Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 22

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
September 3, 2020 15 Mins Read
26 Comments

– މި ޕާރޓްއަށްވެސް ކިޔުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ ޔޫން މާފަށް އެދެމެވެ. –

 

– އެކާވީސް ވަނަ ޕާރޓްގެ ތަންކޮޅެއް –

* “އާދިޔަން.. އިންސިކުއްޖާ ތިބުނީ އަހަރެންގެ ބައްޕަގެ ވާހަކައެއް ނޫންތަ…؟” ރަވިކާން އަހާލިއެވެ. “އާނ.. ހީވަނީ އެހެން…” ސިއްރު ކުރަން ބޭނުންވި ޖުމްލަ ދުލުން ބޭރުވުމުން ޒައިލީން އިތުރަށް ސިއްރުކުރާ ޚިޔާލެއް ނުކުރިއެވެ. “ނެއިލޮންއަށް އަހަރެންގެ ބައްޕަ ކިހިނެތްތަ އެނގެނީ..؟ އަހަރެން ވެސް ބައްޕަ މަތިން ހަނދާނެއް ނުހުރޭ..” ރަވިކާން ބޯ ކަހާލާފައި ބުންޏެވެ. “އަސްލުވެސް..؟ ދެން ނެއިލޮން ސަރ އާއި ރަވިކާންގެ ބައްޕައާއި ކުރިން ދިމާވީ ކަންނޭނގެއެއްނު..؟” ޒައިލީންއަށް ވިސްނުނު ގޮތް ބުނެލިއެވެ. “އާދެބަލަ ބޭރަށް…” ރަވިކާން ޒައިލީންގެ މޫނަށް ބަލާލާފައި ބުނެލިއެވެ. “ކީއްކުރަން ބޭރަށް..؟ ނިދާގަޑި ޖެހިއްޖެއެއްނު..؟ ޒައި މިދަނީ ނިދަން ދާން…” ޒައިލީން ބުނެލިއެވެ. ރަވިކާން ކުރިން ނިދާ ވާހަކަ ދެއްކީތީ ޖެއްސުމަށެވެ. “ނާންނަންޏާ ގަދަކަމުން ގެންގޮސްފާނަން..” ރަވިކާން ލޯ އަޅާލިއެވެ. “ތިކަން ވެދާނެ ހުވަފެނުގައި..” ޒައިލީން ފުޅާ ހިނިތުންވުމެއް ދައްކާލާފައި ކޮޓަރިން ނުކުންނަން ދިޔައެވެ. ރަވިކާން ތުން ވަށްކޮށްލައިގެން ހުރެފައި ޒައިލީންގެ އަތުގައި ހިފާ ދަމައިގަތް ގޮތަށް ކުޑަދޮރުން ބޭރަށް ފުންމާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ދެން… ނިދި އައިސްފިޔޭ.. މިގަޑީ މިހެން މިބުނީ ޖެއްސުމަކަށް ނޫނޭ..” ރަވިކާން ލައިގެން ހުރި ޓީޝާޓް އަތަށް ބޮނޑިކޮށްލައިގެން ހުރެ ޒައިލީން ބުނެލިއެވެ. “ގަދަކަމުން ގެންދާނަމޭ ބުނީމެއްނު..؟ އެގަޑީ ބަސް އަހައިގެން އައިނަމަ..” ރަވިކާން ހިނިގަނޑެއް ޖަހާލިއެވެ. ޒައިލީން ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ތިރި ބަލާލިއެވެ. އެހާ އުހުގައި ހުރެ ތިރި ބަލާލުމުން ހީވީ އުސް އިމާރާތެއް ނޫނީ ފެރިސް ވީލްއެއްގައި ހުރެވުނު ހެންނެވެ. ޒައިލީންއަށް މަޖާވިއެވެ. ޒައިލީން ހޭންފެށިހެން ހީވެގެން ރަވިކާންއަށް ބަލާލެވުނެވެ. “މިހާރު ތި ހެނީ ކީއްވެގެން..؟” ރަވިކާން އެއްސެވެ. “އެމިއުސްމެންޓް ޕާކްއަކަށް ދާހިތްވެއްޖެ…” ޒައިލީން ބުނެލިއެވެ. “މިރެއަކު ނުގެންދާނަން.. އެހެން ރެއަކުން އަހަރެން އިންސިކުއްޖާ ގޮވައިގެން ހިނގައިދާނަން އެމިއުސްމެންޓް ޕާކަކަށް…” ރަވިކާން އެއްއަތުން ޒައިލީންގެ އިސްތަށިގަނޑު ހާވާލިއެވެ.

“ހެއިލް އަދިވެސް ނުނިދަނީތަ..؟” އާފުރެމުން ކޮޓަރިއަށް ވަތް ޒައިދާންއަށް އެހުނެވެ. އޭރު ހެއިލަން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ދަތްކުނޑި ވިކާލައިގެން ހުރިގޮތުން ހީވަނީ ރުޅިއައިސް ފަޅައިގެންދާ ވަރުވެފައި ހުރިހެންނެވެ. “ނޫން މި އުޅެނީ ނިދަން…” ހެއިލަން ކުޑަދޮރު ލައްޕާލާފައި ދޮރުފޮތިތަކަށް ބާރުކޮށްލިގޮތުން ހީވީ އައިސްފައިވާ ރުޅި އެ ދޮރުފޮތިތަކަށް ބާލަން ފެށިހެންނެވެ. “ކެޓްބްރޯ ކޮބާ..؟” ޒައިދާން ފާޚާނާއަށް ވަންނަމުން އަހާލިއެވެ. “ނޭނގެ…” ވަށްކަޅިން އަނެއްކާވެސް ކުޑަދޮރުން ބޭރަށް ބަލާލާފައި ހެއިލަން ބުނެލިއެވެ.

“ނިދިއައިސްފި… ދެން ކޮޓަރިއަށް ގެންގޮސްދީ… އެނޫނީ މިތަނުގައި ނިދާނީ..” ރަވިކާންގެ ޓީޝާޓްގެ އަތު ކުރިއަށް ދަމާލަމުން ޒައިލީން އެދުނެވެ. ރަވިކާން ޒައިލީން ގޮވައިގެން އިނީ އެ ގަސްބުޑު ކައިރީގައެވެ. “ދެން މިތަނުގައި ނިދާ…” ރަވިކާން ވަރަ ހުޅުވާލާފައި މައްޗަށް އެރިއެވެ. ޒައިލީން ތުންއަނބުރާލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ރަވިކާން ގޮސް ޒައިލީންގެ ދެ އަތުގައި ހިފާ މައްޗަށް އުފުލާލިއެވެ. ޒައިލީންގެ އުނަގަނޑުގައި ދެއަތްވަށާ ބާރުކޮށްލިއިރު ރަވިކާންގެ ލޮލުގައިވަނީ އެހެންކަހަލަ ވިދުމެކެވެ. ޒައިލީންވެސް އެއްމިޔަނަކަށް ހީނލާފައި ރަވިކާންގެ މޫނަށް ބަލާލިއެވެ.

ދެމީހުންނަށް ގެއަށް ވަދެވުނުއިރު ދަންވަރު ވެއްޖެއެވެ. ރޭގަނޑުގެ ތަހުނިޔާ ވެދުންކޮށްފައި ޒައިލީން ކޮޓަރިއަށް ވަދެ ކުޑަގޮތަކަށް ފެންވަރާލައިގެން ނިދަން އޮށޯތެވެ. އޭރު އަލްޔާ އޮތީ ނިދާފައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އަށްގަޑި ބައިވީ ޒައިލީން ހެތެނީސް އެލްފޯމޭނިޔާ ސްކޫލަށް ދާން ތައްޔާރުވެގެން އިންދައެވެ. މެރޫން ކުލައިގެ އަތްދިގު ސްވެޓަރއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން އިންއިރު ޒައިލީންގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބޮލުގައި ހުޅިއެއް ޖަހާލައިގެން ޒައިލީން އިނީ އަލްޔާ ތައްޔާރުވެ ނިމެންދެނެވެ. މަޑު ފެހިކުލައިގެ ހޫޑީއަކާއި ރީނދޫ ކުލައިގެ ސްކާރޓެއް ލައިގެން އަލްޔާ އިނީ ދަބަހަށް ބޭނުންތެރިވާނެ އެއްޗެހި ހަމަ ކުރުމުގައި އަވަދި ނެތިއެވެ. މާކުރިން ހޭލައިގެން ޒައިލީން ވަނީ އެ ހުރިހާކަމެއް ކޮށް ނިންމާލާފައި ކަމުން ޒައިލީން އިނީ ޒައިނާއަށް ގުޅޭތޯ މަސައްކަތް ކުރާށެވެ. ނަސީބަކުން ޒައިނާ އަލުން ފޯނު އޮންކޮށްފިއެވެ. ނަމަވެސް ކުރާ އެންމެ ކޯލަކަށްވެސް ޒައިނާ ޖަވާބު ދޭކަށެއް ނޫޅެއެވެ. ފުލުފުލުން ޒައިލީން ފަސްސަތޭކައެއްހާ މެސެޖް ކުރުމުންވެސް ސީން ޒޯން ކޮށްލާފައި ޒައިނާ އެއްވެސް މެސެޖަކަށް ޖަވާބު ދޭކަށްވެސް ނޫޅުނެވެ. ކަރުއެލުވާލާފައި ޒައިލީން ތެދުވީ އަލްޔާ ދާން ހިނގާށޭ ބުނުމުންނެވެ.

އަލްޔާ އާއި ޒައިލީން ނުކުތްއިރު ރަވިކާން އާއި ޒައިދާން ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ހުދު ކުލައިގެ ހޫޑީއަކާއި ކަޅު ރިޕްޑް ޖިންސެއް ލައިގެން ރަވިކާން ހުރިއިރު ޒައިދާން ހުރީ ގުރާފެހިކުލައިގެ ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެންނެވެ. މަޑު މުށިކުލައިގެ ޓީޝާޓަކާއި ނޫ ކެރެޓް ޖިންސެއް ލައިގެން ހުރި ހެއިލަން ހުރީ ދޮރުގައި ލެނގިލައިގެން ފޯރީގައި ނައިކެން އާއި ޗެޓް ކުރާށެވެ.

“ދާނީ މަށާއި އިންސިކުއްޖާ އާއި އެކަނި…” މަޑުމަޑުން ހުރެފައި ރަވިކާން އެހެން ބުނެލުމުން ފެންފޮދެއް ބޯލަންވެގެން ހުރި ޒައިލީން ކޮށިއެރިއެވެ. “ކީއްވެގެން..؟” އަލްޔާ ހަށަން ބަނދެލަމުން އަހާލިއެވެ. “ކޮންމެ ކަމަކަށް ސަބަބެއް އޮންނަން ޖެހޭތަ..؟” ހަށަން ބަނދެލާފައި ރަވިކާންވެސް ކުރީ ސުވާލެކެވެ. “ބަލަ އަލްއޭ ޒައިގެ ބެސްޓީ އަކީ.. އަލްއަށް ދެވެން ވާނެއްނު..؟” އަލްޔާ ބުނެލިއެވެ. “އަލްޔާ ތިއީ އިންސިކުއްޖާ ބެސްޓީއެއްނު…؟ އަހަރެން މިއީ އިންސިކުއްޖާގެ…….” އެހިސާބަށް ބުނެލާފައި ރަވިކާން ހިނގައިގަތީ ފެން ބޯށެވެ. ރަވިކާންއަށް ދެން ބުނާނެ އެއްޗެއް ނޭނގުނީކަން އަލްޔާއަށް ފަހުމްވިއެވެ. ޒައިލީންގެ އަތުން ފެންފުޅި އަތުލާފައި ރަވިކާން އަނގަޔަށް ފެންފުޅި އޮއްސާލިއެވެ.

