Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 7

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 25, 2019 5 Mins Read
5 Comments

”އަނެއްކާ އެއީ އިކާލްގެ މަންމަ ތަ؟” ރާކިންގެ ހިތަށް އެރި ސުވާލަކުން ވަގުތުން އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ރާކިންގެ ހިތް ބުނަމުން ދިޔައީ އިރާދާއަކީ އިކާލްގެ ގާތް މީހެކޭއެވެ. ވިސްނެމުން ދިޔަ އެއްޗެހީގެ ސަބަބުން ރާކިން އެހިޔާލުތަކުން ދުރުވުމަށްޓަކައި ދެލޯ މަރާލިއެވެ. ނަމަވެސް އެގޮތަށް އެތައް އިރަކު އިތް އިރުވެސް އޭނާގެ ދެ ލޮލަށް ނިދި ސަވާރުނުވުމުން ލެޕްޓޮޕުން ފިލްމެއް އަޅުވައި އެ ބަލަން ފެށިއެވެ.

***

ރަށުގެ ފެހި މަލަމަތި ފެނުމާއިއެކު މާއީއަށް ކުރެވުނީ ވަރަށް ވެސް އެހެން ކަހަަލަ އިހްސާސެކެވެ. ކަނޑު ނޫކުލައިގެ ކަނޑުން ފޭދެމުން ގޮސް ވިލު ނޫކުލައިން ފަވާލެވިފައިވާ ބިއްލޫރިކޮޅެއް ފަދަ އެމޫދުގެ ރީތިކަން ފެނުމާއިއެކު މާއީ އެ މޫދަށް އެރެން ކެތް މަދުވިއެވެ.  މަޑު މިޔުޒިކެއް ކުޅެމުން ގޮޑު ދޮށަށް ބިންދާލާ ކުދިކުދި ރާޅުތައް އެއްފަރާތުން ފެންނަން އޮންނައިރު ހުދުކުލައިގެ އެ ވެލިގަނޑުގައި މީހުން ހޭލަމޭލި ވެ އުޅޭތަން ބަލަން ހަތަރު މީހުންވެސް ތިބީ ނުހަނު ޖޯޝާ އެކީއެވެ. ފާލަމަށް ލޯންޗް ކައިރިވަމުން ދިޔަ ވަރަކަށް މާއީގެ ކެތްތެރިކަން ކޮޅުން ލާ ގޮތްވިއެވެ. ތިން އަހަރު ފަހުން އުފަން ރަށަށް އާދެވުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ލޯންޗުން ފައިބައި ރަށުގެ ވެލިގަނޑުގައި ފައި ޖެހުމާއިއެކު މާއީއަށް ކުރެވުނީ ބަޔާން ކުރަން ދަތި އިހްސާސެކެވެ. އިކާލް ފާއިޒް އަދި ރާކިންއަށް ވެސް ވީ ހަމަ އެވަރެވެ. އަމާންކަމާއި ރައްކާތެރިކަމާއި ހިތްހަމަޖެހުމާއިއެކު މުޅި އުމުރަށް އެރަށުގައި އުޅުމަށް އެމީހުން ބޭނުންވިއެވެ.

”މަންމާ..” މާއީމެން ކައިރިއަށް އައިސް ހުއްޓުނު އޭނާގެ މަންމަ މުފީދާ ފެނުމާއިއެކު މާއީގޮސް މުފީދާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މުފީދާވެސް ހުރީ އެތައް އަހަރަކަށްފަހު އޭނާގެ ދަރިފުޅު ފެނުމުން އިންތިހާއަށް އުފާވެފައިއެވެ. އެއްއަތުން މާއީގެ ގައިގައި ބައްދާލައިގެން ހުރިއިރު އެނެއް އަތުން ދިޔައީ މާއީގެ ބޮލުގައި ފިރުމަމުންނެވެ. ”ދަރިފުޅާ.. ހާދަ ތަފާތު ވެއްޖޭ މިހާރު. ވަރަށް އުފާވެއްޖެ މިއަދު މަންމަ. ދަރިފުޅު ހެޔޮހާލުގައި ހުރިތަން ފެނުނީމަ.” މުފީދާ އޭނާގެ ލޮލުން ވެއްޓުނު ކަރުނަ އަތުން ފޮހެލަމުން މާއީ އޭނާގެ ކައިރިން ދުރަށް ޖައްސާލިއެވެ.

