Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯ ފޮހެލާދޭށެ މަގޭ 21

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 1, 2020 5 Mins Read
6 Comments

”އައިލީޝް. ދެން ދޭ. އޭނާގެ އަނގަ ހުޅުވުނީއެ.” އައިމިނަތު އެހެން ބުނުމާއިއެކު އަތުގައި ހުރި ކަރުދާސް ބޮޑިތައް ހިފައިގެން އެތަނުން އައިލީޝް ނުކުމެ އެނެއް ދޮރުން ހާމިދު އިން ބަޔަށް ވަނެލިއެވެ. އައިލީޝް އެތަނަށް ވަނުމާއިއެކު ހާމިދު ބަލައިލި ގޮތުން އައިލީޝްގެ ހިތް ތެޅިލިއެވެ. ސިހުމެއް ލިބިގެން ދިޔައެވެ. މުޅި މީހާ އުދާސްވާން ފެށިއެވެ.

ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އައިލީޝް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށްފަހު މަޑު ހިނގުމެއްގައި ގޮސް އިށީންދެލިއެވެ. އޭރުވެސް ހާމިދުގެ ކަޅި ހުއްޓިފައިވީ އައިލީޝްގެ ދޮން މޫނަށެވެ. ފޮޓޯއިން ހާމިދުގެ މޫނުން ފެންނަން ނެތް ލަކުނެއް ހަމަ ލޮލުން ފެންނަން އިނުމުން ނުހަނު ބިރުވެރިކަމަށް ދައްކައެވެ.

”އަލީ ހާމިދު. އަޅުގަނޑުގެ ސުވާލުތަކަށް ތެދުވެރިކަމާއިއެކު ޖަވާބު ދޭންވާނެ.” އައިލީޝްގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވި އެއްކަމަކު ހަމައަކަށް އެޅިލެވޭތޯ މަސައްކަތް ކުރިއެވެ.

”ނުދީފިއްޔާ.” އެއްވެސް ޖެހިލުމެއް ނެތި އައިލީޝްއަށް އަމާޒުކޮށްލި ބަަހާއިއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ނަމަވެސް އައިލީޝް ކަޅި ތިރިކޮށްލާ އޭނާ ގެނައި ކަރުދާސްތަކަށް ބަލަން ފެށިއެވެ.

”އަލީ ހާމިދަށް މި ހުރިހާ ކަމެއް ކުރަން އޯޑަރު ދިނީ ކާކު؟” އައިލީޝް ސީދާ ހާމިދުގެ ލޮލަށް ބަލަން އިނެ ބުނެލިއެވެ. އެއާއިއެކު ހާމިދު އެއްމިއްޔަކަނުން ހީލައި އައިލީޝް އާ ދިމާ ބަލައިލިއެވެ.

”މިހުރިހާ ކަމެއް؟ ކޮން ކަމެއް؟” އައިލީޝް ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް ހާމިދުވެސް ދިޔައީ ސުވާލު ކުރަމުންނެވެ. މާޖިދުއަށް ވުރެ ނުބައި ނުލަފާ މީހެކޭ އައިލީޝްގެ ހިތަށް އަރަމުން ދިޔައިރު އޭނާގެ ހިތުގައި ހާމިދުއަށް އޮތް ބިރުވެރިކަން ފިލައި ގޮސް ފޫހިކަމަށް ބަދަލުވާން ނެގީ އެންމެ ސިކުންތެކެވެ.

”ހާމިދު ކައިރީ އަހަރެން ބުނީ އަހަރެން ކުރާ ސުވާލުތަަކަށް ސުވާލެއް ދޭށޭތަ؟ ނޫނީ ޖަވާބެއް ދޭށޭތަ؟ ހާމިދުމެން ހީކުރަނި މީ ސަކަރާތް ޖަހަން ގެންނަ ތަނެކޭތަ؟ މަޖާ ކުރަން ގެންނަ ތަކޭތަ؟” އައިލީޝްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މީހާގެ އަތް މުއްކަވާ ބާރު ކުރެވިފައިވާއިރު ކަރުގައި ހުރި ނާރުތައް ދިޔައީ ހިލެމުންނެވެ.

