Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-7

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 2, 2020 4 Mins Read
24 Comments

ޒޯޔާ އުނދަގޫ ގޮތަކަށް ތެދުވެ ފަހަތަށް ފަހަތަށް ޖެހެމުންގޮސް ބެލްކަންޏަށް ނިކުތެވެ. އޭރުވެސް ޒަފަރް އޭނާގެ ރުޅިވެރިބެލުމުން ޒޯޔާ ފިއްސަމުން ދާފަދައެވެ. ޒޯޔާ އަށް ނޭނގުނީ ޒަފަރް އެހާ ރުޅިއަންނަން ޖެހުނު ސަބަބެކެވެ.

“ކިތައް ފަހަރު އަހަރެން ބުނާނީ މި ފޯނުގަނޑު ނަގާށޭ! އެންމެ ފަހުން އަހަރެން ގުޅާފާނެތީ ފޯނުގަނޑުވެސް އެއްލާލާފަ ދޯ ތިދިޔައީ..” ޒަފަރް އަތުގައި އޮތް ފޯނު ފެނުމުން ޒޯޔާ ދެލޯބޮޑުވިއެވެ.
އޭނާއަށް ދެވުނީ ފޯނު ގޭގައި ބާއްވާފަކަން ވިސްނުނީ ދެނެވެ.

” ބަލަ އަހަރެން ފުރަން އައި އިރުވެސް ފޮށި ތައްޔާރު ނުކޮށޭ ހުރީ.. އަހަރެން ބުނާ ކަންތައް ނުކޮށް ކަލޭ ނާޗަރަންގީ ކުޅޭތަން ބަލަން އަހަރެން ހުންނަންވީތަ ހެވިލާފަ” ޒަފަރް އޭނާގެ އަތުގައި އޮތް ފޯނު ޒޯޔާއާ ދިމާއަށް ހޫރާލިއެވެ. އެއައި ބާރުމިނުގައި ފޯނު އައިސް ޖެހުނީ ޒޯޔާގެ ވާއަތު ލޮލާއި ނިތްކުރިއާ ދެމެދުއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ޒޯޔާއަށް ވީތަދާއެކު އަނގައިން މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ފޯނު ޖެހުން ތަނުން ދިލަ ތަދެއް ނަގަމުން ދިޔައިރު ޒޯޔާއަށް އޭނާގެ ވާއަތްތިލަ އެހިސާބުގައި ޖައްސާލެވުނެވެ. އަތުގައި ތެތް އެއްޗެއް ޖެހުންހެން ހީވެގެން ބަލައިލި އިރު ޝަހާދަތް އިނގިއްޔާއި މެދުވާ އިނގިލީގެ ކުރީގައި ކޮންމެވެސް ވަރަކަށް ލޭހޭކިފައި ހުއްޓެވެ.

“ދެންވެސް ތިތާ ހުންނަންވީކީ ނޫން..ހަމަމިހާރު އަހަރެންގެ ފޮށި ތައްޔާރުކުރަން ފަށާ..” ޒޯޔާގެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ވައްދަމުން ޒަފަރް އަމުރު ކުރިއެވެ. ޒޯޔާގެ ހާލުފެނިފައި އޭނާގެ ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރާފަދައެވެ.

މަންޒަރު ބަލަން ހުރި އައިވިންގެ ދެލޯ ހުރީ ބޮޑުވެފައެވެ. އޭނާ އަށް ހަމަހޭވެރިކަންވީވެސް ޒަފަރް އާއި ޒޯޔާ ބެލްކަނިން ކޮޓަރިތެރެއަށް ވަނުމުންނެވެ. ބެލްކަންޏަށް ނިކުންނަށް ހުރި ބިއްލޫރި ދޮރުން އަތް ދޫކޮށްލަމުން އައިވިން އަށް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ޒަފަރް އަކީ ކިތަންމެ ނުފޫޒު ގަދަ މީހެއްނަމަވެސް އެފަދަ ޢަމަލެއް އޭނާގެ ފަރާތުން ފެނިދާނެކަމަށް އައިވިން އުންމީދެއް ނުކުރެއެވެ.

