Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަމޭ ގާތުގައި 5

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 22, 2019 4 Mins Read
7 Comments

ތަށިތައް ދޮވުމުގައި ހުރި އިރާދާ އަށް އޭނާ ކުރަމުން ދިޔަ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ވިސްނެމުން ދިޔައީ އިކާލް އާ މެދުއެވެ. އެހެން ކަމަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތެއް އިރާދާ ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބެވެ. އެންމެ ފަހުން އިރާދާގެ ސިކުނޑި ފުނި ޖެހިފައިވި ހިޔާލުތައް އޭނާގެ ސިކުނޑިން ދިޔައީ ތައްޓެއް ވެއްޓި ތެޅުމުންނެވެ. ”މަންމާ ބަލައިގެން..” ނަމާދަށް ދިޔުމަށް ތައްޔާރުވެގެން ނުކުތް ރާކިން އަށް ތަށި ތެޅުނު އަޑު އިވިފައި އިރާދާއަށް އަޑު އިވޭނެ ވަރަށް ބާރަށް ބުނެލިއެވެ. އެއާއިއެކު ދެން އިވިގެން ދިޔައީ އިރާދާގެ މަޑު ހަޅޭކެއްގެ އަޑެވެ.

އިރާދާގެ އަޑު އިވިފައި ރާކިން ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބަދިގެއަށް ވަނެވުމާއިއެކު ރާކިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިރާދާގެ އަތުގެ ބޮޑުތަނެއް ކެފިފައި ވާއިރު އެތަނުން އައިސްފައި ހުރި ލޭތައް ވަނީ ހުދު ކުލައިގެ މުށިގަނޑުވެސް ރަތް ކޮށްލާފައިއެވެ. އޭރު އިރާދާވެސް އޭނާގެ އަތަށް ބަލަހައްޓައިގެން ހުއްޓެވެ. ރާކިން ދުވެފައިކަހަލަ ގޮތަކަށް ފަހަތަށް ވެއްޓެން ދިޔަ އިރާދާ ހިފަހައްޓައިލިއެވެ. އަދި އޭނާގެ އަތްދަނޑި މައްޗަށް ނަގައިގެން ގެނެސް ސޯފާގައި އިރާދާ ބާއްވާލިއެވެ.

ރާކިން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޓީވީ ކައިރީގައި ހުރި ކަބަޑް ހުޅުވާލާފައި މެދުވަރެއްގެ ތަބަކެއް ނެގިއެވެ. އަދި އަނެއްކާވެސް އިރާދާގެ ކައިރިއަށް ގޮސް އަތުން ލޭ މަނާ ކޮށްފައި އެތަނުގައި ބޭސް އެޅުމުގައި އަވަދިނެތި އުޅުނެވެ. އެވަގުތަކީ ވިކާޝްވެސް ގެޔަށް އައި ވަގުތު ކަމުން ރާކިން އަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ވިކާޝްއަށް އިރާދާގެ އަތް ފެނުމާއިއެކު ވީ ރާކިންއަށްވެސް ފުރަތަމަ އިރާދާގެ އަތް ފެނުމާއިއެކު ވީ ވަރެވެ. ހަމަ އެވަގުތުގައި އިރާދާ ނުބަލަ އުޅޭތީ ވެސް ވިކާޝްއަށް ދިޔައީ ކުދި ކިޔެމުންނެވެ. ވިކާޝް އިރާދާގެ ގާތުގައި ބައިންދާފައި ރާކިން ބަދިގެ ސާފުކޮށްލާފައި ދިޔައީ މިސްކިތަށެވެ.

******
”ދެން މި ރާޔާ ވެސް.. ޗުސް ޗުސް ޗުސް…” މާއީ އަށް ދިޔައީ ރާޔާއަށް ކުދިކިޔެމުންނެވެ. އެހެންޏާވެސް އެއީ ރާޔާ އަބަދުވެސް މާއީއަށް ކުރާ ޖެއްސުމެކެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް މާއީ އެއީ މާ ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލަނީއެވެ. ކޮންމެ ފަހަރަކުވެސް މާއީ ރާޔާ އާ ކުރިމަތި ލަނީ މިފަދަ އެތައް ކަމަކާ ކުރިމަތި ލާން ޖެހޭނެކަން ދަނެގެންނެވެ.

