ޒާޔާ (ވިހިވަނަ ބައި)
ޒާޔާ އެހެން އިންދައި އޭނާގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ޒާޔާގެ ލޮލުން ފައިބައިގަތް ވަގުތަކީ އެ ކޮޓަރީގެ ލައިޓް ދިއްލުނު ވަގުތެވެ. އެއާއިއެކި ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން ހަޅޭއްލަވައިގަނެފައި އެނދުމަތީ އޮތް ރަޖާގަނޑު ނަގައި އޭނާގެ ގައިގައި އެޅިއެވެ.
އެހެންޏާ ޒާޔާގެ ފަރާތުން ނުފެންނަ ސިފައެއް މިރޭ ޒާޔާގެ ފަރާތުން ފެނުމުން މަލައިކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާޔާ އަކީ ދުވަހަކުވެސް މަލައިކާ އައިސްގެން އެގޮތަށް ބިރުން އުޅުނު ކުއްޖެއް ނޫނެވެ. ދެން މިރޭ މިވީ ކިހިނެތް ހެއްޔެވެ؟ ޔަޤީނެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. މަލައިކާގެ ހިތަށް އެ ބަސްތައް ވެރިވުމާއިއެކީ އޭނާ ގޮސް އެނދުގައި އިށީނދެ މަޑުމަޑުން ޒާޔާގެ ގައިގައި އެޅިފައިވި ރަޖާގަނޑު ނެގިއެވެ. އެއާއިއެކު ޒާޔާ އޭނާގެ ދެއަތުން އޭނާގެ މޫނުފޮރުވި ގޮތުންވެސް މަލައިކާއަށް އިތުރު ޙައިރާންކަމެއް ލިބިގެން ދިޔައެވެ. ޒާޔާއަކީ ދުވަހަކުވެސް މިގޮތަށް އުޅުނު ކުއްޖެއް ނޫނެވެ. ޒާޔާ އެންމެނާވެސް ކުރިމަތިލާނީ ވަރަށް ކެރިގެންނެވެ. އެކަމަކު މިރޭ މި ކުއްޖާއަށް މި ވެގެން އުޅެނީ ކިހިނެތްބާވައެވެ؟
“ޒާޔާ! ކިހިނެތްވެގެންތަ ތިއުޅެނީ؟ އަހަންނަށް ކިޔާދީބަލަ.” ރަޖާގަނޑު އެނދުގެ އެއްފަރާތުގައި ބާއްވައިލަމުން މަލައިކާ އެހިއެވެ. ޒާޔާގެ ކަންފަތުގައި މަލައިކާގެ އަޑު ޖެހުމުން ޒާޔާ މަޑުމަޑުން އޭނާގެ އަތްތިލަ މޫނުން ދުރުކޮށްލައި އިސް އުފުލައި ބަލައިލިއެވެ. އޭރު މަލައިކާ އޭނާއާއި ތަންކޮޅެއް ދުރުގައި އެނދުގައި އިށީންދެލައިގެން އިނެވެ. ޒާޔާ އޭނާގެ ހޭވިފައިވި އިސްތަށިގަނޑު ރީތިކޮށްލައި އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އަދި މަލައިިކާއަށް ބަލައިލައި ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެކަމެއް އޭނާއަކަށް ނުވިއެވެ. އެންމެ ފަހުން ޒާޔާ އެ އިންގޮތަށް އިނދެ އިސްޖަހައިލީއެވެ.
ޒާޔާގެ މޫނު މަލައިކާއަށް ފެނުމުން މަލައިކާގެެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭނާއަށް ދުވަހަކުވެސް ޒާޔާގެ މޫނު މިހާ ހިތާމަވެރިކޮށް ފެނިފައެއް ނެތެވެ. ޒާޔާގެ މޫނަށް ބަލައިލިޔަސް އޭނާ އެއިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައިކަން މަލައިކާއަށް އެނގުނެވެ. އެހެންކަމުން މަލައިކާ ޒާޔާއާއި އެއްވެސް ސުވާލެއް ކުރުމެއްނެތި އެންމެ ފުރަތަމަވެސް ބޭނުންވީ ޒާޔާއަށް ކާއެއްޗެއް ހަދައިދީގެން ގެންނާށެވެ. “އަހަރެން އެބަ އަންނަން އިނގޭ. ކޮޓަރިން ނުނިކުންނާތި!” އަމުރުވެރި ރާގަކަށް މަލައިކާ އެހެން ބުނެލިޔަސް އޭނާ ދިޔައީ ހިނިތުންވެލައިފައެވެ. މަލައިކާ އަންނާށޭ ކިޔައިފައި އެ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ޒާޔާ ބޮލުގައި ރިއްސާހެން ހީވާތީ އޭނާ އެނދުގެ ފައިލާކޮޅުގައި އޮތް ބާލީހެއް ގެނައިސް ބޯލާކޮޅުގައި ބާއްވައިފައި އެނދުގައި ރީތިކޮށް އޮށޯވެލިއެވެ.
