ފެންނަ ހިނދު
“ހިތް އަވަސް ވާގޮތް ވިޔޭ…ބާރު ދޫވާގޮތް ވިޔޭ..މޭތެޅޭ ހެން ހީވިޔޭ..ވާގޮތެއް ވެސް ނޭނގެޔޭ..ލޯބި ވާހެން ހީވަނީއޭ..
ގެއްލިފާ ނިދިވެސް ވަނީ..ހާލު ބުނެދޭ ގޮތް ވަނީ..އިންތިޒާރޭ ކުރެވެނީ..ހިތް މަގޭ ކުދިކުދި ވަނީ..އިންތިހާޔައް ލޯބި ވެވުނީ..މަސްތުގައި މިހިތޭ ޖެހުނީ….”
********************************
އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ކޮޓަރީގައި ޖަހާފައި ހުރި ލަވަ ނިވުމުންނެވެ. ކައިރީގައި އޮތް ފޯނު ނެގުމަށްފަހު ހުޅުވާލީ ޗާޖު ހުރިތޯ ބަލައިލުމަށްށެވެ. ފޯނުގައި ފުލް ޗާޖު އެބަހުއްޓެވެ.ދެން ބަލައިލެވުނީ ސްޕީކަރު ހުރި ދިމާޔަށެވެ. ސްޕީކަރު އަތައް ލައިގެން ހެވިދިލިގެން ހުރީ އަރީޝް އެވެ.”ހޭ ލަވަރ ގާލް.. ކޮބާތަ ޔޫގެ ޕްރިންސް ޗާމިން ތުޝާރް..އޭނާ 250ކޭ ހަމަކުރިއްޔޯ..ދެން މެސެޖުކޮށް،ގުޅާ،އިންސްޓަގްރާމްގައި ޕޯސްޓް ކޮށް ހަދާނީ ކީ ނޫން…އޭރުން ތިޔަ ލަވް ސްޓޯރީ އެހާ ރޮމޭންޓިކް އެއް ނުވާނެ..”އަރީޝް ފަށްޗަކަށް އަމުނާލިއެވެ.
“ހޭ މިސްޓަރ ސިންގަލް..ވާހަކަ ނުދައްކަ ހުރޭ..ކިތައް ފަހަރު ބުނިން ޓީ.އެސް ގެ ގާރލްފްރެންޑްޑް…އެގާރލްގެ ނަމެއްވެސް ހަނދާނެން ނެތޭ!ކީކޭތަ ކިޔަނީ؟ އާނ ހޫނ..ވަޓް އެވާރ.. ހޭންޑްސަމްގެ ގާރލްފްރެންޑް ހުއްޓަކާއެއް އޭނާއެއް ނުލިބޭނެޔޭ..އެހެންނޫނަސް ބޭނުމެއްނޫން…މީ ބޭނުމީ ވަރަށް ރޮމޭންޓިކް ކޮށް ދިމާވާ ހޮޓް ގައިއެއް..ލައިކް ބޯ ވާރޭ ތެރޭގައި.. އައިސްކްރީމް ބޮނިކޮށް.. ޕްރިންސް ގަޔަށް ކްރޭޝް ވަނިކޮށް..ނޫނީ މީގެ ބޮ..”
އަރީޝް އަހަރެން ހުއްޓުވާ ލުމަށް ފަހުބުނެލިއެވެ.އަރީޝް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ އަހަރެންނަށް ވާގޮތް ނުބަލައެވެ.”އަސްލު ބުނަންތަ؟އަރީޝް އެކަނި ކަންނެ ޔޫގެ ރިއަލް ފްރެންޑަކީ..އެހެން ކުދިން ވެސް ޔޫ ހަޑި ކަމުން..ދޭ ޑޯނޓް ގިވް އަ ޑޭމްން އެބައުޓް ޔޫ..ޔޫ އަގްލީ ނާރޑް..އަރީޝް އަށް ހީވަނީ..”އަރީޝްގެ ވާހަކަ ނުނިމެނީސް އަހަރެން ދުވެފައި ގޮސް ފަހަނާއަށް ވަނީ ދެލޯ ކަރުނައިން ފުރުނީމައެވެ.”ހޭ ލީން..އައި ވޯސް ޖޯކިން..ލީން ދޮރު ހުޅުވަބަލަ.ލީން”އަރީޝް ފަހަތް ބަލައިލީ އަހަރެން ފަހަނަ ދޮރު ލެއްޕީމައެވެ. “ވަޓްއެވާރ އަރީޝް..ޔޫ ނެވާރ ސެއިޑް އެނީތިންގް ރޯނގް..އައި އޭމް ޖަސްޓް އަ އަގްލީ ނާރޑް.. އައި ނިޔު އިޓް”އަހަރެން ކަނުނައިގެ ތެރެއިން ބުނީމެވެ.”އަޅޭ ލީނާ..އަހަރެން ސަމާސާ ކޮށްލީއޭ”އަރީޝް ދޮރުގައި ޓަކި ޖަހާލަމުން ބުންޏެވެ.”ވަޓްއެވާރ އަރީޝް..އައި ޑޯންޓް ކެއަރ..ޖަސްޓް ލީވްމީ އެލޯން”އަހަރެން ރުޅިއައިސް ހަޅޭއް ލަވައިގަތީމެވެ.
