Skip to content
އެސްފިޔަ

އަޑިގަނޑު….

ލޯބިވާ މީހުންނާ ކައިވެނި ކުރެވެނީ ކިތަށް މީހުންނަށް ބާއެވެ؟ ފުރަތަމަ ލޯބި ކާމިޔާބު ކުރެވޭނީ ކިތަށް މީހުންނަށް ބާއެވެ؟ މީހަކާ ނުއިނދެ މުޅި އުމުރު ހުސްކޮށްލާ ކިތަށް މީހުން އުޅޭނެ ބާއެވެ؟ އެފަދަ މީހުން ‘ހުހަށް’ ހުންނަނީ އިންނާނެ މީހަކު ނުވެގެންބާއެވެ؟ ނޫނީ އިންނަން ބޭނުންވާ މީހާ ނުލިބިގެންބާއެވެ؟ އަހަރެން ވިސްނަމުންދިޔައިމެވެ. އަހަންނަށް މީހަކާ އިނދެވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަކީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. ވީއިރު އަހަރެން ވިސްނަންވީ ކޮންކަމަކާބާއެވެ؟

ރައްޓެހިން ބުނެއެވެ. އަހަރެން ހާ ނަސީބު ގަދަ މީހަކު ނުދެކެމެވެ. އެންމެ ކުޑައިރުއްސުރެ ފަށައިގެން އަހަރެން ލޯބިވީ ފިރިހެނާއާ ކައިވެނި ކުރެވުމުންނެވެ. އެމީހުން އެބުނީ ކިހާބޮޑު ތެދެއްކަން އަހަންނަށް އިހުސާސް ކުރެވެއެވެ. އަހަރެންގެ ފިރިމީހާ، ވިޝާން އަކީ އޯގާތެރި ފިރިއެކެވެ. އަނބިމީހާއަށް އަޅާލަން އެނގޭ މީހެކެވެ. އަނިޔާއާއި ރުޅި އަކީ ކޮބައިކަމެއް ވިޝާން ނުދަނެއެވެ. އޭނާއަށް ކުރަން އެނގޭ ކަމަކީ ފިރުމުމެވެ. އޯގާތެރިވުމެވެ. އެކަން ކިތަންމެހާވެސް ރަނގަޅަކަށް އޭނާ ކުރެއެވެ.

ވިޝާންއާއި ކައިވެނި ކުރެވުނު ދުވަހު އަހަރެން އުފަލުން ރުއީމެވެ. ހަޔާތުގައި ކާމިޔާބު ކުރަން ބޭނުންވި އެއް ލަނޑުދަނޑި ހާސިލްވީމައެވެ. ވިޝާންއާއެކު އަހަރެން ދިރިއުޅެމުންދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ޖެހުނު ކުދި މައްސަލަތަށް ފަސޭހަ ކަމާއެކު ހައްލުކުރަމުންނެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް ދެމީހުން މަޝްވަރާ ކުރީމެވެ. އެކަކުގެ ހިތާމަ ތަކުގައި އަނެކަކު ބައިވެރިވަމުންނެވެ.

ކައިވެންޏަށް މަހެއް ވުމައެކު އަހަރެން މިސްރާބުޖެހީ އަހަރެންގެ ދެވަނަ ލަނޑުދަނޑިއާ ދިމާއަށެވެ. އެއީ، ކުއްޖަކު ހޯދުމެވެ. އެކަމާ ކުރިމަތިލީ ދެމީހުންވެސް މަޝްވަރާ ކުރުމަށްފަހުގައެވެ.

އެއްމަސް ވިއެެވެ. ދެމަސްވެސް ވިއެވެ. އަހަރެން ބަނޑުބޮޑެއް ނުވިއެވެ. އަދިވެސް މަސައްކަތް ކުރީމެވެ. ތިންމަސް ވޭތުވެ ހަތަރު ވަނަ މަސް ނިމުނުއިރުވެސް ބަދަލެއް ނައެވެ. އަހަރެއް ހަމަވެ ދެވަނަ އަހަރަށް ފެށުމާއެކު އެކުވެރިންގެ ސުވާލުތަކާއި ކުރިމަރިލާން ޖެހުނެވެ.

“ހަމްދާ! އަދިވެސް ކުއްޖަކު ހޯދާކަށް ނުވޭތަ؟” އެކުވެރިން ބުނެއެވެ. އަހަރެން ދޭނީވެސް ވަކި ކޮން ޖަވާބެއް ހެއްޔެވެ؟

“އަދި މާ އަވަހެއް ނު!!” އަހަރެން ބުނަމެވެ.

ވިޝާންވެސް އެކަމާ ވިސްނައެވެ. ޑޮކްޓަރަށް ދައްކަން ދެމީހުންވެސް ބޭނުމެވެ. ނަމަވެސް ދަރިން ނުލިބެނީ ކާކަށްކަން އެނގުމާއެކު ދެމީހުންގެ ގުޅުމަށް ބުރޫއަރާފަނެތީ، އެކަން ކުރާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަނިވެރިކަމާއެކު އަހަރެންގެ ފަޅުވެފައިވާ އުނގަށް ބަލަމުން 3 އަހަރު ހޭދަކުރީމެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ.

“ވިޝާން!! ދެން މިހެން ޑޮކްޓަރަށް ނުދައްކާ ތިބެގެން ވާނެ ފައިދާއެއް އެބޮތްތަ؟” އެރޭ އަހަރެން އެވާހަކަަ ބުނިއިރު ވިޝާން އެނދަށް އަރާ އޮތީ ނިދާށެވެ. “އަހަންނަށް ފެންނަނީ ހަމަ ޑޮކްޓަރަށް ދައްކަން! އޭރުންނެއްނު ދަރިން ނުލިބޭނީ ކާކަށްކަން އެނގި އެކަމަށް ފަރުވާވެސް ކުރެވޭނީ!”

“އެކަމަކު…”

“ވިޝާން! ވިޝާންގެ މައްސަލައެއް ހުއްޓަސް އަހަރެން އަބަދުވެސް ވިޝާން ދެކެ ލޯބިވާނަން!” އަހަރެން ވިޝާންގެ މޭގައި ބޯއަޅާލީމެވެ. “ހަމަހުވާ!!”

ވިޝާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާ ވިސްނަމުން އެދަނީ ކޮންކަމަކާމެދުކަން އަހަންނަށް އެނގެއެވެ. އޭނާއަށް ހީވާކަހަލައެވެ. އޭނާއަށް ދަރިން ނުލިބޭކަން އެނގިއްޖެ ނަމަ އަހަރެން އޭނާ ދޫކޮށްލާފައި ދާނެއެވެ. އަހަރެންނަށް އޮތް ބިރަކީވެސް އެއީއެވެ. އަހަރެންނަށް ދަރިން ނުލިބޭކަން އިނގިއްޖެ ނަމަ ވިޝާން އަހަރެން ދޫކޮށްލަ ފަނެތީއެވެ. ނަމަވެސް ހަމަހިމޭން ވެފައި ތިބެގެން ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

ޑޮކްޓަރަށް ދެއްކީމެވެ. މައްސަލަ ހުރީ އަހަރެންގެ އެވެ. އެކަމާ އަހަރެން ދެރައެއް ނުވަމެވެ. ކުރިންވެސް ކޮންމެވެސް އެކެއްގެ މައްސަލަ ހުރިކަން އެނގިފައިވާތީއެވެ. ހަމައެހެންމެ ވިޝާން އަހަރެން ދޫކޮށެއްވެސް ނުލައެވެ. އަހަރެން އެކަމަށް ޝުކުރުވެރިވީމެވެ. ލޯތްބަކީ އެއީއެވެ.

މަންމަމެންގެ އެދުމުގެ މަތިން ޑޮކްޓަރަށް ދެއްކީމެވެ. ފުރަތަމަ ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެތާކުން އުއްމީދު ލިބޭ ކަހަލަ ނަތީޖާއެއް ނުލިބުނެވެ. ބޭސްކުރުމަށްޓަކައި އިންޑިޔާއަށް ފުރީމެވެ. އެކަމުންވެސް މާ އެދެވޭ ނަތީޖާއެއް ނުނުކުތެވެ. ދެން ދިޔައީ ލަންކާއަށެވެ. މެލޭޝިޔާއަށްވެސް ދިޔައިމެވެ. މުޅި ދުނިޔޭގައި އަތްފުނާ އެޅީމެވެ. އަހަރެންގެ އުނގު ފަޅުފިލާގޮތެއް ނުވިއެވެ. އަހަރެން މާޔޫސްވީ އެހިސާބުންނެވެ. ހިތަށްއެރިއެވެ. އަހަރެން ދުނިޔެއިން ވަކިވެގެންދާނީ މިހާލުގައި ތެޅެނިކޮށްކަންނޭނގެއެވެ. މުސްކުޅިވާދުވަހު އަހަރެން ބަލާދޭނީ ކާކު ހެއްޔެވެ؟

އެވަރުންވެސް ފިރިމީހާގެ އަޅާލުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭނާ ފޫއްސެއް ނުވިއެވެ. ދެ އަންބަށް އިންނާކަށްވެސް އޭނާ ނޫޅުނެވެ. ވިޝާން ކިހާ ރަނގަޅު ހެއްޔެވެ؟ ކިހާ ކެތްތެރި ހެއްޔެވެ؟

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ގިނަ ދުވަސްތަކެއްް ވަންދެން ގޭތެރޭގައި އިނުމަށްފަހު ބޭރަށް ނުކުމެލީމެވެ. ހަވީރުގެ ވަގުތަށްވުމުން މާލޭގެ މަގުތަށް ހަލަބޮލިވެފައި ބާރުބޮޑެވެ. ހަވީރު ފިންޏަށް މަންމައާއެކު ނުކުމެގެން އުޅޭ ކުޑަކުދިން ފެނުމުން އަހަރެންގެ ހިތަށް ތަދުވެއެވެ. ލޯ ފެންކަޅި ވެއެވެ. އެފަދަ ދުވަހެއް އަހަންނަށް ފެންނާނީ ކޮންއިރަކުންބާއެވެ؟

އަހަރެން ނުކުތީ ސުނާމީ ބިނާ ސަރަހައްދަށެވެ. އެ ދިމާ ތޮށިގަނޑުމަތީ އިށީނދެ ހަމަޖެހިލީމެވެ. އެ ސަރަހައްދުގައިވެސް ގިނަ އަދަދެއްގެ މީހުން އެކިއެކި ކަންކަމުގައި ހަރަކާތްެރިވަމުންދިޔައެވެ.