ދިހަ ވަރަަކަށް މިނެޓް ފަހުން މަލައިކާ ޒާޔާގެ ކޮޓަރިއަށްވަނީ ޒާޔާއަށް ވަރަށް މީރުވާނޭ ގޮތަަކަށް ކާއެއްޗެއް ތައްޔާރުކޮށްދީ އެ ހިފައިގެންނެވެ. “ޒާޔާ! ތެދުވޭ މި ކާން.” ޒާޔާ ގާތުގައި އިށީންނަމުން މަލައިކާ ބުންޏެވެ. “ބިސްކޯދު ޕުޑިންގް؟ ކޮންތާކުން؟” މިއަދު މި ގޭގައި ބިސްކޯދު ޕުޑިންގް ނަހަދާއިރު މަލައިކާ މީތި މިގެނައީ ކޮންތަނަކުން ހެއްޔެވެ؟ އަނެއްކޮޅުން އެއީ ޒާޔާއަށް އެންމެ މީރު އެއްޗެވެ. ފޮނި އެއްޗިއްސަކީ ޒާޔާއަށް އަބަދުވެސް އެންމެ ކަމުދާ އެއްޗެއްސެވެ. “މީތި ގެނައީ ކޮންތާކުންތޯ ކޮންއިރަކުތޯ ކިހިނެތްތޯ ނާހާ ތެދުވެ މި ކާންވީ. މިއަދު ހިއެއްނުވޭ ޒާޔާ އެއްވެސް އެއްޗެއް ކޭ ހެނެއް. ތެދުވޭ!” މަލައިކާ ބުނުމުން ޒާޔާ އެއްވެސް ޝަކުވާއަކާ ނުލައި ތެދުވެ އެނދުގައި ލެނގިލިއެވެ. އަދި މަލައިކާ އޭނާއަތަށް ތަށި ލައިދިނުމުން ބިސްމި ކިޔައިފައި ކާން ފަށައިފިއެވެ. ޒާޔާ ނިންމައިގެން ހުރީ ހަތަރުދަމު އެއްވެސް އެއްޗެއް ނުކައި ހުންނާށެވެ. އެހެންނަމަވެސް އޭނާގެ މި އާދަޔާއި ޚިލާފު ގާތް ރަޙުމަތްތެރިޔާގެ ސަބަބުން އޭނާ ނިންމައިގެން ހުންނަ ނިންމުންތައް ސިކުންތެއްގެ ތެރޭ ބަދަލުވެގެން ދެއެވެ. “އަދި އެބަ އަންނަން އިނގޭ.” މަލައިކާ ދާން ތެދުވުމުން ޒާޔާ މަލައިކާގެ އަތުގައި ހިފެހެއްޓިއެވެ. “ދެން މިވަރުން ވާނެޔޭ. އެހާ ގިނައިން ނުކެވޭނެ.” ޒާޔާ ހީކުރީ މަލައިިކާ އަދިވެސް އޭނާއަށް ކާ އެއްޗެހި ގެނެސްދޭން ދަނީ ކަމަށެވެ. “އިނގެޔޭ ތިކަން. އެކަމަކު ހަމައެކަނި އެއްޗެއް ކައިލައިގެން ކަމަކު ނުދާނެ. ކޮންމެވެސް އެއްޗެއް ބޮއެލަން ވާނެ.” މަލައިކާގެ އަތުން ޒާޔާގެ އަތް ނައްޓުވައިލުމަށްފަހު މަލައިކާ އެކޮޓަރިން ނުކުތެވެ.
