Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެންގެ ވާހަކަ.. 7

Annna Level 510 Stories100 Comments100 Login
May 11, 2020 4 Mins Read
11 Comments

އާއިޝް ގޮވަގެން ދާން ހެދުމުން އޭނާ ފުއްކުނޑި ދައްކަން ފެށިއެވެ. އާއިޝް ބޭނުންވީ އަހަރެންގެ ކައިރީގައި މަޑުކުރާށެވެ.

***

މަންމަ އެތައް އެއްޗެއް ކިޔައިގެން އާއިޝް އެއްބަސް ވިއެވެ. އަހަރެންވެސް އިތުރަށް މަޑުނުކޮށް ކޮޓަރިއައް ވަނީ ތާޒާ ވެލަން ބޭނުންވެފައި ހުރި ވަރުންނެވެ. ދޮރުލައްޕާފައި ހޫނުކަމުން އަހަރެން އެނބުރުނީ އޭސީ ޖައްސާލާށެވެ. އެގަޑި އަހަރެންގެ ނަޒަރު އެބޮޑު ކޮޓަރިތެރެއަށް ހިންގާލެވުނެވެ.

މުޅި ކޮޓަރީގެ ހަތަރުފާރު ފަޅު ފިލިވާލާފައި ވަނީ ފެހިކުލައިގެ އެކި ޝޭޑް ތަކުންނެވެ. ކިންގް ސައިޒް އެނދާއިވީ ދިމާލު މައްޗައް ވަނީ އަހަރެންނަށް އެންމެ ރީތި މާ ކަމުގައިވާ ލައިލެކް މާކުރަހާފައެވެ. އެނދާއި ވީދިމާލު އަރިމައްޗަކަށް އިން ބިތުގައި އެއްކޮށް ވަނީ ބިއްލޫރި ޖަހާފައެވެ. އެބިތް އެއްކޮށްވަނީ ހަމަ ފެހިކުލައިގެ ރީތި ދޮރުފޮތިތަކުން ފޮރުވާލެވިފައެވެ. ދޮރު ފޮތިތައް ކަހާލީމައި މުޅީ ކޮޓަރި އެއްކޮށް އަލިވިއެވެ. އެސީ އޮން ކޮށްފައި އަހަރެން ބިއްލޫރި ބިތް ކައިރީީ ހުއްޓެލީމެވެ. އެތަނުން ކަހާލެވޭ ގޮތައް ބިއްލޫރި ދޮރެއް އިނެވެ. އެދޮރު ކަހާލާފައި ނިކުމެވުނީ އެހާ ތަނަވަސް ނޫނަސް ހެޔޮވަރު ވަރެއްގެ ބެލްކަންޏަކަށެވެ.

ކަނޑުން އެއްވެސް ހުރަހަކާ ނުލައި އައި ފިނި ފިނި ވައިރޯޅިތަކުން އަހަރެންގެ ޖިސްމައް އަރާމުކަމެއް ލިބުނެވެ. ދެން އަހަރެން ވަނީ ފާޚާނައަށެވެ. ކުރީ ކޮޓަރި ގޮތައް ސްޓަޑީ ރޫމެއް ނީނދެއެވެ. ނަމަވެސް ބޮޑު ތަނަވަސް ފާހަނައެކެވެ. ފެން ވަރާ ބަޔާއި ފާހާނަ ކުރާ ބައި އިނީ ވަކިންނެވެ. ފެންވަރާ ބައިގައި ބޮޑު ބިލިގާ އެއްވެސް އިނެވެ. އަހަރެން ބިލިގާ އަށް ފެން އަޅާ ފުރާލާފައި އޭގެ ތެރޭގައި ހަށިގަނޑު ދަމާލީ މެވެ.

ފެންގަނޑު ފިނިކަމުން އަހަރެން ތުރުތުރުލާން ފެށިއެވެ. އެގޮތައް އަހަރެންނަށް އޮވެވުނީ އަރާމުކަމުންނެވެ. މަޑުމަޑުން އަހަރެންގެ ލޮލައް ބަރުވަމުން ދިޔައެވެ. ދަތުރު ވަރުބައްޔާ އެކު އަހަރެންނަށް ނިދޭކަށް ގިނައިރެއް ނުވިއެވެ.

އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. “އާޝާ! އާޝާ! ދަރިފުޅާ… އަދިވެސް ނުނިމޭތަ؟ ނިދުނީ ދޯ!؟ އަވަހަށް ނިކުމެ… ހަތަރެއް ޖަހަނީ… އާޝް އެބައުޅޭ ދަރިފުޅު ނައިސްގެން…” އަހަރެން ލައްބައޭ ބުނެފައި ފެންގަނޑުން ތެދުވީމެވެ. އެހާ ގިނައިރު ފެންގަނޑު ތެރޭގައި އޮތުމުން އަހަރެންގެ އަތުގެ އިނގިލިތަކާއި ފައިގެ އިނގިލިތައް ވަނީ ފޯވުމުގެ ސަބަބުން ވަނީ ރޫތަކެއް ޖެހިފައެވެ.

ތުވާލި އޮޅާލައިގެން ކޮޓަރިއަށް ނިކުތުމުން އަހަރެންނަށް ހީވީ އެންޓާޓިކާ އަށް ނިކުމެވުނުހެންނެވެ. ފިނިވެގެން ގޮސް އަހަރެންގެ ދަތްދޮޅި ހީވަނީ ވައިބްރޭޓަރެއް ހެންނެވެ. ފަހާފޮށީގެ ދަތްގަނޑުވެސް ވާނީ ފަނޑެވެ.

ރީތިވެލައިގެން ކޮޓަރިން ނިކުމެވޭ ވަރުވީ ހަތަރުގަޑި ބައި ވަނިކޮށެވެ. އޭރު އާއިޝް އަހަރެން ލަސްވެގެން އުޅެއެވެ. ހަވީރު އެއްކޮށް އުޅުނީ ރަށް ބަލާލުމުގައެވެ. އުދަރެހުން ރަތްވިލާ ފެންނަން ފެށުމުން އަހަރެމެންގެ މިސްރާބު ގެއާއި ދިމާއަށް މިސްރާބުޖެހީމެވެ.

ގެއަށް ވަތްތާ ގިނައިރެއްނުވެ، އަހަރެންގެ ކަންފަތުގައި ޖެހުނީ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑެވެ. އަހަރެން އަވަސްވީ ވާޖިބައިގެން ކުރިއަށް ދާށެވެ. އަހަރެން މަޣުރިބު ނަމާދު ކޮށްލައިގެން އިރުކޮޅަކު ޤުރުއާންވެސް ކިޔަވާލީމެވެ. މާގިނަ އިރެއްނުވެ ޢިޝާ ނަމާދައްވެސް ގޮވިއެވެ.

ނަމާދު ކޮށްލައިގެން އަހަރެން ނިކުތީ ރޭގަނޑުގެ ކެއުމަށް އިންސާފް ކުރާށެވެ. ކައިގެން އަހަރެން ހިނގައިގަތީ ކޮޓަރިއައް ދާން ކަމަށެވެ. ސިޑީގެ މެދަކާއި ހަމައަށް އަރާއިރަށް އަހަރެންނަށް މަންމަ ގޮވާލި އަޑު އިވުނެވެ. “ފޮށިގަނޑު ތަކުން އެއްޗެހި ނުނަގާ ބަހައްޓައްޗޭ.. މަންމަ މިދަނީ އާޝް ނިންދަވާލާފަ..” މިހެން ކިޔާފައި މަންމަ ގޮސް އާއިޝްގެ ކޮޓަރިއަށް ވަނެވެ.

އަހަރެން ކޮޓަރިއަށްވަދެފައި ބެލްކަންޏައް ނިކުތީމެވެ. މާގިނައިރެއްނުވެ، މަންމަވެސް އަތުވެއްޖެއެވެ. އުފާވެރި މާޙައުލެއްގައި އަހަރެންނާއި މަންމަ އާއި ދެމީހުންވެގެން ކޮޓަރިތެރެ ހަމަ އަކަށް އަޅުވާލީމެވެ. މަންމަ އާއި އަހަރެން، ވެފައިވާ ވަރުބައްޔާއެކު އަހަރެންގެ ކޮޓަރީގައި އިން ފިޔާތޮށިކުލައިގެ ސޯފާގައި އިށީންދެލީމެވެ.

