(ދިހަވަނަ ބައި)
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަލްޔާއާއި އަކިއަލްގެ މެދުގައިވާ އެކުވެރިކަމުގެ ގުޅުން ރަނގަޅުވެ ބަދަހިވަމުން ދިޔައެވެ. އިސާހިތަކު އަލްޔާގެ ކޯސް ފެށި ކޯހުގެ ކިޔެވުންވެސް ކުރިއަށްދާން ފެށިއެވެ. ކުރިން ނިންމާފައިވާ ގޮތާއި ހިލާފަށް އަލްޔާ އޭނާ ކިޔަވާ ކޯސް ޕްރައިމަރީ ޓީޗިންއަށް ބަދަލުކުރިއެވެ. ތައުލީމީ ދާއިރާއަށް އަބަދުވެސް ލޯބިހުރުމާއެކު އަލްޔާ ޓީޗިން ހަދަން ނިންމީ އަކިއަލްއާއެކު އެއްދުވަހު ދެކެވުނު ވާހަކައަކަށް ފަހުގައެވެ.
ހަވީރުގެ ހިތް ފަސޭހަ ވަގުތުގައި އަކިއަލްއާއި އަލްޔާ ތިބީ ބެންޗްގައި އިށީނދެލައިގެންނެވެ. ގޯތިތެރޭގައި އިންދާފައިވާ ގަސްތަކުގެ ސަބަބުން އެހިސާބަށް ފިނި ފިނި ވައިރޯޅިތައް އިރުއިރުކޮޅާ ޖެހިލައެވެ.
“އަލް ކީއްވެ ނާސިން ކިޔަވަން ނިންމީ؟” އަކިއަލް އަލްޔާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. އަލްޔާއާއި ބެހޭ ހުރިހާ ކަމެއް އަކިއަލް އެނގެން ބޭނުންވިއެވެ. އަލްޔާ ކުރާ ހިތްވާ ކަންތަކެވެ. ގަޔާވާ އެއްޗިއްސެވެ. ނުރުހޭ އެއްޗިއްސާ ކަންކަންވެސް މެއެވެ.
“ނޭނގެ. ބައްޕަ އަބަދުވެސް ބުނާނެ ބައްޕަގެ ދަރިން ބޭނުން ވަނީ ކިޔަވައިގެން ރަށަށް ހިދުމަތް ކޮށްދޭ ބަޔަކަށް ވާށޭ. ދެން ސިއްހީ ދާއިރާގައި ރަށުގައި ގިނައިން ބޭރު މީހުން އުޅޭތީ ވަރަށް ދެރަވެގެން އެވާހަކަ ދައްކާނެ. އެހެންވެ ކުރިން ފެށިގެން ހިތަށް އެރީ ނާސިން ހަދާނިއްޔޭ.”
“އެމީހަކު ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދެވޭނީ. އެކަމެއް ކުރާ ހިތުން ކުރެވޭނީވެސް އޭރުން. އަސްލު ކޮން ކަމަކަށްތަ އެންމެ އިންޓްރެސްޓް ހުންނަނީ؟”
“ކިޔަވައިދިނުމުގެ ދާއިރާ ކަންނޭނގެ. ރަށުގައި ސްކޫލް ނިންމާފައި ހުރި ދުވަސްކޮޅު ކުދިންނަށް ޓިއުޝަން ދިނިން. އެކަންތައް ވަރަށް ކުރާ ހިތުން ކުރީ. ކުދިންނަށް އެއްޗެއް ބުނެދެވުނީމަ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބޭ. އެންޑް އައި ލަވް ކިޑްސް. އަހަރެންގެ ހަގަށް ކޮއްކޮއެއް ނުހުންނާތީ މަންމަ ކައިރީ ކުރިން ވަރަށް ޝަކުވާ ކުރެވޭ. ކުޑަކުދިންނާއެކީ ވަގުތު ހޭދަކުރެވޭއިރު ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭ. ވަރަށް ލޯބި ކުދިންކޮޅަކަށް ކިޔަވާ ދިނީ. އެހާ ލޯބިކޮށް ވާހަކަ ދައްކާނީވެސް” އަލްޔާ ވަރަށް ޖޯޝާއެކު ކިޔާދިނެވެ. އޭނާ ޝައުގުވެރިވާ ކަމަކާއި ގުޅޭގޮތުން މީހަކު ސުވާލުކޮށްފިނަމަ އެވާހަކަތައް ކިޔާދިނުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ވާހަކަ ފަށައިފިއްޔާ ބައެއްފަހަރު އޭނާއަށް ހުއްޓަންވެސް ނޭނގޭ ފަހަރު އާދެއެވެ.