މާއީ އޭނާގެ ހުދުކުލައިގެ ކޯޓް ފެނުން ދޮންނަމުން ދިޔައިރު އެއް ފަހަރު މިހާރު ރާޔާ އެތަނަށް އައިސް އޭނާގެ ގަޔަށް ފެންވެސް ޖަހާފިއެވެ. ކޯޓުން ޖޫސް ނުފިލުމުން މާއީ އޭނާގެ ކޯޓް ބާލައި ގެޔަށް ދާން މިސްރާބު ޖެހިއެވެ. ޑިއުޓީވެސް ނިމިފައި ހުރި ގަޑިއެއް ކަމުން މާއީ އަށް އެއްވެސް ޖެހިލުމެއްނެތި ދެވުނެވެ.

*******

އިކާލް މިސްކިތުން އައި ގޮތަށް އެނދަށް ވެއްޓިގަނެފައި އެއްވެސް ތަނެއް ގުޑުވައިވެސް ނުލައި އޮތީ ފުން ހިޔާލަކަށް ގެއްލިފައިއެވެ. އިރާދާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ. އަދި އިކާލްގެ މަންމައާއި މެދުއެވެ. ނަމަވެސް އިކާލް ކުޑަކޮށް ވެސް އޭނާގެ މަންމަ އާއި މެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. އިކާލް ގަބޫލު ކުރާ ގޮތުގައި އޭނާ ދޫކޮށްލާފައި ދިޔަ މީހެއްގެ ފަހަތުން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއީ ބޭކާރު ކަމެކެވެ. ނަމަވެސް އިކާލް އެކަން ކިތަންމެ ގަބޫލު ކުރަން އުޅުނު ކަމުގައިވިޔަސް އެނާ އަށް ހަމަ ވިސްނެނީއެވެ. ”އާހް.. ކީއްވެގެންތަ؟ ކީއްވެގެންތަ އޭނާގެ ހިޔާލުތައް މަގޭ ބޮލުގައި މި ކޮއްޓަނީ… މަގޭ ހަޔާތުން ގޮސްފައި ހުރި މީހެއްގެ ހިޔާލުތައް… އާހްހް…” އިކާލް އޭނާގެ ބޮލުގައި އަތް އަޅާލައިގެން އެނދުގައި ބަންޑުން އޮށޯތެވެ. ނަމަވެސް އިރުކޮޅެއް ނުވަނީސް އެނދުން ތެދުވެ ބޭރަށް ނުކުންނަން ދިޔައެވެ.