“ދަރިފުޅު މަންމަ އަށް ކިޔާދީބަލަ މަންމަ އައި ފަހުން ދަރިފުޅުގެ ދިރިއުޅުން ދިޔަގޮތް..” މަންމަ އެހެން އަހާލީ ކޮންމެހެން ސަމިއްތަ އަނިޔާ ކުރާކަން އެނގިގެން ނޫންކަން އަހަރެންނަށް އިނގެއެވެ. މަންމަ ދެރަވެދާނެތީ ބުނަން ފަސްޖެހުނެވެ. އަދި އެކަން ސަމިއްތަ އަށް އިނގިއްޖެއްޔާ މަންމަ އަށް ހަދާނެ ގޮތެއްވެސް ނޭނގެއެވެ.

ހައްތަހާވެސް ހިތައް އަރަނީ ސަމިއްތަގެ އިންޒާރު ތަކެވެ. އަނިޔާ ކުރާވާހަކަ ނުބުނާށޭ ކިޔައިފައި އަނގަޔަށް ފިއްތާލާ ދުވަސްތަކުގެ މަތިންނެވެ.

ނަމަވެސް އަހަރެން ހިތްވަރު ކޮށްފައި ކިޔައިދިނީމެވެ. ވަކިހިސާބަކުން އަހަރެންނަށް ރޮވުނީ އެހިތްދަތި ދުވަސްތައް ހަނދާނައް އައުމުންނެވެ. މަންމަގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. ސަމިއްތަ ޖެހި ތަންތަނުގެ ވާހަކ ކިޔުމުން އެތަންތަނުގައި މަންމަ ފިރުމިއެވެ.

“އަހަރެންމީ ކޮންކަހަލަ މަންމަ އެއް.. އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު ނަރަކަ އެއް ކަހަލަ ތަނަކަށް އެއްލާލާފައި އަހަރެން އައިސް އުޅުނީ މިތަނުގައި.. އުފަން ދަރިފުޅާއި ދުރުގައި.. ދަރިފުޅާ.. މަންމަ އަށް މާފުކުރޭ.. ދަރިފުޅައި ވަކިން މަންމަ އުޅުނީ އުފާވެރި ދުވަސްތަކެއް ނޫން..

ދަރިފުޅުގެ މަތިން ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދާނެ.. މަންމަ ބައްޕަޔަށް ގުޅާން ނުކެރުނީ މަންމަގެ ފިނޑިކަމުން.. މަންމަ އަށް މާފުކުރޭ..” މަންމަ އަހަރެންގެ ގައިގައި ބައްދާލައިގެން ހުރެ ބުނެލިއެވެ. އަހަރެންނަށް އިހުސާސްވީ ރައްކާތެރިކަމެވެ. އަހަރެންގެ ބިރު މަޑުމަޑުން ފިލައިގެން ދާން ފެށީ މަންމަގެ ފިރުމުންތަކުންނެވެ.

“ނޫން.. މަންމާ.. އަހަރެން މަންމަދެކެ ރުޅިއެއްނާދޭ.. މަންމަތީ ވޯލްޑް ބެސްޓް މަމް..” އަހަރެން ކަކޫ މައްޗައް ސޯފާ އަށް އަރައި މަންމަގެ ކަރުގައި ބައްދާލީމެވެ. މަންމައަށް ހިނިތުން ވެވުނުތަން އަހަރެންނަށް ފެނުނެވެ. “ތީ ވޯލްޑް ބެސްޓް ޑޯޓާ..” އަހަރެންގެ ކޮލުގައި އަތްޖައްސާލަމުން މަންމަ ބުނެލިއެވެ.

“އިނގޭތަ.. ސަމީރާއަކީ މަންމަގެ ކުޑައިރުގެ ވަރަށް ގާތް ރައްޓެއްސެއް.. އަނެއްހެން ބުނާނަމަ ބެސްޓް ފްރެންޑް.. މަންމަ އާއި ބައްޕަ ދިމާވީ މަންމަ ނަރުސް ކޯސް ހަދަން މާލޭގައި ހުއްޓައި.. ސަމީރާ ވެސް ދިޔައީ އަހަރެންނާއެކު ކޮލެޖްގަ ކޮންމެވެސް ކޯހެއް ހަދަމުން.. މަންމަ މިހާރު ހަނދާނެއް ނެތް..