ކުރިމަތީގައި މިހުރީވެސް ހަމަ އެހާ ކޯބި ކުއްޖެކޭ އަކިއަލް ހިތާހިތުން ބުނެލިއެވެ. އަކިއަލް ފޫހިކަމެއްނެތި އްލަޔާގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. އަލްޔާގެ ކޮންމެ ހަރަކާތެއްވެސް އޭނާއަށް ނުހަނު ކަމުދެއެވެ. އަކިއަލްގެ ނަޒަރު އަލްޔާއާއި ދިމާލަށް ހުރުމުން ހަތަރު ކަޅި ހަމަނުކުރަން ވެގެން އަލްޔާ އެކިފަރާތް ފަރާތަށް ބަލާލާގޮތުން އޭނާގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަދި އަލްޔާ ރަކިވުމުން ތިރީ ތުންފަތުގައި ދަތް އަޅާއިރާއި މޫނުމައްޗަށް ގެންނަ ކޮންމެ ހަރަކާތާއެކު ކޮލަށް އެ އެޅޭ އަޑިކޮޅަކީ ކުރެހުންތެރިއެއް މޮޅު ކުރެހުމަކުން ސިފަކޮށްލެވޭވަރަށްވުރެވެސް ރީތި މަންޒަރެކެވެ. އަލްޔާގެ މައުސޫމު ކަމާއި ބައެއްފަހަރު އުޅޭ ޅަގޮތް ތަކުގެ ސަބަބުން އަކިއަލްގެ ހިތުގައި ދުވަހެއް ދުވަހަކަށް އަލްޔާގެ ނަން ބިންވަޅު ނެގެމުން ދިޔައެވެ. އެހެންނަމަވެސް ވަރަށް ދުވަހުން އެދެމެދުގައި އުފެދުނު އެކުވެރިކަން ގެއްލިދާނެތީ އޭނާއަށް އޭނާގެ ހިތުގައިވާ އިހްސާސްތައް ފޮރުވަން މަޖުބޫރުވިއެވެ. އަދި ކުރިން އަލްޔާއާއި މެދު ކަންތައް ކުރެވިފައިވީ ގޮތުން އޭނާއަށް އަލްޔާގެ ފަރާތުން އެކުވެރިކަމުގެ ގުޅުމުގެ އިތުރަށް އެހެން ގުޅުމަކަށް އުއްމީދުކޮށް އެދެވުމަކީ އޭނާއަށް ހައްގުވާވަރުގެ ކަމެއް ނޫންކަމުގައި ދެކެވުނެވެ.
