Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސިއްރުން މިހިތާ ކުޅެނީހޭ ( 4 ވަނަ ބައި )

hayat Level 1
August 19, 2020 3 Mins Read
15 Comments

 ދެ ފިރިހެން ކުދިންގެ ނަންތައް އެއްވައްތަރު ކަމުން ޒެކުޔާން އަށް ވާނީ ޔާން ލިއެފައެވެ.

*************************************

ޔާން ދާތަން ބަލަންހުރި ޒެކުވާން އަށް ބޯ ހޫރާލަމުން ހީ ލެވުނީ އޭނާގެ ކޮށްކޮގެ ލާނެތްކަން ފެނިފައެވެ. މުޅިދުވަސް އެކި މަސއްކަތުގައި ހޭދަ ކޮށްލުމަށްފަހު ޒެކުވާން ކާރަށް އަރައި ހަމަ ޖެހިލީ ގެއަށް ދިއުމަށްށެވެ. ރޯސްވިލާ ހައުސް އަކީ ތިން ބުރިއަށް ނަގާފައިވާ ރީތި ތަނަވަސް ގަނޑުވަރެއްފަދަ ބޮޑު ގެއެކެވެ. ގޭގެ ގޭޓުން ކާރު ވައްދާލުމާއެކު ވެކުވާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގޭގެ ޗާލޫކަމާއި ބޮޑުކަމުން ލިބެންޖެހޭ އެއްވެސް ހިންހަމަޖެހުމަކާއި އަރާމެއް ޒެކުވާންއަކަށް ނުލިބެއެވެ. އޭނާ އެ މުއްސަނދިކަން ދެކެ ނަފްރަތުކުރެއެވެ. އޭނާގެ ހަޔާތުގައި އެޅިފައިވާ ކަޅު ވިލާގަނޑުގެ ސިއްރަކީ އެ މުއްސަނދިކަމެވެ. އެ ހައިބަތެވެ. ކާރު ވައްދަން ބޮޑު ގޭޓެއް ވަކިން ހުރިއިރު ވަދެ ނުކުމެ އުޅެން ފަސޭހަ ކުޑަ ގޭޓެއްވެސް ހުއްޓެވެ. މުޅި ގޯތިތެރޭގައި ގާ ޖަހާފައި ހުރި ނަމަވެސް ގެއަށް ވަންނަން ދާ ވޯކްވޭގައި ވަނީ ފެހިކުލައިގެ ވިނަގަނޑެއް ހައްދާފައެވެ. ވިނަގަނޑުގެ ދެފަރާތުގައި ކާރު ޕާރކުކުރަން ވެގެން ޖަހާފައިހުރި ގާތަށް ހުރީ ރަތްކުލައިންނެވެ. ޒެކުވާންގެ ކާރު ވަތްއިރުވެސް އެތަނުގައި އިތުރު ތިން ކާރު ބާއްވާފައި އޮތެވެ. ކަނާތްފަރާތުގައި ދެކާރެވެ. ވާތްފަރާތުގައި އޮތީ އެންމެ ކާރެކެވެ. ތަފާތު ވައްތަރުގެ ފެހިކުލައިގެ މާގަސްތައް ވަށާފާރު ކައިރީގައި ހައްދާފައި ހުރިއިރު ފާރަށް އަރާ ޒާތުގެ ގަހެއް ހައްދާފައި ހުރުމުން ފާރުފެންނަނީ ވެސް ހިންގައިމުކޮށެވެ. ވާތްފަރާތުގައި ބޮޑު މަސްފެންގަނޑެއް އޮތްއިރު އޭރުވެސް ކޮންމެވެސް މީހަކު ފެންގަނޑުގައި އުޅޭ މަސްތަކަށް ކާންދޭން ހަރަކާތްތެރިވާތަން ފެނެއެވެ. ކަނާތްފަރާތުގައި ބޮޑު އަނބުގަހެއް ހުރިއިރު ގަސް ބަރާވެފައިވަނީ މާ ތަކުންނެވެ. ޒެކުވާން ކާރުގަ އިންދާ ޑްރައިވަރު އައިސް ކާރުގެ ދޮރުފަތް ހުޅުވާލަ ދީފައި ނުކުތުމަށް އެދުމާއެކު ހަމަބިމަށް އާދެވުނު މީހަކު ފަދައިން ޒެކުވާން ސިހިފައި ކާރުން ފޭބިއެވެ. އެއަށްފަހު ހިނގަން ހަދާފައިވާ ވޯކްވޭއަށް އަރައިގެން އޭނާ ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ދޮރުން ވަދެފައި އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި ގޭގެ މައްޗަށް އަރާ ސިޑި އިންއިރު ސިޑިމަތީގައި ވަނީ ޓާރކިޝް ކުލައިގެ ކާރޕެޓެއް އަޅާލެވިފައެވެ. އެއްފަރާތުގައި ހަތަރެސްކަން ދޮރެއް ކަނޑާފައިވާއިރު އެއީ ގޭގެ ކޮޓަރިތަކަށް ދާން އޮތް މަގެވެ. އަނެއްފަރާތުގައި އޮތީ ގޭގެ ބޮޑު ކޮޓަރިއެވެ. ދޮރުގެ ކުރިމަތިން ކުޑަކޮއް ވާތް ފަރާތަށް ވާގޮތަށް އެތެރެއަށް ވަދެވެން ހުރިއިރު އެ ބަޔަކީ ކާ ބަޔާއި ނޯކަރުން އުޅެން ހަދާފައިވާ ބަޔެވެ. ޒެކުވާން ކޮޓަރިއަށް ދިޔަ ގޮތަށްގޮސް ފެންވަރާގެންއައިސް އެދުގައި އޮސޯވެލީ ވާޅުވެފަ ހުރިވަރުން ނިދާލުމަށް ށެވެ. ކުއްލިއަކަށް ޒެކުވާން ފުންމައިގެން ތެދުވެ ދެފަރާތައް ބޯހޫރާލަމުން ލޯ މަރާލީ މީހާ ހަމައަކަށް އެޅުމަށްށެވެ. އެދުން ތެދުވެގެން ގޮސް ބެލްކަނީގަ ހުއްޓިލީ ދެ ލޯ މަރާލަމުންނެވެ. ފަތިސް ވީ އެވެ. ވެކިވާން އެބިރިލާފައި ގަޑިއަށް ބަލާލިއިރު ހެދުނު ހަތެއް ޖެހީއެވެ.  އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ޒެކުވާންއަށް އެއީ އާ ކަމެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް ފެންނަނީ ހަމަ އެއް ތަނެކެވެ. ޒެކުޔާން ދެފަރާތައް ބޯ ހޫރާލަމުން ފުން ނޭވާއެއްލީ އެކަމާ ނުވިސްނުމަށްށެވެ. މަންމާ އޭ ބުނެލީ މަޑުމަޑުންނެވެ އޭރު އެ ލޮލުގައިވަނީ ވޭނެވެ. 