ހުދުކުލައިގެ ދޮން ވެލިގަނޑުގައި އިކާލް އިށީންދެ ލައިގެން އިނީ ނިދާފައި އޮތް މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. އުޑު މަތީގައި އެންމެ ވިލާ ރޮއްޖެއް ހާ ހިސާބު ނެތް އިރު ވައިގެ ހިލަމެއްވެސް ވަނީ މަދު ފަހަރަކުއެވެ. ނަމަވެސް އެތަން ނުހަނު ހިތްގައިމުއެވެ. ބަލާލަން ރީއްޗެވެ. ހިނދުކޮޅަކަށް ނަމަވެސް އިކާލްއަށް އޭނާގެ ހިޔާލުތަކުން ދުރަށް ދެވުނެވެ. ވަށައިގެންވި މާހައުލަށް ބަލާލެވުނެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް އިކާލް އަށް ފެނިގެން ދިޔައީ  އެތައް ބައެއް އުފަލުގައި އެތަނުގައި ކުޅެމުން ދިޔަ ތަނެވެ. ކުޑަކުދިން އެކުދިންގެ މަންމަ އާއި ބައްޕަ އާއިއެކު ކުޅެމުން ދިޔަ މަންޒަރެވެ. އެއްބަޔަކު އެރީތި ހިތްގައިމު ތުނޑީގައި ހިތްހަމަ ޖައްސައިލަން އައިސް ތިބި މަންޒަރެވެ. ނަމަވެސް އިކާލްގެ މޫނަށް ހިތްދަތި ކަމާއި މާޔޫސްކަން ވެރިވީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައިއެވެ. ކުޑަކުދިން އެކުދިންގެ މައިންބަފައިންނާއިއެކު ކުޅޭތަނަށް ނަޒަރު ހުއްޓާލައިގެން އިކާލް އިން އިރު އޭނާއާ ދިމާލަށް ބަލައިލި ކޮންމެ މީހަކަށްވެސް ފެނިގެންދާނީ އެދެލޮލުން ވިދާ ބަބުޅަމުން ދިޔަ ކަރުނައެވެ. އިކާލްއަށް އިތުރަށް ރޮވެން އުޅުމުން އެތަނުން ދާން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި އިކާލްގެ ފޯނަށް މާއީ ދިޔައީ ގުޅަމުނެވެ. މާއީގެ އިތުރުން ފާއިޒްވެސް އިކާލްއަށް ގުޅަން ފެށިއެވެ. ނަމަވެސް އިކާލް ފޯނު ނަގާކަށް ހިޔާލެއް ނުކުރެއެވެ. ”ހެލޯ..” ހުއްޓާނުލައި އެމީހުން ގުޅަން ފެށުމުން އިކާލް އެންމެ ފަހުން މާއީގެ ފޯން ކޯލް ނެގިއެވެ. ”އިކް.. ކޮންތާކު؟ ކީއްވެ ފޯނު ނުނަގަނީ؟ ކިތަށް ފަހަރު ގުޅައިފިން.. އާދެބަލަ ފާއިޒްގެ ގެޔަށް… ރާކިންވެސް އެބައިން.. އަންނާތި އަވަހަށް..” މާއީ ފޯނު ކަނޑާލީ އިކާލްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީއެވެ. އެހެންކަމުން އިކާލް ފާއިޒްގެ ގެޔަށް ދާން ހިނގައިގަތެވެ. ނަމަވެސް އެންމެ މަޑު ހިނގުމުގައިއެވެ. މާއީ އަވަހަށް އަންނާށޭ ބުނި ނަމަވެސް އިކާލް ބާރަށް ދާ ކަހަލަ ހިޔާލެއް ނުކުރެއެވެ.
******
”އިރާދާ.. އަހަރެން ބުނީމެއްނުން ބަލާގެން އުޅޭށޭ.. ދެން ކީއްވެތަ؟ އިރާދާ ކޮން ކަމަކާތަ ތި ވިސްނަނީ؟ ތި ވިސްނާ ކަމެއް އަހަރެން ކައިރީވެސް ބުނެބަލަ..” ވިކާޝް އިރާދާގެ މަގަތުގައި އިށީންދެލިއެވެ. ނަމަވެސް އިރާދާއަށް ވިކާޝް އެއްޗެކޭ ކިޔާހެންވެސް ހީނުވެއެވެ. އެއްތަނަކަށް ނަޒަރު ހުއްޓައިލައިގެން އޮތް އިރު އެދެލޮލުން ދިޔައީ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުންނެވެ. ވިކާޝް އެންމެ ފަހުން އިރާދާ އާ ވާހަކަ ދެއްކުން ހުއްޓާލާފައި އޭނާގެ ބޮލުގައި ފިރުމަން ފެށިއެވެ. ”ވިކާޝް.. އަހަރެން އެބަ ވަރަށް ބޮލުގަ ރިއްސާބަ..” އިރާދާ އޭނާގެ ބޮލުގައި އަތް އަޅައިގެން އޮތެވެ. އަދި އޭނާގެ އަނގައިން ދިޔައީ މަޑު ގިސްލުމެއްގެ އަޑު ބޭރުވަމުންނެވެ. ވިކާޝް ބަލާކަށް ނުހުރެ ދުވެފައި ގޮސް އިރާދާއަށް ބޭސް ގުޅައަކާއި ފެން ތައްޓެއް  ހިފައިގެން އައެވެ. އަދި އިރާދާ އެނދުގައި އިށީންނުމާއިއެކު އޭނާގެ އަތަށް ބޭސް ގުޅަދީ އިރާދާއަށް ފެން ދިނެވެ. ”ދެން ނިދާލަ..” ވިކާޝްގެ އަތަށް އިރާދާ ތަށި ދީފައި އެނދުގައި އޮށޯތެވެ. ވިކާޝްވެސް ތަށި ބަދިގެޔަށް ލާފައި އައިސް އަނެއްކާވެސް އިރާދާގެ މަގަތުގައި އިށީންދެފައި އޭނާގެ ބޮލުގައި ފިރުމަން ފެށިއެވެ.