އަކިއަލްއާއި ކަންތައްތައް ހިއްސާ ކުރުމަށް އަލްޔާއަށް ވަރަށް ފަސޭހަވެއެވެ. އޭނާ ކުރިން ހަދާހެން ކަންތައްތައް ހިތުގައި ބޭއްވުމަށްވުރެ މީހަކާއި ހިއްސާކޮށް އެކަމެއް ހިތުން ނެރެލެވުމުން ހިތަށް ލުއިވެ ބޮޑު ހިތް ހަމަޖެހުމެއް ލިބެއެވެ. އޭނާ ވާހަކަ ދައްކާއިރު އަކިއަލް ފޫހިކަމެއްނެތި އަޑުއަހަން ހުންނަގޮތުން އަކިއަލްއާއި އަބަދުވެސް ވާހަކަ ދައްކަން ބޭނުންވިއެވެ. ބައެއްފަހަރު ގޮތެއް ނިންމަން ނޭނގިއްޖެނަމަ އަކިއަލްގެ ހިޔާލާއި މަޝްވަރާ އޭނާއަށް ލިބެމުން ދިޔައެވެ. އަކިއަލްގެ މަޑުމައިތިރިކަމާއި ހިތްހެޔޮ މިޒާޖު ފެނި އަލްޔާއަށްވެސް އަކިއަލް ވަރަށް ކަމުގޮއްސިއެވެ. އޭނާއަށް މިހާ ރަނގަޅު އެކުވެރިއެއް ލިބުމުނު ކަމަށްޓަކައި އޭނާ ޝުކުރުވެރިވިއެވެ. އެހެންނަމަވެސް މިއެކުވެރިކަމުގެ އިތުރުން އެހެން ނަޒަރަކުން އަކިއަލްއާމެދު ވިސްނިދާނެތީ އަލްޔާ ކަންބޮޑުވިއެވެ. އަކިއަލްއާ ވާހަކަދައްކާ ލެވިއްޖެނަމަ އޭނާގެ ހިތަށް އުފާވެރިކަން ލިބުމާއި އަކިއަލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާނަމަ އެއްވެސް އިޚްތިޔާރަކާއިނުލައި ލަދުގަނެ އިސްޖެހޭގޮތުން އޭނާވެސް ހައިރާންވެއެވެ. އަކިއަލްއަކީ ހަމައެކަނި ރަހުމަތްތެރިއެއް ކަމަށާއި އަކިއަލްވެސް އޭނާއާއިމެދު ދެކެނީ ހަމަ އެގޮތަށްކަން ކޮންމެ ދުވަހަކު އެތްއް ފަހަރަކު އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދެއެވެ.
***
ދުވަހަކީ ހޮނިހިރު ދުވަހެވެ. ބަންދު ދުވަހެއްކަމުން ގޭތެރެއިން އަކިއަލްއާއި މާކިންގެ އިތުރުން އަލްޔާގެވެސް ހިލަމެއް ނުވެއެވެ. އެހެން ނަމަވެސް އެހެން ދުވަސް ދުވަހާއި ހިލާފަށް މަލީހާ ގޭތެރޭގައި ހަރަކާތް ތެރިވެ އުޅޭތީ ފެނެއެވެ. ސަކީނާ ލައްވައި ގޭތެރެ ސާފުކުރުވައި ތަކެތި ތަރުތީބު ކުރުމުގައި އޭނާ އަވަދި ނެތި އުޅެއެވެ. މަލީހާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ގެއަށް މިއަދު ހާއްސަ މީހަކު އަންނަން އުޅޭ ހެންނެވެ. މިމަސައްކަތުގައި އުޅެނިކޮށް އަކިއަލްއާއި މާކިން ހޭލައިގެން އެމީހެއްގެ ކޮޓަރިއަކުން ނިކުމެގެން އައެވެ.
“ކާކު އަންނަނީ؟” މާކިން އާއެކު ސައިބޯން އިށީންނަމުން އަކިއަލް އަހާލިއެވެ.
“މައި ޑޭޑް. މިއަދު މެންދުރު ފަހު އަންނަނީ.” ޕާން ފޮތީގައި ޖޭމު ހާކާލަމުން މާކިން ޖަވާބު ދިނެވެ.
އަކިއަލްއާއި މާކިން ސައި ބުއި ނިމުނު އިރުވެސް އަލްޔާ އަދި ކޮޓަރިން ނުނިކުމެއެވެ. ކޮންމެ ދުވަހަކުވެސް ތިން މީހުން އެކީގައި ސައިބޯން އަންނަ ނަމަވެސް މިއަދު އަލްޔާ ސައިބޯކަށް ކޮޓަރިއަކުން ނުނިކުމެއެވެ. އެއީ އެހެންޏާ ގޭގައި އުޅޭ އެހެން މީހުންނަށް ވުރެ އަވަހަށް ހޭލައި އުޅޭ ކުއްޖެކެވެ. އެހެންނަމަވެސް މިއަދު ގޭތެއެރެއިން އަލްޔާ ފެންނަން ނެތުމުން އަކިއަލް ހައިރާންވިއެވެ.