”ހެހެ. ހީވޭތަ އަހަރެން ކަލޭމެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭނެ ހެން. އަހަރެންނަކަށް ނުޖެހޭ ކަލޭމެން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭކަށް. ސަކަރާތް ޖަހަން މިކަހަލަ ތަންތަނަށް އަހަރެމެން ނުގެންނަންޏާ ދެން ކީއްކުރަން އަހަރެމެން މިކަހަލަ ތަންތަނަށް ގެންނަނީ؟ ބޭކާރު ސުވާލު ކުރަންތަ؟ ނޫނީ ކަލޭމެންގެ ބަލިކަށިކަން ދައްކަންތަ؟” ހާމިދުގެ މޮޅެތި ބަސްތަކުން އައިލީޝްގެ ނިތަށް ރޫ އެތި ގިނަވަމުން ދިޔައެވެ. ”އަޅެ މީ އަޖައިބެއް ފަދަ އިންސާނެއް ހެއްޔެވެ؟ ފުލުހުންގެ ކުރިމަތީގައި އެހައި މޮޅެތި ބަސްމަގު ބޭނުން ކުރަމުންދާ އިރު އެއްވެސް ފަސްޖެހުމެއްވެސް ނެތީ ހެއްޔެވެ؟ ކުރެވުނީ މޮޅެތި ކަންތައްތައް ކަމަށް ހީކުރަނީ ހެއްޔެވެ؟ ކޮންފަދަ މޮޔަ ބައެއް ހެއްޔެވެ؟” އައިލީޝްގެ ހިތުގައި ސުވާލުތައް ޖެހެމުން ދިޔައެވެ. ހިތުގައި ފޫހިކަން ވެރިވެފައިވީ ވަރުން ދެންމެ ދެންމެ އެތަނުން ނުކުމެގެން ދާނިއޭ ވެސް ކިތަންމެ ފަހަރަކު އަރަމުން ދިޔައެވެ. ނަމަވެސް އެގޮތަށް ކަންތައްކޮށްފި ނަމަ އައިލީޝް ހާމިދުގެ ފަރާތުން ބަލިވީއޭ ހިތަށް އަރާނެއެވެ. ހާމިދުގެ އަނގައިން އެރީއޭ ހިތަށް އަރާނެއެވެ. އެހެންވާކަށް އައިލީޝް ބޭނުމެއް ނޫނެވެ. ހާމިދުގެ އަނގަ ކޮންމެ ގޮތެއް ހަދާފައިވެސް ބަންދުކޮށްލަން އައިލީޝް ބޭނުމެވެ.

” ދެހާސް ދިހަ ވަނަ އަހަރު ނޯތް ހާބަރުގައި މަރާލާފައި އޮއްވާ ފެނުނު އާކިފް ރަޝީދު ދަންނަން ދެއްތޯ؟” އައިލީޝް އެސުވާލު އަމާޒުކޮށްލީ ސީދާ ހާމިދުގެ ދެލޮލަށް ބަލަން އިނެއެވެ. އެދެލޮލުން އެއްވެސް ކަހަލަ ކަމެއް ފާހަގަ ކުރެވޭތޯއެވެ.

”އޯހް. ތީ އާކިފްގެ ދަރިއެއް ދެއްތޯ؟” ހާމިދު ކޮށްލި ސުވާލުން އައިލީޝްގެ އަނގަ ބަންދުވެެގެން ދިޔައެވެ. ”މިތަނުގައި ސުވާލުކުރަން އައިސް މީނީ ހާމިދު ހެއްޔެވެ؟ ނޫނީ އަހަރެން ހެއްޔެވެ؟” އައިލީޝްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ނަމަވެސް އަދިވެސް ހިތްވަރު އެލުވާލާކަށް ބޭނުމެއް ނޫނެވެ.

