“ލެޓްސް ޕްލޭ ޓްރޫތް އޯ ޑެއާރ.”…”އޯކޭ އަހަރެން މި ފަށަނީ އިނގޭ”..ޓްރޫތް އޯ ޑެއާރ”…”ޓްރޫތް”…”އަހަރެންގެ ފީޑް އަސްލުވެސް ހަޑިތަ؟”…”އަހަ އަހަ އަސްލުވެސް ހަޑި” އަހަރެން ބުނެލީމެވެ..”އޯކޭ ތިހެންވީރު..އައި ވިލް ޓޭކް ޓްރޫތް”…” ކިތަށް ގާލްފްރެނޑް ގެންގުޅުނިން؟؟؟؟”…”3 އައި ގެސް”…ޕިސް ޕިސް ކާމިޔާބު މީހެއްދޯ އަހަ އަހަ.. އައި ވިލް ޓޭކް ޓްރޫތް އަގެއިން”…”މައިޝާގެ ބޯއީފްރެންޑެއް ހުރޭތަ؟؟؟؟؟..”ނު..ނުހުރޭ”.. “އެހެންތަ ވަނީ..”…”ނޫނޭ ހަމަ މިހެން ވަނީ އަހަ އަހަ”…”އޭ މައިޝާ ވަރަށް ބޮޑަށް ސޮރީ އިނގޭ ކުއްލިއަކަށް ތާކަށް ދާން ޖެހިއްޖެ ..ޓޯކް ޓުޔޫ ލޭޓާރ އެނޑް ޓޭކް ކެއާ ބައީ”…”ބައި ބައި”…ދުވަސްތަށް ފާއިތު ވަމުންދާ ވަރަކަށް އަހަރެންނާއި ނާއިލްގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ.. މި ވާހަކަ އަހަރެން ލަޔާ ގާތުގައި އަދި ރީޝާ ގާތުގައި ވެސް ނުބުނަމެވެ..ޔައިޝް ވެސް ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް އަހަރެންނާ ދުރުވަމުންނެވެ..އަހަރެންނާ ވާހަކަ ދައްކާލަން ވަގުތެއް ލިބޭކަމަކަށް ނުވެއެވެ..24 ގަޑިއިރު ޕަބްޖީއެވެ.. އަހަރެންވެސް މާ ބޮޑަކަށް އަޅައެއް ނުލަމެވެ..އެއާ ހިލާފަށް ކިތަންމެ ބިޒީކޮއް އުޅުނަސް ނާއިލް ދިޔައީ އަހަރެންނަށް ވަގުތު ހުސްކުރަމުންނެވެ.. އޭގެ ތެރެއިން އެއް ދުވަހެވެ..”މަައިޝާ ކޮން ރަށެއްގަތަ އުޅެނީ”…”އަސްލު ލާމް މާވަށް އެކަމް އުޅެނީ މާލޭގަ ވަޓް އެބައުޓް ޔޫ؟؟”…”އަހަރެންގެ އުފަން ރަށަކީ ވެސް އަދި އުޅެނީވެސް ހަމަ ފޮނަދޫގަ..މިބުނީ ލާމު އަތޮޅު ފޮނަދޫ”…”އޯ އެހެންވެ ދޯ ނާއިލް އެހާ ފޮނި ވަނީ އަހަ އަހަ ފޮނަދޫ މީހެއް ވީމަ”…”ޕިސް ޕިސް މައިޝާ ރަހަ ބެލިންތަ އަހަރެން ގައިން؟؟ ފޮނި އޭ ތިބުނީ އަހަ އަހަ”…”ނޫނޭ ނުބަަލަން ..ބަލާކަށް ބޭނުމެއްވެސް ނޫން.. ބަލާށޭ ބުނިއަސް ނުބަލާނަން.. “…”އެކަމަކު އަހަރެންނަށް ހީވަނީ މައިޝާ ބޭނުންވަނީ ހެން ރަހަ ބަލާލަން”…”ދެން ނޫޅެމޭ ތިހެން އުޅެންޏާ ހަމަ ކަތިލާލާފާނަން”…”އަހަ އަހަ އަހަރެން ހުރި ހިސާބަށް އާދެވިގެނެއްނު އަދި..ބައި ދަވޭ ތީ ރީޝާގެ ފްރެންޑެއް ދޯ؟؟”