” ކަލޭ ގެ ލަދު ކުޑަކަން ބަލާބަލަ ، އުޅޭނެ ގޮތެއް ނޭގިގެން ތި އުޅެނީ މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަންނަށް އައިސްގެން ދޯ؟ ކަލޭ ކަހަލަ ސުންޕާ އަންހެނުންގެ ގޮތް މަށައް ވެސް ނިކަން ރަގަޅަށް އެނގޭ، މަންމައާއި ދޮންބަފާ ޖަލަށް ލާފަ މިހާރު މަ ބައްޕަ ފަހަތުގަ އަޅައި ގަތީ ދޯ، އެވަރު ނުވެގެން މަ އެކުވެރިޔާ ޒައިދު އަތްދަށު ލައިގެން މޮޑެނީ، އޭނަގެއ ސިކުނޑި ކައި ހުސްކޮށްގެން މަށާ ދުރުކުރަން ކަލޭ ތިއުޅެނީ ކަލޭގެ ކޮންފެންވަރެއް ކޮން ރީތި ކަމެއް ހުރެގެންތަ؟ އަމިއްލަ ސިފަ ލޯގަނޑު ދެކިބަލަ ނިކަން،ދޭ މިހާރު މިގޭން ނުކުމެގެ، ހަމަ މިހާރު ނުކުމޭ!!، ބައްޕައަށް ދެއްކެން ހުންނާނެ ކަމެއް ނެއް!!” ދިފާއުގައި އެއްޗެއް ނުބުނެވި އުޅެނިކޮށް ލަމްހާ އަހަރެންގެ އަތުގައި ހިފާ ދަމަމުން ހިގައިގަނެވެ. ސިޓީން ރޫމް ތެރޭ އިންި މާމަ އުދަނގުލުން އެއްޗެއް ބުނެވޭތޯ އުލެމުން ދިއައެވެ، އަދި އެތާގަ ބޭރު އަންހެން މީހާ ވެސް ވާހަކަ ދައްކަދައްކާ ހުއްޓާ ބީރުކަންފަތެއް ދެމުން ލަމްހާ އަހަރެން ނެރެ ދޮރު ޖެހި އަދުފަށް ހޮނު ގުގުރީގެ އަޑުފަދައިން ކަންފަތުގައި ގުގުމާލިއެވެ. މިއޮތް އަދިރި ރޭގަނޑުގެ ބިރުވެރިކަމާއި އެއްވަރަށް ޖެހިލުން ވެ މީޙާ ދާހިތްލަން ފެށީއެވެ. ކިތަންމެ ދެރަވިއަސް ނުރޯން ކުރި ހިތްވަރު އެލެނީ މޫނު ނަގާ ދިލައަށާއި، ހިތުގަ ލެވެމުންދާ ލަކުނުތަކަށް ކެތް ނުވެގެންނެވެ. ހަމަ އެވަގުތު ވާރޭވެސް އޮއްސާލީ އަހަރެންގެ ހާލުދެކެން ކެތްނުވެގެން ކަންނޭގެ އެވެ. ވެހެމުން ދިއަ ބޮޑު ވާރޭގަ ތުރުތުރު އަޅާ ހާލު އަމިއްލަ ނަފްސުގެ ނިކަމެތި ކަމަށްޓަކާ ރޮމުން އައިސް ގެއަށް ވަން އިރު ވެފައި ހުރި ފިނިން ކޮއްޅަށް ހުރެވެނީ ކިރިޔާ އެވެ، ކުރިމަތި މީހަކު ގެއެއްގެ ދޮރު ހުޅުވާލިއަޑަށް އިސްއުފުލާ ލެވުނުއިރު، އަހަންނާއި ދިމާއަށް އަންނަ މިސްރާބު ޖަހާފަ ހުރި ފިރިހެން މީޙާ ފެނި ބިރުން ރޫރޫ އަޅައިގެން ދިއައެވެ. ވަށައިގެންވާ އެއްވެސް ކަމަކަށް ބަލާ ނުލައި ހުރި ގޮތަށް އަހަރެން ދުއްވައި ގަނެ ގޮސް ޖެހިގެން އޮތް ގޯޅިއަށް ވަދެގެން ދިއައީމެވެ. ނަސީބެކެވެ. އެ ނުލަފާ ފިރިހެން މީހާ އާއި ހަމައަށް ނާރަނިސް ސަލާމަތް ވެވުނު ކަމުން ހިތަހަމަ ޖެހުނެވެ. އެ ދޮން އިބްރާހިމަކީ ވަރަށް ނުބައި މީހެއްކަން އަހަރެން ނަށް އެގެއެވެ. އެމީހާ އުޅޭ ގެ ކައިރިން ހިނގަން ވެސް ރަށުގެ މީހުން ޖެހިލުން ވެއެވެ. ކޮންމެ ތާކުން މީހަކު ފެނުނަސް ގައިގަ އަތްލާ ހަދައެވެ. އެމީހާ ފެނުނަސް އަހަރެން ބިރުގަންނަ ސަބަބަކީ އެއީއެވެ.