“މާކް. އަލްޔާ ކޮބާތަ މިއަދު؟” އަކިއަލް ދެފަހަރަކު ބޭރުގައިވާ ބަގީޗާއި ބެލްކަނީގެ އިތުރުން ގޭތެރެ ބަލާލުމަށް ފަހު އަލްޔާ ނުފެނުމުން މާކިން ކައިރީ އަހާލިއެވެ.
“އަދި ނުހޭލަނީހެން ހީވަނީ. ވެދާނެ ރޭގައި ކިޔަވަން ހުރެފަ މާލަހުން ނިދުނީ ކަމަށް” މިއީ ބަންދު ދުވަހެއް ކަމުން އަލްޔާ ނުފެނުމަކުން އެއީ މާބޮޑު ކަމަކަށް މާކިން ނުހެދިއެވެ. އެވަގުތު އަކިއަލްއަށް އަލްޔާއާއި މާބޮޑަށް ވިސްނެނީ ކަމުގައި ދެކެވި އޭނާވެސް އަލްޔާ ހޯދާކާށް ނޫޅުނެވެ.
އެހެންނަމަވެސް ހެނދުނު ފާއިތުވެ މެންދުރު ވެގެން ދިޔައިރުވެސް އަލްޔާގެ ހަބަރެއް ނުވިއެވެ. އަކިއަލްގެ ހާސްކަން އިތުރުވެގެން ދިޔައީ ދެނެވެ. ކިތަންމެ ލަހުން ނިދި ނަމަވެސް މެންދުރުވާއިރު އަލްޔާ ކޮޓަރިން ނިކުންނާނެއެވެ. އަލްޔާގެ ފޯނަށް ގުޅުމުން ފޯނު ކެނޑިގެން ދިޔައިރުވެސް ފޯނު ނުނަގައެވެ. މެސެޖް ކުރުމުންވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަކިއަލް ސިޓިން ރޫމްގައި ފޯނު ހިފައިގެން ދެކޮޅަށް ދެކޮޅަށް ހިނގާލާ ހުއްޓެވެ. ގޭތެރޭގައި އޭނާގެ އިތުރުން އެހެން މީހަކު ނޫޅެއެވެ. މަލީހާއާއި މާކިން ދިޔައީ ޝާކިރު އަންނަ ތަނަށް އެއާޕޯޓަށެވެ. ސަކީނާވެސް ކައްކާ ނިންމާފައި ކާން ހެދުމަށްފަހު ވީ ބޭރަށް ގޮހެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Hiii zeebs. Ohhh noooooo ? Alya ah kihineh v baaaa ? I’m so curious to know what happened. Thank God alya and akiyal friendship is now good ? I love this story.. Please, alya ah dhera gotheh nahadhah chey ? eyrah kim ves vrh sad verne ? Anyway next episode thankolheh dhigu kohlahche ?
What happened to alyaa????
Btw vv salhi Inge??♥️??
❤️❤️Wow mi part ves vrh sali ??????
❤️❤️Masha Allah❤️❤️
❤️❤️Ohhh alyaa aa akiyal frnds Ah vee dhw Fainally❤️❤️
❤️❤️❤️That’s great❤️❤️❤️
❤️❤️❤️❤️❤️❤️Anekaa kihineh veee baa alyaa ah❤️❤️ I am so curious ❤️❤️
❤️❤️Waiting for the next part curiously ❤️❤️
❤️❤️Luv uuuu ❤️❤️❤️
❤️❤️Stay safe❤️❤️
Oh my god.. varah curious kohlaafa thi nimmy…. BTW story is very nice… keep it up
އަޅޭ. އަލްޔާ އަށް ދެރަގޮތެއް ނަހަދާތި❤️❤️❤️❤️❤️❤️❤️❤️އަލްޔާ އާއި އަކިއަލް ގެ ރޮމޭންޓިކް ބަޔަކަކަށް އިންތިޒާރު ކުރެވޭ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ލަވް ޔުއަރ ސްޓޯރީ
Curiously waiting for next part?????? this part is very nice❣️❣️❣️❣️❣️❣️ stay safé??????❣️
too good ????? keep it up ❣️❣️❣️❣️❣️ curiously waiting for next part ??????? stay safé