”ތިއީ މާޖިދުގެ އަންހެނުން ތޯ؟” އެވަގުތު އެމީހާ ކޮށްލި ސުވާލުން ޒާހިދާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެތައް ސުވާލެއް ހިތުގައި އުފެދެން ފެށިއެވެ.
އޭގެ ދެވަނަ ސިކުންތުގައި ޒާހިދާ އޭނާގެ ބޯ ބާރަށް ތަޅުވާލަމުން އާންއެކޭ ކިޔަން ފެށިއެވެ. ”އާދެ. އަޅުގަނޑަށް މާޖިދު ހުރިހާ ވާހަކައެއްވެސް ކިޔާދިން. އަދި އަޅުގަނޑަށް ބުނެވޭނީ ތިބުނި ކަންކަން ވަރަށް ރަނގަޅަށް ކޮށްދޭނަމޭ. ދޭން ޖެހޭ ރުފިޔާވެސް ހުރީ ދީފަ.” އެކޮޅުން އިވެމުން ދިޔަ ބަސްތަކުން ޒާހިދާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ތުންފަތަށް ހިނިތުންވުން ވެރިވަމުން ދިޔައެވެ. ޝުކުރިއްޔާ އޭ ބުނެލާފައި ޒާހިދާ އޭނާގެ ފޯނު ކަނޑާލާފައި ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ވަދެލީ މައުނާގެ ކޮޓަރިއަށެވެ.
”ޔަހް. މިރޭ ނައިންގަ މައު ހުންނާނަން ރަސްރަނީގަ. އޯކޭ. ބާއީ. ސީޔޫ ސޫން.” ނުހަނު ބާރަށް އެހެން ބުނެލުމަށްފަހު މައުނާ އޭނާގެ ފޯނު އެނދުމަތީގައި ބާއްވާއިލިއެވެ. އަދި އެނދުމަތީގައި އުއްޑުން އޮވެލުމަށްފަހު އޭނާގެ ދެއަތް އެއްކޮށްލާފައި ގެނެސް ހިތާ ދިމާލުގައި އަޅާލިއެވެ. ދީވާނާވެފައި އޮތްލެއް ބޮޑުކަމުން މައުނާއަށް އެތަނަށް މީހަކު އައި ކަމެއްވެސް ނޭނގެއެވެ.
”ދަރިފުޅާ މަންމަ އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ. މިގަޑީ ދަރިފުޅަށް ވަގުތު ދެވޭނެތަ؟” ޒާހިދާ އައިސް މައުނާގެ އެނދުމަތީގައި އިށީންދެލައި އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލިއެވެ. އަދި މައުނާގެ ކޮޓަރިއަށް ވަށައިގެން ބަލަންފެށިއެވެ. ނުތަނަވަސްވެފައި ވުމުން އެކަން ހިތުން ފިލުވުމަށް ޓަކައިއެވެ.
”ނޫނޭ. މަންމަ ނުވާނުން ތިހެން ބުނާކަށް ވެސް. އަވަހަށް ބުނޭ.” މައުނާ އެހެން އަހައިލީ އެއީ އޭނާއަށް އެވާހަކައެއް އިވިއްޖެނަމަ ކަންފަތުގެ ތޫރިވެސް ފަޅައިގެންދާނެ ވަރުގެ ވާހަކައެއްކަން ނޭނގި އޮވެއެވެ. އެވާހަކައަކުން މައުނާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދާނެކަންވެސް ނޭނގި އޮވެއެވެ.
”މަންމަ މި ދައްކާ ވާހަކަ ކަނުލައި އަހާތި އިނގޭ.” ޒާހިދާގެ ވާހަކަ ބުނެ ނިމުނު އިރު މައުނާގެ ދެލޯ ބޮޑުވެ ލޮލަށް ވަނީ ކަރުނަތަށް ޖަމާވެފައިއެވެ. އަނގަ ތަންމިނަށް ހުޅުވިފައި ވުމުން އެމޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. އޭގެ ދެވަނަ ސިކުންތުގައި އަތް މުއްކަވައިލައިގެން ހުރެ މައުނާއަށް އެނދުމަތީގައި ކޮޅަށް ޖެހިލެވުނެވެ. އެމަންޒަރު ފެނި ޒާހިދާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އުންމީދު ކުރި ގޮތާ ހިލާފަށް ކަންތައް ވީމައިއެވެ.
