އައިވިންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އެނގި ޒޯޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ޖޫސްގެނައި ތަބަށް ޖޯލިފަތީގެ ކުރިމަތީގައި ހުރި ފިލައިން ހަދާފައިވާ ތިރި މޭޒުގައި ބެހެއްޓުމަށްފަހު ޒޯޔާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
“އުންމީދު ކުރަން އަޅުގަނޑުގެ ގެސްޓް ހައުސްގައި ހުންނަ ހުރުން ހިތްހަމަޖެހޭ ތަޖުރިބާއަކަށް ވެގެންދާނެކަމަށް..” ޖޫސްތަށި ހުސްކޮށްލުމަށްފަހު ޒަފަރް ތެދުވެ އައިވިން އާއި އެކު ހިނގައިގަތީ ގެސްޓް ހައުސް އާ ދިމާއަށެވެ.
” މިހުރީ ގެސްޓް ހައުސްގެ ސްޓާފް ހެޑް މިސް ސްޓެފަނީ.. އެއްވެސް ކަމަކަށް ދަތިވެއްޖެ ނަމަ ސްޓެފަނީ ކައިރި ބުނެލާ..ނުވަތަ އަޅުގަނޑު ކައިރި ބުނެލެއްވިޔަސް މައްސަލައެއްނެތް.. ” ވަރަށް ހިނިއައިސް ހުރެ ޒަފަރް އޭނާގެ ބިޒްނަސް ކާޑު އައިވިންއަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދެއްވި މެހެމާންދާރީއަށް..” ކާޑުގައި ހިފަމުން އައިވިން ޝުކުރު އަދާކުރިއެވެ.
“ދިސް ވޭ ސަރ” އަދަބު އިޚްތިރާމާއެކު ސްޓެފަނީ އައިވިންއަށް ދާންވީ މިސްރާބު ދައްކާލިއެވެ. އައިވިންވެސް އޭނާގެ ހިނގުން ބާރުކޮށްލީ އޭނާ އެހުރީ ނުހަނު ބޮޑަށް ވަރުބަލިވެ އަރާމުކޮށްލަން ބޭނުންވެފައި ކަމަށްވާތީއެވެ.
ގެސްޓް ހައުސްގެ ތިންވަނަ ފަންގިފިލާގައި ހުރި ވީ.އައި.ޕީ ރޫމެއް ކައިރީ ސްޓެފަނީ ހުއްޓުމަށްފަހު އެއީ އައިވިންގެ ރޫމްކަމުގައި ބުނެލިއެވެ. އެކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިވަނީ އައިވިންގެ ބޮޑީގަރޑް އަށް ތައްޔާރުކުރެވިފައެވެ.
ސްޓެފަނީއަށް ޝުކުރު އަދާކުރުމަަަށްފަހު އައިވިންގެ އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި އޭނާގެ ލަގެޖްތައް ބަހައްޓާފައި ހުރިތަން ފެނުމުން ހިންހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ވީ.އައި.ޕީ ރޫމެއްކަމުން މުޅި ކޮޓަރިން ފެނިގެންދަނީ ތަނަވަސްކަމެވެ. މަޑު މަޑުން ކޮޓަރީގައި ފިޔަވަޅުތައް އަޅަމުން އައިވިން ހުއްޓުނީ އެއްފަރާތަކަށް ކެހޭ ގޮތަށް ހުރި ބޮޑު ބިއްލޫރި ދޮރުކުރިމަތީއެވެ. ދޮރު އެއްފަރާތަކަށް ކަހާލެވުމާއެކު ތަނަވަސް ބެލްކަންޏަކަށް ނިކުމެވުނެވެ. ބެލްކަންޏާއި ނުހަނު ގާތުން ކުރިމަތީގައި ހުރި ގެއެއްގެ ކޮޓަރީގެ ބެލްކަނި ފެންނަމުން ދިޔައެވެ. އެދެމެދުގައި ގާތްގަނޑަކަށް ހުންނާނީ ފަަަސް ފޫޓުގެ ދުރުމިނެވެ. ތިރި ބަލައިލުމުން އެއީ ޒަފަރްގެ ގެކަން އައިވިން އަށް އެނގިގެންދިޔައެވެ.
