މައުވާ
“ޢާހް.. އާހް.. އާހް..” ރޮމުން ގިސްލަމުން ދިޔަ އެ ކުއްޖާގެ އަޑުގައި ވަނީ ވޭނެވެ. ހިތްދަތިކަމެވެ. މާޔޫސްވެފައިވާ އެ ހިތަށް އިތުރު ވޭންތަކެއް އެދަނީ ލިބެމުންނެވެ. އެ ނިކަމެތި ހަށިގަނޑު ވެފައިވަނީ އެތައް ގޮތަކުން އެތައް ވޭނެއް ތަހަންމަލުކުރާ އަމާޒުފަތްގަޑަކަށެވެ. އާއެކެވެ. އެ 16 އަހަރުގެ އަންހެން ކުއްޖާގެ އިއްފަތްތެރިކަން ފޭރެމުން އެ ދުވަނީ އެ އަންހެން ކުއްޖާގެ ދޮންމަންމަގެ ދަރިފުޅެވެ.
“މައުވާ! ކަލޭ ހަނދާންކުރާތި.. މީގެން އެއްވެސް ވާހަކައެއް ކަލޭގެ ބައްޕަގާތު ބުނެފިއްޔާ މަ ވަރުގެ ނުބައި މީހަކު ނުހުންނާނެ.” މައުވާގެ ކުޑަ ކޮޓަރިގަނޑުން ނުކުމެގެން ދަމުން އަރޫޒް ދިން އިންޒާރު މައުވާގެ ކަންފަތުގައި ގުގުމާލިއެވެ. ހަމަ އެއާއިއެކު އެ ބަސްތަކުން މައުވާގެ ހިތައް ކުރި އަސަރު ބުނެދޭންވެސް ނޭނގެއެވެ. ނަމަވެސް.. އަރޫޒް އަށް މިކުރެވުނީ އޭނާ އޭނާގެ އަމިއްލަ ނަފްސަށް ފަހުރުވެރިވާ ކަމެއް ކަހަލަ އެވެ. އަރޫޒް ނުކުމެގެން ދިޔައިރު އެ މޫނުމަތިން ފެންނަނީ އެކަހަލަ ކުލަވަރެކެވެ.
“މަންމާ.. އާހް.. އާހް.. ބައްޕާ.. ބައްޕާ..” ރޮމުން ގިސްލަމުން މައުވާ ގޮވަމުންދިޔައީ މައުވާގެ މައިންބަފައިން ނަށެވެ. ނަމަވެސް އާހް.. މައުވާގެ މަންމަ ވަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން މި ފަނާވަނިވި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފަ އެވެ. ހަމަ އެއާއި އެކު މައުވާގެ ބައްޕަ އަކީ ބޯޓު ދަތުރު ކުރާ މީހެއް ކަމުން މައުވާއަށް މައުވާގެ ބައްޕަ ފެންނަނީ 2 މަހުން 1 މަހު ހަފްތާއެއްހާ ދުވަހަށެވެ. އެހެން ކަމުން މިކަންތައް މައުވާގެ ބައްޕަ އަށް ރޭކާވެސް ނުލައެވެ. އަދިހަމަ އެހެންމެ އަރޫޒް މައުވާއަށް ކޮންމެ ރެއަކު ދެމުންދާ އިންޒާރުގެ ސަބަބުންމައުވާގެ ބައްޕަ މާހިލް ގުޅާ އެންމެ ރެއަކު ވެސް މައުވާ އަށް ބުނާކަށް ނުކެރެއެވެ.
މިއީ މިހާރު މައުވާގެ ކޮންމެ ރެއެއްގެވެސް ހާލަތެވެ. މިހާރު މިކަމެއް ތަކުރާރުކޮށް ހިނގާތާ މިއީ 3 ވަނަ ހަފްތާއެވެ. މާހިލް އެންމެ ފަހުން ރަށަށް އައިސްފައި ދިޔަފަހުން ކޮންމެ ރެއަކުވެސް މިކަމެއް ތަކުރާރު ވެއެވެ. މައުވާގެ ދޮންމަންމަ، އާދެ އަރޫޒްގެ މަންމަ އަސްމާއަށް ވެސް މިކަން ތަކުރާރު ވާކަން އެނގެއެވެ. ނަމަވެސް އަސްމާ މިކަމާ ދެބަސްވުމުގެ ބަދަލުގައި އަރޫޒް އަށްދެނީ އެއްބާރުލުމެވެ. ވާނީވެސް އެހެންތާއެވެ. ދޮންމަންމަ ދޮންނިޔަނދުރެކޭ އެއްފަދައޭ ބުނަނީވެސް މިހެންވެ ތާއެވެ.
