީމަވެސް ކަލެއަށް ލިބިފައި ތިހުރީ ހަމަ ކަލޭގެ ބަފާގެ ގޮތް… ކަލޭގެ ބައްޕަވެސް ހުރީ ހައިލާއާއި ހެދި މޮޔަވާވަރުވެފައި…” މާހިލް ވާހަކަދައްކަމުން ދަނިކޮށް ނައިނާގެ ހަޅޭކުގެ އަޑުއިވުމާއިއެކު ހައިޒަލްގެ ހިތް ތެޅިގަތެވެ.
“ބުނަން ކަލޭ ދެން އޭނާއަށް ކަމެއްކޮށްފިއްޔާ ތިއިނގިލިތަކުން އެހެން މީހެއްގެ ގައިގައި އަތްނުލެވޭވަރު ކޮށްލާނަން…” ހައިޒަލް ދަތްކުނޑިވިކައިގަންނަމުން ހަޅޭލަވައިގަތީ ތަނބުތައްވެސް ފުޑާލާހާ ބާރަށެވެ.
“ބުނެބަލަ އޭނައަށް ކީއްކުރަންވީ… އެކްސިޑެންޓްކޮށްލަންވީތަ… ނޫނީ ޑްރަގްއެއްދީފައި ރޭޕް ކޮށްލަންވީތަ… ބޮލަށް ވަޅި ހެރިޔަސް ރަނގަޅުވާނެ.. ނޫނީ ބިއްލޫރި ގަނޑެއް ވައްޓާލަންވީ ދޯ ބޯމައްޗަށް… އެކަމް ގަންބާލައިފިއްޔާ ދޯ އެންމެ ފަސޭހައިން ކަލޭގެ ހިތަށް ގޮތެއްވާނީ… ބުނެބަލަ ކިހިނެތް ހަދަންވީ ކަލޭ ބުނާގޮތެކޭ ހަދާނީ… އަލްހާން ކަލެއަށް ގޮތެއްނު ދެއްކީ އަހަންނަށް ބޭނުންކަމެއް ކުރަން ކެރޭނޭ…” މާހިލްގެ އަޑުގައިވީ ނުރައްކާތެރިކަމެވެ. ހައިޒަލްގެ ހިތުގެ ހިނގުންވެސް ހުއްޓުނު ފަދައެވެ. އޭނަގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ މަސައްކަތް ހުއްޓާލިފަދައެވެ. ނައިނާއަށް މިހާލު ޖައްސާ މީހަކަށް އޭނަގެ އަތުން ހައްގުވެގެންވަނީ މަރެވެ. އޭރު އެ ވާހަކަތައް އަޑުއަހަން ހުރި މަޔާންވެސް ހުރީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ.
“ކަންކަން ކޮންނަންއުޅޭވަރަކަށް ކަލޭ ހަފުސްވާނީ… 21 އަަހަރުވަންދެން ބަފާ ކިޔައިގެން އުޅުނުމީހާގެ ފަތިފުށް އިނގިއްޖެއްޔާ ކަލޭގެ ހިތް ހުއްޓިދާނެ… ގެއްލުން ލިބުނަސް ލިބޭނީ ކަލޭގެ ލޯބިވާ ނައިނާއަށް… ސްސައިޑް ކޭސްއެއް ރިޕޯޓްކުރުމަކީ މާ އުނދަގޫކަމެއްނޫނޭ… ކޭސް ޑްރޮޕްކޮށްލާ އޭރުން ނައިނާ ހުންނާނީ ކަލޭ ގާތުގައި… ހުށިޔާރުނުވެ ކަލޭ ސައިޒްވާން ހަދާ….” އިންޒާރުގެ ބަސްކޮޅާއިއެކު މާހިލް ފޯނު ކަނޑާލުމާއިއެކު ހަމައިން ނައްޓާފައިހުރި ހައިޒަލް ހަޅޭލެވިއެވެ. ރެއިލިންއަށް ވީއްލާލި އެތިފަހަރުގެ ބާރުކަމުން މަޔާންގެ މޭވެސް ގުޑާލިއެވެ. ހައިޒަލްގެ އަތުން ލޭގަނޑު އޮހިގަތެވެ. އެވަރުންވެސް ފަރުވާލެއްނެތި ހައިޒަލް އުޅުނީ އަދިވެސް އެއްފަހަރަށް އެ ނަންބަރަށް ގުޅޭތޯއެވެ. ފޯނަށް އައި ވައިބަރ ނޮޓިފިކޭޝަންއާއިއެކު ހައިޒަލް ވަގުތުން ވައިބަރއަށް ވަނެވެ.
2 މިނެޓްކޮޅުގެ ވީޑިއޯއަކީ ހައިޒަލްފަދަ ހިތްވަރުގަދަ މީހަކަށްވެސް ބަލާލަން ނުކެރޭފަދަ މަންޒަރަކަށްވިއެވެ. ނައިނާގެ ކަރަށް މަޅިވައްޓާލެވިފައިވާއިރު ހައިޒަލްއަށް ލޯކުރިމަތީން ނައިނާގެ މަރުފެނުނުފަދައެވެ. ނައިނާއާއިއެކު އޭނަގެ ފުރާނަވެސް ހަށިގަނޑާއިވަކިވަމުންދަނީއެވެ. ހައިޒަލްއަށް ކޮއްޅަށް ހުންނަން ދަތިވެގެން މާބްލްސް މައްޗަށް ތިރިވެވުނެވެ. އެވަގުތު އޭނަ މަޔާންއާއި ދިމާލަށް ބަލާލީ އެހީތެރިކަމަށް އެދިއެވެ. ކޭސް ދޫކޮށްލައިގެންވެސް އޭނަ ނައިނާ ބޭނުމެވެ. އޭނަގެ މަންމައާއި ބައްޕަގެ ގާތިލް ނައިނާ މަރާލާކަށް އޭނައަކަށް ދުލެއްނުކުރެވޭނެއެވެ. މަންމައާއި ބައްޕަ ފަދައިން ނައިނާ ބީވެއްޖެނަމަ އޭނަގެ ހިތްވެސް ހުއްޓިދާނެއެވެ.
“ޒާން… ޓީމްއާއިއެކު ހަދަންފަށާފައި ހުރި ބިލްޑިންގްތައް ބަލަންފަށާ.. ބޮޑަށް ވީރާނާވެފައި ހުރި ބިލްޑިންގްތައް… ކޮންތާކު މިހާރު ތިތިބީ… އަހަރެން އެބަދަން…” މަޔާން ވީޑިއޯ ބަލަންހުރެފައި އޭނަގެ ޓީމްއަށް ގުޅާ އެންގިއެވެ.
“ހައި ހިތްވަރުދެރަނުކުރޭ.. ތިގޮތަށް ކަންތައް ކުރުމުން އެމީހުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ… ނައިނާ ސަލާމަތުން ގެނެސްދޭނަން… މިއީ އަހަރެން ވާ ވައުދެއް….” މަޔާން ހައިޒަލްއާއި އެއްހަމަޔަކަށް ތިރިވެ އަތުގައި ހިފާލިއެވެ. ހިތްވަރުދިނެވެ. ހިތްވަރުދެރަނުކުރަން އެދުނެވެ. ކޮންމެވެސް ސަބަބަކާއިހެދި އެލޮލަށްވެސް ކަރުނަގިނަވީ ހައިޒަލްއާއިމެދު ހިތުގައި ކޮންމެވެސް އިހުސާސްތަކެއް އުފެދިފައިވާތީއެވެ. ހައިޒަލްގެ ގައިގައި ބައްދާލެވުނީ ގާތްއެކުވެރިޔަކުގެ ގާތްކަން ދޭފަދައިންނެވެ.
*** *** *** *** *** ***
ހިނދެއް ހިނދަކަށް މޫސުމް ގޯސްވަމުންދިޔައެވެ. ވިލާތައް އުޑުމަތީ ފެތުރިފައިވާއިރު ގަސްތައް މުލުންލުހެލައިހާ ވައި ބާރެވެ. ގަސްތައްވެސް އިރުއިރުކޮޅުން ވަޔާއި ހެލިގަންނަނީ ހޭރިގަންނަމުންނެވެ. ޑިއުޓީ ނިންމާލައިފައި ނިކުތް ޝަލީން ދެތިން ފަހަރަކު ހައިޒަލްގެ ފޯނަށް ގުޅާލިއެވެ. ފޯނު ރިންގްވަމުންގޮސް ކެނޑުނުއިރުވެސް ފޯނު ނުނެގުމުން ޝަލީންއަށް ގަނޑިއަށް ނަޒަރެއްދެވުނެވެ. އެހާ ދަންގަނޑިއެއްގައި އެކަނި ގެއަށްދިޔުމަށް ޝަލީން ފަސްޖެހޭގޮތްވިއެވެ. ދެވަނަ ފަހަރަށްވެސް ޝަލީންއަށް ހައިޒަލްއަށް ގުޅާލެވުނެވެ.
