Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން (ޕާރޓް-3)

shaai Level 110 Stories
April 22, 2015 3 Mins Read
11 Comments

އަހަރެންގެ ހަޔާތެކޭ ކަޅުކަން ވެރިވެފައިވާ ކޮޓަރިއެކޭ އެއްފަދައެވެ. ހަޔާތުގައި ހާސިލް ކުރަން ބޭނުން ކިތަންމެ ކަމެށް ހިތުގައި ރާވަމުން މި ދަނީ އެކަން ފުރިހަމަ ވާނޭ ކަމުގެ އުންމީދެށް އޮވެގެންނެއްް ނޫނެވެ. ހަދާން ހުންނަން ފެށީއްސުރެ އުޅެން ޖެހިފައި ވަނީ ހީވެސް ނުކުރާހާ ހިތްދަތި ކަން މަތީގައެވެ. ކާން ލިބެނީ ފާރޮށި ކިބައަކާ ކަޅު ސައި ތަށްޓެކެވެ. ފެންވަރާލިޔަސް ގައިން ނަގާ ދިލައިން ކެއްވާވަރެށްނުވެއެވެ. އަހަރެންނާ މެދު އޯގާތެރި ވާނޭ ފަރާތެއް ހޯދަން ދާނީވެސް ފަހެ ކާކު ގާތަށް ހެޔެވެ. މަންމަ ވެސް އަހަރެން އެންމެ ބޭނުންވީ ދުވަހު އަހަރެން ދޫކޮށް ދިޔައީއެވެ. ލޯބި ބޭނުން ވީ ވަގުތު ލިބުނި އަނިޔާއެވެ. މަންމާއެވެ. މަންމަ ގާތަށް މަންމަގެ މި ދަރިފުޅުވެސް ގެންދާށެވެ. ކެއްކުރެވޭ ވަރަށް ވުރެ ލިބޭ އަނިޔާ މާ ބޮޑެވެ. ހަޔާތުގަ އެންމެ ދެރަވީ މަންމަ ނެތް ދުވަހު އަހަރެންނަށް ރައްކާތެރިކަން ހޯދަދޭންޖެހޭ މީހާގެ ވަކިތަކުގެ ދަށަށް ދާންޖެހުނީމައެވެ. ބައްޕަ އެއީ އިންސަނެއްގެ ސިފާގައި ހުރި ޖަނަވާރެސްކަން އެގުނީއެދުވަހުން ފެށިގެންނެވެ. މައިންބަފައިން ދަރިނަށް ދެރަގޮތެއް ވާން ނޭދޭނެއޭ ބުނާ މީހުން ހަދަނީ ހުސް ދޮގުކަން ވިސްނުނީ ބަފާމީހާގެ ޝަހުވަތުގެ ކަރުހިއްކުން ފިލުވަން ބޯ ބުއިމެށް ގޮތުގަ އަހަރެން ހިޔާރު ހުރީތީއެވެ. ދަރިއެއްކަން ހަދާން ނެތި އަމިއްލަ ގޭގައި ގެންގުޅޭ ބުޅަލުގެ ދަރަޖަވެސް ނުދިނީތީއެވެ. ކުދިން ކުޅެން ގެންގުޅޭ ކުޅޭ އެއްޗަކަށްވުރެ އަހަރެންގެ އަގުކުޑައެވެ. ބައްޕާއޭ ކިޔާ ގޮވާލުމުން އަގަމަތީގައި ޖަހާ ތުންފަތް ނޭންގޭވަރަށް ޗިސްޗިސް ކޮށްލީ ކިތައްދުވަހު ކަމެށްވެސް ނޭންގެއެވެ. ބަލިވެގެން ގޭގަ ކުޑަކަމެށްވެސް ނުކުރެވި ހުރިއްޔާ އަދަބަކައް އަތުގައި އަލިފާން ޖައްސާ ފިއްސާނުލާ ރެއެށް މަދުވާނެއެވެ. މަންމާއެވެ. މަންމަގެ ލޯބިވާ ދަރިފުޅު މިއުޅޭ ހާލުބަލާލަން އެންމެ ފަހަރަކުވެސް އައިސްބަލާށެވެ. ދުންބެއެސް ހަދަނީ ހަދާނެގޮތެކެވެ.. މަންމާއެވެ. މިހާރު