އައިވިން އަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. ޒޯޔާއަށް ވީގޮތް ސިފަވުމުން ބުނެދެން ނޭނގޭކަހަލަ އިޙްސާސެއް އޭނާގެ ޖިސްމަށް ވެރިވެގެން ދިޔައެވެ. ހީވަނީ ފާޑެއްގެ ހީލިގަނޑެއް މުޅި ހަށިގަނޑު ތެރޭ ދުވެލިހެންނެވެ. އެއަންހެން ކުއްޖާއާ މެދު އޮތް ރުޅިވެރިކަން ފިލާގޮސް ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.

އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލަމުން އައިވިން ގޮސް ކޮޓަރީގައި ބެހެއްޓިފައިވާ ސޯފާގައި ޖައްސާލިއެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަމަކީ އޭނާއާ ބެހޭ ކަމެއް ނޫންކަމަށް ހިތަށް ވިސްނައިދެން މަސައްކަތްކުރިއެވެ. އެހެނަސް އެއިން އެއްވެސް ވިސްނުމަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

ކުއްލިއަކަށް އައިވިން އަށް ސޯފާއިން ތެދުވެވުނީ އޭނާ ހިތަށް އެރި އެއްޗަކުންނެވެ. އަނެއްކާ ރޭގައި އޭނާއަށް ރުއިމުގެ އަޑު އައީ އެބެލްކަނިން ބާއެވެ. އެހެން ވެއްޖެނަމަ އެ އަންހެންކުއްޖަކީ ޒޯޔާބާއެވެ؟

އައިވިން އަށް އެތައް އިރެއްވަންދެން އެފަދަ ޚިޔާލުތައް ކުރުމުގައި ވަޤުތު ހޭދަކުރެވުނެވެ. އެ ވިސްނުންތަކުގެ ތެރެއިން އިރު ކޮޅު ކޮޅާ ބެލްކަންޏަށް ނިކުންނަށް ހުންނަ ދޮރުކުރިމަތިން އައިވިން ހުރަސް ކަނޑާލައެވެ. އެހެނަސް އެ ދޮރުގެ އަނެއްފަރާތުން އޭނާއަށް މަރުޙަބާ ކިޔަމުން ދިޔައީ ހަމަހިމޭންކަމެވެ.
*********

ޒަފަރް ފޮށި ހިފައިގެން ގެއިން ނިކުމެގެން ދިޔުމާއެކު ޒޯޔާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ފޯނު ޖެހުނު ހިސާބުން ދިލަ ތަދުގެ އަސަރު ކުރިއަށްވުރެ ގަދަވެފައިވާއިރު އެރިހުން ބޮލަށްވެސް ކުރަމުންދާހެން ޒޯޔާއަށް ހީވިއެވެ. ރީތިވާ މޭޒު ކުރިމަތީ އިށީނދެ ޒޯޔާ ރަނގަޅަށް އޭނާގެ ޒަހަމް ވެފައިވާ ދިމާއަށް ލޯގަނޑުން ބަލާލިއެވެ. ނިއްކުރީގެ އެދިމާއިން ދުޅަވެފައިވާކަން ޒޯޔާއަށް އިނގުނީ ދެނެވެ. ޒޯޔާ ތެދުވެގެން ގޮސް އައިސް އަލަމާރި ހުޅުވާލުމަށްފަހު އައިސް ކިއުބް ޓްރޭ ނެގިއެވެ. އަދި ކުޑަ ތުވާއްޔަކަށް ގަނޑުފެންތައް އެޅުމަށްފަހު ދުޅަ ތިރި ކުރުމައްޓަކައި ނިއްކުރީގައި ޖައްސާލިއެވެ. އެގޮތުގައި އިރުގަނޑެއް ހޭދަކުރުމަށްފަހު ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ހަލާކުވެފައިވާ ތަން ސާފުކޮށްލުމަށްފަހު ޒޯޔާ ރަނގަޅަށް ބޭސް އަޅާލިއެވެ. އޭނާ ވިސްނަމުން ދިޔައީ އެ ޒަހަމް މަންމައަށް ކިޔައިދޭނެ ގޮތަކާ މެދުއެވެ. މަންމަ އަށް ފެނިއްޖެނަމަ ސުވާުލު ކުރާނެކަން ޒޯޔާއަށް ޔަޤީން ވެއެވެ . އެގޮތަށް ލިބޭ ހުރިހާ އަނިޔާއެއްވެސް ޒޯޔާ އެއަންނަނީ އޭނާގެ މަންމައަށް ސިއްރު ކުރަމުންނެވެ. ކޮންމެވެސް ކަހަލަ ބަހަނާއެއް ދައްކާފައެވެ. މިފަހަރުވެސް އެފަދަ އުޒުރެއް ދެއްކުން ނޫންގޮތެއް ނޯންނާނެކަން ޒޯޔާއަށް އިނގެއެވެ.
********

