
އަވަސް ކޮށްލައިގެން ރީތިވެލައިގެން ކޮޓަރިން ނުކުމިތަނާ ފިޔަވަޅުތައް ގަނޑުވީ ކައިރިން އިވުނު ފިރިހެނެއްގެ އަޑުންނެވެ. ކުރިމަތީ ހުރި މީހާ ފެނި ވާންވީ އުފާކަމެއް ކުރަންވީ ނަފްރަތު ކަމެއް ނޭގި ގަނޑުވެ ހުރީ ނޭވާވެސް ލާން ނޭގިފައެވެ.ހަމަ ގައިމުވެސް އެއީ އެންމެ ކުޑަ ދުވަހުން ސުރެ ބައްޕައެއް ގޮތުގައި ލޯބިވި އިންސާނާ އެވެ. އެ މީހެއްގެ ހިޔާވަހިކަމުގައި އެމީހެއްގެ ހަރަދުގައި އަހަރެން އުމުރުން މިވީ އަހަރެއް ވެއެތުވެފާވާއިރު، އެ އިންސާނާއަށް އަހަރެންގެ ހިތުގައި ބައްޕައެއްގެ މަގާމު އަބަދުވެސް ވިއެވެ. އެހެނަސް އެ އަތުން ވެސް ހިމާޔަތެއް ނުލިބުނެވެ. އަހަރެން ރައްކާތެރި ކޮށްދޭނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެކަން ބިލާހަކަށް ވެ ދިއައީއެވެ. ފެން ކަޅީވެފައިވީ ލޮލަކުން އަހަރެން އަހަރެންގެ ބައްޕަ ޒުހޫރު އާއި ދިމާލަށް ބލަހައްޓައިގެން ހުރެވުނީ ހުއްޓިފައިކަހަލަ ގޮތަކަށެވެ. ބައްޕަ އައިސް އަހަރެން ކައިރީ ހުއްޓިލަމުން ބޮލުގައި އަތްޖައްސާލިއެވެ. ވާހަކަ ދައްކަން ބޭނުންވެ ވާހަކަ ނުދެއްކިގެން އުޅޭކަހަލަ ކުލަވަރެއް އެމޫނުމަތިން ފާޅުވެއެވެ.
“މާޙީ އާއި މެދު ކަންތައް ވަމުން ދިއައީ ވަރަށް އިހާނެތި ގޮތަކަށް އަދި ކިރިޔާ އަހަންނަށް އެގުނީ މާހީ، ބައްޕަ އަށް މާފްކުރޭ، އިނގޭ މާފް ހައްގު ނޫންކަން، އަދި މާހީ އަށް އޮޅުވާލެވިފައިވަ އެތަށް ކަމެއް ވާކަން ވެސް އިނގޭ، އަހަރެން މި އާއި މިރަށަށް އެންމެ ތިންދުވަހަށް އަހަރެންގެ ކުދިންގެ މަންމަ ޖަލު ގައި ހުރި ހަބަރު ލިބިގެން، އެކަމަކު އައުމާއެކު އަހަރެން ހިތަށް ވެސް ނާރުވާ އެތަށް ކަމެއް އިނގިއްޖެ ރޭގަ ޔޫނުސް ކިޔާދިނުމުން،އެހެންވީމަ ސާއިނާ އަށް ވުރެ ބޮޑަށް އަހަރެން މިއެަދު ބޭނުންވި ކަމަކީ މާހީ ކައިރިން މާފަށް އެދުން ެއެނގޭ މާހީ އަށް ލިބުނު އަނިޔަގެ ބަދަލުގައި ހަމައެކަނި އެ ލަފްޒަކީ އެއްވެސް އަގެއް ހުރި ްއެއްޗެއް ނޫންކަންވެސް އިނގޭ، އެކަމަކު ވެސް މާހީއަށް ކޮށްދެވެންނާ މިބައްޕައަސް ހިތް ހަލާސްކޮށް މާފްކޮށްދީ ” ހިތާމަވެރިކަން އެކުލެވިފައިވި އެއަޑު