“ދޮންބެމެން މަޑުކޮށްފާނަން… އެކަމަކު އެންމެ ލަސްވެގެންވެސް ހަވީރު ވުމުގެ ކުރިން ނައިސްފިއްޔާ ދޮންބެ މެން ދާނަން ޒައިމެން ހޯދަން… ފޯނު ހިފައިގެން ދާތި..” ޒައިދާން އިނދެ އިނދެފައި ހުއްދަ ދިނެވެ. ޒައިލީން އަދިވެސް ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. އެހާ ކުއްލިގޮތަކަށް ރަވިކާން ޒައިލީން ގޮވައިގެން އެކަނި ދާން ބޭނުންވާ ވާހަކަ ބުނުމުން ރަވިކާންގެ މަގުސަދު ނޭނގިފައެވެ.

“އަހަރެމެން މިދަނީ ދާން…” ފެންފުޅި ހުސްކޮށްލާފައި އެ ފުޅި އަލްޔާގެ އަތަށް ލައިދީފައި ރަވިކާން ޒައިލީންގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ. ފެންނަ ހިސާބެއްގައި މީހަކު ނެތުމުން ރަވިކާން ވަރަ ހުޅުވާލިއެވެ. ޒައިލީން ގޮވައިގެން ރަވިކާން އުދުއްސައިގަތް ގޮތުން ހީވީ ފްލައިޓެއް ނައްޓާލިހެންނެވެ. “ޒައިދާން.. ހަމަ ޔަގީންތަ ޒައި އެކަނި ފޮނުވާލުމަކީ ރަނގަޅު ގޮތްކަން..؟” އަލްޔާ އަހާލިއެވެ. “ޒައި އެކަންޏެއް ނޫނެއްނު..؟ ކެޓްބްރޯވެސް ދިޔައެއްނު..؟” ޒައިދާން ހުރީ ފުދޭވަރަކަށް ހަމަޖެހިގެންނެވެ. “ރަވިކާން އަކީ އިންސާނެއް ނޫން.. އޭނަ ޒައިއަށް ކޮންމެ ގޮތެއްވެސް ހަދާފާނެ..” އިއްޔެރޭ ޒައިލީން އާއި ރަވިކާން އެކީގައި އުޅުނުގޮތް ހަނދާންވުމުން ނުހުރެވިގެން ހެއިލަން ބުނެލިއެވެ. “ޗިލް… ހެއިލް ސާބަހޭ… މަށަކަށް ހިޔެއްނުވޭ ރަވިކާން ޒައިއަށް ގޮތެއް ހަދާފާނެހެންނެއް…” ޒައިދާން ބުނެލިއެވެ. “އެކަމަކު..” އަލްޔާ އެއްޗެކޭ ބުނަން އުޅެފައި ތުން ފިއްތާލިއެވެ.

ރަވިކާން އާއި އެކީގައި ޒައިލީން އެކަނިމާއެކަނި ފޮނުވާލުމުން ހިތްހަމަނުޖެހިގެން ހެއިލަން އެތެރެއަށް ވަނެވެ. “އަލް… ރަވިކާން ޒައިއަށް ގޮތެއްވިޔަ ދޭނެހެންނެއް މަށަކަށް ހިޔެއް ނުވެޔޭ.. ރަވިކާންއަކީ ނުބައި މީހެއް ނަމަ ޒައި އާއި ދިމާލަށް ހުދު އޭންޖެލް ހޫރާލި ހޮޅިދަނޑިން ސަލާމަތް ކޮށްދިނީސްތަ..؟ އަލްއަށް ފަހަރެއް ގައި ނޯޓިސް ނުވެދާނެ އެކަމަކު ރަވިކާން ޒައިއަށް ވަރަށް ކެއަރ ކުރޭ.. މަށަށް ހީވޭ ބައެއްފަހަރު ރަވިކާން ޒައިދެކެ………” ޒައިދާން ޖުމްލަ ނިންމާލީ ލާނެތްގޮތަކަށް އެއްލޯ މަރާލާފައެވެ. “ހްމްމް.. ވެދާނެ… އަލްއަށް ވެސް ފާހަގަވެޔޭ ރަވިކާން ޒައިއަށް ވަރަށް އަޅާލާކަން… ހީވަނީ ޒައިއަށް އަންނަ ކޮންމެ ނުރައްކަލަކުން ސަލާމަތްކުރަން ވައުދުވެގެން ހުރިހެން…” އަލްޔާވެސް ޒައިދާން އާއި އެއްބަސްވިއެވެ.

ރަވިކާން އާއި ޒައިލީންއަށް ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލް އާއި ހިސާބަށް ދެވުނީ ފަނަރަވަރަކަށް މިނެޓް ތެރޭގައެވެ. ރަވިކާން ޒައިލީން ބިންމަތީގައި ބެހެއްޓުމުން ސްކޫލާއި ދިމާލަށް ޒައިލީންއަށް ބަލާ ލެވުނެވެ. އިމާރާތް ފަޅުވެފައި ހުރުމުން ޒައިލީންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ބިރެއް ވަނެވެ. “އޭ.. ނުވަންނާނަންތަ..؟” ރަވިކާން އެއްސެވެ. ”ނޫން.. މިދަނިއްޔޭ ޒައި…” ޒައިލީން ސްކޫލްތެރެއަށް ވަންނަން ހިނގައިގަނެފައި ވެސް މަޑުކޮށްލީ ކަމެއް ފާހަގަވެގެންނެވެ. ފަސްވަރަކަށް ފިޔަވަޅު ފަހަތަށް ޖެހިލާފައި ޒައިލީން އަނެއްކާވެސް ބަލާލީ އޭނާގެ ދެލޯ ކުރީ ސަމާސާ ނޫންކަން ޔަގީން ކުރަންވެގެންނެވެ.

ޒައިލީންގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ޖެހި ފަދައެވެ. ދެއަތް ފިނިވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހޮޓެލް ސިލްވަރ ސްވާން ކައިރީގައި ފެހި ކުލައިގެ ކާރެއް ޕާރކް ކޮށްލާފައި އޮތެވެ. އެއީ އެންމެ ފުރަތަމަ ދުވަހު ޒައިލީން އެރި ކާރެވެ. އާނއެކެވެ. އިޔާންގެ ކާރެވެ.

ޒައިލީން ނައިސްގެން އެންމެ ފަހުން ރަވިކާން ޒައިލީންގެ އަތުގައި ހިފިއެވެ. “ތީ އައިސްކިއުބެއްތަ..؟” ޒައިލީން ފިނިވެފައި ހުރިވަރު ރަވިކާންއަށްވެސް ފާހަގަ ކުރެވުނެވެ. “ނޫނޭ މިއީ އެންޓާރޓިކާ… ދެން ވެސް އަވަހަށް ވަންނަން ހިނގާބަލަ..!!!” ޒައިލީން އަވަސް ފިޔަވަޅުތަކެއްގައި ސްކޫލްގެތެރެއަށް ވަތް އިރުވެސް އިރުއިރުކޮޅާއި ފަހަތް ބަލާލެވެއެވެ. އިޔާން ހުރިތޯ ޔަގީން ކުރުމަށެވެ. ރަވިކާންއަށް ވެސް ޒައިލީން ފާޑަކަށް އުޅޭކަން އިހުސާސްވިއެވެ. ނަމަވެސް އާދިޔަން އާއި ބެހޭގޮތުން ކަމެއް އެނގެން އުޅޭތީ ރަވިކާން ހުރީ މާ ޝައުގުވެރިވެފައެވެ. “އިންސިކުއްޖާއަށް އެނގޭތަ އަހަރެން އެހެން އެކަކު ވެސް ނުލާ ހަމައެކަނި އިންސި ކުއްޖާ ގޮވައިގެން މިއައީ ކީއްވެކަން..؟” ޒައިލީން ހުރީ ބިރުގަނެފައިކަން ރަވިކާންއަށް ވިސްނުމާއި އެކީ އަހާލިއެވެ. “އެއީ އަހަރެންގެ ބައްޕައާއި ބެހޭގޮތުން ޒައިދާންމެންނަށް އެނގެން ނުޖެހޭ ކަމެއް އޮވެދާނެ.. އެހެންވެ…” ޒައިލީން ޖަވާބެއް ނުދިނުމުން ރަވިކާން ބުނެލިއެވެ. ޒައިލީން ހަމައެކަނި ބޯ ޖަހާލީއެވެ.

ދެމީހުންނަށް ލައިބްރަރީއަށް ދެވުނެވެ. ތޭރަވަނަ ހަރުގަނޑު ހޯދަމުން ޒައިލީންއަށް އިރުއިރުކޮޅާ ދެ ފަރާތް ބަލާލެވެއެވެ. ބިރުގަނެފައި ހުރިވަރުން ޒައިލީންގެ ހިތްތެޅެމުން ދިޔައީ އާދަޔާޚިލާފަށް ބާރަށެވެ. ތޭރަވަނަ ހަރުގަނޑު ފެނުމާއި އެކީގައި ޒައިލީން އަވަހަށް އެދިމާލަށް ހިނގައިގަތެވެ.

ހިތްހަމަ ނުޖެހިފައި ހެއިލަން އެނދުމަތީގައި ބަންޑުން އޮތެވެ. ރޯޒްލީ އާއި ފިޔަނެލްގެ ފޮޓޯތަކަށް ބަލާށެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ ޒައިދާންއަށް ވެދާނެތީ އަނގައިން ނުބުނަން ނިންމައިގެން ހެއިލަން ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަލަން ފެށިއެވެ. ދެން ޖެހުނީ ޒައިލީންގެ ފޮޓޯއަކާއެވެ. “ޒައި ކީއްވެގެން ރަވިކާން އާއި އެކީ ދާން އެއްބަސްވީ…؟” ހިނިތުންވެގެން ޒައިލީންގެ މޫނަށް ބަލާލާފައި ހެއިލަންއަށް އެހުނެވެ.

ޒައިލީން ތޭރަ ވަނަ ހަރުގަނޑުގައި ހުރި ފޮތްތައް ހޭވިއިރުވެސް އެދުވަހު ފެނުނު ފޮތެއް ނުފެނުނެވެ. ވަކިވަކިން ދެފޮތް ދޭތެރެ ބަލާ ހެދުމުންވެސް ޒައިލީންއަށް އެފޮތެއް ނުފެނުނެވެ. “ހަންޓަރސް އޮފް ދަ ސެންޗުއަރީ… އެފޮތްގަނޑު ކޮބާތަ…؟” އައި ރުޅިންނާއި ގަނެފައިވާ ބިރުގެ ސަބަބުން ޒައިލީންއަށް ހަރުގަނޑުގައި ފައިން ޖެހުނެވެ. ހަށަން ބަނދެލައިގެން ޒައިލީން އެ ފޮތް ހޯދަން ކުރި ބުރަ މަސައްކަތަށް ބަލަން އިން ރަވިކާންވެސް ކުޑަކޮށް ސިހުނެވެ. އަޑު ކުޑަކޮށް އެކޯވިއެވެ. “އެންމެ މަތީގައިވެސް އެ އޮތީ ފޮތެކޭ…” ރަވިކާން އިޝާރާތްކޮށްލީ ހަރުގަނޑުގެ އެންމެ މަތީގައި ހުރި ފޮތަކަށެވެ.