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސްކަމުން އައިވިން އަށް މުޅި ދުވަސް ލިބިގެން ދިޔައީ ޗުއްޓީ ދުވަހެއްގެ ގޮތުގައެވެ. އެހެނަސް އައިވިން އޭނާގެ އުސޫލާ އެއްގޮތުގެ މަތިން އެހެންދުވަސް ދުވަހެކޭވެސް އެއްގޮތަށް ހެނދުނު ހެނދުނާ ތެދުވެއްޖެއެވެ. އޯޑަރު ކުރެވުނު ކޮފީ ގެނެވުމާއެކު އެހިފައިގެން އައިވިން ނިކުމެލީ ބެލްކަންޏަށެވެ. ކޮފީހިފައިގެން ހުރި އަތުގެ އޮޅަނބުށި ބެލްކަނީގެ ފާރުގައި އަޅުވާލަމުން އަނެއް އަތް ލައިގެން ހުރި ޓްރެކް ޝޫޓުގެ ޖީބަށް ޖަހާލިއެވެ. އައިވިން ވިސްނަމުން ދިޔައީ މިއަދުގެ ތާވަލު ތައްޔާރު ކުރާނެ ގޮތަކާމެދުއެވެ. އޭނާއަށް މުޅި ރަށަކީ ބީރައްޓެހި ރަށެކެވެ. ވޭތުވެ ދުވަސްތަކުގައިވެސް ވޯކްޝޮޕުން ގެޔަށް އައުން ފިޔަވާ އިތުރު ތާކަށް އޭނާ ނުދެއެވެ. އިތުރު ތާކަށް އޭނާ ދާން ބޭނުންވެސް ނުވަނީއެވެ. އެހެނަސް ކީއްވެކަމެއް ނޭނގި މިއަދު ރަށުތެރެ ބަލާލަން ނިކުތުމަށް އައިވިންގެ ހިތް އެދި ގޮވަމުން ދިޔައެވެ.

އާދައިގެ މަތިން ޒޯޔާ ތެދުވެގެން އައިސް ބެލްކަންޏަށް ނިކުތީ އައިވިން ވޯކްޝޮޕަަށް ދާގަޑިއަށެވެ. ބޭނުމަކީ އައިވިން ދިޔަކަށް ޔަޤީންވުމުން ނޫނީ ބޭރަަށް ނުނިކުތުމެވެ . ވަރަށް ސިއްރު ސިއްރުން ބޯ އަރިކޮށްގެންހުރެ މަގުމަތި ބަލަމުން ދިޔަ ޒޯޔާއަށް އޭނާއަށް ބަލަން ޖެހިގެން ހުރި ބެލްކަނީގައި ހުރި އައިވިން އެއްނުފެނެވެ.

ޒޯޔާ ބެލްކަންޏަށް ނިކުމެ ވަގަކު އުޅޭހެން އުޅެން ފެށުމުން އައިވިން ހުރީ އެއަންހެންކުއްޖާ ކުރަން އުޅޭކަމެއް ބަލާށެވެ. ޒޯޔާގެ ކޮންމެ ހަރަކާތެއް ފަރުވާތެރި ކަމާއެކު ބަލަމުން ދިޔަ އައިވިން ޒޯޔާއަށް ނުފެނި ހުރުމުގެ އެއްވެސް ޚިޔާލެއް ނެތްފަދައެވެ. ބެލްކަނީގެ ފާރުގައި އޮޅަބޮށި އަޅުވާލައިގެން ކުރިންވެސް ހުރިގޮތަށް ހުރީއެވެ.

ކިތަންމެ ވަރަކަށް ބޯދިއްކޮށްގެން ބެލިނަމަވެސް އައިވިންގެ އެއްވެސް ނިޝާނެއް ޒޯޔާއަކަށް ނުފެނުނެވެ. އޭނާގެ ބޮޑީގަރޑްގެ ހިލަމެއް ނުވިތާ އެހެންދުވަސްދުވަހު އައިވިން ބަލާ އަންނަ ޓެކްސީއެއްވެސް ނުފެނުނެވެ. އެންމެ ފަހުން ކަރަަށް ތަދުވެގެން ޒޯޔާ އޭނާގެ މޫނު ސީދާކޮށްލިއެވެ. ގޭގެ ގޯތިތެރެއަށް ނިކުންނަ ވަޤުތު އައިވިން ފެނިދާނެކަމުގެ ބިރުއޮތުމުން ޒޯޔާއަށް އޭނާގެ ތުންކޮޅު އޫކޮށްލެވުނެވެ. އެހެނަސް އޭނާގެ ހަށިގަނޑު ސީދާކޮށްލިތަނާ ކުރިމަތިން ފެންނުން ސޫރަ އާއިއެކު ޒޯޔާ އަށް ސިއްސައިގެން ގޮސް މަންމާއޭ ކިޔާ ހަޅޭއްލައިގަނެވުނެވެ. ދެވަަނަ ސިކުންތުގައި އަވަސް އަވަހަށް އަނގަމަތީގައި އޭނާގެ ދެއަތް އަޅާ ފޮރުވާލީ ފޮރުވާލިއެވެ.

ޒޯޔާއަަށް އޭނާގެ ކުރިމަތީގައި ހުރި އައިވިން އަށް ދެލޯ ބޮޑުކޮށްފައި ބެލެމުން ދިޔައެވެ. އައިވިން އުޅެނީ ގެސްޓް ހައުސްގެ ތިންވަނަ ފަންގިފިލާގައިކަން އޭނާއަށް އަދި ކިރިޔާ އެނގުނީއެވެ. އަނެއްކާ އޭނާ ދެންމެ ތިރިއަށް އެބެލީ އަައިވިން ހޯދަންކަން އެނގުނީބާވައެވެ؟ މިފަދަ ޚިޔާލުތައް ބޮލަން ވަންނަމުން ދިޔަ ޒޯޔާ އޭނާގެ އަނގައިން އަތް ތިރިކޮށްލިއެވެ. އެހެނަސް ހަރަކާތެއްވެސް ކޮށްުނުލާ އައިވިން އަދިވެސް ހުރީ ޒޯޔާއަށް ބަލާށެވެ. އޭނާގެ އެތޫނު ބެލުން ފެނުމުން ޒޯޔާއަށް ހިންދިރުވާލެވުނެވެ. އެންމެ ސިކުންތެއްވެސް އެތާ މަޑު ނުކޮށް ޒޯޔާ ފުރަގަހަށް އެނބުރި ކޮޓަރިތެރެއަށް ދުއްވައިގަތެވެ. ޒޯޔާއަށް ވީގޮތްފެނި އިޙްތިޔާރަކާ ނުލާ އައިވިން އަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ. އެކަން އަމިއްލަ އަށް އިޙްސާސްކުރެވުނު އައިވިން އަވަސް އަވަހަށް ތުންފަތް ސީދާކޮށްލަމުން ކޮޓަރީގެ ތެރެއަށް ހިނގައިގަތެވެ. އޭނާ ސިކުނޑީގައިވީ ޒޯޔާ ތިރިއަށް ބަލަމުން އެހޯދީ ކޯއްޗެއްކަމާމެދު ސުވާލު އުފެދިފައެވެ.

