Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 18

idontcare Level 110 Stories
May 11, 2020 4 Mins Read
6 Comments

“އޭނާގެ ފޯނު ލޮކޭޝަން ހޯދިންތަ؟” ޔަނާލް އެހިއެވެ. “ފާތިޙް ސާރ ބުނީ ލޮކޭޝަން އޮފް ކޮށްފައޯ އޮތީ.” އުޝާ މާޔޫސްކަމާއެކު ބުނެލިއެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި ޔަނާލް ބުންޏެވެ. “އުޝާ ހަނދާން އެބަހުރިތަ އަހަރެމެންގެ ފުރަތަމަ ކޭސް؟ އެފަހަރު މިހުރާން ގެއްލިގެން އުޅުނީމެއްނު. ފަހުން އޭނާ ފެނުނީމަ އުޝާ އަހަރެމެން އެންމެން ފޯނަށް ކޮންމެވެސް އެއްޗެއް ލީމެއްނު. ލޮކޭޝަން އޮފް ކޮށްފައި އޮތަސް ފޯނު ހަލާކުވެފައި އޮތަސް ފޯނުގެ ލޮކޭޝަން ދެން އުޝާއަށް ހޯދޭނެއޭ ބުނީމެއްނު.”

ޔަނާލް ބުނުމުން އުޝާގެ ހަނދާނަށް އައެވެ. އެންމެ ސިކުންތެއްވެސް މަޑުނުކޮށް އުޝާ އޭނާގެ ލެޕޓޮޕް ނަގައި އިޝާންގެ ފޯނު ހޯދުމުގެ މަސައްކަތް ކުރަން ފެށިއެވެ. ބަރާބަރު އެއްގަޑިއިރުގެ މަސައްކަތަށް ފަހު އޭނާއަށް އިޝާންގެ ފޯނު ފެނުނެވެ. އެފޯނު އޮތީ ޅަވިޔަނި އަތޮޅުގެ ފަޅުރަށެއްގައެވެ. އުޗާ ލޮކޭޝަން ދެއްކުމުން ޔަނާލް މިހުރާންއަށް ގުޅާފައި ފޯނު އޮތް ލޮކޭޝަން ކިޔާދިނެވެ. މިހުރާން އިތުރު އެއްޗެކޭ ނުބުނެ އޯކޭއޭ ފޯނު ކަޑާލުމުން ޔަނާލް އުޝާއަށް ބަލާލިއެވެ. އެރޭ އެއްކޮށް އެމީހުން ހޭލާ ތިބީ އިޝާންގެ ހަބަރެއް ނުލިބެނީސް ނުނިދޭނެކަން އެނގޭތީއެވެ.

………………………………………..

އިޝާން ފެންނަ ގޮތް ނުވުމުން މިހުރާން ހާސްވެފައި އޭނާގެ ކޮޓަރީގައި ދެފަރާތަށް ހިގާލަ ހިގާލަ ހުއްޓާ ޔަނާލް ގުޅާފައި އިޝާން ވީ ރަށުގެ ނަން ބުނުމުން މިހުރާން އެމީހުންނަށް އެނގުނު ގޮތެއްވެސް ނޭހިއެވެ. ފޯނު ކަޑާލުމަށްފަހު ދުވެފައި އޭނާ ހުއްޓުނީ ފާތިޙް ސާރގެ އޮފީސް ކުރިމައްޗަށެވެ. އޭރު ޝާފިއު ސާރވެސް އޭނާ ކައިރީ ހުއްޓެވެ. މިހުރާން އިޝާން ހރި ރަށުގެ ނަން ބުނުމުން ޝާފިއު ސާރ ގުޅީ ޕޮލިހަށެވެ. ޕޮލިހުންގެ ފަސް މީހަކާއެކު އޭޖެންސީއިން ވެސް މިހުރާންއާއި ޝާފިއު ސާރގެ އިތުރަށް ދެމީހަކަށް ދެވޭނެ ގޮތް ހަމަޖެއްސިއެވެ.

