Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 8

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 25, 2019 3 Mins Read
30 Comments

”އާން މަންމަމެން މި ތިބީ ދަރިފުޅުމެންނާއެކީ ދާން ތައްޔާރަށް.” މުފީދާވެސް ހުރީ މާއީ މެންނާއިއެކު ދާން ތައްޔާރަށެވެ. ”ނަމަނަމަ މި ތިއްތަ އާ ކައިރި ނުވާތި ދާ މަގުމަތީގަ. ވަރަށް ޖެއްސުން ކުރާނެ.” މައިޝް މާއީއަށް އަވަސް ނަޒަރެއް ދެމުން އިކާލް، ފާއިޒް އަދި ރާކިންއަށް ބުނެލިއެވެ. އެއާއިއެކު މާއީގެ އަތުގެ ހަމަލާއެއް މައިޝްގެ ފައިގެ ފަލަމަސްގަނޑަށް އަރައިގެން ދިޔައެވެ. ”އެހެންޏާ މިޖެހުނީ ވަރަށް ހުށިޔާރު ވެގެންތާ ދޯ އުޅެންވެސް.” އިކާލް މާއީއަށް ދިމާލަށް ބަލާލައިފައި އެއްލޯ މަރާލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔުމާއިއެކު އެތަނުގައި އަޑުވެސް ގަދަވެގެން ދިޔައެވެ.