ތުރުތުރު ލާކަން އިހްސާސް ކުރެވި ބަލާލިއިރު ބައްޕަ ދެލޯ ފޮހެލަމުން އެނބުރި ހިގައިގަތެވެ. ހުރި ފިޔަވަޅުމަތީ ގަނޑު ވެފައި އަހަރެންނަށް ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެއެވެ. ހަމަ ހޭކަން ވެރިވީ ޔޫނުސްބެ އަހަރެންނަށް ގޮވާލުމުންނެވެ، އޭރު ކޮޓަރި ނުކުމެގެ އައި ޔޫނުސްބެ އާއި ޒައިދު ބައްޕަގެ ގާތުގައި ހުރެ ކޮންމެވެސް ވާހަކައެއް ދައްކަމުން ދިއައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާ ކަހަލަ ގޮތަކަށް ގަޑިއާއި ދިމާއަށް ބަލާލެވުނެވެ. ގަޑިން އައްގަޑި ފަންސަވީސް ވެފަހުރިތަން ފެނި އަވަސް އަވަހަށް ދިއައީ އެންމެންނަށް ސައިބޯން ގޮވާށެވެ. ބައްޕަ އާއި ލައިގެން ތިންމީހުންނަށް ސައިތައްޔާރުކޮށް ނިންމާ ގޮސް ސައިބޯން އަންނަ ބުނުމުން ބައްޕ ފުރަތަމަަ ދެކޮޅުހެދިއެވެ. އެހެނަސް ޔޫނުސްބެ އެދުމުން އައިސް ސައިބޯން ފެށިއެވެ. ޔޫނުސްބެ ބައްޕަ ކައިރީ އަހަންނަށް ތައުެރީފުކުރަމުން ދިއައިރު، އެއް މިޔަކަނުން ހެވިފައި ޒައިދު އަހަރެންނާއި ދިމާއަށް އިރު އިރު ކޮޅުން ބަލަމުންދިއައެވެ.
އެންމެން ސައިބުގެން ނުކުތުމުން އަހަރެން ހަމައެކަނި ކޮފީތައްޓެއް ބޯލަމުން އަވަސް އަވަހަށް ނުކުމީ ލަސްވެ ދާނެތީއެވެ. އަހަރެމެންނައި އެކު ބައްޕަވެސް ސްޓޭޝަނައް ދިއައެވެ. ވަކިވަކިން އެންމެންގެ ބަޔަން ނަގާ އެރޭ ވިހުރިހާ ކަމެއްގެ ފަހަތުގައި ތިބި އަފްޒަލުމެން ގްރޫފް އެންމެން މަސްތުވާތަކެއްޗަށް ޕޮޒިޓީވިއެވެ. އޭގެ އިތުރުން އަޒާލްބެ ވެސް އެމީހުން ފަދައިން މަސްތުވާތަކެތި ބޭނުންކުރިކަމަށް ޕޮޒިޓިވް ވިއިރު މަންމަގެ ހަށިގަނޑުން އެ އަސަރާއި ހެކި ނުފެނުނަސް، އެކަމުގައި ބައިވެރިވި ބޮޑެއްގެ ގޮތުން ޖަލުގެ ތޭރި ތަކުގެ ދަށުން ނުކުންނަށް އުދަނގޫތަކާ ކުރިމަތި ލާން ޖެހުނެވެ. އަހަރެންނާއި ސުވާލުކުރަން ފެށުމުން ޖަވާބުދޭން ފެށިއިރު ގޭތެރޭގެ ހަގީގަތް ކިޔައިދިނުމަށް ކިތަންމެ ފަހަރަކު ހިތް ބުންޏެވެ. އެކަމަކު އަދި ރަގަޅުވަގުތު ނޫންކަމުގައި ގަބޫލް ކުރެވި މަޑުން ހުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. އަންހެން