Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ (14)

Krystal Level 510 Stories100 Login100 Comments
May 11, 2020 4 Mins Read
17 Comments

އާއެކެވެ. ނުހާވަނީ ފާއިތުވެދިޔަ 16 އަހަރުގެ ހަދާންތައް އޭނާގެ ސިކުޑިން ފޮހެލާފައެވެ. ހިތްދަތިކަމާ ވޭން ތަހަންމަލު ކުރަން ޖެހުމުން ކޮންމެ މީހަކުވެސް އެހަދާންތަކާ ދުރައްދާން ބޭނުން ވާނެއެވެ. ޒާން އަށް ބުނާނެއެއްޗެއްވެސް ނޭގުނެވެ. އޭނާގެ މަންމަ މިއަދު އެވަނީ އޭނާ މަތިންވެސް ހަދާން ނައްތާލާފައެވެ. ނުހާ އަލުން ކުރީގެ ނުހާއަށް އަންނާނެކަމުގެ ފޮނި އުންމީދު ޒާންގެ އޮތެވެ.

ނުހާ ގެއަށް ދޫކޮށްލީ 3 ދުވަސް ފަހުންނެވެ. އަދިވެސް ނުހާ އުޅެނީ ޒާންއާ ވަރަށް ދުރުންނެވެ. ހީވަނީ ނުދަންނަ މީހަކު ފެނިގެން އުޅޭހެންނެވެ. ޝާންގެ އުޅުންވެސް ކޮންމެވެސް ވަރަކަށް ބަދަލުވާން ފެށިއެވެ. ނުހާއަށް އަޅާލުން އިތުރުވާން ފެށިއެވެ. ގޭތެރޭގެ މާހައުލު ވަރަށް ހަމަހިމޭނެވެ. ނުހާވެސް މާ ބޮޑަށް ވާހަކަ ދައްކާ ނަހަދައެވެ. އެރޭގެ ވަގުތެވެ. ނުހާ ގޮސް ކޮޓަރިއަށް ވަދެ ނިދަން އޮށޯތެވެ. އިރުކޮޅެއްފަހުން ޝާންވެސް އައިސް އެދުގައި އޮށޯތެވެ. ނުހާ ޖެހުނީ ކޮޅަށެވެ.

” ޝާން ކީއްކުރަން މިތާ ތި އޮށޯތީ؟ ގެއަށް ނުދަނީތަ؟” ނުހާ ހުރި ގޮތަށް ހުރެ ވާހަކަ ދެއްކިއެވެ. ޝާން މަޑުމަޑުން އެދުގައި އޮވެފައި ދެތުވިއެވެ. އަދި ގޮސް ނުހާގެ އަތުގައި ހިފާލުމަށްފަހު ނުހާ އެދުގައި ބޭންދިއެވެ.

” ލުކް ނުހާ…. އަހަރެން މީ ނުހާގެ ފިރިމީހާ… ބޭރުގަ އެއީ އަހަރެމެން ދެމީހުންގެ ދަރިފުޅު.. އަހަންނަށް އެގޭ ނުހާއަށް ކަންތައްތައް ހަދާނަށް ގެންނަން އުދަގޫ ވާނެކަން.. މީ ހަގީގަތަކީ.. އަހަންނަށް ނުހާ އާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. އަހަރެން އެކަމާ ދެރަވެ ހިތާމަކުރަން..” ޝާން އިސްޖަހާލައިގެން އިދެ ބުނެލިއެވެ. ނުހާ މަޑުމަޑުން އޭނާގެ އަތް ޝާންގެ އަތް ތެރެއިން ނެގިއެވެ.

” ކީއްވެ އެހެން ވާންވީ… އަހަރެން ޝާންދެކެ ލައިކް ވާކަން ކިހިނެއް ޝާންއަށް އެގުނީ…. އެގި ހުރެވެސް އަހަރެންގެ ލޯތްބަށް އިންކާރު ކުރަމުންތަ ތިއައީ..” ނުހާ ދެރަވިއެވެ. އަދިވެސް ނުހާ އެ ވާހަކަ ދައްކަނީ މީގެ 16 އަހަރު ކުރީގެ ހަދާންތައް އާކުރަމުންނެވެ.