****

”ދީނާ ކިހިނެއް ވީތަ؟ އަހަރެން މިއުޅެނި ވަރަށް ބިޒީކޮށް.. ތިވަރަށް ދެން މެސެޖް ނުކުރައްޗޭ..” ފާއިޒްގެ ފަރާތުން ދީނާ އެދެވޭ ކަހަލަ ރައްދެއް ނުލިބުމުން އޭނާގެ ހިތް ހިސާބަކަށް މާޔޫސްވާ ގޮތްވިއެވެ. ދީނާ ފާއިޒް ދެކެ އެވަރަށް ލޯބިވާ އިރުވެސް ފާއިޒްގެ ފަރާތުންވެސް ހަމަ އެފަދަ ކަންކަން ފެންނަމުން ދާއިރު އޭނާ އެކަމަށް ދެކޮޅު ހަދަމުން ދާތީވެސް ދީނާގެ ހިތް ދިޔައީ މޯޅިވަމުންނެވެ. އެއާއިއެކު ދީނާއަށް ސިފަވެގެން ދަނީ ދީނާ ފެނުމުން ފާއިޒް ހޮސްޕިޓަލުގައި ހުންނަ ގޮތެވެ. ދީނާ ފާއިޒް އާއި ދިމާލަށް ބަލާލުމުން ހިނިތުންވެފައި ދާ މަންޒެރެވެ. މިއިން ކޮންމެ ފަހަރަކުވެސް ދީނާގެ ހިތުގައި ފާއިޒްގެ ސޫރަ ބިންވަޅު ނެގިގެން ދެއެވެ. ފާއިޒްގެ ފަރާތުން އެކަހަލަ ޖަވާބެއް ލިބުމާއިއެކު އިތުރަކަށް އޭނާ ފާއިޒްއަކަށް މެސެޖް ކުޜާކަށް ނޫޅެއެވެ. އެ މެސެޖުންވެސް ފާއިޒް ނުރުހުންވެފައި ހުރި ވަރުވެސް ދައްކާލުމުންމެއެވެ. ނަމަވެސް ފާއިޒްގެ ހަނދާންތަކުން ކިތަންމެ ދުރުވާން އުޅުނެއްކަމަކު ދީނާއަކަށް އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ފާއިޒް ނުފެނި ތިން ދުވަސް ވެގެން ދިޔައިރު ދީނާ އަށް ހީވަނީ އެއީ ތިން އަހަރު ފާއިތުވެގެން ދިޔަ ހެންނެވެ. އެހެންކަމުން ފާއިޒް ދެކިލުމަށް ބޭގަރާރުވެފައިވާ އޭނާގެ ހިތަށް ހިތްހަމަ ޖައްސައިދިނުމަށްޓަކައި ފޭސްބުކަށް ވަނެ އެކި ގޮތްގޮތަށް ފާއިޒްގެ ނަން ޖަހައިގެން ފާއިޒްގެ އެކައުންޓް ހޯދަން ފެށިއެވެ. އެގޮތުގައި އެތައް އިރަކު ފާއިތުވެގެން ދިޔައިރުވެސް ދީނާއަކަށް ފާއިޒްގެ އެކައުންޓު ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް ހުއްޓާނުލައި އިންސްޓަގުރާމަށް ވަނެ އެތަނުންވެސް ހޯދަން ފެށީ ފާއިޒް ދެކިލާހިތުން ކެތް މަދުވެފައި ހުރުމުންނެވެ. އެކި މީހުންގެ ފޮލޮވާސްތައް ބަލަމުން ގޮސް އެންމެ ފަހުން ދީނާއަށް ފާއިޒްގެ އެކައުންޓް ފެނުމުން އެހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. ނަމުގައި ‘ޕްރިންސް ފާއިޒް’ ޖަހާފައި ވާއިރު ޕޯސްޓް ކޮށްފައި ވަނީ މުޅިންވެސް ފާއިޒްގެ ފޮޓޯއެވެ. ހުރިހާ ފޮޓޯތަކެއް ބަލަމުން ގޮސް ފާއިޒް ލާފައި އިން ފޮޓޯއެއް ފެނިފައި ދީނާގެ ހިތް ހުއްޓެން އުޅުނު ކަހަލަ އިހްސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ. ބުރުގާ އަޅާފައިން ރީތި އަންހެން ކުއްޖެއްގެ ފޮޓޯގައި ”އައި ސްޓޭންޑް ވިތް ހިޖާބް” އޭ ޖަހާފައިން އެ ޕޯސްޓްގެ ތިރީގައި ބުރުގާ އެޅުމާ ބެހޭގޮތުން އެކި އެކި ވާހަކަތައް ކޮމެންޓްގެ ޒަރިއްޔާއިން ބުނެދީފައި ވާއިރު އެހެން މީހުންވެސް ވަނީ ފާއިޒްގެ އެ ކޮމެންޓަށް ރައްދު ދީފައިއެވެ. ފާއިޒް ބޭނުންވަނީ ބުރުގައި އަޅާފައިވާ އަހްލާގު ރަނގަޅު ކުއްޖެއްކަން އެނގުން ވުމާއިއެކު ދީނާ ވަގުތުން ވަގުތަށް ފާއިޒް ބޭނުންވާ ކަހަލަ މީހަކަށް ވާން ބޭނުންވިއެވެ. ގަޔަށް ދޫ ކަޅު ހެދުން ލައި ބުރުގާ އަޅަން ބޭނުންވިއެވެ. އެހެންކަމުން އޮތްތަނުން ތެދުވެ އޭނާގެ މަންމަ ގޮވައިގެން ދީނާ މިސްރާބު ޖެހީ ފިހާރައަށް ދިޔުމަށެވެ.