***
އާދުވަހަކަށް އިރު ފެނުން ތޮޅެލީ އެއްބަޔަކަށް އުފާވެރިކަން އަނެއްބަޔަކަށް ހިތްދަތިކަން ވެރިކުރުވަމުންނެވެ. އިރުއަރައިގެން އައި އިރު މައުވާ ބަދިގޭ ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. މިކަން ނުކޮށްފިއްޔާ ދޮންމަންމަ ރުޅިއަންނާނެކަން އެނގޭތީ ހަށިގަނޑުގައި އަޅާވޭން އެއްފަރާތް ކޮށްލުމަށްފަހު އަވަސްކުރަމުން ދިޔައީ ގަޑިނުޖެހި ސްކޫލަށް ދިޔުމަށެވެ.
މޫނުމައްޗައް ފޭކު ހިނިތުންވުމެއް ވެރިކުރުވަމުން މައުވާ ސްކޫލަށް ދާން ހިނގައިގަތްއިރު އެގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ.
“މައުވާ. ކަލޭ މިއަދު ހާދަލަހުން ސްކޫލަށްދަނީ؟؟.. ކަލޭ ސްކޫލަށްދާނެ ކަމެއް ނެތް.. ތި ސްކޫލަށްދިއުމަށް ވުރެ ގޭގޭގަ މަސައްކަތް ކުރަންދިޔަސް މާރަނގަޅުވާނެ.” ގެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާނެކަމަށް ނިންމައިގެން ގެއިން ނުކުތް މައުވާ ސިހިގެންދިޔައީ ދޮންމަންމަގެ ބާރު ހަޅޭކުގެ އަޑުންނެވެ. އެއާއިއެކު މައުވާ ކަރުނަވީ ދެލޮލުން ދޮންމަންމަ އާދިމާލަށް ބަލާލިއެވެ. ނަމަވެސް ދެލޯފުހެލަމުން ބަހެއްނުބުނެ މައުވާ އެނބުރި ހިނގައިގަތީ ދޮންމަންމަ އާދިމާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މައުވާ ސްކޫލަށް ގޮސްވަންއިރު ހުރިހާ ކުދިން ސްކޫލަށް ވަދެ ނިމިއްޖެއެވެ. އެހެންކަމުން ސްކޫލުގޯތިތެރެ ފެންނަމުންދިޔައީ ވަރަށް އަމާންކޮށެވެ.
“އައްސަލާމް އަލައިކުމް” ކްލާހުގެ ދޮރުމައްޗަށް އެރުމަށްފަހު މައުވާ ސަލާންގޮވާލީ ކްލާހަށް ވަނުމުގެ ކުރިން ކްލާހުގައި އިން ޓީޗަރުގެ ކިބައިން ހުއްދަ ހޯދާށެވެ. ޓީޗަރު ކުލާހަށް ވަންނަން ބުނުމުން މައުވާ ކްލާހަށް ވަދެގެން ގޮސް މައުވާއަށް ހާއްސަ ކޮށްފައިވާ ގޮނޑީގައި އިށީނެވެ.
“މައު.. ކިހިނެއްވީ މިއަދު؟؟ ހާދަލަހުން ތި އައީ”
“ކަމެއް ނުވޭ ލައި.” މައުވާގެ އެންމެގާތް އެކުވެރިޔާ އަލްޔާ ކުރި ސުވާލަށް ފަރުވާކުޑަ ގޮތަކަށް ޖަވާބުދީފައި މައުވާ އެނބުރުނީ މައުވާގެ ފިލާވަޅަށެވެ.