******

ބޮޑު ކޮޓަރިއެއްގެ މެދަށް ވާގޮތަށް ހުރި ކިންގް ސައިޒް ބޮޑު އެނދުގައި އޮށޯވެލައިގެން އޮތް ދީނާ ދިޔައީ ފޯނުން މީހަކަށް މެސެޖް ކުރަމުންނެވެ. ކޮޓަރި އެއްކޮސް އަނދިރި ކޮށްފައި ވުމުން ތަނެއް ދޮރެއް ވެސް އެކޮޓަރިން ވަކި ނުވެއެވެ. ދީނާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައިރު އިރުކޮޅަކާ ފުން ނޭވާއެއް ދޫކޮށްލައެވެ. އެއްބައި ފަހަރު ދުރަށް ފޯނު އެއްލާލާފައި އެނދުގައި ބޯއަޅާލައިގެން މޫނު ފޮރުވައިގެން އޮވެއެވެ. ނަމަވެސް ދީނާއަށް އެހެން އޮވެވެނީ ސިކުންތަކަށެވެ. އަނެއްކާވެސް ތެދުވެފައި ފޯނަށް ބަލާލައެވެ. ހީވާ ގޮތުން ދީނާ ދިޔައީ މީހެއްގެ މެސެޖަކަށް އިންތިޒާރު ކުރަމުންނެވެ. ”އާހް…. މި ފާއިޒް އަކަށް ނޭނގޭނެ ދެން މެސެޖް ކުރާކަށްވެސް.. މިހާރު ތިރީހަކަށް ފަހަރު އޭނާއަށް ގޮވިއްޖެ.. ދެން ނޫޅެން… މަށަށްވެސް އަދި ގޮވާނުން އެވަރަށް.. ހުރެބަލަ…” ދީނާ ފާއިޒްއަށް ކުދި ކިޔާލައިފައި އޭނާގެ ފޯނު ބާއްވާފައި ލެޕްޓޮޕް ނަގައި އޭގެން ފިލްމެއް ބަލަން ފެށިއެވެ. ނަމަވެސް އެކަން ކުރާކަށް ވެސް ދީނާ އަކަށް ނޯވެވުނެވެ. ”ދޮންތީ.. އާދެ ކާން ދާން.. ވަރަށް ބަނޑު ހައި ވެއްޖެ..” ދީނާއަށް ވުރެ ތިން އަހަރު ހަގު ދިމްނާ އޭނާގެ ކޮޓަރި ދޮރުގައި ތަޅަން ފެށިއެވެ. ދިމްނާ ގޮވަން ފަށާފިއްޔާ ދީނާއަށް ހަމަ ޖެހިލައިގެން ތަނެއްގައި ނޯވެވޭނެއެވެ. އެހެންކަމުން ދީނާ އެނދުން ތެދުވެފައި ގޮސް ދޮރު ހުޅުވާލައިފައި ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ދިމްނާ އާއި އެކު ކާން ދިޔައެވެ.

*****

އިކާލް އަށް ފާއިޒްގެ ގެއާއި ހަމައަށް ދެވުނު އިރު ހުރީ އިރު އޮއްސިފައިއެވެ. ނަމަވެސް އެގޭތެރެއިން އަދިވެސް ދިޔައީ ރާކިންމެންގެ އަޑު އިވެމުންނެވެ. އެހެންކަމުން އިތުރު ލަސްތަކެއް ނުކޮށް އަވަހަށް އެގެޔަށް އިކާލް ވަނެވެ. ރާކިންއަށް ފުރަތަމަވެސް އިކާލް ފެނުމާއިއެކު އިކާލްއާއި ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ. އިކާލް ލަހުން އައުމުން އެމީޙުން ދިޔައީ އިކާލް ގާތު ކާން ދިނުމަށް ބުނަމުންނެވެ. ނަމަވެސް އިކާލް ދިޔައީ އެކަމަަށް އިންކާރު ކުރަމުންނެވެ. އެންމެ ފަހުން ތިން މީހުންވެސް ކުރު ނުކޮށް ކިޔަން ފެށުމުން އެރޭ އަށެއް ޖަހާއިރު މޭރީ ބްރައުންނަށް ދާން އެންމެންނަށް އެންގިއެވެ. އަދި އެއަށްފަހު ފާއިޒް ނޫނީ އެންމެންވެސް ދެން އަވަސްވެގަތީ އެމީހަކު ގެޔަށް އަވަހަށް ދިޔުމަށެވެ.