” ނުހާ ޕްލީސް.. ނުހާ… އަހަރެން ނުހާ އާއިނީ ވަރަށް ލޯބިން އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާން އެއީ ޒާންއަކީ.. އަހަރެން ގަބޫލު ކުރަން އަހަރެންގެ ކުށް… އެކަމް ތިގޮތަށް އަހަންނާ ދުރަށް ނުދޭ..” ޝާންގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ފައިބަން ފެށިއެވެ. އަދި ޝާން ނުހާގެ ގައިގާ ބައްދާލިއެވެ. ނުހާވެސް ޝާން ރޯތަން ފެނުމުން ޝާން ދައްކަނީ ތެދުވާހަކަކަން ގަބޫލު ކުރެވެން ފެށުނެވެ. ނުހާގެ ހަދާންތައް ފޮހެވިގެން ދިޔަޔަސް އަބަދުވެސް ނުހާގެ ހިތުގައި ޝާންއަށް އޮތްލޯބި އެއްވެސް ބަދަލެއް ނެތި އޮވެއެވެ. ނުހާވެސް މަޑުމަޑުން ޝާން ގައިގާ ބައްދާލިއެވެ. ދެމަފިރިން އެކަކު އަނެކަކަށް ބޭނުންވެފައިވާކަން ހުދު ދެމީހުންނަށްވެސް އެގެއެވެ.

***

އާދުވަހަކަށް އިރު އެރީ ނުހާއާ ޝާންގެ ދިރިއުޅުމަށް އިތުރު އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދެމުންނެވެ. ހީނަރުވެފައިވާ ގުޅުން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. ނުހާއާއި ޝާން ފެންވަރާލައިގެން ސިޓިންގްރޫމަށް ނުކުތީ ހެދުނު ނާސްތާ ދެމަފިރިން އެކުގައި ހެދުމަށެވެ. ބޭރަށް ނުކުތް އިރު މުޅި ގޭތެރޭގައި އެއްޗެއް އަދާވަސް ދުވަމުން ދިޔައެވެ. ދެމީހުން އެއްކޮށް ގޮސް ކާގެއަށް ވަނެވެ. އޭރު ޒާން ހުރީ އެއްއަތުން ތަވާ ހިފައިން އަނެއް އަތުން ސަމްސަލެއް ހިފަހައްޓައިގެންނެވެ. މޫނުގައި ކޮންމެވެސް ވަރަކަށް ދެލި އުގުޅިފައި ހުއްޓެވެ. ޒާން ފެނުމާއެކު ނުހާއާއި ޝާންގެ ހިނިގަޑު ދިޔައީ ފަޅައިގެންނެވެ. ޒާންވެސް ވަރަށް ލަދުން ހުރެ ނުހާއަށް ސަމްސާ ދިއްކޮށްލިއެވެ. ނުހާއައިސް ކައްކަން ފެށިއެވެ. ޝާން ބެލީ ގޭތެރޭގެ ވަސްގަޑު ފިލުވޭތޯއެވެ. ހެދުނުގެ ނާސްތާ ތައްޔާރުވުމުން ތިން މީހުން ކެއުމަށް އިންސާފު ކުރަން ގޮސް މޭޒުދޮށުގައި އިށީދެލިއެވެ.

” ދަރިފުޅާ..” ނުހާ ޒާންއަށް ގޮވާލިއެވެ. އޭނާގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި އަރާ އުތުރިގަތްހެން ހީވިއެވެ. ކަރުނަތައް ލޮލަށް ޖަމާވާން ފެށިއެވެ. ނުހާއަށް ޒާންގެ ހަދާންތައް ކުއްލިއަކަށް ސިކުޑިއަށް އަންނަން ފެށިއެވެ. ޒާން ކުޑައިރުގެ ހަދާންތައް ފިލްމެއްހެން ސިކުޑިގައި ކުޅެން ފެށިއެވެ. ނުހާ ބޮލުގައި ރިއްސާލިއެވެ. ބޮލުގައި އަތް އަޅާލީ މާބޮޑަށް ތަދުވާން ފެށުމުންނެވެ.

” މަންމާ..” ޒާން ގޮޑިން ތެދުވެ ގޮސް ނުހާގެ ގައިގާ ހިފަހައްޓާލިއެވެ. އޭރު ޝާންވެސް ކަންބޮޑުވެފައި ނުހާގެ ގައިގާ ހިފަހައްޓައިގެން ހުއްޓެވެ.