…”ކިހިނެއް ރީޝާ އިނގުނީ؟؟” އަހަރެން ނޭނގޭ ކަމަށް ހެދީމެވެ..”ނޭނގޭތަ ރީޝާ އުޅެނީ މަގޭ ބެސްޓް ބަޑީ އާ ރައްޓެހިވެގެން..ޒައިން ކިޔާނީ”…”އޯ ޒައިންސޯ ދޯ ތިކަން އެނގެޔޭ”…ކިހިނެއް އެނގުނީ އަހަރެންނަކީ ރީޝާގެ ފްރެންޑެއްކަން؟؟”…”ފޮޓޯ ފެނޭ ވަރަށް ގިނައިން ތި ދެމީހުންގެ..ޒައިންވެސް އަހަރެންނަށް ދެއްކި އޭ ވަރަށް ހޮޓު ބިޓެކޭ ކިޔާފަ މައިޝާގެ ފޮޓޯއެއް އަހަ އަހަ..އޭ އަދި އެއް ސުވާލު..ކީއްވެ ޒައިންސޯ އޭ ތިބުނީ؟؟؟؟؟”…”އައި އޭމް އަ ކެޑޭޓް އެހެންވެ”…”ތިހެން ވީރު ތިމީހުންގެ މޭމް ކާރީ ނުބުނައްޗޭ އަހަރެންނާ ވާހަކަ ދައްކާ ވާހަކަ ..އިނގެ އެންނު ދޯ ކީއްވެ ކަން”…”ޔާ މާބޮޑަށް ރީޝާ އާ ޒައިންސޯ އަށް ވީ ގޮތް އެއޮތީ ފެންނާކަންނު”…”އޯ އެކަންތަށް މިހާރު އޮންނާނީ ހަމަ އެކައް އަޅުވާލާފަ..ތިމީހުންގެ މޭމް އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް..”…”އަސްލު ކީއްވެތަ އެކަހަލަ ގަވައިދެއް އޮންނަންވީ ކެޑޭޓް އަކާ އިންސްޓްރަކްޓާރ އަކާ ރައްޓެހިވެގެން އުޅުނީމަ ކީއްތަ ވަނީ”…”އަހަ އަހަ ބަލަ މީނދަ މޮޔަ ކުއްޖާޔާ އެހެން ކަންތައްވީމަ ވާ ބައިވަރު ގޮތްތަށް ހުރޭ..ދިމާވާ ދުވަހަކުން ކިޔާދޭނަން”…”އެހެންތަ ނާއިލްސޯ”…”ސޯއޭ ނުކިޔާ ދެން އޯކޭ ކޮންމެ އެއްޗެއްކިޔަސް”…”އަހަ ނާއިލްސޯ ނާއިލްސޯ ނާއިލްސޯ ނާއިލްސޯ”…”މައިޝާ މެޑަމް”…”ނޫން ތިހެން ނުކިޔައްޗޭ ނައިއްކޯ އަހަ އަހަ”…”ނައިއްކޮ އޭ!!! އޯކޭ ތިހެން ކިޔަސް އެކަމަކު މަގޭ މަންމަ އެކަނި ތިހެން ކިޔާނީ އަހަރެންނާ ދިމާލަށް”…”ތިހެނޭ ކިޔާފަ އަހަރެންނާ ދިމަލަށް މަންމަ ނުކިޔައްޗޭ ނައިއްކޯ”…”އޯކޭ އޭ ނުކިޔާނަމޭ މައިއްކޯ..”…”އަހަ އަހަ މިހާރު އެއްވަރުވީއެންނު ދޯ”…”މައިއްކޯ ދާން ޖެހިއްޖެ ކުއްލިއަކަށް ބައި ބައި ޓެކް ކެއާ ބޭބީ”…”ބޭބީ މައި ފުޓް އަހަ އަހަ ބައީ”..ކުއްލިއަކަށް އެހެން މެސެޖެއް އައެވެ..ޒައިންސޯގެ ފަރާތުންނެވެ..”އޭ ނާއިލް ބުނި މިރޭ އޮންވާނަމޯ”…”އޯކޭ”…އަހަރެމެން އެންމެނަށް ވަގަށް ތި ހިންގާލަނީ ދޯ އަހަ އަހަ އެކަމަކު ނަމަ ނަމަ ޔައިޝް އަށް ދެރެއް ނުދެއްޗޭ”..”އަހަ އަހަ”….