***
ނައިޝަމް އޭނާގެ ޓީމްގެ ތިން ކުދިންނާއިއެކު އޮފީހަށް ގޮސް ވަނީ އެމީހުން ކުރިއަށް ކުރަން ޖެހޭ ކަންތަކާއިމެދު ވަރުގަދަ މަޝްވަރާއެއް ކުރަމުންނެވެ. ކުރިން ފޫހިކަން މޫނުމަތިން ފެންނަމުން ދިޔަ ތިން މީހުންގެ މޫނުމަތިންވެސް މިހާރު އެކަމުގެ އަސަރު ފެންނާކަށް ނެތެވެ. އެކަން ކާމިޔާބު ކުރުމަށް ތިން މީހުންގެ ހިތުގައިވެސް މިހާރު ވަނީ ޝައުގުވެރިކަން އުފެދިފައިއެވެ. އެކަން އަވަހަށް ނިންމާލައި އާކިފްއަށް އިންސާފު ހޯދައި ދޭން ތިން މީހުންވެސް ތިބީ އަޒުމެއްގައިއެވެ. ނުގުޑާ ފަދަ އަޒުމެއްގައިއެވެ. ހަތަރު މީހުންވެސް އޮލަ އެވަރުގަދަ މަޝްވަރާގައި މުޅިތަން ފަސާދަ ކުރަމުން ގޮސް އެރުނީ ތަނުގެ އިސްވެރިޔާ ވައްހާބުގެ ކުރިމައްޗަށެވެ. އެވަގުތު އެންމެންގެ އަނގައިގާވެސް ހީވީ އެމީހުންގެ އަނގައިގައި ތަތްކޮށްފައި އިން ޒިބުގައި މީހަކު ހިފައި ކަހައިލި ހެންނެވެ. ޗާބީ ދީފައި ހުރި ބުދުތަކެއް ހެން ހިމޭންވެފައި ހަތަރު މީހުންވެސް ބަލަން ހުރީ ވައްހާބުގެ މޫނަށެވެ.
”ނައިޝަމް އާދެބަ.” ވައްހާބުގެ ތުންފަތް ފޫއަޅުވާލާފައި ނުކުތް ދެ ބަހުން އެތަނުގައި ނައިޝަމް ނޫން ދެން ތިބި މީހުންގެ އަނގައިންނާއި ނޭފަތުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އޮތްހާއިރު ނޭވާ ނުލައި ހުރިހެންނެވެ. ވައްހާބު ފަސްދީފައި ދިޔުމުން ނައިޝަމްގެ އަނގަ ޗޭވެގެން ދިޔައެވެ. އަދި އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ. ދެން ތިބި ހަތަރު މީހުންވެސް ގުޑް ލަކް އޭ ކިޔައި ނައިޝަމްގެ ބުރަކަށީގައި ޖަހާލާފައި އެތަނުން ދިޔައީ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވާގެންނެވެ.
”މިހާރު ކިހާ ހިސާބަކަށް ކަންތައްތައް ހިނގައްޖެ؟ މި ހިނގި ހަފްތާއެއްހާ ދުވަސްތެރޭ ސާރއަށް ނައިޝަމްގެ އެއްވެސް ހަބަރެއް ނުވޭ. ސާރ ހީކުރީ ހުރިހާ ކަމެއް ހިއްސާކޮށްގެން ކަމަށް ނިންމާލާނީ.” ވައްހާބު އޭނާގެ ލޮލުގައި އަޅާފައި އިން ވަށް އައިނު ނަގައި މޭޒުމަތީގައި ބާއްވާލައިފައި އަތުގެ އިނގިލިތައް ގުޅުވައިލިއެވެ. އަދި ނައިޝަމްގެ މޫނަށް ބަލައިލިއެވެ. އިސްޖަހާލާފައި އިން ނައިޝަމްގެ ނިތްމަތިން ދިޔައީ ދާތިކިތައް ހިލެމުންނެވެ.