ބައްޕަ އުޅެނީ އެހެން މީހަކާ އިދެގެންނެވެ. އޭނާ ފުރަތަމަ އައި ދުވަހުވެސް ކެކި ކެކި ހުރި ގަރުދިޔަ ތެލި އޮއްސާލި އަހަރެންގެ ފަޔަށެވެ. ޖެއްސުންކޮށް އަހަރެނައް އަނިޔާ ދިނުން އާންމު ކަމަކައް ވީ އިރު ބައްޕަ އަހަރެނާ ބެހޭތަން ބަލަން އޭނާ ހުންނަނީ ހެވި ދިލިފައވެ..”                                                                                 ޝިބާން އަށް ކިޔަން އުދަގޫ ވެގެން ފޮތް ލައްޕާލެވުނެވެ. ބާލީހުގެ ދަށައް ފޮތް ކޮއްޕާލުމަށްފަހު ހިންދެމިލިއެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ބައްޕައެން ހަމަ އެހާ ގޯހީ ހެޔެވެ. މި ގައުމުގަ ހުރިހާ އަންހެން ކުދިންއެސް އުޅެން ޖެހޭހާލަކީ އެއީ ހެޔެވެ؟ ހުރިހާ އަނިޔާއެއް ތަހަންމަލުކުރަމުން ދާއިރު ހަމަ އެކަކުވެސް އޭނާ އަށް އެހީވާން ނާންނަނީހެޔެވެ؟ ޝިބާނޮ އަށް ކުޑަމިނުން ނަންވެސް ނޭންގޭ އެކުއްޖާއާ މެދު ހިތް ހަމްދަރުދީން ފުރުނެވެ. އެއީ ކޮންމެ ތާކު ހުރި ކޮންމެ ކުއްޖަކަސް އެހީވާން ބޭނުންވީ ކީއްވެ ކަމެއް ހުދު ޝިބާން އައްވެސް ނޭންގުނެވެ.                                                                                                  އެހިޔާލުތަކުން ދުރުވެ ނިދަންކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ދެފަރާތައް ފުރޮޅި ފުރޮޅިވެސް ނިދޭގޮތް ނުވުމުން ތެދުވެގެން ބަދިގެއައްވަދެ ކޮފީއެއް ހަދާލުމަށްފަހު ޓެރެހައް ނިކުތެވެ. އޭރު ގަޑިން 4 ޖެހުމާ ގާތްވެއްޖެއެވެ. ހަމައެކަނި ބޮކްސާގައި ހުރި އިރު އެ ކަސްރަތީ ހަށިގަޑު ހާމައަށް ފެއްނަން ހުއްޓެވެ. ޖިމަކަށް ނުދިޔަސްވެސް ހަށިގަޑު ފިޓްވެފަ ފިރިހެން ވަންތައެވެ. ދުރުންފެންނަންހުރި ޕްލޭގްރައުންޑަށް ކުދިންތައް އެއްވަމުން ދިޔައެވެ. ފަތިސްވާން ގާތްވެއްޖެ ކަމުގެ އަލާމާތްތައް ފެންނާން ހުއްޓެވެ. ނޫކަން ގަދައުޑުގަި އެކި ކުލަކުލައިގެ ވިލާތަކުން ފަޅުފިލުވައިލެވިފައިވެއެވެ. މަދުން ނަމަވެސް ތަރިތަށްހުރުމުން ފެންނަލޭ އަދި މާ ފުރިހަމައެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ކިޔަމަންތެރިކަމާއެކު އިރުގެ ވާޖިބު ހަވާލުކުރުމައް ހަދު އޮއްސެން ދިޔައެވެ. ގުދުރަތުގއ ފުރިހަމަ ކަމާމެދު ދެވަނަ ފަހަރަށްވިސްނާކުމައް މަޖުބޫރުވެޔޭ ޝިބާންގެ ހިތަށް އަރަމުން ދިޔައެވެ.                      