ޒޯޔާ ހެމުން އައިސް ޒެނީޝް ކުރިމަތީ ހުއްޓިލިއެވެ. ޒެނޝް އައްވެސް ހެވުނެވެ. ޒޯޔާއާއި ޒެނީޝް ސޯފާގައި އިށީނީ ދެންމެ ހިނގި ކަންތައް ކިޔާ ދޭން ޒެނީޝް ގާތު އެ ދެމުން ނެވެ. ވީގޮތް ކިޔާ ދިން އިރު ދެމީހުން ވެސް ތިބީހެވިފަ އެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ނާއިފް އަނެއްކާވެސް ވަދުނެވެ. “ޒޯޔާ! މިރޭ ތި ދެމީހުން އެއްކޮޓަރީ ނިދާ! މާދަން އިރު […]
އަޅުގަނޑުގެ ވާހަކަ ދިގު މުދަތަކަށް މެދުކެނޑިފަ އި ވާތީ ވަރަށް ބޮޑަށް މާފަ އް އެދެން. އަޅުގަނޑުގެ ޖީސީ ނިމުމުން ވާހަކަ ކުރިޔަށް ގެންދަން ވިސްނަ އިގެން ހުރީ. އިންށާ ﷲ ވަރަށް އަވަހަށް “ނޭނގޭ! 16” ނެރެދޭނަން. ? ކިޔުން ތެރިންގެ ފަރާތުން ކުރިން ލިބުނު ސަޕޯޓް ދެންވެސް ލިބޭނެ ކަމަށް އުންމީދު ކުރަން. ❤️?
“ޔާން!!!” ޒެނީޝް ގޮވި އަޑު އިވުމުން އަޔާން ސިހިގެންދިޔައެވެ. މިފަހަރު އެގޮވީ ނިދީގައި ނޫންކަން އެނގުމުން މީހާ ހާސްވިއެވެ. ޒެނީޝް އައް ބެލްކަނީގައި ހުރެފައި ތެޅިގަން އަޔާން މާރީޗައްވެސް ފެނުނެވެ. ރުޅިއައިސް ރަތްވެފައި ހުރި ޒެނީޝް އަންނަމަންޒަރު ފެނުމުން އަޔާން ދުއްވައިގަތީ ދާށެވެ. ނަމަވެސް އޭނާ ލައިގެން ހުރި ގަމީހުގެ އެއްބައި […]
ޒެނީޝް އޭގެ އަނެއްދުވަހު ރޭގަނޑު ރީތިވާމޭޒު ކައިރީ އިށީދެލިއެވެ. ހިތުގައި ނުތަނަވަސްކަން އުތުރި އަރަމުން ދިޔައެވެ. ލައިގެން އިން ހުދުކުލައިގެ ހެދުމުގައި އިރުއިރުކޮޅާ އަތްފޮހެލެވެނީ އަތްދިޔަލަމުން ދާތީއެވެ. މާބޮޑު މޭކަޕެއް ކުރުމެއްނެތި ކޮޓަރިން ނިކުތެވެ. އޭރު ދޮރުމަތީގައި ދެޖީބަށް އަތްޖަހާލައިގެން އަވަން ހުއްޓެވެ. ޒެނީޝް ދިޔައީ ސިއްސައިގެންނެވެ. ނިކުތް ދޮރުގައި ބަން ލާފައި ޖެހުނެވެ. އަވަން […]
“ޝިއާން!” ޒެނީޝް ލޯބޮޑުކޮއްލަމުން ބުނެލިއެވެ. ނާއިފް ހިތްހަމަ ނުޖެހިފައި އިދެ ބޯޖަހާލިއެވެ. “ތި އުޅުމެއް ނެތް ފިރެހެނަކާ ހެދި އަޔާންދޫކޮއް ރުޅިމޫނު ހަދައިގެން ތިއުޅެނީ؟ ބަލަ އަޔާން އެއީ ޒެނީޝްގެ ވާންހުރި ފިރިމީހާއޭ!” ނާއިފް ޒެނީޝްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ޒެނީޝް އިސްޖަހާލިއެވެ. “އަ..އަޅުގަނޑާ ޝިއާން ބްރޭކްއަޕްވާން މިއުޅެނީ!” ޒެނީޝް އަމިއްލަ އިގިލި ތަކާއި ކުޅެމުން ބުނެލިއެވެ. “ކޮންއިރަކުން؟ ޒެނީޝް […]