“އޯހް.. އެއީ ކަންނޭނގެ…” ޒައިލީން މައްޗަށް ބަލާލާފައި ފުންމައިގަތެވެ. ނަމަވެސް އަތްފޯރާ ގޮތެއް ނުވިއެވެ. “ކޮބާތަ މިތަނުގެ މީހުން ގެންގުޅުނު ހަރުގަނޑު..؟” ޒައިލީން ވަށާ ހޯދާލިއެވެ. ފެންނަފަށު ގައި އެވެސް ނެތުމުން އަނެއްކާވެސް ހިތްވަރާއެކީ ފުންމަން ފެށިއެވެ. ރަވިކާން ބޯ ހޫރާލީ އަނެއްކާ ވެސް ޒައިލީންގެ މޮޔަކަމަށް މަލާމާތް ކުރަމުންނެވެ. ރަވިކާން ގޮސް ޒައިލީންގެ މެދުހަށީގައި ހިފާފައި މައްޗަށް އުފުލާލިއެވެ. “އިންސިކުއްޖާވެސް އަހަރެންގެ މާހައުލުގައި އުޅުނުއިރު ސިކުނޑީގެ ބޭނުންކުރި ވިއްޔާ..” ރަވިކާން ބުނެލިއެވެ. “ދެން ޒައި ހީކުރީ އަތްފޯރާނެ ކަމަށޭ…” ޒައިލީން އަތް ދަމާލަމުން ބުނެލިއެވެ. “ވަރަށް މަޖާ… އެހެން ޖޯކެއް ކިޔައިދޭންވީނު..؟ މިފޮތް ހަރުގަނޑުގެ ތިންވަނަ ޝެލްފާއި ހަމައަށް ކިރިޔަ ކިރިޔާ އިންސިކުއްޖާގެ އަތް ފޯރަނީ…” ރަވިކާން މަލާމާތް ކޮށްލިއެވެ. “ތި ދެން އެންޓެނާއެއްހާ ދިގު މީހެއް ނޫނޭ…” ޒައިލީން އެ ފޮތުގައި ހިފިއެވެ. ހިރަފުސް އަރާފައި ވާތީ ޒައިލީން އަށް މޫނު ހަދާލެވުނެވެ. ކިނބިއްސެއް އެޅެން އުޅޭހެން ހީވުމުންނެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ހެއިލަން ބަހެއް ނުބުނެ ހަމަ އޮތްގޮތަށް އޮތީއެވެ. ޒައިދާންއަށް ހެއިލަން ހިތްހަމަ ނުޖެހިފައި އޮތްވަރު އަންގާލަދޭނަމޭ ހިތާއެވެ. ކުއްލިއަކަށް ފިނިއަތަކުން ހެއިލަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ގައިން ހީބިހި ނަގައިގަތުމުން ހެއިލަން ސިހިފައި ފަހަތަށް ބަލާލީ އެއީ ޒައިދާންގެ އަމަލަކަށް ނުވާނެކަން އެނގުމުންނެވެ.

“ހިނގާބަލަ މި ފޮތް ކިޔާލަން..” ޒައިލީން މަޑުމަޑުން އެ ފޮތް މޭޒު މަތީގައި ބާއްވާފައި ގޮނޑިއެއްގައި އިށީނދެލިއެވެ. އާންމުކޮށް ލައިބްރަރީގައި ވާހަކަ ދައްކާ އުޅެނީ ނުހަނު މަޑުން ކަމަށްވާތީ އެވަގުތުވެސް ޒައިލީންއަށް ވާހަކަ ދެއްކުނީ ވައި އަޑުންނެވެ. ރަވިކާންވެސް ގޮނޑިއެއް ކައިރި ކޮށްލާފައި ޒައިލީންގެ ގާތުގައި އިށީނީ އެ ފޮތުގައި ލިޔެފައިވާ މައުލޫމާތު އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. *

– ބާވީސް ވަނަ ޕާރޓް –

 

* “ހިނގާބަލަ މިފޮތް ކިޔާލަން..” ޒައިލީން މަޑުމަޑުން އެފޮތް މޭޒު މަތީގައި ބާއްވާފައި ގޮނޑިއެއްގައި އިށީނދެލިއެވެ. އާންމުކޮށް ލައިބްރަރީގައި ވާހަކަ ދައްކާ އުޅެނީ ނުހަނު މަޑުން ކަމަށްވާތީ އެވަގުތުވެސް ޒައިލީންއަށް ވާހަކަ ދެއްކުނީ ވައި އަޑުންނެވެ. ރަވިކާންވެސް ގޮނޑިއެއް ކައިރި ކޮށްލާފައި ޒައިލީންގެ ގާތުގައި އިށީނީ އެ ފޮތުގައި ލިޔެފައިވާ މައުލޫމާތު އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. *

ހެއިލަން ކުއްލިއަކަށް ފުންމައިގަތުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “ވޯހް އަލް..!!” ހެއިލަން އަށް ހުރެވުނީ މައިނޭވާ ލެވިފައެވެ. “ހެއިލް ކިހިނެތްވީތަ..؟ ކުއްލިއަކަށް ސިއްސައިގެން ދިޔައީމައި…” އަލްޔާ މޭގައި ދެއަތް ޖައްސާ ފިއްތާލައިގެން ހުރެ އަހާލީވެސް ދެލޯ ބޮޑު ކޮށްގެން ހުރެއެވެ. “އަލްގެ އަތް ހާދަ ފިންޏޭ… އަލް ހީވަނީ މަރުވެފައި ހުރި ކުއްޖެއް ހެން.. އެ އަންހެންކުއްޖާ ގަނޑު އައީކަމަށް ހިތާ މި ސިއްސައިގެން ދިޔައީ…” ހެއިލަން އޭރުވެސް ހަމައަކަށް ނޭޅެއެވެ. އަލްޔާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ހެއިލަންއަށްވެސް ފާހަގަ ކުރެވިއްޖެއެވެ. އަލްޔާގެ ބޮޑު ސިއްރު ފަޅާއަރާނެ ދުވަސް ގާތް ވަނީ ހެން އަލްޔާއަށް ހީވިއެވެ. “ބޭރުތެރެ ވަރަށް ފިންޏޭ… އަދި ދެންމެ މިއައީ އަތް ދޮވެގެން.. އެހެންވެ ފިނިވީ ކަންނޭނގެއެއްނު..؟” އަލްޔާ ބުނެލިއެވެ. ”އަލް ހުން އައީތަ..؟” ހެއިލަން ތެދުވެފައި އަލްޔާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. “ނޫނޭ ހެއިލް އައިމް ފައިން… ހިނގާބަލަ ބޭރަށް.. ޒައިދާން ޑަމީ އެބައުޅޭ ހެއިލް ރުޅިއައީކަމަށް ހިތާ ހަދާނެގޮތެއް ނޭނގިގެން..” އަލްޔާ ބުނެލިއެވެ.

“ހިނގާބަލަ.. އަހަރެން މިހުރީ އެހާ ރުޅިއައިސްފައެއްނޫން… އެކަމަކު………” ހެއިލަން ޖުމްލަ މެދު ކަނޑާލިއެވެ. އަލްޔާ ބަލާލުމުން ހެއިލަން ދުރު ބަލާލުމުން އަދިވެސް ހެއިލަން އެއުޅެނީ ރަވިކާން އާއި އެކީގައި އެކަނި ޒައިލީން ފޮނުވާލުމުން ހިތްހަމަ ނުޖެހިގެންކަން އަލްޔާއަށް އެނގުނެވެ. “ޒައިމެންވެސް އަންނާނެ ވަރަށް އަވަހަށް.. އިރާދަކުރެއްވިއްޔާ..” އަލްޔާ ބުނެލިއެވެ. “ތިވަރު އެނގެޔޭ… ހިނގާބަލަ ސާޔަލް ގެ ގާތަށް ދާން… ސާޔަލްގެ ކައިރީ އަހާލަން ޖެހޭ ސުވާލެއް އެބައޮތް…” ހެއިލަން އެނދުމަތީ އޮތް ޖެކެޓް ނަގަމުން ބުނެލިއެވެ. “ހިނގާ ދާން…” ބޮކި ނިއްވާލަމުން އަލްޔާ ކޮޓަރިން ނުކުތެވެ.

“އެންމެ ފަހުން މި ފޮތް ކިޔާލަން ލިބިއްޖެ.. ރަވިކާން.. ހިނގާބަލަ ދޮންބެމެންގެ ގާތަށް ދާން ޕްލީޒް.. ފޮތް ކިޔަން ހުޅުވާލިތަނާ ޒައިލީންގެ ހަނދާނަށް އިޔާންގެ ކާރު އައުމުން ކުއްލިއަކަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އިޔާން އެތަނުގައި އުޅެންޏާ ދެން ކަންތައްތައް ވާނީ ކިހިނެތްކަމެއް ނޭނގޭތީއެވެ. ކަމެއް ލައިގަތުމުގެ ކުރިން ގެއަށް ދިޔުމުގެ ޚިޔާލަކީ މާ ބުއްދިވެރި ޚިޔާލަކަށް ވާތީއެވެ. “ނޫން… މި ކިޔާފައި އަހަރެން ދާނީ..” ރަވިކާން ހުރީ ދޫ ދޭގޮތަކަށެއް ނޫނެވެ. “ހަމަ ވަރަށް ސީރިއަސްކޮށް މި ބުނީ.. އާދޭ ދޮންބެމެންގެ ގާތަށް ދާން.. އެހެންޏާ ދޮންބެމެން ޒައިމެން ހޯދަން މިކޮޅަށް އައިސްފާނެ…” ޒައިދާން ބުނެލި ޖުމްލަ ހަނދާންވުމުން ޒައިލީން ބުނެލިއެވެ. “އިންސި ކުއްޖާއަށް ސާބަސް… މި ފޮތް ކިޔާފައި ނޫނީ އަހަރެން މިތަނަކުން ނުތެދުވާނަން.. އިންސިކުއްޖާއަށް ގަދަ ކަމުން އަހަރެންނެއް ނުވެސް ގެންދެވޭނެ.. އިންސިކުއްޖާއަށް އަހަރެންނާއި ނުލާ ގެއަކަށް ނުދެވޭނެ..” ރަވިކާން އެހެން ބުނުމުން އާދެވުނީ އެއްވެސް ލާރިއެއް ނުލާކަން ޒައިލީން ހަނދާންވިއެވެ. “ޝޫޓް.. ދެން ޒައި ރުފިޔާ ގެންނަން ހަނދާންވާނީ ކިހިނެތްތަ ފްރީ ރައިޑެއް ލިބެން އޮއްވާ..؟” ރަވިކާން އާއި ދިމާލަށް ދޫ ނެރިލަމުން ޒައިލީން އަހާލިއެވެ.