”އަޅުގަނޑު ހުރީ ހުރިހާ ކަމެއް ނިމުމުން ސާރއަށް ކިޔައިދޭ ގޮތަށް. މިއަދު ހުރިހާ ކަމެއް ނިމުނީ. ދެން އޮތީ އަޅުގަނޑުމެންގެ ބައި. ސާރ ކޯޓަށް ގުޅައިގެން ހަަމަޖައްސާލަން ޖެހޭބަ އަދި އެކަންތައް.” ނައިޝަމް އެމީހުންގެ މަސައްކަތްތައް ދިޔަވަރު ކިޔައިދީ ނިންމައިލިއެެވެ. އަދި ވައްހާބުގެ އެދުމާއިއެކު އެތަނުން ނުކުމެގެން ދިޔައީ ވައްހާބު ކޯޓަށް ގުޅާފައި ހަބަރެއް ވާނަން ކަމުގައި ބުނުމުންނެވެ.
ނައިޝަމް އޭނާގެ ކެބިންއަށް ވަނެ ގޮޑިގައި ހަމަޖެހިލާފައި އިތުރު ކަންތައްތައް ބަލަން ފެށިއެވެ. އޭރު ނައިޝަމްގެ ޓީމް ތިން މީހުންވެސް ތިބީ އެކި ކަންކަމުގައި އަވަދިނެތިވެފައިއެވެ.
***
”ހަލަފް. ދެ ވީޑިއޯ މި ޕެންއަށް އަޅާލަ ދީބަލަ. ފުޓެޖްތަކުންވެސް އެންމެ މުހިންމު ފުޓެޖްތައް.” ސާޔާ ހަލަފްގެ ގާތަށް އޭނާ އިށީންދެގެން އިން ގޮޑި ކަހާލިއެވެ. ހަލަފް އިނީ ލެޕްޓޮޕްގައި އެއްޗެއް ލިޔަންކަމުން އެވަގުތު ސާޔާ އައިސް ޖެހުމުން ހަލަފްގެ އެއް އިނގިއްޔަށް ބާރުކޮށްލެވުމާއިއެކު ހަތަރު ފަސް ރޮނގަށް ދިޔައީ އެއް އަކުރެއް ލިޔެވެމުންނެވެ. ހަލަފް އައި ރުޅިން ލޯ އަޅާލާފައި ސާޔާއާ ދިމާލަށް ބަލައިލިއެވެ.
”އޫޕްސް ސޮރީ.” ސާޔާ އޭނާގެ ކަންފަތު ފޫޅުގަނޑުގައި ހިފަހައްޓައިލައިގެން އިނެ ތިރިވެލުމާއިއެކު ހަލަފްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
”ބައިދަވޭ އައިމް ނޮޓް އަ ލޮރީ ޓު ކެރީ ޔުއާރ ބިގް ފެޓް ސޮރީ. ސޮރީއަކުން ނުފުދޭނެ. ކެއުމަކުން ފުދޭނި.” ހަލަފް އެނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން އިނެ ބުނެލުމާއިއެކު ރައުހާ އާއި ހައްސާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
”ހައް. ތީ އެއްވެސް ކަމެއް ނޫނެއްނު. ހިނގަދާން އަހަރެންގެ ގެޔަށް. ފިސާރި ރަނގަޅަށް ބަތާއި ގަރުދިޔަ ކާން ދޭނަން.” ރައުހާ އާއި ހައްސާން ބަނޑުގައި އަތް އަޅައިގެން ހޭން ތިބިއިރު ހަލަފްވެސް އިނީ މޫނުމަތިން އެކަން ނުދައްކާ ބަނޑަށް ހީލަ ހީލައެވެ.