“ފައިން”މިހެން ބުނެ އަރީޝްވެސް ރުޅި އައިސްގެން ކޮޓަރިން ނުކުތެވެ.ދޮރު ލެއްޕި ކަން ޔަގީން ކޮށްފައި އަހަރެން ފަހަނައިން ނުކުތީމެވެ.ދުވެލައިފައި ގޮސް ކޮޓަރި ދޮރު ތަޅުލުމަށްފަހު އެނދު މައްޗައްޗައް ވެއްޓިގަތީމެވެ.އަނެއްކާވެސް ދެލޮލުން ކަރުނަ އަންނަންފެށިއެވެ.އެންމެފަހުން ކެތްނުވެގެން އަޑުވިއްލާ ރޯންފެށީމެވެ.އެންމެފަހުން ވަރުބަލި ވެގެން ރުއިން ހުއްޓާލެވުނު އިރު ބަނޑުހައިވެގެން ތުރުތުރު އަޅައެވެ.ކޮޓަރީގައި ހުރި މިނީ ފްރިޖުން ބާސްކިން ރޮބިންސް ތައްޓެއް ނަގައިގެންއައިސް އެދުމަތީގައި ދެފައިވަށްކޮށްލައިގެން ކާންފެށީމެވެ.ފުރަތަމަ ސަމުސާ އަނގަޔައް ނުލެވި އުޅެނިކޮށް އަރީޝް ދެއްކި ވާހަކަތައް ކަންފަތުގައި ގުގުމަން ފެށިއެވެ.
“ވެލް ވެލް.. ވެލް ވެލް..ފަރސްޓު ލުކްއެޓް ޔުއާރ ސެލްފް..ފަރސްޓު ލުކްއެޓް ޔުއާރ ސެލްފް..ފެޓީ..ފެޓީ..މުޅި މޫނުގައި އޮށާޅަ..މުޅި މޫނުގައި އޮށާޅަ..ކަޅު..ކަޅު..އައިނު އަޅާފަ.. އައިނު އަޅާފަ..ދަތުގައި ޓްރެކް ލާފައި.. ދަތުގައި ޓްރެކް ލާފައި”
އެހަނދާންތައް ވެރިވުމާއިއެކު ރުޅިއާދެވުނެވެ.ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް އައިސް ކްރީމް ތަށި މޭޒުމައްޗައް ޖެހީމެވެ.ކޮޓަރިއަށް ވަދެ ފޮށިނެގުމަށް ފަހު އަންނައުނުތައް ފޮށްޓައް އަޅަން ފެށީމެވެ.ހުރިހާ އެއްޗެއް ޕެކް ކުރުމަށްފަހު ރީތިވެލީމެވެ.އެންމެ އަވަހައް އިން ސިލްކް އެއާރ ފްލައިޓުން ޓިކެޓެއް ނެގީމެވެ.މަންމައަށް ނޯޓެއް ލިޔެލާފައި ރުފިޔާ ކޮޅެއް ބެހެއްޓުމަށް ފަހު ގެއިން ނިކުތީމެވެ.
މަޖީދީ މަގައް ނިކުމެ ޓެކްސީއެއް ހިފައިގެން ހުޅުލޭ ފެރީ ޓާރމިނަލަށް ދިޔައީމެވެ.ބުރިޖުގެ ބަދަލުގައި ކަނޑުމަގު ޙިޔާރުކުރީ ބޯ ހަމަޖައްސާލުމަށްށެވެ.ޓިކެޓު ހޯދައިގެން ފެރީއަށް އެރުމަށްފަހު ދެލޯ މަރާލަމުން މީގެ ދެއަހަރު ކުރިއަށް ވިސްނާލީމެވެ.
**********************************************************
އަހަރެންގެ ފަނަރަވަނަ އުފަންދުވަސްވީ ދިރިއުޅުން އެފުށްމިފުށައް ޖަހައިލި ދުވަހަށެވެ.މަންމަ އާއި ބައްޕަ ވަކިވުމުގައިވީ ބައްޕަގެ މައްސަލަކަން ވިސްނައިދިނީ މަންމައެވެ.ވަރިވުމަށް ފަހު ސިންގަޕޫރައް ބައްޕަ ދިރިއުޅުން ބަދަލު ކުރަން ނިންމާ އެކުގައި އައުމަށް ދައުވަތު ދިނެވެ.ނަމަވެސް ދޮންމަންމަ ވާނީ ދޮން ނިޔަނދުރަކަށް ކަން ބުނެދީ ބައްޕައާއި އެކީ ނުދިޔުމަށް މަންމަ ބުންޏެވެ. އިއްދައިގެ ތިންމަސް ހަމަވުމާއިއެކު ބައްޕައަށް ވުރެ ކުރި ކައިވެނީ ކުރީ މަންމައެވެ.އެކަނިވެރިކަން އިހުސާސްވާކަމުގެ ބަހަނާ ދައްކާފައެވެ.އެހެންކަމުން ކޮއްކޮ އާލިޔާ އާއި އަހަރެން އިސްކަންދިނީ މަންމަގެ އުފަލަށެވެ.