“ޕޮއް!!” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބަލައިލިއިރު ކައިރީގައި ހުރީ އަހަންނާ އެއްއުމުރެއްގެ އަންހެނެކެވެ.

“ހަމްދާ!! ހާދަ ދުވަހެއް ކޮށްލާފަ!!”

އަހަރެން އޭނާގެ މޫނަށް ބަލައިލީމެވެ. ދެކެ ފަރިތަ ވައްތަރު ޖަހައެވެ. ނަމަވެސް ހަނދާނެއް ނުވިއެވެ.

“ހަނދާން ނުވެގެން މިއުޅެނީ..؟ މީ…ކާކުތަ؟؟ ” ނިތްކުރީގައި އަތް ކާއްތާލަމުން އަހަރެން ހިނިތުންވެލީމެވެ. އޭނާ އަހަރެން ކައިރީގައި އިށީނެވެ.

“އެހާ ގިނަދުވަސް ވީމަ ހަނދާންވެސް ނެތޭނެ!!” އޭނާ އަޅައިގެން ހުރި ބޮޑު ބުރުގާ ވަޔާ ވިހުރެން ފެށުމުން  ބުރުގަލުގެ ކަނެއްގައި ހިފަހައްޓަމުން ހަމަ ހަމަޖައްސާލިއެވެ. “މީ އެއްކަލަ ނުޒުހާ!”

“ހޫން ނުޒޫ ގަނޑު ދޯ؟” އަހަރެން ކުއްލިއަކަށް ހަނދާންވިއެވެ. “ނޭނގޭނެއެއްނު ތިހިރީ މީހާއަށް އައިސްފަ ހުރި ބަދަލު! ސުކޫލުގަ އުޅުނުއިރު ތީ ހަމަ ހުރިގޮތަށްހުރި ޓޮޕެއް ނު؟” ނުޒުހާ ލައިގެން އިން ނިވާކަން ބޮޑު، ކަޅު ހެދުމަށް އަހަރެން ނަޒަރު ހިންގާލީމެވެ. އޭނާ އަކީ ކުރިން ނިވާކަން ކުޑަކޮށް ހެދުން އެޅި ކުއްޖެކެވެ. ސުކޫލުގައިެސް އޭނާ މަޝްހޫރުވެފައިވަނީ ‘ބަރބީ’ ގެ ނަމުންނެވެ.

“އާނ!! ބަދަލު ވާން ޖެހޭނެއެއްނު. ކިތަންމެ ކަމެއް މިހާރުވެސް ބަދަލުވެއްޖެ!!”

“ކޮންތާކުތަ މިއޮއް ހުރިހާ ދުވަހު ތި އުޅުނީ؟” ތޮށިގަނޑުމައްޗަށް ބިންދަމުންދިޔަ ރާޅުތަކަށް ނަޒަރު ހުއްޓާލަމުން އަހަރެން އެހީމެވެ.

“މިހާރު މި އުޅެނީ ފިރިމީހާ ރަށުގަ! މިކޮޅުގެ ކުލި ބޮޑުކަމުން އުޅެވޭ ވަރެއްވެސް ނޫންވިއްޔަ!” ނުޒުހާ ބުންޏެވެ. “އެކޮޅު ސުކޫލުގަ ވަޒީފާގަ އުޅެނީވެސް”

“މީހަކާވެސް އިނދެލީ؟؟ ސާބަސް! އަންގާވެސް ނުލަމެއްނު!”

“ހަމްދާވެސް ޚަބަރެއް ނުވޭވިއްޔަ! އެހެރީ ފިރިމީހާ!” ނުޒުހާ އަތުން އިޝާރާތްކުރިއެވެ. “ދަރިފުޅާ އެއްކޮށް!” އަހަރެން ބަލައިލީމެވެ. ނުޒުހާގެ ފިރިމީހާ ހުރީ 3 އަހަރަށް ދާ ފިރިހެން ކުއްޖެއް އުރައިގެންނެވެ. އެއީ ކޮންފަދަ އުފާވެރިކަމެއް ހެއްޔެވެ؟ ވިޝާންވެސް އެފަދަ ދުވަހެއް ދެކޭނެކަން ކަށަވަރެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން ނުޒުހާއަށްވެސް ފާހަގަވި ކަހަލައެވެ.

“ހަމްދާގެ ދިރިއުޅުން ކިހިނެއްތަ ދަނީ؟ ކުއްޖަކު ހުރޭތަ؟” ނުޒުހާ ސުވާލުކުރިއެވެ. “ކޮބާ ފިރިމީހާ؟”

“ފިރިމީހާ އެބައުޅޭ!” އަހަރެން އަނެއްކާވެސް ކަނޑުގެ ރާޅުތަކަށް ނަޒަރު ހުއްޓާލީމެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ނުޒުހާއަށް ފޮރުވުމަށްޓަކައެވެ. “ދަރިއެއް ހުރިނަމަ މިތަނަށް އެކަނި އަންނާކަށް ނުޖެހުނީހެއްނު!”

“މައްސަލައެއް އުޅެނީތަ؟” އަހަރެންގެ މޫނުމަތީގެ ކުލަވަރު ނުޒުހާއަކަށް ނުފޮރުވުނެވެ. “އަހަރެންވެސް މިއީ ދުރުމީހެއް ނޫނެއްނު. ޝެއަރ ކޮށްލާ!”

އަހަރެންގެ ހިތަށް ކުރި ފުންއަސަރު، ކަރުނަތިއްކެއްގެ ސިފައިގާ އަހަރެންގެ ލޯ ދޫކޮށް ކޯތާފަތްމައްޗަށް ވެއްޓުނެވެ. އަހަރެންގެ އެކަނިވެރި ހަޔާތް، ނުޒުހާގެ ކުރިމައްޗަށް ބަންޑުން ކޮށްލީ ރޮމުންނެވެ. ދަރިއަކަށް އަހަރެން ބޭނުންވެފައިވާވަރު ނުޒުހާއަށް ހަމަ ރަނގަޅަށްވެސް އިހުސާސްވާނެއެވެ.

“އެތަށް ގައުމަކަށް ދެވިއްޖެ.” ވާހަކަ ނިންމާލަމުން އަހަރެން ބުނީމެވެ. “އަދިވެސް… އަދިވެސް ބަދަލެއް ނާދެ!!”

“ހަމްދާ!!” ނުޒުހާ އަހަރެންގެ ކޮނޑުގައި އަތްބާއްވާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. “އުއްމީދަކީ ވަރަށް އެހެންކަހަލަ އެއްޗެއް! އެއްވެސް ކަމެއްގައި މާކުރިން އުއްމީދު ގެއްލުވާލާކަށް ނުވަނެ!!”

“އަހަރެން އިތުރަށް ކުރާނެ އުއްމީދެއް އެބޮތްތަ؟ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުން އެ ބުނަނީ ދެން ދުވަހަކުވެސް އަހަންނަކަށް ދަރިއެއް ނުލިބޭނެޔޭ!!”

“ހަމްދާ ތި ހުންނަނީ އެންމެ ކަމެއްގެ މަތިން ހަނދާން ނައްތާލައިގެން!” ނުޒުހާގެ ލޮލުން އެވަގުތު، އުއްމީދުގެ ކުޑަ މިންވަރެއް އަހަރެން ދުށީމެވެ. “އެކަމަށް އެންމެ ލަރިއެއްވެސް، ހަމަ އެންމެ ލާރިއެއްވެސް ބޭނުންނުވާނެ ކަމެއް!”

ކޮންކަމެއް!؟” އަހަރެން އިނީ ހިތް އަވަސް ވެފައެވެ.

“ދުޢާ!!” ނުޒުހާ ބުންޏެވެ. “ހަމްދާ އެންމެ ފަހަރަކުވެސް ﷲ ގެ ހަޒްރަތުގައި ދުޢާއެއް ކޮށްލިންތަ؟ ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު! އަޅެ އަހަރެން ބުނީތީވެސް ﷲ އަށް އިތުބާރުކޮށްފަ ދުޢާ ކޮށްބަލަ! ވާގޮތެއް އެނގިދާނެތާ!!”

