
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނުހާ އަދިވެސް އޭނާއަށް ހުރިހާ ކަމެއް ހަދާން ވެއްޖެކަން ޝާން ގާތުވެސް އަދި ޒާން ގާތުވެސް ނުބުނެއެވެ. ޝާން މުޅިންހެން އެއްކޮށް ބަދަލުވެއްޖެއެވެ. އޮފީހަށް ގޮސްފައިވެސް ނުހާ އަށް ގުޅައިން ވާހަކަ ދައްކައެވެ. ރޭގަޑުގަޑީ ނުހާ ގޮވައިން ބުރު ޖަހާލަންވެސް ދެއެވެ. އަރީކާ ޝާންއަށް ގުޅާލެއްވެސް މަދެވެ.
” ހަލޯ.. ކީކޭ ޒީ..” ނުހާގެ ފޯނު ރިންގް ވުމުން ފޯނު ކަންފަތުގައި ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
” ނުހާ.. ކިހިނެއް މިހާރު؟ މިއަންނަ ހުކުރު ދުވަހުގެ ރޭ އެބައޮތް ފިލްމް ފެއާރ އެވޯޑްސް.. ނުހާ އަށް ދައުވަތު ދީފަ އެބައިން. ކީކޭ ބުނަން ވީ… އެކޮޅުން އަންގަނީ އަންނަ މީހުން ކޮންފޯމް ކުރަން..” ޒީ ވާހަކަ ދެއްކިއެވެ.
” އާން އަހަރެން ދާނަން ދެން މިއޮތީ 3 ދުވަސް ދޯ އަޅެ އަހަރެން ހެދުން ފަހަން ވެސް ބޭނުން.. ޒީ އެރޭންޖު ކޮށްލަދެއްޗޭ..” ނުހާ މިހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ޓީވީ އަންނަމުން ދިޔަ ޗެނަލްތައް ފަހަރުކު ޗެނަލަކަށް ބަދަލު ކުރަމުން ނުހާ ދިޔައި ބަލާހިތްވާ އެއްވެސް އެއްޗެއް ނުދައްކާތީއެވެ. ގޭތެރޭގައި އެކަނި އިންނަން ޖެހުމުން މުޅިމީހާގެ ސިކުޑި އެއްކޮށް ވަނީ ސަކަރާތް ވެފައެވެ. ޝާންވެސް ހެދުނު އޮފީހަށް ދިޔަގޮތަށް އަދި ނާދެއެވެ. ޒާން ވީ މިއަދު ސުކޫލުގެ ފަރާތުން ވިލިގިއްޔަށް ދަތުރު ގޮހެވެ. ނުހާ ނީދެވިގެން ފޮތިގަޑެއް ހިފައިގެން އައިސް ތަންތަން ފޮޅަން ފެށިއެވެ. މީހަކު ދޮރުގައި ބެލް އެޅުމުން ނުހާ ދިއައި ސިއްސައިގެންނެވެ. ޝާން ވެއްޖެއްޔާ ޕިން ޖަހާފައި އެތެރެއަށް ވަންނާނެއެވެ. ނުހާ ފަރި ހިގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އަރީކާއެވެ. ނުހާއަށް އެއީ އަރީކާކަން ވަރަށް ރަގަޅަށް އެގެއެވެ. ނަމަވެސް އޭނާ އަދި އެއްވެސް މީހަކަށް އޭނާ ހަދާން އައިކަން އަންގާކަށް ބޭނުމެއް ނޫނެވެ.
” ކާކު؟” ނުހާ ހައިރާންވެފައި ހުރިކަން ދައްކާލަމުން ހިނިތުންވެލާފައި އަހާލިއެވެ.
” މީ ޝާންގެ ފްރެންޑެއް…. ޝާން އަށް ގޮވާލަންވެގެން މިއައީ..” އަރީކާ ދޮގު ހަދާލީ ނުހާއަށް ހަގީގަތުގައިވެސް ހަދާން ނެތުނުތޯ ބެލުމަށެވެ.
“އޯ…. އާދޭ އާދޭ… ދެންމެވެސް ޝާން ގުޅި ނުބުނޭވިއްޔަ އަންނަ ވާހަކައެއް..” ނުހާ އަރީކާ އެތެރެއަށް ވަންނަން ތަންދައްކަމުން ބުނެލިއެވެ.