“އިށީނދޭ… އެނޫނީ ތެރަސް ލާފައި މި ގޮނޑީގައި ތަތްކޮށްފައި ބައިންދާނީ..” ރަވިކާން ބުނެލިއެވެ. އެ މޭޒާއި ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ގްލޫފުޅި ފެނިފައި ޒައިލީންއަށް ހިނިތުންވެވުނީ ހެތެނީސް އެލްފޯމޭނިޔާގައި އާރޓް ކްލަބްގެ ޕްރޮޖެކްޓް ހެދި ދުވަސް މަތިންނެވެ. ނަމަވެސް އެދުވަހު ރަވިކާން ނެތްކަން ހަނދާންވުމުން ޒައިލީންއަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ހެއިލަން އާއި އޭނަޔާއި ދެމެދު ހިނގައިދިޔަ އުފާވެރި ވަގުތުކޮޅުގެ މަތިން ޒައިލީން ހަނދާން ނެތްފަދައެވެ. ކޮންމެ ކަމަކާއި ދޭތެރޭ ވިސްނި ކަމުގައިވިޔަސް އެކަމަކާއި ރަވިކާންއާއި ޒައިލީންއަށް ގުޅުވާލެވެއެވެ. އަބަދު ރަވިކާން ރަވިކާން ރަވިކާންއެވެ. ރަވިކާން ނޫން ނަމެއް ސިކުނޑީގައި ނެތްހެން ޒައިލީންއަށް ހީވިއެވެ. “ވަޓް އޭމް އައި ތިންކިންގ…؟؟” ޒައިލީން އަވަހަށް މޫނުމަތީ އަތްއަޅާ ފޮރުވާލާފައި އިނގިލިތައް ދޭތެރެއިން ރަވިކާން ބަލަން ހުރިތޯ ބަލާލިއެވެ. ރަވިކާން ހަމަޖެހިލައިގެން ހުރެ ފޮތް ހާވަނީއެވެ. އެކަމާއި ހެދި ރަވިކާން އުފާވެފައި އިންވަރު ފެނިފައި ޒައިލީންގެ ހިތަށްވެސް ފިނިކަން ލިއްބައިދިނެވެ.

ލައިބްރަރީ ތެރެއިން ބާރު އަޑުފައްގަނޑެއް އިވުމުން ޒައިލީން ދިޔައީ ސިއްސައިގެންނެވެ. ހީވަނީ ބަރު ދަގަނޑު އެއްޗެއް ބިންމައްޗަށް ވެއްޓި ޖެހުނުހެންނެވެ. ޒައިލީން ސިއްސައިގެން ގޮސް ހިތްހުއްޓޭވަރު ވީނަމަވެސް ރަވިކާން އަދިވެސް ވަރަށް ވެފައި އިނދެ ސަފްހާއަކަށްފަހު ސަފްހާއެއް ކިޔަމުން ކުރިއަށް ގެންދަނީއެވެ. ރަވިކާންއަށް ކުއްލިއަކަށް ސިއްސައިގެން ދިޔުމުގެ މާނައަކީ ކޮބައިކަން ނޭނގެނީ ހެން ވެސް ޒައިލީންއަށް ހީވިއެވެ. “ރަވިކާން… މިތަނުގައި އުޅޭ ކުރީގެ ފްރެންޑް ކުއްޖެއް ޒައިއަށް ރައިޑެއް ދީފާނެ ފަހަރެއްގައި… ނޫނީ ލައޫމެންގެ ތެރެއިން އެޑިން ނޫނީ ނައިކްވެސް ޒައި ބަލާ އައިސްފާނެ…” ޒައިލީން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ނުކުމެގެން ދާށެވެ. “އެޑިންއެކޭ ނައިކްއެކޭ ކިޔާނެކަމެއް ނެތް… އިށީންނަންވީ..!” ރަވިކާން އޭނަގެ ރުންކުރު އަޑުން އެހެން ބުނެލިގޮތުން ހީވީ ކުރީގެ ރަވިކާން އަނބުރާ އައިހެންނެވެ. “ނޫނެކޭ ވަރަށް ސީރިއަސްވެގެން ޒައި މިހެން މި ބުނީ..” ޒައިލީންއަށް ހީވީ ފިނިފިނި ވައިރޯޅިއެއް އޭނާގެ ހަށިގަނޑުގައި ބީހިލިހެންނެވެ. ހީކަރުވައިގަތުމުން ޒައިލީންއަށް ދެއަތުން އަމިއްލަ ގައިގައި ބައްދާލެވުނީ ބޭއިޚްތިޔާރުގައެވެ. “އިންސިކުއްޖާއަށް ހީވަނީތަ އަހަރެން މި ވާހަކަ ދައްކަނީ ސީރިއަސް ނުވެޔޭ..؟” ކުރިމަތީ ދެވަރަ ހުޅުވާލައިގެން ހަށަން ބަނދެލައިގެން ހުރި ރަވިކާން ފެނިފައި ޒައިލީންއަށް އެ ފިނި ވައިރޯޅިއަކީ ރަވިކާންގެ އަމަލެއްކަން އެނގުނެވެ.

“އިންސިކުއްޖާ ކީއްވެގެންތަ ދާން ބޭނުންވަނީ..؟ އެ އައުލްކީން ދެކެ ބިރުގަންނަނީތަ..؟ އެހެންވިއްޔާ އިންސިކުއްޖާ ހާސްނުވޭ… އަހަރެން މިހުރީއެއްނު..؟ އެހެންނޫނީ އިންސިކުއްޖާ ބިރުގަންނަނީ އަނެއްކާ އަހަރެން ދެކެތަ..؟؟” ޒައިލީންގެ ގާތަށް ފިޔަވަޅެއް އަޅާލަމުން ރަވިކާން އަހާލީ އެ ސުވާލަށް ޖަވާބެއް ބޭނުމޭ ބުނާފަދަ އިޝާރާތެއް ކޮށްލަމުންނެވެ. ޒައިލީންއަށް އިސްޖަހާލެވުނެވެ. އިޔާންގެ ވާހަކަ ރަވިކާން އަށް ކިޔައިދޭނީ ކިހިނެތްކަމެއް ނޭނގުމުންނެވެ. ޒައިލީން ދުރު ބަލާލުމުން ރަވިކާންއަށް ނެގުނީ އެހެން މާނައެކެވެ. ޒައިލީން ބިރުގަންނަނީ އޭނާދެކެ ކަމަށް ނިންމުނީ ސިކުންތެއްގެ ތެރޭގައެވެ.

“ރަވިކާން ދެކެ ޒައި ބިރެއްނުގަނޭ.. އަދި ނުވެސް ގަންނާނަން..” ކިތަންމެ ބޭނުންވިޔަސް އެ ވަގުތުގައި އެ ޖުމްލަތައް އަރުތެރޭ ތާށިވީ ކީއްވެގެންކަމެއް ޒައިލީންއަކަށް ނޭނގުނެވެ. ރަވިކާން މާނަ ފުންގޮތަކަށް ޒައިލީންގެ މޫނަށް ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ދިރާސާއެއް ކުރަން އުޅޭހެންނެވެ. ޒައިލީންއަށް އުޅެއުޅެވެސް ރަވިކާން އާއި ހަތަރުކަޅި ހަމަކުރާނެހާ ހިތްވަރެއް ނުލިބުނެވެ. އެހެން އެވަނީ ކީއްވެގެން ބާވައޭ ހިތަށްއަރާވަރުން ނުކުޅަދާނަވެގެން ޒައިލީންއަށް ގުޑިވެސްނުލާ ހުރެވުނެވެ.

ޒައިލީންގެ އެ ހަމަހިމޭން ކަމާއި ހެދި ރަވިކާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދިވެސް އެއްފަހަރު ރަވިކާންއަށް ޒައިލީންގެ މޫނަށް ބަލާލެވުނެވެ. ޒައިލީން ދުލުން ބަހެއްހާ ހިސާބު ނުބުނިކަމުގައި ވިޔަސް ޒައިލީން ބޮޑުކޮށްލައިގެން އިން މުށިކުލައިގެ ދެލޮލުން ޒައިލީން ދޭން ބޭނުންވި ޖަވާބު ރަވިކާންއަށް ލިބުނު ކަހަލައެވެ. ރަވިކާން އާއި ކުރިމަތިލާނެގޮތަކާއި ދޭތެރޭ ވިސްނަން ހުއްޓާ ޒައިލީން ސިހުނީ ދެން ރަވިކާން ގެނައި ކުއްލި ހަރަކާތުންނެވެ.

ރަވިކާން ގޮނޑީގައި ޒައިލީން ބައިންދާފައި ޒައިލީންއާއި ޖެހިގެން އިށީނދެ ޒައިލީންގެ ގައިގައި ވަރަ އޮޅާލިއެވެ. “އިންސިކުއްޖާ އަހަރެން ނުލާ މިތަނުން ދާން ހިތަށްވެސް ނާރުވާތި…” ރަވިކާން ކޮށްލީ ވަރުގަދަ އަމުރެކެވެ. ކުރިން ރަވިކާންގެ އެފަދަ އަމުރު ތަކުންނާއި އަމަލު ތަކުން ސިކުނޑި ފިހޭވަރަށް ރުޅި އަޔަސް މިހާރު ރަވިކާންގެ އެފަދަ ކޮންމެ އަމުރަކާއި އަމަލަކުން ޒައިލީންގެ ހިތަށް ލިބެނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. “އްމްމް… ހުންނާނަން.. ފޮތް ކިޔާ ނިމުނީމައި ރަވިކާން އާއި އެކީގައި ދޮންބެމެންގެ ގާތަށް ދާނީ.. އޯކޭތަ..؟” ޒައިލީން ރަވިކާންގެ އަތުގައި ވިކާލަމުން އެއްސެވެ. ”ހްމްމް.. މިހާރު ރަނގަޅު.. އެހެންނޫނަސް ހީވޭތަ އަހަންނަށް އިންސިކުއްޖާ ނުދަންނަ އިންސިއެއްގެ އަތްމައްޗަށް ދޫކޮށްލާފައި ހަމަޖެހިގެން ހުރެވޭނެހެން..؟” ބުނެވުނު ޖުމްލަ ރަވިކާންއަށް ރޭކާލީ ދެނެވެ. ނުގޮތަކަށް އެބުނެވުނީ ޒައިލީން ރަވިކާންގެ ލޯމަތިން ގެއްލިއްޖެނަމަ ރަވިކާންއަށް ކުޑަކޮށްވެސް ހަމަޖެހިލައިގެން ނުހުރެވޭނެ ކަމޭ އެނގުމުން ޒައިލީންގެ މޫނު ރަތްވިއިރު ރަވިކާން ފަރާތް ފަރާތް ހޯދާލީ ފެންފުޅިއެއް ފެނޭތޯއެވެ. ނަމަވެސް ފަޅު ލައިބްރަރީއެއްގެ ތެރެއިން ބޯން ލިބޭނީ ކޮން ފެނެއް ހެއްޔެވެ.؟

”ދެންވެސް ހިނގާބަލަ ކިޔަން އުޅެން.. އެ އަށްގަޑި ބައިވަނީއޭ..!” ޒައިލީން އަނެއްކާވެސް ރަވިކާންގެ އަތުގައި ވިކާލިއެވެ. “އަށްގަޑި ބައިވަނީއޭ..؟؟” ރަވިކާން ޒައިލީންއާއި ދިމާލަށް އެނބުރިލިގޮތުން ޓޮއް ކިޔާފައި ރަވިކާންގެ ނިތްކުރި ޒައިލީންގެ ނިތްކުރީގައި ޖެހުނެވެ. “އައުޗް.. އަށްގަޑި ބަޔެއް ނޫނޭ އެއް ގަޑިބަޔޭ… އަށްގަޑި ބައިވެއްޖެނަމަ ދޮންބެމެން ކޮޕްސްއަށްވެސް އަންގާނެ ކަންނޭނގޭ….” ހިތަށްއެރި ޚިޔާލުން ޒައިލީންއަށް ހެވުނެވެ. އޭރު ރަވިކާން ނިތްކުރި މަތީގައި ފިރުމަނީއެވެ. ”ވަރަށް ތަދުވިތަ..؟” އަސްލަށްވެސް ރަވިކާންއަށް ތަދުވީ ކަމަށް ހިތާ ޒައިލީން ކަންބޮޑުވާގޮތްވިއެވެ. މަޑުމަޑުން ރަވިކާންގެ ނިތްކުރީގައި ފިރުމާލެވުނީވެސް އެހެންވެގެންނެވެ. ރަވިކާންއަށް ޒައިލީންގެ މޫނަށް ބަލާލެވުނެވެ. އެ ވަށް މޫނަށް އަރާ ފައިބަމުންދިޔަ ހާސްވެފައި ހުރުމުގެ ކުލަވަރުތަކަށް ބަލާލާފައި ރަވިކާންއަށް އުފަލާއި އެކީގައި ފޮނިވެސް ވެވުނެވެ. އެއްމިޔަކަނަކަށް ހީނލެވުނުކަން އެނގުނީވެސް ރަވިކާން ފޭކް ޖައްސަނީ ކަމަށް ހިތާ ޒައިލީން ފަލަމަސްގަނޑުގައި ބޮނޑިއެއް އެޅުމުންނެވެ.