” ނުހާ… ހުރިހާ ކަމެއް އެއްފަހަރާ ހަންދާން ކުރަން ނޫޅޭ.. ޑަކްޓަރު ބުންޔެއްނުން މާ އަވަސް އަރުވާލަންޔާ ނުހާއަށް އުދަގޫ ތަކެއް ކުރިމަތިވާނެއޭ.” ޝާން ކަންބޮޑުވެފައި ބުނެލިއެވެ. ކޮންމެއަކަސް ނުހާއަށް އޭނާގެ ދަރިފުޅުގެ ހަދާން އާވާން ފެށިއެވެ. އެންމެ ތުއްތު އިރު އަތްމަތީ ގެންގުޅުނު ހަދާން ވާންފެށިއެވެ. ނުހާ ޒާންއަށް ބަލާލިއެވެ. އަދި ދަރިފުޅާއޭ ކިޔާ ބައްދައިގަތެވެ. ޒާންވެސް އޭނާ މަންމަ ގައިގާ ބަރާކަށް ބައްދާލިއެވެ. ޝާންގެ ލޮލުން ކަރުނަ ފާދާލިއެވެ. ދެލޯ ފޮހެލުމަށްފަހު ނުހާ ގާތު ކާން ފެށުމަށް ބުނެލިއެވެ.

ނުހާ ކައި ނިންމާލުމަށްފަހު ކޮޓަރިއަށަ ގޮސް ވަނެވެ. އަދި މަޑުމަޑުން ވިސްނަން ފެށިއެވެ. އޭނާ ހަދާނުން ފޮހެލާފައިވަނީ ކޮން ކަމެއްތޯއެވެ. ގައިމު މި ދިރިއުޅުމަކީ ނުހާ އެންމެ ބޭނުންވި ދިރިއުޅުމެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި ފާއިތުވެ މިދިޔަ ހަފްތާ ތެރޭ އޭނާއަށް ލިބުނެވެ. އަހްލާގު ރަނގަޅު ރީތި ދަރިއެއްވެސް އޭނާގެ ހިދުމަތުގައި އެބަހުއްޓެވެ. ދެން އޭނާއަށް ހަޔާތުގައި މަދުވެގެން މިއުޅޭނީ ކޮންކަމެއް ބާއޭ ނުހާގެ ހިތް ބުނަމުން ދިޔައެވެ. ޗާރޖަށް ޖަހާފައި އޮތް ފޯނު ރިންގްވާން ފެށީ ކުއްލިއަކަށެވެ. ޝާން ބޭރުގައި ތަށި ދޮންނަން ހުރުމުން ނުހާގޮސް ފޯނު ނަގާ ބަލާލިއެވެ.

” އަރީކާ… ވަރަށް ދަންނަ ނަމެއް… އަނެއްކާ ކާކުބާ..” ނުހާ އަމިއްލައަށް ވާހަކަ ދެއްކިއެވެ. ދެތިން ފަހަރަކު ފޯނު ރިންގްވެފައި ކެޑުނެވެ. ނުހާ އެނަންބަރަށް ގުޅާލީ މުހިންމު ކޯލަކަށް ވެދާނެތީއެވެ.

” ހަލޯ… ފޯނު ނަގަންވެއްޖެތަ… ހަފްތާ ދުވަސް ވަނީ.. އަހަރެން ޝާންއަށް ނުގުޅިގެން އުޅޭތާ… ބުނަން ވާހަކައެއް ތިހެން ޝާންއަކަށް އަހަންނާ ދުރެއް ނުވެވޭނެ… މުޅި ދުނިޔެއަށް ބޭޒާރު ކޮށްލާނަން..” އަރީކާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.

” ހަލޯ… ކާކު…” ނުހާ ވާނުވާނޭގި ހުރެ ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް އޭނާގެ އަތުގައި އޮތްފޯނު ޝާން އައިސް ނެގިއެވެ. އަދި ފޯނު ކަޑާލިއެވެ.