ޒާޔާ ކައި ނިންމައިލައިފައި ތަށި ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. އެވަގުތަކީ މަލައިކާ ފިނި ބުއިމެއް ހިފައިގެން އެކޮޓަރިއަށް ވަތް ވަގުތެވެ. “އަނ. ފެޝަން ފްރުޓް ޖޫސް. ބޯލާ އަވަހަށް.” މަލައިކާ ޖޫސް ތަށި ޒާޔާގެ ތުންފަތާއި ކައިރި ކޮށްލުމުން ޒާޔާ މަލައިކާގެ އަތުން ތަށީގައި ހުރި ޖޫސްކޮޅު އެއްކޮށް ބޮއެލިއެވެ. “މްމްމް.. ވަރަށް މީރު. އެކަމަކު ކޮންތާކުންތަ މި އެއްޗެހި ހޯދީ؟ ގައިމު މިގޭގަ މިއަދު ނަހަދާ މިއެއްޗިއްސެއް.” މަލައިކާ އެ ކާއެއްޗެހި ހޯދި ގޮތާއި މެދު ސުވާލު އުފެދިފައި އިނދެ ޒާޔާ އެހިއެވެ. “ހަހް. ޑޯންޓް ޔޫ ނޯ ހޫ އައި އޭމް؟” އެއްބުމަ މައްޗަށް ހިއްލައިލަމުން މަލައިކާ އަހައިލިއެވެ. “އޯ. މޭޖިކް ރައިޓް؟” ޒާޔާވެސް ވަރަށް ގަޔާވެލައިފައި އިނދެ ސުވާލުކޮށްލިއެވެ. “ހެހެ. ފޯރ ޔޫ ގާއިޒް. ބަޓް ދެޓްސް ނޮޓް މެޖިކް. ސަމްތިންގް އެލްސް. ހެހެ. އެވާހަކަ ބާއްވާ ދެން. އައި ވިލް ބީ ބެކް.” ސައިޑް ޓޭބަލް މަތީ ބަހައްޓައިފައި ހުރި ކާތަށި ނަގައިގެން މަލައިކާ ކޮޓަރިން ނުކުތެވެ.
ޒާޔާ އަށް އައި އެ ކުއްލި ބަދަލާއިމެދު ޒާޔާ އިނީ ބުނާނެ އެއްޗެއް ނޭނގި ޙައިރާންވެފައެވެ. މީގެ ތިރީހަކަށް މިނެޓް ކުރިން ޒާޔާ އިނީ ހިތާމައިގެ ތަސްވީރެއްހެނެވެ. ހިތުގައި ޝަކުވާ އުފެދި މުޅި އޭނާ ގައިގައި ހިތާމައިގެ ސާލެއް އޮޅައިލެވިފައެވެ. ނަމަވެސް މަލައިކާ އައުމާއިއެކީ ހީވީ އެ ހުރިހާ ޝަކުވާތަކާއި ހިތުގައި އުފެދިފައި ހުރި ހުރިހާ އުދާސްތަކެއް ވަޔަށް ބުރައިގެންދިޔަ ހެނެވެ. މީހުންގެ ހިތުގައި އުފެދޭ އިޙުސާސްތަކާއި ކުޅެލަންވެސް މަލައިކާ ހަމަ ކުޅަދާނައީތާއޭ ޒާޔާގެ ހިތަށް އެރިއެވެ.