“ޝަލީ…” ކުރިމައްޗަށް ހުއްޓާލި ކަޅުކާރުގެ ވިންޑްސްކްރީން ތިރިކޮށްލަމުން މަޔާން ބޭރަށް ބޯދިއްކޮށްލިއެވެ.
“އަރާ ގެއަށް ގެންގޮސްދޭނަން…” މަޔާން ބުނެލިއިރު ޝަލީން އިރުކޮޅެއްވަންދެން ހުއްޓި ހުރެފައިވެސް އައިސް ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލަމުން ކާރަށް އެރިއެވެ.
“ޔާންއާއިއެކު ވިންޓަރބްރީޒްއަށް ދިޔުން ރަނގަޅެއްނުވާނެ…” ޝަލީން ވާހަކަދެއްކުމާއިއެކު އެއްއަތުން ސަރަކައިގައި ހިފާލައިގެން އިނދެފައި މަޔާން ޝަލީންއާއި ދިމާލަށް ބަލާލިއެވެ. އޭރު ޝަލީން އިނީ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ފެނިގެއްލެމުންދާ މަންޒަރުތަކަށް ނަޒަރު ހުސްކޮށްލައިގެންނެވެ.
“ވިންޓަރބްރީޒްއަކަށް ނޫން ހައިގެ ޕެންޓްހައުސްއަށް މިދަނީ….” މަގަށް ހުއްޓާލެވިފައިވާ މަޔާންގެ ނަޒަރު ޝަލީންގެ މޫނަށް ހުއްޓުނުއިރު ޝަލީން އިނީ ބިއްލޫރިގަނޑުގައި މޫނު ޖައްސާލިގޮތަށް ނިދިފައެވެ. އެ މޫނުމައްޗަށް ވެރިވަމުންދިޔަ ހިނިތުންވުންތަކާއިއެކު ހާސްކަމާއި ދުރުވެލަމުން މަޔާންއަށްވެސް ހިނިތުންވެވުނެވެ. ޝަލީން ސީޓްމަތީ ބާއްވާލަމުން މަޔާން ބަނޑުގައި ބެލްޓް ބަނދެލިއެވެ. އޭނަގެ އަތްއަތުން ޝަލީންގެ އަތުގައި ހިފަހައްޓާލަމުން އަނެއްއަތުން ސަރަކަ އަނބުރަމުން މަގަށް ސަމާލުކަންދިނެވެ.
*** *** *** *** *** ***
ޑޯރބެލްގެ އަޑާއިއެކު ދޮރުހުޅުވާލީ މިކްޔާލްއަށެވެ. އެއާއިއެކު ފިންޏަށް ބަލިވެފައިހުރި ޝަލީން މަޔާންއަށްވުރެ ކުރިން ދޮރުން އެތެރެއަށް ދެމިގަތެވެ. އެތެރެއަށް ނަޒަރު ހިންގާލެވުނީވެސް ދެނެވެ. ސޯފާގައި އިސްޖެހިފައި އިން ހައިޒަލް ފެނިފައި ޝަލީންގެ ހަވަނަ ހިއްސު އޭނާއަށް ނުބައި އިންޒާރެއްދިނެވެ. މިކްޔާލް މިހާ ދަންވަގުތެއްގައި އެތަނުން ފެނުން އަދި ވީ އޭނަގެ ޝައްކުތައް ލިބުނު ހެއްކަކަށެވެ. ވަގުތުން މަޔާންގެ މޫނަށް ބަލާލެވުނުއިރު މަޔާންގެ ފަހަތުން އަންނަން އަންގަމުން މަޔާން ބެލްކަންޏަށް ނިކުތެވެ. ޝަލީން ދެފަރާތަށް ނަޒަރު ހިންގަމުންގޮސް ބެލްކަންޏަށް ނިކުތެވެ.
ކަފަ ޖަހައިގެން ހަދާފައިވާ އަރާމްގޮނޑީގައި ޝަލީން އިށީނުމާއިއެކު މަޔާން ދެކަކޫ ޖަހާލައިގެން ބިންމައްޗަށް ތިރިވިގޮތަށް ޝަލީންގެ ދެއަތް އެއަތުގެ ތެރެއަށްލިއެވެ. އެއާއިއެކު ވާހަކަދައްކަންފެށިއިރު ނަޒަރު ސީދާވެފައިވީ ޝަލީންގެ ދެލޮލަށެވެ. މަޑުމަޑުން ޝަލީންގެ ދެލޯ ކަރުނުން ފުރެންފެށިއެވެ. ދެތިން ފަހަރަކު ނައިނާގެ ނަމުން ގޮވާލިއިރު އަނގަމަތީ ދެއަތްއަޅާލިއެވެ.
“ޔާން… ސޭވް ނައިނާ… ޕްލީޒް… ބަލައިގެން އުޅެއްޗޭ ލަވް…” ޝަލީން ތެދުވިގޮތަށް މަޔާންގެ އަތުތެރޭ ބޮޑިވެލިއެވެ. ނައިނާ ސަލާމަތްވާން އެދުނަސް މަޔާން ނުރައްކަލަށް ހުށަހަޅަން އޭނަގެ ހިތްވެސް ހާސްވެއެވެ. މަޔާންއަށް ކުޑަ އަނިޔާއެއްލިބުނަސް އޭނަ މޮޔަވެދާނެއެވެ.
މަޔާން ޝަލީންގެ ކޯތާފަތުގައި ހިފާލަމުން ނިތަށް ބޮސްދިނެވެ. އެއަތުގައި ހިފާ ބާރުކޮށްލީ ޝަލީންއަށް ޔަގީންކަންދޭފަދައިންނެވެ.
*** *** *** *** *** ***
ނޭވާހާސްވެގެންގޮސް ނައިނާ ކަޅި ބޮޑުވެފައިވެއެވެ. އަތްމުށްކެވިގެން ގޮސް އަތުގެ ހުދުހަންގަނޑު ވަނީ ނޫފައިގެންފައިގެންފައެވެ. އަނގައިގެ ދެމިޔަކަނިން ހިސާބަކަށް ލޭ ފައިބައިފައިވެއެވެ. ގޮނޑިއަތެރެއަށް ކުރުގެޅިގެން އިނދެ ނައިނާ ކޮށިގޮތަކަށް ކެއްސަމުންދިޔައެވެ. އޭނަގެ އަރުތެރެ ހިކި އަޑުބޭރުކުރުންވެސް އުނދަގޫ ކަމަކަށްވެފައިވެއެވެ. ނައިނާ ގާތްވި ޒުވާނާ އޭނައާއި ގާތްވެ ދެކޮލުގައި ހިފާ ފިއްތާލަމުން އަނގަހުޅުވިއެވެ. އެޒުވާނާގެ އަތުގައި އޮތް ފެންފުޅި ނައިނާގެ އަރުތެރެއަށް އޮއްސާލިއިރު ކޮށި އަރައިގެން ނައިނާ ކެއްސައިގަތެވެ. ފެނާއިއެކު ލޭތަށް ތަޅުންމައްޗަށް ބުރައިގެންދިޔައެވެ.
“ހައި…” ކެއްސުންގަނޑު މައިތިރިވެގެންދިޔައިރު ނައިނާ ހައިޒަލްއަށް ގޮވާލިއެވެ. އެއަޑު އެއިމާރާތުގެ ތެރޭގައި ގުގުމާލިއެވެ. މަތި ހާމައަށްއޮތަސް ހަތަރު އުދަރެހަށް ވެރިވެފައިވާ އަނދިރިކަން އިމާރާތަށް ވެރިވެފައިވާތީ އިމާރާތުގެ ތެރޭގައިވަނީ ކައްވަޅުފަދަ އަނދިރިކަމެވެ. ޖެހިގެން ހުންނަ މީހާވެސް ފެންނަވަރެއްނުވެއެވެ.
“ހައި…” ދެވަނަފަހަރަށްވެސް ނައިނާ ގޮވާލިއެވެ. އޭރު އެއަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް އެކުލެވިފައިވިއެވެ. ދާދި ކައިރިން ބަރު ފިޔަވަޅުތަކެއްގެ އަޑާއިއެކު ނައިނާ ސިހިފައި ބަލާލިއެވެ. ލައިޓްތަކެއް ހިފަހައްޓާލައިގެން ތިބި ހަތަރު ޒުވާނުން ހަތަރު ފަރާތުން އޭނައާއި ގާތްވަމުންދިޔައިރު ފެނި ނައިނާ ބިރުގަތެވެ. ގޮނޑިއަކާއިލާފައި ބަނދެފައިވާ ހަށިގަނޑަށް ގުނޑުން އަރުވާލެވުނީ އެ ހައްޔަރުން މިންޖުވާން ބޭނުންވީވަރުންނެވެ. ކައިރިވަރަކަށް އެ ޒުވާނުންގެ މޫނުމަތީވީ މަކަރުވެރި ހިނިތުންވުންފެނިފައި އޭނައަށް މަޅިއަކަށް މޮހެވުނުކަމުގެ އިހުސާސް ނައިނާއަށް އަމިއްލައަށްވެސް ކުރެވުނެވެ.