ފުލުހަކު އައިސް އަހަންނާއި ވަކި ސުވާލު ކުރަމުން ދިއައިރު، ހަށިގަނޑު ގައި ެފެންނަ ޒަހަމްތަކާއި މެދު ސުވާލު ކުރުމުން ދޭންބޭނުންވި ޖަވާބު ދުލަށް ނައިސް އެތައް އިރެއެްވަންދެއް އިންނަށް ޖެހުނެވެ. އަހަރެން ޖެހިލުންވެފައި އިނުމުން އޭ އަންހެންމީހާ ގޭމީހުން ކުރާކަމެއްހޭ ބުނުމުން ބޯޖަހާލެވުނީ އިހްތިޔާރެއް ނެތިއެވެ. އެތަށް ސުވާލެއް ކުރިމަތި ވަމުން ގޮސް އެންމެ ޖެހިލުންވި ސުވާލުވެސް އަމާޒު ވެގެން ދިއައެވެ. އަހަރެންނަށް ޖިންސީގޮތުން އަނިޔާއެއް ދޭން އެއްވެސް މީހަކު މަސައްކަތް ކުރިތޯ އެހުމުން އަހަރެންނަށް ހަމަހިމޭންކަނަ ވެރިވީ، ޖަވާބުދޭން ބޭނުން ނުވާތީއެއްނޫނެވެ. އޭރު އަހަރެން އިންތަނުގެ ބޭރު ބިއްލޫރިގަނޑުން ފެންނަ ހުރި މީހާގެ އިސާރާތް ފެނި ގަތް ބިރުން ނެވެ. ސުވާލުކޮށް ނިމިގެން ބޭރަށް ނުކުމި އިރު ކުރިމަތީ ލަމްހާގެ ބައްޕަ ޝާނިމް ެ އަހަރެންނައ ދިމާއަށް ހައިރާން ކުރުވަނިވި ބިރުވެރި ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އިސީދެ އިންއިރުވެސް ބެލެމުން ދަނީ ލަމްހާގެ ބައްޕަގެ މޫނަށެވެ. އަހަރެންގެ ބައްޕަ ޒުހޭރުއާއި ދިމާއަށް ހިގައި ގަނީވެސް އެތަށް އިރަކު އަހަރެންނައި ދިމާއަށް ބަލަން ހުރުމަށް ފަހުއެވެ. ބައްޕަ ކައިރީ ދެކެވުނު ސިއްރުވާހަކަތައް ނޭގުނަސް އަހަރެންނައި ގުޅުން ހުރި ކަންތައްގަނޑެއް ވާކަށް ދެމީހުންގެ އަމަލުތައް ހުރި ގޮތުން އެނގުނެވެ.
ޕޮލިހުން އަހަރެމެން ހާޟިރު ކުރި ކަންތައް ނިމުމުން ޝާނިމް އަމިއްލަ ަ އަށް އެދިގެން އަހަރެމެން އެންމެން ގޮވައިގެން ވޭނުގަ ގެއަށް ގެންގޮސްދިނެވެ. ބައްޕަ އާއި ޒައިދަ ޔޫނުސްބެ ފައިބައިގެން ބެރުގައި މަޑު ކޮށްގެން ހުއްޓާ ޝާނިމްބެ އަހަރެން ކައިރީ އޭނާ އާއެކު އެގެއަށް ގޮސްލަން އެދުނެވެ. އަހަރެން ހައިރާން ވެފަ ހުއަޓާ ބައްޕަ ދާން ބުނުމުން ދެން އިތުރަށް ދެކޮޅުހަދަން ނުކެރި، އަނެއްކަވެސް ވޭނަށް އެރީމެވެ. ލަމްހާ މުންގެއަށް އަހަރެން ގެންދަން ޖެހޭސަބަބެއެް ނުވިސްނި އަހަރެން ހާސްވަމުން ދިއައެވެ. ތިންވަރަކަށް މިނެޓް ދުއްވުމަށް ފަހު ބޮޑު ހަވޭލީ އެއް ކަހަލަ އެ ގޭގެ ދޮރުމައްޗަށް ވޭން މަޑުކުރުމުން އަހަރެން ފައިބި އިރު ކައިރީގައި އައިސް ހުއްޓުން ސާނިމްބެ ހާސްނުވުމަށް ބުންޏެވެ، އެތެރެއަށް ވަދެގެން ދިއައިރު އަޖާބުވާހާ ރީތި ތަންތަން ފެންނަމުން ދިއައިރުވެސް އަހަރެންނަށް ލިބިފައިވާ ހާސްކަމުގެ ސަބަބުން އެތަންވެސް ސިފަވީ ބިރުވެރި ގޮތަކަށެވެ. ކުއެްލިއަކަށް އަންހެނަކު ކުރިމަތިން ރޮއިގަތް އަޑަށް ބަލާލިއިރު ފުރަޅުލީ ގޮނޑިއެއްގައި އިން މުސްކުޅިމީހާ އަހަންނާއި ދިމައަށް އަތްދިއްކުރަމުން ހަޅޭލަވަމުން ރޮމުން ދިއައިރު ސާނިމްބެ އެަހަރެން ކޮޑުގައި ހިފައި ބިރުނުމގަތުމަށާއި އެއީ މާހީގެ މާމަ އެއްކަހަލަ މީހެއް ކަމަށް ބުންޏެވެ. އަހަރެންގެ ްއަތުގައި ހިފައިގެން ގޮސް ޝާނިމްބެ އެ މީހާ ކައިރީ ހުއްޓުމުން އެއްފަހަރު އަޑު މަޑު ކޮށްލަމުން ހިނިތުންވެލިއެވެ. ” މަންމާ މީ މަލީޝާގެ ދަރިފުޅު ..އަހަރެމެންގެ މާހީ ” ޝާނިމްބެގެ އެޖުމްލަތަކުން އަހަރެންގެ އަތް ޝާނިމްބެގެ އަތުން ދަމައިގަނެވުނެވެ. އަހަރެން ކުރިމަތީ އިން މުސްކުޅި އަންހެންމީހާ އހަރެންގެ ގައިގެ އެތަށް މިތާގައި ފިރުމަން ފެށިއިރު ހީވަނީ އަސްލުވެސް އަހަރެންގެ މާމަ އަށް އަލަށް އަހަރެން ފެނިގެން އުޅުނު ހެންނެވެ. އަހަންނާއި މިގެއާއި މިގޭ މީހުންނާއި އޮތީ ކޮންގުޅުމެއް ބާއެވެ؟ ހުސްވެސް އާދަޔާހިލާފު ކަންތައްތަކެވެ. މި ގޭ މީހުންނަކީ އަދފި އިހަކަށް ދުވަހު މާލޭގައި އުޅެފައި އައި ބަޔެކެވެ. ދެން އަހަރެންނާއި އުފެދެންވީ ކޮން ގުޅުމެއް ހެއްޔެވ؟ އަނެއްކަ ލަމްހާ އަހަރެންގެ ވާހަކަ ބުނިބާއެވެ. ހިތަށް މަސްހުނި ހިޔާލުތައް ވަންނަމުން ދިއައިރު، ވިސްނަނެ އެއްޗެއް ނޭގި ހުއްޓާ ގޭތެރެއިން ނުކުމި ލަމްހާ އައި ލަމްހާގެ މަންމަ ފެނިބަލާލެވުނެވެ. ބަލާބެލުމަށް ލަމްހާ ފަދައިން ލަމްހާގެ މަންމަވެސް އަހަންނަ ސިފަވީ ޒަމާނީ ކުލަގަނޑު ބޮޑު މީހެއްގެ ގޮތުގައެވެ. ލަމްހާ އަހަންނާއި އަރާހަމަކޮށް ނަފްރަތާާއި ހައިރާންކަން އެކުވި ނަޒަރަކުން މިތާނގަ ކީއްކުރަނީހޭ ސުވާލު ކޮށްލަމުން މަލާމަތް ކޮށްލީ ފިރިހެނުން ހޯދަން ދުވަނީހޭ ކިޔާފައެވެ. ނަމަވެސް ޖުމްލަ އެއްކޮޅުގައި އޮތްވާ ޝާނިމްބެ ލަމްހާ އާއި ދިމާއަށް ހުއްޓާލާށޭ ކިޔާ ހަޅޭލަވައިގަނެވެ. ލަމްހާ އެއްފަހަރު މަޑުމައިތިރިވި އިރު، ޝާނިމްބެ ގެ މިއަމަލުން ހާއިރާންކަން ލިބި އެތާ ތިބިއެންމެންގެ ހިތުތެރޭ ސުވާލުތައެް ގިނަވެ ގަތުނެވެ. ލަމްހާގެ މަންމަ އަހަރެން މިތަނަށް އައީ ކީއްކުރަން ކޮންބެނުމެއްގަ ހޭ އެހުމުން ލަމްހާގެ މާމަ ވާހަކަ ނުދެއެްކޭ ހާލުގައި ވެސް ހަޅޭލަވަމުން އެއަށް ރައްދުދޭން އުޅެގަތް ކަހަލައެވެ. ޝާނިމްބެ ފަރާތުން އެއްވެސް ޖަވާބެއެް ނުލިބުނުތާނގައި، އިސްޖެހިފައި ހުރީ ކުއްވެރިއެއް ހެންނެވެ. އަހަރެން ބޯ ފަޅައިގެން ދާ ވަރުވުމުން އެދުނީ ގެއަށް ދާން ހުއަދަ އަށެވެ. ކިތަންމެ ޖެހިލުވިއަސް އެކަނި ދާން ހިތުލަމުން ނުކުތް އަހަރެންނަށް ހުއްޓެން މަޖްބޫރުވީ، އެ އަންހެން މީހާ އަނެއްކާވެސް ރޮއިގަތްހެން ހީވިއަޑަށެވެ. އަހަރެން އެނބުރި ބަލާލުމުން އައުމަށް ބުނީ އިސާރާތުންނެވެ. ކައިރިއަށް ގޮސް ހުއްޓުމުން އަތުގަ ހިފާ ތިރިވުމަށް އެދުމުން އަހަރެން ގުދުވެލުމުން ދެއަތުން އަހަރެންގެ ގައިގާ ވަށާލިއެެވެ. އަދި އަހަރެން މޫނަށް އެތަށް ފަހަރަކު ބޮސްދެމުން ދެލޯ ފުހެލަމުން ހިނިތުންވެލާ އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންގެ ގައިން ދޫކޮށްލިއެވެ. ހިތަށް ދުވަހަކު ނުކުރެވޭފަދަ ލޯބިވެތި އިހްސާސެއް އެވަގުތު ކުރެވުނަސް އެ އިހްސާސްގެ މައްޗަށް ބާރު ފޯރުވައި،ފުންނޭވާއެއް ދޫކޮށްލީ އަހަރެންނަށް އިތުރު އެއްޗެއް ނުވިސްނުމުންނެވެ. ” މާމަ ގަނޑު ވެސް މިހާރު އެ މާހީ އާއި އަޅައިގަތީތަ، މުސްކުޅިވީވީނުން ތި ހިރީ ގޮވާފަ ބޮޑު މޮޔައެކޭ އެއްގޮތް އުޅޭގޮތުންވެސް، ލަދުން ހަލާކުވާވަރުވޭ، ” ލަމްހާގެ ވިހަ ޖުމްލަތަކުން އަހަރެނަށް ވަރަށް އަސަރު ކުރިއެވެ. ކުރިމަތީ ހުރި ޝާނިމްބެ ވެސް ރުޅީއައިސްގެން ލހަލާކުވާން ކައިރިވެފަ ހުި އިރުވެސް ބަހެއް ނުބުނެ ހުއްޓެވެ.ލަމްހާގެ މަންމަ ގެ މޫނުގެ ވިހަ ހިނިތުންވުން ފެނި އެ އަންހެނާގެ ފެންވަރު އިގިގެން ދިއައެވެ.