ހުކުރުން ފައިބައިގެން މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށްފަހު އައިވިން ބޭނުންވީ ރަށު ތެރެ ބަލާލުމަށެވެ. އެހެންކަމުން އޭނާއަށް ހަމަޖައްސާފައި ހުރި ޑްރައިވަރަށް ގުޅާލުމަށްފަހު އައިވިން ތައްޔާރުވާންފެށިއެވެ. ހުދުކުލައިގެ އަތްކުރު ޕްލޭން ޓީ ޝާޓަކާއި އައިސް ބްލޫ ޖީންސެއްގައި ހުރުމުން އަބަދު ރަސްމީކޮށް ހުންނަ އައިވިން ފެންނަނީ ތަފާތުކޮށެވެ. އޭނާގެ ޒުވާންކަން އިތުރުވެފައިވާ ކަމަށް ދައްކާއިރު އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދާނެކަން ޔަޤީނެވެ.

ޓެކްސީ އައުމާއެކު އައިވިން ތިރިއަށް ފޭބިއެވެ. އޭނާގެ ބޮޑީގަރޑަށް ވެސް އަންގާފައިވަނީ މިދަތުރަކީ އޭނާ އެކަނި ކުރުމަށް ބޭނުންވާ ދަތުރެއްކަމަށެވެ. އައިވިން ޓެކްސީއަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ރަށުގެ ފުޅާ މަގުތަކުންކާރު ދުއްވަމުން ދިޔައިރު އައިވިންގެ ލޯ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ހުއްޓިފައިވެއެެވެ. ރަށުގެ ފެހިކަންގަދަ ގަސްތަކާއި ގޭގެ ވަލިމަގުތަކުގައި ކުޅެން ތިބި ކުޑަ ކުދިންނާއި ޖޯލިފަތިތަކުގައި ޖައްސާލައިގެން ތިބި އުމުރުން ދުވަސްވީ ފަރާތްތައް ފެނުމުން އައިވިންގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ރަށްފުށު ދިރިއުޅުމަކީ ހާދަ މިނިވަން ދިރިއުޅުމެކޭ އޭނާގެ ހިތަށް އެރިއެވެ.

ކުއްލިއަކަށް ކާރު އޭގެ ދުވެލި މަޑު ޖައްސާލުމުން އައިވިން ދިޔައީ އެއްލިގެންނެވެ. އޭނާއަށް ޑްރައިވަރާ ދިމާއަށް ބަލާލެވުނީ ކުޑަކޮށް ހިތްހަމަނުޖެހި ހުރެއެވެ.

“އެ..އެ..އެއީ ކާކު..؟” ޑްރައިވަރު ހީވަނީ ބިރެއް ފެނިގެން އުޅޭމީހެއް ހެންނެވެ. އޭނާގެ ބޮޑުވެފައިވާ ދެލޯ ހުއްޓިފައިވަނީ ކާރުގެ ކުރީ ބިއްލޫރިގަނޑުން ބޭރަށެވެ. ވާނުވާ ނޭނގިފައި ހުރި އައިވިން ވެސް އޭނާގެ ސީޓުން ކުޑަކޮށް ތެދުވެލަމުން ކުރިމައްޗަށް ބަލާލިއެވެ. އެހިނދު ޓެކްސީއާ ނުހަނު ކައިރީގައި ވެއްޓިފައި އޮތް އަންހެންމީހާ ފެނުމުން އައިވިންގެ ދެލޯ ބޮޑުވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ދިރިއުޅުން އަލިކޮށްދިން 1