ގަޑި އަކަށްފަހު ގަޑިއެއް ފާއިތުވަމުން ގޮސް ހުރިހާގަޑިތައް ނިންމާލިއިރު މައުވާ ހުރީ ތާއްޔައް ޖެހިޖެހިއެވެ. ވާނީވެސް އެކަހަލަ ގޮތެކެވެ. ރޭގަނޑު ނުނިދާ ހޭލާހުރުމަށްފަހު ސްކޫލުގައި އެހާ ގިނައިރުވުމުން މައުވާގެ ހަށިގަނޑުގައި އަޅަމުން ދިޔަވޭން އިތުރުވެފައިވީފަދައެވެ.
ގެއަށްއައިސް ވަންއިރު މައުވާހުރީ ވަރުބަލިވެގެން ހަލާކުވާވަރު ވެފައެވެ. އައިގޮތަށް ބަދިގެއަށް ވަންއިރު ގޭގައި އެއްވެސް އެއްޗެއް ކައްކާފައި ނެތެވެ. އެހެންކަމުން މައުވާ އަވަސްވެގަތީ މެންދުރަށް އެއްޗެއް ތައްޔާރު ކުރުމަށެވެ.
މެންދުރުގެ ކެއުން ކައްކާ ނިންމާލިއިރު މައުވާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އެހެންކަމުން އަވަސް އަވަހަށް ކައިގެން މައުވާ ކޮޓަރިއަށްވަނީ އަރާމްކޮށްލާށެވެ. މައުވާ އެނދުގައި އޮށޯވެލުމާ އެކީހެން މައުވާގެ ލޮލަށް ނިދި ސަވާރުވެ ފުން ނިންޖަކަށް ގެނބިގެންދިޔައެވެ.
“މައުވާ.. މައުވާ” މައުވާއަށް ހޭލެވުނީ އަރޫޒް ގޮވާ އަޑަށެވެ. އަނެއްކާ މިރޭވެސް.. އާހް.. ކުރާނެ ކަމެއް ނެތެވެ. ކެތްކޮށްލައިގެން ހުރުން ނޫންގޮތެއް މައުވާ އަކަށް ނެތެވެ. މިއީ މައުވާއަށް ހުރި ހަމައެކަނި ގޮތް ބާވައެވެ.
މިގޮތުގައި އިތުރު 2 ހަފްތާއެއްހައި ދުވަސް ފާއިތުވެގެން ދިޔައިރު މައުވާއަށް އިތުރު އުނދަގޫ ތަކެއް ވާންފަށައިފި އެވެ. މައުވާ މިހާރު ސްކޫލަށް ވެސް ދަނީ މަޖުބޫރުވެގެން ކަހަލަ އެވެ. ކިޔެވުގައި ކުރިއަރަމުން، މުޅި ސްކޫލް ފަހުރުވެރިކުރަމުން ދިޔަ އެ ދަރިވަރު ކިޔެވުމަށް ދައްވެގެން ދާންފެށުމާއި ހުރިހާގަޑި ތަކަށް ހާޒިރުނުވުން ވެގެން ދިއުންވީ ސްކޫލުގެ ހުރިހާ ޓީޗަރުންގެ ހިތުގައި ސުވާލު އުފައްދަން މަޖުބޫރު ކުރުވަނިވި ކަމަކަށެވެ.
“މައުވާއަށް ކިހިނެއްބާ އެވަނީ.. ހާދަ މޮޅުކުއްޖެކޭ އެއީ ކުރިން.. މިހާރު ހާދަ ސަކަތާތްވެއްޖޭ ދޯ.. އަނެއްކާ އެޓެންޑެންސް. ގަޑި ޖެހުމުގެ އިތުރުން ހަފްތާއަކު މަދުވެގެން އެއް ދުވަސް އެބަދޭ ހާޒިރުނުވާ.” ހުރިހާ ޓީޗަރުންގެ ދުލުކުރީގައި ވަނީ މިފަދަ ޖުމްލަ ތަކެކެވެ.
ރަށުމީހުން ނަށްވެސް މިކަން އެނގިގެން ދިއުމުން މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އެއްބަޔަކު ބުނަމުން ދިޔައީ މައުވާ ފަރުވާކުޑަކުރަނީ ކަމުގައެވެ. އަނެއަބަޔަކު ބުނަމުން ދިޔައީ މައުވާގެ މަންމަ މަރުވެ ދޮންމަންމަ އެއް އައުމުން ކަމުގައެވެ. ނަމަވެސް ހަގީގަތް އެނގެނީ ކާކަށް ހެއްޔެވެ؟..