“ޒާޔާ.” ކޮޓަރިއަށް ވަދެ ޒާޔާ ގާތުގައި އިށީންނަމުން މަލައިކާ ޒާޔާގެ ނަމުން ގޮވައިލިއެވެ. “ހްމްމް.” ފުރިހަމަ ހިނިތުންވުމެއްގައި އިނދެ ޒާޔާ ބުނެލިއެވެ. “މިހާރު ރަނގަޅުތަ؟” ޒާޔާ ހިނިތުންވެލައިގެން އިން ގޮތުން މަލައިކާއަށް ހީވީ މީގެ ވަގުތުތަކެއް ކުރިން އޭނާ ޒާޔާ ކައިރިއަށް އައިއިރު ޒާޔާ ހިތާމަކުރަން އިން ކަންތައްތަކުގެ މަތިން ހަނދާން ނެތިފައިވީހެނެވެ. “އާނ. ކީއްވީ؟” ޒާޔާ އެހެން ބުނެލި ރާގުން ހީވީ އޭނާއަށް ކުރިން ވީ ގޮތް ޚުދު އޭނާ ހަނދާން ނެތުނީހެންނެވެ. އެހެންނޫނީ ނޭނގޭކަމަށް ހަދަނީއެވެ. “ހެހެ. އަހަރެން މިރޭ މި ކޮޓަރިއަށް ވަތް އިރުގަ ޒާޔާ އުޅުނު ގޮތުން. އަހަރެން ނާންނާނެ ވިއްޔަ ޒާޔާ ކާލާކަށް. ހަހަހަ.. ޒާޔާ…. އަހަންނަށް ތެދުތެދަށް ކިޔައިދީ. ޒާޔާ ކޮންމެވެސް ކަމެއްގަ ހިތާމަކުރާކަން އަހަންނަށް އެބަ އިނގޭ. މިހާރު ތި މޫނުގަ ކިރިޔާވެސް އަލިކަމެއް ތި ވަނީ އަހަރެން މިރޭ މިގެއަށް އައީމަ. އަހަރެން ނައިނަމަ ނޭނގެ ވާނެ ގޮތެއްވެސް. އެހެންވީމަ.. އަހަންނާ ހުރިހާ ވާހަކަތަކެއް ޚިއްޞާ ކުރޭ. އަހަރެން މިހުރީ އެންމެ ކުރީ ސަފުގަ ޒާޔާއަށް އެހީވެދޭން ނުކުމެ.” ޒާޔާގެ ދެއަތްތިލައިގައި ހިފަހައްޓައިލައިގެން މަލައިކާ ވާހަކަ ދެއްކި ގޮތުން ޒާޔާގެ ދެލޮލުން އެއްވެސް އިޚުތިޔާރަކާ ނުލައި ކަރުނަތައް ފައިބައިގަތެވެ. އިންސާނެއްގެ ފަރާތުން އޭނާއަށް ނުލިބުނު އޯގާތެރިކަމާއި ލޯތްބާއި އަޅައިލުން އޭނާއަށް މި ލިބެނީ އެހެން މަޚުލޫޤެއްގެ ފަރާތުންނެވެ. މިއީވެސް އޭނާއަށް ލިބުނު ބޮޑު ނިޢުމަތެއް ކަންނޭނގެއެވެ.
“މަލައިކާ… އަހަރެން.. އަހަންނަށް އެ ޖަމީލާގެ ހަގީގަތް އެނގިއްޖެ.” ޒާޔާ ރޮމުން ރޮމުން ބުންޏެވެ. މަލައިކާ އިތުރަށް ތަފްޞީލުކޮށް ކިޔައިދޭން އެދުމުން ޒާޔާ އިރުކޮޅެއް ވަންދެން ރޯން އިނދެފައި މަލައިކާއަށް މިއަދާއި މީގެ ދުވަސްތަކެއް ކުރިން ހިނގި ކަންތައްތައް ކިޔައިދިނެވެ. ލިއަމް އޭނާއަށް ޗެޓް ލޮގް ދެއްކި ވާހަކައާއި ލިއަމް އޭނާ ގާތުން މަޢާފަށް އެދުނު ވާހަކައެވެ. އަދި ޖަމީލާގެ ނުބައި ސިފަ ޒާޔާގެ ކުރިމަތީގައި ފާޅުކޮށްލި ވާހަކައެވެ. އަދި ޒާޔާގެ މަޖުުބޫރީ ޙާލަތުގެ ވާހަކައެވެ. މިއިން އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހެއް ގާތުގައި ނުބުނަން ޖަމީލާ އޭނާ ގާތުގައި ބުނެފައިވާ ވާހަކައެވެ. “މިހާރު ހިތަށް އަރާ އަހަންނަށް އެދުވަހު އެ ކައިވެންޏަށް އެއްބަސް ނުވެވުނު ނަމައޭ. އެއްބަސް ނުވިނަމަ ބައްޕަ ހަމަ ގައިމުވެސް އެކަމެއް ނުކުރާނެ. އެހެނަސް ބައްޕަގެ އުފާތައް އިސްކޮށްފަ އަނެއްކާ ޖަމީލާ އަކީ ރަނގަޅު މީހެއްކަމަށް އަހަންނަށް ހީކުރެވިފަ ވުމުން އަހަންނަށް އެކަމަށް އެއްބަސްވެވުނީ. ބައްޕައާ މެރީކޮށްގެން މިގެއަށް އައިފަހުން އެ ހުރިހާ ކުޅިގަނޑެއް ކުޅެން ފެށީ… އަހަރެން ދެން ކިހިނެތް ހަދާނީ މަލައިކާ..؟” ޒާޔާ އަނެއްކާވެސް އޭނާގެ މޫނުމަތީ ދެއަތް އަޅައިފައި ރޯން ފެށިއެވެ. މަލައިކާ އަށް މި މަންޒަރު ބަލަން ކެތްނުކުރެވިގެން ޒާޔާއާއި ތަންކޮޅެއް ގާތަށް ޖެހިލައި ޒާޔާ ގައިގައި ބައްދައިލިއެވެ. އެއާއިއެކު ޒާޔާއަށް އިތުރަށްވެސް ރޮވުނީއެވެ.
