Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ދިރިއުޅުން އަލިކޮށްދިން 8

kudhoo Level 310 Stories100 Comments
September 18, 2020 5 Mins Read
10 Comments

” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ އެކު.. ދައްތަޔަށް ހެޔޮ އެއީ ކިތަންމެ ނިކަމެތި އާއިލާއަކުން އައިސް ހުއްޓަސް.. ހުޝާންއަށްވެސް މަޖުބޫރު ކުރަން ޖެހުނީ ކަމެއް ވީމަތާ…” ޒުލޭޚާ ބުންޏެވެ.

އޮފިހުގައި ހަނާ އުޅެމުން އަންނަ ބައި ހުންނަނީ ފަސްވަނަ ބުރީގައެވެ. ރޫމާން މިއަދު މީޓިންގ އަކަށް ދިޔުމުން އޮފީސް ނިންމާލައިފައި ހަނާ ގެއަށް ދިޔުމަށްޓަކައި ދަބަސް ކޮނޑުގައި އަޅުވައިލައިގެން އައިސް ލިފްޓަށް އެރިއެވެ. ލިފްޓް ތިރިއަށް އައިސް ދޮރު ހުޅުވުމުން ނިކުންނަން އުޅުނު ހަނާގެ އަތުގައި މީހަކު ހިފިއެވެ. ކުއްލިއަކަށް މީހަކު އެގޮތަށް ހިފާލުމުން ހަނާ ސިހޭ ގޮތްވެސް ވިއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި މީހަކު ފެނުމުން ހަނާގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. ނަމަވެސް ކެއްތެރިވެގެން ހުރެ އަތުން ދޫކޮށްލުމަށް ހަނާ އެދުނެވެ. ” ކިހިނެއްވީ އަހަރެން ނުހިފާ އަތެއް ނޫނެއްނޫ ތިއީ.. މައްސަލަޔަކީތަ އަހަރެން ހިފުމުން..” ހަނާއަށް އައިސްފައިވާ ބަދަލު ފެނުމުން އެކަމާ ހައިރާންވިނަމަވެސް މޫނުމަތިން އެކަމެއް ނުދައްކާ ހުރެ ޔުއާން އަހާލިއެވެ. ” އާނ! އަހަރެންމީ މިހާރު ޔުއާންއާ ބެހޭ މީހެއް ނޫން… ޔުއާން އަހަރެން ދޫކޮށްލި ދުވަހުން ފެށިގެން ޔުއާން ތީ އަހަރެން ދަންނަ މީހެއް ނޫން…އަދި އަހަރެންނަކީ މީ ކުރީގައި ޔުއާން ދަންނަ ހަނާއެއްވެސް ނޫން…އުއްމީދުކުރަން އަހަރެންނަށް އުނދަގޫ ކުރަން ނާންނާނެ ކަމަށް.. ތީ އަހަރެން ދަންނަ ޔުއާން އެއް ނޫން..” ހަނާ ބާރު ހިނގުމެއްގައި އޮފީހުން ނިކުންނަން ދިޔައެވެ. ޔުއާން އަށް ހުރިތާ ހުއްޓިލައިގެން ހުރެވުނީއެވެ. ހަނާގެ މިޒާޖަށް އައިސްފައިވާ ބަދަލު އެއީ ޔުއާންއަށް ވިސްނައިލެވުނު ކަމެކެވެ. އޭނަދެކެ ހަނާ ލޯބިވާކަން އޭނާއަށް އަދިވެސް އެނގެއެވެ. ކަމެއް ވީމަވެސް ރުޅިވެރިކަން ނުދައްކާ މަޑުމައިތިރި އަޑަކުން ހަނާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން އެކަން ހެކިދެއެވެ. ޓެކްސީއެއްގައި ގެއަށް ދިޔުމަށްޓަކައި ހަނާ ޓެކްސީއެއް ލިބޭތޯ އަތް ހޫރާލިއެވެ. ނަމަވެސް ޓެކްސީއެއް ލިބޭ ގޮތެއް ނުވިއެވެ. މިމަންޒަރު ބަލަން ހުރި ޔުއާން އައިސް ހަނާގާތު މަޑުކޮށްލިއެވެ. ” އަހަރެންގެ ކާރު އެބައޮތް… ހިނގާ ގެއަށް ލާދީފާނަން..” ޔުއާން ބުންޏެވެ. ނަމަވެސް ހަނާ އެއަށް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ޔުއާން ދޫނުކޮށް ކިޔަން ފެށުމުން ޔުއާންގެ އެއްވެސް އެއްޗެއް އަދި އެހީއެއްވެސް ހަނާ ބޭނުން ނުވާ ކަމުގައި ބުންޏެވެ. ހަނާ އެހެން ބުނި ވަގުތަކީ އަތް ހޫރަމުން ދާތީ އެތަނަށް ރަތް ކުލައިގެ ކާރެއް އައިސް މަޑުކޮށްލި ވަގުތެވެ. ޔުއާންގެ ކިބައިން ސަލާމަށްވުމަށްޓަކައި ހަނާ އަވަހަށް އެކާރަށް އެރިއެވެ. އެމަންޒަރު ބަލަން ހުރި ޔުއާންއަށް ގޮތްތަކެއް ވަމުންދިޔައެވެ. ހަނާ އެއެރީ ޕްރައިވެޓް ކާރަކަށެވެ. އޭގައި ހުރި ފިރިހެންމީހާއާ ހަނާއާ ގުޅުމެއް އޮތީ ހެއްޔެވެ. ރީތި ވަރަކަށް ތުބުނޅި ބަހައްޓާފައި ލޮލުގައި އަވިއައިނެއް އަޅައިގެން ހުރި އިރު ބައިމަތި ފުޅާ އެފިރިހެން ވަންތަ ހަށިގަނޑު ހަނާއަށް ރީތި ވެދާނެ ކަމުގައި އެއްވެސް ޝައްކެތްނެތެވެ. ޔުއާންގެ ހިތުގައި ހަސަދައިގެ ހުޅު ރޯވެގެން ދިޔައެވެ.