“ވޯވް… މިއޮތް ލޯތްބެއްދޯ… ހައި ހައިއަށް ނޫނީ ނުވެސް ގޮވެނީއޭ.. މިހާ ލޯބިވާ މީހުންވެސް އުޅޭތަ ހަމަ… ހައި.. އެހާ ލޯބިން ގޮވާއިރު އާދެބަލަ ދޯ… އެކަމް ހައިއަށް ދެން އޭނަގެ ޖޫލިއެޓް ބަލާދާން ޖެހޭނީ ކަށްވަޅަށް….” އެތަނުން ޒުވާނަކު އަޑު ތުއިކޮށްލަމުން ނައިނާއަށް މަލާމަތްކުރިއެވެ.
“ކޮބާ ކަލޭމެންގެ ބޭނުމަކީ….” ކިތަންމެ ޖެހިލުންވެފައިހުރި ނަމަވެސް ނައިނާ ވާހަކަދެއްކީ އަޑަށް ހަރުކަށިކަން ގެންނަމުންނެވެ. އޭނަ އިނީ ވާނުވާ ނަގައިނުގަނެވިފައެވެ.
“ޑާލިން… ބުނެފިއްޔާ ކޮށްދޭނަންތަ؟ ބޭނުންވަނީ ކަލޭގެ މަރު… އެވެސް އެންމެ ލޯބިވާ މީހާގެ ކުރިމަތީގައި…” މާހިލް ނައިނާއާއި ގާތަށް ޖެހިލަމުން އެ މޫނުގައި ހިފަހައްޓާލިއެވެ. އަނެއްއަތުން ނައިނާގެ މޫނުގައި އިނގިލިހިންގާލިއިރު އެ މޫނުމަތީވީ ދަހިވެތިކަމެވެ. ނައިނާގެ މޫނަށް ވެރިވެގެން އައި ނުރުހުމުގެ ކުލަވަރާއިއެކު މޫނު އަނބުރާލިއެވެ. އެހިތުގައި ހިނދުކޮޅަކަށް އުފެދުނު ބިރުވެރިކަމުގެ މައްޗަށް ވެެރިވެގަތީ ރުޅިވެެރިކަމެވެ.
“މާ ގަދަވެފައި ސައިޒްދައްކަން އުޅެން ހަދައިގެން ރަނގަޅު ބޮނޑިއެއް މިފަހަރު ހައިޒަލް ބޯނެ… ދެވަނަ ފަހަރު މާޒީ ތަކުރާރުމިވަނީ މާ ޝައުގުވެރިގޮތަކަށް.. ހައިލާއަށްޓަކައި އަޒްހާން ނިމިގެންދިޔަގޮތަށް ކަލޭ ނިމިގެންދާނީ ހައިޒަލްއަށްޓަކައި… ޖޫލިއެޓެއްނު.. ހައިޒަލްއަށްޓަކައި މަރުވާން ދަންނަންވާނެ…” މާހިލްގެ އިނގިލިތައް ނައިނާގެ މޫނުމަތީ ހިންގަމުން އައިސްފައި ތުންފަތާއި ހަމަޔަށް މަޑުޖެހުމެއް އައެވެ. އެއާއިއެކު ނައިނާގެ ދެކޮލުގައި ހިފާ ފިއްތާލީ އަނގަތެރޭގައި ލޭރަހަލާވަރަށެވެ.
“ހައިޒަލަށް މާވަރުގަދަ ހިތްވަރެއް ލިބިގެން އުޅެނީ ކަލޭގެ ސަބަބުންދޯ… ވަރަށް ލޯބިވޭދޯ އޭނަދެކެ… އެވަރެއް ނެތްދޯ… އެކަމަކު އޭނަގެ ސިއްރުތައް އިނގިއްޖެއްޔާ ހޭނެތިދާނެ… އަމައެއް ބަފައެއް ހުރި މީހެއްނޫން… އަލްހާނުގެ ތައްޕާހުގައި ހުރެފައި ބަފާ ކިޔައިގެން އުޅުނު މީހާގެ ކަރަށް އަރަން ދިމާކޮށްފައި އެހުރީ… އެކަން އިނގިއްޖެއްޔާ އޭނަގެ ހާރޓްބްރޯކްވާނެދޯ.. ހާދަ ދެރައޭ…” މޫނުމައްޗަށް ދެރަވާކަމުގެ ކުލަވަރުގެންނަމުން މާހިލް ދެފަރާތަށް ބޯހޫރާލިޔަސް އެ ތުންފަތްމަތިން ފެނުނީ ހީލަތްތެރި ހިނިތުންވުމެކެވެ.
“ތިކަމާ އަހަންނާއި އޮތީ ކޮންގުޅުމެއް… އަހަންނަކީ ހައިޒަލްއާއި އެއްވެސް ގުޅުމެއް އޮތް މީހެއްނޫނޭ… އަހަރެން ހައްޔަރުކުރިއެކޭ ކިޔާފައި އޭނަ އަންނާނެހެން ހީވަންޏާ އެއީ ކަލެއަށް ކުރެވޭ ކުށްހީއެއް… އަމިއްލަ ވަގުތު ބޭކާރު ތިކުރަނީ…” މާހިލްގެ ދަހިވެތި ކަޅިއެޅުންތަކުން އުނދަގޫވެފައި އިން ނައިނާ ދުރަށް މޫނު އަނބުރާލަމުން ބުނެލިއެވެ. އެއީ އޭނަ ޤަބޫލުކުރަން ބޭނުންވާގޮތެއްނޫނެވެ. ނަމަވެސް އަމިއްލަ ހިތަށް މަޖުބޫރުން ވިސްނައިދޭން މަސައްކަތްކުރާގޮތެވެ. އެދެމެދުގައި އިތުރު ގުޅުމަކަށް އިހުސާސަކަށް ފުރުސަތުދޭކަށް ބޭނުމެއްނުވެއެވެ. ނަމަވެސް ތާއަބަދު ދޫމަތީވަނީީ އެނަމެވެ. ހިތުތެރޭވަނީ އެ ސޫރައެވެ.
“އޭނަ އަންނާނެ… ކަލޭތީ އޭނަގެ ހިތްގަނޑެއްނު… އޭނަ ލޯބިވިޔަސް ފިނޑިކަމުން ބުނާކަށް ނުކެރޭނެ.. ބަފާކަންތައްކުރިގޮތުންވެސް… އިނގިއްޖެއްޔާ ހިތްހަލާކުވެދާނެދޯ…” ނައިނާ ސުވާލުތަކަކަށް ގަންބާލަމުން މާހިލް ނައިނާއާއި ދިމާލަށް ގުދުވިއެވެ.
“ހައިޒަލް ކަލޭ ދޫކޮށްލީ ކަލޭދެކެ ވާލޯބީގެ ބޮޑުކަމުން… އޭނަގެ ގޮތްދޫނުކުރުމުގެ ސަބަބުން އޭނަގެ ލޯބިލޯބި ނައިނާއަށް ގެއްލުމެއްލިބެން ބޭނުންނުވާތީ… އަންހެނަކާއި ހެދި އެވަރުވާން ތިއީ ރަންގަނޑެއްތަ؟” މާހިލްގެ ވާހަކަތަކުން ނައިނާއަށް ކަމެއް އޮޅުންފިލުވައިދިނުމުގެ ބަދަލުގައި ނައިނާ ހައްތަހާބޮޑަށް އޮޅުންބޮޅުންކުރިއެވެ. އެވާހަކަތައް އިވުމަށްފަހު ނައިނާގެ ހިތްވަރު އެލިގެން ހިނގައިދާނެއެވެ. ނާޒުކް ހިތް ހަލާކުވެގެންދާނެކަމީ ޔަގީންކަމެކެވެ. އޭނަ ނައިނާގެ ހިތްހަލާކުކޮށްލާނީ ލަސްލަހުން އެންމެ ވޭންދެނިވިގޮތުގައެވެ. ތަކުރާރުކޮށް އެތައް ޒަހަމެއް ލައްވާލައިފައެވެ.
އޭރު ނައިނާ އިނީ ދެލޯ ތަންމިނަށް ހުޅުވާލައިގެން ހައިރާންކަމުގައެވެ. އޭނަގެ ސިކުނޑިވަނީ ސުވާލުމައިކުތަކެއްގެ ތެރޭގައެވެ. މާހިލް ބަސްތަކުން އޭނައަށްކަމެއް ފަހުމްވުމުގެ ބައްދަލުގައި ހައްތަހާ ބޮޑަށް ހިތް ޝައްކުކުރުވީއެވެ. ސުވާލުތައް އުތުރުނަސް ސުވާލުކުރާކަށް ނައިނާ ބޭނުމެއްނުވިއެވެ. ކުރިމަތީގައި މިހުރި ޖާހިލަށް އިތުބާރުކުރާހާވަރަށްވުރެ އޭނަގެ ސިކުނޑި ހޭލުންތެރިއެވެ.
