Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

ކަފުން (1)

I-RaM Level 110 Stories
June 17, 2015 6 Mins Read
16 Comments

ވެހެމުން ދިއަ ބޯވާރެއަށް ރެކެމުން ސީމާ އައިސް ގެއަށް ވަދެ އަވަސްވެ ގަތީ ކޮޓަރީގައި ނިދާލާފައި އޮތް ދަރިފުޅު ލޫލުއާ ކޮބައިތޯ ބަލާލާށެވެ. ފެނުން މީހާ ތަތްތެޅިފައިވީ އިރު، ގޭގެ ސިޓިން ރޫމްގެ ތެރޭގައި ވެސް ފެނުގެ ކޯރެއް ހެދެމުން ދިއައީ ސީމާގެ ހެދުމުން ދެމެމުން ދިއަ ފެންތަކުންނެވެ. އެ ހުރި ގޮތަށް ފެންތައް ހިއްކާލުމެއް ނެތި ސީމާ ކޮޓަރި އަށް ދެމިގަނެ ލޫލުއާ ގެ އެދާދިމާއަށް މިސްރާބު ޖެހި އެވެ.

ލޫލުއާ ގެ އެދަށް ބަލާލުމާއެކު ސީމާ ސިހިގެން ދިއައީ މައްޗާއި ދިމާލަށް ކަޅި ހުއްޓިފައި އޮތް ދަރިފުޅު ފެނިއެވެ. ސީލިންގެ ނެތް ކޮޓަރީގެ ފުރާޅާ ދިމާއަށް އަމަޒުވެފައިވާ ދެ ލޮލުގައި ސީމާ މަޑުމަޑުން ފިރުމާލިއެވެ. އަދި އެދަރިފުޅު ނަގާ މެޔާ ބޮނޑިކޮށްލަމުން ސީމާ ގެ ދެލޮލުން ފައިބަމުން ދިއަ ކަރުނަތައް ފުހެލިއެވެ. އެހެނަސް ހިތުގަ އުފެދިފައިވާ ހިތާމަތަކަށް ނިމުމެއް ނާންނަ ހާ ހިނދަކު އެ ކަރުނަތަކަށް ހުއްޓުމެއް ނާންނަނެއެވެ.އަމިއްލަ ފަސްގަނޑާއި މައިންބަފައިން ދޫކޮށްލުމަށްފަހު އެކަނިދިރިއުޅުންވޭތުކުރަމުން ގެންދަން މިޖެހިފައިވަނީ ނުވެސް ދަންނަ ބަޔެއްގެ ތެރޭގައެވެ،ނުދަންނަބީރަށްޓެއްސެއް ހެޔޮއެދިގެން ދިއްކޮށްލި އަތުގައި ހިފައިގެން ސީމާ އައިސް ރ. މީދޫގައި އުޅޭތާ މިހާރު ހަ އަހަރު ވަނީ އެވެ. ދިރިއުޅުން ބަދަލުވި ހިސާބުންފެށިގެން ސީމާއަށް އެތަށް ބަދަލެއް އައިސް އެކަހެރިވެވެން ފެށި މިއަދާ ހަމައަށް ވެސް ސީމާ އެ ވޭތު ކުރަމުން ދަނީއެކަނިވެރި ހަޔާތެކެވެ. އަމިއްލައަށް ތަކެތި ހައްދާވިއްކައިގެން ލިބޭ ފައިސާގެ އިތުރުން، ކައިރީ ހުރި މުއްސަނޖެއްގެ ގޭގައި މަސައްކަތް ކޮށްގެން ލިބޭ ލާރިން ދަރިފުޅުގެ ހަރަދުތައް ކުރަމުން ގެންދިއައިރު އަމިއްލަ ބޭނުންތަކާއި އުފާ އެއީ ސީމާގެ ދިރިއުޅުމުގައި ނެތް އެއްޗެކަމަށް ހަދާފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ ސީމާއަށް މިއަދު ލިބިފައިވާ ހަމައެކަނި ހަމަޖެހުމަކީ ދަރިފުޅު ލޫލުއާ އެވެ، އެދަރިފުޅުގެ މައުސޫމްހިނިތުންވުމުން ހިތްފުރާލައިގެން ހުންނަށް އާދަވެފައިވާތާ ކޮންދުވަހެއް ހެއްޔެވެ؟