ރޭގަނޑު 8 ޖެހީއެވެ.. ކައިގެން އައިސް އަހަރެން އަވަސްވެގަތީ އިންސްޓަގްރާމް އިން އޮން ވާށެވެ.. ނަސީބު ދިމާކުރޮގޮތުން އެއީ ހަމަ ނާއިލް ވެސް އޮން ވި ވަގުތެވެ.. ލަސަތަކެއް ނުވެ ނާއިލް މެސެޖެއްކޮއްލިއެވެ.. “ހެލޯ މައިއްކޯ”…”ދެލޯ”..”ތިން ލޯ އަހަ އަހަ”.. އަހަރެން ފޮނުވާ އެއްވެސް މެސެޖެއް ނާއިލް އަށް ދިޔަ ކަމަކަށް ނުފެނެއެވެ..5 މެސެޖު ކޮއްފިނަމަ ދަނީ އޭގެއިން އެންމެ މެސެޖެކެވެ.. އެވެސް އެއް މެސެޖު އެތަށް ފަހަރަށް ރިޕީޓް ވެގެނެވެ.. އަހަރެން އެހެން ރައްޓެހިން ކައިރީ އެވާހަކަ ބުނުމުން އެމީހުންބުނީ އެމައްސަލަ އެމީހުނަށް ވެސް ދިމާވާކަމެވެ…އަހަރެން މެސެޖްކޮއްލީމެވެ..ދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ..”އޭ މެސެންޖާއިން ވާހަކަ ދައްކަން ވީނު؟؟؟”… އަހަރެން ކުރި މެސެޖު 3 ފަހަރަށް ރިޕީޓްވެގެން ދިޔައެވެ.. ނަމަވެސް އެ މެސެޖު ނާއިލް އަށް ދިޔަކަން އެއީ ނަސީބެކެވެ.. އެކޮޅުން އޯކޭ އޭ ބުނުމުން އަހަރެން މެސެންޖާ އަށް ވަދެގެން.. ނާއިލް އަށް ވޭވް ކުރީމެވެ.. “މެސެންޖާ އޯކޭ ދޯ؟؟”…”އާން ހަމަ ބަރާބަރު “…” ތިއެއް ނޫނޭ އަހަރެން އެބައޮތް މައިއްކޮ އާ ކުރަން ވަރަށް ބޮޑު ސުވާލެއް.. އެހާ ބޮޑެއް ނޫން އިނގޭ “…”ބޮޑަސް ކުޑަސް ކޮއްބަލަ “…”އަމް މައިއްކޮ ކީއްވެއޭ ބީއެފް އެއް ނުނަގާ ތިއުޅެނީ”..އަހަރެންނަށް ހެދުނު ދޮގު ފޫބައްދަން އިތުރު ދޮގެއް ހަދަން އަހަރެންނަށް މަޖުބޫރުވިއެވެ..”ކަމުދާ ކުއްޖެއް އަދި ނުފެނެނީ”…”އެހެންތަ ވަނީ އަހަރެން ދެކޭ ގޮތުގަ މައިއްކޮ ކަހަލަ ރީތި ކުދިންނަށް ފިރިހެން ކުދިން ވާނެ ހެސްކިޔާފަ”…”އަހަ އަހަ ކޮންމެ ކޮންމެ މީހަކާ ރައްޓެހި އެއް ނުވެވޭނެ ދޯ .. އަހަރެން ނަށް ކަމުދާ މީހެއް އަދި ނުފެންނަނީ ވެދާނެ ނެތީކަމަށް ވެސް އެކަހަލަ މީހެއް”…”އުހޫ މައިއްކޮ ތިވިސްނަނީ މުޅިން ނެގެޓިވް ކޮއް.. ކިހިނެއްތަ އިނގެނީ ހަމަ ތި މީހާ އިނދެދާނެއެންނު މައިއްކޮގެ އިންތިޒާރުގަވެސް ..އެމީހާ އިނދެދާނެ އެންނު ހަމަ މިގަޑީ މައިއްކޮ އާ ވާހަކަ ދައްކަންވެސް ކިހިނެއް އިނގޭނީ އަހަ އަހަ”…”އަހަ އަހަ އާ ކިހިނެއް އިނގޭނީ ދޯ އެފަދަ މީހެއް އުޅުނަސް ނުބުނަންޏާ ކިހިނެއް އިނގޭނީ އަހަރެންނަށް..އުމުރަށް އަނގަ ބަންދުކޮއްގެން އިންނަންތަ އެމީހާ ގަސްތުކޮއްގެން ހުރީ؟؟”…”ވެދާނެ އެންނު އެމީހާ ބިރުގަންނަނީ ކަމަށް ވެސް މައިއްކޮ އެމީހާ ރިޖެކްޓް ކޮއްލާފާނެތީ”…”ނޯ ކޮމެންޓް އަހަ އަހަ”…”ވަރަށް ހިއްވަރު ކޮއްފަ އިނގޭ މި ބުނަނީ ނާއިލް އަބްދުﷲ ވަރަށް ބޮޑަށް ..ހަމަ ވަރަށް ބޮޑަށް އިނގޭ ލޯބިވޭ ތި މައިޝާ ދެކެ ވިލް ޔޫބީ މައި ގާލް ފްރެންޑް؟؟..އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.. ބިރުންނެވެ.. އަހަރެންނަށް މި ކުރެވުނީ ކީއްތޯ؟ އަހަރެން އުޅެނީ ޔައިޝް އާ ރައްޓެހިވެގެން ކަން ނާއިލް އަށް އެނގިއްޖެނަމަ ވާނީ ކީއްބާ… އަހަރެންނަކަށް ހަދާނެ ގޮތެއް ނޭނގެއެވެ.. އިނގޭހާވެސް އެއްޗަކީ ނާއިލް އަހަރެން ދޭނެ ޖަވާބަކަށް އިންތިޒާރު އެބަ ކުރާކަމެވެ.. އެއާ ހިލާފަށް ޔައިޝްއަށް އަހަރެން މީ އުޅޭ މީހެއްކަން ވެސް މިހާރު ނޭނގޭނެ ކަމެވެ.. އަހަރެން ދެލޯ މަރާލާފައި ޔެސް އޭ ޖަހާފައި ނާއިލް އަށް މެސެޖްކޮއްލީމެވެ.. ދެން ވާނެ ގޮތަކާ މެދު ވިސްނާނެ ވަރެއް އަހަރެންގެ ގަޔަކު ނެތެވެ.. އޭގެ އަނެއް ދުވަހު ސުކޫލަށް ގޮސްފައި އަހަރެންނާއި ނާއިލް އާ ދެމެދު ވި ހުރިހާ ކަމަކާއި ޔައިޝްގެ އަމަލު ހުންނަ ގޮތްވެސް އަހަރެން ރީޝާއަށް ކިޔާދިނީމެވެ..”ސުއްބޫސް ..މައީ އަހަރެން ބުނާނެ އެއްޗެއް ނެތް ތިކަމަކު”…”އަޅެ ރީޝާ އަހަރެން މިހުންނަނީ ހަދާނެ ގޮތް ހުސްވެފަ “…”މައީ އަށް އޮތީ ދެ ޗޮއިސް.. ވީހާވެސް އަވަހަކަށް ޔައިޝް އާ ރުޅިވުން ނޫނީ ނާއިލް އާ..”…”ނޫން ނާއިލް ދޫކޮއްލާކަށް އަހަރެން ބޭނުމެއް ނޫން އެކަމަކު ޔައިޝް އަށް މިކަން އެނގިއްޖެއްޔާ ..އޯ މައި ގޯޑް.. މިކަމުގަ ރީޝާ އަހަރެންނަށް އެހީ ވާނަންތަ؟؟”…”އަހަރެންނަށް ކޮއްދެވޭވަރު ކަމެއް އޮތިއްޔާ ކޮއްދޭނަން”..”މިކަން އަސްލު މިހެންވީ ޔައިޝް އަހަރެންނާ މެދު ފަރުވާކުޑަ ވީމަ އެންނު ދޯ ..އަހަރެން ޔައިޝް އަށް މެސެޖު ކުރާނަން ދެން ޔައިޝް އާއެކު އުޅޭކަށް ބޭނުމެއް ނޫނޭ އަހަރެންނަކަށް ޓައިމް އެއް ނުދެޔޭ އެހެން ކިޔާފަ ދެން ރީޝާ ވެސް ޔައިޝް ހަމަ އަކަށް އަޅުވާ ދޭންވީ.. އޯކޭ؟؟”…”އައި ވިލް ޓްރައި މައި ބެސްޓް އިނގޭ..އެކަމް ނާއިލް ހޭންޑަލް އެއް ނުކުރެވޭނެ އަހަރެންނަކަށް އިނގޭ .. އަހަރެންނަށް ފެންނަނީ ހުރިހާ ވާހަކައެއް ތެދަށް ނާއިލް އަށް ކިޔާދެން “…” އާން ތިނޫން ގޮތެއް ނެތް”…” އަހަރެން ފުން ނޭވާއެއް ލާފައި ޔައިޝް އަށް މެސެޖު ކުރަން ފެށީމެވެ..”ޔައިޝް އަހަންނާދޭތެރޭ ކަންތައް ކުރަނީ ވަރަށް ރަނގަޅަށް ..އަހަރެން ކުރަން ބޭނުންނުވާ އެއްވެސް ކަމެއް ގަދަކަމަކުން ކުރުވާކަށް ނޫޅޭ.. ޔައިޝް ކަހަލަ ރަނގަޅު މީހެއް ލިބޭނީ ނަސީބުވެރިންނަށް އެކަމް ނިކަން ޔައިޝް ބުނެބަލަ އަހަރެމެން ދެމީހުން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހެއް؟؟؟؟..