ކޯސް ނިމުމާ ގާތް ވަނިކޮށް މަންމަ އާއި ބައްޕަ ގުޅުނިން.. އަދި ގިނަދުވަހެއްނުވެ މަންމަ އާއި ބައްޕަގެ ކައިވެނިވެސް ކުރެވުނު.. އާކިފްގެ މަންމަ އެއް ބައްޕަ އެއް އާއިލާ އެހެން މީހެއްވެސް ނުހުރޭ.. އެކަމާ މަންމަގެ ބައްޕަ ކައިވެންޏާ ނުޤަބޫލުވީ.. އެހެންވެ މިހުރިހާ އަހަރަކު ދަރިފުޅުގެ މާމަ އާއިވެސް ދިމާ ނުވެވުނީ ކާފަ ނުޤަބޫލުވީމައި..

މަންމަމެން ކައިވެނި ކުރެވުނުތާ ގިނަދުވަހެއް ނުވެ ސަމީރާ އަށް ވީނުވީއެއް ނޭނގުނު.. މަންމަ ވަރަށް މަސައްކަތް ކުރިން ފެނޭތޯ.. ކައިވެނި ޕާރޓީ އަކަށްވެސް ނާދޭ.. އެކަމު ސިޓީ އެއް ފޮނުވި.. އޭގައި އޮތީ ޕާރޓީ އަށް ނުދެވުނު ކަމައްޓަކާ މާފައް އެދިފައި.. އަދި ކައިވެންޏަށް މަރުޙަބާ ކިޔާފައި ބާއްޖަވެރި ދިރުއުޅުމަކަށް އެދިފައި.. އަދި އޭނާވެސް އާކިފްދެކެ ލޯބިވާ ކަމަށާއި އޭނާ ހޯދަން ނޫޅުމަށް އެދިފައި އޮތް..

ދެން އޭގެފަހުން މަންމަ އަށް ސަމީރާ ފެނުނީ މަންމަމެންގެ ކައިވެނި ރޫޅުމުގެ ހަމަސް ކުރިން.. އަހަރެން ހިއެއް ނުކުރަން އޭނާ އަހަރެންގެ ދަރިފުޅަށް އެޙާލު ޖައްސަފާނެ ކަމަކަށް.. އެއްއިރަކު އެއީ އަހަރެންގެ ގާތް އެކުވެރިއަކަށް ވީތީ ފޫހިވޭ..” މަންމަގެ ވާހަކަ އިން އަހަރެންނަށް އަދިވެސް މަންމަމެންގެ ކައިވެނި ރޫޅެން ދިމާވި ސަބަބެއް ނޭނގެއެވެ.

ހައްތަހާވެސް އިނގެނީ ބޮޑު ކަމެއް ދިމާވި ކަމެވެ. އެކަމު އެއީ ކޮންކަމެއް ހެއްޔެވެ. ސަމިއްތަ ކުއްލިއަކަށް ގެއްލިފައި ކުއްލިއަކަށް ފެނުނީ ކީއްވެ ހެއްޔެވެ؟ ގައި ކުރިން ވެސް ހަމަ ފެންނަންވީ ނޫންހެއްޔެވެ. ކައިވެނި ރޫޅުމުގެ ހަމަސް ކުރިން މަންމަ އާއި ބައްޕަ އާއި ދެމެދު ދެބަސް ވުންތަކެއް ހިނގަންފެށިއެވެ. އަހަރެންނަށް ވިސްނަންވީ ކިހިނެތް ކަމެއް ނޭނގުނެވެ.

ޚިޔާލުތަކުން އަހަރެންނަށް ނިކުމެވުނީ މަންމަގެ އަޑަށެވެ. “މިހާރު މާވާހަކަ ގިނަވެއްޖެ.. ދެން ހިނގާ ނިދަން..” މަންމަ އަހަރެންނާ އެކު އެނދުގައި އޮށޯވެލިއެވެ.

