ދެމީހުންވެސް އެއްވަރަކަށް މަގުގެ އެއްފަރާތުގައި ހިނގާފައި ދިޔައިރު މާއީ ހުރީ މަގުގެ އެންމެ ދުއްވާ ތަކެއްޗާ ކައިރީގައިއެވެ. ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް މާއީގެ ކުރިމަތިން ނުހަނު ބާރަށް ސައިކަލެއް އައުމުން މާއީ ހުރީ ހަދާނެ ގޮތެއް ނޭނގިފައިއެވެ. ބިރުގަނެފައި ހުރުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ. އެންމެ ބާރު ދުވެލީގައި އެ ސައިކަލު އާއިރު މާއީ ހުރީ ދެން ސަލާމަތް ނުވާނެކަން އެނގި ހުރެ އޭނާގެ ދެލޯ މަރާލައިގެންނެވެ.
****
”ދަރިފުޅު ދެން މީހަކާ ކައިވެނި ކުރަން ވީނުން. މިހާރު ބާވީސް އަހަރު ވީ ތި. ތިހެން ހުއްޓާ ދެން މުސްކުޅިއެއްނު ވާނީ. ބައްޕަމެން ހޯދާއި ދޭންތަ ދަރިފުޅަށް ރަނގަޅު ކުއްޖެއް؟ ” ރާޔާ އޭނާގެ ބައްޕަ ރިޝާން ދައްކާ ވާހަކައަށް ސަމާލުވެލައިގެން އިނެއް ކަމަކު އޭނާގެ ސިކުނޑި ދިޔައީ މާ ދުރަކަށް ދަތުރު ކުރަމުންނެވެ. ކައިވެނީގެ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ރާޔާގެ ހިތް ދިޔައީ ނޭނގޭ ބާރު މިނެއްގައި ތެޅެމުންނެވެ. އޭނާ ދުވަހަކުވެސް އިކާލް ނޫން އެހެން މީހަކާ ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ބައްޕަގެ އެވާހަކަތަކުން ރާޔާއަށް ދޭހަ ކުރެވުނީ ބައްޕަ އޭނާގެ ކައިވެނި ނުހަނު އަވަހަށް ކުރަން ބޭނުންވާ ކަމެވެ. ”ނޫނޭ ބައްޕާ. އަހަރެން ލޯބިވާ މީހަކު އެބަހުރި. ބައްޕަމެން ތިކަމާ އުޅޭނެ ކަމެއް ނެތް.” ރާޔާ އެތަނުން ތެދުވެގެން ދިޔައީ އޭނާގެ ބައްޕައަށް އުފާވެރި ހިނިތުންވުމެއް ރައްދު ކުރަމުންނެވެ.
ރިޝާން އަކީ ކިތަންމެ މުއްސަނދި މީހެއް ކަމުގައިވި ނަމަވެސް އޭނާ ބޭނުންވަނީ ރާޔާ މުއްސަނދި މީހަކާ ކައިވެނި ކުރާށެވެ. ސައުވީސް ގަނޑިއިރު އޭނާގެ ސިކުނޑި މުއްސަނދި ކަމުން ފުރިފައި ވާއިރު އެ ސިކުނޑި އާއި ހިތް ދިޔައީ ކިބުރުވެރިކަމާއި ބޮޑާވެރިކަމުން ފުނި ޖެހެމުންނެވެ. ރާޔާގެ މަންމަ ހަމީދާ އަކީވެސް ހަމަ އެފަދަ މީހެކެވެ. އެދެ މީހުންގެ ފަރާތުން ރާޔާއަށް ވެސް އެކަން ވާރުތަވެފައި ވާއިރު ރާޔާގެ ހިތްވަނީ އަދި ހަސަދަވެރިކަމުންވެސް ފުރާލެވިފައިއެވެ.