އަހަރެން ވިސްނާލީމެވެ. އާނއެކެވެ. ‘ދުޢާ’ އެއްގެ މަތިން އަހަރެން ކުޑަކޮށްވެސް ހަނދާނެއްނެތެވެ. ކިހާ ލާރިއެއް ޚަރަދު ކުރެވިއްޖެހެއްޔެވެ؟ ކިހާ ދަތުރުތަކެއް ކުރެވިއްޖެހެއްޔެވެ؟ ނަމަވެސް އެންމެ ފަހަރަކުވެސް އަހަރެން ދުޢާ އެއް ނުކުރަމެވެ.

އަހަރެންގެ ކަނިވެ ނިވެމުންދިޔަ ހިތުގެ އުންމީދަށް ކުޑަކުޑަ ދިރުމެއް އައި ކަހަލައެވެ. ރޫހަށް ފިނިކަން ލިބުނެވެ. އަޒުމް އާވިއެވެ.

“ދީ ނުޒޫގެ ނަންބަރު!” އަހަރެން އެދުނީމެވެ.

“ދެން ދަނީ!!” އަހަރެންގެ ފޯނުގައި ނަންބަރު ޖެހުމަށްފަހު ނުޒުހާ ތެދުވިއެވެ. “ހީކުރަން ކާމިޔާބު ވާނެ ކަމަށް! ގުޑް ލަކް!!” ސަލާން ކޮށްލުމަށްފަހު ނުޒުހާ ދާން ހިނގައިގަތެވެ.

އަހަރެން އައީ ގެއަށެވެ. އެނދުގައި އޮވެގެން އަހަރެން ވިސްނީމެވެ. މަޤްރިބް ނަމާދުގެ ބަންގީގެ އަޑު އަހަރެންގެ ކަންފަތާ ހަމައަށް ފޯރީ އެވަގުތެވެ.

ވަގުތުޖެހުނީއެވެ. އަހަރެން ވުޟޫ ކޮށްލައިގެން އައިސް މުސައްލަ ފަތުރާލީމެވެ. މަޤްރިބް ނަމާދުކޮށް ނިންމާލުމަށްފަހު ސުންނަތް ކުރަން ތެދުވީމެވެ. ސުންނަތުގެ ސަޖިދާގައި އޮވެގެން އަހަރެން ދުޢާ ކުރީމެވެ. “ޔާ ﷲ އެވެ! މިއަޅާއަށް ދަރިއަކު ދެއްވާނދޭވެ! މި އަޅާގެ ޙަޔާތް އެކަނިވެރިކޮށް ނިންމަވާ ނުއްލައްވާނދޭވެ! މިއަޅާގެ ހަޔާތް ދަރިއެއްގެ ލޯބިން މަޙުރޫމް ނުކުރައްވާންދޭވެ!” އިސާހިތަކު އަހަންނަށް ރޮވިއްޖެއެވެ. ގިސްލަމުންވެސް އަހަރެން ދުޢާ ކުރީމެވެ. ސަޖިދައިން ތެދުވިއިރު މުސައްލަ ވަނީ ތެމި ފޯވެފައެވެ.

ޒަމާން ތަކަކަށްފަހު އަހަރެންގެ ހިތަށް ފިނިކަން އިހުސާސްވީ އެދުވަހެވެ. ހީވީ އަލުން ‘ފުރާނަ އެޅުނުވުނު” ހެންނެވެ. ވިޝާންއާކާއި މި ވާހަކަތަކެއް އަހަރެން ހިއްސާއެއް ނުކުރަމެވެ. އޭގެ ފަހުން ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން ދުޢާކުރަމެވެ. ހިތުގައިވާ ހަމައެކަނި އުއްމީދަކީ އެއީއެވެ.

ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އޭގެ ހަފްތާއެއް ފަހުން އަހަރެންގެ ބޯ އަނބުރަންފެށިއެވެ. އަހަރެން އެދުވަހު ހޮޑުލީ ހޮޑުލާ ހިތުންނެވެ. މި ދުވަސް ދެކެން ބޭނުންވެގެން އުޅޭތާ ކޮން ޒަމާނެއް ހެއްޔެވެ؟

ވިޝާންއަށް ނުވެސް އަންގާ އަހަރެން ކިޓެއް ގަނެގެން އައިސް ޓެސްޓް ވެސް ކުރީމެވެ. ނަތީޖާ ދެއްކީ ޕޮސިޓިވް ކަމަށެވެ. އަހަރެން އުފަލުން ރުއީމެވެ. ކޮޓަރިތެރޭ ދުވުނީމެވެ. ބާލީސްތައް އުކީމެވެ. ބޭޑްޝީޓް ގައިގާ އޮޅައިގެން އެނދުގައި އެތަށްއިރަކު އޮތީމެވެ. ހަދާފަ ނުހަދާނެ ގޮތެއްވެސް އަހަންނަކަށް ނޭނގުނެވެ. ﷲ އަށް ހަމްދު ކުރުމުގެ ގޮތުން ދެރަކުއަތުގެ ނަމާދެއްވެސް އަހަރެން ކުރީމެވެ.

“އޭ ނުޒޫ!!!” އަހަރެން ނުޒުހާއަށް ގުޅީމެވެ. “އަހަރެން ޕްރެގް ވެއްޖެ!!” އަހަންނަށް ހަޅޭ ލަވައިގަނެވުނެވެ.

“އެހެންތަ؟ އަލްޙަމްދުލިﷲ!!” ނުޒުހާގެ އަޑަށް ވެސް ބަދަލު އައެވެ. “ކޮންގްރާ! ކޮބާ؟ އަހަރެން ބުނީ ކީކޭ؟ ދެންވެސް ﷲ މަތިން ހަނދާން ނައްތާ ނުލާތި!”

“ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!!”

“ޝުކުރު އަދާކުރަންވީ މަށަކަށް ނޫން!! ހެއްދެވި ފަރާތަށް!” ނުޒުހާ ހެމުން ބުނެލިއެވެ. “ފިރިމީހާއަށް އެންގީތަ؟”

“ނޫނޭ! ވިޝާންއަށް ދޭނީ ސަޕްރައިޒެއް!” އަހަރެން ބުނީމެވެ. “އޭނާ ހާދަ އުފާވާނެއޭ!”

“އާނ!! ރަނގަޅުވާނެ! އޭ މިއުޅެނީ ދަރިފުޅަށް ކާނދޭންވެގެން!!” ނުޒުހާ ބުންޏެވެ. “ފަހުން ގުޅާނަން!!”

ފޯނު ބޭއްވުމަށްފަހު ވިޝާންއަށް ސަޕްރައިޒް ދޭނެ ގޮތަކާ މެދު އަހަރެން ވިސްނާލީމެވެ. ވިޝާން އޮފީހުން އަންނަވަގުތަށް ތައްޔާރުވާން އެބަޖެހެއެވެ.

ވިޝާން އޮފީހުން އައިއިރު އަސުރު 3 ގަޑި ބައިވަނީއެވެ. އޭނާ ކޮޓަރިއަށް ވަންއިރު އަހަރެން އޮތީ އެނދުގައި އޮށޯވެގެންނެވެ.

“ވަރަށް ހައިވެއްޖެ!! ހިނގާބަލަ ކާން ހަދާލަދޭން!!” ގަމީސް ބާލަމުން ވިޝާން ބުންޏެވެ. އަހަރެން އަޑުއިވުނުކަމަކަށްވެސް ނުހަދަމެވެ.

“ހަމްދާ!!” ވިޝާން ގޮވާލިއެވެ.

“ހިނގާބަލަ…”

“ހޫނ ހޫނ!! ކޮންމެހެން މަށަށް ގޮވާނެ ކަމެއް ނެތް!!” އަހަރެން ހަޅޭ ލަވައިގަތީމެވެ. “އޮފީސް ބިޓު ގެނައިނަމަ ކާން ހަދުވަން!!” ވިޝާން ވަގުތުން ގަނޑުވިއެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ.

“ހަމް…”

“މި ބުނީނު މަށަށް ގޮވައިގެން ނުވާނެޔޭ!! ގޭތެރޭގައި ރީތި ޑްރާމާތައް ކުޅެފަ މޮޅު ޑައިލޮގުތަކުން އަހަރެން ހައްދާލާފަ، އޮފީހަށް ގޮސް އެހެން އަންހެނުން ފަހަތުން ދުވާކަށް ލަދެއް ނުގަނޭތަ!!” ފުންމައިގެން އެނދުން ތެދުވުމަށްފަހު ބާލީސްތަށްވެސް އަހަރެން އުކައިގަތީމެވެ. އެވަގުތު ހިނިއަންނަންވެސް އުޅުނެވެ. ނަމަވެސް ކެތްތެރިވީމެވެ.

“ހަމްދާ ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟” ވިޝާން ހުރީ ވާނުވާ ނޭނގިފައެވެ. “ކާކު ކީކޭ ކިއީތަ؟؟”

“ކީއްކުރަން އެއެއް ބަލަންވިކީއެއް!! އޭނ!!! އަހަންނަށް ދަރިން ނުލިބުމަކީ އަހަރެންގެ ކުށެއްތަ؟” އަހަރެން ރޯންފެށީމެވެ. ލޮލުން ކަރުނަ ނެރުނީވެސް ގަދަކަމުންނެވެ. “ރީތިކޮށް ބުނެފަ ވަރިކޮށްލިނަމަ! އަހަރެން ހިނގައިދާނަމޭ!!”