ދުވަމުން ގޮސް އަހަރެންނަށް ހުއްޓެވުނީ ގޭ ލޮލުކޮޅަށް ފެންނަ ފެށީ ހިސާބުންނެވެ. އޭރު މާނޭވާ ލެވެމުން ދިއައެވެ. ގަތް ބިރުން ވެފައި ހުރި ފިނިވެސް ހަނދާން ނެތުނެވެ. ވާރޭ ތުނި ކުރަމުން ދިއައިރު، ގޭގެ ދޮރުހުޅުވާލާ ބޭރަށް ނުކުމި ޒައިދު ފެނި އަހަރެންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ފިލާ ދިއައެވެ. ޒައިދު ހައިރާން ކަމާއެކީ އަހަންނާއި ދިމާއަށް ބަލަން ހުއްޓާ އަހަރެންނަށް ދުވެފައި ގޮސް ވަދެވުނީ ޒައިދުގެ ދެއަތުގެ ތެރެއަށެވެ. އެހެން ހުރިހާކަމެއް އޭރު އަހަރެން ހަނދާން ނެތި ފައިވާ ކަހަލައެވެ. ޒައިދުގެ ތަނަވަސް މޭގައި ބޯއަޅާލެވިމާއި އެކު ހިތުގައިވި ހުރިހާ ސަކުވާ އެއް ބޭރު ކުރެވުނީ ކަރުނާގެ ސިފައިގައެވެ. ޒައިދު އަހަރެން ދުރުކުރަން ނަހަދާ ދެއަތުން އަހަރެން ވަށާލިއިރު، ދެމީހުންނަށް ހުރެވުނު ތަންވެސް އިހްސާސު ނުވާކަހަލައެވެ. ކައިރިން އިވުނު ސައިކަލެއްގެ ބަރުގޮނުގެ އަޑަށް އަހަރެންނަށް ސިހިފައި ޒައިދާއި ދުރަށް ޖެހިލެވުނެވެ. ޒައިދު އަހަރެންގެ އަތުގައި ހިފަމުން ކިހިނެއްވީހޭ ސުވާލު ކޮށްލިއެވެ. ްއެހެނަސް އަހަރެންގެ ދެލޯ އަމާޒްވެފައިވީ ފަހަތުން ފެނުނު ދޮން އިބްރާހިމަށެވެ.” ގެއަށް އާދެވިއްޖެ ދޯ އެކޮއި އަށް، މި ކުއްޖާ ބިރެއް ފެނިގެ ދުވާހެން ހީވާތީ ވީ ކީއްތޯ ބަލާލަން މިއައީ ފަހަތުން ، މަގޮވަގޮވާވެސް އަޑެއް ނީވުނު ވިއަޔް، އެހެންވެ މިއޮތް ބޮޑު ވިއްސާރަގަ ވެސް މި އައީ. ” ދޮން އިބްރާހިމްގެ ވާހަކަ ހުރި ގޮތުން އަހަރެންނަށް އެއީ މުޅީން ވެސް ދޮގުކަން އެނގުނެވެ. ” އެއްވެސް ކަމެއް ނުވޭ ދޯ މާހީ، ތީ ބޭބެއަށް ހީވިގޮތް ކަންނެގޭ، މާ ގަދަޔަށް ވާރެވެހޭތީ ކަންނޭގެ މާހީ ދުވެފަ އެއައީ” ޒައިދު ގެ ޖުމްލަ އިވިފައި ދޮންއިބްރާހިމް ވިހަ ހިނިތުންވުމެއް ދެމުން ދާން ހިގައި ގަތުމުން ޒައިދު އަހަރެންގެ އަތުގައި ހިފައިގެން އެތެރެއަށް ދެމިގަނެވެ. ޒައިދު އަހަރެންގެ ކޮޓަރިއަށް ވަދެ ފެންހިއްކާނެ އެއްޗެއް ގެނެސްދިނުމުން އަވަހަށް ފެންހިކާލިއިރު އަހަރެން ހުރި ހިސާބުގައި ވަނީ ފެންގަނޑެއް ހެދިފައެވެ.