ލޫލުގެ ނޭވާ ހަމައެކަށް އެޅުންފެށުމުން ސީމާ މަޑުމަޑުން އެދަރިފުޅު އެދުގެ ތެރޭގައި ބާއްވާލަމުން އަވަސްއަވަހަށް ފާހާނާއަށް ވަދެ ތެތްހެދުން ބަދަލު ކޮށްލައިގެން ނުކުމެ ތެތްވެފައިވާ ތަޅުން މަތީގައިވާ މުށިތަކުގައި ހުރި ފެންތައް ހިއްކާލުމަށް ކޮޓަރި ވަށައިގެން މޮޕު ހާކާލަމުން ނުކެމެ ސިޓިން ޜުމް ސާފްކޮށްލުމަށް ފަހު ބޭރަށް ނުކުމެ ލިއެވެ. ވެހެމުންދިއަ ބޯ ވިއްސާރަ ގަނޑު ތުނިވެފައިވީއިރު ބޯވިލާތަކުން ފުނިޖެހިފައި އޮތް އުޑުމަތި ވެސް ވަނީ ހިސާބަކަށް އަލިވެފައެވެ. އަތުގައި ތެތްވެފައި އޮތް މޮޕް ބޭރުގައި ހިކޭނެހެން ބަހައްޓާލަމުން ސީމާ ގެއަށް ވަދެ ދޮރު ޖަހާލަމުން މިސްރާބު ޖެހީ، އެ ކުޑަކުޑަ ގޭގަ ހުރި ދެ ކޮޓަރިން ކެއްކޭ ގޮތަށް ތައްޔާރު ކޮށްފަ ހުރިކޮޓަރި އާއި ދިމާއަށެވެ. އަތްމަތި ފަރިތަކާމައި އެކު ލޫލު އަށް މެންދުރަން ކާން ބޭނުން ވާ އެއްޗެހި ތައްޔާރު ކޮށްނިއްމާލުމަށް ފަހު ކޮޓަރިއަށް މިސްރާބުޖެހިއެވެ.

 

ކުރިމަތީ އޮތް ދެލޯ ނޭދި އެދޭ ދަރިފުޅަށް ބަލާމުން ދިއަ ސީމާގެ ބޮޑުދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ސާލެއްފަދައިން ދެމިގެން އޮހެމުން ދިއައިރު، އޭނަގެ އަދިރި މާޒީގެ ސޮފްހާތަކާއި އެކު މުސްތަގްބަލަށް ކުރި އުއްމީދު ތަކުގައި ހުޅު ޖެހުން ގޮތް ސިކުނޑިގައި ނުފިލާ ރިހުމެއް ފަދައިން ޓަކިދެމުން ދިއައެވެ. އަމިއްލަ އާއިލާ އާއި ހުރިހާ އުފާތަކެއް ގުރުބާން ކޮށްލަން ދިމާވި އެ ބިރުވެރި ހާދިސާ ހަނދާނުން ފުހެލެވޭތޯ މިވީ ދެއަހަރު ދުވަހު މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ އެވެ. އެހެނަސް ތަގްދީރު އޭނަ އާއި މެދު ނުރުހިފާވާ މިންވަރަށް އެ ބިރުވެރި މާޒީވެސް ވަނީ ސީމާގެ ސިކުނޑި ވަކިވެގެން ދާން ދެކޮޅު ހަދާފައެވެ. ލޫލުއާ ފުރޮޅެލި ތަން ފެނި ސީމާ މަޑުމަޑުން ލޫލުއާގެ ފައިގައި ފިރުމާލުމުން މަޑުވެލިއެވެ. އަދި ދަރިފުލާއި ވީފަރާތަށް އެނބުރި ލަމުން އެދުގައި ޖައްސާލިއެވެ. އިރުކޮޅެއް ނުވެ ހަނދާނުގެ ލޯގަނޑަށް ސީމަގެ ހަޔާތުގެ މަޒީ ސިފަވާން ފެށިއެވެ.