ނައިނާގެ މޫނަށް ވެރިވަމުން އައި ކުލަވަރުދެކެން ހުރެފައި މާހިލް ހީނގަތެވެ. އޭނަ ރޫވާފައި ދޫކޮށްލި ތީރު އަމާޒަށް ވާސިލްވީކަމުގެ ހިތްހަމަޖެހުމަކާއި ކިނބުރުވެރި ހިނިތުންވުމެއް ނައިނާއަށްދެމުން ދުރަށް ހިނގައިގަތީ އޭނަގެ އަތުގައި ހުރި ފެންފުޅީގައި ބާކީ ހުރި ފެންފޮދު ނައިނާގެ މޫނަށް ޖަހާފައެވެ.
*** *** *** *** *** *** ***
އެއްރޭ އެއްދުވާ ހޭދަވެގެންދިޔައީ ގަރުނެއްފަދައިންނެވެ. ހައިޒަލްގެ ހިތަށް ހަމަޖެހިލާނޭ ވަގުތުކޮޅެއް ނުލިބުނެވެ. އޭނަގެ ހިޔާލާއި ފިކުރުގުޅިފައިވީ ނައިނާއާއެވެ. އެންމެ ސިކުންތަކަށްވެސް އޭނަގެ ސިކުނޑި ދެމުންދިޔަ ނުރައްކާތެރި އިންޒާރުތަކާއި ވަތްކެއްނުވެވުނެވެ. އޭނަ ހުރިހާ ހިއްސުތަކެއް ގަނޑުވެފައިވީއިރު ސިކުނޑީގެ މައްޗަށް ގަދަވެފައިވީ ސިހުމެވެ. ކޮންމެ ސިކުންތަކާއިއެކު ހިތް ތެޅެމުންދާލެއް ބާރުކަމުން ހިތް ހުއްޓެން އުޅޭހެން ހީވިއެވެ. ނައިނާ ސަލާމަތުން ހުއްޓާ ދެން އޭނައަށް ނުފެންނާނޭކަމަށް ބުނެ އޭނަގެ ހިތްވެސް އޭނައަށް ވަސްވާސްދެމުންދަނީއެވެ. ނައިނާގެ ދިފާއުގައި ދުޝްމިނުންނާއި ކުރިމަތިލާން އޭނަ ބޭނުމެވެ. ހައިޒަލް މުޅި މާލެ ކުޑަކުރިއެވެ. މަގެއްގެ މަތިން ނަމަވެސް ނައިނާގެ ނިޝާނެއް ފެނިލާތޯ ކަޅިއުކުނުވަރެއް ނޭނގުނެވެ. ނައިނާގެ ފޯނު ޓްރެކްކުރަންވެސް ހިތަށް އެރީ އެވަގުތެވެ. ނައިނާގެ ފޯނަށް ޓްރެކިން ސޮފްޓްވެއަރއެއް އޭނަ އެޅީ ނައިނާއާއި ރައްޓެހިވެގެންއުޅުނުއިރުއެވެ. އެއީ އަލްހާންގެ ގޯނާތަކަށް ފުލުފުލުގައި ނައިނާއަށް ލިބެމުންދިޔަ ދުވަސްވަރެވެ. މިހުރިހާއިރު އޭނަ ހުރީ އެފަދަކަމެއް ވިސްނައިގަނެވޭފަދަ ހާލެއްގައެއްނޫނެވެ.
ފޯނުން ނައިނާގެ ފޯނުގެ ލޮކޭޝަންކަމަށް ދައްކަމުންދިޔަ މިސްރާބަށް ހައިޒަލް ކާރުދުއްވިއެވެ. އޭގެ ކުރިން މަޔާންއަށް މެޕްގެ ފޮޓޯއެއް ފޮނުވިއެވެ. ފޯނުން ދައްކަމުންދިޔަ މިސްރާބަށް ކާރު ދުއްވަމުން އައިސް ހައިޒަލް ކާރު މަޑުކޮށްލިއެވެ. އޭރު ކާރު އޮތީ އޭ.އެޗް.އިންޑަސްޓްރީޒްގެ ކުރިމަތީގައެވެ. ހައިޒަލް ކާރުން ރޭސްއަށްލުމަށްފަހު ކާރުގެ ސަރަކައަށް އަނބުރާލިގޮތަށް ފުލް ސްޕީޑުގައި ކާރުގޮސް އޭ.އެޗް އިންޑަސްޓްރީޒްގެ އިމާރާތުގެ ތެރެއަށް ވައްދާލިއެވެ. ފީވެފައިވާ ފާރު ފުޑުފުޑުކޮށްލުމަށްފަހު ކާރު ވަދެެގެންދިޔައިރު ހޯލްތެރޭ ތިބި ޒުވާނުން ހަޅޭލަވައިގަނެފައި ސަލާމާތްވާންވެގެން އެއްކައިރިއަކަށް ޖެހުނެވެ. ކާރު ރަނގަޅަށް ނުހުއްޓެނީސް ހައިޒަލް ކާރުން ފުންމާލިއެވެ. އެއާއިއެކު އެ ޒުވާނުންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ހައިޒަލް އެތަން ހޯދައިގެން އަންނާނޭކަމަށް އެމީހުންނަށް ހީކުރެވިފައިވެސް ނެތީކަން އެ މޫނުތަކަށް ވެރިވި ކުލަވަރުތަކުން ހެކިވިއެވެ.
ހައިޒަލްގެ ނަޒަރު ހުއްޓުނީ ނައިނާއަށެވެ. ގޮނޑިއަކާއިލައި ބަނދެފައި އިން ނައިނާގެ ހަށިގަނޑު ފެނި ހައިޒަލްގެ ހިތުން ލޭކޮށެވިގެންދިޔަފަދައެވެ. މީހާގެ ބުއްދި ގޯސްވާވަރަށް ރުޅިގަދަވިއެވެ. ވަގުތުން ގައިހުރިބާރުލާފައި ދުއްވައިގަންނަން އުޅެނިކޮށް އައި ނައިތަނެއް ނޭނގި ޖާނުން ވަރުގަދަ ދެޒުވާނުން އައިސް ހައިޒަލްގެ ދެފަރާތުން ހިފަހެއްޓިއެވެ.
“ނޮޓް ސޯ ފާރސްޓް ބްރޯ… ދުރުން ބަލައިގެން ހިތްހަމަޖައްސާލާ…” ފިޔަވަޅުގެ އަޑުނީއްވާ މާހިލް ފެނުނީ ހައިޒަލްގެ ކުރިމަތީގައި ހުއްޓައެވެ. އެއާއިއެކު އޭނަގެ އިޝާރާތަކަށް ދެ ޒުވާނުން ހައިޒަލްގެ ދެކަކޫ މާހިލްގެ ކުރިމަތީ ޖެއްސުވިއެވެ.
“ދެޓްސް ގުޑް… ތިއީ ކަލޭގެ މަޤާމަކީ މުހައްމަދު ހައިޒަލް އަލްހާން… އޮ ސޮރީ.. މިހާރު އަޒްހާން ދޯ… ކޮބާ ލިޔުންތައް….” މާހިލް ހައިޒަލްއާއި ދިމާލަށް ބަލާލިއިރު ހައިޒަލް މާހިލްއާއި ދިމާލަށްބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. އަމިއްލަ ނަފްސުވެސް އޭނަގެ އަތުން ވީއްލިގެންދާނެ ވަގުތުކޮޅަކަށްފަހު ހައިޒަލް ދުރަށް މޫނު އަނބުރާލިއެވެ. ވަށައިގެންވާ ތަނަށް ނަޒަރެއްދެވުނީވެސް ދެނެވެ.
މުޅިތަން ހިރަފުހުން ފުރިފައިވާއިރު މަކުނުގެ ހާއްޔަކާއި ތަފާތެއްނެތެވެ. އެކިދިމަދިމާލުގައި ވިރާނާވަމުންދިޔަ ސާމާނުތައް ފުނިޖަހާފައި ހުއްޓެވެ. މައްޗަށް އެރެން އިން ސިޑިވެސް ފުޑުފުޑުވެ ގާތަށް ބިމަށް ފައިބައިފައިވެެެއެވެ. ތަޅުންގަނޑުގައިވާ މުށިތައްވެސް ތަޅައިގެންގޮސްފައިވާއިރު މުށިތައްވަނީ ކަޅުވެފައެެވެ.