އަހަރެން ގޮސް ވޭނަށް އެރުމުން ސާނިމްބެ ވެސް އަރާ ދުއްވާާލިއެވެ. ކެތްތެރިކަން ކޮޅުން ލާފައިވުމުން މަޑުން އިނުމަށް އުދަނގޫވެ އަހަރެން ސުވާލުކޮށްލީ، މީ ކޮންކަންތައް ގަނޑެއްކަޏ އަހަންނަަށް ބުނެދީ ފާނަން ހޭ ކިޔާފައެވެ. ޝާނިމްބެ ފުންނަޒަރެއް ދެމުން ހިނިރތުންވެލަމުން ބުނީ، ވަގުތު އާމަ ހުރިހާ އެގޭނެ ކަމުގައެވެ. އަހަރެން ކޮންއިރަކުން ހޭ އަހާލީ ފުދޭވަރަކަށް ބާރަށޭވެ. ” މާހީ ތީ ލަމްހާ ފަދ ކުއްޖެއް އަހަންނަށް ބޭނުމެއް ނޫން އިތުރަށް ކަންތައް ގަޑެއް އޮޅުވާލާލަށް ، އެހެންވީމަ އިތުރަށް މިވަގުތު ސުވާލުި ނުކުރޭ ޕްލީސް… ހިތްހަމަނުޖެހިފާވި ގޮތަކަށް އެހެންބުނުމުން އަހަރެން އިތުރު އެއްޗެއް ނާޙާ އިނީގެއާ ހަމައަށް ފޮރަންދެނެވެ. ގޭދޮރު މަްއްޗަށްވޭން ހުއްޓުމުން އަހަރެން ސުކުރުވެރިވެލަމުން ފައިބައިގެން ހިގައިގަނީ ގެތެރެއަށް ވަނުމަށެވެ.
ހަމަހިމޭން ކަން ފެތުރިފައިވާ ގެއަށް ވަދެ ތަންތަން ބަލަންފެށީ މީހެއްގެ ހިލަން ވޭތޯއެވެ. އެކަމަކު ގޭތެރެވެސް ވަނީ މަރުނިދީގައެވެ. މީހެއްގެ ހިލަން ނުވުމުން، އަހަރެން ވެފަހުރި ހާސްކަން ފިލުވުމަށް ޓަކައި ފެންތަށްޓެއް ބޯލައިގެން ގޮސް ސޯފާގައި އިށީދެލީމެވެ. ސިކުނޑިގައި ފުރިފައިވާ ސުވާލުތަށް ކުރާނީ ވަކި ކާކާހެއްޔޭވް؟ ބައްޕަގެ ފަރާތުން ޖަވާބު ލިބޭނެ ނަމައޭ ހިތަށް އެރުމުން އެކަން ކުރަން ނިންމީމެވެ. އެކަމަކު އެވަގުތު ލިބޭނީ ކޮންއިރުކުން ކަމެއް ނޭގޭތީ، ހަދާނެގޮތް ހުއސްވެފައި އިންދާ އަހަރެންގެ ހިތުގެ އަޑު އެބައްޕަ ޢާއި ހަމައަށް ފޯރީ ކަންނޭގެ އެވެ، ބޭރުން އައިސް ވަން ބައްޕަފެނި ހިނތުންވެވި ކޮޅަށް ތެދުވެވުނީ ބޭއިހްތިޔާރުގަެއވެ. އަހަރެން މަޑު ހިގުމެއް ގައި ގޮސް އެ ކޮޓަރި ކައިރީ ހުއްޓިލިމެވެ. ބައްްޕައަާށް އަހަރެމން ފެނުމުން އެތެރެއަށް ވަނުމަށް ބުންޏެވެ.” ބައްޕާ އަހަރެން ބައްޕައަށް މާފްކުރާނަށް، ބައްޕަގެ ފަރާތަކުން އަހަރެންނަށް ދުވަހަކުވެސް ގެއްލުމެއް ވެސް ނުވޭ، އެކަމަކު ބައްޕަ މިއަދު ބުނީމެންނު ބައްޕަވެސް އަހަންނަށް ކަންތައްތަކެއް އޮޅުވާލެވިފައިވާ ވާހަކަ އެ ހުރިހާ ވާހަކަެއެއް ކިޔާދީބަލަ، މިއަދު ޝާނިމްބެ ކަންތައް ކުރި ގޮތުންވެސް އެބަ ވަރަށް އެބަ ބޮލުގަ ރިއްސާބަ، އަހަރެން މިހުރީ ވާނުވާއެއް ނޭގެ ކަންތައްގަނޑެއްގަ ބަދެވިފައިވާ ކަމުގެ އިހްސާސު ކުރެވެނީ، ،ޝާނިމްބެ އާއި ސުވަލުކުރުމުން ވެސް ޖަވާބެއް ނުލިބުނު، އަހަރެން ދެން ކިހިނެއް ހަދާނީ” އަހަރެންގެ ލޮލުން ކަރުނަ އަންނަ ފެށުމުން އިސްޖަހާލަމުން ކަރުނަތައް ފޮހެލިއެވެ. ބައްޕަ އޯގާވެރި އަތަކުން ފުރަތަމަ ފަރަހަށް ފިރުމަލިއެވެ،”.ދަރިފުޅު ތީ މިއޮތްހަ ދުވަހު އަހަންނަށް ނުލިބިގެން އަހަރެން ތެޅުނު އަންހެން ދަރިފުޅު، އަންހެން ދަރިއަކު ދެއްވާތޯ އެތަށް ދުއާއެއް ކުރިން، އެކަމަކު އަހަނަށް ލިބުނު ދެފިރިހެން ދަރިން ފިޔަވާ އިތުުރު ދަރުއެއް އަހަރެންގެ ނެތް، އަދި ދުވަހަކު ލިބޭކަށް ވެސް ނެތް، ވެދާނެ މީ އަހަރެން ތި ދަރިފުޅަށް ވި އިހުމާލުގެ ބަދަލުކަމަށް ވެސް ދެއްވީ، ދަރިފުޅޫގެ އަސްލުބައްޕަ އަކީ މިއެއް ނޫން،އަދި މަންމަ އަކީ ސާއިނާ އެއްވެސް ނޫން، ދަރިފުޅުގެ އަސްލު ބައްޕަ އަކީ ޝާނިމް، އަދި މަންމަ އަކީ ސާއިނާގެ ދޮންތަ މަލީސާ، ދަރިފުޅު ވިހޭތަނުން ދަރިފުޅޫގެ މަންމަ މި ކެހިވެރި ދުނިޔެއާއި ވަކިވެގެން ދިއައީ އެތްާށް ވޭނެއް ތަހައްމަލު ކޮށްފަ، ދަރިފުޅުގެ މަންމަ އަށް އެމަންމަގެ ދޮބން ބައްޕަގެ ފަރާތުން އެތަށް އަނިޔާއެއް ލިބުން، އެ މަންމަ ބޭނުންވާ މީހާއާއި ކައިވެނި ކުރަންވެގެން ފިލިތަނާ، ހޯދައިގެން އެ ފިރިހެން މީޙާ އަށް އަނިޔާކޮށް، މަލީޝާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތަށް އަނިޔައެއްދީ، ދުނިޔެއަށް މޮޔަކޮށްލި، ދަރިފުޅުގެ މަންމަ ގެ ދުންބައްޕައަކަށް ކުދިންނެއް ނުލިބޭ، އޭގެ ނާޖާއިޒު ފައިދާ ނެގި މަންމަގެ ހަށިގަނޑު ރޮލާކަމުން، ނުވިތާކަށް ރަސ=ށޫގެ މީހުން އަތުން ފައިސާ ހޮދަން ވެސް ދަރިފުޅުގެ މަންމަ ނީލަން ކިޔަން ފެށި، އޭގެން އެ ގްްރޫޕެއްގަ އޭރު މަށާ ޝާނިމް އުޅުނީ، މަ ސާއިނާ ދެކެ ލޯބިވާތީ، އެކަހަލަ އެއްވެސް ކަމެއް ނުކުރަން، އެ ދައުވަތު ގަބޫލްކޮށް މަލީޝާ ސިކާރައަކަށް ހެދީ ޝާނިމް ، އޭރު އެނަގެ ދެއަހަރުގެ ދަރިފުޅާއި އާއިލާ ވީ މާލޭގަ، މަލީޝާ އާއި ގަދަކަމުން ޝާނިމް އެތަށް ފަހަރަކު ބެހުނު ވިހަން