މާޒީގެ ތެރޭން

އެއީ 2008 ވަނަ އަހަރު ފަހު ކޮޅެވެ،ކިޔެވުން ނިމި އެ އަހަރުގެ އޯލެވެލް އިން ރަން ވަނަތައް ލިބުނު ކުދިންގެ ނަންތައް ނޯޓިސް ބޯޑަށް ނެރުމައި އެކު މުޅިތަން އެކީ ތޮއްޖެހިގެން ދިއައީ ސްކޫލު ދަރިވަރުންގެ އިތުރަށް ބެލެނިވެރިން ނާއި ގެންނެވެ. ސީމާ ވެސް އެންމެ ގާތް އެކުވެރިޔާ އާލިޔާ އާއި އެކު އައިސް ނަތީޖާ އޮތްގޮތް ފެނޭތޯ މީހުންގަނޑު ތެރެއިން ވަދެގެން އައިސް ބޯޑުކައިރިއަށް ޖެހިލިއެވެ. އަމިއްލަ ނަން ފެނުމާއި އެކު ވީ އުފަލުން ހަޅޭލަވައިގަނެވުނީ ހުރެވުނު ތަންވެސް އިހްސާސް ނުވާ ހާލުގައެވެ. އާއެކެވެ. މުޅި ހުރިހާ ކުދިން ގެ ތެރޭން ގަދަ ދިހަ އަކުން ދެވަނަ ގައި ގޮތީ އޭނަގެ ނަމެވެ. އެއަށް ވުރެ ބޮޑަށް އެކުވެރި އާލިޔާއަށް އެއްވަނަ ލިބިފައިވުމާއި އެކު ވީ އުފަލުން އެތަނާ ދުރުގައި މަޑު ކޮށްލައިގެން ހުރި އެކުވެރިޔާ ގާތަށް ދުވެފައި ގޮސް ބައްދާލިއެވެ. ވީގޮތް ސާފްވުމުން ލިބުނު އުފާ އާލިޔާގެ މޫނުން ނުފެނުމުން ސީމާ އަށް ވެސް މައިތިރި ވެވުނެވެ. މާރާއި ހަނގުރާމަ ކުރަމުންދާ ކެންސަރު ބަލީގެ ސިކާރައަކަށް ވެފައިވާ އެކުވެރިޔާ އަށް މިއަދު ކިތަންމެ މޮޅު ކާމިޔާބެއް ލިބުނަސް ކުރެވޭނެ އުފަލެއް ނެތެވެ. ސިކުނޑީގައި އުފެދުނު ޓިއުމަރ ކެންސަރަށް ބަދަލުވީ ނުވެސް ދެނެހުއްޓާ އެވެ. އެދުވަހުން ފެށިގެން އާލިޔާ ދިރިހުރުމުގެ އުއްމީދު ކަނޑާލިއިރު، އޭނަ އަށް ލިބޭ ހުރިހާވެސް އުފަލެއް ވަނީ ސީމާ އާއި ގުޅިފައެވެ. ސީމާއަށް ޓަކައި ނޫނީ އެ ތުންފަތަށް ހިނިތުންވުމެއް ނުގެނެއެވެ. ” ސީމާ އަހަންނަކަށް ހިޔެއްނުވޭ ދެން މާގިނަ ދުވަހު މިގޮތުގަ ހުރެވޭނެ ހެން، ޕްލީސް އަހަންނަށް ކަމެއް ކޮށްދެންޔާ ފިރާޒްބެ ރަގަޅަށް ބަލާދޭތި އިގޭނު، މިއަންނަ އަހަރު ނިމޭއިރަށް ފިރާޒްބެ އަންނަކަން ފިރާޒް ބެ ކިހާ ހިތްވަރުގަދަ ލޮލުގެ ފެނުމުން މަހްރޫމް ވެފަވިއަސް ކިޔަވާ އަމިއްލަ ފައިމައްޗަށް ތެދުވެ، ދިވެހި ރާއްޖެ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެފައެހުރީ، އަހަރެންނަށް ނުކުރެވުނު އެއްވެސް ކަމެއް، އަދި ކިރިޔާ އަހަރެންގެ ކިޔެވުން މި ނިމުނީ، އެކަމަކު މިހާރު މިވަނީ މަރު އައިސް ވަށާލާފަ، ފިރާޒްބެގެ ކާމިޔާބު ދެކެން ވެސް ނޭގެ ހުރެވޭނެ ކަމެއް، މިސްރޔ އެނބުރި އަންނައިރު ފިރާޒްބެ ވާނީ މިރާއްޖެ ނުދެކޭހާ މޮޅު ގާރީ އަކަށް ދޯ، އހަހަރެންގެ މަންމަ އާއި ބައްޕަ ފިޔަވާ ދެން ފިރާޒްބެގެ ވެސް ހުރި ރަހުމަތެރި އަކީވެސްތީ، އަހަރެން މިއެދުން ފުރިހަމަ ކޮށްދެންޗެ، ފިރާޒްބެ އާއި ސީމާ ދުރުނުވައްޗެ” ރޮވިފައިވާ އެކުވެރިޔާގެ ކަރުނަތައް ފުހެލަމުން ސީމާ އެކަން ކޮށްދެން ވައުދު ވިއެވެ. ދުވަސްތައް މާޒީވަމުން ގޮސް ދެމަހެއްހާ ދުވަސް ފަހު އާލިޔާ މި ފަނާވަނިވި ދުނިޔެއާ ވަކިވެ ދިއަ ދިއުން ސީމާއަށް ވީ ކެތްކުރަން އުދަނގޫވި ވޭނަކަށެވެ، އެހެނަސް އެ އެކުވެރިޔާގެ އެތަށް ހުވަފެންތަކެއް ފުއްދަދޭން ސީމާ ވީ ވައުދު ހަނދާން ބަހައްޓަމުން ހިތްވަރު ގަދަ ކަމާއި އެކީ ސާބިތުވެ ހުރެ ދިރިއުޅުމާއިގެން ކުރިއަށް ދިއައެވެ، ރަށުގައި އެގާރަ ބާރަ ކިޔެވެން ނެތުމުން ސީމާ އަތޮޅު ސުކޫލު ހުންނަ ރަށް ހއ. ދިއްދުއަށް ބަދަލްވީ ފޮނި އުއްމީދު ތަކަކާއި އެކު މޮޅު ކުއްޖަކަށް ވާށެވެ. އެހެނަސް ތަގްދީރު ކުޅޭނެ ކުޅިގަނޑެއް އެގޭނީ ވަކި ކާކަށް ހެއްޔެވެ؟؟

