Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ވަކިވެދިޔަޔަސް…..

Eekko_11 Level 110 Stories
August 19, 2020 3 Mins Read
29 Comments

ހަވީރުގެ ވަގުތެވެ. އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން 21 އަހަރުގެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސްއެއްގައި އިންއިރު ކަޅުކުލަ ގަދަ އެއިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. އެދޮން ކޯތާފަތުގައި ފިރުކެމުންދާ ކުދި ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެމުން ދިޔައިރު ފެންނަ ކޮންމެ މީހަކު އެކުއްޖާއާއި ދިމާލަށް ބަލައިލަނީ ހަމްދަރްދީގެ ނަޒަރުންނެވެ. ނަމަވެސް އެކުއްޖާ އިނީ މާޒީގެ ހިޔާލުތަކަށް ގެއްލިފައެވެ.
އުމުރުން އެންމެ 11 އަހަރުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޭނާގެ މައިންބަފައިން ނިޔާވުމުން އައިލީން ވަނީ އެކަނިވެރިވެފައެވެ. ބޮޑުދައިތައާއި އެކީ އުޅުނު ނަމަވެސް އައިލީންގެ ހިތަށް އުފާވެރިކަމެއް ނައެވެ. މައިންބަފައިން ވަކިވުމުގެ ހިތާމަ ވަނީ އައިލީންގެ ހުރިހާ އުފާވެރިކަމެއް ފޭރިގެންފައެވެ.
ދުވަސްތައް މާޒީއަށް ވަމުން ގޮސް އައިލީންއަށް 18 އަހަރު ފުރިއްޖެއެވެ. މަދުމަދުން އައިލީން ހީލާތަން ފެންނަން ފަށައިފިއެވެ. އޭރު އައިލީންއަކީ ޒުވާން ރީތި ކުއްޖެކެވެ. މުޅި ރަށުގައި ހުރި އެންމެ ރީތި ކުއްޖާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިތަންމެ ފިރިހެން ކުދިންނެއްގެ ހިތުގެ ރާނީކަމުގައި އައިލީން ވެނިމިއްޖެއެވެ. ކިތަންމެ ފިރިހެން ކުއްޖަކު އައިލީންއަށް ލޯބި ހުށަހަޅައިފިއެވެ. ނަމަވެސް އައިލީންއަށް އަދިވެސް ރަނގަޅު ކުއްޖެއް ނުފެނެއެވެ. ނޫނީ ހޯދަން ވެސް ބޭނުން ނުވަނީއެވެ.
މިއަދަކީ ވެސް އުޑުމަތި ރީތި ދުވަހެކެވެ. ހެނދުނު 7 ޖެހިއިރު އައިލީން އިނީ އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑުގެ މަތީގައެވެ. އާދައިގެ މަތިން އޭނާ ވިސްނަމުން ދިޔައީ އޭނާގެ ދިރިއުޅުމާއި ދޭތެރޭގައެވެ. ބައެއް ފަހަރު ލޮލުން ކަރުނަ ނީރާލައެވެ.
ކުއްލިއަކަށް އައިލީން ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި އަތްތިލަ ބޭއްވުމުންނެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފޮހެލުމަށްފަހު ފަހަތަށް އެނބުރި ބަލައިލިއިރު ފަހަތުގައި ހުރީ އައިލީން ދުވަހަކުވެސް ނުދެކޭހާ ރީތި ކުއްޖެކެވެ. ކަޅުކުލައިގެ އަތްދިގު ހޫޑީއަކާއި ކަޅު ޖިންސެއްގައި ހުރިއިރު އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައެވެ. އޭނާގެ ތުންފަތް މަތީގައި ވި ހިނިތުންވުން އައިލީންއަށް ވަރަށް ކަމުދިޔައެވެ.