”މަންމާ. އަހަރެން ވެސް މިއަދު ވަރަށް އުފާވެއްޖެ. ދެން ބޭނުމެއް ނޫން މަންމަ ކައިރިން ދާކަށް.” މާއީ މުފީދާގެ ލޮލުން ހުއްޓައި ނުލައި ފައިބަން ފެށި ކަރުނަތަށް އޭނާގެ އަތުން ފުހެލީ ވަރަށް ވެސް ލޯތްބާއިއެކީީއެވެ. ދުރުގައި އެމަންޒަރު ބަލަން ތިބި އިކާލް އާއި ފާއިޒް އަދި ރާކިންގެ ދެލޯވެސް ވަނީ ފެންކަޅިވެފަައިއެވެ.

”ދޮންތީ. އައި މިސް ޔޫ ލޮޓްސް..” މާއީ ދެން ގޮސް ބައްދާލީ އޭނާއަށް ވުރެ ތިން އަހަރު ދޮށީ އޭނާގެ ދޮންތަ މައިރާ ގައިގައިގައެވެ. މައިރާއަށް ވެސް ވީ  މާއީ ފެނުމުން  މުފީދާއަށް ވީ ވަރެވެ. އެތައް ދުވަަހަކަށް ފަހު އޭނާގެ ކޮއްކޮ ފެނުމުން އެނާ ހުރީ ނުހަނު އުފާވެފައިއެވެ. މާއީ ދެން ގޮސް ވާހަކަ ދައްކަން ފެށީ އޭނާއަށް ވުރެ ދިހަ އަހަރު ހަގު މައިޝް އާއިއެވެ. ”މަންމާ.. މިސޮރު ވެސް މިހާރު ހާދަ ބޮޑު ވެއްޖޭ ދޯ. ބަލާބަލަ ތިއްތަ އަށް ވުރެ މިހާރު ދިގު. އަނެއްކޮޅުން ހާދަ ސްމާޓްވެސް ވެއްޖޭ ދޯ.” މާއީ ދިޔައީ ހުއްޓާ ނުލައި މައިޝްއާއި ދިމާކުރަމުންނެވެ. އެއީ އަބަދުވެސް މާއީގެ ގޮތެވެ. ފޯނުން ވާހަކަ ދެއްކި ކަމުގައިވިޔަސް އަބަދުވެސް މައިޝް އާއި ދިމާކުރުން ނޫން ކަމެއް މާއީ ނުކުރާނެއެވެ. މާއީގެ އެއަމަލުގެ ސަބަބުން އެތާ ތިބި އެންމެންވެސް ދިޔައީ ހެމުންނެވެ.

”ދަރިފުޅާ މީތަ ދަރިފުޅުގެ އެކުވެރިންނަކީ؟” މުފީދާ ވަރަށް އޯގާތެރިކަމާއިއެކު އެތިން މީހުންނަށް ބަލާލަމުން ބުނެލިއެވެ. މާއީ އޭނާގެ މަންމައަށް އެ ތިން މީހުންވެސް ތަޢާރަފުކޮށްލަދިނެއެވެ. އެއާއިއެކު މުފީދާ އެ ތިން މީހުންގެ ބުރަކަށީގައި ފިރުމަންފެށީ އަމިއްލަ ދަރިން ފަދައިންނެވެ. އެކި އެކި ވާހަކަ ތިން މީހުންނާ ދެއްކުމުގައި މުފީދާ ހުރީ ނުހަނު ހިތްހަމަ ޖެހިލައިގެންނެވެ. މާއީމެންގެ ގެޔަށް ދިޔަ މަގުމަތީގައި މައިޝްވެސް އެތިން މީހުންނާ ނުހަނު އެކުވެރިވެލިއެވެ. މައިޝް ދިޔައީ އެމީހުންނަށް އެކި އެކި ވާހަކަތައް ކިޔައިދެމުންނެވެ.