ކޮޓަރިއަށް ވަން ގޮތަށް އެނދަށް ވެއްޓިގަނެފައި ރާޔާއަށް ވިސްނެމުން ދިޔައީ ކައިވެންޏާ މެދުއެވެ. ބައްޕަ ކައިރީ ބުނެގެން ރާޔާއަށް މޮޅު ރޭވުމެއް ރޭވިދާނެ ކަމުގެ ޔަގީންކަން އޮތެއް ކަމަކު އެރޭވުން އިކާލްގެ މޮޅު ސިކުނޑިއަށް ނަގައިގަނެވިއްޖެ ނަމަ ރާޔާގެ އަގު ވެއްޓިދާނެ ކަމުގެ ބިރު ދިޔައީ އޭނާއަށް ހީވަމުންނެވެ. އިކާލްގެ ކޮންމެ ހަރަކާތަކުންވެސް އޭނާ ރާޔާދެކެ ރުޅި އަންނަ ކަން ސާބިތު ކޮށްދޭ ކޮންމެ ފަހަރަކު ރާޔާގެ ހިތް މޯޅިވެއެވެ. ނަމަވެސް ކޮންމެ ގޮތަކަށް ކަންތައް ވި ކަމުގައިވިޔަސް އަދި ވާން އޮތް ކަމުގައި ވިޔަސް ރާޔާ ބޭނުންވީ ރިޝާން ގާތު އިކާލްގެ ވާހަކަ ބުނުމަށެވެ. އަދި ފައިސާގެ ދަޅާގައި އިކާލް ހައްލާލުމަށެވެ. ނަމަވެސް..
***
އިކާލްގެ ބާރުގަދަ ދެ އަތުން މާއީގެ ދެކޮނޑުގައި ހިފާ އެނާއާ ދިމާލަށް މާއީ ދަމައިގަތީ ނުހަނު ހުށިޔާރު ކަމާއިއެކީއެވެ. ބިރުގަނެފައި ހުރި މާއީ ގޮސް ޖެހުނީ އިކާލްގެ ތަނަވަސް މޭމަތީގައިއެވެ. މާއީއަށް ގުޑިވެސް ނުލައި އޮވެވުނީ ލިބުނު ސިހުމުގައިއެވެ. ”އާރ ޔޫ އޯކޭ މާއީ؟” އިކާލް މާއީ ދުރަށް ޖައްސާލަމުން މާއީގެ މޫނު މައްޗަށް ވެރިފައި ހުރި އިސްތަށިތައް ކަންފަތަށް ލައްވާލިއެވެ. އެއާއިއެކު އިކާލްއަށް ފެނިގެން ދިޔައީ މާއީގެ ފެންކަޅިވެފައިވި ދެލޮލެވެ. އިސްދަށަށް ޖަހައިލައިގެން ހުރި ކަމުގައި ވިޔަސް އެބޮޑު ދެލޮލުގައި ފުރިފައިވި ކަރުނަތަށް ދިޔައީ އެންމެ ރީއްޗަށް އިކާލްއަށް ފެންނަމުންނެވެ. އެމަންޒަރު ފެނިފައި އިކާލްއަށް ހީވީ އޭނާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ހެންނެވެ. ”މާއީ. ޑޯންޓް ކުރައި. އިކް ހުއްޓަކައި މާއީއަށް ދުވަހަކުވެސް އަނިޔާއެއް ނުލިބޭނެ. އިކް އަބަދުވެސް މާއީއަށް ލިބޭ ކޮންމެ އަނިޔާއަކުން ރައްކާތެރި ކޮށްދޭނަން. އިންޝާ ﷲ. މާއީ ޕްލީޒް ޑޯންޓް ކުރާއި.” އިކާލް ސާބިތު ކަމާއިއެކީ އޭނާގެ ވާހަކަ ބުނެފައި މާއީގެ ދެލޮލުން ފައިބައިފައި ހުރި ކަރުނަތަށް އޭނާގެ ދެއަތުގެ ބޮޑުވާ އިނގިިލިން ފޮހެލަދިނެވެ. އަދި މާއީ އޭނާ ހުރިތަނަށް ލާފައި އިކާލް ދުއްވާ ތަކެއްޗާއި ކައިރި ތަނަށް ގޮސް މާއީގެ އަތުގައި ހިފައިގެން ހުރެ ހިނގައިގެނެވެ. އޭރުވެސް މާާއީ ހުރީ ލިބުނު ސިހުމުގައި އެއްޗެކޭ ބުނަން ވެސް ނުކެރިފައިއެވެ.