ޒެނީޝް ކޮޓަރީން ނުކުމެގެން ދިޔަ މަންޒަރު ބަލަން އަޔާން އައް އޮވެވުނީ ހައިރާންވެފައެވެ. ގައިގައި އަޅަމުންދާ ވޭނަށް ވުރެން ހިތުގައި އަޅާ ވޭން މާ ބޮޑެވެ. ކެތްކުރަން އަމިއްލަ ނަފްސު ގާތު ބުނަމުން ދިޔައިރު އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒެނީޝް ނުކުތުމުން ވަން ސުޒާނާއަށް މިމަންޒަރު ފެނުމުން ދޮރުލައްޕާލާފައި އަޔާން […]
“އަޔާން…” ޒެނީޝް އައް ކިޔާލެވުނެވެ. ޒަހުވާ އައިސް ޒެނީޝް ނެގިއެވެ. އަދި އިތުރަށް މަޑުނުކޮށް ހޮސްޕިޓަލަށް ދާން ކާރަށް އެރިއެވެ. ދިޔަމަގުމަތީ ޒުބޭރުއާއި ނާއިފްއައް ގުޅާ ވެގެން އުޅޭ ގޮތުގެ ހަބަރު ދިނެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު ބާރު ދުވެލީގައި އަޔާން ބާއްވާ ފައިވާ ކޮޓަރިއަށް ދިޔައެވެ. ޒެނީޝް ވެސް ލާގެންހުރި ވެޑިން ޑްރެސް ކޮށިކޮއްލާފައި ގޮސް ޒަހުވާ އާއި އާޝިޔާ ފަހަތުން ވަނެވެ. އޭރު ޑޮކްޓަރ އެދުކާރީ މަޑުކޮށްލައިގެން […]
“ޔާން ހިނގާމެރީ ކުރަން. އަހަރެން އެއްބަސް!” ޒެނީޝް ހިނިތުންވެލަމުން ބުނެލިއެވެ. އަޔާން ކޮށިއެރިއެވެ. ޒެނީޝް އަވަހަގޮސް އަޔާންގެ ބުރަކަށީ ފިރުމާލާފައި ފެންތައްޓެއް އަޅާދިނެވެ. “ނީޝް! އަހަރެން މަޖުބޫރުކޮށްގެން ކާވެނި ކުރާކަށް ބޭނުމެއް ނޫނޭ!” އަޔާން ފެންފޮދެއް ބޯލަމުން ބުނެލިއެވެ. “ކާކު ބުނީ މަޖުބޫރުކުރިއްޔޭ! ހަމައަސްލުވެސް ޒެނީޝް އެއްބަހޭ!” ޒެނީޝް ހިނިތުންވެލަމުން ބުނެލިއެވެ. އަޔާން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭގެ އަނެއް ދުވަހެވެ. ޒެނީޝް ތެދުވި ގޮތަށް ޒަހުވާ […]
“ޒެނީޝްއާ އަޔާންގެ ކާވެނި އަވަސް ކޮއްދެވިދާނެތޯ؟” ސުޒާނާގެ ބަސްތައް އަޑު އިވުމުން ޒަހުވާއާއި ނާއިފް އެކަކު އަނެކަކަށް ބަލާލީ ހިނިތުން ވެލާފައެވެ. ******************************* އަރާގެން އައި އިރުގެ ދޯދިތައް ޒެނީޝް މޫނަށް އެޅުމުން އުދަގޫވެގެން ޒެނީޝް އެނެފަރާތަށް ފުރޮޅިލިއެވެ. ނަމަވެސް ކޮޓަރިތެރޭހުރި އަލިކަމުގެ ސަބަބުން ނިދި އެކީހެން ފިލާދިޔައެވެ. މަޑުމަޑުން ތެދުވެލާފައި ޒެނީޝް މޯޅިއަކަށް ދެމިލިއެވެ. ކޮންމެވެސް ވަރަަކަށް ކެހިފަހުރި ބެލްކަނީގެ ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އެޅިފައިވާ […]