” އަޅެ އަހަރެންވެސް ދޯ… ކޮންނަމެއްތަ ކިޔަނީ… އަހަންނަށް ކިޔަނީ ނުހާ..” ނުހާ ވެސް ގަސްދުގައި ނޭގޭ ކަމަށް ހެދިލިއެވެ.
” އަރީކާ… ކޮން އިރަކު ޝާން އަންނަނީ…” އަރީކާ ސޯފާގައި އިށީންނަމުން އަހާލިއެވެ.
” އިރުކޮޅަކުން އަންނާނެ… މަޑުކޮށްލައްޗޭ އަންނާނަން ބޯއެއްޗެއް ހިފައިން.” ނުހާ ގޮސް ފްރިޖްއިން ކޯކް ދެ ދަޅު ނަގައިގެން އައިސް އިށީދެލިއެވެ.
” ކޮބާ ދަރިފުޅު.. މިއަދު ގޭގަ ނެތީތަ؟ ” އަރީކާ އަހާލީ ޒާންގެ ހިލަމެއް ގޭތެރެއިން ނުވުމުންނެވެ.
” އެސޮރު ވީ ވިލިގިއްޔަށް ގޮސް.. މިރޭ އަންނާނީ..” ނުހާ އަދިވެސް ހުރީ ވަރަށް ހެވިފައެވެ. ބައެއް ފަހަރު ހަމަ ހަގީގަތުގައިވެސް ސިކުޑި ހަމަ ނުޖެހޭ މީހެއްހެން އޭނާ ހީވެއެވެ. ދެމީހުން ކުރީގެ ވާހަކަތައް ދެއްކުމުގައި ތިއްބެވެ. ކިޔަވަން އުޅުނު ދުވަސްވަރު ޝާން އާ ދިމާވި ވާހަކަ އާ ޝާންގެ ހުންނަ ލަދުރަކި ކަމުގެ ވާހަކަ ދައްކަމުންގޮސް ދެމީހުން ހިނިގަޑު ޖަހާލައެވެ. ޝާން އޮފީސް ނިންމާލުމަށްފަހު އައިސް ގެއަށް ވަތް އިރު އަރީކާ އިންތަން ފެނުމުން އޭނާގެ އަތުން ދަބަސް ދޫވިއެވެ. ނުހާއަށް މިތަން ވަރަށް ރަގަޅަށް ފެނުނެވެ. ނަމަވެސް ނޭގޭ ކަމަށް ހަދާފައި ތެދުވެގެންގޮސް ޝާންގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ޝާން.. އަރީކާ އެއައީ ޝާން ދެކިލަންވެގެން… ޝާންގެ ކުރީގެ ރައްޓެއްސެއްނުން.. ދޭ އަވަހަށް ޗޭންޖް ކޮށްލައިގެން އަންނަން… ” ޝާންގެ ކޮލަށް ދޮނެއް ދެމުން ނުހާ ބުނެލިއެވެ. ނުހާ ގަސްދުގައި އަރީކާއަށް ދައްކަން ވެގެން ދޮނެއް ދިނީއެވެ. އަރީކާ ބެލީ ވީހާވެސް އެއްވެސް ކަމެއް ނުދައްކާވޭތޯއެވެ. އޭނާގެ ހިތު ތެރޭގައި ރާވާފައި ރޭވުންތައް ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ކާމިޔާބު ކުރާނެއެވެ. ޝާން ކޮޓަރިއަށް ވަނުމުން ނުހާ އަނެއްކާވެސް އައިސް އަރީކާއާއި ވާހަކަ ދެއްކުމަށް އިށީދެލިއެވެ.
” އަރީކާ އުޅެނީ މާލެގަތަ؟” ނުހާ އަހާލިއެވެ.