***

”ދަރިފުޅާ.. ބައްޕަ ބޭނުމެއް ނޫން ދަރިފުޅު އެ އިކާލް އަކާއި ކައިވެނި ކުރާކަށް. އެއީ އަޅާލާނެ ބަޔަކު ނެތް ނިކަމެއްޗެއް. މަންމައެއް ބައްޕައެއް ނެތް ފަގީރެއް. އެވަރުގެ މީހަކަށް ބައްޕަ ކިހިނެއް ދަރިފުޅު ދޫކޮށްލެވޭނީ. ބައްޕަ ބޭނުންވާ ތަނަވަސް ކަމަކު އޭނާއަކަށް ދަރިފުޅެއް ނުގެން ގުޅެވޭނެ. އެ ގާބިލު ކަމެއް އޭނާގެ ގަޔަކު ނެތް. ދަރިފުޅު ތި އިކާލް އެއްގެ މަތިން ހަނދާންނައްތާލާ. ބައްޕަ ހަމަ ހޭގައި ހުއްޓަކައި ދަރިފުޅު އެ އިކާލް އާއި ކައިވެނި ކުރިއަކަ ނުދޭނަން.” ރިޝާންގެ އެންމެ ފަހުބަސް ބުނެލުމާއިއެކު ރާޔާއަށް ހީވީ އޭނާގެ ހިތް މީހަކު ކަފައި ކުދި ކުރާ ހެންނެވެ. މެޔަށް އެރި ތޫނު ތަދަކާއިއެކު ރާޔާއަށް ހުރި ތަނަށް ތިރިވެވުނީ ރިޝާންއަށްޓަކައި އެތައް ޝަކުވާއެއް ކުރަމުންނެެވެ. ރާޔާ އުންމީދު ކުރި ކަހަލަ ޖަވާބެއް ރިޝާންގެ ފަރާތުން ނުލިބުމުން އޭނާގެ ހިތް ހީވީ ގެނބިގެން  ދިޔަހެންނެވެ. ދުވަހަކުވެސް ރިޝާން ރާޔާގެ ކަމަކަށް ދެކޮޅު ހަދާފައި ނުވާއިރު އެހާ ހަރުކަށިކޮށް ވާހަކަ ދައްކާފައެއް ވެސް ނުވެއެވެ. އެހެންކަމުން ރާޔާއަށް ލިބުނު ހިތާމަ ބަޔާން ކުރަންވެސް ދައްޗެވެ. މުޅި އުމުރުގައިވެސް ހަމައެކަނި ލޯބިވީމާގެ މަތިން ހަނދާން ނައްތާލީ ކިހިނަކުން ހެއްޔެވެ؟ އެމީހަކަށްޓަކައި ފުރާނާ ދޭން ތައްޔާރަށް ހުރި އިރު ވީ ލޯބި ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟

”އެކަމަކު ބައްޕާ. އަހަރެންނަކަށް އިތުރު އެހެން މީހަކު ދެކެ ދެނެއް ލޯތްބެއް ނުވެވޭނެ. އަހަރެން އިކާލްދެކެވީ ތެދުވެރި ލޯބި. ބައްޕާ އަހަރެން އިކާލް ނޫން މީހަކާ ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަން. އިކާލްއާއެކީ ވެސް އަހަރެންނަށް އުފާލުގައި އުޅޭވޭނޭ. ބައްޕާ.” ރާޔާއަށް އޭނާގެ ވާޙަކަ ހުއްޓާލެވުނީ ރިޝާން އައިސް އޭނާގެ ކޯތާފަތް މައްޗަށް ބާރުގަދަ އެތިފަަހަރެެއް އަޅުވާލުމުންނެވެ. އެއާއިއެކު ރާޔާގެ ގިސްލުމުގެ އަޑު މުޅި ގޭގައި ހަރުލާފައި ހުރިއިރު ހަމީދާވެސް ރާޔާއާއި ދިމާލަށް ފާޑަކަށް ބަލަން ހުރެފައި ދިޔައީ ރިޝާންގެ ފަހަތުންނެވެ. ރާޔާވެސް އެތަނުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް ތެދުވެގެން ދިޔައީ އޭނާއަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަން ގޮތަށް ބަންޑުން އެނދުމައްޗަށް ރާޔާ ޖެހިގަތެވެ. އޭނާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރީގައި ހަރުލާފައި ހުރިއިރު އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ދިޔައީ ހިނދަށް ހިނދަކަށް ގިނަވަމުންނެވެ. ރިޝާންގެ އެ ހަރުކަށިކަން ފުރަތަމަ ފަހަރަށް ރާޔާއަށް ފެނުމާއިއެކީ އޭނާއަށް ލިބުނު ސިހުމުގައި އަދިވެސް އެހިތުގައި އުތުރި އަހަރަމުން ދިޔައީ ޝަކުވާއެވެ. ދިރިއުޅުމުގައި އަދި މުޅި ހަޔާތުގައިވެސް ނިންމާ އެންމެ މުހިންމު އެއް ކަމަކަށް އޭނާ އަމިއްލައަށް ހޮވި ފަރާތް ކަމުނުދިޔުމުން އަނެއްކާވެސް ރާޔާ ހިތުގައި ޖެހުނެވެ. އިކާލްގެ ހުރިހާ އަމަލަކުން އޭނާއަށްޓަކައި ނަފްރަތު ވާކަން ސާބިތުކޮށްދޭއިރު ދުވަހަކުވެސް އޭނާއަށް އިކާލް ލިބެން ނެތްކަން އެނގުމުން އަނެއްކާވެސް ރާޔާގެ ހިތް ހީވީ ދެފަޅިވެގެން ދިޔަ ހެންނެވެ.