ލޯންޗެއްގައި އެކޮޅަށް ދެވުންއިރު ފަތިސް ވެއްޖެއެވެ. އެމީހުން ރަށާއި ތަންކޮޅެއް ކައިރި ކޮށްލިއިރު ރަށުގެ ފޅުތެރޭގައި އުޅަނދެއް އޮތެވެ. އެހެންކަމުން މީހަކަށް ފެނިދާނެތީ އެމީހުން އެރީ ރަށުގެ އަނެއް ފަރާތުންނެވެ. އެމީހުން ރަށަށް އެރުމުން އެމީހުންގެ ޕްލޭން އަލުން ކިޔާލަން މަޑުކޮށްލިތަނާ އިޝާންގެ ހަޅޭކުގެ އަޑުއިވުނެވެ. މިހުރާން ދުއްވައިގަންނަން އުޅުމުން ޝާފިއު ސާރ އޭނާ ހިފެހެއްޓިއެވެ. އެއަށްފަހު ދެންތިބި މީހުންނަށް އަތުން އިޝާރާތް ކޮށްލީ އަޑު އައި ދިމާލަށް ދިޔުމަށެވެ. އެމީހުންގެ ފަހަތުން ޝާފިއު ސާރއާއި މިހުރާންވެސް ހިނގައިގަތެވެ.

…………………………………………………………………….

އިޝާއަށް އެގޮނޑީގައި އިށީނދެ އިންއިރު ލިބިފައިވާ ވަރުބަލިކަމުން ނިދި ޖެހުނެވެ. އޭނާއަށް ހޭލެވުނީ ބަޔަކު ޖިފުޓިގަނޑު ތެރެއަށް ބަޔަކު ވަނުމުންނެވެ. އެމީހުން ހީސަކަރާތް ޖަހަމުން ދިޔައިރު އެމީހުންނާއި އެއްފުރާޅެއްގެ ދަށުގައި މަރުވެފައިވާ ބަޔަކު ތިބިކަން އިހުސާސް ނުވާކަހަކަލައެވެ.

އިޝާން ގަދަކަމުން ލޯހުޅުވާލީ މިއުވާން އޭނާ އިން ގޮޅި ތެރެއަށް ވަނުމުންނެވެ. “ކޮބާ؟ ހަމަ އެކައްޗެއްވެސް ނުބުނާނަން؟” މިއުވާން މަލާމާތުގެ ރާގެއްގައި ބުނެލުމުން އިޝާން ދެފަރާތަށް ބޯ ހޫރާލިއެވެ. ކަރުހިއްކައިގެންފައި ވާވަރުން ވާހަކަދެއްކުން ވީ އުނދަގޫ ކަމަކަށެވެ. “ފެން…..ދީބަ ފެން…….” ގަދަ ހިތްވަރުން އިޝާންއަށް ބުނެވުނީ އެވަރަށެވެ. “އެހެންތަ؟ ފެން ބޭނުމީ؟ ހޫން ފެން ދޭނަމޭ ރަގަޅަށް.” އެހެންކިޔާ އޭނާ ޖިފުޓިގަނޑުން ގެނައި ތެއްޔެއް ފުރާ ހުރި ހޫނުފެން އިޝާން ގަޔަށް ޖެހުމުން އިޝާންއަށް ހަޅޭއްލަވައިގަނެވުނެވެ. މުޅިގައިން ދިލަ ނަގަމުން ދިޔައެވެ. އޭނާ ފާހާނާއަށް ނުދެވުމުގެ ސަބަބުން އޭނާއަށް މަޖުބޫރުވީ ހުރިތަނަށް ފާހާނާ ކުރާށެވެ. އެތަނުގައި ދުވާ ވަހަށް ކެތް ނުވެގެން ހޮޑު ލެވުނު އަދަދުވެސް އޭނާއަކަށް ނޭނގެއެވެ. ވަރުބަލިވެ ހާލުދެރަވަފައިވާ އިޝާން ފެނިފައި ހަމްދަރުދީވި އެކަކުވެސް އެތަނުގައި އަށް ފިރިހެނުންގެ ތެރެއަކު ނެތެވެ.