އެތަން ސާފްކޮށްލާނަމޭ ހިތާ ބަދިގެ އާދިމާލަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ، ޒައިދު އަހަރެންގެ އަތުގައި ހިފާ ހުއްޓުވުމުންނެވެ. އިތުރު އެއްޗެއް ބުނުމެ ނެތި ޒައިދު މިސްރާބު ޖެހި އަހަރެންގެ ކޮޓަރި އާ ދިމާއަށެވެ،.
” މާހީ، ކިޔާދީބަ ވެގެން އުޅޭ ގޮތެއް ؟ އަހަރެންނާއި ހަމަ އަނގައިން ނުބުނެ އައިންސުރެ ތިހުންނަނީ، ނުވިތާކަށް އައިގޮތަށް ރޯންފެށީކީއްވެ؟ އަހަރެން މިހުންނަނީ، މާހީ އެއްޗެއް ބުނެތޯ، އެކަމު މާހީ އަށް އަހަންނާއި ވާހަކަ ދައްކާނެ ފުރުސަތެއެް ނުލިބެނީ ދޯ އަދި…” ޒައިދުގެ މޫނަށް އަހަރެން ބަލާލީ ފެންކަޅީވެފައިވާ ނަޒަރަކުންނެވެ. ޒައިދުގެ މޫނު މަތިން ދެހަވާ އެއްޗެއް ވިސްނަން އަހަންނަކަށް ނޭގުނެވެ.” އަހަންނަކަށް ކަމެއް ނުވޭ، އަހަރެން އެގޭގަ ހުންނަން ބޭނުން ނުވާތީ މިއައީ، ދިމާވަމުން ދާ ކަންތަކާއި މެދު ވިސްނާފަ ރޮވުނީ ހަމަ އެހެންވެ ޒައިދުއާއި ވާހަކަ ނުދައްކާ މިހުރެވުނީ، ޒައިދު އަހަންނާ މެދު ތިހާ ވަރަށް ނުވިސްނާފާނަންތަ؟” ފުން ނަޒަރަކުން އަހަރެން ޒައިދާ ދިމާއަށް ބަލާލަމުން އެހެންބުނެލިއިރު، ޒައިދުގެ މާޔޫސީ ނަޒަރުން އަމާޒުވިތަން ފެނި އިސްޖަހާލެވުނެވެ. ” ސޮރީ މާޙީ، އަހަރެން މާހީގެ ހުރިހާ ކަމަކާ ބެހޭތީ ދޯ، މާހީ އަހަންނަށް ކަންތައް ސިއްރު ތިކުރަނީ،އަހަރެން ވަރަށް ދެރަވޭ މާހީ އާއި މެދު ވިސްނާފަ، މާހީގެ ދިރިއުޅުމަށް އުފަލެއް ލިބޭތޯ އަހަރެން މި މަސައްކަތް ކުރަނީ، އަހަރެން ހީކލުރީ، މިގޭން މާހީއަށް ލިބުނު އަނިޔާތަކަށް ފަރުވާ ލިބޭނެ ކަމަށް މާހީގެ ބައްޕަމެންގެއަށް ދިއުމަށް ފަހު، އެކަމަކު، މާހީ ލަމްހާ ދެކެ އަންނަ ރުޅިއެއްގެ ސަބަބުން އެގޭގަ ހުންނަށް ބޭނުން ނުވީތީ ދޯ ތިއަޢީ ލަމްހާ ދެންމެ ގުޅި، ބުނީ ލަމްހާ ބުނެބުނެވެސް މަޑު ނުކޮށް މާޙީ ދިއަވާހަކަ، ކީއްވެ ތިހެން ތިއުޅެނީ؟