“މިއީ ކަލޭގެ ބައްޕަގެ ކަށްވަޅު.. އަޒްހާން ދުނިޔޭދޫކުރިތަން… އަޒްހާން ފަދައިން ނައިނާގެ ފުރާނަ ނަގާލަން މިއަށްވުރެ ވަކި ރަނގަޅު ތަނެއް ކޮބާ؟” މާހިލް ހައިޒަލްގެ ކަންފަތްދޮށަށް ގުދުވަމުން ވާހަކަދެއްކިއެވެ. އެ ޖުމްލަތަކާއިއެކު ހައިޒަލްގެ މޫނުން ތަފާތު ކުލަވަރެއް ފެނިލިއެވެ.
“އޭ.އެޗް.އިންޑަސްޓްރީސް…” ހައިޒަލްގެ އަޑުވެސް ބޭރުވީ ކިރިޔަ ކިރިޔާ ކަހަލަގޮތަަކަށެވެ.
“އާނ.. އޭ.އެޗް އިންޑަސްޓްރީސް… މިތަން މިހެން މިހުރީ ކީއްވެގެންކަން އިނގޭތަ… ކަލެއަށްވެސް އިނގޭނެ… އަޒްހާންއަކީވެސް ކަލޭގޮތަށް އަމިއްލަ ހިތްވަރު އަރައިގެން އުޅުނުމީހެެއް… އައްމާރާއި ވާދަވެރިވެގެން… މޮޅުތަކެއްވެއްޖެތަ… ގައިމު މައިތިރިވެގެންހުރިނަމަ މިހާރު އެއޮތްތާ އޮންނާކަށް ނުޖެހުނީހެއްނު…” މާހިލްގެ ކޮންމެ ޖުމްލައެއް ކަނިކޮޅެއްފަދައެވެ. ރުޅިވެރިކަމުން ހައިޒަލްގެ ނަފްސު ފިއްސާލިއެވެ.
“މޮޅުތަކެއްވާނޭ މީހަކު އިނގޭނެ މިފަހަރު… އައްމާރުގެ ޖައްބާރުކަމުގައި އުމުރަށް އުޅެވޭނެކަމަށްތަ ހީކުރަނީ… ކަލޭމެންގެ ނިމުން އަހަރެންގެ އަމިއްލަ އަތުން ގެންނާނަން… އަހަރެންގެ މަންމައާއި ބައްޕައަށް ހަދާލިގޮތުގެ ބަދަލު ފުރިހަމައަށް ހިފާނަން… އައްމާރުއާއިއެކު ޖަލަށްދާން ތައްޔާރުވޭ…” ހައިޒަލް ހަޅޭލަވައިގަތެވެ.
“އެހެންތަ ކަލޭ ހީކުރަނީ… މިފަަަހަރުވެސް އަތްފޮޅާލައިފައިދާންޖެހޭނީ ކަލޭމެން.. އައްމާރުގެ ވަރު ނޭނގިގެން ކަލޭ ތިއުޅެނީ… ކަލޭ މަރާލުމަކީ އޭނަައަށް އުނދަގޫކަމެއްނޫނޭ… ވީއިރު މައިތިރި ވެގެންހުރޭ…” މާހިލް ހައިޒަލްގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ލައްކިއެއް ޖެހިއެވެ.
“މަންމައާއި ބައްޕައޭ.. އެއީ ކޮންބައެއްކަން ކަލެއަށް އިނގޭތަ… މިހުރިހާ ދުވަހު ކަނުބަނދެފައި ހުރިއިރުވެސް ކަލެއަކަށް ނޭނގުނު… ކަލޭތިއުޅެނީ އަމިއްލައަށް ހަލާކުނުވެވިގެން… ކަލޭގެ ބަފާ އަލްހާނަކީ މާ ތާހިރުމީހެއްނޫނޭ.. އޭނަ ގާތު އަހާލަބަލަ އޭނަ ކޮށްލި މޮޅުކަންތަކުގެ ވާހަކަ…”
އެ ޖުމްލަތަކުން ހައިޒަލް ވަގުތުން ހުއްޓުން އެރިއެވެ.
“ބްރަދަރ ބުނަން… ދެންވެސް ކުޅަނދުރު ހަތައަށް އޮއްގާ ނުލާ ސައިޒްގައި ހުންނަން ހަދާ… ނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ…” މާހިލްގެ ކޯޑު ބަހުރުވަ ނަގައިގަނެވުނުއިރު ހައިޒަލް މާހިލްގެ މޫނަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ.
“އައްމާރަކީ އަންހެނެއް…” ހައިޒަލް ބުނެލުމާއިއެކު މާހިލް އައިސް ހިފީ ހައިޒަލްގެ ކަރުގައެވެ.
“ދެން ނިކަން ތިހެން ބުނެބަލަ…” މާހިލް ދަތްކުނޑިވިކާލައިގެން ހުރެ ހައިޒަލްގެ ކަރަށް ބާރުކުރިއެވެ.
“އައްމާރަކީ އަންހެނެކޭ… އޭނަ ކައިރީ ބުނޭ އެހާ ކެރެންޏާ އަހަރެންގެ ކުރިމައްޗަށް އައިސް ކިޔާ އެއްޗެއް ކިޔާށޭ… ކުރިމަތިލާށޭ…. އަންހެނުންވެސް ފުރަގަހުން ހަމަލާއެއްނުދޭނެ… ހެހެހެ… ނުކެރޭނެދޯ… މަމީ ނަމުގައިވިޔަސް އަދިވެސް އަލްހާންގެ ފިރިހެންދަރިވިއްޔަ… ލޫޒާރސް…” ހައިޒަލްގެ ފަހު ޖުމްލައާއިއެކު މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ. ހައިޒަލްގެ ހުނުމުގެ އަޑު މުޅިތަނުގައި ހިފާލިއިރު ކަޅު އެއްޗެހީގައި ހައިޒަލްގެ ވަށައިލައިގެން ތިބި މީހުންގެ މޫނުތަކުން ފާޅުވީ ރުޅިވެރިކަމެވެ.
މާހިލްގެ ލޮލުން ފާޅުވީ ނުރައްކާތެރި ވިދުމެކެވެ. ވަގުތުން ނައިނާއާއި ކައިރިވިގޮތަށް ވަޅި ނަގާ ނައިނާގެ ކަރުގައި ޖައްސާ ބާރުކޮށްލިއެވެ. ހައިޒަލްގެ ހަށިގަނޑު ގަނޑުވީފަދައެވެ. ނައިނާ އެވަނީ އަމިއްލަ ނަފްސައިގެން ސަލާމަތްވެވޭފަދަ ހާލަތެއްގައެއްނޫނެވެ. އެ ހަށިގަނޑުގައި ހޭވެރިކަމެއް ނެތެވެ. ހައިޒަލް އެ މަންޒަރު ބަލަން އުނދަގޫވީވަރުން ލޯމަރާލެވުނެވެ. ނައިނާއަށް މިހާލު ޖައްސާ މީހަކަށް އޭނަގެ އަތުން ހައްގުވެގެންވަނީ މަރެވެ. މޫނުމަތިން ފާޅުވި ވޭނުގެ ކުލަވަރާއިއެކު ހައިޒަލް ދަތްތައް ކާރުވާލިއެވެ.
އޭރު މާހިލް ނައިނާގެ ކަރުމަތީ ވަޅި ހިންގާލައިފިއެވެ. ހަންގަނޑު ކަނޑައިގެންގޮސް ރޮނގަކަށް ނިކުތްލޭ ފެނި ހައިޒަލް ހަޅޭލަވައިގަތީ ތަން ގުޑައިގެންދާހާ ބާރަށެވެ. އެ ހަށިގަނޑުގައި އަޅުވާލި ކުޑަކޫރުމުންވެސް އޭނާގެ އެތެރެހަށީގެ ކޮންމެ ގުނަވަނެއްގައި ވަޅިއަޅުވާޅިފަދައެވެ. ހަށިގަނޑަށް އެރި ބާރުގަނޑާއިއެކު އޭނަގެ ހިފަހައްޓައިގެން ތިބި ދެޒުވާނުންވެސް ލުއި ފަތްކޮޅެއްހެން ފޮޅާލިގޮތަށް ނައިނާއާއި ދިމާލަށް ދުއްވައިގަތެވެ.