އިރުގަނޑަކު އިޝާންއަށް އެކިވަރުގެ އަނިޔާ އެތަނުގައި ތިބި މީހުން ކުރިއެވެ. ސިނގިރޭޓު ބޮއެފައި އޭނާގެ މޫނުގައިވެސް ޖެއްސިއެވެ. ކުއްލިއަކަށް ބޭރުން އަޑެއް އިވުމުން އެއެންމެނެ ހުއްޓުން އެރިއެވެ. އެންމެން ބޭރަށް ނުކުންނަން ދިޔަތަނުން ތަންކޮޅެއް ދުރުން މީހަކު ތުބުން ފުމެލި އަޑު އިވުމުން އިޝާންގެ ތުންފަތުގައި ކުޅެލީ ސިއްރުވެރި ހިނިތުންވުމެކެވެ. އެއީ އޭޖެންސީގައި އެމީހުން ބޭނުންކުރާ ކޯޑެކެވެ. އެގޮއްވި ރާގަކީ އެހީ އައިއްސި ކަން އަންގަން ގޮއްވާ ރާގެވެ.

ނަމަވެސް އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ މިއުވާން ބަޑިއެއް ނަގާ ގަސްތަކާއި ދިމާލަށް އަމާޒުކޮށް ޖެހުމުންނެވެ. އެމީހުންނަށް ބަޑިއެއް ލިބެންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެތަނުން ކޮންމެ މީހެއްގެ އަތުގައިވެސް ކުޑަ ފިސްތޯލައެއް އޮތެވެ. އިތުރަށް ހައިރާންވީ އެއިން ކޮންމެ ބަޑިއެއްގައިވެސް ސައިލެންސާއެއް ލައްވާފައި އޮތުމުންނެވެ. އެބަޑި ތަކާއި އިޝާންގެ ގޮޅީގައި މަރާލައިފައިވާ ހަށިގަނޑުތަކަށް ބަލާލުމުން އެމީހުން އެއީ އެމީހުން ހީކުރި ވަރަށްވުރެ ނުރައްކާތެރި ބަޔެއްކަން އިޝާންއަށް އެނގުނެވެ.

އިޝާންއަށް އިތުރު ހާސްކަމެއް ލިބުނީ މިއުވާން ދޫކޮށްލި ވަޒަން މީހެއްގެ ގަޔަށް އެރިކަން އެނގުމުންނެވެ. އަށް މީހުން އެއްފަހަރާ އެ ގަސްތަކާއި ދިމާލަށް ބަޑި ޖަހަން ފެށިއެވެ. އެތައއް އިރަކު ބަޑި ޖެހުމަށްފަހު އެމީހުން ހުއްޓާލި އަޑު އިވުނެވެ. ދެން އިވުނީ ގަސްތަކާއި ދިމާލަށް އެއްބަޔަކު ދުއްވައިގަތް އަޑެވެ. ޖިފުޓި ދޮރު ކުރިމަތީގައި ބަޑި ތިރިނުކޮށް މިއުވާންގެ އިތުރުން މިޒާން ހުރިތަން އިޝާންއަށް ފެނުނެވެ.