”އާދެ. އަޅުގަނޑު މިއީ އާކިފް ރަޝީދުގެ ހުރި ހަމައެކަނި ދަރި. ފާތިމަތު އައިލީޝް އާކިފް.” މަލާމާތުގެ ރާގަށް އައިލީޝް ޖަވާބު ދިނުމާއިއެކު ހާމިދު ޖަހައިލީ ހިނިގަނޑެކެވެ. ”ދެން އަޅުގަނޑު ކުރާ ސުވާލުތަކަށް ހާމިދު ޖަވާބު ދޭން ވީ. އާކިފް މަރައިލުމުގައި ހާމިދުވެސް ބައިވެރިވިން ދެއްތޯ؟ އާކިފް މަރައިލުމުގައި އެންމެ އިސްކޮށް ބައިވެރީ ހާމިދު ދެއްތޯ؟ އިސްމާއިލް ހަސަނާއިއެކު ޕެރެޑައިސް ގެއިން ވައްކަން ކުރުމުގައި ހާމިދު ބައިވެރިވިން ދެއްތޯ؟” ހުރިހާ ސުވާލެއްގެ ޖަވާބު އިނގުނަސް އައިލީޝް ބޭނުންވީ އެކައްޗެއްވެސް ނޭނގޭކަމަށް ހާމިދުގެ ސިކުނޑިއަށް އަންގަދޭށެވެ.

”ހެހެ. އެއްވެސް އެއްޗެއް ނޭނގި ދޯ އަހަރެމެން މިތަނަށް ގެނައީ. މިޒަމާނުގެ ފުލުހުންވެސް މިއީ ހާދަ ކަމެއް ނޭނގޭ މޮޔަ ބައެކޭ ދޯ.” އައިލީޝްގެ ރޭވުން ކާމިޔާބުވީއެވެ. ހާމިދުގެ ސިކުނޑީގައި އޭނާ އުންމީދު ކުރިގޮތަކަށް ކަންތައްވަމުން ދިޔުމުން އައިލީޝްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

”އާކިފް މަރައިލުމުގައި އިސްމާއިލް ހަސަނާއިއެކު އަލީ ހާމިދުވެސް ބައިވެރިވެފައިވޭ. އަދި ހެކި ދައްކާ ގޮތުން އާކިފް ހަށިގަނޑުގެ ދިހަ ތަނަކަށް ހާމިދު ވަނީ ހަމަލާފީދަ. އަދި އިސްމާއިލް ހަސަނާއިއެކު ޕެރެޑައިސް ގެއިން އަލީ ހާމިދު ވައްކަންވެސް ކޮށްފައިވޭ. އެގެއިން ގޭގެ ރެޖިސްޓްރީއާ ތިޖޫރީގައިވާ ނަވާރަ މިލިއަން ރުފިޔާވެސް ވަނީ ނަގާފައި.” އައިލީޝް ބުނަމުން ދިޔަ ކޮންމެ ބަހެއް ހާމިދަށް އިވެމުން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައިއެވެ. ކޮންމެ ބަހެއްވެސް އޭނާގެ ކަންފަތާ ހަމައަށް ފޯރުކޮށްލަނީ އޭނާގެ ދެލޯ ބޮޑުވެ ހައިރާންކަން އިތުރުވާ ހާލުއެވެ. ހަމައެވަގުތު ހާމިދަށް ރޭކާލީ އައިލީޝް އަމިއްލައަށް ކުރި ހުރިހާ ސުވާލެއްގެ ޖަވާބު އެނގޭ ކަމެވެ. ނަމަވެސް އޭނާ ބަލި ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އައިލީޝްގެ އަނގައިން އަރަން އޭނާވެސް ބޭނުމެވެ.

އައިލީޝް އޭނާއަށް ހުރިހާ ކަމެއް އިނގޭކަން ހާމިދަށް އަންގައިލުމަށްފަހު އެތަނުން ނުކުމެގެން އެނެއް ބަޔަށް ގޮސްވަނީ ރުޅި އައިސްފައި ހުރެއެވެ. މީހާގެ މޫނުމަތިން އެކަން ހާމަވަމުން ދިޔައިރު ވަނީ އުދާސްވެސް ހިލިފައިއެވެ. ނަމަވެސް ރުޅިވެރިކަމާއި އެއްވަރަށް ފޫހިކަމާއި ނުތަނަވަސްކަންވެސް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ.