“މައުވާ.. ކިހިނެއްވަނީ މިހާރު؟ ކުރިން އެޔޮއް ރަނގަޅަށް ކިޔަވަމުން އައި ކުއްޖާ.. މިސްމެން މި ތިބެނީ މިސްމެން ފަހުރުވެރިވާ އަދި މުޅިރަށާ ސްކޫލް ފަހުރުވެރިވާ ކުއްޖަކަށް މައުވާ ވާނެކަމަށް ނިންމައިގެން. އެކަމަކު ކިހިނެއް މިވަނީ މިސްމެންގެ ހުރިހާ އުންމީދުތަކެއް ފެނަށްވެގެން ދަނީ.. އަޅެ މައުވާ މިސްއަށް ކިޔާލަދީފާނަންތަ މައުވާއަށް ތި ވާގޮތެއް؟” މައުވާމެން ގްރޭޑުގެ ސުޕަވައިޒަރު އައިޝާ މިސް މައުވާއާ ސުވާލުކުރަމުން ދިޔައިރު މައުވާ އިނީ އިސްޖަހާލައިގެންނެވެ. އެ ބޮޑު ދެލޯ ކަރުނައިން ފުރެމުންދާ މަންޒަރު މިސް އަށް ނުދައްކަން ވެގެންނެވެ.
“ކަމެއްނުވޭ މިސް.. އަޅުގަނޑު މިދުވަސްކޮޅު މަންމަ މަތިން މާބޮޑަށް ހަނދާންވަނީ.. އަނެއްކާ ބައްޕަވެސް ނުފެންނަތާ ވަރަށް ދުވަސް ވެއްޖެ”
“މިސް ގަބޫލުކޮށްފާނަން ތިކަން.. އެކަމަކު މިސްގެވެސް ޝަރުތެއް އެބަ އޮތް. އެއީ ކުރިއަށް އޮށް މޮކް އިމްތިހާނަށް މައުވާ ވާނެ ވަރަށް ރަނގަޅަށް ތައްޔާރުވާން އަދި މިސްމެން އުފާވާ ކަހަލަ ނަތީޖާއެއްގެންނަން” އައިޝާ މިސް ދެއްކި ވާހަކަ އާއެއްބަސް ވުމުގެ ގޮތުން މައުވާ ބޯޖަހާލިއެވެ.
“ދެން އެންމެ ރަނގަޅުތޯ އަޅުގަނޑު ދިޔަސް؟..” ގިނައިރު މިސް ކުރިމަތީ އިންނަން ޖެހުމުން ޖެހިލުންވެފައި މައުވާ ސުވާލުކޮށްލިއެވެ.
“ލައްބަ. އެންމެރަނގަޅު.” އައިޝާމިސް ވެސް މައުވާގެ ވާހަކަ އާއެއްބަސް ވުމުގެ ގޮތުން ބޯޖަހާލަމުން ބުނެލުމުން މައުވާ ހިނގައިގަތީ ގެއާދިމާލަށެވެ.
ގެއަށްދިޔަ މަގުމަތީ މައުވާ ވިސްނަމުން ދިޔައީ މައުވާއަށް އައިސްފައިވާ ބަދަލުތަކާ މެދުގައެވެ. ކިޔެވުމަށް ދައްވަމުންދާތީ މިކަމަށް ހައްލެއް ލިބޭނެ ގޮތަކާމެދުގައެވެ. ކިޔެވުން ރަނގަޅު ކުރުމާއި ދެން ސްކޫލަށް ބަރާބަރަށް ހާޒިރުވުމަށް އަޒުމު ކަނޑައަޅައިގެން ދިޔަ މައުވާއަށް ގޭދޮރުމައްޗަށް އެރުނުކަން އެނގުނެވެ. ދެން ވީގޮތެއް މައުވާއަކަށް ނޭނގުނެވެ.