………………………………………………………

މިހުރާން އެހެން އެންމެން ފަހަތުން ގޮސް ހުއްޓުނީ ޖިފުޓިގަނޑު ފެނުމުންނެވެ. އިރުއިރުކޮޅާ އިޝާންގެ ވޭނީ ހަޅޭކުގެ އަޑު އިވެއެވެ. އެމީހުން ދުރުގައި ހުރި ގަސްތަކެއްގެ ފަހަތުގައި މަޑުކޮށްލިއެވެ. މުޅިއެކު ނުވަ މީހުން އެމީހުންގެ ތެރޭގައި ތިބި އިރު ޖިފުޓިގަނޑު ތެރޭގައި މުޅިއެކު ތިބީ އަށް މީހުންނެވެ. އެމީހުން ބޭނުންވީ އެ ޖިފުޓިގަނޑުގެ ތެރޭގައި ތިބި މީހުންގެ ސަމާލުކަން އެމީހުންނަށް އަނބުރާލާށެވެ. އެހެންކަމުން މިހުރާން ތުބުން ފުމެލިއެވެ. ނަމަވެސް އެމީހުންނަށް ސިހުން ލިބުނީ އައި ނައި ތަނެއް ނޭނގި މިހުރާންގެ ފަލަމަސްގަނޑަށް އެރި ވަޒަން ފެނުމުންނެވެ. އިރުކޮޅެއްނުވެ ވާރޭ އޮއްސާލި ފަދައިން ވަޒަންތައް އެމީހުން ތިބި ދިމާއަށް އަންނަން ފެށިއެވެ. ނަމަވެސް އިތުރު މީހަކަށް އަނިޔާ ނުވެ އެތަނުން ނުކުމެވުނެވެ. މިހުރާންގެ އަތުން ލޭމަނާ ކުރެވޭތޯ މަސައްކަތް ކުރަމުން ޝާފިއު ސާރއާއި ޕޮލިސް މީހެއް ގަސްތަކުގެ ތެރެއިން ލާފައި ޖިފުޓިގަނޑާއި ދިމާލަށް އަޑެއް ލައްވާނުލާ ދިޔައީ ހަމީހުން ދެން ތިބި މީހުން ދިޔަ ދިމާލަށް ދިޔުމުންނެވެ. އެމީހުންގެ އަތުގައި ބަޑި ހުންނާނެކަމަށް އެއްވެސް މީހަކު ހިޔެއް ނުކުރެއެވެ. ނަމަވެސް އެތަނުގައި ތިބި އެތައް އަހަރެއްގެ ޓްރެއިނިންނެއް ފުރިހަމަ ކޮށްފައިވާ ބޔެއްކަމުން އެމީހުންނާއި މެދު ހާސްވާކަށް ނުޖެހުނެވެ.

ޖިފުޓި ދޮރު ކުރިމަތީގައި މިއުވާންގެ އިތުރަށް ހުރި މީހާ ފެނުމުން އެމީހުން މަޝްވަރާ ކޮށްލިއެވެ. އެންމެފަހުން މިހުރާންގެ ޒަހަމުގައި ރަގަޅަށް ފޮތިއަޅައި ލޭމަނާކުރިއެވެ. ކޮރު ޖަހަމުންވެސް މިހުރާންއަށް ކުޑަކޮށް ހިނގޭނެކަމުގެ ޔަގީން ކަން ދިނުމުން ތިން މީހުންވެސް މުޅި މޫނު އެއްކޮށް ނިވާވާ ވަރުގެ މާސްކެއް އެޅިއެވެ. އެއަށްފަހު މިއުވާންމެންނަށް ނުފެނި އެމީހުންނާއި ވީހާވެސް ކައިރީގައި މަޑުކޮށްލިއެވެ. ޝާފިއު ސާރއާއި ޕޮލިސް މީހާ ދެ ސްޕްރޭ ފުޅި ނެގިއެވެ. އެއް ފުޅި ޖެހުމުން ކަޅު ދުން ތަކެއް ވަށާލިއެވެ. އަނެއް ފުޅިން ޕެޕާރ ސްޕްރޭއެވެ. ދޮރު މަތީގައި ތިބި މީހުންނަށް ލޯ ހުޅުވާލާނެ ފުރުސަތެއްވެސް ނުދީ ޝާފިއު ސާރއާއި ޕޮލިސް މީހާ އެދެމީހުން ޓެކެލްކޮށް އެމީހުން ބިންމައްޗަށް ވައްޓާލާ އެމީހުންގެ ބަޑި އތުލައި އެމީހުންގެ އަތުގައި ބިޑި އެޅުވިއެވެ.