” އެއީ ކާކު.. ކޯންޗެއް ބޭޒާރު ކުރާ ވަހަކަ… ” ނުހާ ސުވާލު ކޮށްލިއެވެ. ޝާން އަށް ބުނާނެ އެއްޗެއް ނޭގުނެވެ. ފަހުން ކިޔާދޭނަމޭ ބުނުމަށްފަހު އަނެއްކާ ޝާން ނުކުތީ ބޭރަށެވެ. ނުހާގެ ފޯނު ފެންނަން ނެތުމުން ޝާންގެ ފޯނުން ގޭމް ކުޅޭން ހިތާ އެފޯނުނަގައިގެން ނުހާ ގޮސް އެދުގައި އިށީދެލިއެވެ. އެކި އެކި އެއްޗެހި ހުޅުވަމުން ނުހާ ދިޔައެވެ. އަކްރަމްއާވެސް ދިމާނުވާތީ އަކްރަމްއަށް ގުޅަން ނުހާ ވައިބާ ހުޅުވާލިއެވެ. އެންމެ ކުރީގައި އަރީކާ ޖަހާފައި އިން ތަން ފެނުމުން އެޔަށް ފިތާލިއެވެ. ނުހާގެ ހިތް މަޑުމަޑުން ތެޅެމުން ދިޔައެވެ. ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. ނުހާގެ ލޮލުގައި އަޅައިގަތީ އަކްރަމްއާ އެއްކޮށް ހުރި ފޮޓޯތަކެކެވެ. ނުހާ މަޑުމަޑުން މައްޗަށް ކޮންވޯ ފިތާލިއެވެ. ދެން ނުހާއަށް ފެނިގެން ދިޔައީ އޭނާ ދުވަހަކުވެސް ފެންނަށް ބޭނުން ނުވާ އެއްޗެއްސެވެ. ޝާން އާ އަރީކާއާ ދައްކާފައި ވާ ވާހަކަ ތަކެވެ. ލޯބިން ފުރިގެންވާ މެސެޖްތަކެވެ. ޝާން އެހެން އަންހެނަކާ ގުޅުން އޮންނަކަން ނުހާއަށް އިހްސާސް ވާން ފެށިއެވެ. ނުހާގެ ހަދާނަށް ހުރިހާ އެއްޗެއް އަންނަން ފެށިއެވެ. ނުހާއާ ދޭތެރޭ ޝާން ކަންތައް ކުރަމުން ދިޔަ ގޮތާ އަރީކާ ގެ ސަބަބުން އެދެމަފިރިންގެ ގުޅުން އިތުރަށް ގޯސްވެގެން ދިޔަކަން މިހުރިހާ ކަމެއް އަވާމެންދުރެއްހެން ނުހާއަށް ސިފަވާން ފެށިއެވެ. މިހާރު ހުރިހާ އެއްޗެއް ނުހާއަށް ވިސްނިއްޖެއެވެ. އޭނާ ހަދާނުން ފޮހެލަން ބޭނުންވީ ކޮންކަމެއްކަން މިހާރު ވަރަށް ރަގަޅަށް ސާފް ވެއްޖެއެވެ. ނުހާ ގޮސް ޝާންގެ ފޯނު މޭޒުމަތީގައި ބާއްވާލިއެވެ. އަދި އައިސް އެދުގައި އޮށޯވެ އަނެއް ފަރާތަށް އެބުރިލިއެވެ. މުޅި މީހާ ވަނީ ވަރުބަލި ވެފައެވެ. އޭނާއަށް ހުރިހާ ކަމެއް އެގޭކަން ޝާން ގާތު ބުނަންވީ ބާއެވެ. ނޫނެކެވެ. އޭރުން ޝާން އަނެއްކާ އޭނާ އެކަނި ކޮށްލާނެއެވެ. މިހާރު ޝާން އެހާ ރަގަޅީ އޭނާއަށް ކަންކަން ހަދާން ނެތުމުން ކަމަށްވެސް ވެދާނެއެވެ. ނުހާ ނިންމީ އެއްވެސް ކަމެއް އެގުނުކަން ޝާންއަށް ނޭންގުމަށެވެ. މިއުފާވެރިކަން އަނެއްކާވެސް ނެތި ހިގައިދާނެކަމުގެ ބިރު ނުހާއަށް ހީވާން ފެށިއެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ވާލޯބި އެނގޭނަމަ…(3)

Next

ސިއްރެއް 17

Next
May 11, 2020

ސިއްރެއް 17

Previews
May 11, 2020

ވާލޯބި އެނގޭނަމަ…(3)

17 Comments!

  1. sama says:
    May 11, 2020 at 2:10 pm

    OMG vvvvvv reethi mihaaru vaahaka midhaagoii
    when next

  2. Izabell says:
    May 11, 2020 at 2:18 pm

    Hello. Mi part vx hama varah reethi, Ma Sha Allah ❤❤❤❤ varah kiyaa hithun indha eyy e nimuni.?? nd Zaan ah kakkan dhw dhaskohdheyn v ihah.????? nasybei nu kitchen roa koh nulaa moonumathy dheli kolhei haakaalaigen ekan nimmaali kan vx ????? nd next part avahah up kollahchey. Varah inthizaaru kuran next part up vaane irakah.?? stay safe. Lysm