ޔައިޝް އަހަރެންނަށް މެސެޖު ކުރޭތޯ ކިތައް ދުވަހު އަހަރެން މަޑުކުރިން ..މެސެޖު ނުކުރީމާ އަހަރެން މެސެޖު ކުރިން އެކަމް ޔައިޝް ބުނަނީ ކީކޭ؟؟ ބިޒީ އޭ ނޫނީ ކޮންމެސް އެހެން އެއްޗެކޭ ..ޔައިޝް އަހަރެންނަކަށް ޓައިމް އެއްނުދޭ.. އަހަރެންނެއް ނުބުނަން 24 ގަޑިއިރު އަހަރެންނާ ވާހަކަ ދައްކާށެކޭ އެއް.. ކޮންމެ ދުވަހަކު އެންމެ 30 މިނެޓް އަހަރެންނާ ވާހަކަ ދައްކާލިއަސް އަހަރެންނަށް ފުދޭނެ.. ސޯ ލެޓްސް ބްރޭކް އަޕް!!!!!” ޔައިޝް މެސެޖް ސީން ކުރި ތަން ފެނުމުން އަހަރެން އަވަހަށް މެސެޖް ބަޔުން ނިކުންނީ ޔައިޝް ކުރާ ރިޕްލައި ބަލާނެ ހާ ހިއްވަރު އަހަރެންގާގައި ނެތީމައެވެ.. އަހަރެން ރީޝާއަށް މެސެޖު ކޮއްލީމެވެ…”ސްޓާޓް “..ނާއިލް ގެ މެސެޖެއް އައުމުން އަހަރެން އަވަހަށް ބަލާލީމެވެ..”ހައި ބޭބީ ..ކައިފިންތަ؟؟”…”ނޫން އަދި ނުކަން.. ނައިއްކޮ ކައިފިންތަ؟؟”…”ޔަގީނެއްނު ..މައީވެސް ދޭ އަވަހަށް ކާން ނުނީ އަހަރެންގެ ހިތަށް ތަދުވާނެ އެންނު ..މިހާރުވެސް ވަރަށް އެބަ ތަދުވޭ ..ދިލަ ވެސް ނަގާ އެބަ..އަވަހަށް ދޭ ކާން”…” އަހަ އަހަ މިދަނީ އޭ އަހަ އަހަ ބޮޑު އެކްޓް ބޮޑި ” އަހަރެން ކައިގެން އައި އިރު ..އިރު އޮރު ކޮޅާ ނޮޓިފިކޭޝަން އަންނަ އަޑު އިވެއެވެ..އަހަރެން ފުރަތަމަ ބަލާލީ ރީޝާ ކޮއްފައި ހުރި މެސެޖުތަކަށެވެ..”މައީ ދެން ކިހިނެއް ހަދާނީ އަހަރެން އެބަ ބޯ ގޮވާ..ޔައިޝް އެކިޔާ އެއްޗިސް އިން އަހަރެންނަށް އެބަ ރޮވޭ ހަމަ ..”…”ކީކޭ އޭ ކިޔަނީ ޔައިޝް؟؟؟”… އެބަ ކިޔާ އަޅެ އެންމެ ޗާންސެއް ދޭށޯ..މިހާރު އަހަރެންނަށް ވިސްނިއްޖެޔޯ އާދޭސް ކޮއްފައޭ މިބުނަނީ މައީ ކާރީ ބުނާށޯ އޭނަޔަށް އެހެން ނަހަދާށޯ..ހުވާ އަހަރެންގެ ބޯ އެބަ ގޮވާ..ޔައިޝް އަހަރެން ކާރީގައި ބުނި މައީ ގަބޫލެއް ނޫނޯ ޔައިޝް މައީ ގައިގައި އިނގިލި ކުރި ޖައްސާލާކައްވެސް…ދެން އެހެން ގޮސް ވަރަށް ވާހަކަ އެބަ ދައްކާ އަހަރެން ވަރަށް އެބަ މަސަތްކަތް ކުރަން ޔައިޝް ހަމަ އަކަށް އެެޅުވޭތޯ ..އަހަރެން ބުނަން އޮތީ ޔައިޝް ވަރަށް ލޯބިވެޔޭ މައިޝާދެކެ އެކަަމަކު ޗޮއިސް އިޒް ޔުއާސް..”އަހަރެންގެ ސިކުޑި ވަނީ ސުމަކަށް ގޮސްފައެވެ.. ހަދާނެ ނުހަދާނެ ގޮތެއް ނޭނގެއެވެ.”… އަހަރެން އަނެއްކާވެސް ރީޝާއަށް މެސެޖުކުރީމެވެ..”އޭ އަހަރެންނާއި ޔައިޝް ރައްޓެހިވެގެން އުޅޭވާހަކަ ޒައިންސޯ ކައިރީ ބުނިންތަ؟؟”