”އެޕޮލޮޖީ ނޮޓް އެކްސެޕްޓެޑް. ޓްރައި އަގެއިން ބައި ގިވިން އަ ސަބްމެރިން.” ހަލަފް އޭނާގެ އަތް ނަގައި ދެ އިނގިލި ހުޅުވާލައިފާ ތަޅުވާލިއެވެ. ”އޭއި. ތި އެޕޮލޮޖީ އެކްސެޕްޓް ކުރަން ވާނި އަހަރުންނަށް ވެސް ކާން ދިނީމަ އިނގޭ..” ރައުހާ އޭނާގެ ދަތްދޮޅީގައި އަތްވިއްދާލަމުން ބުނެލިއެވެ.
”ހައް. ތީވެސް އެއްވެސް ކަމެއް ނޫނެއްނު.” ސާޔާ އޭނާގެ އެއްފައި މައްޗަށް އެނެއްފައިވެސް ލަމުން ގޮޑީގައި ނިކަން ތުއިވެލައިފައި އިށީންދެލިއެވެ. އޭރު އޭނާގެ ކުރިމަތީގައި ތިބި ތިން މީހުންނަށްވެސް ދިޔައީ ހުއްޓާ ނުލައި ހެވެމުންނެވެ. ”އެއްވެސް ކަމަކަށް ނުވަންޏާ ކޮންމެ މީހަކަށް ސަބްމެރިން އަކާއި މިލްކްޝޭކެއް. އޯކެއި. ޑީލް.” ހަލަފް އޭނާގެ އަތް މައްޗަށް ހިއްލާލައި ޖަހާލާށޭ ބުނެލިއެވެ.
”ތިމީހުން ތިއުޅެނި އަހަރެން ހުލިކޮށްލަން ތަ؟” ހަލަފް ފާޑަކަށް ބަލަން ފެށުމުން ސާޔާއަށް އޭނާގެ ކަޅި އެކި ތަންތަނަށް އުކެން ފެށިއެވެ. ”އޯކެއި ފައިން. ޑީލް.” ފޫހި ގޮތަކަށް ސާޔާ އެހެން ބުނެލުމާއިއެކު ހަލަފް ޔޭ އޭ ކިޔައި ކޮޅަށް ތެދުވެ އެންމެންގެ އަތުގައި އަތް ޖަހަން ފެށިއެވެ. އެސަކަރާތުގައި ތިބެ އެމީހުން ކުރަން ޖެހޭ ކަންތައްވެސް ހަނދާން ނެތުނެވެ.
ހަތަރު މީހުން އެތާ ކައިރީގައި ހުރި ރެސްޓައުރެންޓަކުން ބަނޑު ފުރައި ކެއުމަށް ފަހު އިތުރަށްވެސް ދުފަމުން ވާހަކަ ދައްކަން ތިއްބެވެ. ”ނައު އެޕޮލޮޖީ އެކްސެޕްޓެޑް. ތެންކް ޔޫ.” ހަލަފް އޭނާގެ ބޯ ތިރިކޮށްލާ އެހެން ބުނެލީ އެންމެން ހެއްވާލުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ސާޔާ ވެސް ހެމުން ހެމުން ތުއިވެލާފައި ހަލަފްގެ ބޮލުގައި އަނެއްކާވެސް ޖަހައިލިއެވެ. މިފަހަރަކު ސާޔާ ސޮރީ އެކޭ ނުބުނެއެވެ. އަނެއްކާވެސް ކެއުމެއް ދޭން ޖެހިދާނެތީއެވެ.
ކެއުން ނިންމާލުމަށްފަހު ހުއްޓާ ނުލައި އަނގަ ހަލުވަމުން އައި ހަތަރު މީހުން ފެނިފައި އައިލީޝްއަށް އެދިމާލަށް ބަލައިލެވުނެވެ. ހަތަރު މީހުންނަށްވެސް އައިލީޝް ފެނުނީ އެވަގުތުކަމުން ހަތަރު މީހުންގެ ފައިވެސް ހީވީ އެތަނުގައި ބާރުގަދަ ތެރަހަކުން ތަތްކޮށްލިހެންނެވެ. އަތެއް ފައެއް ގުޑުވާވެސް ނުލައި ހަމައެކަނި ކަޅި އެކި ދިމާލަށް އުކަން ފެށީ އައިލީޝްގެ ފަރާތުން އަންނާނެ ބަހެއް ނޭނގޭތީއެވެ.