”އައިލީޝް. ދެން މޭމް އަށް ފެންނަނީ އަވަހަށް ޕްރޮސެކިއުޓަރުންގެ މަސައްކަތް ފަށަން. އެތިން މީހުންނަކީ އެއްބަސް ކިޔައިގެން އުޅޭ މީހުން. ކިތަންމެ ވަރެއް ކުރިޔަސް އެމީހުން އަނގައިން ބުނާނެ ހެންނެއް ހީނުވޭ. އެކަށީގެންވާ ވަރަށް ހެކި ލިބެން ހުރިއްޔާ އަވަހަށް ދެން ނިންމަންވީ މިކަން. މޭމް ބުނަން އޮތީ މިހެން.” ޗީފް އައިމިނަތު އައިލީޝްއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެތަނުން ނުކުމެގެން އޭނާއަށް ހާއްސަ ކޮޓަރިއަށް ގޮސް ވަނިއެވެ. އައިލީޝް ފުން ނޭވާއެއް ދޫކޮށްލައި ތަނުގައި ތިބި އެންމެންގެ މޫނަށް ވަރަށް ފުން ނަޒަރެއް ދިނެވެ.

”ޕްރޮސެކިއުޓަރުންނަށް ދެން އޮތް ބައި ހަވާލު. އަހަރެން އުންމީދު ކުރަން މިކަން ކާމިޔާބުކޮށް ދޭނެ ކަމަށް.” ސީދާ ނައިޝަމްގެ ލޮލަށް ބަލަން ހުރެ އައިލީޝް ބުނެލީ ފެންކަޅިވެފައި ހުރެއެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ބަބުޅަމުން ދިޔައެވެ. އަނގަ ދިޔައީ ތުރުތުރު އަޅަމުންނެވެ.

”މޭމް ހާސް ނުވޭ. އަޅުގަނޑުމެން ތިކަން ކޮށްދޭނަން. އެންމެން މިތިބީ މޭމްގެ ބައްޕައަށް އިންސާފު ހޯދަދޭން އަތުކުރި އޮޅާލައިގެން.” އީރަމް އައިސް އައިލީޝްގެ ދެކޮޑުގައި ހިފައި އޭނާ ގާތަށް ގެނައެވެ. އެވަގުތު އައިލީޝް އޮތްހާއިރު ހިފަހައްޓާލައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަން ފެށިއެވެ. ގިސްލާ އަޑު މުޅި ތަނުގައި ހަރުލާފައި ހުއްޓެވެ. އެވަގުތުކޮޅު ދިޔައީ އެންމެންގެ ދެލޯ ވެސް ތެތްމައިލި ވަގުތުކޮޅަކަށެވެ.

***

”ކާކު އެގުޅަނީ. ކީއްވެ ފޯނު ނުނަގާ ތިއިންނަނީ؟” އަރީން ޔޫނާންގެ ގާތުގައި ބެންޗުގައި އިށީންދެލައިގެން އިނެ މޫދުން ނަގަމުން ދިޔަ ރާޅުތަކަށް ބަލަމުން ދިޔައެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އެތައް ބައެއް އެތަނުގައި ހިތް އުފާކޮށްލަން އައިސް ތިއްބެވެ. ގައިގައި ބީހިލާ ފިނިފިނި ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިއްބައިދެމުން ދިޔައިރު ބޯކޮޅު މަތިން އުދުހެމުން ދިޔަ ރީތި ދޫނިތަކުގެ މިޔުޒިކީ ރާގުން އެ ހިތްގައިމުކަން އިތުރުކޮށް ދީފައިވެއެވެ. ކުދިކުދި ރާޅުތައް އައިސް ގޮޑުދޮށަށް ބިންދާލަމުން ދާއިރު އެނިކުންނަ އަންބާއާ އެކު އިތުރަށް އެއަޑު ރީތިކޮށް މާހައުލުގެ ތާޒާކަމާއި އާރޯކަން އިތުރުކުރުވައެވެ.