*************************************

 ކުޑަދޮރުން ބޭރު ބަލަންހުރި ނަވްޔާ ހުރީ މަގަށް ބަލާށެވެ. ނަވްޔާ މާލެ އައިސް އުޅެނީ އޭނަ ބޭބެ މެން ގޭގައެވެ. އެ ގޭގައި އުޅެނީ ނަވްޔާގެ ދޮންބެ އާ އޭނަ އަބިމީހާއެވެ. ކުއްލިއަކަށް ނަވްޔާ ސިއްސައިގެން ދިޔައީ އޭނާގެ ފޯނަށް މީހަކު ގުޅުމުންނެވެ. ނަވްޔާ ފޯނު ނަގާފަ ބަލާލިއިރު ގުޅަނީ އޮފީސް ނަންބަރ އަކުންނެވެ. ނަވްޔާ އަވަހާ ފޯން ނެގީ އިއްޔެ އޭނާ ވަޒީފާއަކަށް ލާފައިވާތީއެވެ. ފޯނުން ވާހަކަ ދައްކާލުމަށްފަހު ފޯނު އުގުގައި ބޭއްވި ނަވްޔާގެ މޫނު މަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ނަވްޔާ ކުއްލިއަކަށް ހަޅޭ ލަވައިގަތީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުއްލިއަކަށް ހިތައްއެރި އެއްޗަކުން ނަވްޔާ އޭނާގެ ނިއްކުރީގައި ޖަހާލަމުން ހީލިއެވެ. އިންޓަވިއު އަށް ކީމަ ވެސް އެހާ މޮޅުވަން ޖެހޭހެއްޔެވެ. ނަވްޔާ އިރުކޮޅަކު އެހެން ހުރުމަށްފަހު ދެން އަވަސްވެގަތީ އިންޓަވިއު އަށް ދިއުމަށް  ތައްޔާރުވުމަށްށެވެ.