ޒާޔާ ރޯން ބޭނުންވާވަރަށް ރޯން ފުރުޞަތު ދީގެން މަލައިކާ އިނެވެ. ޒާޔާގެ ރުއިން ތަންކޮޅެއް މަޑުވެއްޖެހެން ހީވި ވަގުތުކޮޅު މަލައިކާ ޒާޔާއާއި ދުރުވެލައި ޒާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ދެއަތުން ފުހެލައިދިނެވެ. “ޒާޔާ.. އުންމީދު ކަނޑާނުލައްޗޭ! އަހަރެން މިހުރީއެއްނު. އިރާދަކުރެއްވިއްޔާ އަހަރެން މި ރަށުގަހުރިހާ ހިނދަކު އެމީހުނަކަށް އެއްކަމެއްވެސް ނުކުރެވޭނެ… ޒާޔާ ތި ބުނީއެއްނު ލިއަމް އަށް ކޮންމެވެސް އެހެން މީހަކު ވަރަށް ދިގު މެސެޖެއް ފޮނުވިއޭ ދޯ! އެއީ އަހަރެން.” މަލައިކާ އެންމެ ފަހުން ބުނެލި ޖުމުލައަކުން ޒާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްކޮށް ހުއްޓުނު ކަހަލައެވެ. “ކިހިނެތް؟” ކުރެހިފައިވި އަޑަކުން ޒާޔާ އަހައިލިއެވެ. “އާން.. އަހަންނަށް މާކުރިންވެސް އެނގޭ ޖަމީލާމެން އެކަހަލަ ކަމެއް ކުރާކަން. އެހެންވެ އެއްރޭ އޭނަ ބޭރު ޖޯލިފަތީގަ އޮއްވާ އަހަރެން އޭނަ ބިރުގަންނަވާލާފަ އޭނަ ގެއަށް ވެއްދީ. ދެން އޭނަގެ ފޯނު ނަގާފަ އަހަރެން ކުރިކަމަކީ އަވަހަށް ލިއަމް އަށް ހުރިހާ ހަގީގަތެއް ކިޔާދީފަ ޖަމީލާ ލިއަމް އަށް ފޮނުވާލާފަ ހުރި ޒާޔާގެ ފޮޓޯތަކެއް ދެފަރާތަށްވެސް ނުފެންނާނޭހެން ހަދާފަ ލިއަމްގެ ނަމްބަރު ބްލޮކް ކޮށްލީ. ދެން އެ ފޯނު ނުހުޅުވޭ ގޮތް ހަދާފަ އަހަރެން އަވަހަށް ރައްކާވީ. ހަހަހަހަ..” ވަރަށް މަޖާވެފައި އިނދެ މަލައިކާ އެ ހުރިހާ ވާހަކަތަކެއް ޒާޔާއަށް ކިޔައިދިނެވެ. މަލައިކާގެ ޚުޝިޔާރުކަމާއި ވިސްނުންތޫނުކަމުގެ ސަބަބުން ޒާޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނާނެ އެއްޗެއް ނޭނގުނަސް ޒާޔާ އިނީ ވަރަށް އުފާވެފައެވެ. ކޮންމެ ފަދަ ޙާލަތަކުންވެސް މަލައިކާ އޭނާ ސަލާމަތްކޮށްފާނެކަން ޒާޔާއަށް މިހާރު ޔަޤީންވެއްޖެއެވެ. “ޒާޔާ. އަހަރެން ދެން ދަނީ.. ކޮއްކޮ އޮންނާނެ އަހަރެންގެ އިންތިޒާރުގަ. ދެން އަވަހަށް ނިދާލާ.” ޒާޔާ އެނދުގައި އޮށޯވެ ދެލޯ މަރައިލުމާއި އެއްކޮށް މަލައިކާ ޒާޔާގެ ލޮލުމަތީ އޭނާގެ އަތް އަޅައިފައި ކޮންމެވެސް އެއްޗެއް ކިޔަވައިލިއެވެ. އަދި އެއަށްފަހު ޒާޔާގެ މޫނަށް ފުމެލުމަށްފަހު ޒާޔާ ގައިގައި ރަޖާގަނޑު އަޅުވައިދީފައި މަލައިކާ އެ ކޮޓަރިން ނުކުތެވެ.