ސުކޫލުގެ ކިޔެވުން ފެށި ކުރިއަށް ދާންފެށުމުންއެ ބީރައްޓެހި ރަށުން ލިބުނު ފޫހިކަމަށް ނިމުމެއް ގެނުވި އެވެ. ކިޔަވުމައިގެން ކުރިއަށް ގޮސް އެގާރަ ނިމިގެން ދިއައީ ފުރިހަމަ މޮޅު ނަތީޖާ އަކާއި އެކުގައެވެ.ދެން އޮތް ބޮޑު ފަހު އަހަރަށް ކުރިމަތިލާން ފުރިހަމަ އަށް ތައްޔާރުވެ ސީމާ ބާރަގެ ކިޔެވުމާއިގެން ކުރިއަށް ދާންފެށީއެވެ. އެހެނަސްސީމާގެ ތަގްދީރު ބަދަލު ކޮށްލީ އަލަށް އެދުވަހު ސުކޫލަށް އައި ކުއްޖާއާއި ދިމާވި ހިސާބުންނެވެ. ސިމާލް އަކީ މާލޭގައި ކިޔަވަން އުޅެފަ ދިއްދުއަށް ބަދަލުވި ކުއްޖެކެވެ. ކިޔެވުމަށް ކިތަންމެ ހުށިޔާރަކަސް އަހުލާގާއި މެދު ސައްކު އުފެދުނީ ފެންނަ ހުރި މަންޒަރު ތަކުން ނާއި އުޅެމުން ދިއަ އުޅުމުންނެވެ. އެހެންސް އެ ޒުވާނާގެ ފުރަތަމަ ފެނިލުމާއި އެކުހެން ސީމާގެ ދިރިއުޅުން ބަދަލުވެގެން ދިއައީ، ފުރަތަމަ ނަޒަރުން ވެވުނު ލޯބީގެ ހިޔަނި ސީމާގެ އުޅުމާއި ކިޔެވުމަށް އެޅުނު ހިޔަނީގެ ސަބަބުންނެވެ. ސިމާލްގެ ކޮންމެ އިސާރާތަކަށް ހިތް ލެބެމުން ދިއަ ވަރަކަށް އެ ލޯބީގައި ސީމާ ޖެހި ދިވާނާވެ މުޅި ދިރިއުޅުން އޮޔާ ސިމާލްގެ އަތްމައްޗަށް ދޫކޮށްލިއެވެ. ކިޔެވުމާއި ދުރުވެ އާއިލާގެ އިތުބާރާއި ހުވަފެންތަކުގެ އިތުރު އެކުވެރިޔާގެ ހުވަފެން ވެސް ވިއްސިވިހާލީއެވެ.ބާރަށް ނިމުނު އިރު ސީމާ ގެ ނަތީޖާ ދަށްވެ ފާސްވީ ވެސް ކިރިޔާއެވެ. ރަށައް އައުމަށްސީމާގެ މައިންބަފައިން އެދުމުންވެސް ނުގޮސް ސިމާލް ގެ ގޭގައި ސިމާލް ކައިރީ އުޅެން ފެށިއެވެ. އެގޮތުގައި ދޮޅުއަހަރު ހޭދަވެގެންދިއަ އިރު ސީމާ އާއި ސިމާލްގެ ގުޅުން ވަނީ އޭގެ އިންފަހަނައަޅާ ގޮސް ފައެވެ. ސީމާ އޭނަގެ އެންމެ އަގުބޮޑު ހަޒާނާވެސް ސިމާލްއަށް ޓަކާ ވެއްޔާ މޮޑެލީ ވިސްނާލުމެއް ނެތި އެވެ.