ހަނާ ކާރަށް އަރާ ގޭގެ ނަން ބުނުމުން އެގެ ނޭނގޭ ކަމުގައި ޑްރައިވަރު ބުންޏެވެ. ” ޓެކްސީ ކުރާ މީހުންނަށް ގޭގެ ނަން ބުނީމަ ނޭނގި ހުރޭތަ..އަލަށްތަ ޓެކްސި ކުރަން އަރައިގެން ތިއުޅެނީ.. ދެން އެންމެ ރަގަޅު.. މަގު ކިޔައި ދޭނަން ކުރިއަށް ދޭ..” ހަނާ ވެފައި ހުރި ހިތްހަމަނުޖެހުމާ ރުޅިވެރިކަމާ ދެރަ ހީވީ ޑްރައިވަރަށް ބާލީހެންނެވެ. ” ތިބޭފުޅާގެ ސަމާލުކަމަށްޓަކައި ބުނަން އަޅުގަނޑުމީ ޓެކްސީ ކުރާ މީހެއް ނޫން.. ތިބޭފުޅާ ކާރެއް ނުލިބިގެން އަތް ހޫރާ ވަރުން ދިޔައީ…އަނެއްކޮޅުން ކަމަކުން ސަލާމަތް ނުވެވިގެން އުޅޭ ވައްތަރު ޖެހުމުން އަސްލު ދިޔައީ…” ޑްރައިވަރު ބުންޏެވެ. ހަނާއަތްވީ ގޮތް ސާފުވުމުން ލަދުގަންނަ ގޮތްވިއެވެ. ޚާއްސަކޮށް ނުވެސް ދަންނަ މީހަކާ އެހާ ހަޑިކޮށް ވާހަކަ ދެކެވުމުން ހަނާ މާފަށް އެދުނެވެ. ” އެއީ މައްސަލައެއް ނޫން… އެހެންވެސް ވެދާނެ.. އަނެއްހެން އާ ކަމެއް ނޫން ބައެއް އަންހެން ކުދިންގެ މިޒާޖު… އަހަރެންނަށް ކިޔަނީ ހުމޭޝް… މިތާގެ މަގުތައް ނޭނގެނީ އަސްލު ވަރަށް ގިނަ ދުވަސްވެއްޖެ ރާއްޖޭގައި ނުއުޅޭތާ.. ރޭގަ އައި..އެހެންވީމަ އަސްލު ނޭނގުނީ..” ހުމޭޝް ގާތް ރަޙުމަތްތެރިޔަކާ ވާހަކަ ދައްކާހެން ހަނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ހަޤީގަތުގައި ހަނާ އޭނާގެ ނަން ބުނާ ހިތެއްވެސް ނުވެއެވެ. ނަމަވެސް ހުމޭޝް އެހާ ގާތްކޮށް ވާހަކަ ދެއްކުމުން ބަހެއް ނުކިޔާ ހުރުމަކީ ހަޑިގޮތެއްކަމުގައި ހަނާ ދެކުނެވެ. ހަނާވެސް އޭނާގެ ނަން ބުންޏެވެ. ” މާޝާﷲ ވަރަށް ރީތި ނަމެއް… އުންމީދު ކުރަން އަދިވެސް މިކަހަލަ އެހީތެރިކަމެއް ދޭން ޖެހިގެންވެސް ދިމާވާނެ ކަމަށް… މިކޮޅަށް އައިސްގެން މިއުޅެނީ ކޮއްކޮގެ ކައިވެނި ހަފްލާއަކަށް… ” ހުމޭޝް ބުންޏެވެ. ހުމޭޝްގެ ވާހަކަ ހުރި ގޮތުންނާއި އަދި ސިފައަށް ބެލިޔަސް ހުމޭޝްއަކީ ގޯސްމީހެކޭ ނުބުނެވޭނެއެވެ. ނަމަވެސް ހަނާ ނާހަނީސް އޭނަ ގެ ހުރިހާވަހަކަތަކެއް ކިޔައި ދެމުން ދާތީ ހަނާ ހުރީ އަޖައިބުވެފައެވެ. ” އަހަރެން ހުމޭޝްއާ ތީގެ އެއްވެސް ސުވާލެއް ނުކުރަމެއްނޫ…ކީއްކުރަން ކިޔައި ތިދެނީ..” ހަނާ ހިތުގައި ވި ސުވާލުކޮށްލިއެވެ. ” މީހުން ބުނާއަޑު ނާހަންތަ..އެމީހަކަށް ކަމުދާ މީހަކު ފެނުމުން ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލެވެއޭ.. ވެދާނެ އެކަހަލަ ގޮތެއް ކަމަށްވެސް..” އަނެއްކާވެސް ހެމުން ހުމޭޝް ބުންޏެވެ. ފަހަތު ސީޓުގައި އިށީދެގެން ހުރި ހަނާއަށް ކުރިމަތީގައި ހުރި ލޯކޮޅުން ހުމޭޝް ފެންނަމުން ދިޔައެވެ. ހީލާއިރު ހުމޭޝްގެ ކޮލަށް އެޅިގެންދާ އަޑިކޮޅުން އެމޫނުމަތީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ކުރެވެމުން ދިޔައީ ރަގަޅުކަމެއް ނޫންކަން އެނގުމުން ހަނާ ފޯނު ނަގައިގެން އެއަށް ބަލަމުން ދިޔައެވެ.