“ހާއި…..އައިމް ޔަޒްދާން…..” އެ ފިރިހެން ކުއްޖާ އިށީނދެފައި އަމިއްލައަށް ތަޢާރަފް ވެލިއެވެ.
“އައިމް އައިލީން…..ޔަޒްދާން ތީ މިރަށު ކުއްޖެއް ނޫން ދޯ….” އައިލީން ވެސް ތަޢާރަފް ވެލިއެވެ.
“ނޫން…..މީ ހަމަ މިރަށު ކުއްޖެއް…..މާލޭގަ ކިޔަވަން އުޅެފަ މިއަދު މިއައީ ރަށަށް…..” ޔަޒްދާން އޮޅުންފިލުވައިދިނެވެ. އައިލީން ހައިރާންވިއެވެ. ޔަޒްދާންއަކީ އޭނާއާއި އެއްރަށު ކުއްޖެކެވެ. ނަމަވެސް އޭނާއަށް ޔަޒްދާން އެފެނުނީ އަދިކިރިޔާއެވެ.
އައިލީންއާއި ޔަޒްދާން އެކަކު އަނެކަކާއި ވާހަކަ ދައްކަން ތިބެފައި އެއްގަމަށް އަރަން ހިނގައިގަތީ 9 ޖެހުމުންނެވެ. މިއަދު ވަގުތު ހިނގިލެއް އަވަސް ކަމުން އައިލީން ހުރީ ހައިރާންވެފައެވެ. ނޫނީ އެއީ އައިލީންއަށް ހީވި ގޮތެކެވެ. މައިންބަފައިން ވަކިވުމަށްފަހު އޭނާ ފިރިހެން ކުއްޖަކާއި ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
އޭގެ ފަހުން ތިންމަސް ވަންދެން ކޮންމެ ދުވަހަކުވެސް ދެމީހުން އަތިރިމަތިން ބައްދަލުކުރަނީ ހަމަ އެގަޑީގައެވެ. މަޑުމަޑުން އައިލީންގެ ހިތް ޔަޒްދާންގެ މައްޗަށް ލެނބެން ފަށައިފިއެވެ. ޔަޒްދާންއަށް ވެސް އައިލީން ދެކެ ލޯބިވެވިއްޖެއެވެ. އޭނާ ބޭނުންވީ އަވަހަށް އެކަން އައިލީންއަށް އަންގާށެވެ. ނަމަވެސް އައިލީންގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީ އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.
އިތުރު އެއްމަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޔަޒްދާންގެ ކެތްތެރިކަން ކޮޅުންލީ ހިސާބުން އޭނާ އައިލީންއަށް ލޯބި ހުށަހަޅައިފިއެވެ. އައިލީން އެ ލޯބި އުފަލާއެކީ ބަލައިގަތީ އޭނާވެސް ޔަޒްދާން ދެކެ އިންތިހާއަށް ލޯބިވާތީއެވެ. ޔަޒްދާންއާއި ނުލާ އުޅެން ވެއްޖެއްޔާ އޭނާ މޮޔަވެދާނެއެވެ.
އޭގެ ފަހުން ދެމީހުން ވެސް އުޅެމުން ދިޔައީ ދެފަރާތު އާއިލާގެ ރުހުމާއި އެކީގައެވެ. އައިލީންގެ ބޮޑުދައިތަ ވެސް އެކަމާއި އުފާވެފައި ހުރީ އައިލީންގެ މޫނުމަތިން ހިނިތުންވުން ފެންނާތީއެވެ. ޔަޒްދާންގެ އާއިލާއަކީ ފުދޭވަރަކަށް ބޮޑު އާއިލާއެކެވެ. މައިންބަފައިންގެ އިތުރުން ފިރިހެން 2 ބޭބެއާއި އަންހެން ކޮއްކޮއެކެވެ. އަދި މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މާމައަކާއި ކާފައެކެވެ.
ޔަޒްދާންއަށާއި އައިލީންއަށް އެކަކު އަނެކަކު ދެކެ ވަކިނުވެވޭ ވަރަށް ލޯބި ވެވިއްޖެއެވެ. މިކަމާ ގިނަ ފިރިހެން ކުދިންގެ ހިތުގައި ހަސަދަވެރިކަން އުފެދުނުއިރު އަނެއްބައި ކުދިން އައިލީންއަށް ޓަކައި އުފާވެފައި ދިރިއުޅުމުގައި ކުރިއަށް ދާން ފެށިއެވެ.