”ހަންޓަރސް އޮފް ދަ ސެންޗުއަރީ..” ރަވިކާން ލާނެތް ގޮތަކަށް ހޭން ފެއްޓުމުން ރަކިވެގެން ޒައިލީން އަވަހަށް ފޮތް ކިޔަން ފެށިއެވެ. އޭގައި ވަނީ ކުރިންވެސް ޒައިލީންއަށް ކީ ވާހަކައެކެވެ. ކުލަ ފަނޑުވެ ގަނޑު ރަތްވެފައި ހުރިނަމަވެސް ޒައިލީން އެ ކިޔޭތޯ ބެއްޔެވެ. ހަލާކާއި ބެހޭގޮތުން ކުޑަކުޑަ ތަންކޮޅެއް ކިޔާލާފައި ޒައިލީން ބާކީއޮތް ބައި ދޫކޮށްލީ ހަލާކާއި ބެހޭގޮތުން ދެން ކިޔައިގެން އެމީހުންނަށް އެއްވެސް ފައިދާއެއް ލިބޭނެކަމުގެ ކޮޅެއް ނުފެންނާތީއެވެ. ގޮނޑީގައި އިށީނދެގެން އެ ފޮތް ކިޔަން އުނދަގޫވާތީ
ޒައިލީން ތިރީގައި އިށީނދެ ހަރުގަނޑެއްގައި ލެނގިލިއެވެ.

ހަމަ ޒައިލީން އިށީނދެ ދެފައި ދަމާލުމާއި އެކީގައި ރަވިކާން ވަރަށް ހަމަޖެހިލައިގެން ހުރެ ޒައިލީންގެ ފަލަމަސްގަނޑުގައި ބޯ އަޅާލައިގެން އޮވެ ތިރީގައި އޮށޯވެލައިފިއެވެ. “ޒައި ވީ ޓެސްޓަކަށް ކިޔަވާހެން މި ފޮތް ކިޔަން.. ރަވިކާން ވީ އަރާމުގައި ނިދަން..” ޒައިލީން ހިތާހިތުން ކުދި ކިޔާލައިފިއެވެ. ރަވިކާންގެ ދެލޯ މެރުމުން ރަވިކާންއަށް ނިދުނީ ކަމަށް ހިތާފައި ޒައިލީން ވީހާވެސް ނުގުޑި އިނދެވޭތޯ ބެއްޔެވެ. ނިދާލާފައި އޮތްއިރުވެސް ރަވިކާންގެ އެ ލޯބި މޫނުކޮޅު ފެނުނު މީހެއްގެ ހިތް ލޯބިން ފުރި ބަންޑުން ވާނެކަން ޔަގީނެވެ. ޒައިލީންއަށްވެސް އިޚްތިޔާރުން ބޭރުގައި ރަވިކާންގެ އިސްތަށިގަނޑުގައި އަތް ބީއްސާލެވުނެވެ. “އޫވް.. ސޮރީ..” ރަވިކާން ލޯ ހުޅުވާލުމާއެކީ ޒައިލީން އަވަހަށް ނުވާކަމަށް ހަދާލާފައި އެ ފޮތް ކިޔަން ފެށިއެވެ.

ޒައިލީން އާދިޔަންއޭ ޖަހާފައި ހުރި ހިސާބުން ފެށިގެން ކިޔަން ފެށިއެވެ. އެ ގަނޑުތައް އަދި ވަކިން ކިޔަން އުނދަގުލެވެ. ދެލޯ ކުޑަކޮށްގެން ވީވަރަކުން ޒައިލީން އެ ބައިތައް ކިޔެވެ. “އާދިޔަން ރަވިކާން އާއި ސަލްވިޔާދައްތަ ދޫކޮށް ދިޔައީ ވަރަށް ބުރަ އަދި ވަރަށް މުހިއްމު މަސްއޫލިއްޔާތެއް ކޮނޑުގައި އެޅިފައި ވުމުން…” ޒައިލީންއަށް އެއް ޖުމްލަ ކިޔާލެވުނީ ކިރިޔަ ކިރިޔާއެވެ. އަޅައިގަންނަ ޖުމްލައެއް ނައުމުން ރަވިކާން ދެލޯ މަރާލައިގެން އޮތީ ޒައިލީންގެ އަޑު އަހާހިތްވާތީއެވެ.

“ބާރީ.. ސަލްވިޔާދައްތަ އަދި އާދިޔަންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް ހިނގާފައިވޭ.. އެ ކަމުގައި ސަވާނާވެސް ބައިވެރިވާން ޖެހިފައިވޭ..” ސަވާނާއޭ ކިޔައިގެން އައި ޖުމްލަ ކިޔާފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. ޒައިނާވެސް އެ ހަމަނުޖެހުންގަނޑުގައި މުހިއްމު ރޯލެއް އަދާކުރީހެއްޔެވެ.؟ “އޭގެ ފަހުން ސަލްވިޔާ މަރުވެއްޖެ.. ސަވާނާވެސް އޭނާގެ ދުނިޔެއަށް އަނބުރާ ދިޔަ..” އެ ލިޔުމުގެ ބަސްމަގު ހުރި ގޮތުން ޒައިލީންއަށް ގާތްކަމެއް އިހުސާސްވިއެވެ. ނަމަވެސް އެއީ ކާކު ލިޔެފައިވާ ލިޔުމެއް ކަމެއް ޒައިލީންގެ ހިތަކަށް ނައެވެ. ނަމަވެސް ކޮންމެވެސް ކަހަލަ ގާތްކަމެއް އިހުސާސްވަމުން ދިޔައެވެ. “އެ ބޮޑު ހަމަނުޖެހުން ދެން އޮތީ ބާރީ އާއި އާދިޔަންއާއި ދެމެދު..” ޒައިލީން އެޖުމްލަ ކިޔުމާއެކީ ރަވިކާން ދެލޯ ހުޅުވާލިއެވެ. އެހަރަކާތުން ޒައިލީންއަށް އެ ކިޔެން ފެށީ މުހިއްމު ބައެއްކަން ދޭހަވިއެވެ.

“ބާރީ އާއި އާދިޔަން ކުރިމަތިލި… ނަމަވެސް އެ ކުރިމަތިލުމުން އާދިޔަން ބަލިވެ ހުސްއަތާއި އައިތަނަށް އަނބުރާ ދާންޖެހުނު..” ޒައިލީން ކުރިއަށް ގެންދިޔަވަރަކަށް ހިތް ތެޅެމުން ދިޔައެވެ. ޒައިނާވެސް ވަނީ އެކަމުގައި ޝާމިލްވެފައިކަން އެނގުމުންނާއި ރަވިކާން ޒައިލީންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން އިން ގޮތުން ރަވިކާންގެ ނޭވާތައް ކަންފަތްދޮށަށް އެޅެން ފެށުމުން ޒައިލީން ހީލިކަރުވާތީއެވެ. “އާދިޔަން ދަނީ ބާރީ އާއި ކުރިމަތިލާން ތައްޔާރުވަމުން… ބާރީ އައުލްކީންއަށް ވިސްނައިދީފައި ވާނީ ސަލްވިޔާ މަރުވީ އިންސާނުންނާއި ހެދިކަމަށް… އައުލްކީން އެހާވަރަކަށް ކަލޭމެން އެންމެންނަށް އަނިޔާވެރިވާން ބޭނުންވަނީ އެހެންވެ…” އެ ޖުމްލަ ކިޔާނިމުމުން ރަވިކާންގެ އިތުރުން ޒައިލީންވެސް ހައިރާންވިއެވެ. އެހާ ސީދާސީދާކޮށް އެމީހަކަށް އެހެން ބުނެދޭން އެނގުނީތީއެވެ. ގަނޑުތަކަށް ބަލާލާފައި ހީވަނީ އެފޮތް ލިޔެފައިވަނީ އޭގެ އެތައް އަހަރެއް ކުރިންހެންނެވެ. އެ ފޮތް ލިޔުނު މީހާއަށް މިހާރުގެ ހާލަތު އެހާ ސީދަލަށް ކިޔައިދޭން އެނގުނީތީ ޒައިލީން ހައިރާންވިއެވެ. ޒައިލީންއަށް ރަވިކާންގެ މޫނަށް ބަލާ ލެވުނުއިރު ރަވިކާންވެސް ހުރީ ޒައިލީންގެ މޫނާއި ދިމާލަށް ބަލާށެވެ. ދެމީހުންގެ ހިތުގައިވީ އެކައްޗެކޭ ހީވީ ދެނެވެ.

“މި ފޮތް ލިޔުނީ ކާކު..؟” ހުރެލާފައި ރަވިކާން ކޮށްލި ސުވާލުން ޒައިލީން ފޮތުގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. “ނަމެއް ނެތް ފެންނާކަށް… އެކަމަކު ޒައި ދަންނަ މީހެއް ލިޔެފައި ހުރި ފޮތެއްހެން ވަރަށް ބޮޑަށް އެބަ ހީވޭ..” ޒައިލީން ބުނެލިއެވެ. “އިންސިކުއްޖާ ދަންނަ މީހެކޭ..؟” ރަވިކާން އަހާލިއެވެ. “އޭ ޔަގީނެއް ނޫން.. ހަމައެކަނި ހީވަނީ..” ކުރެވޭ ކޮންމެ ހީވުމަކީ އަބަދު ތެދު ވާހަކައަކަށް ނުވާތީ ޒައިލީން ބުނެލިއެވެ. “ކިޔާބަލަ އަދިވެސް.. ނުނިމެއެއްނު..؟” ރަވިކާން އަނެއްކާވެސް ޒައިލީންގެ ފަލަ މަސްގަނޑުގައި ބޯއަޅާލައިގެން އޮށޯތެވެ. “ޒައި މިއީ ފްރީ ޔޫސް ބާލީހެއްތަ..؟” ޒައިލީން ރަވިކާންގެ އިސްތަށިގަނޑަށް ދަމާލާފައި އެއްސެވެ. “ތީ އަހަރެންގެ އެނދު… އަދި ފްރީ ޔޫސްއެއްވެސް ނޫން… މީ ހަމައެކަނި އަހަރެންނަށް.. އެހެންމީހަކަށް ނުދޭނަން..” ދެލޯ ކުޑަކޮށްލާފައި ރަވިކާން ބުނެލިއެވެ. ރަވިކާންއަށް ތުންފަތުގައި ދަތްއެޅުނެވެ. މިއަދު މިއީ އޭނައަށް އާދަޔާޚިލާފަށް އާދަޔާޚިލާފު ޖުމްލަތައް ކިޔޭ ދުވަހެކެވެ. ނަމަވެސް ޒައިލީން އަނެއްކާ ލަދުގަތް މަންޒަރު ފެނިފައި ރަވިކާންގެ ގާތަށް ނުލަފާ ހިންޏެއް އައެވެ.