ބަންގީގެ އަޑާއެކު ގޭތެރެވެސް ހަލަބޮލިވިކަން އިހްސާސްވިއެވެ. ކޮންމެ މީހަކުވެސް އެމީހަކައް ހަވާލުކުރެވިފައިވާ މަސައްކަތާގެން ކުރިއައްދާތަން ޝިބާން އަށް ފެނުނެވެ. ބަދިގޭ މޭޒުގައި ތަށި ބައިންދާލުމައްފަހު ކޮޓަރިއައްގޮސް ވުލޫކޮއްލުމަންފަހު ނަމާދު ކޮއްލިއެވެ. ބޭރުގަހުރިކަމުގައި ވީނަމަވެސް ޝިބާންގެ ކިބައިން ނަމާދުކުރުމުގެ އާދަ ފިލާގެން ނުދެއެވެ.. ނަމާދުކޮއްލުމަށްފަހު އެދުގަިއި އޮށޮއްވެލިތަނާހެނ ޝިބާން އައް ނިދުނެވެ.                       ދުވަސްތަށް ހަލަބޮލިކަމާއެކު ކުރި އަށްދިޔައެވެ.. “ބުރޯ ހިގާބަ ޗިލްކޮއްލަންދާން.. މިހާރު ތިހެން އައިސް ހުންނަތާ މަހެއްވީ.. އަދިވެސް ނުދަމެއްނު މަށާ އެކު ތަނަކަށްވެސް.. ސޯ ޓުނައިޓް ޔޫ ހެވްޓު ގޯ ވިތުމީ.. އެންޑް ނޯ އެސްކިއުސެސް” އިޒާން އެށް ނޭވާއިން ހުރިހާ ވާހަކައެވަ ބުނެލުމަށް ފަހު ތައްޔާރުވުމައް އެދި އޭނަވެސް ތައްޔާރުވާން ދިޔައެވެ.               މިހާރު ގަޑިން 9 ޖެހުމާ ގާތްވެއްޖެއެވެ. ޝިބާން އާއި އިޒާން ނިކުތީ އެއްކޮށެވެ.. އުޑުމަތީގައި ތަރިތައް ވަރަށް މަދެވެ. ކުޑަކޮއް ރައި ގަދަކަންވެސް ޝިބާން އައް ފާހަގަ ވިއެވެ. “ވާރޭވެހެން އުޅޭހެން ހީވަނީ ދޯ؟  ” ޝީބާން އިޒާން އައް ދޯ ދެމުން ބުނެލިއެވެ. އިޒާން “ހޫމް” އަޅުވާލާފައި އިނީއެވެ.                                                                                            15 މިނިޓްގެ ދުއްވުމަކައްފަހު ޝިބާންމެން ވަދުނީހޮޓެލް ފާޑައް ހަދާފަ ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓަކައްށެވެ. އެތާގައި 10 ވަރަކަށް ފިރިހެން ކުދިނންނާ 15 ވަރަކައް އަންހެން ކުދިން ތިއްބެވެ. ޝިބާން ގޮސް އިށިންދެލީ ސޯފާގައެވެ. މޭޒުމަތީ ހުރި ކޯކް ތަށިން ތައްޓެއް ނަގައި ތުބުގައި ޖަހާ ކޯވަރެއް ދަމާލިއެވެ. “ކޭން ވީ ދާންސް” ޝިބާން ސިހިފައި އޭނަގެ ކޮޑުގައި އަތް އަޅުވައި އެހެން ބުނެލި ކުއްޖާއްއް ބަލާލިއެވެ.                                                    *ނުނިމޭ*