އެވަގުތު އޭނައާއި ގާތްވި ޒުވާނާގެ އަތުގައި އޮތް ވަޅިދަމައިގަތްގޮތަށް ދުވެފައި ގޮސް ވެލިކޮޅެއްފަދައިން މާހިލްވެސް ފޮޅާލިއެވެ. ތުރުތުރުލަމުންދިޔަ އަތުން ވާތަށް ކަޑާލިގޮތަށް އޭނަގެ ކަރުގައި އޮތް ޓައި ނަގައި ނައިނާގެ ކަރުގައި އޮޅާލިއެވެ. ނައިނާގެ ބާރެއްނެތް ހަށިގަނޑު ބިމަށް ތިރިވިއިރު ހައިޒަލްއަށް އެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. ނައިނާގެ ހަށިގަނޑުގެ ބަރާއިއެކު ހައިޒަލް ދެކަކޫމައްޗަށް ބިންމައްޗަށް ތިރިވިއެވެ. އޭރު ހައިޒަލްގެ ކުޅަދާނަކަން ހަޖަމުނުުކުރެވި ކަޅިއަޅާލައިގެން ހުރެފައި ފިޔަވަޅުގެ އަޑު ނީއްވާ ހައިޒަލްއާއި ގާތްވި މާހިލް އޭނަގެ އަތުގައި އޮތް ލަނޑިބުރި ހައިޒަލްގެ ބޮލާއި ދިމާލަށް މަޅާލީއެވެ.
ކުއްލިއަކަށް ހަލުވި ފިޔަވަޅުތަކެއްގައި އިމާރާތުގެ ތެރެއަށް ވަދެގެން އައި ފުލުހުންގެ ޓީމް ފެނުމާއިއެކު ހުރިހާ ޒުވާނުންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަތުގައި ހުރި ހަތިޔާރުތައް އަތުން ދޫވެގެންދިޔައެވެ. ވަގުތުން ޒުވާނުންތައް ފިލަން ދުއްވައިގަތް ނަމަވެސް ފުލުހުންގެ ހުށިޔާރުކަމާއި ސަފުތައް ރުކުރުވާލައިފައިވީގޮތުން އެކަން ކާމިޔާބެއްނުކުރެވުނެވެ. ވަށައިގެން ބެދިފައިވާ އިމާރާތުގެ ތެރޭގައި ރަނގަޅަށްވެސް ފުލުހުންގެ އަތްދޮށުގައި ހައްޔަރުވީއެވެ. މަޔާން ނައިނާއަށް އެހީވާން އަވަސްވެގަތެވެ.
ހައްޔަރު ކުރެވުނު ޒުވާނުންގެ އަތުގައި ބިޑިއަޅުވައިގެން ނެރެ ވެހިކަލްއަށް އެރުވުނެވެ. މާރަމާރީ ހިންގަން ތިއްބާ ފެނުމުންނާއި އަދި ގާނޫނު ހުއްދަނުކުރާ ހަތިޔާރު ހިފައިގެން ތިބުމުން ސަލާމަތްވެދާނޭކަމުގެ ކުޑަކުޑަ އުއްމީދުވެސް އެ ޒުވާނުންނަށް ގެއްލުނީއެެވެ.
*** *** *** *** *** ***
ނައިނާ ހޮސްޕިޓަލުން ޕެންޓްހައުސްއަށް ގެނައުމާއިއެކު އެންމެން ނައިނާ ކައިރިއަށް ވަދެލިއެވެ. އޭރު އަދި ހައިރާއަށް އޮތީ ނައިނާއަށް ވެގެންއުޅޭގޮތް ސިއްރުކުރެވިފައެވެ. ޝަލީންއާއިއެކު ނައިނާ ސެމިނަރއަކަށް ދިޔައީކަމަށް ބުނެ ދޮގުހަދަންޖެހުނީ އެފަދަ ހަބަރެއް އަޑުއަހާނޭހިތްވަރެއް ހައިރާގެ ނުހުންނާނެތީއެވެ. ހައިޒަލް ނިދިފިޔައެއް ޖަހާލުމެއްނެތި ރޭގަނޑުގެ ހަތަރުދަން ހޭދަކުރީ ނައިނާ ގާތުގައެވެ. ލޮލުން ކަރުނަ ހިކިފައިވިޔަސް އޭނަގެ ހިތްހަލާކުވެފައިވާ ވަރު ބަލައިލި ކޮންމެމީހަކަށް ފެންނާނެއެވެ. ނައިނާ އަތުގައި ހިފަހައްޓާލައިގެން އިންއިރު މާޒީގެ ހަނދާންތައް އައިސް ސިކުނޑީގައި ޖެހިގެންގޮތުން ހައިޒަލްއަށް ހިތްދަތިކަމާއިއެކު ލޯމަރާލެވުނެވެ. ހިތާމައަކީ އެދެލޯބިވެރިންގެ ހަނދާންތަކުގެ ތެރޭވެސް ހިތާމަވެރި ހަނދާންތައް ގިނަކަމެވެ. އެ ހަނދާންތަކަކީ މިހާތަނަށްވެސް ހައިޒަލްގެ ހިތުންފިލުވާލަން އުނދަގޫވެގެން އުޅޭ ރިހުމެކެވެ ހިތަށް ލިބިފައިވާ މޮޅިވެރިކަމާއިއެކު އެ ހުސްހިތް މިފަހަރުވެސް ފުރާލީ ހިތާމަވެރި ހަނދާންތަކުންނެވެ.
*** *** *** *** *** ***
އިރުގެފަހު ދޯދިތަށް ދުނިޔެއާއި އަލްވަދާއު ކިޔަންތައްޔާރުވަމުންދިޔައިރު އޮރެންޖް އަދި ކްރިމްސަން ކުލައިން ވިލާތަށް ފެވެމުންދިޔައިރު އުޑުމަތީ ކުރެހުންތެރިއެއްގެ ފިހި ހިންގަމުންދާފަދައެވެ. ހަތަރުއުދަރެސް އަލިވެފައިވަނީ ރަނުގެ ގަހަނާއެއްފަދައިންނެވެ. ކުޑަދޮރުކައިރީ ބަހައްޓާލެވިފައިވާ ރޮކިންޗެއަރގައި ނައިނާ އިންއިރު ބިއްލޫރިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް ވަންނަމުންދިޔަ ރަންދޯދިތަކުން އެ އިސްތަށިގަނޑުވަނީ ރަންފަތެެއްހެންވެފައެވެ. އެ މޫނުމަތީވަނީ ރަންގުވެފައެވެ. އެ ކޮފީކުލައިގެ ދެލޯ ވިދަމުންދިޔައީ ޔާގޫތުކޮޅެއްފަދައިންނެވެ.
ޝަލީން ކޮޓަރިއަށްވަދެގެން އައީ ތަނބަކެއްގައި ތަށިތަކެއް ބަހައްޓައިގެންނެވެ. އެނދުގެ ކަބަޑްމަތީ ތަށިތައް ބަހައްޓާލިއިރު ތަށިތަކުގެ ތެޅުމުގެ އަޑު އިވިފައި ނައިނާ ފަސްއެނބުރިބަލާލީއެވެ. އެއާއިއެކު ޝަލީން ލުއި ލުއިކޮށް ހިނިތުންވެލިއެވެ.
“ސިސް… އަހަރެން ގެއަށްދިޔަ ދީބަލަ…” ލޯހުޅުވާލެވުނުފަހުން ނައިނާއަށް އެކަމަށް އެދެވުނުވަރެެއް ނޭނގުނެވެ. ނަމަވެސް ޝަލީން ހުރީ ގޮތުގައެވެ. ކޮންމެވެސް ބަހަނާއެއް ދައްކާލަމުން ކޮންމެ ފަހަރަކުވެސް ވާހަކަ ހިންދާލަނީއެވެ. ޝަލީންގެ އަމަލުތަކުން ނައިނާގެ ހިތުގައި އުފެދިފައިވާ ޝައްކުތައް އިތުރުވަނީއެވެ. ޝަލީންއަށް ކަމެއް އިނގެނީބާވައެވެ. މިއަދުގެ ހަތަރުދަން ނިމިގެންދިޔައިރު އޭނަގެ ލޮލަށް ހައިޒަލްވެސް ފެނިލީކީ ނޫނެވެ.
“ނައި… ޑޫ ޔޫ ލަވް ހައިޒަލް؟” ޝަލީންގެ ސުވާލާއިއެކު ނައިނާގެ ހިތް ތެޅިގަތީ ހަމައެއްނެތިއެވެ. އޭނަގެ މުށިހަށިގަނޑުގައި ތުރުތުރުލުމެއް އުފެދުނެވެ. ވަގުތުން ދުރުބަލާލެވުނީ ޝަލީންގެ މޫނަށް ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ.
“ނައިނާ ތެދަށް ބުނެބަލަ… ޕްލީޒް ސިސްއަށް އެއްވެސްކަމެއް ސިއްރުނުކުރައްޗޭ…” ޝަލީން ސޯފާގައި އިށީދެ ނައިނާގެ އަތުގައި ހިފެހެއްޓިއެވެ. ހުރިހާކަމެއް ނައިނާގެ ކުރިމަތީ ހާމަކުރުމުގެ ކުރިން ނައިނާގެ ދުލުން އެއްބަސްކުރުވަން އޭނަ ބޭނުމެވެ.