ޖީބުގައި އޮތް އައިވިންގެ ފޯނު ކުއްލިއަކަށް ރިންގް ވާންފެށިއެވެ. އެއްވެސް ނަމެއް ސޭވްކުރެވިފައިނުވާ ނަންބަރެކެވެ. އެހެނަސް އެނަންބަރު ފެނުމާއެކު އައިވިންގެ މޫނުމައްޗަށް ވެރިވި ފޫހިކަމުން އެގުޅަނީ ކާކުކަން އޭނާއަށް އިނގޭކަހަލައެވެ.
އިރުކޮޅަކު ފޯނަށް ބަލަން ހުރުމަަށްފަހު އައިވިން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ބުނީމެންނު އަހަރެން ގުޅުމުގެ ކުރިން މިނަންބަރަށް ނުގުޅާާށޭ..” ދަތްކުނޑި ވިކާލަމުން އައިވިން ބުނެލިއެވެ.
“ކޮބާތަ މައްސަލައަކީ ލަވް.. އައި ވޯޒް މިސިންގް ޔޫ ސޯ މަޗް.. ތިހާ ކުއްލިގޮތަކަށް ފުރައިގެން ދިޔައީމަ އަހަރެން ހާސްވާނެކަން އިނގެއެންނު..އަހަންނަށް އެއްވެސް ޑީޓެއިލްސް އެއްވެސް ނުދީ ތިދިޔައީ.. ދިޔައީ ކޮންބޭނުމަކު ކަމެއް އަންނަނީ ކޮން އިރަކު ކަމެއްވެސް ބުނެ ނުލާ..” ފޯނުގެ އެކޮޅުން ވާހަކަ ދައްކަމުން ދިޔަ އަންހެންކުއްޖާ ކުސްތަޅާލިއެވެ.
“ކޮންއިރަކުތަ ޖޫން އަހަރެން ކުރާ ހުރިހާ ކަމެއް ބަލަން ފެށީ.. އަހަރެންގެ މަސައްކަތް ނިމުނީމަ އަހަރެން އަނބުރާ މާލެ ދާނަން..އެންމެ ރަނގަޅެންނު.. ނައު ލެޓް މީ ހޭވް ސަމް ރެސްޓް.. އެންޑް ރިމެމްބަރ ވަޓް ވީ އެގްރީޑް ފޯ!” ހަރުކަށި ކަމާއެކު ފަހު ބަސްތައް ބުނެލަމުން އައިވިން ފޯނު ކަނޑާލިއެވެ.
ކޮޓަރިތެރެއަށް އަނބުރާ ވަނުމަށްފަހު އެނދުމައްޗަށް އައިވިން ފޯނު ހޫރާލިއެވެ. ރީތި ގޮތަކަށް ސްޓައިލް ކުރެވިފައިވާ އޭނާގެ ބޯ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ހަމަޖެހިލުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ފަހަކަށް އައިސް ޖޫންގެ އަމަލުތަށް ވެފައިވަނީ އައިވިންގެ ބޮލުގެ ރިހުމަކަށެވެ.
އައިވިން އާއި ޖޫން ދިމާވީ ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް ހުރި ހުުރުމުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެއީ ދެލޯބިވެރިންނެވެ. އެހެނަސް އައިވިންގެ ހިތުގައި ޖޫންގެ މައްޗަށް އެއްވެސް ހާއްސަ ކަމެއް ދެވިފައެއްނުވެއެވެ. އޭނާ ޖޫން އާ ރައްޓެހިވީ ހަމައެކަނި ފޫހި ފިލުވާލުމަށެވެ. ދެމީހުންގެ ގުޅުން ފެށުމުގެ އެންމެ ކުރީއްސުރެވެސް އައިވިން ވަނީ އެދެމެދުގައި ވަކިއުސޫލުތަކެއް ކަނޑަ އަޅާފައެވެ. އެހެނަސް ޖޫންގެ ހިތުގައި ދުވަހަކަށްވުރެ ދުވަހެއް އައިވިންގެ ނަން ފެވެމުންދާއިރު އެ އުސޫލުތަކުގައި ހިފެހެއްޓުމަށް އޭނާއަށް ވަނީ ނުކުޅެދިފައެވެ.
*******
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ސިހިފައި ޒޯޔާއަށް ފަހަތަށް އެނބުރެވުނެވެ. ދޮރުމަތީގައި ހުރި ޒަފަރް ފެނި ނޭނގޭ ބިރުވެރިކަމުގެ ރާޅު ބާންޏެއް އެހިތުގައި ދުވެލިއެވެ. އެއީ ޒަފަރް ފެންނަ ކޮންމެ ފަހަރަކުވެސް ޒޯޔާގެ ހާލެވެ.
“ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނެގީ..” ދޮރާ ފުރަގަހަށް އެނބުރިގެން ހުރި ޒޯޔާ އަށް އޭނާގެ ގާތައް އަންނަމުންދިޔަ ޒަފަރްްގެ ފިޔަވަޅުތަކުގެ އަޑު އިވެމުން ދިޔައެވެ.
“އެ..އޭރު ގެޔާ ކައިރިވެފަ ހުރީމަ..” ދެއަތް ދެއަތާ މޮޑެމުން ދިޔަ ޒޯޔާގެ އަޑުގައި ވަނީ ހާސްކަމެވެ. އެހެނަސް ދޮގު ހެދުމުގެ ވިސްނުމެއް ޒޯޔާގެ ނެތެވެ.
“ދެން..؟ ދެން އެއީ ފޯނު ނުނެގެންޖެހޭ ސަބަބެއްތަ؟” ޒޯޔާގެ ފަހަތުން ހުއްޓި ޒަފަރް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
ޒަފަރްގެ ހޫނު ނޭވާތައް އޭނާގެ ކަނދުރާއަށް އެޅެމުންދާ އިޙްސާސްވުމުން ޒޯޔާއަށް ދެލޯ ތަގުޅިކޮށްލެވުނެވެ.
“އޭން..ޖަވާބު ދީބަލަ..!!” ޒަފަރް ޒޯޔާގެ އިސްތަށިގަނޑުގައި ކުއްލި ޖަހާފައި ހިފިއެވެ. ނަގައިގެން ދިލަ ތަދުން ޒޯޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެހެނަސް ޒޯޔާގެ އަނގައިން އެއްވެސް އަޑެއް ނުނިކުންތާ އެމޫނުމަތިން އެއްވެސް އަސަރެއްގެ ލިސާނެއް ފާޅެއްނުވިއެވެ. ހީވަނީ އެފަދަ އަނިޔާތަކަށް އޭނާ ވަނީ އާދަވެފައިހެންނެވެ.
“ދެންވެސް އަހަރެން ގުޅީމަ ފޯނު ނަގަން ހަނދާންކުރާތި! އަހަރެންގެ ފައިސާއިން ކަލެއަށް ފޯނު ގަނެދިނީކީ ފަރިއަކަށް ފޯނުގަނޑު އަތަށް ލައިގެން ގެންގުޅޭކަށެއްނޫން..” އިސްތަށިގަނޑުން އަތްދޫކޮށްލަމުން ޒަފަރް ޒޯޔާގެ ބޯ ކުރިއަށް ކޮށްޕާލިއެވެ. އަދި ބާރު ހިނގުމުގައި ގޮސް ކޮޓަރިން ނިކުމެގެން ދިޔައެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ޒޯޔާ ދޮރާވީފަރާތަށް އެނބުރުނެވެ. ހުސްކޮށް އޮތް ކޮޓަރި ފެނުމުން ޒަފަރް ކޮޓަރިން ނިކުމެގެން ދިޔައީކަން ޒޯޔާއަށް އެނގުނެވެ. ކޮޓަރީގެ ބިއްދޮށް ފާރުގައި ބުރަކަށި ޖައްސާ ލަމުން ޒޯޔާ ދެލޯމަރާލިއެވެ. އެހިނދު ލޮލަށް ޖަމާވެފައިވާ ހޫނު ކަރުނަތައް ކޯތާފަތައް ފައިބައިގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Yayyyyy me first thr. Kiyaalaafa comment eh kohllaanan ingey
Yess Aish dear.. U r first.. congrats..Sure.. lemme know what u think?
Alheyyyy lwbi lwbi wonder.. Vvvv reethi Mi bai vx ??????N Aivin mee kon kahala meeheh. Aadhaige meeheh noon dhw?Normal meeheh?Alhe Azzamu mathin V miss vey ingey darl☺️hehe Alhey zafar thihen hadhaakah nuvaanehnnu ekuhjjaa fulhah…. Adhi bandu vx bodu dhw Zoya… Zoya keehvve thr ehaa aniyaaveri meehakaa iny ??balaalan jeheyny dhw dear
????Stay safe and stay home dhoonigandu
????Lysssmmmm
????Myssssssmm
Mifaharu Rai ge favourite kula Aish wonder ah vx special kohllii ingey Heheh
Awwn thank u soo much Aish.. v ufaavejje mi bai kamudhiyaeema.. ahaha.. aivin eii new normal meeheh kanneynge? ahaha.. Azzam dhww.. dear ah hama mi storyga ves faharehga fenidhaane Azzam?. Yess..dhn huri baithakuga ingigen dhaane hama.. u too stay safe dear. Awwn.. Soo happy that u r still showing so much of love for the previous story.. i miss rai too.. ly n miss u more..?? I’ll use yellow too this time..hehe?