އާލިޔާގެ އެދުމަކަށް އެރޭ ތިނެއް ޖެހި ވަގުތު މަތީން އެގޭދޮށަށް އައެވެ. އެވަގުތަކީ ވަލުތެރެއަށް ދާން ވެގެން ހިނގަމުން ދިޔަ މަލައިކާއަށް އެ ގެއާއި ހަމައަށް އާދެވުނު ވަގުތެވެ. މަތީނަކީވެސް ޖަމީލާ ކުޅޭ ކުޅިގަނޑުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވާ މީހެއްކަން މަލައިކާއަށް އިނގޭތީ މަލައިކާ ނިންމީ މަތީނަށް ފާރަލާށެވެ. މަތީން މަގުގެ ދެފަރާތް ބަލައިލައިފައި އެގެއަށް ވަތްގޮތުން މަތީން އެއުޅެނީ ކޮންމެވެސް ނުބައި ކަމެއް ކުރަންކަން މަލައިކާއަށް އެނގުނެވެ. މަލައިކާ މަތީންގެ ފަހަތުން އެގެއަށް ވަދެ މަތީން ކުރިއަށް އަޅައިލައި ކޮންމެ ފިޔަވަޅަކާއި އެކީ މަލައިކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިލައެވެ. މަތީން މަޑުމަޑުން ހިނގައިފައި ގޮސް ހުޅުވައިފައި ހުރި އާލިޔާގެ ކޮޓަރިއަށްވަނެވެ. އެއާއިއެކު އެ ދޮރު ލެއްޕިގެން ދިޔައެވެ. އެތެރެއިން ދޮރު ތަޅުލި އަޑު އިވިފައި މަލައިކާ ނުލަފާ ވައްތަރަކަށް ހިނިތުންވެލައިފައި އެ ދޮރު ތެރެއިން އެ ކޮތަރިތެރެއަށް ދެމިގަނެފިއެވެ.
އާލިޔާ އާއި މަތީނާއި ދެމީހުން މާދަމާ ކަން ކުރަންވީ ގޮތާއި މެދު ވަަރަށް ފޯރީގައި މަޝްވަރާކުރަން ތިއްބައި މަލައިކާ އެ ކޮޓަރީގެ ކަނަކަށް ގޮސް އެމީހުނަށް އޭނާ ފެންނާނޭހެން އެތަނަށް ފާޅުވިއެވެ. އަދި ރަން އައްޔަކުން ދެލޯ ދިއްލައިލުމަށްފަހު އާލިޔާ އާއި މަތީނާއި ދިމާލަށް ބަލައިލިއެވެ.