ނަމަވެސް ހަގީގަތް އިނގުނީ އާލިޔާގެ ބަޔޯ ފިލާވަޅައް އާއިލާ އެންމެންގެ ޑީއެންއޭ ޓެސްޓު ހެދުމުންނެވެ.އާލިޔާ ސްކޫލު ނިންމާފައި އައިސް އެކްސްޓާރ ކްލާހައް ދިޔުމުން ލެޕްޓޮޕް ބަލާ އޭނާގެ ކޮޓަރިއަށް ދިޔައީ ފިލްމެއް ބަލައިލަންށެވެ.މާ އަގުބޮޑީއޭ ކިޔާފައި މަންމަ ލެޕްޓޮޕެއް ގަންދިނީ ހަމައެކަނި އާލިޔާ އަށެވެ.ލެޕްޓޮޕު ހިފައިގެން ނިކުންނަން އުޅެނިކޮށް ލެބް ރިޕޯޓެއް ފެނުމާއި އެކު އެއަށް ނަޒަރު ހިންގާލީ މިއީ އަހަރެންގެ ދިރިއުޅުން ބަދަލު ކޮއްލާނެ އެއްޗެއްކަން ނޭނގެއެވެ.
ރިޕޯޓުގައި އާލިޔާ އާއި ދޮންބައްޕަ އަދި މަންމަގެ ޑީއެންއޭ އެއްގޮތްވެފައި އިންއިރު އަހަރެން އިނީ އާލިޔާގެ އެއްބަނޑު ދައްތަގެ ގޮތުގައިއެވެ.އަހަރެންނަށް ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުރީމެވެ.ކޮންމެއަކަސް މިއީ ކޮންކަމެއްތޯ ބަލަން އަހަރެން ބޭނުމެވެ.އިތުރަށް ނުވިސްނައި އަހަރެން ނިންމީ ރޭގަނޑުގެ ކެއުމުގައި އަހާށެވެ.އެއިރުން އާއިލާ އެންމެން ވެސް ހަމަވާނެއެވެ.
ރޭގަނޑުވެގެން އައިރު އަހަރެންގެ ހިތް ދިޔައީ ނޭންގޭ ސަބަބަކާއި ހުރެ އަވަސްވަމުންނެވެ. ކާން ދިޔުމުގެ ކުރިން ލެޕްޓޮޕް އާލިޔާ ކޮޓަރިއަށް ލާން ދިޔައިރު ތިންމީހަކު ތުންތަޅުވާ އަޑު އިވުނެވެ.”އާލިޔާ އަބަދުވެސް އެހާ ފަރުވާ ކުޑަވާނެ….އެ ފީފާއަށް އޭތި ފެނިއްޖެއްޔާ ކިހިނެތް ވާނީ… ފަސްލައްކަ ރުފިޔާ ގެއްލޭނެ..ކަޅު ކަޅު ފީފާ އަކަސް ރަންބިސް އަޅާ ކުކުޅެއްނު…”އެއިވުނީ މަންމަގެ އަޑެވެ.”އަބަދު އެ އައިލީން…އައިލީން، އައިލީން، އައިލީން…އަހަރުން ހިތައް އަރާ މަންމަމެންނަށް އޭނާ ނޫން މީހަކު ނުފެނުނީ ބާއޭ…ހުރިހާ ރީތި ކަމެއްވެސް އޭނާއަށް…ނޫކަޅިއެއްވެސް،ދިގު އިސްތަށިގަނޑެއްވެސް..ހުހް..އެއްމެފަހުން އޭނާ އަކަންނު މުއްސަނދި ކަންވެސް…އެ އަމީރުގެ ހުރިހާ ފައިސާ އެއް އޭނާއަށް ލިބިއްޖެއްޔާ…އަދި ދެވަން ވެސް ތިއުޅެނީ މުއްސަންޖަކާ” އެއިވުނީ އަހަރެންގެ ކޮއްކޮ އާލިޔާގެ އަޑެވެ.އަހަރެންނަށް ގަބޫލު ނުކުރެވިފައި ހުރެވުނެވެ.
(ނުނިމޭ)
12 Comments!
Comments are closed.

Nice waiting 4 the next part….
thanks dear… means a lot to me
Vrh reethi ingey…waiting for next part❤️❤️
thanks kokky.. means a lot to me
Nice.. Waiting for the nxt part.. LYSM… TC???❤️❤️❤️???
thanks shyynuuu…lyt
??Maasha Allah ??
Varah ??Reethi ????
Waiting for the next part ???
??Tc
thanks…means a lot…
Masha Allah vrh reethi?❤️?❤️ waiting for the next part??❤️????❤️❤️
thnks..now submitted
Vvv reethi
thnks naaa