… ” ވެގެން އުޅޭގޮތް ސާފް ވުމުން އަހަރެންގެ ބޮލުގައި ރިއްސާގަތީ މީހަކު އެއްޗަކުން ޖެހިއަސް ތަދު ނުވާހާ ބޮޑަށެވެ. ލަމްހާގެ މަގްސަދަކީ ކޮބާކަމެއް ޒައިދަށް ނޭގުނަސް އަހަންނަށް ވަރަށް ސާފް ކޮށް އިގިގެން ހިގައްޖެއެވެ.” ކީއްކުރަން އޭނަ ޒައިދަށް ގުޅީ” ލޯ ކުޑަކޮށް ލަމުން އަހަރެން ޒައިދާދިމާއަށް ބަލާލަމުން ކުރި ސުވާލުން ޒައިދުގާތަށް އައީ ހިންޏެވެ.” މާހީ ހާދަ ޖެލަސް ތިވީ، ލަމް އަހަންނާ ގުޅުން އެ މައްސަލަ އެއެްތަ؟ އެހެނޫނަސް މިހާރު އެއީ މާހީގެ ދައްތަ އެކޭނުންދޯ، ހާސްނުވޭ އިނގޭ، ލަމްއެއް ނޫން ގުޅީ އަހަރެން ގުޅީ މާހީ ކޮބާތޯ ބަލަންވެގެން، ގުޅީމަ ބުނީ މާހީ ދިއަ ވާހަކަ،އެހެންވެ ކޮބާތޯ ބަލަންވެގެން ނުކުންތަނުން ތިއަޢީ، ހޫމް ދެން ބުނެބަލަ ކީއްވެ ލަމްހާ ބުނިމަ މަޑުނުކުރީ،؟
“ކަމެއްނުވޭ، ހަމަ އެގޭގަ ހުންނަ ބޭނުން ނުވީ،” ކުރުޖަވާބަކާ އެކު ދަނީއޭ ބުނެ ހިގައިގަތް ތަނާ ދެން އިވުނު ޒައިދުގެ ސުވާލުން ފިޔަވަޅުތައް ތާށިވި ކަހަލައެވެ.” މާހީ އަހަރެން ދެކެ ލޯބިވޭތަ؟…” ޒައިދުގެ ސުވާލަށް ޖަވާބުދޭން އެވަގުތު އަހަރެން ބޭނުން ނުވިއަސް ހިތުގަ ޒައިދަށް ވާ ލޯބި ހާމަ ކުރަން ކިތަންމެ ހާވެސް ބޭނުމެވެ. އެހެނަސް ތަގްދީރު އަހަރެންނަށް ކެހިދީފާނެތީ ބިރުގަނެވެ. އެއްވެސް ގުޅުމަކަށް މިހާރު އިތުބާރެއް ނެތެވެ. އަހަރެން ކިތަންމެ ބޭނުންވިއަސް މީހަކަށް އިތުބާރު ކުުރުން އެއީ ނުވާނެ ކަމެއް ކަންނޭގެއެވެ. އެހެންނޫނަމަ މިއަދު އަހަރެން އެންމެ ބޭނުންވާ ލޯތްބާށް ފުރަގަސްދީ، ހާމަކުރަން ޖެހިލުންވެފަ ހުންނާކަށް ނުޖެހުނީހެވެ.