ހަނާ ބުނި ހިސާބަށް ދިޔުމުން ކާރު މަޑުކޮށްލައި ހުމޭޝް އޭނާގެ ވޮލެޓް ނަގައި އޭގެއިން ކާޑެއް ނަގައި ދިއްކޮށްލިއެވެ. ” ތީ ކޯއްޗެއް؟..” ހަނާގެ ހިތުގައި ސުވާލު އުފެދުނެވެ. ” މީގެ ބޭނުން ކޮންމެސް ދުވަހެއްގައި ޖެހިދާނެ ކަމަށް މިބަލަނީ.. ” އޭގަ އަތްޖަހަން ބޭނުން ނުވެފައި ހުރެވެސް ހަނާ އެއަތުލިއެވެ. އަދި ކާރަށް ޕޭ ކުރަންވެގެން އަހާލުމުން ހެޔޮހިތުން ކޮށްދިން ދަތެރެއް ކަމަގައި ބުނެ ހުމޭޝް ކާރު ދުއްވައިލިއެވެ. ހުމޭޝްގެ ކާރު ލޮލުކޮޅުން ގެއްލެންދެން ހަނާ ބަލަހައްޓައިގެން ހުއްޓެވެ. ހަނާ ބަލައިގެން ހުރިތަން ކާރު ދުރަށް ދިޔަނަމަވެސް ހުމޭޝްއަށް ވެސް ފެނުނެވެ. އެކަމުން ހުމޭޝްގެ ހިތައް ހަމަޖެހުމެއް ލިބުނެވެ.