“އޯކޭ މި ކިޔަން ފަށަނީ…” ޒައިލީން ލަދުގަތްކަން މާބޮޑަށް ފާޅުނުކޮށް ކިޔަން ފެށިއެވެ. އާދިޔަން އާއި ބާރީ އޭގެ ފަހުންވެސް ކުރިމަތިލިކަން އޭގެން އެނގުނެވެ. އޭރު ސަލްވިޔާ ދުނިޔޭގައި ނެތްކަމާއި ރަވިކާން
ވެސް ވީތަނެއް ނޭނގޭ ކަމަށް ބުނެދީފައި ވެއެވެ. “އެއީ މަންމަ މަރުވިފަހުން އަހަރެން އެކަނި މާއެކަނި އުޅުނު ދުވަސްވަރު..” ރަވިކާންއަށް އެފޮތް ލިޔެފައިވާ ލިޔުންތެރިޔާ ބުނެދީފައިވާ ތާރީޚު ވަކިކުރަން އެނގުނެވެ. އިތުރަށް އެންމެ މައުލޫމާތެއްވެސް ނުލިބުނެވެ.

“ދެން އަދަށް ދާންދެންވެސް ހަމަ އެންމެ ދެ މީހަކަށް ނޫނީ އާދިޔަން ވީތަނެއް އެނގިފައެއް ނެތް.. އެ ދެ މީހުންނަކީ……..” އެ ސަފްހާގައި އޮތް އެންމެ ފަހު ޖުމްލަ ނިންމާލުމާއެކީގައި އަނެއް ސަފްހާ ކިޔުމުގެ ޝައުގުވެރިކަން ޒައިލީންގެ ހިތުގައި އުތުރި އަރަންފެށިއެވެ.

“އައުޗް..” އަތަށް ހޫނުކަމެއް އިހުސާސްވުމުން ޒައިލީންއަށް ވަގުތު ފޮތުން ދޫކޮށްލެވުނެވެ. އެވަގުތު ފައި ކައިރިއަށް އެއްޗެއް ވެއްޓުނުހެން ހީވެގެން ޒައިލީންއަށް ބަލާލެވުނެވެ. ފައިބުޑަށް ވެއްޓިފައި އޮތް ލައިޓަރު ފެނިފައި ޒައިލީންއަށް ދެން ބަލާލެވުނީ އެ ފޮތާއި ދިމާލަށެވެ. “އޯހް ނޯ..!!” ޒައިލީންއަށް އެ ފޮތާއި ދިމާލަށް ދުއްވައިގަނެވުނެވެ. އޭރު ރަވިކާން ގޮސް އެދިމާލުގައި އިށީންނަނީއެވެ. އޭރު އެ ފޮތުގައި ވަނީ އަލިފާން ރޯވެފައެވެ. “ކަލޭމެން ކުދިންނަށް އެނގެން ޖެހޭނީ އެނގެން ޖެހޭ މައުލޫމާތު.. އެއަށްވުރެ އިތުރަށް މައުލޫމާތު އެނގޭކަށް ނުޖެހޭ..” މީހަކު ވާހަކަ ދެއްކިހެން ހީވެގެން އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަން ހުރި ޒައިލީންއަށާއި ރަވިކާންއަށް އެއްފަހަރާ ފަހަތަށް ބަލާލެވުނެވެ.

އެލްކެޓްރާ ޓައުންގެ ހަނި މަގުތަކުން ހިނގާފައި ކުރިއަށް ދިޔައިރު ހީވަނީ ފިނިވެގެން ގޮސް ގަނޑު ވެދާނެހެންނެވެ. ބޯ ވިއްސާރަ ވިލާގަނޑެއް ނަގާފައި އޮތުމާއި އެކީ ޖެހެމުން ދިޔައީވެސް އެހާ ފިނި ވައިރޯޅިތަކެކެވެ. އެންމެ ކުރީގައި ހުރެގެން ހެއިލަން ހިނގަމުން ދިޔައީ ބޭކަރީއަށް ދާށެވެ. ވިހިވަރަކަށް މިނެޓް ކުރިން އެމީހުން ބޭކަރީއަށް ނުގޮސް ގޭގައި މަޑުކުރަން ޖެހުނީ ވާރޭ ވެހެން ފެށުމުންނެވެ. ކުޑަ އިރުކޮޅެއް ކުރިން ވާރޭ ތުނިކޮށްލާފައި އެއްކޮށް ހުއްޓާލުމުން ސިކުންތެއްވެސް ބޭކާރު ނުކޮށްލާ ހެއިލަން، ޒައިދާން އަދި އަލްޔާގެ މިސްރާބު ހުރީ ސާޔަލްގެ ބޭކަރީ އާއި ދިމާލަށެވެ.

ތިންމީހުންނަށް ބޭކަރީގެ ތެރެއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ އޮއްސައިގަތީ ކުރިއަށްވުރެ ވެސް ބޯކޮށެވެ. “ހަމަ ކިރިޔާ…” ގޮނޑިއެއްގައި އިށީންނަމުން ޒައިދާން ބުނެލިއެވެ. އޭރުވެސް ޒައިދާންއަށް މައިނޭވާ ލެވެމުން ދިޔައެވެ. އެހާ ބާރަށް ހިނގާފައި އައުމުން ވަރުބަލިވާގޮތް ވީއެވެ. “ހެއިލް މާމުހިންމު ވެގެން ސާޔަލްގެ ގާތު ކީކޭތަ އަހަން ތިއުޅެނީ..؟” އަލްޔާ އަހާލިއެވެ. “އަހަރެން ބޭނުންވަނީ ސަވާނާ.. މިބުނީ ޒައިދާންގެ މަންމައާއި ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން..” ހެއިލަން އޭނާގެ މަގުސަދު ކިޔައިދިނެވެ. ”އަހަރެންގެ މަންމައޭ…؟ މަންމަ އާއި ބެހޭގޮތުން އެއްޗެއް އެނގެން ބޭނުމިއްޔާ އަހަރެން ގާތު އަހާލިނަމަ ކިޔައިދިނީމުހޭ..” ޒައިދާން ބުނެލިއެވެ. ”ޒައިދާންއަށް އެނގެނީ ޒައިދާން އުފަންވުމާއި ހިސާބުން ފެށިގެން ޒައިދާން އާއި އެކީގައި އުޅުނު މަންމަ.. އަހަރެން ބޭނުންވަނީ އޭގެ ކުރިން އުޅުނު ސަލްވިޔާގެ އެންމެ ގާތް އެކުވެރިޔާ ސަވާނާގެ މައުލޫމާތު ހޯދަން..” ހެއިލަން އެހެން ބުނެލުމުން ޒައިދާން އެހެންހެއްޔޭ ކިޔާ ކުރިއަށް ގެންދާށޭ ބުނެލާފައި ފެންފުޅިއެއް ގަންނަން ދިޔައެވެ.

ހެއިލަން އެވަގުތު އެތަނުގައި އެންމެ ކަމެއް ކުރަން ނުޖެހި ހުސްކޮށް ހުރިހެން ހީވާ އަންހެން ކުއްޖާ ގާތަށް ގޮސް ހުއްޓުނެވެ. “ހެއިލް..؟ ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަތާ..” ހެއިލަން ގޮސް ހުއްޓުމާއި އެކީގައި އެ އަންހެން ކުއްޖާގެ ގައިގައި ކަރަންޓް ޖެއްސި ފަދައެވެ. “ކައިލީ..؟ ކައިލީ ދޯ..؟” އެ އަންހެން ކުއްޖާގެ މޫނު ނޭނގިފައި އިރުކޮޅަކަށްފަހު ހަނދާންވުމުން ހެއިލަން އަހާލީ ޔަގީންކުރާށެވެ. ހެއިލަންއަށް އެއީ ކައިލީއޭ ހީވީ ކޮނޑާއި ހަމައަށް ކޮށާފައިވާ މުށިކުލައިގެ އިސްތަށިގަނޑާއި ތުންފަތް ކައިރީ ހުންނަ ކަޅުތިލަ ފެނިފައެވެ.

“ޔެސް ހަނދާންވެއްޖެދޯ..؟ މީ ހަމަ އެ ކައިލީ.. ކައިލީ ފްރޮމް ކިންޑަރގަރޓެން..” ކައިލީ ސަލާމަށް އަތް ދިއްކޮއްލިއެވެ. އެޖުމްލައިން ހެއިލަން އާއި ކައިލީ ވަނީ ވަރަށް ކުޑައިރުވެސް ދިމާވެފައިކަން އަންގައިދިނެވެ. “ހޭ ކައިލީ.. ޑޫ މީ އަ ފޭވަރ..” ހެއިލަން އެދުނެވެ. “ކޮން ކަމެއް ކޮށްދޭންވީ..؟” ކައިލީ އެހެން ބުނެލިގޮތުން ހީވަނީ ހެއިލަން ބުނި ކޮންމެކަމެއްވެސް ކޮށްދޭން ތައްޔާރަށް ހުރިހެންނެވެ. “ކޮބާ ސާޔަލް..؟ މިބުނީ ކޮބާ ބޮސް..؟ އަހަރެން އެބަޖެހޭ ވަރަށް އަވަހަށް އޭނައާއި ބައްދަލުކުރަން..” ހެއިލަން އެހެން ބުނެލުމުން ކައިލީ ފާޑަކަށް ހެއިލަންގެ މޫނަށް ބަލާލީ ހެއިލަން ސާޔަލް އާއި ބައްދަލު ކުރަން ޖެހުނީ ކީއްވެގެންހޭ އަހާލުމަށެވެ. ނަމަވެސް ހެއިލަން ސީރިއަސްވެފައި ހުރިވަރު ފެނުމުން މަޑު ކޮށްލާށޭ ކިޔާފައި ކައިލީ އެކޮޅުގައި މަސައްކަތް ކުރަން ހުރި ދެ ކުއްޖެއްގެ ގާތަށް ދިޔައެވެ.

“އައިމް ސޮރީ… ސާޔަލް ސަރ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓައުންއިން ބޭރަށް ހިނގައްޖެ.. އެކަމަކު މިއޮތީ ހެއިލް ނޫނީ ހެއިލްގެ އެކުވެރިޔެއް އައިސްފިނަމަ ހެއިލްމެންނާއި ހަވާލު ކުރާށޭ ކިޔާ ސާޔަލް ސަރ އަހަރެމެންނާއި ހަވާލު ކުރި އެއްޗެއް..” އިރުކޮޅެއް ފަހުން ކައިލީ އައިއިރު އަތުގައި ކުޑަ ޕޭޕަރ ބޭގެއް އޮތެވެ. “ވަޓް..؟ ސާޔަލް ކޮންތާކަށް އެދިޔައީ..؟ ސާޔަލްއަށް އަނބުރާ އާދެވޭނީ ކޮން ދުވަހަކުން..؟” ހެއިލަން ކެތްތެރިކަން ކުޑަ ގޮތަކަށް އަހާލިއެވެ. ”އައިމް ސޮރީ ހެއިލް.. ސާޔަލް ސަރ އެކޮޅަށް ދިޔައީ އަންނާނެ ދުވަހެއް ވަކި ނާންގައިދެ..” ކައިލީ އެހެން ބުނެލާފައި އަތުގައި އޮތް ޕޭޕަރބޭގް ހެއިލަންގެ އަތަށް ދިނެވެ. ހެއިލަން އެ ހުޅުވަން އުޅުމުން ކައިލީ ހެއިލަންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ހެއިލަން ބަލާލުމުން ކައިލީ އިޝާރާތްކޮށްލީ ދިވެހި ބަހުން އެ ޕޭޕަރބޭގް ގައި ލިޔެފައިވާ ޖުމްލައަކަށެވެ.