ޔުނާން ޖީބުން ފޯނު ނަގައި އެއްފަރާތަކަށް ކަހާލުމަށްފަހު  އަނެއްކާވެސް ފޯނު ޖީބަށް ޖަހައިލިއެވެ. އަދި ބުނެލިއެވެ. ”އެއީ އެއްވެސް މީހެއް ނޫން.” ޔުނާން އެހެން ބުނެލުމާއިއެކު އަރީންގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހަގީގަތުގައި ޔުނާންގެ ފޯނު ސްކްރީނަށް އަރައިފައި އިން ނަން އަރީންއަށް ފެނުނެވެ. އަދި ވެގެން އުޅޭ ގޮތްވެސް ރޭކާލިއެވެ.

”އެއްވެސް މީހެއް ނޫނޭ. ޔުނާން. ހަމައަސްލަށް ވެސް އެއީ އެއްވެސް މީހެއް ނޫންތަ؟” އަރީން ގަބޫލު ނުކުރެވޭ ފަދައަކުން އެހެން އަހައިލުމާއިއެކު ޔުނާންވެސް އަރީންގެ މޫނަށް ބަލައިލިއެވެ.

”ހޫމް. އެއްވެސް މީހެއް ނޫނޭ އެއީ.” ދުރަށް ބަަލަން އިނެ ޔުނާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެހެންކަމުން އަރީންގެ މޫނަށް އަރައި ފައިބަމުން ދިޔަ އެއްވެސް ކުލަވަރެއް ޔުނާންއަކަށް ނުފެނެއެވެ.

”އެހެންޏާ އަހަރެންމީ ޔުނާންއަށް ކިހައި މުހިންމު މީހެއް؟” އަރީންގެ ސުވާލު އަޑުއިވިފައި ޔުނާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަހަލަ ސުވާލަކަށް އުންމީދެއްވެސް ނުކޮށް ހުއްޓާ އެކަހަލަ ސުވާލެއް އަމާޒުވުމުން ޔުނާންއަށް ސިހުން ލިބިގެން ދިޔައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައި ޔުނާންއަށް ހިނިތުންވެލައިގެން އިނެވުނީ މޮޔަވެފައިވާ ޕަރުވާނާއެއް ފަދައިންނެވެ. އެސުވާލުން ސިހުން ލިބުނު ނަމަވެސް އޭނާގެ ހިތުގެ ވިންދު މެކުހަށްވެސް އަރައިގެން ގޮސްފިއެވެ. އަތްފައި ފިނިވާން ފަށައިފިއެވެ.

”ކީއްވެ ތިހެން ތި އެހީ. އަހަރެން ބުނީމެއްނު އެއީ އެއްވެސް މީހެއް ނޫނޭ. ނުދަންނަ މީހެއް އުނދަގޫ ކުރަނި.” ޔުނާން އަދިވެސް ބެލީ އަރީންއަށް އޮޅުވައިލެވޭތޯއެވެ.

”ޔުނާން. ޔުނާން ބަލައި ބޮޑު ކުރި ޔުނާންގެ މަންމަ އަކީ އެއްވެސް މީހެއް ނޫންތަ؟ ޔުނާން ބަނޑު އަޅައި ވިހެއި މައިމީހާއަކި އެއްވެސް މީހެއް ނޫންތަ؟ ޔުނާން ނުވަމަސްދުވަސް ވަންދެން ބަނޑުގައި ގެންގުޅުމަށްފަހު އެތައް ވޭނަކާއެކީ ނުނިދާ ބަލައި ބޮޑު ކުރީމަވެސް އެއްވެސް މީހަކަށް ނުވިދޯ؟” އަރީންގެ އަޑު ބާރުވެގެން ދިޔައެވެ. ހިތްހަމަ ނުޖެހި މީހާގެ ނިތަށް ރޫތައް އަރާފައިވެއެވެ.

ޔުނާންގެ މޫނަށްވެސް އެވަގުތު ބުނަން ނޭނގޭ ކުލަވަރުތަކެއް އަރައިގެން ދިޔައެވެ. އަރީންގެ އެސުވާލުތަކުން ޔުނާންގެ ހިތް ގުޑުވާލައިފިއެވެ. އެހިތަށް ޒަލްޒަލާއެއް އަތުވެއްޖެއެވެ. ޔުނާންގެ އަނގައިން ނުބުނެ އެގޮތުގައި އިންދާ އަރީން އެތަނުން ތެދުވެގެން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެެވެ. ޔުނާންއަށް ލިބުނު ހިތްދަތިކަން ބަޔާންކުރަންވެސް ދަތިވިއެވެ. އަރީން ފަސް އެނބުރި ހިނގައިގަނެގެން ދިޔައިރު ޔުނާންގެ ހުރިހާ އުންމީދުތަކެއް އަވާމެންދުރަކަށް ވެގެން ދިޔައެވެ. އަރީން ދިޔަތަން ބަލަން ޔުނާންއަށް ހުރެވުނީ ކަރުނުން ތެމިފައިވާ ދެލޮލުން ބަލާށެވެ.