އެއްރެއެއްގެ މެންދަމުގެ ވަގުތެވެ، ސިމާލް ގެ ފޯނު ރިންގްވަން ފެށި އަޑަށް ތެދުވެ އޭނާ ބޭރަށް ނުކުތެވެ. އޭރު އަރާމު ނިއްޖެއްގާ ސީމާ އޮތެވެ، ސިމާލް ފޯނު ކޯލު ނިއްމާލަމުން ގެއަށް ވަދެ ސީމާއަށް ހިލަން ނުވާނެހެން ދަބަހަކަށް އެއްޗެހި އަޅާލަމުން މަޑު މަޑުން އައިސް ސިމާ އާއި ދިމާއަށް ގުދުވެލިއެވެ. “ތިމާ މިހާރު ތި އޮތީ އެހެން މީހަކު ބޭނުން ނުވާ ވަރަށް ހަލާކު ކޮށްލާފަ، ހުއް ނޭގެ މިހާރު ކަލޭގެ ބަނޑުގަ ކުރި ފާފަ އަށަނުގަންނާ ކަމެއްވެސް ހިތުން ލޯބި ހޯދަން ދޯ އުޅުނީ ، މަ ހަމަ ކަލޭ ޔޫސް ކޮށްލީ، މަގޭ އެންމެ ލޯބިވާ ބޭބީ އެ އައީ މިރޭ މާލެ، އެހެންވީމަ ދެން އިތުރަށް ކަރު ހިއްކުންފިލުވަން ތި އަގެއް ނެތް ހަށިގަނޑެއް ބޭނުމެއް ނޫން ސޮރީ ސީމް ދެން ދަނީ ބާއި” ނިދިގެ ތެރޭން އިވުނު އަޑުތަކުން ގަބޫލް ނުކުރެވިފައި އޮތްވާ ބުނަނެ އެއްޗެއް ބުނެފައި ސިމާލް ނުކުމެދިއަތާ އިރުގަނޑެއް ފަހުން ވަނުވާ އެގެން ފެށުމާއެކު މިފެނުނީ ހުވަފެނެއް ނޫންކަށް އިހްސާސުވެ ތެދުވި ސީމާއަށް ރޮއިގަނެވުނީ ބޭއިހްތިޔާރުގައެވެ، އިއްޒަތާ އަބުރު މޮޑެލާ ހިތް ފުރާދިނުމުން ލޯބިވެރިޔާ ކެހިދީ ފިލާގެން ދިއައީ ފޫނުބެއްދޭނެ ވަރުގެ ޒަހަމެއް ހިތުގަ ލައްވާފައެވެ. ރޮވި ގިސްލަމުން ދިއައިރު ބަނޑުގައި އަތްއަޅާ ފިއްތާލެވުނީ ސިމާލް އެބުނި ވާހަކަތައް ތެދަށް ވެދާނެ ތީ ބިރުންނެވެ، ހަދާނެ ގޮތް ހުސްވިއިރު އެނބުރި މައިން ބަފައިން ކައިރިއަށް ދާނެ ހިތްވަރެއް ސީމާގެ ގަޔަކު ނެތެވެ. ހަމަހޭނުވާހާލު އެ ދަންވަރު ނުކުމެ މުޅިތަން ހޯދައި މޮޔައެންހެން ސިމާ ސިމަލް ހޯދަން އުޅުނެވެ، އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. އިތުރަށް ކުރެވޭނެ ކަމަކަށް ރުޔުން ނޫން ކަމެއް ނެތިހަތަރު އުދަރެސް ފެނު ޖެހުނީއެވެ.