އިތުރު އެއްޗެއް ނުބުނެ އަހަރެން ގޮސް ވަދުނީ ކޮޓަރި އަށެވެ. ފެންވަރާލައިގެން ތެތް އެއްޗެހި ބަދަލްކޮށްލައިގެން ނުކުމެ ރީތިވާން ހުއްޓާ ކޮޓަރި ދޮޜުގައި ޓަކިދިން އަޑުއިވިގެން ޒައިދު ކަމަށް ހިތާ ހުއްޓާ އެހެން އަޑެއް އިވުމުން ދޮރު ހުޚުވާލީ، ހިތްތެޅިލިގޮތުން ނެވެ. ދޮރުމަތީ ހުރީ ސާނިމް ބައްޕަ އާއި ލަމްހާއެވެ. ” ދަރިފުޅު ބުނީމެންނު، މާހީ އަހަރެމެންގެއަށް އަންނަށް ޖެހުނީ ކީއްވެހޭ؟ ސަބަބަކީ މީ ދަރިފުޅުގެ ކޮއްކޮއަށް ވީތީ، މީވެސް ބައްޕަގެ ދަރިއަކަށް ވީތީ”…”ނޫން ނުވާނެ އެހެނެއް… ތީ ދޮގެއް” ލަމްހާއަށް ލިބުނު ސޮކުގައި ސާނިމްގެ ޖުމްލަ ނުނިމެނީސް ހަޅޭލަވައިގަނެވުނު އިރު ހިތުގައި ނަފްރަތުގެ ހުޅުރޯވެ ފަޅައިގެން ދިއަ ކަހަލައެވެ. އެހެނަމަވެސް ވަގުތުން ސޮރީ އޭ ބުނެ ހަމައެކަށް އެޅުނު ގޮތްދައްކަމުން މަސްނޫއީ ހިނިތުންވުމެއް ވެރިކުރަމުން އައިސް މާހީގެ އަތުގައި ހިފައި ގަނެގެން އުޅެން ފެށިގޮތުން ހީވީ ވާނުވާ އޮޅިގެން އުޅޭ މީހެންހެންނެވެ. އަހަރެންނަށް ލަމްހާ އުޅޭގޮތުން ހިނިއައި ނަމަވެސް ވީ ފޫއްސަކުން އިތުރަށް އެއްޗެއް ނުބުނެވުނެވެ. ބައްޕަ ލަމްހާއަށް ގޮވާލުމަށް ފަހު އަހަރެންނާއި ބައްޕަ އެކަނި ވާހަކަ ދައްކާލަން ބޭނުމޭ ބުނުމުން ލަމްހާ އެތަނު ނުކުމެ މިސްރާބު ޖެހީ ޒައިދުގެ ކޮޓަރިއަށެވެ. ބައްޕަ އެތެރެއަށް ވަނުމަށް ފަހު އެދުގައި އިށީނނުމުން މަޖްބޫރު ްއަހަރެން ވެސް ގޮސް ކައިރީ ހުރި ގޮޑިގައި އިށީދެލީ ބައްޕަ ދައްކަން ބޭނުންވާ ވާހަކައެއް އަޑުއަހާށެވެ.
“އިނގޭ ބައްޕައަށް މާޙި އާއި މެދު ކަންތައް ކުރެވުނީ ރަގަޅަކަށް ނޫންކަން،އަދި މާހީގެ މަންމަ އާއިމެދު ބައްޕަ ކަންތައް ކުރިގޮތް އެއީ މާފްހައްގު ނުވާނެކަމެއް ކަންވެސް، އެކަމަކު ބައްޕަ މާފަށް އެދެން، ކުށްކުރެވޭނީ ވެސް އިންސާނުންނަށް އެކަމު ތައުބާވާން ބޭނުންވާނަމަ އެފުރުސަތު ދެވެން ވެސް ޖެހޭނެ، އެކަމު މާޙީއާއި ވި އިހްމާލާއި މާހީގެ ދިރިއުޅުން ހަލާކު ކޮށްލެވިފައިވާ ކަމުގެ އިހްސާސް ބައްޕައަށް މިއަދު ކުރެއްވިއްޖެ،ބައްޕައަށް އެނގޭ މާޒީވެދިއަތަން ދެން އަނބުރާ ނުގެނޭވޭނެކަންވެސް، ބައްޕަ އެދުވަހު ދަރިފުޅު ގެންދިއަނަމަ ދަރިފުޅުގެ ދިރިއުޅުމަށް ތިހެނެއް ނުވީސްކަންވެސް އެނގޭ، އެކަމު އެދުވަހު ބައްޕައަށް ދެވުނީ ދަރިފުޅަށް ފުރަގަަސް، ކުށްވެރިންނަށް