” އަހަރެން މާލެ އައީ މިއަދު ހެދުނު.. އައިގޮތަށް މިއައީ މިގެއަށް.. މާލޭގަ އަހަރެން ހުންނާނެ ތަނެއްވެސް ނެތް. ދެން ވީ ހޮޓެލްތަކެއް ބަލާލަން ދާން..” އަރީކާ އަދިވެސް ދޮގު ހަދަމުން ދިޔައެވެ. ނުހާގެ ހިތަށް އެރިއެވެ. މީހާދަހާވާ ނުލަފާ ދޮގު ހަދާ އަންހެނެކެވެ. ނުހާއަށް ރަގަޅަށް އަރީކާ މީގެ މަސްދުވަސް ކުރިން މާލެއައިކަން އެގެއެވެ.
” ނޫނޭ.. ކީއްކުރަން ހޮޓެލް އެއް ބަލަން ވީ މިގޭގެ މެއިޑް ރޫމް ހުންނާނެ.. މެއިޑެއް ނެތަސް..” ނުހާ ހެވިލާފައި ބުނެލިއެވެ. ނުހާގެ މަގްސަދަކަށް ވީ އަރީކާ އެގޭގައި މަޑުކުރަން ބޭނުންތޯ ބެލުމެވެ. ނުހާމެންގޭގައި އަރީކާ ފުރަންދެން ހުރެވޭނެއޭ ނުހާ ބުނެލިއެވެ. އަރީކާ ހިތާ ހިތުން އުފަލުން ފޮޅެންފެށިއެވެ. އޭނާގެ ރޭވުންތައް ކާމިޔާބު ވުމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. ޝާން ފެންވަރާ ހަދާލައިގެން ބޭރަށް ނުކުތެވެ. ޝާން ފެނުމުން ނުހާ އަތުން ހަނާއަޅާލީ އެތަނަށް އައުމަށް އެދެމުންނެވެ. ޝާން އައިސް ނުހާގެ ކައިރީގައި ސޯފާގައި އިށީނެވެ. އަދި ނުހާގެ ކޮޑަށް އަތްލުމަށްފަހު ގާތް ކޮށްލިއެވެ. އަރީކާ ދެއަތް މުއްކަވާލިއެވެ. ނަމަވެސް ހިމޭނުން އިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
” ޝާން އަރީކާ މިއަދުއޯ މާލެ އައި.. އަދި ހުންނާނެ ތަނެއްވެސް ނެތޯ.. ޝާންގެ ރައްޓޭއްސެއްވީމަ އަހަރެން ބުނިން މިގޭގަ މަޑުކޮށްލާށޭ… އޯކޭނުންދޯ..” ޝާން އަށް ދޯ އެއްލަމުން ނުހާ ބުނެލިއެވެ. ޝާންގެ ހިތް ނުތަނަވަސް ވާންފެށިއެވެ. އަރީކާ މިހާ ބޮޑު ދޮގެއް ހެދުމަށްފަހު މިގެއަށް އަންނަންޖެހޭ ސަބަބަކީ ކޮބާބާއެވެ. މާލޭގައި އަމިއްލަ ގެއެއް ހުރި އަންހެން ކުއްޖަކު ދެމަފިރިން އުޅޭ ގެޔަށް އަންނަން ޖެހޭ ސަބަބެއް ޝާން އަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ޝާން އަރީކާއާ ވީހާވެސް ދުރުވެވޭތޯ މަސައްކަތް ކުރިއެވެ. މިވީހާ ދުވަހުވެސް އޭނާ އަރީކާއާ އެއްކޮށް އުޅުނީ އޭނާގެ ހިތުން ނުފިލާ އެތަކެއް ކަންތައް ތަކަކާހެދިއެވެ.
” އޯ… އަދި ހަނދާންނެތޭ.. ކޮބާ އަރީކާ މައިންބަފައިން… މާލޭގަ ނުންތަ އުޅެނީ..” ނުހާ މިކުރި ސުވާލުން ޝާން ހާސްވާ ގޮތްވިއެވެ. މުޅި މީހާ ދާހިއްލާ ފޯވާންފެށިއެވެ. އަރީކާ ޝާންއަށް ބަލާލިއެވެ.
” އަހަރެން މައިންބަފައިން ވީ މީގެ 16 އަހަރު ކުރިން މިދުނިޔެއާ ވަކިވެފަ… ” އަރީކާ އަށް ރޮވޭގޮތްވިއެވެ. ހަގީގަތުގައިވެސް އޭނާ އަށް އަސަރުތަކެއް ކޮށްފިއެވެ. އޭނާގެ މައިންބަފައިން މަރުގެ ހަގީގަތް އެގެނީ އޭނާ އަށާއި ޝާންއަށް އެކަންޔެވެ.