“އިޔާން…” ޒައިލީންއަށް ދަތްކުނޑި ވިކާލެވުނެވެ. ފަހަތުގައި ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން ފިނި ބެލުމެއް ހަދިޔާ ކޮށްގެން އެހުރީ އިޔާން ނޫން ދެވަނަ މީހެއް ނޫނެވެ. “ގޯލްޑް ސްވާން ހޮޓެލް އިން ފިލުނުދޯ ވަރަށް ފަސޭހައިން..؟” އިޔާން ހަމަ އެހުރިގޮތަށް ހުރެ އެއްސެވެ. އިޔާން ދެލޯ ކުޑަ ކޮށްގެން ބަލަން ހުރި ރަހުމުކުޑަ ބެލުމުގެ ސަބަބުން ޒައިލީން ފިނިވާގޮތްވިއެވެ. “ފިލުނެއްނު..؟ އިޔާން އަކަށް އަހަރެމެން އަތެއް ނުވިއެއްނު..؟” އިޔާންގެ ކުރިމަތީ ކުޑަ ނުވާންވެގެން ޒައިލީން ބުނެލިއެވެ. ”އެވަގުތު ކަލޭ ސަލާމަތްވީ ބާރީގެ ގާތަށް ދެވުނީމަ އެކަންޏެއްނު..؟ އެހެންނޫނީ ކަލޭމެން އެންމެން އެއްފަހަރާ އެދުވަހު މަރާލާފައި އޮންނާނީ…” އިޔާން ބުނެލިއެވެ. “ފުރަތަމަ ދުވަހު ކާރުތެރޭ ހުރެގެން އިޔާން އެކްޓް ހަމަ ކުރީތަ..؟ ހެޔޮއެދޭ މީހަކަށް ވެގެން..؟” ޒައިލީންއަށް އެހުނެވެ. “މޮޅެއް ނޫންތަ..؟ އަހަރެން ހީކުރީ ކަލޭ އަދި އަންނަނީ އަހަރެންނަށް ދޭން އެވޯޑެއްވެސް ހިފައިގެން ކަމަށް..” އެހެންކިޔާ މޮޔައެއް ފަދައިން އިޔާން ހީނގަތުމުން ޒައިލީންގެ ގައިން ހީބިހި ނެގިއެވެ.

“ކަލެއަށް ދޭން އެންމެ އެކަށީގެންވާ އެވޯޑަކީ މަރު..” ޖެހިލުންވުމަކާއި ނުލާ ރަވިކާން އެހެން ބުނުމުން ޒައިލީންއަށް ބަލާލެވުނެވެ. “އަހަރެން އައި ބޭނުން ފުދިއްޖެ.. އޭނަ ބުނިގޮތަށް އަހަރެން ކުރަން ޖެހޭ ކަންތައްތައް ނިންމާލެވިއްޖެ.. އެހެންވީމައި އަހަރެން މި ނައްޓާލަނީ..” އިޔާން ފަހަތަށް އެނބުރުނެވެ. “އޯހް އަދި ކަލެއަށް އަހަރެންގެ ކާރު ފެނުނީ ދޯ..؟ އެ ކާރު ދެން ލޮލުގައި އަޅައިގަންނާނެތާ ވަރަށް ފަހުންނޭ އަހަރެން އޭތި ވޮޝްއަކަށް ގެންދިޔައީ… އެހެންވެގެންދޯ ބިރުން އަވަހަށް ދާން އުޅުނީ..؟؟” އިޔާން މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ލައިބްރަރީ އިން ނުކުތެވެ. ރަވިކާންވެސް އިޔާންގެ ފަހަތުން ނުދިޔައީ އިޔާންގެ ފުރާނަ ދުއްވާލިޔަސް އެމީހުންނަށް ކުރާނެ ފައިދާއެއް ނެތީމައެވެ.

އިޔާންގެ މޮޅު ވާހަކަތައް އަޑުއަހަން ޒައިލީންއަށް ހުރެވުނީ އެ ފޮތުގެ މަތިން ހަނދާން ނައްތާލައިގެން ކަން ހަނދާންވީ ދެނެވެ. އޭރު އެ ފޮތް ވަނީ އަނދާ އަޅިޔަށް ވެފައެވެ. ބޯ ކަހާލާފައި ރަވިކާން ތެދުވެ ލައިބްރަރީގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. “އިންސިކުއްޖާ… އަމްމް.. އެ ފަސްގަޑި ބައިވަނީ ކަންނޭނގޭ..؟” ރަވިކާން ބުނެލިއެވެ.

“ވެއިޓް..” ޒައިލީން ކުއްލިއަކަށް ކަމެއްހަނދާންވިއެވެ. “އެ ކަޅު ފެދަރ ކޮބާ..؟” އެ ފޮތުގެ ތެރެއިން ޒައިލީންއަށް ކުރިން އެ ފޮތް ތެރެއިން ފެނުނު ކަޅުކުލައިގެ ފަތުގެ މަތިން ހަނދާންވެގެން ދެ ފަރާތަށް ބަލާލެވުނެވެ. ޒައިލީން ތެދުވުމާއި އެކީ ރަވިކާންވެސް ކޮޅަށް ތެދުވިއެވެ. “ގެއަށް ދާންވީ..؟” ޒައިލީން ކޮޅަށް ތެދުވުމުން ރަވިކާން އެއްސެވެ. “ނޫނޭ ފަތެއް.. އެ ފަތް ކޮބާތަ..؟ ވިއްސައިގެން ދިޔައީތަ..؟” ޒައިލީން ދާން އުޅުމުން ރަވިކާން ޒައިލީންގެ ގައިގައި ވަރަ އޮޅާލިއެވެ. “ފަތް..” ރަވިކާންގެ ވަރައިން ސަލާމަތް ވެވޭތޯ ޒައިލީން މަސައްކަތް ކުރިއެވެ. “އޮޅުވާލާފައި އެކަނި ދާންދޯ ތި އުޅެނީ..؟” ޒައިލީން އުޅެން ފެށި ގޮތުން ރަވިކާންއަށް ބުނެވުނީ އެހެންނެވެ.

“ފިލާކަށް ނުޅޭމޭ…” ޒައިލީން ރަވިކާންގެ ވަރައިން ފަތެއް އުފުރާލިއެވެ. “އައުޗް… އިންސިކުއްޖާ މިހާރު އަހަރެންނަށް އަނިޔާވެސް ކުރަނީ… މިރޯން ފަށަނީ..” ކުޑަކުއްޖެއް ފަދައިން ރަވިކާން ތުން ފިއްތާލައިފިއެވެ. އެވަގުތުވެސް ރަވިކާން ހުރިގޮތް ފެނިފައި ޒައިލީންގެ ގާތަށް ހިނިއައެވެ. “ނެވަރ މައިންޑް.. ހިނގާ ގެއަށް ދާން.. ނިދިވެސް އައިސްފި ފާޑަކަށް..” އަދިވެސް އެ ފޮތް ލިޔުނު މީހަކީ ކާކުކަން ހޯދަން ޝައުގުވެރިވި ނަމަވެސް ޒައިލީން ނިންމީ ގެއަށް ދާށެވެ. “މައްސަލައެއް ނެތް..” ރަވިކާން ބޭރަށް ނުކުމެ މީހަކު ނެތް ހިސާބަށް ގޮސް ދެފަރާތް ބަލާލިއެވެ. މީހަކު ނެތްކަން ޔަގީންކޮށް ރަވިކާން ޒައިލީންގެ އުނަގަނޑުގައި ހިފާއްޓާލިގޮތަށް އުދުހިގަތެވެ. އެވަގުތު ރަވިކާން ޒައިލީންގެ އުނަގަނޑުގައި ހިފާއްޓައިގެން ހުރީ އެހެން ދުވަހަކުވެސް ނުހިފާއްޓާހާ ބާރަށް ހިފާއްޓައިގެންކަން ޒައިލީންއަށް އިހުސާސްވިއެވެ. އިޔާން ފެނުމުން ރަވިކާން އެހުރީ އައިސްފާނެ ހަމަލާއަކަށް ތައްޔާރު ވެގެންކަން ޒައިލީންއަށް އެނގުނެވެ.

“އަދި އެއްފަހަރު ދައްކާލަބަލަ..” ޒައިދާން އެ ޕޭޕަރބޭގް ދައްކަން ހެއިލަންގެ ގާތުން އެ އެދުނީ ހަތްވަނަ ފަހަރަށެވެ. “ޒައިދާން.. ތި ބޭގަށް ހަތްސަތޭކަ ފަހަރު ބެލިޔަސް ތީގައި ޖަހާފައިވާ އެއްޗެއް ބަދަލެއް ނުވާނެ..” އަލްޔާ އެންމެފަހުން ބުނެލިއެވެ. “އަދިވެސް ގަބޫލު ނުކުރެވޭތީ… މީގައި ޖަހާފައި އެހުރީ… އެކަކުވެސް މި ނުހުޅުވާތި… މި ބޭގް ހުޅުވަން ޖެހޭނީ ޒައިލީން އެކަނި.. މިހެން ލިޔެފައި.. ޒައިމެންވެސް ނޫޅެއޭ އަވަހަށް އަންނާކަށް.. އެހަޔެއް ޖަހަނީ..” ޒައިދާން ބުނެލިއެވެ. “ކަމެއް ވީބާ..؟” އަލްޔާއަށް ބުނެވުނެވެ. ”ދެޓްސް އިޓް.. އަހަރެން މިދަނީ ޒައި ހޯދަން ދާން..” ހެއިލަން މޭޒުގައި ގޮށް މުއްކަވާ އެތިފަހަރެއް ޖަހާފައި ބޭރަށް ނުކުންނަން ހިނގައިގަތް ވަގުތު ޒައިލީން އާއި ރަވިކާން ބޭކަރީގެ ތެރެއަށް އައިސް ވަންނަނީއެވެ.

”ސޮރީ.. ޒައި ހީކުރީ ދޮންބެމެން ހުންނާނީ ގޭގައިކަމަށް.. އެހެންވެ ލަސްވީ..” ޒައިލީން އައިގޮތަށް އައިސް މާފަށް އެދުނެވެ. އޭރު ރަވިކާން ދަހިވެތިވެފައި ހުރެ ފްރިޖްގައި ހުރި ފެންފުޅިތަކަށް ބަލަން ހުއްޓެވެ. “ތާރސްޓީ..؟” ކައިލީ އެހެން އަހާލުމުން ރަވިކާން ބޯ ޖަހާލިއެވެ. “ކްލަމްޒީ..” ޒައިލީން ރަވިކާންއަށް ދެ ފެންފުޅި ގަނެދީފައި އިށީނެވެ. “ޒައި.. މިއޮތީ ސާޔަލް ޒައިއަށް ދޭށޭ ކިޔާފައި ދިން އެއްޗެއް..” ޒައިދާން އެހެން ބުނެލިގޮތުން ކަމެއް ވެއްޖެޔޭ ޒައިލީންގެ ހިތަށްއެރިއެވެ. “ކިހިނެތްވީ..؟ ކޮބާ ސާޔަލް..؟؟” ހެއިލަން އައިސްފައި ދިން ޕޭޕަރ ބޭގްގައި ހިފަމުން ޒައިލީން އެއްސެވެ. “ކަމަކު ޓައުންއިން ބޭރަށް ގޮސްފި..” ޒައިދާން ކުރު ޖަވާބަކުން ފުއްދާލީ ޒައިލީން އަވަހަށް އެ ހުޅުވާތޯއެވެ. ރަވިކާން ފެންބޮމުން ގޮސް ޒައިލީން އިށީނދެގެން ހުރި ގޮނޑިއާއި ޖެހިގެން ހުރި ގޮނޑިއަށް ޖެހިގަތް ގޮތަށް ޒައިލީންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

ޒައިލީން އަވަހަށް އެ ޕޭޕަރ ބޭގް ކަނޑާލިއެވެ. އެތެރޭގައި އޮތް އެތި ފެނިފައި ރަވިކާން ކޮށިއެރިއެވެ. އަލްޔާ އާއި ޒައިދާންވެސް ގުދުވެލާފައި އެތެރެއަށް ބަލާލިއެވެ. ހެއިލަންވެސް ބޯ އަރިކޮށްލިއެވެ. “މީ.. މީ…….” ހައިރާންވެވުނު ވަރުން ޒައިލީންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޒައިލީން މަޑުމަޑުން އެތެރޭގައި އޮތް އެތި ނެގިއެވެ.