Next

އާޝޯޚު

Next
September 2, 2020

އާޝޯޚު

Previews
September 2, 2020

ދިރިއުޅުން އަލިކޮށްދިން 1

24 Comments!

  1. A*|'..§^# says:
    September 2, 2020 at 6:20 pm

    Anehkka vx ehvana libunii dhw??Ekam hama kiyaalaafa comment eh kohlleveynii

    1. A*|'..§^# says:
      September 2, 2020 at 6:58 pm

      OMGGGGGG ?????ehn bai thakah vure reethi Mi bai lwbiii ???????❤️❤️❤️aaahh rahfushuge hiy faseyha kan sifa kohdhiifa huriima Aish ah vx hiy hama jehumeh libihjje???Alhey karah thadhuvaa iru vx Zoya hama Aivin feney tho dhw??Aivin E oh hurihaa iru Zoya aa dhimaalah balan huri iru vx neyngunu????finally Aivin Rashu there ah nukumelaifi???Aivin beyrah nukuthiima ey Aish men nah vx nukumeveykamah vany??????Aivin kiihvethr beyrah nunikunnanii ????I also think vehttifa E othy Zoya hen???TC wonder dhoonii ??love you big Big koh❤️❤️❤️❤️❤️stay safe ???stay home???myssmm????ummwwahh

    2. Wonder says:
      September 2, 2020 at 8:22 pm

      Awwn..thank u soo much Aish.. v ufaavejje dear ah hinhama jehun libeygothah liyevifa othyma..hehe.zoaya ah mifaharu landeh dhw libuny.. let’s see dhw eii kaaku tho. U too tvgc dear..lym big big koh..hehe..n miss u too..stay safe? ❤

    3. Wonder says:
      September 2, 2020 at 8:20 pm

      Yeyyy!! Congrats Aish dear..yess lemme knw what u think abt the story?

  2. Lam ? says:
    September 2, 2020 at 6:21 pm

    ❤️❤️❤️❤️❤️Wow Maasha allah V reethi mi part ves
    Zoya kaneyge E ohthy vehtifa
    ….Curiously waiting

    1. A*|'..§^# says:
      September 2, 2020 at 6:35 pm

      ??Lam Mihaaru kiyaa ninmii?????avahey…. Aish adhi nuvx fashan

    2. Wonder says:
      September 2, 2020 at 8:23 pm

      Thank u soo much Lam.. v ufaavejje dear ah mi part ves kamudhiyaeema.. let’s see dhww eii kaaku tho. In sha Allah v avahah submit kohleveythoa balaanan ungey..stay safe?❤

  3. ?Ril? says:
    September 2, 2020 at 7:06 pm

    Ril 3rd dhw heheh???❤️❤️❤️
    Wow mi part ves vrh sali?????????
    Masha Allah????????????
    Pis Pis Mi zafar ves dhw hama kathilan vee Huvaa ???????️?️?️?️?️haadha foosehveyey Mi zafar deke?????????
    Aivin Ah inguny dhw zoyaa ah aniyaa kuraa kan dhw omg????????????
    And Kaaaku baa dhw eothy car kaariah vehtifaa zoyaa thooche dhw ???????????
    Btw waiting for the next part ❤️❤️❤️❤️
    Curiously waiting ingey ❤️❤️❤️❤️
    Stay safe ❤️❤️❤️❤️

    1. ?Ril? says:
      September 2, 2020 at 7:07 pm

      Aish uleba Mi zafar kathilan Ril aa eku ?️?️?️?️???????

    2. A*|'..§^# says:
      September 2, 2020 at 7:10 pm

      Hingaa dhw?????123 Ril ready thr

    3. Wonder says:
      September 2, 2020 at 8:25 pm

      Yess Ril..mifaharu third libuny..dhn faharakun try kurahchey first ah ingey? thank u soo much dear.. v ufaavejje mi part vss kamudhiyaeema.. hingaa dhww eii kaakutho balamaa. In sha Allah next part avahah submit kohleveythoa balaanan..u too stay safe dear?❤