” މީގެ 16 އަހަރު ކުރިން މެލޭޝިއާގަ ހިގި ކާރު އެކްސިޑެންޓެއްގައި ނިޔާވީ… ކާރު ދުއްވަން އިންމީހާވެސް އަދި އަނެއް ކާރުގަ އިން މީހާވެސް ވަނީ އެދުވަހު އެތަނުން ފިލާފަ… ޕޮލިހުން ހޯދި ހޯދުމުންވެސް ވަނީ ކޮންބައެއްކަން ހާމަ ނުވެފަ..” އަރީކާ ނޭގޭކަމަށް ހަދާލިއެވެ. އޭނާއަށް އޭނާގެ މައިންބަފައިންގެ ގާތިލަކީ ކާކުކަން ވަރަށް ރަގަޅަށް އެގެއެވެ. ޝާން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ އެއީ ކާކުކަން ނޭގެއޭ އަރީކާ ބުނުމުންނެވެ. ނުހާ އަރީކާ ގާތަށް ގޮސް މަޑުމޑުން އޭނާގެ ގައިގާ ބައްދާލިއެވެ. އަދި ހިތްވަރު ދޭންފެށިއެވެ. މައިންބަފައިން ނިޔާވުމަކީ ކިހާބޮޑު ހިތާމައަކާއި ވޭނެއްކަން ނުހާއަށް ވަރަށް ރަގަޅަށް އެގެއެވެ. އޭނާގެ މައިންބަފައިން ވެސް ވަނީ އޭނާގެ އުމުރުން 6 އަހަރުގައި ނިޔާވެފައެވެ. އެކި އެކި ވާހަކަ ތަކަށްފަހު ނުހާ އަރީކާއަށް އޭނާ ހުންނަންވީ ކޮޓަރި ދައްކާލިއެވެ. އަދި އަރީކާ ކޮޓަރިއަށް ވަނުމުން ނުހާ އައިސް ޝާން ގާތުގައި އިށިނެވެ.
” ވަރަށް ދެރަދޯ.. ނިކަމެތި ކުއްޖެއް… އަރީކާއަށް ފަންޑްދޭ މީހާ އެއީ ވަރަށް ހިތްހެޔޮ މީހެއް…” ނުހާ ބުނެލިއެވެ.
” އޭ ފަންޑް ދޭ މީހާއޭ… ކޮން ފަންޑެއް.” ޝާން އަނެއްކާވެސް ހާސްވާން ފެށިއެވެ.
” ނޭގެ.. އަރީކާ ބުނި އޭނަގެ މައިންބަފައިން ނިޔާވެގެން 2 މަސްވެސް ނުވެޔޯ ކާކުކަން ނޭގޭ މީހެއްގެ ފަރާތުން ކިޔެވުމަށާއި މެލޭޝިއާގަ ހުންނަން ހުރިހާ ހަރަދެއް ކޮށްދެން ޑޮލަރު ފޮނުވާ ވާހަކަ.. އެމީހަކު ހޯދުމުގަ އަރީކާ އުޅެނީ މިހާރު… އެއީ ކީއްވެގެން ފޮނުވާ އެއްޗެއެއް ކަމެއްވެސް ނޭގެޔޯ ބުނީ.. އަހަރެންވެސް ބޭނުން އަރީކާއަށް އެހީވާން..” އަރީކާ ދެއްކި ވާހަކަ ތަކުން ނުހާގެ ހިތުގައި އަރީކާއަށް އޮތް ނަފްރަތު ހަމްދަރުދީއަށް ބަދަލުވަމުން ދިޔައެވެ.