”ހަމީދާ. ގޮސް އޭނާއަށް ވިސްނައިދީ ބަލަ. ކީއްވެގެންތަ ރާޔާ އެފަދަ ދަށް ފެންވަރުގެ މީހަކު ބޭނުންވެގެން އުޅެނީ. މަ ބޭނުންވަނީ ރާޔާ އެންމެ ތަނަވަސް ކަމާއިއެކު ގެންގުޅެވޭނެ ވަރުގެ މީހެއް. ދެން ކިހިނެއް އެ އިކާލްއަށް ރާޔާ އެގޮތަށް ގެންގުޅެވޭނީ. ދޭ އޭނާއަށް ނަސޭހަތް ދޭން. ހަމީދާ ބުނާ ވާހަކަތައް އޭނާ ގަބޫލު ކުރާނެ..” ރިޝާން އޭނާގެ މޫނުމަތީގައި އަތް އަޅާއިލީ ރާޔާ އާއިމެދު ހިތްހަމަ ނުޖެހިފައި ހުރެއެވެ. ހަމީދާވެސް އެތަނުން ނުކުމެގެން ރާޔާގެ ކޮޓަރިއަށް ދިޔައީ ރިޝާންގެ އަމުރަށް ކިޔަމަން ވުމުގެ ބޭނުމުގައިއެވެ. ކޮޓަރީގެ ދޮރާ ކައިރިވި ވަރަކަށް ހަމީދާގެ ކަންފަތަށް އިވިގެން ދިޔައީ ރާޔާގެ ވޭނީ ރުއިމުގެ އަޑެވެ. އެ އަޑުގެ ސަބަބުން ހާމީދާގެ ހިތުގައިވެސް ކުޑަކޮށް ރިއްސާލިއެވެ. ނަމަވެސް އެ ރުއިމުގެ މަތިން ހަނދާން ނައްތާލާފައި ހާމީދާ އެކޮޓަރީގެ ދޮރު ހުޅުވައިލީ އޭނާގެ މޫނު މައްޗަށް ހަރުކަށިކަން ވެރި ކުރުވަމުންނެވެ.

އެނދުގައި އޮށޯވެގެން އޮތް ރާޔާ އޭނާގެ ބޯ ހިއްލައިލީ ކޮޓަރިއަށް މީހަކު ވަތްހެން ހީވެގެންނެވެ. ކުރިމަތީގައި އޭނާ ލޯބިވާ އޭނާގެ މަންމަ ހުރުމުން ހިސާބަކަށް ރާޔާ ހިތްހަމަ ޖެހުނެއްކަމަކު އޭނާގެ ރުއިން ހުއްޓޭ ގޮތެއް ނުވިއެވެ. ނަމަވެސް މަންމަ ލައްވާ ބައްޕަގެ ގާތުގައި އާދޭސް ކުރުވަން ވީއޭ ރާޔަގެ ހިތަށް އެރީ އިކާލް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރާޔާ ދުވެފައިގޮސް އޭނާގެ މަންމަގެ ފައިދަށަށް ތިރިވެ ރޯން ފެށީ އާދޭސް ކުރާ ހާލުގައިއެވެ. ”މަންމާ އާދޭސް ކޮށްފައި ބުނަން. ބައްޕައަށް ވިސްނައިދީ. އަހަރެން ބޭނުމީ އިކާލް.” ރާޔާ ހަމީދާގެ ފައިގައި ހިފަހައްޓާލައިގެން އިނެ ރޮމުން ދިޔައެވެ. އެއާއިއެކު ހަމީދާ ރާޔާގެ ދެކޮޑުގައި ހިފައި ކޮޅަށް ނަގައި ގޮސް އެނދުގައި އިށީންދެލިއެވެ.