މައުވާ ހޭއެރިއިރު މައުވާ އޮތީ ރަށު ހޮސްޕިޓަލުގައެވެ. ކައިރީގައި މައުވާގެ ބައްޕަ މާހިލް ރޮވިފައި އިނެވެ. އަދިހަމައެހެންމެ އަލްޔާވެސް މައުވާ ބާއްވައިފައި އޮތް އެނދުގެ އެއްފަރާތުގައި ހުއްޓިލައިގެން އިނެވެ. އަލްޔާއަށް ވެސް އިނީ ރޮވިފައެވެ.
“ދަރިފުޅާ މީ ކޮންކަމެއް؟” އަތުގައި އޮތް ޕްރެގްނެންސީ ރިޕޯޓް ދައްކާލަމުން މާހިލްގެ ސުވާލު މައުވާއާ އަމާޒުވިއެވެ.
އެރިޕޯޓް ފެނުމާއި އެކު މައުވާގެ މުޅި ދުނިޔެ އެނބުރިގެތްފަދައެވެ. އާއެކެވެ. އެ ޕްރެގްނެންސީ ރިޕޯޓްގައި ވަނީ މައުވާ ބަލިވެއިން ވާހަކައެވެ. އަދި ބަނޑަށް އެއް މަސް ކަމުގައެވެ.
“ދަރިފުޅާ ބުނެބަލަ މީކޮންކަމެއް؟” މާހިލް ކުރި ސުވާލަށް ޖަވާބު ނުދީ މައުވާ އިންނަން ފެށުމުން މާހިލް އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.
“ބައްޕާ…” މައުވާ އަނގަހުޅުވާލީ ހުރިހާވާހަކައެއް މާހިލްއަށް ކިޔައިދޭށެވެ. ނަމަވެސް މައުވާގެ ކުރިމަތީ އައިސް ހުއްޓުނު އަރޫޒް އާއި އަސްމާ ފެނުމުން މައުވާ ބުނަން އުޅުނު ބަސް ކަރުގައި ތާށިވިކަހަލައެވެ. އެއާއިއެކު ދެން އިވެންފެށީ މައުވާގެ ވޭނީ ގިސްލުމުގެ އަޑެވެ.
މައުވާއަށް މިއައި ބަދަލު މާހިލްގެ އިތުރުން އަލްޔާއަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން އެދެމީހުންވެސް އެވާހަކަ އެހުން ފަސްކޮށްލީ ހާލަތައް ވިސްނާފައެވެ.
“މައު.. ދެންބުނެބަލަ. މިހާރު އެނގިއްޖެ އަރޫޒްއާއި މައުގެ ދޮންމަންމަ އާގުޅުން ހުރިކަމެއްކަން. އަޅެ މައު ކިޔާދީބަލަ ވެގެން މިއުޅޭގޮތެއް” ގަޑިއިރެއްހާ އިރުފަހުން އަރޫޒް އާއި އަސްމާ ނުކުމެގެން ދިއުމުން އަނެއްކާވެސް އަލްޔާ މައުވާއާ ސުވާލު އަމާޒުކޮށްލި އެވެ.
“ލައި.. ބައްޕާ” މިހެންބުނުމާއި އެކު މައުވާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.
“މައު އަހަރެމެން މިތިބީ މައުއާއެކު” އަލްޔާ އާއި މާހިލް މިހެން ބުނުމާއިއެކު މައުވާގެ ހިތައް ހިންހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެންކަމުން ހިތްވަރުކޮށްފައި މައުވާ ކިޔައިދޭން ފެށީ މުޅިހޮސްޕިޓަލް އަށް ވަށައިގެން ނަޒަރެއް ދިނުމަށްފަހު ގައެވެ.