*************************************

 އޮފީހަށް ވަދެގެންދިޔަ ޒެކްވާންގެ މިސްރާބުހުރީ އިންޓަވިއު ބާއްވަން ހަމަ ޖެހިފައިވާ ހޯލް އާ ދިމާލަށްށެވެ. ބާރު ހިގުމެއްގައި ހޯލް އެތެރެއަށް ވަދެގެން ގޮސް ޒަކުވާން އެންމެންއަށް ހިނިތުންވެލިއެވެ. އޭރު ގޮޑި ތަކުގައި ޔާން އަދި އެހެން މުއައްޒަފެއްވެސް އިނެވެ. ޒެކުވާން ގޮޑީގައި އިށީންނުމާއެކު ޔާން ޒެކުވާންއަށް ގޮވާލިއެވެ. “ދޮންބޭ ލޯބި އަންހެން ކުއްޖެއް ހޮވާނީ އިގޭ.. ދޮންބެ މިހާރުވެސް ހީވަނީ އަންހެން ކުދިންދެކެ ބިރުން އުޅޭހެން.. މި އޮފީހުގަ އެވަރައް މީހުން އުޅޭ އިރުވެސް ބަލާވެސް ނުލާ ވިއްޔަ.. ދެން ޔާން އެއްވެސް ނުހުންނާނެއްނު އަބަދު ދޮންބެ އަށް ކާން ގޮވާ ހަދަންވެސް… ހެހެހެހެ” ޔާން އެހެން ބުނެލީ އެއްލޯ މަރާލަމުންނެވެ. އޭރު ޒެކުޔާން ހުރީ އޭނާ އަށް ލޯ އަޅާލާ ގެންނެވެ. ޒެކުވާން ޔާން ގައިގަ ޖަހާލީ މަޑުން ހުންނާށޭ ބުނަމުންނެވެ. އަވަސް އަރުވާލައިގެން ބާރު ހިނގުމެއްގައި ނަވްޔާ ދިޔައީ އޭނާގެ ޖޮބްގެ އިންޓަރވިއުއަށް ދިއުމަށެވެ. މޫނު ގައި މަޑު މޭކަޕެއް ކޮށްފައިވާއިރު ލައިގެންހުރީ ކަޅު ބޮޑު ހެދުމެކެވެ. އަޅާފައިވަނީ  މެރޫން ސޯލް އެކެވެ. ނަވްޔާ ހީވަނީ ހަމަ ފަތްމިންޏެއްހެންނެވެ. އެ ރީތި ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހީލުމުން ކޮލަށް އެޅިގެންދާ އަޑިކޮޅުގެ ސަބަބުންނެވެ. އެ ރީތި ކަމަށް އެތަށް ބަޔަކު ފިދާވެގެން ދާނޭކަން ގައިމެވެ. އެތަށްއިރަކު ގޮޑީގައި އިނުމަށްފަހު ނަވްޔާ ހޯލަށް ވަންނަން  ހިނގައިގަތީ އޭނާގެ ނަން ގޮވުމުންނެވެ. ހިތާހިތުން ދުއާ ކޮށްލީ ހުރިހާ ކަމެއްވެސް ރަނގަޅުވުމަށް އެދިއެވެ. އިސްޖަހައިގެން ފައިލްތައް ހިފައިގެންގޮސް ގޮނޑީގައި އިށީންދެ ހަމަޖެހިލުމަށްފަހު އިސްއުފުލާ ބަލާލީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. އެއާއިއެކު ނަވްޔާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. ހިތުގެ ތެޅުން އަވަސްވެ އަތްފައި ތުރުތުރުލާގޮތްވާން ފެށިއެވެ. ނަމަވެސް ނަޒަރު ވަކިކޮށްލާކަށް ނަވްޔާއަކަށް ނޭންގުނެވެ. ޒެކުވާންގެ ހާލަކީ ތޯ އެވެ. ނަވްޔާ އައިސް ގޮޑީގަ އިށިންނި ސުރެން އޭނާއަށް އެ ނާޒުކު ޕަރީ އަށް ބެލެނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ނަވްޔާ އިސް އުފުލާފައި ބަލާލިއިރު ދެ މީހުންގެ ނަޒަރު ސީދާވެގެންދިޔަ ގޮތުން ދެ މީހުންނަށް އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެބިގެންދާން މާކު ގިނައިރެއް ނުނެގިއެވެ. އެ ދެ މީހުންނަށް ވަމުންދިޔަ ގޮތް ބަލަން ޔާން ހުރީ ލާނެތް ގޮތަކަށް ހެވިފައެވެ. ޔާން ކަރުކެހިލުމާއެކު އަމިއްލަ ދުނިޔެއަށް ގެއްލިފައި ހުރި ނަވްޔާ އަދި ޒެކުވާން ސިއްސައިގެން ދިޔަ ގޮތުން ޔާން އޭނާގެ ހިނިގަޑު ހިންދާ ލުމަށް އަވަސް އަވަހާ އަގައިގަ އަތް އަޅާލިއެވެ. އޭރު ޒެކުވާންގެ ނުރުހުމުގެ ނަޒަރު ހުއްޓިފައިވީ ޔާންއަށްށެވެ. ހީވީ ހިތްހަމަ ނުޖެހިފަ ހުރި ހެންނެވެ. 