”ތޭންކްސް އިކް.” މާއީ ލިފްޓުގައި ހުރެފައި އިކާލްގެ ދެލޮލަށް ބަލައިލިއެވެ. އޭއާއިއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ހިނދު ދެމީހުންނަށްވެސް ކުރެވިގެން ދިޔައީ އެއް އިހްސާސެކެވެ. ނަމަވެސް އިކާލް އޭނާގެ އިހްސާސްތައް ހިފަހައްޓަމުން އެއީ އެއްވެސް ކަމެއް ނޫނޭ ބުނެފައި މާއީއަށް މާނަ ފުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި މާއީ ލާފައި އިކާލް އޭނާގެ ބަޔަށް ވަނެ ފެންވަރައިގެ ނުކުމެ މިސްކިތަށް ދާން ތައްޔާރުވެލިއެވެ. ނަމަވެސް އިކާލް އެދުވަހު އެއްކޮށް ވިސްނި ކަންތައް އަނެއްކާވެސް އެނާގެ ސިކުނޑީގައި ކޮއްޓާ ލުމާއިއެކު ކުޑަ ރިހުމެއްވެސް އުފެދިގެން ދިޔައެވެ. އެހެންނަމަވެސް އެރިހުމުގެ މައްޗަށް އޭނާގެ ހަށިގަނޑު ބާރުގަދަ ކޮށްފައި އިކާލް ނުކުމެގެން ދިޔައީ މިސްކިތަށެވެ.
***
ރާކިންއަށް ގެޔަށް ވަނެވުމާއިއެކު ފުަރަތަމަވެސް އޭނާގެ ލޮލުގައި އަޅަައިގަތީ އިރާދާގެ މަގަތުގައި އިށީންދެލައިގެން އިން މާޔޫސްވެފައިވާ އޭނާގެ ބައްޕައެވެ. ރާކިން ގޮސް ކޮޓަރިއަށް ވަނެފައި ވިކާޝްގެ ކޮޑުގައި އަތް އަޅާލަމުން ބޮލުގެ އިޝާރާތުން އޭނާއާއިއެކު އައުމަށް އެދުނެވެ. އެއާއިއެކު ވިކާޝްވެސް ތެދުވެގެން ރާކިންގެ ފަހަތުން ގޮސް ސޯފާގައި އިށީންދެލިއެވެ.
”ބައްޕާ. މަންމައަށް ކިހިނެއް ވީ؟” ރާކިންއަށްވެސް މިއަދު އިޜާދާއަށް ބަދަލުތަކެއް އައިއްސިކަން ޔަގީން ކުރެވުނެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އެއްގޮތަކަށްވެސް ރާކިންއަކަށް ދެނެއެއް ނުގަނެވުނެވެ.
”މަންމަ އުޅެނި ބޮލުގައި ރިއްސާތީ. އެހެންވެ ބޭސް ދީފައި އެޔޮތީ. މާ ބޮޑު ކަމެއް ނުވޭ މަންމަ އަކަށް..” ވިކާޝް ރާކިންއަށް ޖަވާބުދީފައި އެތަނުން ދާން ހިނގައި ގަނެވެ. ނަމަވެސް އޭނާގެ ސިކުނޑިވެސް ދިޔައީ އިރާދާގެ އުޅުމުގެ ސަބަބުން އެތައް ސުވާލުތަކަކުން ފުނިޖެހެމުންނެވެ.