އައިލީންއާއި ޔަޒްދާންގެ ކައިވެނީގެ ކަންތައް ދެއާއިލާއިން ނިންމާލައިފިއެވެ. ދެދުވަސް ތެރޭގައި ކައިވެނި ކުރެވޭނެތީ އައިލީންގެ އިތުރުން ޔަޒްދާން ވެސް ހުރީ ވަރަށް އުފާވެފައެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ އެއްޗެއް ބަދަލުކުރެވޭނީ ވަކި ކާކަށް ހެއްޔެވެ؟
ކައިވެނީގެ ވަގުތު އައިސް ޖެހިއްޖެއެވެ. އައިލީން އޭނާގެ ކޮޓަރީގައި ރީތިވެގެން އިނީ ޔަޒްދާންގެ އާއިލާ އަންނަންދެނެވެ. އޭރު ކައިރީގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ފިރުޝާ އިނެވެ. އައިލީން ސިއްސައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. އެކޮޅުން ވާހަކަ ދެއްކީ ޔަޒްދާންގެ މަންމައެވެ. ކުއްލިއަކަށް އައިލީންގެ އަތުން ފޯނު ދޫވެއްޖެއެވެ. އޭނާއަށް ހީވީ މުޅި ދުނިޔޭގެ އެނބުރުން ލަސްވިހެންނެވެ. އެއާއެކު ލާލައި އިން ނޭވާ ކަރު ތެރޭގައި ތާށިވެއްޖެއެވެ.
ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. ކައިރީގައި އިން ފިރުޝާ ވަގުތުން އައިލީންގެ އަތުގައި ހިފާލިއެވެ. އަދި އަވަސް އަވަހަށް ވީ ކީއްތޯ އަހާލިއެވެ.
“ފިރޫ…..ޔަޒްދާން އެކްސިޑެންޓް ވީ…..” އައިލީންއަށް ލަސްލަހުން ބުނެވުނެވެ. ފިރުޝާ ވެސް އެކުވެރިޔާގެ ހާލާއިމެދު ހަމްދަރްދީ ވިއެވެ. އޭނާ ވެސް ދެރަވިއެވެ. އައިލީން ބޭނުންވީ ވަގުތުން ހޮސްޕިޓަލަށް ދާށެވެ.
ފިރުޝާ އައިލީންއާއެކީ ހޮސްޕިޓަލަށް ދިޔައިރު ލިބުނު ހަބަރަކުން ދެމީހުންނަށް އެއްފަހަރާ ނޫނެކޭ ބުނެވުނެވެ. އާނއެކެވެ. ޔަޒްދާންގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އޭނާ ނިޔާވީއެވެ.
އައިލީންއަށް އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. ޔަޒްދާންގެ އާއިލާ މީހުންވެސް ތިބީ އައިލީންއާއި މެދު ހަމްދަރްދީ ވެފައެވެ. ކައިވެނީގެ ރޭ އެފަދަ ކަމެއް ވުމަކީ ޔަގީނުންވެސް ދެރަވާނެ ކަމެކެވެ.
އައިލީންއަށް މާޒީގެ ޞަފުހާތައް ލައްޕާލަން މަޖުބޫރުވީ އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ އަޑު އިވުމުންނެވެ. ޔަޒްދާންގެ ހަނދާންތައް އޭނާއާއި އެކު ވަޅުލުމަށްފަހު އެހެން މީހަކާއި އޭނާ ކައިވެނި ކުރީ ބޮޑުދައިތަގެ އެދުމާއި އެކީގައި ވެސް މެއެވެ.
މިއަދު އޭނާއަކީ މީހެއްގެ އަންބެކެވެ. 1 އަހަރުގެ ތުއްތު ކުއްޖެއްގެ މަންމައެކެވެ. ވީއިރު މިއަދު އޭނާއަށް އަމިއްލަ ތަޤުދީރާ މެދު  ޝަކުވާ ކުރެވޭނެ ފުރުސަތެއް ނެތެވެ. އައިލީން އޭނާގެ ފިރިމީހާއާއި ދަރިފުޅާއި އެކީ ގެއަށް ދާން ހިނގައިގަތެވެ. ދިޔަ ދިޔުމުގެ އޭނާގެ ހިތަށް އެރިއެވެ. “ވަކިވެ ދިޔަޔަސް ތިބާގެ ހަނދާންތައް ވަނީ މިހިތުގައި ބިންވަޅު ނެގިފައެވެ.”

