Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފަނާ 20

I-RaM Level 110 Stories
June 4, 2015 4 Mins Read
24 Comments

ލޮލުން ހޯސްލާފައި ފައިބަމުން ދިއަކަރުނަތަކާއި އެކު އަހަރެންނަށް ބައްފަގެ ގައިގާ ލައްވެ ގަނެވުނީ، ތަގްދީރު އަހަންނަށް ދައްކަމުން މިދާ ދަޅަތަކުން ދެން އިތުރަށް ކެތްނުވެ މަރުވަންް ވީއޭ ހިތަށް އަރަންފެށުމުންނެވެ. “ތީވެސް އަހަރެންގެ ހަށުިގަނޑުގެ ދަހިވެތިކަމުގައި އުޅުނު މީހެއްދޯ! ” ހިތް ކިތަންމެ ބޭނުން ނުވިއަސް ދުލުން އެ ލަފްޒްތައް ބޭރުކުރެވުނީ ވެފައި ހުރި ދެރައިންނެވެ. ބައްޕަ އަހަރެންގެ ގައިގާ ހިފަހައްޓާލަމުން މެއާ ލައްކޮށްލިއެވެ. ބައްޕަވެސް ރޮމުންދާ ކަން އިހްސާސް ވެ އަހަރެންނަށް އިތުރަށް ރޮވުނުއިރު، ހިތާމައިގެ މައްޗަށް ރުޅި އިސްކުރެވެން ފެށިއެވެ. މޫނުމައްޗަށް އަދިރިއަރާވަރުވެފައި ގައިގެ ހަކަތަ އެއްކޮން ހުސްވެފައިވީ އިރުވެސް އަހަރެން ބައްޕަ އާއި ދުރުވެލަމުން ތެދުވި އިރު އަނގަ ބަންދުވެ ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިން، އެހުރިގޮތަށް ލަސްފިޔަވަޅުތަކެއް އަޅަމުން ގެއިން ބޭރަށް މިސްޜާބު ޖެހީމެވެ. ބޭރުން ގޭތެރެއަށް ވަދެގެން އައި ޒައިދާއި ޔޫނުސްބެއަށް ވެސް އަހަރެން ފެނި ކޮންތާކަށް ހޭ ސުވާލު ކުރުމުން ބޯ ދެފަރާތަށް ހޫަރާލީ އިތުރު ޖަވަބެއް ދޭން ބޭނުންނުވުމުންނެވެ. ބައްޕަ ގޮވާލުމުން ވެސް ހުއްޓެން ނޫޅެ ދޮރުން ބޭރަށް ހިގައި ގަނީމެވެ. ގޭތެރޭގެ އެންމެން އަހަންނާއި މެދު ވިއަދު ހާސްވިއަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން މިވަގުތު ހިތުލައިގެން ހުރި ކަންތައް ނުކޮށް މަޑު ކުރެވޭކަށް ނެތެވެ. މިވަގުތު އެނބުރި ފަހަތަށް ހިގައްޖެނަމަ ދެން ދުވަހަކުވެސް ކުރިއަށް ފިޔަވަޅެއް ނޭޅޭނޭ. ހިތާއި ސިކުނޑި އަހަންނަށް ވިސްނައި ދެމުން ދިއައެވެ.

” ދުނިޔެ ވީ އުފަލަށް ޓަކައި ބަދެވުނޭ، ކެހިވެރި އަތްތަކުގެ ތެރޭ،

     އިންތިހާ ވޭނާ ތުރާލާ ދެމުން ކުށެއްނެތް މައުސޫމް ޖިސްމޭ ލީ އޮޔާ،

ލެކިލަނބުވެ ދާހާ ދަހިވެތިކަމާއި އެކު މައުސޫމު ކަމޭ ފޭރިގަތީ އެ ޅައިރުގާ،

     މާތް ކަލާކޯ އަޅުގެ މިހިތަށް ކެތް ނުވާވަރު ވެއްޖެޔޭ އަދު މިދުނިޔޭގާ،

ފިސްފިސް ކޮށްލަމުުން ހިތުގާމަގޭ ނަފްރަތު ރޯވެ އަދާ އަޅިއަށްވެ ދިއައީ،

     ގިސްލުންތަކުން، ވޭނާއެކީ ކަފުނަށް ނުވަނިސް، މިހަޔަތޭ ކުރީ ފަނާ، ފަނާ،ފަނާ …..”