”ދަރިފުޅާ. ބައްޕަ އެބުނީ ހަމަ ތެދު ވާހަކައެކޭ. ދަރިފުޅު މިއަދު ތިހާ އަރާމުގައި އުޅެފައި މާދަމާ ފަގީރު ކަމަކަށް ދިޔުމުން ވާނީ ކިހިނެއް؟ އެފަދަ މީހަކާ ދަރިފުޅު އިނީމަ މީހުން ކީކޭ ކިޔާނީ. ދަރިފުޅު ތީ ރީތި މުއްސަނދި ކުއްޖެއް. ދަރިފުޅާ ކައިވެނި ކުރުވަން މަންމަމެން ވެސް ބޭނުންވާނީ ދަރިފުޅާ އެއް ފެންވަރުގެ ކުއްޖެކެއްނު. ދަރިފުޅު ނިކަން ވިސްނާލަބަލަ. ބައްޕަ މިއަދު ދަރިފުޅަށް އެކަށީގެންވާ ރަނގަޅު ބައިވެރިއަކު ހޯދައިފި. ދެން ތި އިކާލް އެއް މަތިން ހަނދާން ނައްތާލާ ދަރިފުޅު.” ހަމީދާގެ ވާހަކަތައް އަޑުއަހާފައި ރާޔާއަށް އޭނާގެ މަންމަދެކެ ވެސް ރުޅި އާދެވެން ފެށިއެވެ. އެހައި ބޮޑު ކަމެއް ނިންމާލަން އެއުޅެނީ ބައްޕަމެން ބޭނުން ގޮތަކަށެވެ. ދެންވެސް ރާޔާ އެއްޗެކޭ ނުބުނެ އޭނާގެ އެނދުގައި އޮށޯވެލީ ކެތް ނުކުރެވިގެންނެވެ. މަންމަވެސް އޭނާއާއި އެއްބައިނުވުމުން އެހިތަށް އިތުރަށް ތަދުވެގެން ދިޔައެވެ. ހަމީދާ އެގޮތުގައި އެތައް އިރަކު އިނުމުން ވެސް ރާޔާ އެއްޗެކޭ ނުބުނުމުން އެތަނުން ނުކުމެގެން ދިޔައީ ރާޔާ ދުވަހަކުވެސް އެމީހަކާ އިންނާކަށް އެއްބަހެއް ނުވާނެ ކަން އެނގިހުރެއެވެ.

ރާޔާ ކޮޓަރީގައި އެކަނިވެރި ވުމާއިއެކު އޭނާގެ ސިކުނޑި ޝައިތާނާގެ ވަސްވާސްތަކުން ފުނިޖެހެމުން ދިޔައެވެ. ހަސަދަވެރިކަމާއި ބޮޑާވެރިކަމުން އޭނާގެ މުޅި ހަށިގަނޑު ހެއްލިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިސާހިތަކު ރާޔާގެ ރުއިން ހުއްޓި އޭނާގެ މޫނު މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ ސިކުނޑީގައި މޮޅު ރޭވުމެއް ރާވައިލަމުންނެވެ.