ތަންވަޅު ބަލައި މިހުރާން އޭނާ ދެވުނު އެންމެ ބާރަކަށް ގޮސް ޖިފުޓި ގަނޑު ތެރެއަށް ވަތެވެ.އެތަނުގައި ވަކިން ހުރި ކުޑަ ގޮޅި ފެނުމުން އޭނާ އެތަނަށް ބޯދިއްކޮށްލި ގޮތަށް އޯކާ ދެމިގަނެވުނީ އެތަނުން ދުވި ކުނި ވަހުންނެވެ. އެ ގޮޅީގެ ހަތަރު ކަނުގައި މަރުވެ ކުނިވެފައިވާ ހަށިގަނޑުތައް ފެނުމުން ބިރުން ދެލޯ ބޮޑުކޮށްލެވުނު އިރު ފަކުރު ގަތްވަރުން އޭނާ ބޭނުންވީ ނުކުންނާށެވެ. އެތަނުގައި އައްސާފައިވާ އިޝާން އޭނާއަށް ފެނުނީ މާފަހުންނެވެ. އިޝާންގެ ސިފަ ވަނީ އެއްކޮށް ގެއްލިފައެވެ. މުޅި މީހާގެ ހަންގަނޑު ފިހިފައި ވާއިރު ސިނގިރޭޓު ޖެއްސި ތަންތަން ރީތިކޮށް ފެންނަން ހުއްޓެވެ. އަނގައިންނާއި ނޭފަތުން ލޭތައް އޭރުވެސް އަންނަމުން ދިޔައެވެ.

އިޝާން ކުކުރާލި އަޑަށް އޭނާގެ ހަމަހޭވެރިކަން ލިބުނެވެ. އޭނާ އަޑުގެ ނެތްތަނަށް ޝަފިއު ސާރއަށް ގޮވާލަމުން އިޝާން އަތްފައި މުހާލިއެވެ. މިހުރާންގެ ފަޔަށް ލިބިފައިވާ ޒަހަމުގެ ސަބަބުން އިޝާން ނަގައިދޭނެ ހިތްވަރެއް ނެތެވެ. އިޝާންއިނީ އެކަނި ހާލަށް ތެދުވެވޭނެ ހާލަތެއްގައެއް ނޫނެވެ.

އިރުކޮޅެއްގެ ތެރޭގައި ޝާފިއު ސާރ އައިސް ވަތެވެ. އޭނާވެސް ފުރަތަމަ ހުރީ ލިބުނު ޝޮކުގައި ގުޑިލަންވެސް ނޭނގިފައެވެ.މިހުރާން ގޮވާލުމުން ޝާފިއު ސާރ އަވަސް އަވަހަށް ގޮސް އިޝާން ނެގިއެވެ. އޭނާއަށް އެއްވެސް ވަރަކަށް ކޮޅަށް ނުހުރެވޭތީ އިޝާން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންދިޔައެވެ. އިޝާން ނެގި ގަޑީގައި އެ ގޮނޑީގައި ހަރުކޮށްފައިވާ ކަށިތައް ފެނުމުން މިހުރާންއަށް ލިބުނީ އިތުރު ޝޮކެކެވެ. އިޝާންގެ ގައިގައި އަޅާނެ ވޭން އޭނާއަށް އިހުސާސްކޮށްލަންވެސް ދައްޗެވެ.

މިހުރާން ޝާފިއު ސާރ ފަހަތުން ކޮރު ޖަހަމުން ނުކުތްއިރު ދެންތިބި މީހުން ތިބީ އެތަނުގައި ތިބި ގޭންގު މީހުންގެ އަތުން އެމީހުންގެ ހަތިޔާރުތަށް އަތުލާ އެމީހުންގެ އަތުގައި ބިޑި އަޅުވައިގެންނެވެ. އެތަނުން ހަތަރު މީހަކު ވަނީ ހޭނެތިފައެވެ. ޕޮލިސް މީހުންނަށާއި އޭޖެންސީ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ.