“ސިސް…” ނައިނާ އެވަގުތުން ޝަލީންއަށް ބަލާލިއިރު އެލޮލުގައިވީ ކަރުނައެވެ. ޝަލީންގެ މޫނުމަތިން ފެނުނީ ޖަވާބެއް ބޭނުންވެފައިވީކަމުގެ ކުލަވަރެވެ.
“ހޫމް… ވަރަށް ލޯބިވިން ހައި ދެކެ… އެހުރިހާ އެއްޗެއް ނަގާލައިފައި ދޫކޮށްލައިފައިދިޔަމީހަކީ ހައި… މިހާރު އަހަރެމެންގެ ދެމެދުގައި އެއްވެސް ގުޅުމެއްނޯންނާނެ… ކިތަންމެ ލޯބިވިޔަސް ހައިގާތަށް އަނބުރާދިޔުމަކީ އަހަރެން ދެން ކުރާނޭކަމެއްނޫން… މިއަދު ހައިގެ މައްޗަށް އެންމެ ހައްގުކަން ބޮޑީ ސިސް… ބޭބީ…” ނައިނާގެ މޫނުގައި ކަރުނަތައް ދެމެމުންދިޔައިރުވެސް އެއްވެސް އިހުސާސްއެއް ދައްކައެއްނުލިއެވެ. ހިތުގައި އަތްއަޅާލައިގެން އުޅެ އުޅެ އޭނަ އެކަމަށް އާދަވެއްޖެއެވެ. ޕްލާސްޓިކް ހިނިތުންވުންތަކާއި އަސަރެއްނެތް ހީލުންތަކަކީ އޭނަގެ ދިރިއުޅުމުގެ ބަޔަކަށްވެގެން ހިނގައްޖެއެވެ.
ޝަލީން ލޯމަރާލަމުން ފުން ނޭވާއެއްލިއެވެ. ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރެ އޭނައަށް ނައިނާއަށް މިދެވެނީ ވޭނެކެވެ. އޭނަ ހިމޭނުންހުރެގެން ނައިނާއާއި ހައިޒަލްގެ ލޯތްބަށް ހުރަސްއެޅެނީއެވެ. ދެލޯބިވެރިންގެ ދިރިއުޅުން ހަފުސްވެގެންދަނީއެވެ.
“މިއީ… ހައިގެ ބޭބީއެއް ނޫން…” އެ ޖުމްލަތަކާއިއެކު ޝަލީންގެ ބަނޑުގައި އަތްޖައްސާލައިގެން އިނދެފައި ނައިނާއަށް ވަގުތުން އަތްދަމައިގަނެވުނެވެ. އޭނަގެ ސިކުނޑިވެސް ހިނދުކޮޅަކަށް ގަނޑުވީ ހަށިގަނޑަށް އައި ލޮޅުން ހަށިގަނޑަށް ނަގައިގަނެވޭވަރަށްވުރެ ބޮޑުވުމުންނެވެ.
“ސިސް…” ނައިނާއަށް ޝަލީންއަށް ގޮވާލެވުުނެވެ. ޝަލީން އޭނަ ގާތުގައި މިއީ ދުވާލޭ ބުނިނަމަވެސް އޭނައަށް ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީހެވެ. އޭނައަށް ޝައްކުކުރެވުނުގޮތަށް މަޔާންއާއި ޝަލީންއާއި ދެމެދު ގުޅުމެއް އޮތީއެވެ. އޭނަ ޝަލީންއާއިމެދު ދެކެމުންއައި ނަޒަރިއްޔާތު އެންމެ ބަހަކުން ޝަލީން ބަދަލުކޮށްލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
121 Comments!
Comments are closed.






GOOD MORNING DEAR READERS……here is 66th part…. hope everyone will like this part too…. i am very sorry for been late. i was too bxy last nyyt so i was not able to upload it so i thought of uploading it in mrnin….. feel free to cmnt.. readers view motivates me a lot…..
Me first tha ?
congrats on being first
Yeyyy I’m first??
Wowwow
???????
It’s amazing…. ??????
When is the next part!! ????
OMG dhen Naina ah ingeyne dhw haizal egothah kanthah kury keevegen Kan….
hingaa balamaa nai ah ingeythww vx dww.. thnks for the support. will upload soon insha allah
Dhiraa.. mi kithah word ge part eh thr.. dhigu kamun Hama ahaaly.. hope javaabu dheyne kamah
2655 words.. maa bodah dhiguveetha dear
Me first dho…i’m very curious about the next part…..When r u gonna update episode 67
thankss dear. mifaharu 4th.. first hoadhan masahkaih kohlahjjey.. 67th mihaaru upvefa ihnaanee
Alhe mibai kiyaafa ves rovijje ?
Btw GOOD MORNING DARLING ❤️❤️❤️
thankss dear.. dont cry
Me first… vvvvv reethi story..♥️♥️♥️ when next part
dhen faharaku first hoadhan try kohlahjjey.. thankss dear..next part mihaaru upvefa ihnaanee
V v v v v v v v v v v v v v v v v reethi konirakun anehbai genesdheyny
Thankss dear.. 67 upvefa ihnaanee
Mibaives varah reethi. Furathamaves thedhuvefaives balaalevunee vaahaka aasa intho. Kon irakun 67vana pert genes dheynee…?
thankss dear.. mihaaru upvefa ihnaanee
Woooooww ? ❤️ ? ? love this part
owwn.. thankss dear
naina ingyynee hai nainaa aa break up v keeve kan????OMG??? mi part kiyaafa nainaa ah hedhi gothun rovunu????but story v v vvv salhi??? waiting for the next part ??? …dhiree sis ……. Sis ge mi storyyy varah reethi???????whn is next part can’t wait to read next…….?? ahvahah up kohladhythi ???luv ur story ???❤️❤️❤️?????one of my favourite ❤️????????????????❤️❤️❤️♥️♥️♥️♥️❣️❣️???
next part kiyaalabala vee gotheh balaalan.. dhw.. nubai baekey dhw.. thankss dear.. varah ufaa vehjje Meekkomee ah kamudhiyaima… next part upvefa ihnaanee mihaaru.. owwn.. im so happy to hear
heyligotha furathamaves mi belee dhiraa story upload kuritho.. iyya rey ves belin ekm nei upload vefa e..btw thnq for uploading such a nyc part n wow…..this part is awesome as alwys i love it… dn im hoping naina hurihaa hageegatheh engeyne kamah … im curiously going to wait for the next part….love u loads n tons dhiraa
Thankss dear.. so happy to hear
????????????????????? v reeethi. Next part ah inthizaar kurevey.
Thankss dear
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
Beautiful
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
Thankss dear
☘️
??
☘️☘️☘️
????
☘️☘️☘️☘️☘️
???????????
?????? Beautiful
???????
???????????
??????????
☘️???☘️???☘️??
??????????
☘️☘️☘️☘️☘️☘️☘️☘️☘️
????????
???????
??????
???????????
Thankss dear
???????????
???????????
???????????
???????????
????????????????????????????????????????????????????????????????????????????????????????????????????????????
????????
??????????
?????????
???????????
????????
???????
???????????
??????????
???????????
????????
??????
???????????
????????
?????
??????????
?????????
????????
??????
Thankss dear
hih thelhey mibawi kyiru. thalhin kulhu hikifa myny reethikamun story, ammaru jalah dhaanjeheyny
Thankss dear
mrninga dhiraa stry up kuri iru bunan huree… bt the moment i was in a hurry to get ready for scl so i forgot to tell this.. i need a brk.. i will be back soon with surprises insha allah.. i knw everyone will be upset.. i am very sorry for that
Owhh its okey
take you time
Eid mubaarak ingey ?
Haizal ah vx eid mubaarak bunahchey ehn hai kayri????❤❤❤❤❤
Thankss dear.. haige faraathunves eynage readers ah eid mubaarik.. special koh dear ah
Okay,
Thankss dear
Ma sha allah v v v salhi …❤❤❤❤❤❤?❤?❤???
Thankss dear
Nahu Xaad Shixoo Izkaan Afeef
Thankss dear
Aachaaa varah salhi igey keep going and nai ah varah bodah aniya vefa ehnuh ehaa bodah bleed ves viyeh nuh so ehenveema ehaa avhah hey ery kihinehbaa ethaa ovefa ekm ves varah reethi igey hama baarah kuriah dhiraa ??♥️♥️
thankss dear.. she was unconsious for the whole night and haizal stayed with her.. i have mentioned it in the story
Karuga valhi alhaafa kihineh ehaa faseyhain salaamaivee. Kudakoh evaru olhunfiluvaadhyfa hurinama salhivees. Eid chutty break naganee dho. Hehe. Dhen ekkoh vaahaka nunimaa nufilachey ingey. Mihaa varah vaahaka update koffa nunimmaa baeh writers ves ulhey.