  3. Krystal says:
    May 11, 2020 at 2:28 pm

    Thank you sama..
    Insha allah tomorrow ❤

  4. Izabell says:
    May 11, 2020 at 2:30 pm

    Hello. Mi part vx hama varah reethi, Ma Sha Allah ❤❤❤❤ varah kiyaa hithun indha eyy e nimuni.?? nd Zaan ah kakkan dhw dhaskohdheyn v ihah.????? nasybei nu kitchen roa koh nulaa moonumathy dheli kolhei haakaalaigen ekan nimmaali kan vx ????????? nd next part avahah up kollahchey. Varah inthizaaru kuran next part up vaane irakah.??❤❤❤❤❤??? stay safe. Lysm

  5. Izabell says:
    May 11, 2020 at 2:33 pm

    Hello. Aslu comment eh vx nukurevigen miulheni. Comment publish nuve ey. Nd Mi part vx hama varah reethi, Ma Sha Allah ❤❤❤❤ varah kiyaa hithun indha eyy e nimuni.?? nd Zaan ah kakkan dhw dhaskohdheyn v ihah.????? nasybei nu kitchen roa koh nulaa moonumathy dheli kolhei haakaalaigen ekan nimmaali kan vx ????? nd next part avahah up kollahchey. Varah inthizaaru kuran next part up vaane irakah.?? stay safe. Lysm

  6. Izabell says:
    May 11, 2020 at 3:58 pm

    Fas ha faharu kuryma comment publish vani. E othy nu repeat vefa ??‍♀?

  7. Krystal says:
    May 11, 2020 at 4:26 pm

    Hahaha. Izabell zaan ah kahkan dhaskohdheyn v nun… hama yageen eyrun zaan ah vure molhah kahkan dhanna kujje nuhunaane kan… ☺☺☺
    Stay safe.. lysm ❤

    1. Izabell says:
      May 11, 2020 at 8:19 pm

      Thikamaa eba varah visnan mihaaru. Zaan ah kakkan dhaskohdheyn????

    2. Krystal says:
      May 11, 2020 at 8:28 pm

      Hahaha.. rangalhah visnahchey ?

  8. Krystal says:
    May 11, 2020 at 4:27 pm

    Ebunaahen dhw… baehfaharu ehenves vaane… mi story kiyaa hithun hurikan ingey.. insha allah madhan libey varu kohdheynan.. ❤❤❤

  9. Krystal says:
    May 11, 2020 at 4:28 pm

    Hehehe… its totally fine… next part ah inthizaar kohlaa… varah avahah up kohdheynan…

  10. blue bird says:
    May 11, 2020 at 7:28 pm

    Sis it’s nice…….keep it up……..????????????? I’m happy to have a sis like you….. LYSM???????????❤❤❤❤????

  11. Krystal says:
    May 11, 2020 at 8:18 pm

    Thank you dongsaeng… i am also happy to have such a good dongsaeng. I purple you ????

  12. Suga says:
    May 12, 2020 at 9:53 am

    Varah reethi.. I am proud of you mikahala reethi stry eh genes dheythy. I Luv this stry mihaaru hama nuhurevey comment nukoshah???? V loabi ey vaahaka Alhey I am gonna faint because of this stry… Sissy haadha molhey may Allah protect you and your talent from evil eyes.. Sissy Lysm and tc. When nxt part curiously waiting for the nxt.. SARANGHAE ? ? ?
    Sissy don’t think negatively.. Sissy ge readers sis aa eku abaduvx vaane.. Some readers ge negative comments thakun hurt vaane kan engey… Don’t think that you have failed… It motivates you and improve.. Alhugadu sis aa eku abaduvx vaanan insha allah..
    Saranghae ? ? ? ? ? ? ? ? ? ? ? ?

    1. blue bird says:
      May 12, 2020 at 10:06 am

      I thought you are 27 years…… Lol…..and you call her sis….he he….Just kidding?????

    2. Krystal says:
      May 12, 2020 at 10:20 am

      Awwnnn.. Sugaaaaaaa ❤❤❤
      So happy that you like it…
      Haha anehkka faint nuvahchey midhuvas kolhu thigeah ambulance ves fonuvan undhagoo vaane.??
      Insha allah dhen ehen nuvisnaanan.. now i got confidence from all sweet readers. Thabk you for that ???
      Nado Saranghae… take care?

    3. Krystal says:
      May 12, 2020 at 10:21 am

      If she was real suga.. ofcourse she would be 27.. haha.. dongsaeng you crack me up sometimes…

Comments are closed.

Next Episodeއަބަދުވެސް މިހިތުގާ ވެޔޭ (15)←


All Right Reserved!