ރާކިންވެސް އޭނާގެ ބައްޕަގެ ފަރާތުން މާ އެދެވޭ ކަހަލަ ޖަވޭބެއް ނުލިބުމުން އެތަނުގައި ހިމޭންކަމާއިއެކު އިށީންދެލައިގެން އިނީ އެކަމާ ފުން ކޮށް ވިސްނުމުގެ ނިޔަތުގައިއެވެ. ރާކިންއަށް ވިސްނެމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑި އެތައް އެއްޗެއް އޭނާއަށް ބުނެދެމުން ދިޔައެވެ. އަދި އެތައް އެއްޗެއް ހަނދާންވަމުންވެސް ދިޔައެވެ. އިކާލްގެ ވާހަަކަ ފުރަތަމަ އިރާދާގެ ގާތު ދެއްކުމުން ވީ ގޮތެވެ. އިކާލް ފެނުމާއިއެކު އިރާދާގެ ހިނިތުންވުން ފޭދި ނަމަވެސް ހިނިތުންވާ މަސައްކަތް ކުރި ގޮތެވެ. އިކާލްގެ ފުރިހަމަ ނަން ބުނުމާއިއެކު އިރާދާ އެއްޗެކޭ ނުބުނެ ދިޔަ ގޮތެވެ. ހުރިހާ އެއްޗެއް ރާކިންގެ ސިކުނޑި ދެނެގަތުމާއިއެކު އިރާދާއާއި އިކާލްއާއި ދެމެދު ކޮންމެސް ކަމެއް ވާކަމަށް އޭނާގެ ވިސްނުންތޫނު ސިކުނޑި ބުނަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގެ އެއްކަނަކުން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. ސިކުނޑި އެހުރިހާ ކަމަކާ އެއްބަސްވަމުން ދާއިރު ހިތް ދިޔައީ އެހުރިހާ ކަމަކަށް އިންކާރު ކުރަމުންނެވެ. އެހެންކަމުން ރާކިން އެކަމާ ދެން ނުވިސްނުމަށްޓާކައި އަށެއް ޖަހަން ކައިރި ވުމާއިއެކު ފާއިޒްގެ ގެޔަށް ދާން ނިންމިއެވެ. ވިކާޝް ގާތު ވަރަށް އަވަހަށް އެއަންނަނީ ކަމުގައި ބުނެ ރާކިން އެގެއިން ނުކުތީ އޭނާގެ މަންމަ ކައިރީ އިރުކޮޅަކު އިނެލާފައިއެވެ.
****
”ރާކިން. އެކްޗުއަލީ ވީ އާރް ގޮންނަ ގޯ ޓު ސަމް ވެއާރް ޑޭ އާފްޓާ ޓުމޯރޯ. ވަންނާ ގޯ؟ ފާއިޒް ވަރަށް ނޫން ކަމަށް ހަދާލައިފައި އޭނާގެ ފޯނަށް ނަޒަރެއް ދިނެވެ. އެއާއިއެކު ރާކިންގެ ދެލޯ ބޮޑުވެ ދާން އުޅޭ ތަނެއް ބަލާލުމުގެ ޝައިގުވެރިކަން އުދެފުނެވެ. ކޮންތަނަކަށް ހޭ އަހާފަދަ ގޮތަކަށް ރާކިން އެތިން މީހުންގެ މޫނަށް ބަލަން އިނީ އެއް ބުމަ އަރުވާލައިގެންނެވެ. ނަމަވެސް އެއިން އެކަކުވެސް ޖަވާބު ނުދީ އެމީހުންގެ ފޯނަށް ގެއްލިފައި އިނުމުން ރާކިން ރުންކުރުވެފައި ނުހަނު ބާރަށް ކޮންތަނަކަށް ހޭ އަހައިލިއެވެ. އެއާއިއެކު ތިން މީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަދި ރާކިންގެ މޫނަަށް ބަލައިލާފައި ތިން މީހުންވެސް ފެށީ ހޭށެވެ. ”އަހަރެންގެ ރަށަށް. ކ. ގުޅިއަށް.” މާއީ އޭނާގެ ހިނި ކޮންޓްރޯލް ކުރަމުން ބުނެލިއެވެ.