***

”ހެލޯ މަންމާ..” ރާކިން އިރާދާއަށް ގުޅައިގެން ހުރެ ކުރިއަށް ހިނގަމުން ދިޔައީ މާއީމެންގެ ފަހަތުން ތުނޑިއަށް ދިޔުމަށެވެ. ”އާން މަންމާ.. މިއީ ވަރަށް ރީތި ރަށެއް.. ވަރަށް ހިތްހަމަ ޖެހިއްޖެ އާދެވުނީމަ. މާއީގެ މަންމަމެން ވެސް ވަރަށް ރަނގަޅު. މިހާރު މިދަނީ ތުނޑިއަށް ދާން.. ދެން ބާއްވަނި. މާލެ ގޮސް މަންމައަށް ކިޔާދޭނަން އިނގޭ.” ރާކިން އޭނާގެ ޖީބަށް ފޯނު ލައި އިކާލްމެންނާ އޭނާގެ ހިނގުން އެއްވަރުކޮށްލީ އެމީހުން ދައްކަމުން ދިޔަ ވާހަކަައިގައި ބައިވެރިވުމަށެވެ. މައިޝް މާއީއާއި ދުރުގައި ހުންނަން ބުނި ފަހުން އެހަތަރު މީހުންވެސް އުޅެމުން ދިޔައީ މާއީއާއި ނުހަނު ދުރުގައިއެވެ. މާއީ އެމީހުން ކައިރިއަށް އައުމުންވެސް ދުވެފައި އެމީހުން މާއީގެ ކައިރިން ދުރަށް ޖެހިލައިއެވެ.

”އައްޗީ ތިއްތާ. ކޯއްޗެއް މީ؟” މައިޝް އޭނާގެ އަނގައަށް ހަދާލި ގޮތަކުން އެތާ ތިބި އެންމެންގެ ގާތަށްވެސް އައީ ނުލަފާ ހިންޏެކެވެ. މާއީ އާއެވަރު ދުރުގައި އުޅުމުންވެސް އޭނާގެ ފަރާތުން ލަޑެއް ލިބުމުން މައިޝް ހުރީ މާއީއަށް ވެސް ލަޑެއް ދޭން ނުހަނު ބޭނުންވެފައިއެވެ. މައިޝްގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މާއީ އޭނާގެ އަތުގައި ހުރި ފާވެފައިހުރި އަހިތައް ދައްކައިލީ ލާނެތް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. އެއިން ދުވަމުން ދިޔަ ނުބައި ވަހުން މައިޝް މޭނުބައި ކުރަމުން ދިޔައިރު އެމީހުންނަށް ވުރެ ތަންކޮޅެއް ކުރީގައި ހުރި މުފީދާ އާއި މައިރާ ދިޔައީ ބަނޑަށް ހީހީ ހަލާކުވަމުންނެވެ.

މާއީ ދެން ދުއްވާގަނީ އިކާލްގެ ފަހަތުންނެވެ. އިކާލް މާއީއާ މެދު ނުހަނު ހުށިޔާރު ވެގެން ހުރުމުން މާއީގެ އަތުވިޔަ ނުދީ އޭނާއަށް ދުއްވާގަނެވުނެވެ. އެތައް އިރަކު އިކާލްގެ ފަހަތުން މާއީ ދުވަމުން ދިޔައެވެ. ނަމަވެސް މާއީއަށް އިކާލް އަތުލެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން އެންމެ ފަހުން ވަރުބަލިވީ ކަމަށް އެކްޓް ކުރަމުން މާއީ އޭނާގެ ބަނޑުގައި އަތް އަޅައިގެން އޮވެ ގުދުވެލީ މާނޭވާ ލަމުންނެވެ. އިކާލްއަށް އެ މަންޒަރު ފެނި މާއީގެ ގާތަށް ދިޔައީ މާއީ އެކަން ހުއްޓާލީކަމަށް ހީކުރަމުންނެވެ. ނަމަވެސް މާއީގެ ފަރާތުން ނުރައްކާތެރި އެފަދަ ހަމަލާއަކަށް އިކާލް ހުރީ ތައްޔާރު ވެލައިގެންނެވެ. އިކާލް ގޮސް މާއީ ގާތު ހުއްޓުމާއިއެކު މާއީ އެނާގެ އަތް އިކާލް އާއި ދިމާލަށް ގެންދިއެވެ. މިކަމަށް ވިސްނައިގެން ހުރި އިކާލް މާއީގެ އަތުގައި ހިފައި އޭނާގެ އަތުގައި އޮތް އަހިވައް ނަގައި މާއީގެ ގައިގައި އުގުޅާލައިފައި ނުހަނު ބާރަށް ހޭން ފެށިއެވެ. ދުރުގައި އެމަންޒަރު ބަލަން ތިބި އެންމެންނަށް ބާރު ބާރަށް ހިނިގަނޑެއް ޖަހައިލެވުނީ މާއީއަށް އެފަދަ ލަޑެއް ލިބުމުންނެވެ.