”ކޮންތާކުން ތިއައީ ހަތަރު މީހުން؟ އަށްގަޑި ބައި ވުމުގެ ކުރިން އަހަރެން ބުނިން ދޯ އަހަރެންގެ މޭޒަށް ގެނެސް ޕެން އާއި މައުލޫމާތު ކަރުދާސްތައް ލާށޭ. އެކަމު އަހަރެން ބުނި އެއްވެސް އެއްޗެއް ނުވައެއް ޖެހިއިރުވެސް މޭޒުމަތިން ފެންނާކަށް ނެތް. އެއީ ކީއްވެ؟” އައިލީޝް ހަތަރު މީހުންނަށް ވަކި ވަކިން ބަލައިލިއެވެ. އައިލީޝްގެ ރުޅިގަނޑު ހިންދައިލުމަށް ޓަކައި ރައުހާ ކަންވީ ހުރިހާ ކަމެއް ތަރުތީބުން އައިލީޝްއަށް ކިޔައިދޭން ފެށިއެެވެ. ކަންވީ ގޮތް އެނގުމުން އައިލީޝްއަށް ވެސް ހެވުނެވެ. ހުނުން ހިފަހައްޓާލަން މަސައްކަތް ކުރި ނަމަވެސް އައިލީޝްއަށް އެކަމެއް ކާމިޔާބެއް ނުވިއެވެ.
”މޭމް ވެސް ހެނީތަ؟” ސާޔާ ކުޑަކުއްޖެއް ފަދައިން ތުން ދަމައިލިއެވެ. އަނެއްކާވެސް އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”ނުހޭ ނުހުރެވޭނުން. މޭމްއަށް ނުދިނީމަ އެންމެ ދެރަވަނީމި.” އައިލީޝްވެސް ސާޔާ ފަދައިން ތުންދަމާލާފައި ބުނެލިއެވެ. ރުޅިއައިސް ހުރިކަމަށް ކިތަންމެ މޮޅު އެކްޓެއް ޖައްސަން އުޅުނަސް އައިލީޝްއަށް ދުވަހަކު އެކަން ކާމިޔާބު ނުވާނެއެވެ.
***
ރަސްރަނީގެ ބެންޗެއްގައި އިށީންދެލައިގެން މައުނާ އިނީ ނިކަން ހަމަޖެހިލައިގެންނެވެ. އެއްފައި މައްޗަށް އެނެއްފައި ލައިގެން އިނެ ފޯނުން ނަފްސީ ނަގަމުން ދިޔައީ ތުންފަތަށް އެކި ވައްތަރު ޖައްސަމުންނެވެ. އެގޮތުގައި ވައްތަރުތައް ޖައްސަން އިންދާ މައުނާއަށް އިސްޖަހައިލެވުނީ އޭނާގެ ކުރި މައްޗަށް އައިސް އެރި ނައިޝަމް ފެނިފައިއެެވެ. ކަޅު ކުލައިގެ ގަމީހަކާއިއެކު ހަމަ އެކުލައިގެ ފަޓްލޫނެއް ލައިފައި ވުމުން މައުނާއަށް ތަންމިނަށް އަނގަ ހުޅުވާލެވުނެވެ. ތިރިން ފެށިގެން މައްޗަށް ބަލަމުން ދިޔައިރު މައުނާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތުނިކޮށް ފަޅާފައި ހުރި މަތިމަހާއި ބޮލުގެ އިސްތަށިގަނޑަށް ޖައްސާފައި އިން ސްޕައިކް ރީތި ކަމުންނެވެ. އެއަށްފަހު ނައިޝަމްގެ ތޫނު ކަޅި ރަވައަށް މައުނާއަށް ބަލައިލެވުނީ އުފަލުން ފޮޅިފައި އިނެއެވެ.