   މަގުމަތިން އިވެމުންދިއަ ރާާގުގެ ލަފްޒުތައް އަހަރެންގެ ހިތާހަމައަށް ވާސިލްވެ ދިއައިރު، ހީވީ އަހަރެންގެ ވީރާނާ ވެފައިވާ ދިރިއުޅުން ސިފަކޮށްލަދޭން އުޅުނުހެނެވެ. މުޅި ކާއިނާތުވެސް އަހަރެންނަށް ހަމްދަރުދިވާން މިއަދު އުޅޭކަހަލައެވެ. އެހެނަސް މިއަދު އެ ހަމްދަރުދީ އެއް އަހަރެން ބޭނުމެއް ނުވެއެވެ.

ދުނިޔޭގެ ކެހިވެރި ލޯތަކުގައިވާ ކެހިވެރިކަމުގެ ފަރުދާ ކެހިގެން ދިއެައިރު، އަހަރެންގެ ދިރިއުޅުން ވެސް މިވަނީ އަހަންނަށް ނޭގޭ ވަރަށް އޮޅުން ބޮޅުން ވެފައެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ނުކުރަންވީ ކާކަށް ކަމެއް ނޭގެއެވެ. ކުޑައިރު މަންމަ އައި ބައްޕަ ކަމަށް ދެކުނު މީހުންވެސް ވަނީ އަހަންނަށް ކޮޅުކެހި ދީ އޮޅުވާލާފައެވެ. މަންމައެއް ކަމުގަ ދެކުނު މީހާ އަތުން އަހަރެންގެ ދިރިއުޅުމުގައި ހުޅުރޯކޮށް އަނދާ އަޅިއަށް ހެދިއިރު، ބައްޕަ ކަމަށް ހީކުރި މީހާ ދުވަހަކުވެސް ދަރިއެއްގެ ނަޒަރުގަ ނުދެކި އަހަރެންގެ ދުޝްމަނުންގެ އަތަށް އަހަރެން ދޫކޮށް ގިނަކޮށްލީއެވެ. އަހަރެންގެ މަންމަ އިތުބާރު ކުރި އެއްބަނޑު ކޮއްކޮ ހުދު އަމިއްލަ އަތުން މަންމަގެ އަމާނާތަށް ޒަހަރުލާ ހިޔާނާތްވީ އެވެ.

ހުރިހާ ކަމެއް އެގި ހުރެވެސް އެލެއަކު އަހަރެން އުފަދުނު ލެއަށް އަހަރެން ބީރަށްޓެހި ކޮށް ގުޅުން ކަނޑާލާ ފިލީއެވެ. ދެން މިދުނިޔޭގަ އިތުބާރު ކުރަންވީ ކާކަށް ހެއްޔެވެ؟ ނަފްރަތު ކޮށް އިގިލި ދިއްކުރަންވީ ކާކަށް ހެއްޔެވެ؟ އަހަރެންގެ މި ހާލުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟ ކަސްތޮޅެއްގައި ގައިދު ކޮށްގެން ހިތުހުރި ގޮތަކަށް އަހަރެންގެ ހަޔާތް ބަރުބާދު ކުރި ސާއިނާ އާއި އަޒާލް ހެއްޔެވެ؟ ނޫނީ ބައްޕައެއްގެ މަގާމު ދިން ޒުހޭރު ހެއްޔެވެ،؟ ނޫނީ އޮޅުވާލާ އެއްލާލި ބައްޕަ ޝާނިމް ހެއްޔެވެ؟ އެމީހުން ކަމުގަ ވެސް ނުވާނަމަ ކުށެއް ނެތް ކުޑަކުޑަ މި ފުރާނަ ހެއްޔެވެ. އަދި ކައްވަޅުގައި ވާ އަހަރެންގެ އުފަން މަންމަހެއްޔެވެ؟