ޕޮލިހުންގެ އިތުރު ލޯންޗެއް އައުމުން އެއެންމެން އަވަހަށްވެސް މާލެއަށް ދެވޭތޯ ބެލިއެވެ. އެއްބަޔަކު މަރާލައިފައިވާ މީހުންގެ ހަށިގަނޑުގެ ކަންތަކުގައި މަސައްކަތް ކުރަނފެށިއެވެ. ހައްޔަރު ކުރެވުނު މީހުން ޕޮލިސް ސްޓޭޝަންއަށް ގެންދެވުނުއިރު އިޝާންއާއި މިހުރާން ގެންދެވުނީ އޭޖެންސީގެ ހޮސްޕިޓަލަށެވެ. އެތަނުގައި މާލޭގެ އެންމެ ރަގަޅު ހޮސްޕިޓަލް ތަކާއި އެއްވަރަށް ފަރުވާ ދެވެއެވެ. މީޑިއާގެ ސަމާލުކަން އިޝާންއާއި މިހުރާންއަށް ލިބިއްޖެއްޔާ އެމީހުންގެ ކަވާރ ގެއްލި އެމީހުންނަށް ކުރިމަތިވެދާނެ ގެއްލުންތަކަށް ވިސްނާފައި ޕޮލިހުންވެސް އެމީހުންގެ ވާހަކަ ސިއްރުކޮށްދޭން އެއްބަސްވިއެވެ.

……………………………………….

އުޝާމެންނަށް އިޝާންގެ ހަބަރެއް ލިބުނީ އެދުވަހު މެންދުރު އެކެއްވެސް ޖެހި ފަހުން ޝާފިއު ސާރގެ ފަރާތުންނެވެ. މިހުރާންއަށް އިޝާންއަށް ލިބުނު އަނިޔާއާއެކު އަދިވެސް ފަރުވާދެނީ ކަމަށް ޝާފިއު ސާރ ބުނި ފަހުން ޔަނާލްގެ ދެފައި އެއްތާކު ނުޖަހާ ސިޓިންރޫމްގެ ދެކޮޅަށް ހިގާލަ ހިގާލަ ހުރިއިރު އުޝާވެސް އިތުރު ކަމަކާއި ނޫޅެ ފޯނު އަތަށް ލައިގެން އިނީ ހަބަރެއް ވޭތޯއެވެ. ހަވީރު އަތަށް އެޅިއިރު މިހުރާންގެ ހާލު ރަގަޅު ކަމަށް ހަބަރު ލިބުނެވެ. ނަމަވެސް އިޝާންގެ ހާލު އަދުވެސް ސީރިއަސްއެވެ. އިޝާން ހަމައަކަށްއެޅޭ ވަރުވީ އެރޭ ދަންވެސް ވީ ފަހުންނެވެ. ކުރީ ރޭވެސް ނުނިދާ ތިބުމުން ޔަނާލްއާއި އުޝާވެސް ފަހުން ނިދަން އޮށޯތީއެވެ.

ނުނިމޭ

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ހިތްވެސް ދިނީމޭ

Next

ފުހެވިގެން ނުދާނޭ (ކިޔުންތެރިންގެ ސަމާލުކަމަށް )

Next
May 12, 2020

ފުހެވިގެން ނުދާނޭ (ކިޔުންތެރިންގެ ސަމާލުކަމަށް )

Previews
May 11, 2020

ހިތްވެސް ދިނީމޭ

6 Comments!

  1. Larkuu?? says:
    May 11, 2020 at 11:37 pm

    Wow varah reethi I love to read this kinda strys.. comment nukuriyakas baraabarah kiyan mivaahaka avah anehbai up kolladhechey.lysm and stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. idontcare says:
      May 12, 2020 at 9:22 pm

      thanku vhaaves avahakah next art nereveytho balaanan stay safe

  2. Nauphoon says:
    May 12, 2020 at 9:43 am

    ❤❤❤❤❤❤❤❤❤

    1. idontcare says:
      May 12, 2020 at 9:32 pm

      ❤️❤️❤️

  3. Faiherrr?? says:
    May 12, 2020 at 5:48 pm

    ????

    1. idontcare says:
      May 12, 2020 at 9:33 pm

      ❤️??

Comments are closed.


All Right Reserved!