މައުނާގެ ވައިބާގައި ޕްރޮފައިލްއަށް ލާފައި އިން ފޮޓޯފެނުމުން ނައިޝަމްއަށް ނިކަން ފަސޭހައިން އޭނާގެ ކުރިމަތީގައި އެއިނީ މައުނާކަށް އެނގުނެވެ. ތުންފަތަށާއި ބުމަ ހިއްލަ ހިއްލާފައި ނަފްސީ ނަގަމުން ދިޔަ މައުނާއަށް ބަލާލާފައި ނައިޝަމްގެ މޫނަށް ފޫހިކަން ވެރިވިއެވެ. ތުންފަތުގައި ރަތް ދަވާދު އުނގުޅައި މޫނުވަނީ ފުށްޓައްޕަކަށް ކޮށްޕާލާފައިއެވެ. ނައިޝަމްއަށް މައުނާ ސިފަ ކުރެވުނީ އެކަހަލަ ގޮތަކަށެވެ. ރަތް ކުލައިގެ ކަކުލާ ހަމައަށް އަންނަ ގަޔަށް ބާރު ހެދުމުގައި މައުނާ ހުރުމުން ނައިޝަމްއަށް އިސްދަށަށް ޖަހައިލެވުނީ ބަލަން ނުކެރިގެންނެވެ.
ނައިޝަމް ގޮސް މައުނާ އިން ބެންޗު ކޮޅުގައި އިށީންދެލައި ފޫހި ގޮތަކަށް އެކި ތަންތަނަށް ބަލަން ފެށިއެވެ. މައުނާއަށް އެއަމަލު އުނދަގޫވުމުން އޭނާ އިންތަނުން ތެދުވެލާފައި ގޮސް ނައިޝަމްއާ ޖެހި ފިތިގެން އިށީންދެލިއެވެ. ނައިޝަމްގެ ހިތަށް ވެރިވި ފޫހިކަމުން އޭނާއަށް ކުއްލިއަކަށް އެތަނުން ތެދުވެލެވުނެވެ. އަދި ތަންކޮޅެއް ދުރުގައި އިންނާށޭ ބުނެލުމަށްފަހު ގޮސް އަނެއްކާވެސް ބެންޗުގެ އަނެއްކޮޅުގައި އިށީންދެލިއެވެ.
”މާދަން މިއުޅެނީ ޕޮލިސް ސްޓޭޝަނަށް ދާން.” މައުނާ އޭނާގެ ދަބަހަށް ފޯނު ލާފައި ދެއަތް ދެއަތާ ކުޅެން ފެށިއެވެ. ނައިޝަމްގެ ކައިރީގައި އިންނަން ޖެހުމުން އެހިތުގައި އެންމެ ހިމަ ނާރުތައްވެސް ދިޔައީ އެކަތި އަނެކައްޗާއިއެކީ ނަށަމުންނެވެ. ނައިޝަމް މައުނާގެ މޫނަށް ބަލައިލީ ކީއްކުރަންހޭ އަހައިލާ ފަދަ ގޮތަކަށެވެ. މައުނާއަށް އެކަން މޭރުން ވުމުން ހުރިހާ ކަމެއް ނައިޝަމްއަށް ކިޔައިދޭން ފެށީ އެއީ ނައިޝަމްއަށް ނޭނގޭ ވާހަކަތަކެއް ކަމަށް ހީކޮށެވެ.
މައުނާ އޭނާގެ ވާހަކަ ނިންމާލި ވަގުތަކީ ވައްހާބު ނައިޝަމްގެ ފޯނަށް ގުޅަން ފެށި ވަގުތެވެ. އެހެންކަމުން އެބަ އަންނަމޭ ބުނެ ނައިޝަމް ތަންކޮޅެއް ދުރަށް ޖެހިލާ ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. ފުޅާ ހިނިތުންވުމެއް މޫނަށް ވެރި ކުރުވައިގެން އައިސް މައުނާގެ ކުރިމަތީގައި ނައިޝަމް ހުއްޓިލިއެވެ.