”ކޮބާ ހީވޭ ތިއްތާ. އަހަރެންގެ އަތުން ތިއްތަ މޮޅު ވިޔަސް އަދި މިހިރަ ހީރޯގެ އަތަކުން ތިއްތަ މޮޅެއް ނުވާނެ ހިނގޭ. ބަލާބަލަ ހުށިޔާރުކަން.”

”ތެދެއް މާއީ. އެންމެފަހުން މާއީ އަށެއްނު ތި ލަޑު ލިބުނީ. ދެންވެސް ތިކަން ހުއްޓާނުލާތި. އަދި މައިޝްވެސް ހީވޭ މާއީއަށް   ވުރެ ބޮޑު ލަޑެއް ދޭނެ ހެން.” މުފީދާ ހެމުން ހެމުން މާއީ އާ ދިމާކުރަން ފެށިއެވެ. ނަމަވެސް މާއީ ބަލި ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.

” މާއީ.. ހީވޭ ކަމެއްހެން. އަހަރެމެންގެ ފަރާތަކުން މާއީ މޮޅެއް ނުވާނެ އިނގޭ. ދެން އަދިވެސް އަންނައްޗެ މިކަަހަލަ ހަމަލާ އަކާއި އެކީ.” އިކާލް އޭނާގެ އަމިއްލަ ކޮޅަށް ގަދަކޮށްލަމުން ނުަހަނު ފަހުރު ވެރިކަމާއިއެކު ބުނެލިއެވެ. ރާކިން ފާއިޒް އަދި މައިޝްވެސް އިކާލްގެ ކައިރިއަށް ގޮސް އެމީހުން ލައިގެން ހުރި ގަމީހުގެ ގިރުވާން މައްޗަށް ހިއްލާލީ އެކުއެކީއެވެ. އެތަން ފެނުނު މައީ ނުހަނު ބާރަށް ހިނިގަނޑެއް ޖަހާލައިފައި މައިރާގެ ގާތަށް ދިޔައީ ކަމެއް ރާވަން އުޅޭ ފަދަ ގޮތަކަށެވެ. ފަހަތުގައި މައިޝްމެންވެސް ތިބެގެން ދިޔައީ އަންހެން ވެރިންނަށް ދޭނެ ލަޑަކާމެދު މަޝްވަރާ ކުރަމުންނެެވެ.

މަޖަލުގައި ވަގުތު ހޭދަކުރަމުންދިޔަ އިކާލްމެންނަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ބާރުގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވެއެވެ. އެ ތޫފާނުގެ ސަބަބުން އޭނާ ދިރިހުރުމުގެ އަސްލަށް ވާނެ ގޮތެއް އެނގޭނަމަ  އެމަޖަލުގައި ނޫޅޭނެކަން ގައިމެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އާދޭސް ކުރާ ހިތްވޭ… (ޓްރެއިލާރ)

Next

ކައިޝަލް (1)

Next
December 25, 2019

ކައިޝަލް (1)

Previews
December 25, 2019

އާދޭސް ކުރާ ހިތްވޭ… (ޓްރެއިލާރ)

30 Comments!

  1. ?Nafu✨ says:
    December 25, 2019 at 10:18 am

    Salaam readers.
    Here is the 8 part of the story.. hope you all will like this part too.. and sorry guys.. mi Bai MAA kuru koh genes dhevunyma.. ekam mi part ga nafu gennan beynun vi hisaabah won’t genes dhyfa..
    Leave a comment and point out the mistakes..
    Have a nice day.. lysm??
    Next part Vs varah avahah

  2. Kylie says:
    December 25, 2019 at 10:45 pm

    V reethi….. Waiting fr nxt…..