  

Share Article

Follow Me Written By

hayat

Level 1

Assalaamu Alaikum... i'm a girl. love to read and write!!! Author of sirrun mihithaa kulhenee hey.. feel free to talk to me id: [email protected]

Other Articles

Previous

އިމްތިޙާން 22

Next

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

Next
August 19, 2020

ވަމޭ ތިލޯބި އެދިއެދި ( އަށްވަނަ ބައި )

Previews
August 19, 2020

އިމްތިޙާން 22

15 Comments!

  1. UNKNOWN GURL says:
    August 19, 2020 at 5:32 pm

    wowowow.. maashaa allah❤️??.. yaan hama laaneh kuhjaku ey dhw.. lol.. mi part ves hama v v v reethi.. keep it up hayat❤️???❤️?.. and nav aa zekyaan haadha cute ey.. love the story❤️????.. curiously waiting for next part

  2. lam? says:
    August 19, 2020 at 5:33 pm

    maashaa allah❤️??❤️

  3. hamkko says:
    August 19, 2020 at 5:36 pm

    wow❤️??.. mi part vx hama v habeys❤️??.. zaan men haadha loabi ey.. dhen vaany kihineh baa.. yaan hama eyoh cute moment spoil kohlee ey??.. hehe. yaan ves dhw laaneh kuhjekey??❤️❤️.. story v reethi.. good luck girl❤️❤️.. luv u and tc

  4. Aishath says:
    August 19, 2020 at 5:42 pm

    woww❤️??❤️?

  5. Starlight vixx says:
    August 19, 2020 at 5:50 pm

    woww varah reethi mi part ves but maa kuru next part dhigu kohlachcheyyy waiting for the next part

  6. Angel says:
    August 19, 2020 at 6:31 pm

    v v reethi mi part ves❤️?????.. sifakurun habeys❤️❤️?.. best of lick dear.. ly❤️❤️

  7. Shuba... says:
    August 19, 2020 at 6:35 pm

    Awwwwwwww. Hama jk as v sifa vey. Omg. Btw vhk vrh reethi. Masha Allah❤️❤️❤️

  8. ?Ril? says:
    August 19, 2020 at 8:12 pm

    Wow mi part ves vrh Sali ??????
    Masha Allah?????
    And zekvaan and navyaa dhimaavee dhw
    That was so cute????
    Heheh????
    And yaan haadha jaavaa naughty ey dhw
    Waiting for the next part????
    Saarangey♥️♥️♥️♥️
    Josimheyo♥️♥️♥️
    And l purple u????

  9. shai? says:
    August 19, 2020 at 10:21 pm

    yeye.. finally dhekudhin dhimaavy dhw.. hehe.. story v v v reethi igey dear❤️?.. sifakurun vws varah furihama.. waiting for next part

  10. ❤️jk❤️ says:
    August 20, 2020 at 2:11 pm

    story varah reethi.. maashaa allah❤️❤️❤️❤️.. dhen vaany kihineh baa?❤️.. v curious.. hehehe.. avahaa up kohla dheythi igey hayat❤️❤️.. love you

  11. 7azuna❤️ says:
    August 21, 2020 at 10:05 am

    wow.. mi part ves v reethi???.. nav and vaan dhw couple akah vaany.. hehe.. they both seems cute and cool❤️????.. be safe girl

  12. a reader says:
    August 21, 2020 at 10:17 am

    v v reethi mi part ves??❤️❤️.. whn next part?? waiting

  13. taekook says:
    August 21, 2020 at 12:01 pm

    yeye.. finally kiyaalan libuny dhw?❤️.. loved it girl❤️???.. good job❤️?.. what gonna happen?? i am so curious thoo.. hehe..

  14. hayat says:
    August 25, 2020 at 10:39 am

    hey guys.. i am sorry up nukoh gina dhuvas vaathy.. i was kinda busy ehenve up nukurevigen mi ulheny.. tmrw up kohla dheynen in shaa allah❤️.. love you guys
    be safe and take care?❤️

  15. Anaa? says:
    September 15, 2020 at 6:16 pm

    hey kobaa story?

Comments are closed.



All Right Reserved!