“ހަމްދާ!!” ވިޝާން އަހަންނާ ދިމާއަށް ހިނގައިގަތެވެ.

“ނުވާތި މަށާ ގާތް!!” އަހަރެން އަނެއްކާވެސް ހަޅޭ ލަވައިގަތީމެވެ.

“ހަމްދާ ހެޔޮނުވާނެ!! ތީ ކާކު ދެއްކި ވާހަކަތަކެއްތަ؟”

އަހަރެންގެ ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ. ޕަކަޕަކަ އަޅާފައި ހީ ގަނެވުނެވެ. އެންމެ ފަހުން ބިންމަތީ ދެފައި ތަޅަތަޅާފައިވެސް ހުނީމެވެ. ވިޝާން ހުރީ ވާނުވާ ނޭނގިފައެވެ. އަހަރެން އަތުގައި އޮތް ކިޓް ވިޝާން އަށް ދައްކާލީ އެވަގުތެވެ. އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާއީ އުފާވެރިކަމެވެ.

“ކިރިޔާއެއްނު ބިރުން ހަލާކުނުވީ!!” ވިޝާން އަހަރެން އުރާލިއެވެ. އަދި ކޮޓަރިތެރޭ އެނބުރިލިއެވެ. “ކީއްވެ ތިހެން ތިހެދީ؟ ހާދަމޮޅޭ އެކްޓް ކުރަން!!”

“މޮޅު ދޯ! މިހެން ހެދީމަ ސަޕްރައިޒެއް ނުވޭތަ؟” ވިޝާން އަހަރެން ބިންމަތީ ބެހެއްޓިއެވެ.

“ނޫނޭ، މިހާވަރަކަށް ސަޕްރައިޒް ވާނީ!!” ވިޝާންގެ މޫނުމަތިން ހިނދުކޮޅަކަށްވެސް ހިނިތުންވުން ކެނޑިގެން ނުދެއެވެ.

“ހިނގާ ކާން!!”

“ހައިކަން ވެސް ކެނޑިއްޖެ!!” ވިޝާން ބުންޏެވެ.

“ކީއްވެ؟ އޮފީސް ބިޓު މާ ވަރުގަދައަށް ކާން ދިނީތަ؟” އަހަރެން އަނެއްކާވެސް ހޭންފެށީމެވެ. ވިޝާންވެސް އެ ހުނުމުގައި ބައިވެރިވިއެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރަަންފެށީވެސް އެވަގުތެވެ. މުޅިތަން އަނދިރިވެ ވިޝާންގެ އަތުތެރެއަށް އަހަރެން ދެމިގެން ދިޔައީއެވެ.

އަހަރެން ހޭ އެރިއިރު އޮވެވުނީ އެނދުގައެވެ. އަހަރެންގެ ކޮޓަރީގައެވެ. ކައިރީގައި ވިޝާންއާއި މަންމަ ވެސް ހުއްޓެވެ.

“ދަރިފުޅާ!” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “ކޮބާ ކިހިނެއް މިހާރު؟”

“އޯކޭ!” އަހަރެން ތެދުވުމަށްފަހު އެނދުގެ ފަޑީގައި ލެނގިލީމެވެ.

“މަންމަ ވަރަށް އުފާވެއްޖެ!!” މަންމަ ގެ ލޮލުން އެވަގުތު އަހަރެން ދުށީ އުފާވެރިކަމުގެ ކަރުނައެވެ. އަހަރެންގެ ހިތަށް ފިނިވެގެން ދިޔައެވެ. އަހަރެންގެ ސަބަބުން މަންމަ އުފަލުން ރޯތީއެވެ. “މިހާރުއްސުރެ މާމަ ކުއްޖެއް ދެކިލަން ކެތް މަދުވެފަ މި ހުންނަނީ!!”

އަހަރެމެން ޑޮކްޓަރަށް ދައްކަން ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ދެއްކީވެސް އެންމެ ފުރަތަމަ އަހަރެން ދެއްކި ޑޮކްޓަރަށެވެ.

“މީ ހަމަ މުއުޖިޒާތެއް ފަދަ ކަމެއް!!” ޓެސްޓްގެ ރިޕޯޓް ވިޝާން އަތަށް ދެމުން ޑޮކްޓަރު ބުނިއަޑު އަހަރެން އެހީމެވެ. “ޕްރެގް ވާނެ ކަމުގެ އެއްވެސް ޗާންސެއް ނެތި، މިގޮތަށް ދިމާވާނީ ވަރަށް ނަސީބު ގަދަ ވީމަ!! ގޮންގްރާ!”

ދެން އައީ އަހަރެންގެ ހަޔާތަށް ބަހާރު މޫސުން އައި ދުވަސްކޮޅެވެ. ފުން އަޑިގަނޑަކުން އަރައިގަނެ އަނެއްކާވެސް އުސްގަނޑަކަށް އަރަންވީ ދުވަސްތަކެވެ. މާބަނޑު ދުވަސްތަކުގެ މަރުހަލާތަކާ އަހަރެން ކުރިމަތިލީ އުފަލުންނެވެ. ވިޝާން ގެ އިތުރުން މަންމަ ގެ އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދިޔައެވެ. އެއްވެސް މަސައްކަތެއް ކުރިއަކަ ނުދިނެވެ. މޭވާއާއި ތަރުކާރީ ގެއިން ހުސްނުވެއެވެ.

8 މަހާއި 12 ދުވަސް ފަހުން އަހަރެން ވިހެއީމެވެ. އެއީ އަހަރެންގެ ހަނދާނުން ފިލުވާލަން އުނދަގޫވާނެ ދުވަހެއްކަން ޔަގީނެވެ. ހީވީ މުޅިގައިގެ ހުރިހާ ކަށިތަށް މުގުރިގެން ދިޔަހެންނެވެ. އެވަރުންވެސް ކެތްތެރިވީމެވެ. އަންހެނުންގެ އެންމެ ވަރުގަދަ އެއްސިފައަކީ އެއީ ކަމުގައިވާތީއެވެ.

ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ދަރިފުޅު ފެނުމުން، އެޅި ހުރިހާ ވޭނެއް ފިލައިގެން ދިޔަކަހަލައެވެ. ވައްތަރީ ވިޝާން އާއެވެ. ހަމަ އެ، ކުލަ ގަދަ އިސްތަށިކޮޅެވެ. އެ ތުންފަތެވެ. ލޮލުގެ ބައްޓަން ވެސް މެއެވެ. ދޮން ކަމުން ދަރިފުޅު އޮތީ ފިޔާތޮށި ކުލައިގައެވެ. މުއްކަވާލެވިފައިވާ ކުޑަކުޑަ އަތުގައި އަހަރެން ހިފާލީމެވެ. އެވަގުތު އެސްފިޔަތައް ތަޅުވާލަމުން ދަރުފުޅު ކުޑަކުޑަކޮށް ލޯހުޅުވާލިއެވެ. އަހަރެންގެ ހިތް ލޯބިން ފުރުނު ކަހަލައެވެ. ލޮލުން ކަރުނަ ހިލުނެވެ.

ވިޝާންވެސް ހީވަނީ ދެއީދު އެއްފަހަރާ ލައިގަނެގެން އުޅޭ ހެންނެވެ. ދަރިފުޅު ކައިރިން ދުރަށް ނުދެއެވެ. އިރުއިރު ކޮޅަކާ ދަރިފުޅުގެ ކޮލުގައި ކޮއްޓާލައެވެ. އުރާލައެވެ. އަތުގެ އިނގިލި ތަކާ ކުޅެލައެވެ. ނިތްކުރިއަށް ބޮސްދެއެވެ. މި މަންޒަރު ބަލަން އަހަރެން އޮތީ އުފާވެފައެވެ. ދަރިފުޅު ދެކެ ވިޝާން ލޯބިވާނެ ވަރު މިހާރުވެސް ވަޒަން ކުރެވެއެވެ.

ޒަމާން ތަކެއް ވަންދެން ނުފެނި އުޅުނު އާއިލާގެ މެންބަރުންވެސް އެދުވަހު ފެނުނެވެ. އެންމެން ވެސް ތިބީ އުފާވެފައެވެ. ކޮންމެ މީހަކުވެސް ދަރިފުޅަށް ހޫނު މަރުޙަބާއެއް ކިޔެވެ.

“ހަމްދާ!!” އަހަރެން ލޯ ހުޅުވާލީ ނުޒުހާ ގެ އަޑު އިވިގެންނެވެ. އެއިރު އޭނާ ކޮތަޅެއް ހިފައިގެން އައިސް ހުއްޓެވެ. “އަން! މީ ދަރިފުޅަށް ދިން ހަދިޔާއެއް!!”

“ނުޒޫ! އެދުވަހު ނުޒޫ އާ ދިމާނުވިނަމަ އަހަރެންނަށް ދުވަހަކުވެސް….”

“އެއީ ކަމެއް ނޫން!! ﷲ އެމީހަކަށް ދެއްވަން ހުރި އެއްޗެއް ދެއްވަވާނެ!” ނުޒުހާ އަހަރެންގެ ނިކުރީގައި ފިރުމާލިއެވެ. “ދެން އަދި ނިމުނީކީ ނޫން! ދެން ކުރިމަތި ލާން ޖެހޭނީ އެންމެ އުނދަގޫ މަރުހަލާއާ! ދަރިފުޅު ތަރުބިއްޔަތު ކުރުން! އެކަން ރަނގަޅަށް ކުރެވިއްޖެ ނަމަ މުސްތަގުބަލު ވަރަށް އުޖާލާ ވާނެ!!”