    1. ?Nafu✨ says:
      December 26, 2019 at 8:03 pm

      thanks dear.. and keep waiting

  3. މަލް says:
    December 25, 2019 at 11:28 pm

    VARAH SALHI! RAYA IS GOING TO WEAR KALHU HEDHUN?? ?
    Next partwes varah avahah genesdhehchey!!??

    1. * says:
      December 26, 2019 at 10:08 am

      It’s not raaya… Dheena ulheni kalhu hedhun laan

    2. ?Nafu✨ says:
      December 26, 2019 at 8:09 pm

      thadheh dear.. raayaa ehnooney eulheny kalhu hedhun laan. dheena ey.. btw thanks dear

  4. Friend? says:
    December 26, 2019 at 10:09 am

    Masha Allah varah reethi mi part vs… Can’t wait to read next part

    1. ?Nafu✨ says:
      December 26, 2019 at 8:10 pm

      thanks dear.. keep waitin for nxt part

  5. King? says:
    December 26, 2019 at 12:45 pm

    Masha Allah.. vr salhi mi Bai vs.. waiting for nxt

    1. ?Nafu✨ says:
      December 26, 2019 at 8:10 pm

      thanks dear.. keep waiting

  6. ??? says:
    December 26, 2019 at 12:49 pm

    Vr salhi

    1. ?Nafu✨ says:
      December 26, 2019 at 8:10 pm

      thanks dear

  7. Hudher says:
    December 26, 2019 at 12:51 pm

    Masha Allah varah nice story eh mee konme baeh Vs Hama ehaame rythi waiting for next part avahah genes dhehchey

    1. ?Nafu✨ says:
      December 26, 2019 at 8:11 pm

      thanks dear.. keep waiting for nxt part

  8. Mariyam says:
    December 26, 2019 at 12:52 pm

    Wonderful ??????

    1. ?Nafu✨ says:
      December 26, 2019 at 8:11 pm

      thanks dear

  9. Marshall Island? says:
    December 26, 2019 at 12:55 pm

    ???????????????????????wow?????????????????????????

    1. ?Nafu✨ says:
      December 26, 2019 at 8:12 pm

      thanks dear

  10. Nafu ge fan eh says:
    December 26, 2019 at 12:56 pm

    Masha Allah.. mi part ves varah Rythi.. Hama habeys.. avahah dhn oii Bai genes dhehchey

    1. ?Nafu✨ says:
      January 6, 2020 at 2:51 pm

      thanks dear..

  11. Hehe??? says:
    December 26, 2019 at 12:57 pm

    Vr reethi

    1. ?Nafu✨ says:
      December 26, 2019 at 8:12 pm

      thanks dear

  12. ??? says:
    December 27, 2019 at 12:49 pm

    Vvvvvv salhi mi part ???????

    1. ?Nafu✨ says:
      January 6, 2020 at 2:51 pm

      thanks dear

  13. Zaa says:
    December 27, 2019 at 12:54 pm

    Vvvvvv salhi mi part ?

    1. ?Nafu✨ says:
      January 6, 2020 at 2:51 pm

      thanks dear

  14. Zaa says:
    December 27, 2019 at 7:36 pm

    Vvvvvvvvv salhi….????

    1. ?Nafu✨ says:
      January 6, 2020 at 2:52 pm

      thanks dear

  15. ~señorita~ says:
    December 30, 2019 at 2:46 am

    Nafu . Kurin liyefa huri vaahaka thakuge comments kiyahchey .

    1. ?Nafu✨ says:
      January 3, 2020 at 7:22 pm

      ok dear.. 🙂 🙂

Comments are closed.

Next Episodeވަމޭ ގާތުގައި 9←


All Right Reserved!