“އެދުވަސް އަލުން ލިބޭނެނަމައެވެ. އެދުވަހު އެގޮތަށް ނޫޅެވުނުނަމައެވެ. އެދުވަހު މަންމަގެ ބަސްއެހުނުނަމައެވެ. އެދުވަހު ނުދެވުނު ލޯބި މަންމައަށް ދޭން ލިބޭނެ ނަމައެވެ. ނަމަވެސް ނަމައަކުން ދެންވާނެ ފައިދާއެއް ނޯންނާނެއެވެ. އެދުވަސް އެނބުރިއެއް ނާންނާނެއެވެ. އެދުވަސް ހިނގައްޖެއެވެ. މިހާރު މީ އާދުވަހެކެވެ.” ހިތަށް އަރަމުންދިޔަ އެތައް ވާހަކަތަކުން ލިވާންގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ހުދު ބޯކިރު ކޮޅެއްފަދަ ސާފު ދޮންވެލިން ފުރިފައިވާ ރަށުގެ ތުނޑިއަށް ރާޅުތައް އައިސް ބީއްސާލާ އަޑަކީ ހިތްތަކަށް ހަމަޖެހުން ލިއްބައިދޭނޭ އަޑެކެވެ. ހަވީރުގެ މި […]
“ޢާހް.. އާހް.. އާހް..” ރޮމުން ގިސްލަމުން ދިޔަ އެ ކުއްޖާގެ އަޑުގައި ވަނީ ވޭނެވެ. ހިތްދަތިކަމެވެ. މާޔޫސްވެފައިވާ އެ ހިތަށް އިތުރު ވޭންތަކެއް އެދަނީ ލިބެމުންނެވެ. އެ ނިކަމެތި ހަށިގަނޑު ވެފައިވަނީ އެތައް ގޮތަކުން އެތައް ވޭނެއް ތަހަންމަލުކުރާ އަމާޒުފަތްގަޑަކަށެވެ. އާއެކެވެ. އެ 16 އަހަރުގެ އަންހެން ކުއްޖާގެ އިއްފަތްތެރިކަން ފޭރެމުން އެ ދުވަނީ އެ އަންހެން ކުއްޖާގެ ދޮންމަންމަގެ ދަރިފުޅެވެ. “މައުވާ! ކަލޭ ހަނދާންކުރާތި.. މީގެން އެއްވެސް ވާހަކައެއް ކަލޭގެ ބައްޕަގާތު ބުނެފިއްޔާ މަ ވަރުގެ […]