އަހަރެން އަޒުމް ކަނޑައެޅީމެވެ. ދަރިފުޅު ވީ އެންމެ ރަނގަޅަކަށް ތަރުބިއްޔަތު ކުރާށެވެ. ނުބައި އެންމެ ހާ ކަންކަމުން އެ ދަރިފުޅު ދުރުކުރާނަމެވެ. ނުރުހުމުގެ ގޮތުން މީހަކު އިނގިލި ކުރިވެސް ޖެއްސިއަކަ ނުދޭނަމެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ނިދާފައި އޮތް ދަރިފުޅަށެވެ. އެއީއަހަރެންގެ މުސްތަގުބަލެވެ. ދަރިފުޅު ރައްކާތެރިކުރުމަކީ އަހަރެންގެ ވާޖިބެކެވެ.

ދުވަސްތައް މާޒީވެގެން ދިޔައީ ހީކުރިވަރަށްވުރެވެސް އަވަހަށެވެ. ދަރިފުޅަށް 3 އަހަރު ފުރުނުއިރު ހީވަނީ ހަމަ ކުޑަކުޑަ ‘ވިޝާން’ އެއް ހެންނެވެ. އަހަރެމެން ދަރިފުޅަށް ކީ ނަމަކީ، ‘އިޝާން’ އެވެ.

އެތަށް އަހަރުތަކަކަށްފަހު އަހަރެންގެ އުނގު ފަޅުފިލީއެވެ. އުއްމީދުތަށް ހާސިލްވީއެވެ. އެރިފައިހުރި އުސްގަނޑުގެ އުސްކަމުން ކުރިމަތީ އޮތް އަޑިގަނޑުގެ ފުންމިން އަހަންނަކަށް ތަސައްވަރުވެސް ނުކުރެވުނެވެ. އުސްގަނޑަކަށްފަހު އަޑިގަނޑެއް އަންނާނެ ކަން އަހަންނަށް އެނގެއެވެ. ނޭނގެނީ އަންނާނެ އިރެކެވެ.

އެދުވަހު އަހަރެން އުޅުނީ އިޝާން އަށް ކާން ދޭށެވެ. މެންދުރުގެ ހޫނުގަދަ ވަގުތުކަމުން މުޅި ގޭތެރޭގައިވެސް ވެރިކަން ކުރަމުންދިޔައީ އުދާސްކަމެވެ. ބަތްތަށި ހިފައިގެން އިޝާންގެ ފަހަތުން ދުވާތާ 2 ވަރަކަށް ގަޑިއިރު ވެދާނެއެވެ. އަހަރެން ހުރީ ދާހިއްލުމުގެ އިތުރުން ރުޅިވެސް ގަދަވެފައެވެ. އެއިރު ވިޝާން ވީ އޮފީހުގައެވެ. މަންމަވެސް މިދުވަސްކޮޅު ބަލިކޮށް އުޅޭތީ އަހަންނަށް ކުރަން ޖެހޭ މަސައްކަތްތަށް ދެގުނައަށް އިތުރުވެފައިވެއެވެ.

އަހަރެންގެ ފޯނު ބިރުވެރިގޮތަކަށް ރިންގްވާން ފެށިއެވެ. އެއީ ކިހާ ނުރައްކާތެރި ފޯނުކޯލެއްކަން ކުރިން އަހަންނަށް އެނގުނުނަމަ އެ ކޯލަށް އަހަރެން ޖަވާބެއް ނުދިނީމުހެވެ. ނަމަވެސް ހަޤީގަތް ވާނީ ހަޤީގަތަށެވެ. ފޯނު ކަންފަތުގައި ޖައްސާލެވުމައެކު އަތުން ފޯނު ދޫވެގެން ވެއްޓުނީއެވެ. އިވުނު ޚަބަރުގެ ބިރުވެރިކަމުންނެވެ.

“މަންމާ!!” އަހަންނަށް ރޮއެ ގަނެވުނެވެ. އެވަގުތު މަންމަވެސް ކޮޓަރިން ނުކުތެވެ.

“މަންމާ ވިޝާން!!” އަހަރެން ތެޅިފޮޅެމުންގޮސް އިޝާން މަންމައަތަށް ހަވާލުކުރީމެވެ. އަދި ކޮޓަރިއަށްވަދެ ތައްޔާރު ވެލައިގެން ނުކުތީމެވެ. މަންމަ އެއިރުވެސް ހުރީ ވީނުވީ ނޭނގިފައެވެ.

“ދަރިފުޅާ ކީއްތަވީ؟”

“ވިޝާން…. ހޮސްޕިޓަލުގަ!! …..އެކްސިޑެންޓް…!!” އަހަންނަށް ވާހަކަ ދެއްކުނީ ކިރިޔަ ކިރިޔާއެވެ. ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އިޝާން ގޮވައިގެން އަވަސް އަވަހަހަށް ޓެކްސީއެއްގައި އަހަރެން ދިޔައީ އައި.ޖީ.އެމް.އެޗް އަށެވެ.

ހޮސްޕިޓަލަށް ދެވުނުއިރުވެސް ވިޝާން މަރެއް ނުވެއެވެ. އޭނާ މަރުވީ އަހަރެން އެތާ ހުއްޓައެވެ. އެއީ ކޮންފަދަ ހިތްދަތި ދުވަހެއް ހެއްޔެވެ؟ ވިޝާން އޮފީހުން ގެއަށް އައި މަގުމަތިން ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. އޭނާ މަރުވީ ބޯ ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުންނެވެ. އަހަރެން އެތަށް އިރަކު ގަނޑުވެފައި އެތާ ހުރީމެވެ. އަހަރެން އުރައިގެން ހުރި ދަރިފުޅުގެ މަތިންވެސް ހަނދާން ނެތްފަދައެވެ. ކުރިމަތީ އޮތީ ކިހާ ހިތްދަތި ދުވަސްތަކެއްކަން އަހަންނަށް ވިސްނުނީއެވެ. ވިޝާންއާ ނުލާ އަހަރެންގެ މި ކުޑަކުޑަ އާއިލާ ބަނޑަށް ޖެހިދާނެއެވެ. އަހަރެން ހުވަފެނުން ދުށް ދިރިއުޅުން ވިއްސިވިހާލި ވެދާނެއެވެ.

އެދުވަހު އަހަންނަކަށް ނުރޮވުނެވެ. ކަރުނަތަށްވެސް ގަނޑުވެފައި ވާފަދައެވެ. ވިޝާން ވަޅުލުމަށްފަހު ގެއަށް އައިސްވެސް އަހަރެން އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. އެކުވެރިން ހިތްވަރު ދިނެވެ. އެއިން ވީ ފައިދާއެއް ނެތެވެ.

“ހަލޯ! ހަމްދާ!!” ނުޒުހާގެ އަޑުގައިވެސް ހިތާމަ ހުއްޓެވެ. ބަދަލުގައި އަހަންނަށްވެސް ފެށުނީ ރޯށެވެ. އެދުވަހު އަހަރެން ރުއި ފުރަތަމަ ފަހަރަކީ އެއީއެވެ. ފޯނުން، ހިތުގެ އުދާސްތައް ނުޒުހާއަށް ކިޔައިދިނީމެވެ. އޭނާ ވެސް ރުޔެވެ.

“ހަމްދާ!! މިއަދު ރޮއެގެން ވާނެ ކަމެއް އެބޮތްތަ؟ މިއީ ދިރިއުޅުމަކީ! ކޮންމެވެސް އެކަކު ވަކިވެގެން ދާނެކަމީ ޔަގީން ކަމެއް!! އެހެންވީމަ ދެންވެސް ދިރިއުޅުމާ ކުރިމަތިލާ! އުއްމީދު ގެއްލުވާލާކަށް ނުވާނެ! ﷲ މަތިން ހަނދަން ކުރޭ!” ނުޒުހާ ނަސޭހަތްދިނެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ދަރިފުޅަށެވެ. އެއީ އަހަރެންގެ އުއްމީދެވެ. އަހަރެން ދެން ދިރިހުންނާނީ އެ ދަރިފުޅަށް ޓަކައެވެ.

ހުރިހާކަމެއް ހަނދާން ނައްތާލަން ވަގުތު ނެގިއެވެ. ހަމައަކަށް އެޅުމާއެކު ވަޒީފާއެއް ހޯދީމެވެ. ކުރިން ކިޔެވިފައި ހުރިކަން އެއީ އަހަރެންގެ ނަސީބެވެ. އެހެންނޫންނަމަ މިއަދު ބިކަ ހާލުގައި ޖެހުނީސްކަން ކަށަވަރެވެ.

އަހަންނަށް ވަޒީފާ ލިބުނީ އޮފީހަކުންނެވެ. މުސާރަވެސް ރަނގަޅެވެ. މައްސަލައަކީ ދަރިފުޅެވެ. އިޝާން ބާލާނީ ކާކު ހެއްޔެވެ؟ މަންމައަތަށް ހަވާލު ކުރާހިތެއް އަހަރެން ނުވެއެވެ. މަންމަ ބަލިކޮށް އުޅޭތީއެވެ.