ގެއަށް އައިސްވަން ހުމޭޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ. ” ކިހިނެއްވީ މާ ވަރަކަށް ހުރިހާ ދަތްތައް ދިއްކޮށްލައިގެން ތިއުޅެނީ؟..” ހުމޭޝް އައިސް ވަންތަނުން ފިރާޝް އަހާލިއެވެ. ” ކޮބައިތަ މަންމަމެން؟..” ހުމޭޝް ކޮށްލީ މުޅިން އެހެން ސުވާލެކެވެ. ” މަންމައާއި ދޮންތަ ހިނގައްޖެ ފިހާރަޔަށް… ބުނި ދޮންބެ އައިމަ ބުނާށޭ ސައިބޯން..” ފިރާޝް ބުންޏެވެ. ހުމޭޝް މަޑުމަޑުންގޮސް ސޯފާކައިރީގައި ބިންމަތީ ހުރި ކުޑަކުޑަ ތިންއަހަރުގެ މާހާ ނަގައި އުރާލިއެވެ. ” ދޮންބޭ ހާދަ ތަފާތުހެން ހީވޭ ދެން ބުނެބާ ވީގޮތެއް…” އަނެއްކާވެސް ފިރާޝްއަށް ނުހުރެވިގެން ސުވާލުކުރިއެވެ. ފިރާޝް އެ ސުވާލު ކުރުންތައް ނުހުއްޓާނެކަން ހުމޭޝްއަށް އެނގެއެވެ. ” އަހަރެންވެސް މިއައީ ރަގަޅު ކުއްޖަކު ބަލައިފައި..” ހުމޭޝް ބުންޏެވެ. ” ތިހެން ބަލައިގެން ކަމަކު ނުދާނެ…އެކަން ކުރަން އޮންނަ ގޮތައް ކުރަން ޖެހޭނި..” ފިރާޝް ބުންޏެވެ. ” ދެން މަ ބަލައިފީމޭ ބުންޏަސް އެނގެއެއް ނޫންތަ ކަންތައް ކުރާނި ރަގަޅު ގޮތް ބަލައިފައިކަން..” ހުމޭޝް ބުންޏެވެ. ” އަދި މަންމަމެން ކައިރީ ނުކިޔާތި..” ފިރާޝް މަންމަމެން ކައިރީ ކިޔާފާނެތީ އަވަހަށް ހުމޭޝް ބުންޏެވެ.