…”އާން އަހަރެން ބުނިން”…”ޝިޓް ދެން ޒައިންސޯ ބުނާނެ އެންނު ނާއިލް ކާރީ އެހެންވީމަ..އަހަރެންގެ ދުވަސް ދިޔައީ “…” ސޮރީ މިހެން ކަންތައް ވާނެ ކަމެއް އަހަރެންނަކަށް ނޭނގޭ”..”ބަލަ އަހަރެންނަށް ވަކި އިނގޭތަ “..އަހަރެންނަށް ރުޅި އާދެވުނެވެ.. “މައީ ހަމަ ޖެހިބަލަ މައީ ކާރީ ނާއިލް އަހާފިތަ އެކަހަލަ އެއްޗެކޭ”…”ނޫން އަދި ނާހާ”..”އެހެންވީމަ އެއީ އަަދި ނޭނގޭނީ ކަމަށް ވާނީ “…”އަދި ނާހަނީތާ ..މާލަސްތަކެއް ނުވެ އަހަރެންކާރީ އަހާނެ ޔައިޝް ގެ ވާހަކަ އަހަރެންނަށް ޔަގިން..އަހަރެން ވަރަށް ބިރު އެބަ ގަނޭ ރީޝާ… އެހެންވެ އޭ މިބުނަނީ ޔައިޝްގެ ކަންތައް އަވަހަށް ނިންމާދޭށޭ”…”މައިޝާ.. މީ ފަސޭހަ ކަމެއް ނޫނޭ.. އަހަރެންވެސް އެބަ ބިރުގަނޭ އަހަރެންނަކަށް ހިޔެއްނުވޭ އަހަރެން ބުނެގެން ޔައިޝް މައީ ދޫކޮއްލާނެހެއް.. ހަމަ އެންމެ ރަނގަޅުވާނީ މައީ ވާހަކަ ދެއްކިއްޔާ.. ޔައިޝް މިހާރު އެބަ ކިޔާ.. މައިޝާ އެކަނި ބޭނުން ވިއެއްކަމަކު ރުޅިއެއް ނުވެވޭނެޔޭ.. ދުވަހަކުވެސް މައިޝާ ދުލެއްނުކުރާނަމޭ.. ޔައިޝް ގަބޫލުގަ ނޫނީ ބްރޭކް އަޕް އެއް ނުވެވޭނެޔޭ.. އަހަރެންނަކަށް ހިޔެއް ނުވޭ ޔައިޝް އެހުރީ ހަމަ ހޭގަ ހެނެއް.. ވަރަށް ފާޑަކަށް ވާހަކަ ވެސް ދައްކަނީ.. ރޯހެން ބޮޑަށް ހީވަނީ ..ޕްލީސް މައި ވާހަކަ ދައްކަބަލަ ޔައިޝް އާ”..” މިގަޑި އަކު ނޫން ޔައިޝް ހަމަ ޖެހިލީމަ.. “..”އާން ތިގޮތް އަހަރެންނަށް ވެސް ރަނގަޅީ.. މިގަޑީ ޔައިޝް ހުރީ ވަރަށް ޕްރެޝަރުގަ”..އަހަރެން ދެލޯ މަރާލައިގެން މި ކަމާމެދު ވިސްނަން ހުއްޓާ ކުއްލިއަކަށް ސިހުނީ މެސެޖް ނޮޓިފިކޭޓަން އެއް އައި އަޑަށެވެ.. ނާއިލް ގެ ފަރާތުންނެވެ.. އަހަރެން ނާއިލްގެ ކޮންވޯ އިންނަ ބަޔަށް ވަދެލީމެވެ.. އަހަރެންގެ އަތް އޭރުވެސް ތުރު ތުރު ލައެވެ.. ނާއިލް ކޮއްފައި އިން މެސެޖް ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ..”ޔައިޝް ކިޔާ މީހެއް ދަންނަންތަ؟؟”…”އަ..އާން މި..ރަށުގަ އު..އުޅޭ މީހެއް..އަހަރެމެންގެ ކެ..ކެޑޭޓް ޕްރެކްޓިސް ތަ..ތަކަށް ދާނެ ..ކެޑޭޓް އިންސްޓްރަކްޓާރ އެ..އެއް”…”ތިހެން ވަންޏާ މައިޝާ އާ ތި ޔައިޝް އާ އޮތީ ކޮން ގުޅުމެއް؟؟؟؟؟؟؟؟؟؟؟؟؟” ބުނާނެ އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ………………….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





dhen anna part thakugai maishaa aa raihaan ge bai gina vaane…. heekuran hurihaa readerss ah vs kamudhaane kamah❤❤❤… kamunudhanya vs bunelan vaane??