ދެން އޮތީ އެންމެ ގޮތެކެވެ. ގެންގުޅޭ ކުއްޖަކު ގެނައުމެވެ. އެކަންވެސް އަހަރެން ކުރީމެވެ. ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައިރު އަހަރެންގެ މަންމަ އޮތީ ބަލި އެނދުގައެވެ.

އަހަރެން މަސައްކަތްކުރަން އުޅުނު އޮފީހަކީ މަސައްކަތް ބުރަ ތަނެކެވެ. ހެނދުނު އޮފީހަށް ދާމީހާ ސަލާމަތްވަނީ އިރުވެސް އޮއްސޭ ފަހުންނެވެ. ގެއަށް އަންނައިރު އަހަރެން ހުންނަނީ “ދެވަރުން އެއްވަރު” ވެފައެވެ. އަހަރެންގެ މުޅި ދިރިއުޅުން އެހީސާބުން ބަދަލުވެގެން ދިޔައެވެ. ކުރިން، ރުޅި މަޑު، މަޑުމައިތިރި ކަމަށް އެކުވެރިން ފާހަގަކުރާ ހަމްދާ، މިއަދު މިވަނީ ރުޅިގަދަ ރުންކުރު މީހަކަށް ވެފައެވެ.

ދުވަސްތަށް ވޭތުވަމުންދިޔަވަރަކަށް މަންމަ ގެ ބަލި ބޮޑުވަމުންދިޔައެވެ. މަންމަގެ އުމުރުން 78 އަހަރުވެފައިވުމުން، ތަހަންމަލު ކުރަމުން އެދަނީ ‘މުސްކުޅި ބަލި’ ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އޮފީހުގެ ކަންތައްތައް ބުރަ ކަމުން މަންމައަކާ އަޅައެއް ނުލެވެއެވެ.

އޮފީހުން ގެއަށް އާދެވެނީ އިރުވެސް އޮއްސޭފަހުންނެވެ. ގެއަށް ވަދެވޭފަހުން ކިތަންމެ ކުޑަކުޑަ ކަމެއް ފިޔަސް އަހަންނަށް އިސްކުރެވެނީ ރުޅިއެވެ. އެއީ އަހަރެން ބޭނުންވާގޮތް ނޫންކަމުގައިވިއަސް އެއަކަށް ބާރެއް ނުފޯރުވުނެވެ.

“ކިހާ ވަރުގަދަ ވެއްޖެ ކަމެއްތަ؟” އެއްދުވަހު މަންމައާ ދިމާއަށް އަހަރެން ބުނީމެވެ. އަޑުގައި ހުރި ހަރުކަށިކަން އަމިއްލައަށް އިހްސާސްވިއިރު މަންމަ އިނީ ރޯށެވެ. އެދުވަހު އަމިއްލަ ކުށް ގަބޫލު ކުރެވުނެވެ. ނަމަވެސް ފަހުން އެކަންވެސް ދިޔައީ އާންމު ވަމުންނެވެ.

މަންމަގެ ކަންތައްތައް ކޮށްދޭއިރު އަހަންނަށް ހުރެވެނީ ރުޅި ގަދަވެފައެވެ. އެއީ ކީއްވެހެއްޔެވެ؟ އޮފީހުގެ މަސައްކަތް ބުރަކަމުންހެއްޔެވެ؟ ‘މަންމަ’ އެއީ މަންމަ ކަން އަހަރެންގެ ހިތަށް ވިސްނާ ދޭން މަސައްކަތް ކުރީމެވެ. ނަމަވެސް ރުޅި ގަދަ ވާ ވަގުތު ހަޅޭ ލަވައިގަނެވޭލެއް މަދެއް ނުވިއެވެ. އެންމެ ފަހުން އިޝާން ގެ ކުރިމަތީގައިވެސް މަންމައަށް ކުދިކިޔަންފެށުނެވެ. އަހަރެން ރުޅިއައިސްގެން އެއްޗެހި ގޮވާއިރު އިޝާން ބަލަން ހުއްޓާ ކިތަންމެ ފަހަރަކު އަހަރެން ދެކެމެވެ. އެ ކުޑަކުޑަ ހިތަށް އަރަމުންދާނީ ކީކޭކަމެއް އެއިރަކު އަހަންނަކަށް ނޭނގުނެވެ.

މަންމަ އިޝާން ދެކެ ވަރަށް ލޯބިވާނެއެވެ. އަހަރެން އޮފީހުން އަންނަ ވަގުތު އިޝާން ގިނައިން އިންނާނީ އޭނާގެ މާމާ ގާތުގައެވެ. އެކަމާ ގެންގުޅޭ ކުއްޖާއާ ދިމާއަށްވެސް އަހަރެން އެއްޗެހި ގޮވީމެވެ.

“އަހަރެން ކަލޭ ގެނައީ މަގޭ ދަރިފުޅު ބަލަހައްޓާށޭ!! ދެން އިޝާން މަންމަ ގާތަށް ވަނަދީގެން ނުވާނެ!!” އަހަރެން އެދުވަހު ބުނީމެވެ. މަންމައަށް އެއަޑު އިވުނުކަން އަހަންނަށް އެނގުނީ މަންމަ ރޯންފެށި އަޑު އިވުމުންނެވެ.

އެންމެ ފަހުން އަހަރެން ނިންމީ މަންމަ މުސްކުޅި ބަލަހައްޓާ ތަނަކަށް ފޮނުވާލުމަށެވެ. އެއީ ކިހާ ދޯހަޅި ނިންމުމެއްކަން އަހަންނަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ މަސައްކަތްކުރަން ޖެހުނު ތަނުގެ ސަބަބުން އަހަރެންގެ މުޅި މިޖާޒު ބަދަލުވެގެން ދިޔައީއެވެ. ރުޅިގަދަވެ ޒީލަ ގަދަ ވެވުނީއެވެ.

އެދުވަހު މަންމަ ވަރަށް ރުޔެވެ. އިޝާން އާ ދުރުނުކުރުމަށް ބުނެ އާދޭސްކުރިއެވެ. ނަމަވެސް އަހަރެންގެ ހަރުހިތަށް އަސަރެއް ކުރާނެ ހެއްޔެވެ؟

މާމަ ގެއްލުމުން އިޝާން ސުވާލު ކުރިއެވެ. އަހަރެން އެކަން ފޫބައްދާލަނީ ކޮންމެވެސް އެހެން ވާހަކައެއް ދައްކާލައިގެންނެވެ. ކަންތަށް ވެގެން ދިޔަގޮތް ދަރިފުޅަށް އެނގޭކަމެއް އެއިރަކު އަހަންނަކަށް ނޭނގެއެވެ.

“ހަލޯ! ހަމްދާ ރަޝީދް ދެއްތޯ؟” މުސްކުޅިން ބަލަހައްޓާތަނުން ފޯނެއް އައީ އަހަރެން އިޝާން ނީންދަވަން އުޅެނިކޮށެވެ.

“ލައްބަ!”

“ހަމްދާގެ މަންމަ ބޭނުންވަނީ މާމަ ދަރިފުޅު ދެކިލަން! އެހެންވީމަ ދަރިފުޅު ގޮވައިގެން މިކޮޅަށް ދުރުވެލަންވީނުންތޯ؟”

“ކިއްކުރަން؟ މުސްކުޅިން ބަލަހައްޓާ ތަނަށްވެސް މި ފޮނުވާލީ ނުބެލެހެއްޓިގެން! ބުނޭ ހަމްދާ އުޅެނީ ވަރަށް ބިޒީކޮށޭ! ނުދެވޭނެއޭ!” އަހަރެން ފޯނު ކަނޑާލީމެވެ. އަހަރެން ހީކުރީ އިޝާން އޮތީ ނިދާފައިކަމަށެވެ. ނަމަވެސް އޭނާ އޮތީ ހޭލާއެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް އޭނާ އަޑުއެހިއެވެ.

ދަރިފުޅު ސުކޫލަށް ލީމެވެ. އަހަރެން ބޭނުންވަނީ ވިޝާން ފަދައިން އިޝާންވެސް ހަރުދަނާ ފިރިހެނަކަށް ވުމަށެވެ. އިޝާން ފެންނަ ކޮންމެފަހަރަކު އަހަރެންގެ ލޯބިވާ ވިޝާން މަތިން އަހަރެން އިންތިހާއަށް ހަނދާން ވެއެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟

މާޒީގެ ހިޔާލުތަކުގެތެރެއަށް ގެއްލިފައި އިންދާ އަހަރެން ސިއްސުވާލީ އިޝާންއެވެ. އެއިރު އޭނާ ހުރީ ޔުނީފޯމުގައެވެ.

“ކޮބާ މިއަދު ސުކޫލުގަ ކޯއްޗެއް ކިޔެވީ؟”

“އެބީސީ…” އިޝާން ވަގުތުން ޖަވާބު ދިނެވެ. އަދި ގެންގުޅޭ ކުއްޖާ، ނަތާޝާ އާއެކު އެއްޗެހި ބަދަލުކުރަން ދިޔައެވެ. އަހަރެން އެއިރު ގެއަށް އައިސް އިނީ ‘ބްރޭކް’ އަށެވެ.

އިޝާންގެ ދަބަސް ހާވާލާ ހިތްވީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ ދަބަހުން ފޮތްތައް ނެގީމެވެ. އަދި ފަހަރަކު ފޮތެއް ބަލަމުންދިޔައިމެވެ. އެއިރު އިޝާންވެސް އެއްޗެހި ބަދަލުކޮށްލައިގެން ސިޓިންރޫމަށް ނުކުންނަނީއެވެ.