ހަފްތައެއްހާ ދުވަސްވީއިރުވެސް ލިބިފައިވާ ހިތާމައިން ސީމާއަށް އަރައިނުގަނެވުނެވެ. ވިސްނާ ވިސްނާ ބޯގޮވަން ފެށުމުން ނިންމީ އެރަށުން އެންމެ އަވަހަށް ފުރާ ބޯޓަކުން ފުރައިގެން ދިއުމަށެވެ. މަންމަމެން ނަށް ވެސް ނޭގިއެވެ. އެނޫން ގޮތެއް އޮތްކަމަކަށް ހުދު ސީމާގެ ހިތްވެސް އެއްބަސް ނުވިއެވެ. ދެދުވަހެއް ފަހު މާލެ ފުރި ބޯޓަކުން ސީމާ ވެސް މަލެ ދާން ފުރިއެވެ، ކިތަންމެ އުދަނގޫ ވި ނަމަވެސް ކެތްކުރަމުން ސީމާ ދިއައީ ކުރިމަގަށް އެޅިދާނެ ހުރަހަކުން ސަލާމަތް ވެވޭތޯއެވެ. އެކަމާ ކުރެވުނު ކޮންމެ ކަމެއް އޭނަ ކުރާނެއެވެ.

ނުކައި ގިނަ ދުވަސްތަކެއް ވެފަ ވާއިރު،ހަށިގަނޑަށް ލިބިފައިވާ ނިކަމެތިކަމުން ތެދުވެލާނެ ހިތްވަރެއް ނެތި އޮއްވާ ބޯޓުތެރޭއިން މުސްކުޅި ފުރައިގެ އަންހެނަކު ސީމާއަށް ކާއެއްޗެއް ގެނެސް ދިނުމުން އެކާންފެށިއިރު ދެލޮލުން ކަރުނަތައް އޮހޭން ފެށުމުން އެމީހާ ސީމާ ގެ ހާލަށް ހަމްދަރުދީވެ ސުވާލުކުރަން ފެށިއެވެ.ކުރުގޮތަކަށް ސީމާ އޭނަގެ ހާލަތު ކިޔައިދިނުމުން އެ ދައްތަ އެދުނީ، ސީމާ އޭނަގެ ރަށައް ދާންބޭނުނަމަ އެހުރިހާ ކަމެއް ހަމަޖައްސަދޭނެކަމުގަ އާއި، ދަރިއަކު ނެތި އެކަނިވެފައިވާ އެދައްތަ އާއި އެކު ދިއުމަށެވެ. ސީމާ ހެޔޮހިތުން ސުކުރުވެރިވަމުން އެކަމަށް އެއްބަސްވިއެވެ.

8ގަޑިއިރުގެ ދަތުރަކަށް ފަހު ރ.މީދޫގެ ބަދަރުގައި ބޯޓު ޖެއްސުމުން އެރަށައް ފައިބި މަދުމީސްކޮޅައި ހައްވަތައާއި އެކު ސީމާ ވެސް އެރަށަށް ފައިބިއެވެ. ކުޑަކުޑަ ސާފު އެރަށް ފެނުމާއި އެކުސީމާގެ ހިތަށް ފިނިކަމެއް ލިބިގެން ދިއައެވެ. މީސްކޮޅުމަދު އެރަށުގައި ސީމާއަށް ދިރިއުޅުމެއް ލިބިދާނޭ ހިތާހިތުން އެއްބަސްވީ މާޒީގެ އަދިރިކަން ނައްތާލެވޭނެ ގޮތެއް އަދި ވިސްނިފައިނުވާއިރުވެސް ދިރިއުޅުމަށް އުއްމީދުތަކެއް ކުރެވޭތީ އެވެ.