”ހެއި. އަހަރެންނަށް ދާން ޖެހިއްޖެ. އެހެން ރެއަކުން ދެން ވާހަކަ ދައްކާލާނި.” މައުނާގެ ހުއްދަ ލިބުމާއިއެކު ނައިޝަމް އެތަނުން ނުކުމެގެން އޭނާގެ ކާރަށް އަރައި ދުއްވާލިއެވެ. ހަގީގަތުގައި ނައިޝަމް މައުނާ ކައިރިން އަވަހަށް ސަލާމަތްވާންވެގެން އެއީ ދައްކާލި ބަހަނާއެކެވެ. ދާން ޖެހިއްޖޭ ކިޔައި އެތަނުން ނުކުތީވެސް ވެފައި ހުރި ފޫހިންނެވެ. ނަމަވެސް ހިތުގެ އެއްކަނެއްގައި އުފާވެރިކަންވެސް އޮތެވެ.
***
ޔޫޙާ މަޑުމަޑުން ޒާހިދާގެ ކޮޓަރީގައި ދޮރު ހުޅުވާލިއެވެ. އެނދުމަތީގައި ދެފައި ދަމާލައިގެން އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް ޒާހިދާ އުނދަގޫ ގޮތަކަށް ކަނދުރާ އަނބުރައިލާ ވަދީ ކާކުތޯ ބަލައިލިއެެވެ. ޔޫހާކަން އެނގުމުން އަވަސް އަވަހަށް އެނދުގައި އިށީންދުމަށްފަހު ޔޫހާ ގާތުވެސް އިށީންނާށޭ ބުނެލިއެވެ. ޔޫޙާގެ ފަރާތުން ފެންނަމުން ދިޔަ މަޑުމޮޅި ހަރަކާތްތަކުން ޒާހިދާއަށް އުނދަގޫ ކުރަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެެވެ. ކޮންމެސް ކަމެއް ގޯސްވެއްޖެ ކަމުގައި ޒާހިދާގެ ސިކުނޑި އެވަގުތު މެސެޖް ފޮނުވަމުން ދިޔުމުން ޒާހިދާ ހާސްވާ ގޮތްވިއެވެ.
”މަންމާ އަހަރެން ސުވާލެއް ކޮށްލަންތަ؟” ޒާހިދާއަށް އިނެވުނީ ގަނބުވެފައިއެވެ. ”އަނެއްކާ ކޮން ސުވާލެއްބާއެވެ. އެކުރާ ސުވާލަކަށް އަހަރެންނަށް ފަސްޖެހުމެއް ނެތި ޖަވާބު ދެވޭނެ ބާއެވެ.” ޒާހިދާ ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ ޔޫޙާ އޭނާއަށް ރަނގަޅު ސުވާލެއް ކުރުމަށެވެ.
”އެއީ މަންމަ ރާވައިގެން ކުރިކަމެއް ދޯ.” ޔޫހާ ބުނެލިއެވެ. ޒާހިދާގެ ޖަވާބަކަށް އިންތިޒާރުގެ ވަގުތުތަށް ޔޫހާ ގުނަމުން ދިޔައީ ދޮގަކަށް ވާނެކަމަށް ދުޢާ ކުރަމުންނެވެ. ނަމަވެސް ޔޫހާއަށް ނުވިސްނުނު ކަމަކީ އެސުވާލަށް ޒާހިދާއަށް ދޮގު ހެދޭނެ ކަމެވެ. އޮޅުވާލެވޭނެ ކަމެވެ.