އައިލީޝް ގެއްލިގެން ދިޔަހެން އަރީންވެސް ޔުނާންއަށް ގެއްލުނީ ހެއްޔެވެ؟ އަރީންގެ ރުހުން ޔުނާންއަށް ލިބޭނެ ހެއްޔެވެ؟ ވެގެން އުޅޭ ގޮތާއި ހަގީގަތް ކިޔާދިނުމުން އަރީން ޔުނާންއަށް ވާހަކަ ދައްކާނެ ބާއެވެ. ލަފައެއް ދޭނެ ހެއްޔެވެ؟ ޔުނާންގެ ވާހަކަތައް އަރީން އަޑު އަހާނެ ހެއްޔެވެ؟

***

ޒާހިދާ ހުއްޓާ ނުލައި ފޯނުން އެކި މީހުންނަށް ގުޅައިގެން ވަކީލެއް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަލިމަގެއް ޒާޙިދާއަށް ފެނިގެން ދިޔައީ އެގޮތުގައި މަސައްކަތް ކުރާތާ ހަތަރު ގަޑިއިރު ފަހުންނެވެ. އޭނާގެ އެކުވެރިއެއް ދިން ނަންބަރެއް ފޯނުގައި ޖަހައިލުމަށްފަހު ސްޕީކަރަށް ލައި ފޯނު އެނދުމަތީގައި ބާއްވާލީ އެމީހާ ފޯނު ނަގަންދެކަށެވެ.

”ތިއީ މާޖިދުގެ އަންހެނުން ތޯ؟” އެވަގުތު އެމީހާ ކޮށްލި ސުވާލުން ޒާހިދާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެތައް ސުވާލެއް ހިތުގައި އުފެދެން ފެށިއެވެ.

~ ނުނިމޭ ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އޯގާވީ ހިތަކުން.. 1

Next

ވާށޭ މަށާ އެކީ-28

Next
June 1, 2020

ވާށޭ މަށާ އެކީ-28

Previews
June 1, 2020

އޯގާވީ ހިތަކުން.. 1

6 Comments!

  1. Crazy girl says:
    June 1, 2020 at 3:29 am

    Varah varah reethi ❤️❤️❤️❤️❤️
    Maasha Allah ???????
    Curiously waiting for the next part ???

    1. ?Nafu✨ says:
      June 1, 2020 at 8:22 pm

      thank u sooooo much crazy girl. it means a lot. and keep waiting

  2. ?Aashko?? says:
    June 1, 2020 at 1:20 pm

    Maasha Allah. ??
    Mi part ves v v furihama. Curiously waiting for the next part. Ly sis. V ufaavey komme dhuvahaku vaahaka kiyaalan libeythiy.. keep it up sis

    1. ?Nafu✨ says:
      June 1, 2020 at 8:24 pm

      thank u sooooo much aashko.. and keep waiting. lym.. again thank u and im glad to read your comment dear. adhi vr ufaavey dear ge comment eh konme partakun vs nafu ah kiyaalan libeythy. thank u for your endless support

  3. Kairaa says:
    June 1, 2020 at 6:37 pm

    Varah varah reethi mi bai vx???……..curiously waiting for the nxt part…lysm sis…

    1. ?Nafu✨ says:
      June 1, 2020 at 8:26 pm

      thank u soooo much one of my regular reader kairaa. it means a lot.. dear nafu ah thidhey supportah vr bodah thanks inge. keep waiting.. lym

Comments are closed.

Next Episodeލޯ ފޮހެލާދޭށެ މަގޭ 22←


All Right Reserved!