ވޭން ވަރު ޖެހެންދެ އެފަކީރު އުޅުނީ އެހާލުގައި، ދެން އައީ އެދުވަސް ދަރިފުޅުގެ ނޭވައާއި އެކު މަލީޝާ މިދުނިޔެއިން ދިއައީ، ޝާނިމްއަށް އެންމެ ފުރަތަމަ ފެނިލުމުންވެސް ތީ އޭނަގެ ލޭކަން އެގުނު، ޝާނިމްގެ މަންމަ ވެސް އެކަމަށް ހެކިވާނެ، ޑިއެން އޭ ހެދުމުން ޔަގީންވި، އެހެނަސް ކުލުނެއް ނުތި، ދަރިފުޅު މިރަށައް ދޫކޮށް އެމީހުން ފުރައިގެން ރައްކާވީ، ޝާނިމްގެ އަންހެނުން އެކްސިޑެންޓް ވިއޭ ކިޔާފަ، އޭރު ކަންތައް ހުރި ގޮތުން ދަރިފުޅު މާމަވެސް ބެލުމަށް އުޒުރު ވެރިވީ، އެކަމަކު ސާއިނައަށް އޭރު ހީވީ އާ ދިރުމެއް ލިބުނުހެން، ދަރިފުޅައި ހެދި، މޮޔަވެފަހުރީ، ސާއިނާ ޢާއި އަހަރެން ކައިވެނި ކުރީ ދަރިފުޅަށް ހަތަރު މަހުގަ، އަހަރެން ސާއިނާ އަށް ޝާނިމްގެ ވާހަކަށް ކިޔައިދިނުން އެއީ ކުރެވުނު އެންމެ ބޮޑު ކުށް ކަންނޭގެ، އެކަމުގެ ސަބަބުން. މާޙީއަށް ސާއިނަ ނަފްރަތު ކުރަންފެށީ، ” ލޮލުން ހޯސްލާފައި ފައިބަމުން ދިއަކަރުނަތަކާއި އެކު އަހަރެންނަށް ބައްފަގެ ގައިގާ ލައްވެ ގަނެވުނީ، ތަގްދީރު އަހަންނަށް ދައްކަމުން މިދާ ދަޅަތަކުން ދެން އިތުރަށް ކެތްނުވެ މަރުވަން ވީއޭ ހިތަށް އަރަންފެށުމުންނެވެ. “ތީވެސް އަހަރެންގެ ހަށިގަނޑުގެ ދަހިވެތިކަމުގައި އުޅުނު މީހެއްދޯ!!!!!!!!!!……..ނުނިމޭ
13 Comments!
Comments are closed.
Masha allah..
V v v reethi vaahaka.. n v i tresting
Dhn kn dhuvahakun up vaany
Vara reethi maasha Allah….thankolhe avaha next part up kodhechey
Avahah next part up kohdhehchey mi part ves v nice
??..varah rythi dhn aneh part kn dhuahaku
Alhe haadha ryychey… Avx koh next part up khdhybla..
Oolalalaaooo fantastic vvvvv nice..
THANKYOU OLL.:) NEXT PARTVES NIMUNUHAA AVAHAKAH UPKOHDHEYNAN. HOPE U ALL WILL LIKE IT.
Interesting….
Best story . Aslves vvvv thafaathu molhu story eh mee u r grt writer.ummah
Varah reethi
Sakhi … ekam dhen maa goyy bodee… ekam ves dhen ok
v v v v v v v v v v v reethi mi vaahaka
Reethi varah