” ވަޓް.. ނުހާ ކީއްކުރަން.. އެކަހަލަ ކަންތައްތައް އެންމެ ރަނގަޅު ވާނީ އެމީހަކު އަމިއްލަ އަށް ކުރިއްޔާ.. ނުހާ އަދި އެއްކޮށް ރަގަޅެއްވެސް ނުވޭނުން. ތިކަހަލަ ބޭކާރު ކަންތަކާ ބޯގާނަން ހަދާނެކަމެއްނެތް..” ޝާން ނުހާ އެމީހަކު ހޯދުން ހުއްޓުވޭތޯ އުޅުނެވެ. އަދި ނުހާ ހިތްހަމަ ޖައްސާލުމަށް ނުހާގެ ބޮލުގައި ދޮނެއް ދިނެވެ. މިމަންޒަރު ފެން ޖަގަށް ފެން އަޅަން ނުކުތް އަރީކާއަށް ފެނުނެވެ. އަރީކާ ދެލޯ އަޅާލުމަށްފަހު ކަރު ކަހާލިއެވެ.
=ނުނިމޭ=
25 Comments!
Comments are closed.
Wooooowwwwwwwww anehbai avahah up kolladhecheyy ingey ❤️❤️❤️
Insha allah madhan libeyne… ?
Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N Me first tha… Lysm N krystal you are so talented.. Maashaallah.. ?????
Thank you lazy queeny….
Haha yes you’re firs… next part insha allah today or tomorrow… ??
Varah reethi mi part vx, Ma Sha Allah ❤❤❤❤❤❤❤ kanthakaa jehuny, aneika mi Areekaa act kuran feshy. Assu Nuha geyga bahahtaafa Areekaa kannannge dhw film kulhen fonuvan v ?????? btw, kon irakun next part up kollaani. Lysm
Hama you are right izabell… Arikaaaaaaaaa maa molhehenu film kulhen…
Thank you izabell..
Hahaha… nuha ah vure act bodu viyya dhw….
Next part insha allah miadhu nuny madhan libey varu kohdheynan.. ❤❤❤
Maashaa Allah…… Haaadhahaaavaa salhiey…….just speechless………. Keep it up sisoo……. & You can come up with new more writing talents sis……..I’m so happy for you..????????
Anyways….. Can I tell you how I like your new story to be?????
Um…..eg…starting love life in a high school in other country… And more additional problems…..
You don’t have to take this idea if u don’t want…… It’s up to you…..
Once again I would like to say you are so talented sis…..keep it…. Curiously waiting….. Take care
I read your replys to my comments….. And I’m happy cuz you are happy and that you get motivated from my words…
LOVE YOU A LOT…….?????????????????
Awwnnnn….. my dongsaeng ❤❤
Thank you for the idea dongsaeng… will consider it when writing a story.. how ever now I have started writing another story so after that maybe i might start with a high school one for the young readers ??
Yes i do get a lot of motivation from your sweet comments.. feels like you are the first fan I gained if I am right! ??
Take care saranghae.. ??
Hama you are right izabell… Arikaaaaaaaaa maa molhehenu film kulhen…
Aan ekey. Ulheba Areekaa ah film akun jaaga eh hwdha dheyn dhw???
Hahaha… izabell aa jimin vegen areeka ah film akun jaaga hoadha dhen v nun ???
Nuhaa n zaan aie daragothae nuhadhaathi areekaayae rangalhu filaavalhae vas deythi
Liyaa bunaa gothah gendheveytho balaanan… keep waiting how it ends…
This part is really nice. I love it. When is next part. Curiously waiting. ?
Thank you faiherrr….
Next part insha allah tomorrow.. ☺
Um……MY LOVE IS ON FIRE… kiyaa film eh salhi vaaney?????????
Eii blackpinkge lava eh nuntha???
Hama ahaaly ingey..
Yeah… Arikaaaaaaaaa aa Varah gulhey film eh.. Sissy kekkey bunaany….
What are you talking about?????? Kon film eh ge vaahaka eh tha….
Mihaaru hurihaa kudhinnah areekage acting maa kamu gohssi dhw.. ???
Jin.. eii areeka ge act bodu kamun ehna film kulhen fonuvaa vaahaka emmen midhahkany… ????
I don’t think so…..aslu playing with fire lyrics ga inna thankolheh eykee……. Kill this love kiyaa lavaeh hure
Yuh.. thats what I am saying.. hehe…
Yes I listen to their songs a lot…
Blackpink, twice, miss A, fx and snsd are the girl groups I listen to… what about you???
Hey Krystal do yo like BTS ? Or do you like rap songs?