ދުވަސްތަށް ދައުރުވަމުން ދިއައީ ހައިރާންވާހާ ހަލުވި މިނެއްގައެވެ. ސީމާވެސް އެރަށައް ހޭނި މީހުންގެ ތެރެއަށް ނުކުމެ އުޅެން ފެށިއެވެ. އެހެނަސް އެދުވަސްތަކަށް ނިމުމެއް އައީ، ސީމާއަށް ހީވެފައިވީ ބޮޑުބިރު ހަގީގަތަކަށް ވުމުންނެވެ. އެކަނިވެ ދުނިޔެއަށް ގިނަވި ދުވަހުން، ސީމާކުރި ފާފަގެ ނިސާން އެ ހަށިގަނޑުގައި ނޭވާލަމުންދާކަށް އެނގި ސީމާއަށް ލިބުނު ހަމަޖެހުމައި އުފާތައް ގެއްލިދިއަކަހަލައެވެ، ހަދާނެގޮތްހުސްވެ، ބިރުގަންނަފެށިއެވެ. ވިސްނިވަރަކަށް ހިތަށްވެރިވަމުން ދިއަ ތުފާނުން ސީމާ ގޮތްނިންމާ ހިތަށް ނާރާފަދަ ނުބައި ގޮތަކަށެވެ. އެއީ އެތުއްތު ކުށެއްނެތް މައުސޫމް ފުރާނަ ދުނިޔެއަށް ނޭޥާނުލަނީސް ހަށިގަނޑާއި ވަކިކޮށް ނައްތާލުމަށެވެ. މަތްކަލާކޯއެވެ. ހިތުގައި ކުޑަވެސް ރަހުމެއް ވާނަމަ އެނުބައި ފާފަކުރަން ހިތަށް ނާރާނެއެވެ. އެހެނަސް ސީމާގެ އެހާލަތުގެ ޒިންމާ ވާނީ ހަމަ ސީމާކަން އެނގި ވެސް އެނިންމުން ނިންމަށް ސީމާ ޖެހިލުން ނުވެ، އެކަމަށް ބޭނުންވާ ބޭސް ހޯގޭދެގޮތެއް ބަލަން ފެށިއެވެ. އެކަން ނުވާނެކަން އެނގުމުން ނުކައި ގިނަ ވަގުތު ހޭދަކޮށް ހައިބަނދާއެކީ އުޅެން ފެށުމުން ހާލަތުގޯސްވެހިނގާ އުޅެން ދަތިވާވަރަށް ނިކަމެތި ވެ ދިއައެވެ. ދެފަހަރަކު ހޭނެތިގެން މަރުކަޒަށް ގެންގޮސް އެތަށް ޓެސްޓު ތަކެއް ހެދި ސީމާއިން ހާލަތު އެންމެންނަށް އެގި ހައްވަތަ އާއި ހަމައަށްވެސް އެހަބަރު ލިބިގެންދިއައެވެ…..ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ރަހީނު.. 03 ވަނަ ބައި..