ބަދަލްހިފަން އަހަރެން ބޭނުމެވެ. އެންމެންގެ ކިބައިންނެވެ. އެހެނަސް އަހަރެންގެ ހިތް އެފަދަ ނުބައިކަމެއް ކުރަން ބޭނުން ނުވެއެވެ.ބޭނުވަނީ ދުނިޔެއިން ދާށެވެ. އެހެނަސް މަރުވުން ފަދަ ފާފައެއް ނުކުރާނަމެވެ. އަހަރެންގެ ކުށްވެރިންނަށް އަދަބު ދޭން އަހަރެން ބޭނުމެވެ. އެކަން ވާނީ އަހަރެންގެ ނެތް ހިތްވަރު ކުރިއަށް ނެރެގެންނެވެ އެހިތްވަރު މިއަދު އަހަންނަށް ލިބިއްޖެއެވެ. މިއަދު އިތުރަށް ބަލިކަށިވާކަށް އަހަރެން ބޭނުމެއް ނޫނެވެ،.ދުނިޔެއާއި ކުރިމަތީލާން ހިތުގައި ކަނޑައެޅި އަޒުމުގައި ސާބިތުކަށް މަތީ ހުރުމަށް އަމިއަލަ ނަފްސަށް އަހަރެން މަޖްބުރުކުރާނަމެވެ، އެނަފޮސު ބަލިކަށިވެފަވާތާ ކިތަންމެ ދުވަހެއްވިޔަސް މިއަދު ފަހަތަށް ޖެހޭކަށް ނުދޭނަމެވެ..

އަހަރެންގެ ފިޔަވަޅު ތަކަށް ހުއްޓުން އައީ ޕޮްލިސް ސްޓޭޝަން ދޮރާއި އަރާ ހަމަވުމުންނެވެ.މަޑު މަޑު އެތެރެއަށް ވަންނަށް ފިޔަވަޅު ނެގިއިރު މަޑު ތުރު ތުރެއް ހަށިގަނޑުގައި ހުއްޓެވެ. ވަދެގެން ގޮސް ކައުންޓަރު ކައިރީ ހުއްޓިލީމެވެ. އެވަގުތު އެތާނގައި އިން އަންހެނާގެ ލޮލުގައި އަހަރެން އަޅައިގަނެ އޭނާ އިސަރާތުން އައުމަށް ބުންޏެވެ. ކުރިންމިރަށުން ދެކެފައިނުވާ އެއަންހެންމީހާ ހިތްހެޔޮ ހިނިތުން ވުމަކާއި އެކު އަހަންނައ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ އަހަިރެން ގޮސް އޭނަ ކައިރީ ހުއްަޓި މަންމަ އާއި ބައްދަލުކޮށްލަން ބޭނުމޭ ބުނީމެވެ. އެ އަންހެން މީހާ ކާކުހޭ ސުވާލު ކޮށްލިއެވެ. ސާއިނާ އޭ ބުނިއިރު އަހަރެން ލޮލުން ފެންތައެް އޮހޮރިގެންނަށް ފެށިއެވެ. އޭނަ އަހަރެންގެ ކޮޑުގައި އަތްޖައްސާލަމުން ރެޔުން ހުއްޓާ ލުމަށާއި މަންމައާއި ބައްދަލުވާނޭ ކަމަށްބުނީ އަހަރެން ރޮނީ މަންމަ ނުފެނިގެން ކަމަށް ހީކޮށް ކަންނޭގެއެވެ. ދެ ތުންފަތް ފިއަތާލަމުްނ ކަރުނަތައް މަތަކުރަން މަސައްކަތް ކުރި އިރު،އެ އަންހެން މީހާ އެތެރެއަށް ވަދެ އެވެ. އިރުކޮޅެއް ފަހުން އޭނަ އައިސް އަހަރެންގެ އަތުގައުި ހިފައިގެން ހިގައި ގަންނަމުން އައުމަށް ބުންޏެވެ. ޢެމީހާ ގޮސް ހުއްޓުނީ، ކޮޓަރި ތަކެއް ގޮތަކަށް ހަދާފައި ހުރި، ގޮޅިތަކެއް ކައިރިއަށެވެ. އަދި ހުޅުވާލެވިފައިވާ ދޮރާ ދިމައަށް އިސާރާތް ކޮށްލަމުން އެތަނަށް ވަނުމަށް ބުންޏެވެ. އަދި ކުޑަ ވަގުތު ކޮލެއް ކަމުގައި ލިބޭނީވެސް ބުނެލުމުން އަހަރެން ގޮސް އެތަނަށް ވަންނަ ނެގި ފިޔަވަޅު ހުއްޓާލަމުން ފަހަތަށް އެނބުރި ލިއިރު ދުރުގައި ހުރި ގޮނޑިއެއްގަ އޭނަ އިށިދެގެން އިނެވެ. މަޑު މަޑުން ބޯ ދިއްކޮށް އެތެރެ ބަލާލީމެވެ. ކުރިމަތިން ފުރަގަހަށް ވާގޮތަށް ހުރި މަންމަ ފެނި ދެއަތް މުށްކެވިގެން ދިއައިރު ރުޅިއޭ މިކިޔާ އިހްސާސްތައް ހިތުގައި ހޭލައިގަތެވެ. ” އެތެރެއަށް ވަދެވުމާއި އެކު ދަތްކުނޑި ވިކައިގަތްނަމުން” ސާއިނާ ” އޭ ކިޔައި ގޮވައިގަތީ ބޭއިހްތިޔާރުގައެވެ. މަންމަ އެނބުރި ބަލަލިއިރު، އަހަރެން ފެނި މޫނުގައި ހުރި ހިނިތުންވުން ފަޑުވެ ދިއައެވެ. “ކީއްކުރަނީ ކަލޭ މިތަނުގަ” މަންމަގެ އަޑަށް ނުރުހުން ފާޅުވެގެން ދިއައިރު، ފިޔަވަޅު ވަކިކުރަން ނޭގޭހާ ހަލުވި ދެތިން ފިޔަވަޅާއި އެކު އަހަރެން ގޮސް އެނުލަފާ މަކަރު ވެރި އަންހެން މީހާ ކުރިމައްޗަށް އަރައި ދެއަތް ދިއަކޮށްލީމެވެ.” އަން މި ހިރީ އަހަރެން މިއޮތީ އ3ަހަރެންގެ ދެއަތް، ކަލޭ ބޭނުން ކަމެއް ކޮށްބަލަ، މަރާލަންތަ ބޭނުންމީ، އެހެންވިއަޔާ މަރާލަބަލަ، ކަލޭ ކީއްވެ އަހަރެން ދިރި އުޅުން ހަލަކު ކޮށްލީ،؟ އަހަރެން ގެ ސުވާލުތައް ްއަމާޒުވުމުން ހިނިގަނޑެއް ޖަހަލައި “މަށާ ޒުވާބު ކުރަން އަނގަފަޅައިގެން އުދުހި ގަތީހޭ ބުނެލިއެވެ. އަހަރެން އާއެކެ ބުނެ އަހަރެންގެ ދެއަތް ސާއިނާގެ ކަރައި ދިމާއަށް ގެންދިއަ ގޮތަށް ކަރުގައި ހިފާ ބާރު ކޮށްލަމުން، އަނެއްކާވެސް އާއެކޭ ކިޔައި ހަޅޭލަވައިގަނިމެވެ.