އަދަބުލިބުނަސް ދަރިފުޅުގެ ހަށިގަނޑާއި ހިތުގައިވާ ފާރުތަކަށް ލުއެއް ނުދެވޭނެކަންއިނގޭ، އެކަމަކުވެސް ބައްޕަ މިއެދެނީ، ދަރިފުޅު ބައްޕަކައިރިއަށް އެއްކޮށް އައުމަށް، ބައްޕަ މިކޮޅުން މާލެވެސް ބަދަލުވާނަށް ވަރަށް އަވަހަށް، ބައްޕަމެންނާއި އެކު، ދަރުފުޅު ގޮސްފިނަމަ ބައްޕަ ގަބޫލްކުރާނަން މާފްކުރީކަމަށް، ބައްލަ މިއަދު ދަރިފުޅުގެ ކޮންމެ އެދުމެއްވެސް ފުރިހަމަ ކޮށްދޭނަށް، ފަސްނުޖެހި ހުރިހާ ކަމެއްވެސް ބައްޕަގާތު ބުނޭ..ދެން ދުވަހަކުވެސް އިރާދަކުރެއްވިއެްޔާ ބައްޕަ ނުދާނަށް ދަރިފުޅާ ދުރަށް، މަރު ނޫން އިތުރުބާރަކަށް އެކަން ނުކުރެވޭނެ، ދަރިފުޅާ މި ބައްޕައަށް މާފްކުރޭ، މަލީސާގެ ވެސްކުށްވެރިއެއް އަހަރެންމީ، އެކަމަކު ދަރިފުޅުގެ ރުހުން ލިބިއްޖެނަމަ މަލީސާވެސް އަހަނަށް މާފްކުރާނެ ކަން ޔަގީން، ” ބައްޕައަށް ރޮވެންފެށުމުން އަހަރެންނަށް ބައްޕައަތުގާ ހިފާލެވުނެވެ. އެކަމަކު ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ދެލޮލުން ފައިބަމުން ދިއައީ އުފާވެރި ކަރުނައެވެ. އެއީ އެތަށް ދުވަހެއް ފަހު އަހަރެންނަށް ހިމާޔަތްދޭނެ އަތެއްގެ ހިޔާލިބުނުކަން ޔަގީންވުމުންނެވެ. މިއަދު އަހަރެންނަށް އަހަރެން ދެކެ ލޯބިވާ ބަޔަކު ލިބިއްޖެއެވެ. އަހަރެންގެ ހިތް ބިރުގަންނަނީ އަނެއްކަވެސް ތަގްދިރު އަހަރެންގެ މި އުފާތަކާއި ހަސަދަވެރި ވެދާނެތީއެވެ، ލަމްހާ އަކީވެސް އަހަރެންގެ ހަތުރެކޭ ހިތްބުނަމުން ދިއައިރު އެކަން އެގޮތަށް ނުވުމަށް އެދި ދުއާކުރެވުނެވެ….ނުނިމޭ
10 Comments!
Comments are closed.
SORRY FOR LATE UPDATE, BODUKAMEH DHIMAAVEGEN LASVEE
Yay im the first….. vaahaka v interesting but maalahun up kuraathy v v dheravey i ram plz can mak it a bit faster…. plz reply this… i want ur answer.. 🙂
wow.. story v reethi…
Mahy kiyadheynvi nu zaid asha bappaah. Ehen nuni anekkaves Mahyge life fana vaani. So sad. V v salhi. Komme dhuvahaku new part kiyahithun ethah faharaku bele. Thanx v salhi
Beykaaru haasaru thakeh…vrh foohi mi part…
VVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVVV NICE
Vadhunee kiyaa baheh nnuhunnaane dhivehi bahugaeh… kiyaanee “vanee”
Nice
mi part ves v nice
Dhen v boaring