ތަންކޮޅެއް ދުރުން އައްޔެއް ފާޅުވާހެން ހީވެގެން މަތީނާއި އާލިޔާ އެއްފަހަރާ އެ އަލި ފާޅުވެފައި ހުރި ދިމާލަށް ބަލައިލިއެވެ. އެއާއިއެކު ދެމީހުނަށްވެސް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތިން އެމީހުނަށް ފެންނަމުން މި ދަނީ އާދައިގެ އިންސާނެއް ނޫނެވެ. އޭތި އެމީހުނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އެމީހުން ތިބީ އިންތަނުން ގުޑިލާންވެސް ނުކެރިފައެވެ. މަތީން އަވަސްއަވަހަށް ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ. އޭތި އެތަނުން ފައްސައިލުމުގެ ނިޔަތުގައެވެ. އެހެނަސް މަތީން ހީކުރި ގޮތާއި ޚިލާފަށް އޭނާ ކިޔެވި އެއްވެސް އެއްޗެއްގެ އަސަރެއް ކޮޓަރީގެ ކަނުގައި ހުރި ނުބައި ސޫރައަށް ކުރިހެނެއް ހިއެއްނުވެއެވެ. “މަތީނޫ.. އޭ. ހިނގާ މިތަނުން ނުކުންނަން… އަވަސް.” މަތީންގެ އަތުގައި ތަޅައިގަންނަމުން އާލިޔާ އަވަސްއަވަހަށް ބުންޏެވެ. މަތީން ބޯ ޖަހައިލުމާއިއެކު ދެމީހުން ފުންމައިގެން ތެދުވެ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް ދެމީހުނަށް ހުއްޓެވުނީ އެމީހުންގެ ގައިގައި އަތަކުން ޖެހުމުންނެވެ. ދެމީހުންވެސް ފަހަތަށް ޖެހިލައި ފަސްއެނބުރި ބަލައިލިއިރު އޭތި ހުރީ އޭތީގެ އަތް ދިގުކޮށްލައިގެން ދޮރުގެ ތަޅުގައި ހިފަހައްޓައިލައިގެންނެވެ. ގަންނާކުރެއްވި ބިރުން ދެމީހުނަށް އެކަކު އަނެކަކު ގައިގައި ބައްދައިގަނެވުނެވެ. އާލިޔާ ވަރަށް ބާރަށް ކުރުސިއާއި އިޚްލާޞް ސޫރަތާއި އެހެނިހެން ދެތިން ސޫރަތެއް ވަރަށް ބާރަށް ކިޔަވަން ފެށިއެވެ. އާލިޔާއަށް ގޮތް ދައްކައިލުމަށްޓަކައި މަލައިކާ އެ ހުރިތާ ހުރެ ކުއްލިއަކަށް ގެއްލުނެވެ. “ނަސީބެއްނު. އޭތި ބިރުން ފިލީ ކަންނޭނގެ އެ. ހިނގާ އަވަހަށް މި ކޮޓަރިން ނުކުންނަން. ދެން ނުކެރޭނެ މި ކޮޓަރީގަ ހުންނާކަށްވެސް.” މަތީން ތުރުތުރު އަޅަމުން ދިޔަ އަޑަކާއި އެކީ ބުންޏެވެ. އާލިޔާވެސް އެކަމަށް ބޯ ޖަހައިލީ އޭނާއަށްވެސް ދެން އެކޮޓަރީގައި ހުންނަން ނުކެރޭނެތީއެވެ. ދެމީހުންވެސް ކޮޓަރި ދޮރާއި ދިމާލަށް އެނބުރުނު ވަގުތު އަނެއްކާވެސް ދެމީހުނަށް ހަޅޭއްލަވައިގަނެވުނެވެ. އެއްކަލަ އެތި އެހުރީ ހަމަ އެމީހުންގެ ކުރިމަތީގައެވެ. “ހީނުކުރާތި ކަލެމެން ކިތަންމެ އެއްޗެއް ކިޔެވިޔަސް އަހަރެން ބިރުން ފިލާނެޔޭ. ތީ އަހަރެންވެސް ކިޔަވާ އުޅޭ އެއްޗިއްސޭ. މިރަށުގަ ތިބި މައުސޫމް ކުދިންގެ އަބުރާއި ޢިއްޒަތް ކަތިލަމުން ކަލެމެން ދުވާއިރު ކަލެމެން ހަނދާންކުރާތި.. އަހަރެން މި ދުނިޔޭގަ ހުރިއްޔާ އެއިން އެއްވެސް ކަމެއް ކާމިޔާބުވިޔަކަ ނުދޭނަން. ދެން ޒާޔާއައި ހަމައަށް ވައި އެޅިލިޔަސް ކަލެމެން އަހަރެންގެ އަތުން މަރުވާނެ.” ބިރުވެރި ބަރު އަޑަކުން މަލައިކާ އާލިޔާމެނާއި ވާހަކަދެއްކިއެވެ. އެންމެ ފަހު ޖުމުލަ ބުނެލި އިރު މަލައިކާ އޭނާގެ ތޫނު ދިގު ނިޔަފަތިތައް އާލިޔާއާއި މަތީނާއި ދިމާލަށް ދިއްކޮށްލުމުން ދެމީހުންވެސް ބިރުން ފަހަތަށް ޖެހުނު ގޮތުން އެދެމީހުން ރަނގަޅަށްވެސް ބިރުގަނެއްޖެކަން މަލައިކާއަށް އެނގުނެވެ. މަލައިކާ އޭނާގެ އަތުން އެދެމީހުނާއި ދިމާލަށް އިޝާރާތްކުރުމާއިއެކު ދެމީހުންވެސް ގޮސް ކޮޓަރީގައި ހުރި ސޯފާއަށް ޖެހުނެވެ. އަދި އެދެމީހުނާއި ދިމާލަށް ލޯ އަޅައިލުމަށްފަހު މަލައިކާ އެ ހުރިތަނުން ގެއްލުނެވެ.