” މިއޮތްހާ ދުވަހު އަހަރެން ހުރި އަނގަ ބަންދުވެފަ އެގޭތަ ކީއްވެގެން ކަން، ތީ އަހަރެންގެ މަންމަ ކަމުގަ ހީކުރީތީ، ކަލޭ އަހަރެން ދިރިއުޅުން ހަލާކުކޮށް ފިސްކޮށްލީ ނުވިތާކަަށް އަނިޔާކޮށް އަހަރެންގެ އަތުގައި އެންމެ އަގުބޮޑު އަމާނާތް ވެސް ފޭރި ގަނެ، އެއްލާލީ، ކަލޭ، އަހަރެން ކިޔެވުން ބަރުބަދު ކޮށްލީ، މުޅިރަށައް ބިކަކޮށްލީ ކީއްވެ؟؟؟ ކަލެއަށް ކޮންހައްގެއް އޮވެގެން އަހަރެންނަށް އެހެން ހެދީ، ތީ މަގޭ މަންމަ ްއެއް ނޫން، އަދި އެހެން ދަރިއަކުވެސް މަެއެއް ކަމަށް ދެކެން ހެޔޮނުވާވަރުގެ މަކަރުވެރި، ނުބާ، ނުލަފާ މިހެއް، ކަލެއަށް އިގޭތަ ކަލޭގެ ދަރި ތިބެވެސް ކަލޭ އެ ކަމުން މަހުރޫުމުވެ ތިހުރި އެންމެ ދަރިއެއްވެސް ކައިރީގަ ނެތް ، ތބިނަމަ ތިބީ ކެހިވެރި ސިންގާ އެއްކަހަލަ ފިރި އަކާއި، ނާށި ކުޅެން ތިބި އެކުވެރިން ތަކެއް، އެވެސް މާދަން ކަލޭ އެއްލާލާފަ ދާނެ ބައެއް ކަލޭގެ ބޭނުން ކެނޑުނީމަ،…ކަލޭދެކެ ލޯބި ވަނީ ކާކު، ނުވޭ އެކަކުވެސް ނުވޭ، ކަލޭގެ ނެތް އެއްވެސް މީހެއް …މާދަމާ ކަލޭއަށް އަޅާލާނީ ކާކުބާއޭ ހިތަށް އެރިތަ ދުވަހަކުވެސް މަގޭ ހަޔާތް ތިއަތުން ފިސް ކޮށްލިއިރު، ކަލެއަށް ލިބޭނެ އަޒާބާއި މެދު ވިސްނިންތަށް، ހަނދާން ކުރތީ މިމާހީގެ ހިތެއް ދުވަހަކުވެސް ހެވެއް ނުވާނެ، އަހަރެންނަށް ދެއްކި ދުން، ކަލެއަށްވެސް ފެންނާނެ މިދުނިޔޭގަ ވެސް އަދި، އެދުވަހުންވެސް…ތީ އިންސާނެކޭ ކިޔަންވެސް ލަދުގަނޭ، ދެން ދުވަހަކުވެސް ކަލޭ ދެކެ އަހަރެން ޖެހިލުން ވާނޭ ހިތަށް ނާރުވާތި، ދެން ދުވަހަކުވެސް ކަލެއަށް އަހަރެން ގައިގަ އިގިލި ކުރި ޖެއްސެން ވެސް ނުދޭނަށް، މީ ކަލެއަށް އަހަރެން ފެންނާނެ ފަހު ފަހަރު….” އަހަރެންގެ ވާހަކަތަށް ނިމުނު އިރު، ސާއިނާ ގައިން ތުރުލަމުން ދިއައެވެ.ލޮލިން ދޭދިފައިވާ ކަރުނަތަކައި އެކު ބުދެއްހެން އަހަރެންނައި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހީނުކުރާ ވަރު ކަމެއް ވެގެން ދިއުމުން ސޮކެއް ލިބުންހެން ބިމަށް އޭނަ ތިރިވިއެވެ. އަހަރެން ފުންނޭވާއެއްދޫކޮށްލާ ،ފަހަތަށް އެނބުރިލީ، އިތުރަށް އެތާ ނުހުންނަށް ވެގެންނެވެ. ދޮރުކުރިމަތީ ތިބި މީހުން ފެނި މޫނު އަނެއްފަރާތަށް އަނބުރާލީ، އައިސް ފައި ހުރި ގަދަ ރުޅި ކޮންޓްރޯލް ނުވެ އަނެއްކާވެސް ހިގައި ދާނެތީ އެވެ. “މާހީ” އޭ ކިޔާ ޒައިދު ގޮވާލިއަޑަށް ބަލާލެވުނު،އިރު ޒައިދު އައިސް އަހަރެން އެދެއަތުގެ ތެރޭ ބޮޑި ކޮށްލީ ދެންތިބި އެއްމެންގެ ކުރިމަތީގައެވެ…..ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ކަޅު ފިނިފެންމާ… 11 ވަނަ ބައި

Next

ކަޅު ފިނިފެންމާ… 12 ވަނަ ބައި

Next
June 5, 2015

ކަޅު ފިނިފެންމާ… 12 ވަނަ ބައި

Previews
June 4, 2015

ކަޅު ފިނިފެންމާ… 11 ވަނަ ބައި

24 Comments!

  1. ayli says:
    June 4, 2015 at 5:09 pm

    habeyss waiting for next part

  2. Stwry lover says:
    June 4, 2015 at 5:16 pm

    Really happy ehaa avahah up kuree thee.. best stwry evaaaaaàaa…. luv yuh soooooooooo muuuuuuuuuuuuch.. nxt prt ves avas kohlahcheyy.. v reeethi..