”ވަރަށް. މާއީ ތީ މާލެ ކުއްޖެއް ނޫންތަ؟” ހައިރާންކަމާއިއެކު ރާކިން އެސުވާލު މާއީ އާ ކޮށްލިއެވެ. ”ހޫމް. ރާކިން އަކަށް ނޭނގޭތަ؟” ހަގީގަތުގައި ވެސް ރާކިންއަކަށް މާއީ އެއީ އެހެން ރަށަކު ކުއްޖެއް ކަމެއް ނޭނގެއެވެ. އިންޑިއާގައި އެދެމީހުން ދިމާވިއިރު ރާކިން ހީކޮށްގެން ހުރީ މާއީ އެއީ މާލެ ކުއްޖެއް ކަމަށެވެ. އިންޑިއާއިން ކިޔަވާގެން އައިސް މާއީ މާލޭގައި މަޑު ކުރުމުންވެސް ވާނީ އެހެން ނޫން ހެއްޔެވެ؟ އަދި ދުވަހަކުވެސް ރާކިން ގާތު މާއީ އެކަހަލަ ވާހަކައެއް ބުނެފައި ނުވާތީވެސް ވާނީ އެހެން ނޫން ހެއްޔެވެ؟
”އާން. އަޑު އެހި ތާ މަ މިހުރީ. އަސްލުވެސް އެއްވެސް ވަރަކަށް ނޭނގޭ މާއީ ތީ އެހެން ރަށަކު ކުއްޖެއް ކަމެއް. ދެން ނުވެސް ބުނެލާވިޔަ މިހާ އެއްކޮށް އުޅޭ އިރު. ބައިދަވޭ މަ ދާނަން. ވަރަށް ދާ ހިތްވާ ރަށެއް ތީ.” ރާކިން ވަރަށް ވެލާފައި އޭނާގެ ދަތްތައް ދައްކާލަމުން ބުނެލިއެވެ. އެއާއިއެކު މާއީގެ ތުންފަތަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވީ އޭނާގެ ތިން އެކުވެރިންވެސް އޭނާއާއިއެކު ރަށަށް ދާނަމޭ ބުނެ އެއްބަސް ވުމުންނެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް ރާކިން އަށް އިރުކޮޅާ އިކާލްއާއި ދިމާލަށް ވަށް ކަޅިން ބަލައިލެވެއެވެ. އެއްޗެއް ދޭހަ ކުރަން އުޅޭ ފަދައަކުންނެވެ. ނަމަވެސް ހިތާމަވެރިކަމާއި މާޔޫސްކަން ނޫން އެހެން އެއްޗެއް ރާކިންއަކަށް މާއީގެ މޫނަކުން ނުފެނެއެވެ.
”ސޯ ދެން މާދަމާއިން ފެށިގެން ދަތުރަށް ތައްޔާރު ވޭ. މާދަމާ އަހަރެން އަދި ފުރާ ގަނޑި އަންގާލާނަން.” ހޮޓަލުން ނުކުމުގެން ގެޔަށް ދިޔަ މަގުމަތީގައި މާއީ ދިޔައީ ދަތުރާ ބެހޭ ގޮތުން އެކި ވާހަކަ ދައްކަމުންނެވެ. ރަށުގައި ކުރާނެ ކަންތަކާއި ދާނެ ތަންތަނާއި ބެހޭގޮތުންނެވެ. މާއީގެ މޫނުމަތީގައިވި ހިނިތުންވުމުން އެތިން މީހުންނަށްވެސް ފާހަގަވި އެއްކަމަކީ މާއީ އުފާވެފައި ހުރި ވަރެވެ. އަދި ރަށަށް ދާ ހިތްވެފައި ހުރި މިންވަރެވެ.
އިކާލްއަށް ހުރީ މާއީގެ އެ ހިނިތުންވުމުގެ ސަބަބުން މިއަދު މާއީއާ މެދު ވީ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައިއެވެ. ހީވާގޮތުން މާއީވެސް އެކަމުގެ މަތިން ހަނދާން ހުރި ހެންނެއް ހިޔެއް ނުވެއެވެ.