ދިވެހި ފޮތުގައި މިއަދު ލިޔެފައިވަނީ އެކުއްޖަކު ބޮޑުވެގެން ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެކެވެ. އަހަރެން ވަރަށް ޝައުގުވެރިކަމާއެކު ކިޔަންފެށީމެވެ. ފަހަރަކު ކަމެއް ކިޔަމުންގޮސް އަހަރެންނަށް ހުއްޓެވުނީ 8 ވަނަ ނަންބަރަށެވެ. އޭގައި ލިޔެފައިވެއެވެ. “މަންމަ މުސްކުޅިވުމުން މުސްކުޅިން ބަލަހައްޓާ ތަނަކަށް ފޮނުވުން!”

އަހަރެން ގަނޑުވިއެވެ. ހިތަށް ތަދުވިއެވެ. ހަށިގަނޑު އައްސިވިއެވެ. ކަރުނުން ފުރެމުންދިޔަ ދެލޮލުން އަހަންނަށް ބަލައިލެވުނީ އިޝާން އަށެވެ. ތެދެކެވެ. އޭނާއަށް ފެންނާނީ އަހަރެން ކަންތައްކޮށްފައިވާ ގޮތެވެ. އޭނާ ހިނގާނީ ހަމަ އެމަގުންނެވެ. އެވަގުތު އަހަރެންގެ މުސްކުޅި ހަޔާތް ވޭތުކުރަންޖެހޭނެ ނިކަމެތި ހާލު ވަޒަން ކޮށްލެވުނެވެ. މިއީ ހަމަ އަހަރެން އަމިއްލައަށް ބުއި ބޮނޑިއެކެވެ. އުސްގަނޑަކަށް އެރެން އޮއްވާ ގަސްތުގައި އަޑިގަނޑަކަށް ފުންމާލީއެވެ. އަހަރެން ގޮސް އިޝާން ގައިގާ ބައްދައިގަތީމެވެ.

“ދަރިފުޅާ މަންމަ އަށް މާފްކުރޭ!!” އަހަރެން އިޝާންގެ ކޮނޑުގައި ހިފައި އޭނާއާ ހަތަރު ކަޅި ހަމަކުރަމުން ބުނީމެވެ. “މަންމަ އަށް މާފް ކުރޭ! މަންމައަށް ނުވިސްނުނީ!” އަހަންނަކަށް އިތުރު އެހެން އެއްޗެއް ނުކިޔުނެވެ.

“މާމަ ގެނެސްދީ!!” އިޝާން ވަރަށް އާދޭހާއެކު ބުންޏެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެވެ. އަދި މުސްކުޅިން ބަލަހައްޓާ ތަނަށް ގުޅީމެވެ.

“ހަލޯ! ކޮބާ މަންމަ!!”

“ކޮންބޭފުޅެއްތޯ؟”

“ހަމްދާ ރަޝީދް!” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

“މާފް ކުރައްވާ! އަޅުގަނޑުމެން ތިކޮޅަށް ގުޅަން އުޅެނިކޮށް ތި ގުޅުއްވީ! ހަމްދާގެ މަންމަ މީގެ 2 ގަޑިއިރުކުރިން ނިޔާވެއްޖެ!!” އެމީހާ އެންމެ ފަހުން ބުނި ޖުމްލަ އަހަރެންގެ ކަންފަތްދޮށުގައި ގުގުމައިގެން ދިޔައެވެ. ކޮންފަދަ ބިރުވެރި ޚަަބަރެއް ހެއްޔެވެ؟ ފޯނު ބޭއްވުމާއެކު އަހަންނަށް ބަލާލެވުނީ އިޝާގެ މޫނަށެވެ. އެ މައުސޫމް ދެލޮލުން ފެންނަނީ ސުވާލު މާކެކެވެ.

“ކޮބާ މާމަ؟”

އަހަންނަށް ރޮއެ ގަނެވުނެވެ. ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އަހަރެން މަންމައާ މެދު ކަންތައްކުރީ ކޮންފަދަ އިހާނެތިގޮތަކަށް ހެއްޔެވެ؟ އޭގެ ބަދަލު އަހަންނަށް ލިބޭނެކަން ކަށަވަރެވެ. އަހަރެން އަހަރެންގެ މަންމައަށް ކަންތަށް ކުރިފަދައިން މި ދަރިފުޅުވެސް އަހަންނަށް ކަންތަށް ކުރާނެއެވެ. އަހަރެންގެ މެރެމުންދިޔަ ދެލޯ ދުނިޔެއަށް ހުޅުވާލަދިނީ މި ކުޑަކުޑަ ދަރިފުޅެވެ. ނަމަވެސް ލަސްވީއެވެ. މާބޮޑަށްވެސް ލަސްވީއެވެ.

ފުރަތަމަ އެރުނީ އުސްގަނޑަކަށެވެ. އެއީ އަހަރެން އެންމެ ލޯބިވީ މީހާ އަހަންނަށް ލިބުމުންނެވެ. ދެން ވެއްޓުނީ ވަޅުގަނޑަކަށެވެ. ދަރިއެއް ނުލިބުމުންނެވެ. އަނެއްކާވެސް އުސްގަނޑަކަށް އެރުނެވެ. އެއީ ﷲ ގެ ރަހުމަތްފުޅުން އަހަންނަށް ދަރިއަކު ލިބުމެވެ. އަނެއްކާވެސް ވެއްޓުނީ ވަޅުގަނޑަކަށެވެ. ފިރިމީހާ މަރުވުމުންނެވެ. ދެން އަހަންނަށް ނުކުމެވުނީ ދެ ކަފި ވެފައިވާ މަގަކަށެވެ. އެތަނުން ކޮންމެވެސް އެއް މަގެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު އަހަންނަށް ލިބުނެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން އަހަންނަށް ނުހިފުނީއެވެ. އުސްގަނޑު ސާފުކޮށް ފެންނަން އޮއްވާ އަޑިގަނޑަށް ފުންމާލެވުނީއެވެ……

ނިމުނީ

Comments (86)

  1. Hoody

    hey guys…. 🙂 here is a short story again…. Ummeedhu kuran kamudhaane kamah… and all readers, please leave a comment… 😉

  2. Nuxu

    Superv

  3. flower

    Its Awsome

  4. mau

    Iburahtheri reethi vaahakaeh

  5. Nabhaan

    Wow vrh salhi…thnkw hoody…keep it up

  6. shiaa

    mi ves hama copy eh shiaa kiyin mivaahaka, kurin, varah ehgoi, aslu kurin gabooleh nukuran hoody copy kuraakameh, but mi vaahaka fenumun yageen vehjje bayaku edhahkanee thedhuvaahaka eh kan, thigothah aharemenge ithubaaru gehluvaalaane kamah hiyeh nukuran, but sorry den shiaa akah trusteh nukureveyne hoodyakah.

  7. Hoody

    Thnkx all….
    But shiaa… why are you telling that…. hama god promise koffa mu bunanee mee copy eh nooon 🙁 alhugandu hiyeh nukuran shiaa thihen bunefaane kamakah….. 🙁 But……………………………

  8. Hoody

    Shiaa mi story kiyaafa iniyyaa alhe e story ge link fonuva dheebala… I need proof….

  9. Anonymous

    hoody u are the best

  10. paree

    wow……vv reethi ,ibraitheri vaahaka eh
    …

  11. shy

    …..Hoody u are awesome

  12. Hoody

    Thnkx Anonymous , paree and shy… 🙂

  13. kiaraa

    shiaa Hoody ehaavarah dhera kuraa kah nuvaane…. if you don’t like this story plx plx don’t hurt others…. plx egothah comment nokkohbba….. Anyways hoody, you are my best writer…. Good luck

  14. Shehey

    Thankyou Hoody. Roadhamahu konme dhuvahakuwes Hoodyge story eh kiyaalan libeyne kamah unmeedhu kuran

  15. Nuzuha

    hehe…. You written my name….. mihaaru hoody ge vaahakathah reethi vejje….. Kiaa is my cousin…. Nuzu kiaraa kairin best story writer akee kaakuhey eheema bunaane HOODY…

  16. happy

    Love this story just superb

  17. nihaa

    Vrh reethi……

  18. Raa e

    Wow wow wow v nice storyey myvs uhmmeedh kuran v avahah hoody ge storyeh kiyaalan libeynekamah ..u r the best writer n best of luck keep it up mi storyaky v iburaitheri vaahakaeh haasakoh badhaluvamun anna mifadha mujuthamakah…

  19. neel

    Hoody u r the best, I lv ur story

  20. Aleena

    V salhi mi story vs…..keep it up hoody
    Hoody ebuny thedheh…copy eh viyya proof vs dhekken jeheyne dhw egothah comment kuraa iru..so comment kuri kujjaa avaha proof dhakka
    Anyways gud luck hoody….I like ur stor:-)

  21. Miracle

    Hoody dis story ix awsum…. vvv nice… ehnn stiry ehh avahahhh up kohhdhehhchey nge….

  22. reesh

    wow…. nice….

  23. Crazi

    Vrh shalhi dhen nereynee kondhuvahakun

  24. yash

    V v v v v salhi story hama varah iburatheri vahaka eh ♥♥♥

  25. Cutish

    Wow wow wow awesome story…….. Vvvvv nice…….. Alhugandu hama mi inthixaaru kurany hoooddyyy ge stry akah… Thanks a lot…….. Hoooddyyy!!!! Myhun kiyaa ehchakah alhaanulaa bahattabala…. Be good…….