ހެނދުނު އަހަރެންނަށް ހޭލެވުނީ އާއިޝް އަހަރެންނަށް ގޮވާ އަޑަށެވެ. “ނޮއްތީ.. ނޮއްތީ..” އާއިޝް އޭނާގެ ޅައަޑުން އިނގޭގޮތަކަށް އަކުރުތައް ކިޔެވެ. އަހަރެން ކުޑަކޮށް ލޯހުޅުވާލަމުން އާއިޝް އަށް ބަލާލީމެވެ.  އޭނާ ހުރީ އަދިވެސް ނިދަން ލީ ހަރުވާޅަކާ ޓީޝާޓެއް ލައިގެންނެވެ.

“ކޮބާ މަންމި..؟” ނިދި އަޑުން އަހަރެން އާއިޝް އާއި ސުވާލު ކުރީމެވެ. “ނޭނގެ.. މާމަ އަށް އެނގޭނެ..!” މިހެން ކިޔާފައި އާއިޝް ނިކުމެގެން ދިޔައެވެ. އަހަރެން ވެސް ފެންވަރާ ރީތި ވެލައިގެން ތިރިޔައް ފޭބީމެވެ. ސައިބޮއެގެން ނިކުތް އިރު މަންމަ ގެޔައް ވަންނަނީ އެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ސިއްރެއް 17

Next

މާޒީ

Next
May 11, 2020

މާޒީ

Previews
May 11, 2020

ސިއްރެއް 17

11 Comments!

  1. A aaR says:
    May 11, 2020 at 4:15 pm

    dear readers sorry fr late… this prt will be short for u… next prt i willl try to upload soon insha allah.. by the way ramadan mubarak to you all readers.. do commnt about how the story is going now.. this story is going to end now.. four to five parts i think left… i have planned and almost on the way to finish two stories… one is aina season 2.. so i am uploading aina 2 first and the other story later… and this time aina season 2 is a love story.. do comment which story you want first.. i am going to upload trailer soon.. both trailer..

  2. LAZY_QUEENY says:
    May 11, 2020 at 6:36 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N aasha ge pic eii Bailey ge pic eh dhw… I know that gurl

    1. A aaR says:
      May 11, 2020 at 10:19 pm

      thnk u v much.. nxt hama liyamun gendhany.. nimunuhaa avahakah upkohlaanan insha allah..

    2. A aaR says:
      May 12, 2020 at 1:07 am

      i dnt know her.. google haavaalyma fenunu pic eh e ee.. bailey ge last name bunela dhyba LAZY_QUEENY

    3. LAZY_QUEENY says:
      May 12, 2020 at 2:00 am

      Bailey McKnight is her name.. Lysm.. ????

    4. LAZY_QUEENY says:
      May 12, 2020 at 2:06 am

      N she has a twin sister just looks like her with no difference… But BROOKLYN MCKNIGHT has long hair… That’s the only reason some people know who is brooklyn and who is bailey… Gn Nd tc.. Bye… Lysm.. ?????

    5. LAZY_QUEENY says:
      May 12, 2020 at 2:09 am

      N she has a twin room sister just looks like her… But BROOKLYN MCKNIGHT has a long hair.. That’s the only reason some people know who is brooklyn and who is bailey… Gn Nd Tc… Lysm?????

  3. Faiherrr?? says:
    May 11, 2020 at 9:52 pm

    Oh nice but it’s too short ?????????? BTW I love this part????and love you too❤️❤️❤️ stay ? stay safe

    1. A aaR says:
      May 11, 2020 at 10:20 pm

      thnk u v much.. sorry but next will be long.. lym faiherrr.. stay safe too

  4. LAZY_QUEENY says:
    May 12, 2020 at 2:09 am

    N she has a twin room sister just looks like her… But BROOKLYN MCKNIGHT has a long hair.. That’s the only reason some people know who is brooklyn and who is bailey… Gn Nd Tc… Lysm?????

    1. A aaR says:
      May 12, 2020 at 7:09 am

      thnx.. lym..

Comments are closed.

Next Episodeއަހަރެންގެ ވާހަކަ… 8←


All Right Reserved!