  3. jenny says:
    June 4, 2015 at 5:17 pm

    Vvv salhi mi part vz please up soon..

  4. Stwry lover says:
    June 4, 2015 at 5:17 pm

    ☺✌

  5. jenny says:
    June 4, 2015 at 5:18 pm

    N i love this stry Vvv salhi mi part vz please up soon..

  6. RIU says:
    June 4, 2015 at 5:32 pm

    wwwwwwwwwwwwwwwwwwwww

  7. sam says:
    June 4, 2015 at 5:46 pm

    Haadha kurey……….. kiyaahithun indhaa nimuny……. bt still v v v reethi

  8. myschic says:
    June 4, 2015 at 5:50 pm

    wow cool v salhi gadha maahy ingey hama egothah hadhan vess jeheyny ekahala meehunah im so happy that she got guts to all those things infront of her …love it waiting for next part

  9. nihaa says:
    June 4, 2015 at 6:09 pm

    Nice…

  10. zalaf says:
    June 4, 2015 at 7:34 pm

    i ram habareh velaabala

  11. naj says:
    June 4, 2015 at 7:36 pm

    Hama habeys vara salhi

  12. zalaf says:
    June 4, 2015 at 7:39 pm

    vvvv nice

  13. I-RaM says:
    June 4, 2015 at 8:25 pm

    HMM ZALAF . 🙂 MIULHENY EY…KIHINE VY

  14. I-RaM says:
    June 4, 2015 at 8:32 pm

    THANKYOU OLL LOVLIES. FRIDAYGA BUSY VEDHAANE EKAMU LIYENIMUNUHA AVAHAH UPKOHDHEYNAN.

  15. ......... says:
    June 4, 2015 at 8:57 pm

    I-ram, u are the best

  16. neem says:
    June 4, 2015 at 10:27 pm

    Woww..
    Nice
    Love ot, thnxx

  17. zalaf says:
    June 5, 2015 at 7:46 pm

    aslu ehen buny comment eh nukuraathy . echcheh ahaa lantha . i ram thy girl eh tha nuuny boy eh tha

  18. samy says:
    June 5, 2015 at 9:16 pm

    Vvvv nyc story. Keep it up ♥♥♥♥♥
    I ram aky girl e dho

  19. shifa says:
    June 6, 2015 at 1:00 am

    Varah salhi 🙂

  20. Story reader says:
    June 6, 2015 at 7:40 am

    vaahaka varah reethi.. dialogs varah asaru gadha… but liyumuge kuh hurikan faahaga kurevey….. and adhivex bodah paragraph kohlan feney… eyrah kiyan faseyha vaanee….. keep it up 🙂

  21. july says:
    June 6, 2015 at 1:51 pm

    vaahaka hama habeyssss….waiting for next part

  22. neem says:
    June 7, 2015 at 12:05 am

    !!Hlww
    ..Friday vx hingajje, saturday vx mi dhiyai, still upload nuve
    ?..So kn irajuntha up vaany
    I-Ram thy aamukoh time ah up kura liuntheri eh v ma v unmeedhu kuran maadhan up vaane kamajh
    I waitingg

  23. I-RaM says:
    June 7, 2015 at 12:30 pm

    THANKYOU ALL , 🙂 MI SITE AH LOGIN NUVEVIGEN IYYE UP NUKOHDHEVUNEE, IN SHA ALLAH MIADHU UP KOHDHEYNAN. ,

  24. sama says:
    June 13, 2015 at 6:45 am

    I-Ram alhe kobaaatha aneh bai
    🙁

Comments are closed.


All Right Reserved!