”ދެން ދަރިފުޅަށްވެސް އެނގެއެއްނު މަންމަ އެހައި ގޯސް ކަމެއް ނުކުރާނެ ކަން. މަންމަމީ އެކަހަަލަ މީހެއް ނޫނޭ.” ޔޫޙާ އެބުނީ އާކިފްގެ މަރުގެ ވާހަކަކަން ޒާހިދާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެވާހަކަ އެކޮޓަރިއަށް ވަނުމަށްފަހު އަދި ޔޫޙާ ނުބުނެއެއް ނޫން ހެއްޔެވެ؟ ޔޫހާގެ ހިތުގައި އެތައް ޝައްކަކާއި ވަހުމެއް އުފެދިގެން ދިޔައެވެ. އެދެލޮލުން އެވަގުތު ހޯސްލާފައި ކަރުނަތައް އޮހެގަތެވެ. ކުރަންވީ ކަމެއްވެސް ނޭނގިފައި އިނެ ޔޫހާ ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ. މޫނުގައި ދެއަތް އަޅައި ފޮރުވައިގެން ހުރެއެވެ.
***
”މާދަން މައުނާ ޕޮލިސް ސްޓޭޝަނަށް ދާނެ. އެމީހުން މޮޅު ރޭވުންތައް ރާވައިބަ އެބަ. ވަރަށް މިކަމާ ވިސްނަން ޖެހޭނެ. މާދަން މައުނާ އެތަނަށް ދާއިރަށް ޗީފް ބުނާނެ ކަންނޭނގެ ލޯޔަރެއް ހޯދަން.” ނައިޝަމް އައިލީޝްގެ ކައިރީގައި ޖެހިގެން އިން ޖޯލީގައި އިށީންދެލައިގެން އިނެ ބުނެލިއެވެ.
”ތީގެ މާނަ އަކީ މި ހަފްތާގައި އަޑު އެހުންތައް ފަށާނެއޭތަ؟” އައިލީޝްއަކަށް ޒާހިދާގެ ވިސްނުމަކަށް ނުވިސްނުނެވެ. އޭނާ އުފާވީ ނުހަނު އަވަހަށް އަޑުއެހުންތައް ފެށޭނެ ތީއެވެ. ”ޔަހް. ދިސް ވީކް ތާސްޑޭގައި. މިހަފްތާގައި ހިޔެއްނުވެ މިކަން ނިމޭނެ ހެންނެއް. ތިން ހަފްތާއަށް ދިގުދެމިގެންދާނެ. މިހާރުވެސް އެއް ހަފްތާ އެދިޔައީ ދޯ ހެކި ހޯދަން.” ނައިޝަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އައިލީޝްގެ އުފާވެފައި އިން މޫނަށް ބަލައިލިއެވެ.
”އަސްލު ލަހެއް ނޫނެއްނު. ހުރިހާކަމެއް ރަނގަޅަށެއްނު މިދަނީ. ސޯ އިޓްސް އޯކެއި.” އައިލީޝްވެސް ނައިޝަމްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެ ދެމީހުންގެ ހިތުގައިވެސް ރާގުތައް ކުޅެން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Wowwwwww….haadha reehchey mi bai vx….waiting for the nxt part…lysm..stay safe
thank u sooo much kairaa dear.. keep waiting stay safe lym.
Alhey Naisham loabikan ❤️❤️❤️❤️❤️❤️❤️
Varah Varah reethi ?????????
Maasha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Curiously waiting for the next part ???
❤️❤️❤️ Lysm❤️❤️❤️❤️
hehe hmm dhw. thank u sooo much livy dear. keep waiting.. stay safe lym
Wowww varah reethi mi bai vs masha allah…. curiously waiting for the nxt… lysm
thank u soooo much riff dear.. keep waiting stay safe lym..
Hey nafu sis
Well and gud
Masha allah
Cant wait for next
thank u sooo much aru dear.. keep waiting stay safe
Maasha Allah. V v riythi mi part ves. When is next.
And sis I’ll always be supporting u. Ly?
thank u sooo much aashko dear.. aw thank u for supporting me dear.. next part insha allah mirey.. keep waiting stay safe lym
Mi bai vess varah reethi
Masha Allah
❤❤❤❤❤
thank u sooo much nww-she dear.. keep waiting stay safe
When is next sis…..
Waiting
Aashko. Nafu reyga submit kohfa v. Ekam reyaku vaahaka thakeh upload eh nukure ehnu.. maybe mirey upload kohla dhaane.. keep waiting.