މުޅިން އައު ދުވަހަކަށް އިރު އަރައިގެން އައިއިރު އަހަރެންގެ ވިސްނުން ހުރީ އޮޔާއި ވަޔާއެކު ލޮލު ކޮޅަށް ގޮސް އޮބަމުންދާ އަހަރެންގެ ދިރިއުޅުން ސަލާމަތުގެ އައްސޭރިއަކަށް ގެންނާނެ ގޮތެއް ހޯދުމުގައެވެ. ދިރިއުޅުމުގެ ގަދަ ކަނޑުގައި ފަތަފަތާ އަހަރެން ވަރުބަލި ވާން ކައިރި ވެފައި ވީއިރު ކޮންމެ ވަގުތެއްގައިވެސް ކަނޑުވެދާނެކަން ގަބޫލުކުރަން ސިކުނޑި މަޖުބޫރު ކުރުވީއެވެ. “އާހްހްހްހް” ވިސްނުންތަކުން ފުރިފައިވި ސިކުނޑިން ހުރިހާ ކަމެއް ކެހިގެންދިޔާއި އަތުގެ ހުދު ހަމުން ނަގައިގަތް ގަދަ ދިލައިންނެވެ. “ކޮން އާހްހްހްހެއް ކިޔާކަށް. […]
ފަތިސް ނަމާދަށް ތެދުވި ގޮތަށް އަދި މިއުޅެނީ ހިންދަމައި ނުލެވިގެންނެވެ. ފިރިމީހާ ވަޒީފާއަށް ދާންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ގޭދޮށް ކުނިކަހާ ގޭތެރެ ފޮޅާ މޮޕްކުރުމުގައެވެ. ނުވިތާކަށް ގޭގެ އެންމެނަށް ސައި ތައްޔާރު ކުރުމަކީ އަހަރެންގެ ދުވަހީ ތާވަލުގެ އެންމެ ކުރިއަށް އަންނަ އެއްކަމެވެ. އެހުރިހާ ކަމެއް ކޮށް ނިންމާލެވޭ އިރު ވަޒީފާއަށް ދާން ތައްޔާރުވާން އަހަންނަށް ލިބޭނީ ވިއްސަކަށް މިނެޓެވެ. ސައިކަލު ދުއްވަން ފިރިމާހާ ދަސްކޮށްދިން ކަމީ އަހަންނަށް ލެއްވި އެންމެ ބޮޑު ނަސީބެވެ. އެހެން […]