(ނިމުނީ)

Share Article

Follow Me Written By

Eekko_11

Level 110 Stories

I am a 14 year old girl who loves to read and write stories. ? Both positive and negative comments are welcomed. Feel free to comment. Can contact me via Instagram: _.eener_sh._

Other Articles

Previous

މަންޒިލް 8

Next

އައިނާ (2) 29

Next
August 19, 2020

އައިނާ (2) 29

Previews
August 18, 2020

މަންޒިލް 8

29 Comments!

  1. R¥N says:
    August 19, 2020 at 7:25 pm

    Yeyyy me 1thrrr….varah reethi..keep it up eekko???

  2. Eekko_11 says:
    August 19, 2020 at 7:28 pm

    Thanks R¥N ❤️☺️ yeah you are first … Congratulations ❤️

  3. R¥N says:
    August 19, 2020 at 7:37 pm

    Hahah lol

  4. ❤shyn❤ says:
    August 19, 2020 at 7:44 pm

    Me 2nd dho…varah reethi vaahka…????

    1. Eekko_11 says:
      August 19, 2020 at 7:47 pm

      Thank you shyn …. Yeah you are second … Congratulations ❤️❤️

  5. Eekko_11 says:
    August 19, 2020 at 7:49 pm

    Thank you shyn …. Yeah you are second … Congratulations ❤️❤️

  6. Livy says:
    August 19, 2020 at 8:41 pm

    Varah Varah Varah reethi ❤️?maa sha Allah ❤️?❤️?❤️ keep it up ❤️?❤️ stay home and stay safe ❤️?❤️?❤️

    1. Eekko_11 says:
      August 20, 2020 at 10:16 am

      Thank you livy …You stay home and stay safe too ❤️❤️☺️

  7. ?Ril? says:
    August 19, 2020 at 8:55 pm

    Vrh Sali vaahka eh
    Masha Allah
    And aslu ves vrh deravi mi stry kiyaafaa
    It’s so emotional ??????
    But still it’s beautiful
    Luv uuu
    Have a bright future
    Stay safe

    1. Eekko_11 says:
      August 20, 2020 at 10:17 am

      Thank you so much Ril …. Luv u too dear☺️❤️❤️ Have a bright future to you too ❤️ Stay safe

  8. Nujehey bunaakah says:
    August 19, 2020 at 10:12 pm

    Ibaaray kuran dhaskohbala furathama.. kudhi kudhi karuna thakeko… Liyefa rangalhah kiyaafa up kohbala dhww

    1. Eekko_11 says:
      August 20, 2020 at 10:17 am

      Insha Allah dhen faharakun rangalhu kohlaanan … Thank you ❤️☺️

    2. ކަމަނަ says:
      August 20, 2020 at 6:28 pm

      Ey…bunantha vaahaka eh…@nujehey bunaakah..miy mi author ge first vaahaka… nubaikoh liyevunas readers nujeheyne mistake faahaga kuraairu maa rude koh vaahaka dhahkaakah ves ingey..thihen hedhiyma authors liyaa hih ves kendidhane.miyge maana akiy noon ingeykurevey kuhthah faahaga nu kohdheyshekey…kuh faahaga kohdhiniyma dhw rangalhu kureveyniy…

  9. Malti says:
    August 20, 2020 at 1:28 pm

    Awesome,♥️♥️♥️♥️…….. V salhi

    1. Eekko_11 says:
      August 20, 2020 at 3:53 pm

      Thank you malti ❤️☺️

  10. ކަމަނަ says:
    August 20, 2020 at 6:29 pm

    V.salhi ingey
    emotional ves dhen varah
    love ya
    Stay safe

    1. Eekko_11 says:
      August 20, 2020 at 7:50 pm

      Thank you kamana
      Luv you too
      You stay safe too❤️❤️☺️

  11. Bbygurl_aimsterr says:
    August 21, 2020 at 11:27 am

    Really nice ❤️❤️
    Emotional story ?
    Best of luck in the future ?

    1. Eekko_11 says:
      August 22, 2020 at 12:59 pm

      Thank you so much Bbygurl_aimsterr☺️❤️

  12. nujehey bunaakah says:
    August 21, 2020 at 2:34 pm

    Kamana akah nujeheyne ehn meehun comment kuran v goiy kiyaa dheykah.. eii emehehge amilla ihthiyaaru

    1. ކަމަނަ says:
      August 23, 2020 at 8:39 am

      Dhen ikhuthiyaaru vefai hurebala…mi buniy ehaa hadhikoh comments nukuraashey..bully kuraniy hama ekani angayakun noon..thives hama bully…ehen miyhun ge standard assume kohgen you ah vanee kon faidhaaeh…

  13. ?#BLOSSOM#? says:
    August 21, 2020 at 7:54 pm

    hallow eekko 11..??
    mi stry vrh vrh reeeeeethiiiiiiii.❤️❤️❤️
    vrh heart touching..??
    keep going forward darla..??
    insha’Allah u’ll succeed..??
    mi stry hama vrh beau gey..????
    stay safe and take care gey darla??
    luv u..❤️❤️❤️❤️❤️

    1. Eekko_11 says:
      August 22, 2020 at 1:00 pm

      Thank you so much Blossom … Insha Allah I will do my best on future … Stay safe and take care too ..❤️☺️ out dear ☺️❤️❤️

    2. Eekko_11 says:
      August 22, 2020 at 2:11 pm

      Lyt*
      It’s auto correct sorry dear❤️

  14. Sha sha says:
    August 24, 2020 at 10:19 am

    އަހަރެންނަކީ ވެސް ވަރަށް ގިނައިން ވާހަކަ ކިޔާ ކުއްޖެކެވެ
    އަދި ބައެއްފަހަރު ވާހަކަ ލިޔާ ކުއްޖެކެވެ
    This story is so nice. Wow.

    1. Eekko_11 says:
      August 24, 2020 at 9:32 pm

      Thank you so much …. It’s so nice to hear that you write stories …. Much love from me dear …. Stay safe ❤️❤️❤️

  15. ✨Naako✨ says:
    August 24, 2020 at 10:47 pm

    Vrh reethi vaahka?❤️??

    1. Eekko_11 says:
      August 25, 2020 at 11:10 am

      Thank you so much naako …. It means a lot to me … Stay safe dear☺️☺️❤️??

  16. Eenaal says:
    September 13, 2020 at 11:16 am

    Wow! Amazing! But very sad too????????

Comments are closed.



All Right Reserved!