Salaan dear readers.. Here is the 3rd part of neydhemey vakivumeh.. Hope u all will like this part.. Pls point out the mistakes i need to correct.. Enjoy reading n have a safe day?❤❤
Oh loabi mi part ves❤️❤️❤️❤️❤️❤️❤️
مشاء الله????????????Wonder haalu kihinehtha???☺️☺️☺️ Azzam kahala bas naahaa kujjeh ulheynebaa?????? Azzam varah hadhaanvey???? haha next part ge inthixaaru ga………. ????
Stay safe?
Thank u soo much sher.. v ufaavejje mi bai kamudhiyaeema.. hehe..haadha gina kudhin Azzam miss veyey dhw eba.. hama faharehga fenidhaane ingeyy..? wonder hama baraabaru.. Al’hamdhulillah.. how r u dear? Next part is already written.. In sha Allah v avahah kiyaalan libeyne.. u too stay safe dear❤❤
wowww… just woowww… im speechless ??
haadha reethi ey mi part vx… hama wow.. ?? ur saying hope we like it! Damn i love it?
love u wonder
keep going nd growing ?
how’re u doin??
hope ur having a great week ?
Awwn thank u soo much ner..ur words r really encouraging..❤❤ v ufaavejje dear ah mi part kamudhiyaeema.. Im doing great. Al’hamdhulillah.. hoe abt u dear?
Hey wonder sisoooooo….. Mee bluebird… Hadhaan ebahuritha……. Sorry ingey… Comments publish nuvaathee miulhenee but hama kiyan……maashaa Allah..✌✌✌✌✌✌✌✌✌✌.. This story is very nice as always…….. I like it….I think this story will be very nice………….Sisssyyy ge stories kiyaairu mistakes vaki kuraakahves nenge…. Ehaaves reethi……… Keep it up with the good work…………?????????????????…. When next????…. Waiting for the next…. Love you soooo much……????????????????????????????????????????????????????????????????????????????????????
Ofc blue bird.. Thihaa sweet reader eh kihineh wonder handhaan netheyny..thank u soo much dear.. In sha Allah won’t disappoint u.. next part is already written..v avahah In sha Allah kiyaalan libeyne.. issokayy dear.. story kiyaakan ingunyma v ufaavejje..lym dear❤❤
Varah Varah Varah reethi ?❤️?❤️?❤️?
Maa sha Allah ?❤️?❤️?❤️?❤️?❤️
Curiously waiting waiting for the next part ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
Love you wonder❤️?❤️?❤️ stay home nd stay safe ❤️?❤️?❤️?❤️?❤️?❤️?❤️
Thank u soo much Livy..v ufaavejje dear ah mi part ves kamudhiyaeema.. next part In sha Allah v avahah kiyaalan libeyne.. u too stay safe.. lym dear.❤❤
Maashaallah V v reethi mi part ves… Zafar ey haadha aniyaa kuraa meehakey Dhw…and v miss vey raihaa mathin…Curiously waiting for the nxt part dear.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Stay safe and Tc dear… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank u soo much lam.. yess.. zafar v goas dhww.. glad to know that u still remember vaashey mashaa eky..saame..u miss her too.. Next part In sha Allah v avahah kiyaalan libeyne.. u too stay safe n tvgc❤❤
Wow…. Wonderful….. Heheheheheehhe…. Keep it up wonder dear….. Stay safe…. ❤️❤️❤️❤️?
Thank u soo much Rani.. v ufaavejje mi part kamudhiyaeema.. u too stay safe dear❤❤
Wonder mi vaahaka nimunyma rani dhey plot akah story eh liyeveynethr ?….. Real koh higi kmh…… ?If u don’t mind
Oww.. ofc dear..If u r willing to trust me with the story I’ll be happy to.. n real event eh veema it would b really nice..?