“އަހަރެން.. އަހަރެންނަށް މިއަނިޔާތައް ކޮންމެ ރެއަކުވެސް ކުރިމަތިވޭ. މިހާރު.. މިހާރު މިކަމެއް ހިނގާތާ މިއީ 5 ވަނަ ހަފްތާ.. ކޮންމެ ރެއަކުވެސް އޭނަ ނުކުމެގެން ދަމުން ދަނީ އިންޒާރު ދީފަ.. ކޮންމެ ރެއަކުވެސް އަހަރެން ގަދަހަދަހަދާ ހުއްޓާ މިކަމެއް ކުރުވަނީ.. އަހަރެންގެ ހަށިހަނޑުގައި ވެސް ވޭން އަޅައޭ.. އެކަމަކު ބުނެފިއްޔާ އޭނަ ބައްޕަ އަށް ހަދާލާނެގޮށް ވިސްނަންވެސް ނޭނގުމުން އަހަންނަށް ބައްޕަ ގާތު އަދި ލައި ގާތުވެސް ބުނަން ނުކެރުނީ.. އަދި ބައްޕަ އެންމެފަހުން އައިސްފައި ދިޔަފަހުން ގޭގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އަހަރެން. އެއީ ދޮންމަންމަ އަހަންނޭ ކިޔައިގެން ދޮގުވާހަކަ ތަކެއް ބައްޕަގާތު ދައްކާފާނެތީ.. ބައްޕާ އަހަންނަށް މަޢާފް ކުރޭ..” ރޮމުން ގިސްލަމުން މައުވާ ކިޔައިދީ ނިންމާލިއިރު މާހިލް އާއި އަލްޔާ އަށްވެސް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ.
“ދަރިފުޅާ. ކާކު ދަރިފުޅަށް އަނިޔާތައް ދިނީ؟” އޭނަ ކިޔައިފައި ވާހަކަ ދެއްކުމުން ކާކުކަން ފަހުމް ނުވުމުން މާހިލް އަނެއްކާވެސް ސުވާލުކޮށްލި އެވެ.
“އަ.. އަރޫ..ޒް.. ދޮންމަންމަ އަށްވެސް މިކަންތައް ބަރާބަރަށް އެނގޭ.. ދޮންމަންމަ ހުންނަނީ އަރޫޒްގެ ކޮޅަށް” ދެން މައުވާ ބުނެލި ވާހަކައިން މުޅިތަނުގައި ބޮމެއް ގޮއްވާލިފަދައެވެ. މާހިލްގެ ރުޅި ކޮންޓްރޯލްއިން ނެއްޓި އިރު އަލްޔާ އަވަސްވެ ގަތީ ފުލުހުންނަށް މައްސަލަ ހުށައަޅާށެވެ.
“އަލްޔާ. އިހަށް ބޭބެއަށް މިކަންތައް ދޫކޮށްލާ..” އަލްޔާ ކުރަން އުޅުނުކަންތަކަށް ހުރަސްއަޅަމުން މައުވާގާތު އަލްޔާ މަޑުކުރުވައިފައި މާހިލް މިސްރާބުޖެހީ މާހިލްމެންގެ ގެއާދިމާލަށެވެ.
“މާހިލް.. ބަލާބަލަ މައުވާ އެއުޅުނުގޮތް.. އަހަރެން ހާދަ ނަސޭހަތެއް ދިނީމޭ ތިހެން ނޫޅޭށޭ މައުވާއަށޭ ހުރިހާ..”
“ހަބަރުދާރު.. ތި އަނގައިން އިތުރު އެންމެ ލަފްޒެއްވެސް ބޭރުކޮށްގެން ނުވާނެ.. އަސްމާ ތިހިރީ ވަރިކޮށްފަ.. އެހެރީ ވަން ދޮރު ނުކުމެގެންދޭ އެމީހުންނާއެކު.. އަރޫޒްވެސް” ކުއްލިއަކަށް ގެއަށް ވަދެގަތް ފުލުހުން ފެނިފައި އަރޫޒް ފިލަން ދުވިޔަސް ފިލުމުގެ ކުރިން އަރޫޒް އަތުލައިގަނެވުނެވެ. އަދި އަސްމާއާއި އަރޫޒް ފުލުސް އޮފީހަށް ގެންގޮސް ހައްޔަރުކުރެވުނެވެ.
ހިކިފަންގަނޑެއްގައި ހުޅުޖެހުމުން ފެތުރިގެންދާހައި އަވަހަށް މިވާހަކަވެސް ރަށުތެރެއަށް ފެތުރިގެންދާކަށް ގިނައިރެއް ނުނެގިއެވެ.
އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފަސްއަހަރު ދުވަހުގެ ޖަލުހުކުމެއް އަރޫޒްއަށް އައި އިރު ޖިންސީ ގޯނާކުރާކަން އެނގި އެކެމަށް އެއްބާރުލުން ދިންކަމުގެ ތުހުމަތުގައި ދެއަހަރު ދުވަހަށް އަސްމާވެސް ޖަލަށް ލެވިގެން ދިޔައެވެ.
***
8 މަސްފަސް..
އެހާ ޅައުމުރުގައި ބަލިވެއިނުމުން މައުވާއަށް ދިޔައީ އެތައް ގެއްލުންތަކެއް ލިބެމުންނެވެ. އެހެންކަމުން މާހިލް އާއި އަލްޔާ ވެސް މައުވާއަށް އެއްބާރުލުން ދެމުންދިޔައެވެ.
“މަންމާ.. މަންމާ. ބައްޕާ..” ވަގުތުން މައުވާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދިޔައެވެ. މައުވާ ވިހެއީ އަންހެން ކުއްޖެކެވެ. ކުއްޖާގެ ހާލަތު ރަނގަޅެވެ. ނަމަވެސް މައުވާގެ ހާލަތު ދިޔައީ ދަށަށެވެ. ދައްވަމުން ގޮސް މިހާރު މައުވާ ކިރިޔާ ދުނިޔޭގައި އޮތްކަމެވެ.
މިގޮތުގައި ހަފްތާއެއްހައި ދުވަސް ފާއިތުވީފަހުން މައުވާއަށް ކުރިއެރުން ލިބެން ފެށިއެވެ. އަދި މުޅިން ރަނގަޅުވުމުން މައުވާ ގެއަށް ދޫކޮށް ލެވުނެވެ. ބަލައިގެން އުޅުމަށް އެތައް ނަސޭހަތެއް ދިނުމަށްފަހުގައެވެ. އެހާ ޅައުމުރުގައި ވިހެއުމުން އަދިވެސް އިތުރުގެއްލުންތަކެއް ވެދާނެކަމުގައި ލަފާދިނުމަށްފަހު ގައެވެ.
މާހިލް ދެކުނީ މައުވާގެ ދަރިފުޅު …. އަކީވެސް މައުވާ އެކޭ އެއްފަދައިން މާހިލްގެ ދަރިއެއްކަމުގައެވެ. އަދި މާހިލް މައުވާއަށް މަންމައެއްގެ ލޯބި ދޭން ހޯދައިދެވުނު ދޮންމަންމަ އާއި ހެދި މައުވާއަށް ލިބުނު ގެއްލުންތައް ފޫބައްދަން ލިބުނު ނިއުމަތެއްކަމުގައެވެ.
އާއެކެވެ. އެއްވެސް ކަމެއް އަބަދަކު ސިއްރެއްގެ ގޮތުގައެއް ނޯންނާނެއެވެ. އެހެންކަމުން މިފަދަކަންތައް ދިމާވުމުން ސިއްރުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެންމެ ފައިދާ ކުރާނީ ކަމެއްވުމުން އަވަހަށް އެވާހަކަ ބުނުމުންނެވެ. އިއްޔެ ނުބުނެވުނުކަމުގެގެ ހިތާމަ މިއަދު މައުވާއެދަނީ ކުރަމުންނެވެ. މިއީވެސް އިމްތިހާނެކެވެ.
– ނިމުނީ –
9 Comments!
Comments are closed.

Darla this story is amazing maasha allah ❤️❤️❤️❤️ keep it up bestoo? mee first dhw
Thank you so much mal ❤️❤️
Assalam Alaikum.
Mee alhugandu ge furathama story. Hope everyone will like this short story. All positive and negative comments are accepted. Please comment below after reading ??♥️
Thank you ?
Maasha allah varah reethi and varah iburahtheri. Ummeedhu kuran u ge new story thah kiyan libeynekamah
Thank you kamana♥️ ?❤️ Insha Allah kuriyah oiy thaagai alhuganduge Gina vaahaka thakeh kiyaalan linbeyne♥️♥️…
Maasha Allah vrh reethi story eh. Looking forward to read more stories.❤❤
Thanks girl
Varah reethi vaahaka
Thank you Maesara❤️❤️☺️