  26. nax

    Nice story..

  27. neha

    Aslu shiaa j vany dhw hoody vaahaka liyan molhuveema? Vaahaka ves nuliyeveyne emmennakah eves hunareh dhw libifava

  28. nishy

    Awesome story ….hoody is the best

  29. faai

    wow hoody,,varah rythi n varah ibraiteri vaahaka eh.. u r the best hoody,, keep it up

  30. smilebuddy

    mi story vex v nice

  31. sad

    warah hithah asaru kohffi

  32. sif

    vvvvvvvvvvvvvvvvvvvv.asarugadha. masha Allah.

  33. zuhu

    Hoody ur stories are bst. … v salhi ingeyyy.. ramaxan ga story eh kiyan libeyne baaaa. hope so.. koba dhen kniraku kalhu finifenma season 2? Good luck

  34. zilaa

    v v v v v nice story

  35. yaaisha

    v iburah theri reethi vaahaka ey

  36. naj

    As usual really nice…maasha allah

  37. mary

    aharen grade 10 ga ulhunu iru dhivehi teacheru ves mikahala vaahak eh kiyaa dhin varah reethi… mi vaahaka ves varah reethi.. hoody ge vaahaka thah roadha mahu ves kiyan libeyne kamah umeedhu kuran…. ramzaan mubaarik Hoody and hurihaa kudhinah ves ….. 🙂

  38. butterfly

    Wow nice

  39. Me

    Hoooooodyy…! Yu r a great writer Masha Allah…! Story kiyaa nimuniima dhera v… Waiting for a new story..! Me

  40. Rozaine

    Whoa… hoody ur the best… Keep it up…

  41. kiaraa

    Hooooooooooooooooooooooooooooodyyyyyyyyy…….. alhe dhen ketheh nuvaane….. hoody ge vaahaka kiyaa hithun hure veny kee noon….. keevetha rodha mas ehaa lahun annanee….. this story isalso awsome…. plx plx plx plx plx plx roadha mahu komme dhuvahaku story eh genesdhechey…. and don’t worry meehun kiyaa ecissah…..

  42. kiaraa

    sorry kiaa ah hoody gaathu aadheys kure vuneema….. 🙁

  43. jui

    koba kalhu finifenmmaa?
    mi story v rythi 🙂

  44. shiaa

    alhe kaaku tha shiaa ge name ga comment koffa. hoody the story was awesome .and i havent read this story before. i dont even think like that . haaadha gohey e shiaa kiyaa fa comment kuri kujja

  45. shiaa

    huvaa mi buny varah dhera vejje j vaa kudhin u lhethy. plxx shiaa ge name ga komment kuri kujjaa bunebala WHY DID U DID THAT? . hoody plxxx trust me . its not your fan shiaa

  46. shiaa

    I trust u and i will trust u hoody

  47. shenaa

    june 15 aku mi story eh nuves kiyan adhi comment ehves nukuran. . june 16 , 4;45 ehaakah haairu mi story mi kyves . then how ……i . 🙁 🙁 🙁 🙁 🙁 god promise koffa mi buny negetive comment koffa eyy hoody ge fan shiaa eh nooney . plxxx trust me hoodyy . plxx then hoody ah ves inge ennu shiaa nukuraane kan e kahala comment . vvv reethi mi story . kon irakun kalhufinifenmaa season 2 . shiaa dheke rulhi naan nachey . ey shiaa kuri comment eh noon plxx hoody

  48. shenaa

    sorry s. eyy friends kiyaa name vyma jehuny ingey . sorry shenna ehnoon ingey shiaa

  49. same

    wow hoody hadha molhey v liyah, hama super… bst of luck…

  50. shiaa

    waiting 4 season 2 🙂

  51. shiaa

    fahareh ga kudhin na olhi dhaane shiaa and shenaaa . shiaa aky ves shenaa a kyves hoody ge fan shiaa ingey. aslu v gothaky shia jahan ulheni koh shenna jehuny. shenaa kiyaany friends , shiaa kiyaany family meehun , aslu name aky shiaana . OK dhw mihaaru .and RAMAXAN MUBAARIC TO ALL

  52. shiaa

    mi week varah buxy koh ulhey thy story eh kiyaalana mey hithaa balaa li iru hoody ge story eh inyma v happy vi. then comment kiyan fashaafa shiaa kiyaa fa kujjaku negetive comment koh fa iny ma varah rulhi aeyy. v foohi way then

  53. finni

    Aslu real life ga vaa kanthahthah but vvv madhu bayakah mikahala eycheheege beynun hifany….vvvvvv nice me ves me ge mihiri rangalukanthah kuge beynun hifey tho balaanan….ramlhaan mubaarik all memmbers…gud luck

  54. Butterfly girl

    Wow wat a story! Hoody is the best

  55. juma

    Wow! Hoody vareh nei hama. Ur the best Hoody. love this story

  56. juma

    Season 2 up kuraany. Hoody ehaa inthizaaru nukuruvaba.:(hoody kon iraku tha kalhu finifenmaa

  57. Maii

    Maasha Allah. Varah reethi mi story. Hama rovijje ♡

  58. Mishee

    Vvv reethi mi story… V iburaitheri story ehhh… Vvv bodah thanx hoodyy mihaa interesting story genes dhethyy… Nd im a big fan of uu…v nice hoody ge stories . nd ahaalan beynumee kalhu finifenmaa ge seadon 2 kiyuntherinaa hisaabah genas dheveyneee kon dhuvahakun thow??? Mishee kei theri kamaa eku inthixaaru mi kurany edhuvahah… Hooooodyyy…. Maasha allah… All the best…

  59. Zuu

    Varah rythi vaahaka eh….

  60. Hoody

    Thnkx all… 🙂 mihaaru varah buxy aslu ehnve kalhufinifemmaa 2 genes nudhevigen miulhenee…
    and shiaa, I know that shiaa ekahala kameh nukuraanekan….. dont worry….. 🙂 I trust you…..
    avahah comment kuran vegen log in vex nuve mi repley kuree… hope you dont mind……

  61. Hoody

    And ramazaan mubaarak to all lovely readers…… 😀

  62. fathun

    . . keep it up hoody.v v v v nice vv iburahtheri vaahaka eh.thanks hood.ma rangalhah ves rovijje.

  63. Dhil

    ,Wow v nice

  64. juma

    Hoody ah ves Ramazaan mubaarak♡♡

  65. juma

    And other too

  66. neem

    Shoa ey kiyaafa comment kuri fake kiuntheriya ah.. mi vaahakaaga vaa gothah v ginain hure mainnah goas koh hadha kudhinge vaahaka bunefa.. but mi vaahakaiga anna haadhisaathah ei copy eh nun.. mi vaahakaiga 3 haadhisa eh eba aadhe.. e thin haadhisa genesdhyfa inna gothun me copy eh nun.. kithah vaahakaigatha lbeyvafaatheri va vaahaka annany, but genes dhey goi thafaathu, ehn v ma ei copy ekey buneveynetha.. nubuneveyn3.. mashah hyvany thi fake kiuntheriya hoodyge stories enmen like vaathy, n reethi kamun j v hen.. but aharemen thihen bunyas gabooleh nukuran..

  67. neem

    BTW mi storyy v v noce, we knw hoody v bxy vaanekan.. so hoody ah va dhuvahakun, liyevey varakun genesdhy.. but we r waitingg..,
    All the best hoody..
    Ramadaan ,mubaarik, all readers, n hoody..♡♡♡♡

  68. Besty

    Ur Di best Hoody… Its just… It’s just awsme…. I love ITT…. Shiaa kiyaa fake kiyun theriyaa dheke vrh rulhi aissi… I think ur right neem

  69. july

    hoody dis story is also awsome….will wait for ur another story….keep it up

  70. sun

    nice story…… hoody ge storys haadha salhi ey dhw….. keep it up hoody…. u will be brilliant writerrr in future

  71. ais

    Wow vrh shahi Hoody

  72. ais

    Wow nice

  73. shiaa

    u are write neem . and thanks hoody 🙂

  74. Hoody

    Thnkx all….
    kalhu finifemaa season 2 ge name thafaathu vaane ingey… ‘kalhu finifemmaa’ eh noon kiyaanee… ehn name eh… and thats a surprise….. 🙂 ramazaan mubaarak…

  75. sif

    hoody. plz vv.avahah up kohdhyba evaahaka.

  76. sif

    vvvv avahah up koh dhyba. keh madhu vefa

  77. shiaa

    alhey kethen nukure way , then hoody . avahah genes dhechey ingey

  78. shiaa

    ramaxan mubaarak to all

  79. muxu

    V v v rythi……..adhi mikahala rythi vaahaka eh genesdhy…..

  80. shiaa

    kon irakun kalhu finifen maa season 2 hoody

  81. veera

    v rythi mi story

  82. adhy

    V salhi mi story waiting for next story… 🙂

  83. juma

    Wow!waiting for ur surprise Hoody…

  84. Ham

    V interesting nd touching. Plx prey for all like us who dont hav kids

  85. M

    Aslugaves rovijje.Varah asarugadha.
    Keep it up Hoody!!!

  86. Malak

    U r the best writer…..☺ .this story awesome I’m so excited…. Waiting for season 2…

Comments are closed.