    4. ?Ril? says:
      September 2, 2020 at 8:48 pm

      Aaan aish ril ready heheh
      Labba ril try kuraana ingey 1st libey thoo

  4. Princess says:
    September 2, 2020 at 8:09 pm

    alheyy wow wonder…..???????……. vehtifa othy zoya dhww….. noony zoya ge mom kaane dhw….. ekam aivin akah zoa ge mom eh neyngeyne dhww…. ekam zoa ah vx vedhaane dhww… pis pis… dhen neynge guess kuran v kihineh kameh…. faharehga emyhaku ge sababun zoa aa aivin frnds vedhaane kanne dhw???????…. wonder ah dhn ingeyny vaane gotheh…. btw stry vrh nice????????…. nxt part ah mihaaru wait kuran fashaifin…. ?????????????

    1. Wonder says:
      September 2, 2020 at 8:27 pm

      Thank u soo much princess.hehe.. hingaa dhw balamaa eii kaakukan..dear ge thi guess thakun konmeves guess eh hama rangalhu ves vedhaane ingey.. In sha Allah next part avahah submit kohleveythoa balaanan ingey.. stay safe dear?❤

  5. Wonder says:
    September 2, 2020 at 8:30 pm

    In reply to sher’s pending comment. Thank u soo much dear.. v ufaavejje mi pary ves dear ah kamudhiyaeema.. hehe.. aan dhw..wonder namaves ladhugannaane.. awwn..i miss rai too.. hingaa dhw eii kaakuthoa balamaa.. In sha Allah next part v avahah kiyaalan libeyne.. u too stay safe dear ?❤

  6. sama says:
    September 2, 2020 at 9:04 pm

    E anhen meehaayakee zoya mamma hen hervanee
    anhen meehekey buneema
    dhen neynge dho
    vvvvv reethi mi part ves
    when next

    1. Wonder says:
      September 4, 2020 at 1:11 am

      Thank u soo much sama.. v ufaavejje mi bai ves kamudhiyaeema.. hingaa dhw eii kaakuthoa balamaa.. In sha Allah tomorrow submit kohleveythoa balaanan next part.. stay safe dear ?❤

  7. ?Black pink says:
    September 3, 2020 at 6:57 am

    Awww varah reethi Mi Bai ves.. Ekm zafar haadha goahey.
    Zoya varah keh gadha..BTW whn nxt…..

    1. Wonder says:
      September 4, 2020 at 1:13 am

      Thank u soo much Black pink.. v ufaavejje mi part ves kamudhiyaeema.. dear bunaahen asluves v kehgadha dhw zoaya.. next part In sha Allah tomorrow submit kohla dheynan.. b safe dear?❤

  8. Livy says:
    September 3, 2020 at 11:58 am

    Varah Varah Varah Varah reethi ❤️?❤️?
    Maa sha Allah ❤️?❤️?❤️?❤️?❤️?❤️
    Curiously waiting waiting for the next part ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️ love you wonder ❤️? take care ❤️?❤️?
    ?❤️?Stay home and stay safe ?❤️?

    1. Wonder says:
      September 4, 2020 at 1:14 am

      Thank u soo mich livy dear.. v ufaavejje mi bai ves kamudhiyaeema.. next part In sha Allah maadhan submit kohleveythoa balaanan.. lym dear.. u too stay safe?❤

  9. Wonder says:
    September 4, 2020 at 1:16 am

    Ohh sorry my mistake..since it’s past midnight it Should b today.. In sha Allah I’ll try to submit next part TODAY!?

  10. Wonder says:
    September 4, 2020 at 1:18 am

    In reply to Nerr’s pending comment.. let’s see dhw eii kaakuthoa.. It’s okay dear.. bxy vaa faharuves annaane..ekam v ufaavejje vaahaka gavaidhun kiyaakan ingunyma.. awwn..thank u for believing in me. In sha Allah next part today up kohla dheynan.. lym dear. Stay safe!?❤

  11. ?Flower ? says:
    September 6, 2020 at 10:05 am

    Wow mi part ves vvvvvvrah reethi masha Allah hama speechless bunaane ehchehves neege
    Waiting for the next
    Lysm ❤️❤️❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-8←


All Right Reserved!