****

”މިހިރީ ދަރިފުޅުމެންގެ ކޮޓަރި. ދޭ އަވަހަށް ދަބަސްތައް ކޮޓަރިއަށް ލާފައި ސައިބޯން އަންނަން.” މުފީދާ އިކާލްމެންނަށް ކޮޓަރި ދައްކަމުން ނުހަނު އޯގާތެރިކަމާއިއެކު ބުނެލިއެވެ. އެއާއިއެކު ތިން މީހުންވެސް ކޮޓަރިއަށް ވަދެގެން ދިޔައީ އަވަހަށް ދަބަސްތައް ބަހައްޓާފައި ސައިބޯން ދިޔުމުގެ ބޭނުމުގައިއެވެ. ކޮޓަރިއަށް ވަނެފައި ތިން މީހުންވެސް ދައްކަމުން ދިޔައީ މުފީދާގެ ހިތްހެޔޮކަމުގެ ވާހަކައެވެ. މުފީދާގެ އިތުރުން މައިރާ އަދި މައިޝްވެސް މެއެވެ. ތިން މީހުންނާވެސް ދަރިފުޅޭ ކިޔައިގެން މުހާތަބު ކުރަމުން ދިޔައިރު ތިން މީހުންގެ ހިތުގައިވެސް ވަނީ މުފީދާއަށްޓަކައި ލޯތްބެވެ.

”ސައިބޯގެން ރަށުގެ ތުޑީކޮޅަށް ދާން ހިނގާ. އެންމެން ދާނަން ދޯ އަހަރެމެންނާއިއެކީ؟ އޭރުން ފޯރިވާނީ..” މާއީ ވަރަށް ވެލާފައި އޭނާގެ އުނގަށް މައިރާގެ ދަރިފުޅު ނާޒް ލަމުން ބުނެލިއެވެ. ފޯނުން ކިތަންމެ ވަރަކަށް ނާޒް ފެނުނު ކަމުގައި ވިޔަސް މާއީގެ ހަމަ ލޮލުން ނާޒް އެފެނުނީ މުޅިން އަލަށެވެ. އެހެންކަމުން މާއީގެ ހިތުގައި މައުސޫމް ނާޒް އަށްޓަކައިވީ ލޯތްބެވެ.

”އާން މަންމަމެން މި ތިބީ ދަރިފުޅުމެންނާއެކީ ދާން ތައްޔާރަށް.” މުފީދާވެސް ހުރީ މާއީ މެންނާއިއެކު ދާން ތައްޔާރަށެވެ. ”ނަމަނަމަ މި ތިއްތަ އާ ކައިރި ނުވާތި ދާ މަގުމަތީގަ. ވަރަށް ޖެއްސުން ކުރާނެ.” މައިޝް މާއީއަށް އަވަސް ނަޒަރެއް ދެމުން އިކާލް، ފާއިޒް އަދި ރާކިންއަށް ބުނެލިއެވެ. އެއާއިއެކު މާއީގެ އަތުގެ ހަމަލާއެއް މައިޝްގެ ފައިގެ ފަލަމަސްގަނޑަށް އަރައިގެން ދިޔައެވެ. ”އެހެންޏާ މިޖެހުނީ ވަރަށް ހުށިޔާރު ވެގެންތާ ދޯ އުޅެންވެސް.” އިކާލް މާއީއަށް ދިމާލަށް ބަލާލައިފައި އެއްލޯ މަރާލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔުމާއިއެކު އެތަނުގައި އަޑުވެސް ގަދަވެގެން ދިޔައެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކައިޝަލް (1)

Next

މޮޔަ ހިތް މަގޭ…16

Next
December 25, 2019

މޮޔަ ހިތް މަގޭ…16

Previews
December 25, 2019

ކައިޝަލް (1)

5 Comments!

  1. ?Nafu✨ says:
    December 25, 2019 at 10:14 am

    Salaam readers..
    Here is the 7 part of the story.. hope you’ll like this part too.. leave a comment and point out the mistake..
    Have a nice day.. lysm??

  2. މަލް says:
    December 25, 2019 at 1:38 pm

    Mi part ws varah varah salhi!! Alhey… RAYA!??
    I hope she’ll be ok..
    Keep going grl!! U’re awesome! Next partwes varah avahah genesdhehchey!!??

    1. ?Nafu✨ says:
      December 26, 2019 at 8:14 pm

      thanks dear.. keep waitin dear

  3. Hudher says:
    December 26, 2019 at 1:00 pm

    Masha Allah.. vr Rythi mi Bai vs

    1. ?Nafu✨ says:
      December 26, 2019 at 8:14 pm

      thanks dear

Comments are closed.

Next Episodeވަމޭ ގާތުގައި 8←


All Right Reserved!