ތިން މީހުންވެސް އެއްމަގަކުން ދިޔައިރު އެމީހުންގެ އަނގަ ނުހުއްޓެއެވެ. މާއި އެކަމުގައި އެންމެ މަޖާވެލާފައި ހުރިއިރު މާއީގެ ފަހަތުން ރާކިންވެސް ހުރީ ހިފާލާފައިއެވެ. ނަމަވެސް އިކާލް އެއްޗެކޭ ބުނަނީ މަދު ފަހަރަކުއެވެ. ދިޔަ މަގުމަތީގައި ރާކިން ގެޔަށް ލާފައި ދެމީހުންވެސް ދިޔައިރު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިކާލް އޭނާގެ އަނގައިގައި ޒިބު އަޅުވައިގެން ހުރި އިރު މާއީ ހުރީ އެކަމުގެ ސަބަބުން އުނދަގޫވެފައިއެވެ. އަދި އެ މަގުގައި މީހުން ގިނަވުމުންވެސް މެއެވެ. ދުއްވާ ތަކެތިވެސް އެގަޑީގައި މަގުމަތީގައި ނުހަނު ގިނައެވެ.

ދެމީހުންވެސް އެއްވަރަކަށް މަގުގެ އެއްފަރާތުގައި  ހިނގާފައި ދިޔައިރު މާއީ ހުރީ މަގުގެ އެންމެ ދުއްވާ ތަކެއްޗާ ކައިރީގައިއެވެ. ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް މާއީގެ ކުރިމަތިން ނުހަނު ބާރަށް ސައިކަލެއް އައުމުން މާއީ ހުރީ ހަދާނެ ގޮތެއް ނޭނގިފައިއެވެ. ބިރުގަނެފައި ހުރުމުން ވާނީވެސް އެހެން ނޫން ހެއްޔެވެ. އެންމެ ބާރު ދުވެލީގައި އެ ސައިކަލު އާއިރު މާއީ ހުރީ ދެން ސަލާމަތް ނުވާނެކަން އެނގި ހުރެ އޭނާގެ ދެލޯ މަރާލައިގެންނެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ފުން އިހުސާސެކޭ 30

Next

މިނަން ތިހިތުން ފިލުވާލަނީހޭ؟…01

Next
December 23, 2019

މިނަން ތިހިތުން ފިލުވާލަނީހޭ؟…01

Previews
December 22, 2019

ފުން އިހުސާސެކޭ 30

7 Comments!

  1. ?Nafu✨ says:
    December 22, 2019 at 11:15 pm

    assalam alaikum..
    vamey gaathugai ge 5 vana bai vs miothy up vefai.. unmeedhu kuran kamudhaane kamah.. nafu ah thidhey support a vr bodah thanks readers..
    lysm

    1. Quiiin? says:
      December 23, 2019 at 9:07 am

      ❤Lym nafu
      Mi part vx vrh rythi
      Ma sha allah

    2. ?Nafu✨ says:
      December 23, 2019 at 6:35 pm

      thanks dear

  2. Friend? says:
    December 23, 2019 at 11:33 am

    Varah curious kohlaafa mi part vs mi nimuny… Masha Allah varah furihama mi part vs … Waiting for next part..lysm

    1. ?Nafu✨ says:
      December 23, 2019 at 6:36 pm

      thanks dear.. ya keep waiting

  3. Its says:
    December 23, 2019 at 2:15 pm

    varah Loabivey

    1. ?Nafu✨ says:
      December 23, 2019 at 6:36 pm

      hehe thanks

Comments are closed.

Next Episodeވަމޭ ގާތުގައި 6←


All Right Reserved!