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ފަނާ 4

Next

ސާޔާ (7 ވަނަ ބައި)

Next
April 22, 2015

ސާޔާ (7 ވަނަ ބައި)

Previews
April 22, 2015

ފަނާ 4

11 Comments!

  1. . says:
    April 22, 2015 at 6:32 pm

    “15 މިނިޓްގެ ދުއްވުމަކައްފަހު ޝިބާންމެން ވަދުނީހޮޓެލް ފާޑައް ހަދާފަ ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓަކައްށެވެ.” ވަދުނީއެކޭ ނުކިޔާނެ، ވަނީއޭ ކިޔާނީ، “މަދުން ނަމަވެސް ތަރިތަށްހުރުމުން ފެންނަލޭ ” ތަރިތައް ކިޔާއިރު އިންނާނީ އަލިފު ސުކުން، ފެންނަލެއް ކިޔާއިރު އަލިފް ސުކުނެއް އިންނާނެ،
    ” ޖެއްސުންކޮށް “އަހަރެނައް” އަނިޔާ ދިނުން އާންމު ކަމަކައް ވީ އިރު” އަހަރެންނަށް ކިޔާއިރު އިންނާނީ ށަވިޔަނި ސުކުން،
    ” ކެއްކުރެވޭ ވަރަށް ވުރެ ލިބޭ އަނިޔާ މާ ބޮޑެވެ.” ކެތްކުރެވޭ ކިޔާއިރު އިންނާނީ ތާ ސުކުން،
    “ފަހަރަށްވިސްނާކުމައް، އެމީހަކައް ” ވިސްނާލުމަށް، އެމީހަކަށް ކިޔާއިރު އިންނާނީ ށަވިޔަނި ސުކުން،
    “އެގުނީއެދުވަހުން ފެށިގެންނެވެ.”އުދަގޫ ވެގެން ފޮތް ލައްޕާލެވުނެވެ.” ހަދު ” އެނގުނީ، އުނދަގޫ، ހަނދު، މިބަސްތައް ކިޔާއިރު ހުސް ނޫނެއް އިންނާނެ،
    ކޮންސެޕްޓް ރީތި، މިސްޓކްސްތައް ރަނގަޅުކޮށްލުމަށް އެދެން.

  2. july says:
    April 22, 2015 at 7:33 pm

    . bunihen mistakes thah rangalhu kohlyma v furihama vaane… anyway story v nice… next time try to fo better

  3. shaai says:
    April 22, 2015 at 7:41 pm

    shaai ah hedhifa huri mistakes thah shaai ragalhu kuraanan insha allah.. n thank you

  4. elsa says:
    April 23, 2015 at 12:14 am

    kiyan try kohfin, mistakes ginakamun huttali, up kurumuge kurin proofread kuraanama, nd imlaakuh vvv gina

  5. shaai says:
    April 23, 2015 at 12:34 am

    Sorry elsa I will try my best not to repeat it.. thank you everyone for u r coments

  6. nai says:
    April 23, 2015 at 12:48 pm

    fenunas bolah udhagoo,furathama dhivehi liyan dhaskohbala, pis pis vaahaka liyuntherinnoa mee.

  7. :) says:
    April 23, 2015 at 4:16 pm

    you should be much careful then this when you upload something to an online website. it shuld be qualitative than this.

  8. shaai says:
    April 23, 2015 at 4:42 pm

    i am sorry for that.. next time i will be carefull than now.. thank you emmenge comentahwes.. thank you

  9. min says:
    April 23, 2015 at 5:52 pm

    english words thah beynunkurAAiruves thankolheh visnaalan jehey hen heevany like” suvaa” migothah nuliye

  10. m says:
    April 24, 2015 at 1:28 am

    Story varah reethi.. i love it…. waiting for the next part..

  11. fath'u says:
    May 7, 2015 at 2:54 pm

    mistake hedheyne enme na ves …. ekam vaahaka varah salhi. All best shai

Comments are closed.


All Right Reserved!