Yayyy me first o dhyburi
Anyways ma mihiru rashuga story hama Habeys haadha real ey?
Can’t wait for raihaan
hhwuehwuehow keehkeraan rashuga mada keruuu mikolhah umannama…. gorii???❤❤❤❤❤❤
Whn nxt
Mihaar mi furu rashun , rashuga u knw hunnaane ey Y ?
mashalla..cant wait for next part
thank uuuuu soo much tae tae❤❤❤❤❤
Awnnn Lilly… As usual mi prtt vx vrhh salhi… Waiting for the next prtt….. Mi stryy mee esfiya situnn enme inthizaaru kureveyy eh vaahaka…. Whn is the next prtt???.. ❤❤❤❤??????????????❤??❤???❤??❤??❤?????❤????❤?❤?❤???❤?❤?❤??❤??????❤?❤?❤… #thebiggestfanoflilly
thank u soooo much nayaaa… next part submit kurin iyyega.. … thank u again for all the support u had given ..n ur one of fav reader… ❤❤❤❤❤❤❤lym
Ey. Mihaar raihaan kobaa…..???…?..? Raihaan sis eh vs noolhey……?..what happened to them?…..reethi…but edhekudhinnanh v gotheh neyngey thee ….n. Thankolheh dialogues thah madhu kolleema salhi vaane☺️☺️…mikanthah rangalh kolleema rangalh vaane….
When is the next part
iyye submit kurin …. miadhu publish vaane hen heevanyy
varah gina dhuvahah fahu dhww ahneh kaami cooment kohlevuny………..anyways story is awwnsome..i love it
………waiting 4 next…love u so much
thank u soooo much meekkkooo .. lav u more❤❤❤❤❤
Lilly whats going to happen….. This part gives a message…. N naail aa maikko break vaan tha eulhenii…. Mi part hama habeys…. Varah varah reethi??.. Lysm❤️
lamko ah visneyey dhww ehenveema …ur so clever ….n yes naail aa maikko aa break up vaan eulhenyy..loabi nuvaa meeehakaa ratttehi vegeneh noolheveyne dhw ekakah vs abadhaku eh …anehkaa vs maikko raihaan fahathun dhuvaa hisaabu annnaanee.. gina readers ah kamudhany e goih kamah vaathyy … lamko ah kamudheytha vamun dha goih?? n lav u more dear❤❤❤??????
V v v v v v v reethi mi part???
Keep up the gud work???
thank u sooo much aash❤❤❤❤❤❤
Yeah i vc beynumii maikko aa raihaan aa dhemeehun gulhen…. If det happens it will be great
❤??