އާލިޔާ އާއި މަތީން ތިބީ ދެންމެ ހިނގައިދިޔަ ޙާދިޘާގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ އަނގައިން އެންމެ ލަފްޒެއްވެސް ބުނަން ނުކެރިފައެވެ. އެއްވެސް ޙާލެއްގައި މިކަހަލަ ކަމަކާއި އެމީހުނަށް ކުރިމަތިލާން ޖެހިދާނެއެކޭ އެދެމީހުނަށް ހީކުރެވިފައެއްނެތެވެ. އަދި ޖިންނީންނަކީ އުޅޭ ބައެއްކަންވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ. އޭތި އެމީހުންގެ ކުރިމަތީގައި ދެއްކި ވާހަކަތަކުންވެސް އެއީ މުއުމިން ޖިންނިއެއްކަން ދެމީހުނަށްވެސް އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ދެމީހުނަށް ދެން ވޭތުކުރަން ޖެހިފައިވާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ދުވަސްތަކެއް ކަންނޭނގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





V. V. V. V reethi maasha Allah ???
When is the next part ?
Waiting curiously ?
Btw me first dhw ??
Maash 🙂 🙂 🙂 Thank you so much dear. Next part Saturday ga submit kollaanan inge. Keep waiting! 😀 😀 And yes! Maash au first <3 <3 <3
Hey don’t call maasha i am maasha maash
My real name is Maasha, but my friends call me Maash. That’s why I’m commenting in the name of Maash. Um do i know you?
Oh Okay dear! 😀 😀 😀
Woooooooooowwww vrh vrh vrh vrh furihama mi part vx … ma sha allah… malaika is the best… aaliyaa mn nah v gothun hyhy mihaar bandah thadhuvehje ?haha… waiting for next part dear dhonthyyyyyy
?❤Ly a lotssss
Sadha 😀 😀 😀 Thank you so so so much inge. 😀 It really means a lot! 😀 😀 Hehe! I never thought Aaliyaamenge bai majaa waane kamau. Hehe 🙂 🙂 But it’s fun right! 😀 😀 And yes! Keep waiting for the next ep 😀 😀 Love you too Sadha <3 <3 <3 <3
❤️❤️❤️❤️❤️❤️Masha Allah Dhonthy V reethi mi part vx
???????BTW this part is actually very imotional
Ekamu vx aaliya & matheen ah e veegothun heehee halaak??????????????????
Ekahla meehun nah rangalhu vaanee vx nafsaanee bali eh jehihjeya dhw Dhonthy
?????????❤️❤️❤️??????Love u darl
☺️Stay Safe & TC
?Stay home
Xeen 🙂 🙂 🙂 Thank you so much dear 😀 It means a lot! Yeah aaliyaamenau rangalhuwaanee ekahala gotheiy hadhaaliyyaamun 😀 😀 😀 Take care <3 <3 Love you too and stay safe <3 <3 <3 <3 <3 <3