ރާކިން ގެޔަށް ދިޔަ މަގުމަތީގައި ދިޔައީ ހޮސްޕިޓަލަށް ގުޅައި އޭނާގެ ޗުއްޓީގެ ކަންކަން ނިންމަމުންނެވެ. ދެ ހަފްތާގެ ޗުއްޓީއެއް އެހާ ފަސޭހައިން ލިބުމުން ރާކިންއަށް ދޫކޮށްލެވުނީ ވަރަށްވެސް ފުން ނޭވާއެކެވެ. ހިވާ ގޮތުން އޭނާވެސް އެއުޅެނީ ބޮލަށް ލުއި ކޮށްލުމުގެ ނިޔަތުގައިއެވެ.
ކޮޓަރިއަށް ވަނެ ނިދަން ހަމަޖެހިލައިގެން ރާކިން އެނދުގައި އޮށޯވެލީ މާދަމާ އޭނާގެ މަންމަމެންނާއި ދަތުރުގެ ވާހަކަ ބުނުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ރާކިންގެ ނިދިން ފުރިފައިވި ދެލޮލުން ހިނދުކޮޅެއްގެ ތެރޭގައި ނިދި ފިލައިގެން ދިޔައީ އިކާލްގެ މަތިން ހަނދާންވުމުންނެވެ. އިކާލް އެވަރަށް ދެރަވެފައި އެެއިނީ ކީއްވެ ކަމާމެދު އޭނާގެ ސިކުނޑި ދިޔައީ ސުވާލުކުރަމުންނެވެ. ފާއިޒްގެ މަންމަ މަރުވުމުގެ ސަބަބުން ހެއްޔެވެ؟ ނަމަވެސް އެސުވާލަށް ވަގުތުން ރާކިންގެ ސިކުނޑި ނޫނެކޭ ބުންޏެވެ. ފާއިޒް އެހައި އަވަހަށް އެ ހިތާމަތަކުން ދުރުވި އިރު އިކާލްއަށް އެ އަކުމުން ދުރުނުވެވިގެން އެއުޅެނީ ކިއްވެ ހެއްޔެވެ؟
ތެދެކެވެ. ރާކިންއަށް ދުވަހަކުވެސް އަދި އިކާލްގެ މަންމައެއް ނުފެނެއެވެ. އަދި ދުވަހަކުވެސް އިކާލް އޭނާގެ މަންމަގެ ވާހަކަ ނުވެސް ދައްކައެވެ. އިކާލް ބުނި ގޮތުގައި އޭނާގެ މަންމައެއް ނުހުރެއެވެ. މިހުރިހާ ވާހަކައެއް ހަނދާންވުމާއިއެކު ރާކިންގެ ސިކުނޑި ކޮންމެސް ކަމެއް މިކަމުގައި އުޅޭ ކަމުގެ ސިގްނަލް ދިނެވެ. ރާކިންގެ ސިކުނޑި މޮޅު އެއްޗެހި ބުނަމުން ދިޔައިރު ރާކިންއަށް އިނީ އެއިން އެއްވެސް ކަމެއް ގަބޫލު ނުކުރެވިފައިއެވެ.
”އަނެއްކާ އެއީ އިކާލްގެ މަންމަ ތަ؟” ރާކިންގެ ހިތަށް އެރި ސުވާލަކުން ވަގުތުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ރާކިންގެ ހިތް ބުނަމުން ދިޔައީ އިރާދާއަކީ އިކާލްގެ ގާތް މީހެކޭއެވެ. ވިސްނެމުން ދިޔަ އެއްޗެހީގެ ސަބަބުން ރާކިން އެހިޔާލުތަކުން ދުރުވުމަށްޓަކައި ދެލޯ މަރާލިއެވެ. ނަމަވެސް އެގޮތަށް އެތައް އިރަކު އިތް އިރުވެސް އޭނާގެ ދެ ލޮލަށް ނިދި ސަވާރުނުވުމުން ލެޕްޓޮޕުން ފިލްމެއް އަޅުވައި އެ ބަލަން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







assalam alaikum
miothy vamey gaathugai ge 6 vana bai vs up vefai.. unmeedju kuran mi bai vs kiyuntherinnah kamudhaane kamah.. adhi nafu ah hedhifai huri mistake thah vs bunela dheyne kamah unmeedhu kuran..