 

= ނުނިމޭ =

– މިއަދުން ފެށިގެން ޔޫންގެ ޓެސްޓްތައް ނިމުމާއި ގުޅިގެން ކުރިންވެސް ވާހަކަ އަޕްލޯޑް ކޮށްލަދެމުން ގެންދިޔަ ޝެޑިއުލްއަށް ވާހަކަ އަޕްލޯޑް ކޮށްލަދެމުން ޔޫން ގެންދާނަމެވެ. ކިޔުންތެރިން ކެތްތެރިކަމާއި އެކީގައި އިންތިޒާރު ކުރައްވަމުން ގެންދެވީތީ ޔޫން ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަދި މެދުނުކެނޑި ޔޫންއަށް ތިދެއްވަމުން ގެންދަވާ ސަޕޯޓްއަށް ވަރަށް ލޯތްބާއި އެކީގައި ޝުކުރު އަދާކުރަމެވެ. ކިޔުންތެރިންނަށް މި ޕާރޓްވެސް ކަމުދިޔަކަމަށް ޔޫން އުންމީދު ކުރަމެވެ. – ލަވް ޔޫ އޯލް –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ފެންނަ ހިނދު

Next

ލޯބިވާއޭ 4

Next
September 3, 2020

ލޯބިވާއޭ 4

Previews
September 3, 2020

ފެންނަ ހިނދު

26 Comments!

  1. Een says:
    September 3, 2020 at 6:47 pm

    Finally varah dhuvahah fahu I got first
    ??????????Wow….
    ??????Maasha Allah this part is perfect
    Curiously waiting for the next part
    ♥️♥️♥️♥️♥️♥️Xaii and ravikaan is so cute together
    ????May Allah bless you and fulfill your dreams
    ???Lots and lots and lots and lots and lots of love
    ???????Take really good care
    ??????Stay home and stay safe
    ?♥️???♥️???♥️??My fav author

    1. yooon yooon says:
      September 4, 2020 at 5:32 am

      Yayyy after a long time dhw ?? Aww thank u so much dear ??? Owh I am glas you like it ✨✨✨ Lots and lots of more love ??? You stay safe too een one of the sweetest gurl ever ??? may allah bless you too dearls ? aww take care Een dear ?? keep waiting

  2. Noo_ra says:
    September 3, 2020 at 7:46 pm

    Varah Varah reethi mi part ves…. Masha allah ❤️❤️?
    Curiously waiting for the next part…… ???
    Keep it up yooon.. ?
    Stay home ??
    Stay safe ❣️❣️

    1. yooon yooon says:
      September 4, 2020 at 5:36 am

      Thank u so so much Noo_ra dearlss ??? Keep waiting ?? Labba insha allah will always try my best ?✨? you stay safe too deaelingss

  3. ner says:
    September 3, 2020 at 9:41 pm

    No need to apologise yoon. Exam is important.
    Abt story dhw!!.. i loved it, as always ?.. mi rawikaan nd zai ge parts tha enme salhy. haadha majaa ey edhe meehun. ?
    ekm e bag a e othy kooche baa.. im curious to knw!!
    i will be patiently waiting for the next part ?
    i love u too.one of best author in esfiya?

    1. yooon yooon says:
      September 4, 2020 at 5:39 am

      Aheii thanxx ner dear ?✨? Aww thank u so much Ner ??? ahaha i am glad you liked them ?? Lets see dhww paper bag therey othy koacheh kan ?? keep waiting dearlss ? Awwn love u more n more ??? Alheii thats so sweet of you ?? thank u so so much ner

  4. Maash says:
    September 3, 2020 at 9:42 pm

    V. V. V. Reethi Maasha Allah ??. E paper bag thery othy koahchehba ? Rawikaan and zai ulhygoeh haadha cute ey???. When is the next part?

    1. yooon yooon says:
      September 4, 2020 at 5:42 am

      Aww thank u so much Maash ?✨? Labba e bag therey othy koacheh baa dhw ?? Aww i am so happy u like them ??? Nxt part insha allah will submit tonight ?? Tgc Maash

  5. Lam ? says:
    September 3, 2020 at 10:14 pm

    ❤️❤️❤️❤️❤️V reethi Maasha allah mi part ves
    Konirakun tha nxt kiyaalan libeynee sisoo
    Curiously waiting for nxt part

    1. yooon yooon says:
      September 4, 2020 at 5:45 am

      Thank u so so much Lam dear ?✨?✨? Nxt part yoon insha allah mirey submot kollanan ? Admin approval libunyma insha allah dearlss ah kiyaalan libeyne e part vxx ??? keep waiting sissoo

  6. ?Ril? says:
    September 3, 2020 at 11:17 pm

    Hiii Yoon sis????????
    Wow mi part ves vrh Sali???????
    Masha Allah ?????????
    And Yoon sis no need of sorry ❤️❤️❤️❤️❤️❤️❤️❤️❤️exam duvas varu stry ah vure exam important vaanekann Ril ah ingeye sis????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    And as usual zaileen and ravikaan ge Bai vrh cute and lwbi hehehe???????❤️??????????????♥️❣️
    And adhi enmen hiniaee ravikaan library in fen hoodhan uluny maa???????? heheh he loves water a lot dhw heheh??????????????
    Vrh curiouse for next part????
    ❤️❤️Luv u soooo sooo much❤️❤️
    ❤️❤️Stay safe Yoon❤️❤️❤️

    1. yooon yooon says:
      September 4, 2020 at 5:49 am

      Heii Ril dear ??? I am so happy you like them Ril dear ?✨? alheii thankxx ril ??? I am so glad to know that ?? ahahaha thank u ril dear ??? yesh seems like he loves water a lot ?? Awwn love u more ril dear ?✨? You stay safe too ril dear ?✨?✨ tgc

  7. Anonymous says:
    September 3, 2020 at 11:33 pm

    Maasha Allah just speachless ❤️❤️❤️❤️ you are the best author and girl ever ??? Will always support you ❤️❤️❤️❤️ keep it up girl ❤️❤️❤️ Love you more than anything now ❤️❤️❤️ tgc

    1. yooon yooon says:
      September 4, 2020 at 5:52 am

      Aww thankss dear ?✨? Alheii Thats so sweet of u ?? Thankxx my dearlss ?? Aww thats soo cute of u to say ?✨? labba wiill always try my best ✨✨ Alheii Love u more dear ?✨ You take good care too sweetie dearlingss

  8. ❤️Izi_izI❤️ says:
    September 3, 2020 at 11:35 pm

    Maasha Allah just speachless ❤️❤️❤️❤️ you are the best author and girl ever ??? Will always support you ❤️❤️❤️❤️ keep it up girl ❤️❤️❤️ Love you more thank anything now ??? tgc that’s my comment

    1. yooon yooon says:
      September 4, 2020 at 5:54 am

      Owhhh that was ur comment dhww Izi_izI ?✨? Thanxxiess dear ??? vrh vrhh ufaa vejje ?✨?✨? stay safe Izi_izI dearlingss

  9. Yaikko says:
    September 3, 2020 at 11:38 pm

    Alheyy Rawikaan haadha loabi eyy ?? library in ves fen hoadhaigen boveytho dho Yoon ??? haadha loabi dhe kudhinney Zaikan aky ❤️❤️ they stole my heart from their ctutness ??? so amazing no words left ?? love u Yoon ?? love u more ❤️❤️ no love you more ??? take care and sleep well ??? nights lwbiiiiii

    1. yooon yooon says:
      September 4, 2020 at 5:57 am

      Alheii I am so happy to knw that u like rawikan dearlss ?✨?✨? ahaha labba library in vxx water hoadhaigen drink kureweythw dhw ??? Alheii Love u more n more Yaikko ?? thnxx a lot yaikko dear ✨✨✨ aaww you take care too

  10. luciyaa says:
    September 4, 2020 at 10:00 am

    alheyyyyy yoon haadha curious kohlaafa thiya ninmaly…. hehe vvvvvv nice…ekam iyaangadu dheke v rulh aisfi…..dhooony this is the bestest story in this website.. like all the other parts , marveloussssss..yoooonnnyyy when next ///love you loaaaaaadssss

  11. Blue? says:
    September 4, 2020 at 12:48 pm

    Alheyyyy the story is just amazinggggg??..hama?…alheyy haaadha curious kohlaafa eyy mihaaru story nimmaaalanyyy yoon dear???…waitimg 4 the next prt?? lym yooon??

  12. Eekko_11 says:
    September 4, 2020 at 2:24 pm

    Ohh my lwbiiiiiii????❤️?❤️?☺️?☺️??☺️?☺️?☺️?❤️?❤️?❤️☺️??☺️?☺️?☺️?☺️????❤️??❤️?☺️??☺️?☺️?☺️?☺️?☺️?☺️
    Haadha reechey mi part vx
    Alheyyy eii koacheh baaaa??????????❤️☺️?☺️?☺️❤️?????
    Dhooni gandoooo vrh lwbi vey ingey dear?❤️❤️?☺️?????????
    Waiting for next lyssssssssssssssssm and tc my dear????☺️?????☺️❤️?❤️???
    Stay safe❤️????????❤️?

  13. Epiphany says:
    September 4, 2020 at 4:23 pm

    Maashaa Allah……….. So curious…… …This part also v v v v v nice………love u…….

  14. ish says:
    September 4, 2020 at 5:20 pm

    Wow maasha allah mi partves varh reethi yoon ??❤ can’t wait for the next part ??? lysm

  15. ?#BLOSSOM#? says:
    September 4, 2020 at 7:14 pm

    woooooowwww my dear yoooon darllsss…. this prt is sooooooooo ammmmaaaazzzziiiiiinnnnnngggg…?????? vrh vrh vrh vrh vrh vrh vrh vrh reeeeeethiiiiiiii ???
    just loved this prt…❤️❤️❤️❤️❤️❤️ but i have one question..? is aly also like ravikaan…???? i mean a jinni or i d k… is she dead..??? is that aulkyn..? ??? it’s not one question dhw..? ?????
    anyway waiting for the nxt… stay safe and secure.. take care gey darlssssss…????? saranghae ❤️❤️❤️ borahae ???..

  16. Genius says:
    September 5, 2020 at 7:52 pm

    I really really love this story???I can’t wait to read next part??

  17. ?Flower ? says:
    September 6, 2020 at 8:08 am

    WOW Vvvvvvrah reethi mi part rrrrreally love this story hama speechless
    Waiting for the next
    Lysm ❤️❤️❤️❤️

Comments are closed.

Next Episodeފިޔަފަތް 23←


All Right Reserved!