އެރޭގެ އޮތް ރަން ކިޔުމުގެ ހަފްލާގައި ދެއާއިލާގެ މެންބަރުންވެސް ބައިވެރިވިއެވެ. ދެއާއިލާގެ ބައިވެރިވުމުން ހިތްހަމަނުޖެހުން ފެނިގެން ދިޔައީ ޔުއާންގެ މޫނުމަތިންނެވެ. ހަމަ އެގޮތަށް ހުމޭޝްއަށް ޔުއާން ފެނުމުންވެސް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އަނެއްކާ އޭނާއަށް މިކުރެވެން އުޅެނީ ރަގަޅު ކަމެއްބާއޭވެސް ހިތައް އެރިއެވެ. ނަމަވެސް ޔުއާން އޭނާގެ ހިތުގައިވި ހަސަދައިގެ އަލިފާން އެންމެން ކރިމަތިގައި ދައްކާކަށް ނޫޅެއެވެ. ޒުލޭޚާގެ އެދުމަށް ހުޝާން ނާއިލާ ގޮވައިގެންއައެވެ. ނާއިލާއަށް މައިދައިތަގެ ލޯބި ލިބުނަސް ހުޝާންގެ ލޯތްބާ އޯގާތެރިކަމެއް ނުލިބެއެވެ. ހުޝާން ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ އޭނައަށް ޖެއްސުމަކަށެވެ. ކައިރީގަ އޮވެ އެހެން އަންހެނުންނަށް ގުޅައިގެން ވާހަކަ ދެއްކުމާއި ހިތުގަ ޖެހޭނެ އެތައް ކަމެއް ކުރަމުން ދެއެވެ. ނަމަވެސް ނާއިލާ އެހުރިހާ ކަމަކަށްވެސް ކެއްތެރިވަމުންދެއެވެ. ކުޑަކުއްޖަކަށް ހުރީ މާހާ އެކަނިކަމުން އެންމެންވެސް އެކުއްޖާ އުރައިލައިގެން އުޅެއެވެ. ރަން ކިޔުމުގެ ހަފްލާއަށް ނުކުތް ޔުމާ ފެނުމުން އެންމެނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ރަތްކުލައިގެ ޝޯލެއް ބޮލުގައި އަޅައިފައިވާއިރު ކަޅުކުލައިގެ އަބާޔާ ހެދުމެއްގައި ހުރިއިރު ހެދުމުގެ ރީތިކަން އިތުރު ކުރުމަށްޓަކައި  ހެދުމުގެ މަތިން މާ ޖެހި ރަތްކުލައިގެ ލޭސްފޮތީގެ ފޮތިކޮޅެއް ކޮނޑުން ފެށިގެން ބިތްދޮށަށް ވާގޮތައް ވައްޓާފައި އޮތެވެ.

ކޮޓަރިން ނިކުމެގެން ސިޑިން ފައިބަމުންއައި ޔުމާ ފެނުމުން ފިރާޝްއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އޭނަ އުންމީދު ކުރިގޮތައް އޭނަގެ ވާން އުޅޭ އަނބިމީހާ ފެނުމުން ލިބުނު ހިތްހަމަޖެހުން މޫނުމަތިންވެސް ފާޅުވަމުން ދިޔައެވެ. ރަންކިޔައި ނިމުމުން ސައި ބޮއިގެން އިރުކޮޅަކަށް ވާހަކަ ދައްކާލަން ތިބުމަށްފަހު ފިރާޝްގެ އާއިލާ އެގެއިން ނިކުތެވެ. ޔުމާއަށް މުޅި ރޭގަނޑުވެސް ހޭދަކުރެވުމުން ދިޔައީ ވިސްނުމެއްގެ ތެރޭގައެވެ. ބުރުގާ އަޅާ ހެދުން ބަދަލު ކުރުމުން އޭނާ އަދާ ކުރަމުންދާ ވަޒީފައިގައި އުޅެން އުނދަގޫ ވާނެތީއެވެ. އޭނަ ސްޕޯޓްސްގައި އިސްވެ ހުރިހާ ކަމެއް ކުރަމުން އަންނާތީ އެކަމަށް ލިބިގެންދާ ވަރަށް ބޮޑު ހީނަރުކަމަކަށް ވާނެތީއެވެ. އެމީހުންގެ ތެރޭގައިވެސް ބުރުގައި އަޅައިގެން އެމަސައްކަތުގައި އުޅޭ މީހުންތިބެއެވެ. ނަމަވެސް އެމީހުންނަކީ ބުރުގައި އެޅިޔަސް އެފަދަ ހެދުންއަޅައި އުޅޭ ބައެއް ނޫނެވެ. ކައިވެނި ކުރެވުނަސް އަދި ވަޒިފާއާއި ދުރައްދާކަށް ޔުމާގެ ވިސްނުމެއްނެތެވެ. އެހެންކަމުންކައިވެންޏަށް ޓަކައި ޗުއްޓީއެއް ނެގިޔަސް ފިރާޝްއާއި މަޝްވަރާ ކުރުމަށްފަހު ވަޒީފާއަށް ނިކުނަން ޔުމާ ބޭނުންވެއެވެ.

ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު ފުރުސަތެއް އަވަހަށް ކުރިމަތިލާ..ކޮންމެ ތަނަކަށް ދިޔަޔަސް ތިމާގެ އަމިއްލަ ޑިސިޕްލިންގ ހިފަހައްޓަން މަސައްކަތް ކުރާތި.. މިޒަމާނުގައި ތިބޭނެ ވަރަށް ދީނާ ދެކޮޅު މީހުން…އެމީހުން ވިސްނައިދޭނެ ބުރުގައި އެޅުމުންވެސް ހުންނަ ދަތިތަކާ ދެންގޮސް ހުތުރު ހުރިހާ ކަމެއް ރީތި ކޮށްދޭން މަސައްކަތް ކުރާނެ…ކޮއްކޮ އެފަދަ ވާހަކަތަކަށް ކެރިގެން ކުރިމަތިލާން ވާނެ..ނަމަނަމަ އެފަދަ ބައެއްގެ ހެއްލުމުގެ ދަށަށް ނުވެއްޓޭތި..” މުނާން އޭނާގެ ކޮއްކޮއަށް ނަސޭޙަތް ދިނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ލޯބިވާވަރު އަންގަދޭހިތްވޭ 1

Next

އިންތިހާ – 8

Next
September 18, 2020

އިންތިހާ – 8

Previews
September 17, 2020

ލޯބިވާވަރު އަންގަދޭހިތްވޭ 1

10 Comments!

  1. unknown queen says:
    September 18, 2020 at 10:16 am

    Vvv reethi Inge ♥️?

    1. kudhoo says:
      September 18, 2020 at 11:44 am

      ??????Thank you unknown queen

  2. Ram says:
    September 18, 2020 at 10:29 am

    Maasha allah vvvvv salhi mibai ves???????????

    1. kudhoo says:
      September 18, 2020 at 11:45 am

      ???????Thank you Ram

  3. ޔާމާ says:
    September 18, 2020 at 12:57 pm

    Story vrh reethi
    Mi story ge main lead aki kaakutha

    1. kudhoo says:
      September 18, 2020 at 1:23 pm

      ?Thank you . Main lead dhe family… special… yuaan n munaan

  4. thiththaaa says:
    September 18, 2020 at 1:59 pm

    masha allah kudhu ….mibaives vrah reethi/

    1. kudhoo says:
      September 18, 2020 at 7:06 pm

      ?????Thank you thiththaaa

  5. NAANI says:
    September 18, 2020 at 5:56 pm

    Mi bai ves vrh salhi???masha allah❤️❤️
    Keep it up??
    Tc❤️❤️❤️

    1. kudhoo says:
      September 18, 2020 at 7:07 pm

      ?????Thank you Naani

Comments are closed.

Next Episodeދިރިއުޅުން އަލިކޮށްދިން 9←


All Right Reserved!