nafu bunelan beynun mi vaahaka kiyaa hurihaa kiyun therinnah vs.. vr vr vr bodah thanks nafu ah thidhey suport ah.. adhi mistake thah buneladhey thy vs.. nafu mihaary masahkaii kuramun mi dhany mistake thah madhu kurevey thw.. insha allah.. i’ll do my best..
nxt part vr avahah insha allah.. keep waiting
gyd nyt to all.. lysm
Me first dhw…. V reethi mi part vx maasha allah……… Waiting fr nxt part…… LY sis…….. Keep it up dear!!!
yes your first dear.. congrats.. and thanks a lot
Mi part ga ebain eekaal r maaee r olhifa… Except that.. Farah reeethi… Waiting for the next part… Lysm
Thedheh thi buny…
aww thats a mistake.. thanks for highlighting.. btw thanks again..
Mi part wes varah salhi! Still feeling really sorry for raya…
??
thanks dear.. hehhe
Masha Allah.. mi Bai Vs varah furihama.. waiting for next
Thanks dear
Nafu.. vrh Rythi vaahaka.. mi part vs.. hope next part Hama mihaa Rythi vaane kamah.. curiously waiting for next part of the story
Thanks dear
??????????????????????????????????????????Masha allah
Aww thanks dear
Aslu varah salhi story dhaa goii.. vr kiyaa hiyy vaa vaahaka eh.. next part avahah up kohla dhehchey
Thanks dear
Vr Rythi mi Bai Vs? abadhuvs wait kureveny dhn Inna bayah?? vr furihama vaahak dhaa goii??? waiting for next????
Aww thanks dear
vr furihaama
Thanks dear
alhey raayaa ah haadha dhera gothekey dhw e v.. ekam flower beynumeh noon raaya ah ikaal libeykah vs.. flower beynumy maaee ah ikaal liben.. vr rythi stry raavaalevifai oii goii
Hmm dhw.. nafu Vs beynumy maaee ah ikaal linen.. heheh.. let’s see vaane gotheh.. btw thanks dear
maasha allah.. haadha ryhchey.. wowow.. 🙂 🙂 🙂
Thanks dear
ނަފޫ.. ވަރަށް ރީތި މި ބައި ވެސް.. އެކަމް މަލާކް އަށް މާ ކުޑައީ އެކުދިން ހޮސްޕިޓަލުގައި އުޅޭބައި ގެނެސްދީފައި ވާލެއް.. އުންމީދުކުރަން ކުރިއަށް ހުރި ބައިތަކުން ހޮސްޕިޓަލުގެ ބޮޑު ބައެއް ގެނެސްދޭނެ ކަމަށް.. އެނެއް ބަޔަށް އިންތިޒާރުގައި..
Ya kuri ah huri Bai thakuga adhi malaak thibuni Bai thah Vs genes dheynan Insha Allah.. and thanks dear
wow.. i’m speechless.. varah reethi.. curiously waiting for next part
Thanks dear
Alhe keehvetha abadhu vadhe jahanjehey thanthanuga vane liyefa mi hunnany..athugai hifaigen hingaiganeve eh noon..hingaigatheve..mikahalage kuhthah v ginain feney..plx abadhu eh kuhthakeh thakuraaru nukoh rangalhu kohbala..
Oh sorry dear.. nafu eba vr try kuran rangalhu kurevey thr… Ekam ehfaharaa hurihaa kameh Vs rangalheh nukureveynun.. sorry dear.. and thanks