Guess it wasnt deep.. kudakoh kan neynge valhi alhaafa huree.. hama ekani hangadhu kadaigen dhaavarah.. and naina was unconsious for the whole night.. ethankolhuga hai ge expression genesdhyfa in goih varah loabi.. i was hoping for a romantic scene of hainein.. dhen ihna part aku gehanjjey.. love this a lot
thankss both.. malaa bunihen maahil naina ge karuga valhi elhy kudakoh.. haizal hiluvanvegen.. dhen dhira hospital scene nugenaee.. ekm kuda summary eh ihnaaane e part ga.. and im back.. insha allah mi vaahaka mi site ga ninmaanan.. malaa hai and nai ge varah rom ep eh upkohlaafa mihaaru ihnaanee
Brk nagaa nama plx mirey adhi eh part genes dhyba plx..eid holiday v ma dhira ves buxy vaane…plx ehaa dhuvaha wait nukureveyne..plx mire up
dear next part upkohlaafa ihnaanee
Vaahaka liyaa professional writers bunaane site thakah update kuraa story eh nama first ekkoh story liyefa baavaashey. Eyrun up kuran onna dhuvahaku e genesdheyn faseyhavaaneyey. Adhi readers ge pressure aa hure kulliakah story nimmaalaakahves nujeheyne. Kuriaalaa story liye nimaaleema V faseyhavaane part partah genesdheyn. Hykuran mi story continue vaane kamah maa lasnuve
Eyrun daily koh ves upkureveyne dho. Kurin liye nimaafa otheema.
thankss dear.. then liyaa vaahaka eh egothah ehkoh liyefa up kohleveythoa balaanan.. next part up kohlaafa ihnaanee mihaaru
My god ??? speechless
thankss dear
My god ??? speechless ??????????????❤️❤️❤️❤️❤️❤️❤️
????????????????
thankss dear
Kitheh veylaa ninmaaly thanaha ?
thankss dear
Vaahaka hama habeys❤❤❤❤
Kndhuvahakun dhn 67 vana baa….
Adhi kithah part ebaan thw mi vaahaka nimen
thankss dear.. ehen bunaakah adhi neyge.. dhen ulheynee varah madhu ep kolheh.. next part up kohlaafa mihaaru ihnaanee
Alhey eid ge kuriah up vaane tha?? ?????
next part upkohlaafa ihnaanee
Masha allah….v intresting… Kiyaa iru hithah araa alhe nunimeyne nama ey… Ibaaraaiyy kurun vx v furihama…. May god bless u dear… ❤❤❤❤
thankss dear.. it means a lot to me
Ohhh wow..
Naina ah hageegai ingenee dhw dhn madu madun
When will haila and hai meet?
Shaadhin and yazdhaan ge part eh annaanee when?
Hai and shalee divorce vaanee kon irakun?
Mi bay vrh vrh reethi ingey sis hope that vrh avahah next part ip kohlaane kamah?❤❤❤❤❤
thankss dear.. be patient.. hehehe.. adhi thi hurihaa kamehves vaane.. ekm slowly.. shaadhin and yazdhaan ge part thah ahnaanee adhi thankolheh fahun.. ekm ait kohlahjjey.. next part mihaaru upvefa ihnaanee
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
thankss dear
Wow wow???..Mihen kiyedhaane kithahme irakuvec..Hehe..Alhey this part is really awsm ingey sis..Specially sifakurun vakin habeys..I can imagine each n every seen hama❤❤❤…Dhn alhe kihineh baa dhw vaany..I am really really curious ???..alhe I’ll miss this lovely story sis???..Plx ehaa gina dhuvas nukurahcheyy.. Anyway waiting for da next ingey sissy??????
thankss dear.. next part mihaaru up kohlaifin.. im so happy to hear that.. i have achieved what i wanted.. thank you so much dear.. you can read the next part now
Mi stry v v nyc…nxt prk kn irakun thr?
thankss dear.. next part mihaaru kiyaaleveyne
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
thankss dear
kithah dhuvahuge brk eh. bt plx come back quick..
mi prt vx vrh vrh vrh vrh vrh vrh reeethi………….:) nice stry ever
thankss dear.. now im back
This is the best ?????????????????? good luck 4next part. But i wont be able to read in eid holiday. Cause i am leaving to my island. Sorry dhiraa. And eid mubaarak.??????????????????????????
thankss dear.. its okey darla.. dhen eid in aisfa time vaavarakun kiyaalaaanee.. eid mubaarik.. have fun and enjoy darling.. varah miss vaane dream mathin.. aisfa comment eh kohlahjjey
Wow varah reethi mi part vx dhen oeh part kiyaahithun hureveneekee noon keep up the good work dear ly ??????????????????????????????????????????????????????????????????????
thankss dear.. next part mihaaru kiyaaleveyne
??????????????????????
?HAPPY HOLIDAY?
???????????
???????????
thanks dear.. enjoy the holiday
??????????????????????
Ufaaveri break akah edhen.
Take care Dhiraa.
?????????????????????????????????
EID MUBARAK
thankss dear.. eid mubaarak
Aww dhiraa we will wait for u n your story….?????????? come back soon ???? happy holidays
thankss dear.. im back.. next part mihaaaru kiyaaleveyne
EID MUBAARAK HURIHAA KIYUNTHERINNAH ADHI DHIRAA AH VX
thankss dear.. eid mubaarak
Kalo gayaa…speachless…… ???? Sifakuranthah ?…. Plus dialogues thah genehsa hurileh v vx furihama…. Ur a great Author…..
Adhi miviyhaa thanah dhimaavi enme hinheyo enme friend author vx me… Plus readers innnaa dhemedhu genngulhey gaaiykamaa, n the vey u treat them forces me to accept it ur a great author… Hageegathugavx, readers ge comments thakah rply kohfaa hunna gothun v hppy vey… Adhi enme hppy vani negetive n possitive comments vx accept kuraathiyve… Guess ur a good grl… Hurihaa kudhinnakiy vx gud kudhin bt… Bt I guess ur, v friendly to others, Respect others feeling, Hardworking on studies, n ur a grl who ollwys try to improve the mistakes….
I’m proud of u grl… Kyp going like tht?…
Bst wishes frm me…
May Ahllah protect u,? n full fill ur dreams….
Ones again luv ur stry…. ?
?????????????????????????????????????????????????????????????????????????????????????????????????????
He hey mivaru enough tha Author….
Btw luv ya lot$$$$$$$$$$$$………
alhe hama thivarah thaureef hahqutha.. all thankss goes to my dear readers.. varah ufaavehjje dear thihaa bodu thaureefeh kohleema.. aslu dhira varah friend vaahiyvey kudhinaai.. migothah kuriah midheveny thi kudhinge sababun.. alhe its more than enough.. thank you so much dear
Hama habeys ??
thankss dear
Masha Allah….vvv reethi.. gavaidhun kiyaa vhk eh mee Hama comment nukrias….u r a good writer
thanks dear.. varah ufaavehjje
eeeshey
thankss dear
dhiraa haadha dhigu inthizaare key thikuruvanee ..miee haadha reethi vaahaka ekey .. baraabarah genes dhevey hama ekani vaahaka.. ekamu ves kiyaa hih vaale bodu kamun hama shakuvaa kurevenee… sorry dhiraa
Mee hama thedhu
its okey dear.. i can understand.. im so happy that you like it so much even though there are some areas lacking.. thankss both
dhiraaaa when next???????????????????????????????????????????????????????????????????????????????????????????????????????????
dear dont cry.. mihaaru e part kiyaaleveyne
Dhiraa kon irakun next part?
upkohlaafa ihnaanee
Mi vaahaka up vany Kon days thakehga
konme dhedhuvahakun eh dhuvahu
Dhiraa ge test thah annaathiykanneynge break eh negy dhw. vv riythi vaahaka ❤❤❤❤❤
thankss dear.. eid ah ready vaan kudakoh vaguthu kolheh hoadhaalee
I love it??…. When is the next part?!? I can’t wait!!!!???
thankss dear.. next part mihaaru kiyaaleveyne
Eid mubarak dhiraa ?????????
????????????????
Plxxxxxxxxxxxxxx next part up kohdhee???
Seriously this story is amazing ?????????????????
eid mubaarak.. thankss dear.. next part mihaaru kiyaaleveyne
Mireyga part eh up koh dheebala plx & also a eid hadhiyaa ehvx mrdhan up kohdheyne kamah umeedh kuran
dear eid gift ge gothuga next ep upkohlaafa ihnaanee
Plxxxxxx??????????????????????????????????????mirey up kohdhee?? ?????????????????????????????????????????????????????????EID MUBAARAK?????????????????????????????????????
eid mubaarik dear.. next part up kohlaafa ihnaanee
✨✨✨????❇️❇️✳️✳️??????????????????????????????eid mubarak……
eid mubaarak dear
Vara reethi mi part ves
Eid mubaric dhira
eid mubaarak dear.. and thankss
REETHI
Thankss dear