Next

ފިޔަވަޅު 4ވަނަ ބައި

Next
June 17, 2015

ފިޔަވަޅު 4ވަނަ ބައި

Previews
June 17, 2015

ރަހީނު.. 03 ވަނަ ބައި..

16 Comments!

  1. I-RaM says:
    June 17, 2015 at 11:00 am

    RAMAZAN MUBAARIK TO ALL LOVELY READERS…:)

  2. faai says:
    June 17, 2015 at 11:20 am

    vvvv rythi… like it

  3. nishy says:
    June 17, 2015 at 11:36 am

    V reeeethI… ramxaaan mubaarik

  4. loka says:
    June 17, 2015 at 11:58 am

    salhi. fanaa genes dheebala dhen ekam,……ramazan mubarak to you toooo

  5. mishko says:
    June 17, 2015 at 12:20 pm

    very nice story….. ramazaan mubaarik to everyone…..

  6. neem says:
    June 17, 2015 at 12:26 pm

    Eh vaahaka nunimenis aneh vaahaka.. y??

  7. naj says:
    June 17, 2015 at 12:37 pm

    It is okay neem..she will continue…vara reeethi…ramazaan mubaarik

  8. I-RaM says:
    June 17, 2015 at 12:39 pm

    fana stopeh nukuran, mee hama ramazan mubaarik kiyaalaasha eku genesdhey kuruvaahaka eh 3 partah vureh dhigeh nuvaane, fana upkohdheynan v avahah.. dnt worry guys 🙂

  9. I-RaM says:
    June 17, 2015 at 12:40 pm

    thanks all.

  10. neem says:
    June 17, 2015 at 4:33 pm

    !!!Oh realy
    Thnxx

  11. july says:
    June 17, 2015 at 7:47 pm

    v nice mi part…..kuriyah huri part thah ves vvvvvv nice vaane hen hyvany….waiting for next part….keep it up n ramadaan mubaarak

  12. nihaa says:
    June 18, 2015 at 5:14 am

    Vrh nice… Ramaxaan mubaarik to all of you…

  13. Western says:
    June 18, 2015 at 12:34 pm

    Mi story v nice… Hurihaa kudhinnah vex ufaaveri mahakah Edhen… Happy Roadha Mubarak… :p Ramadan Mubarak…. 🙂

  14. Anonymous says:
    June 18, 2015 at 4:41 pm

    nice

  15. muxu says:
    June 18, 2015 at 7:22 pm

    V rythi……..

  16. Crazi says:
    June 18, 2015 at 8:17 pm

    Vrh reethi anehbaa ahvaha genes dheachey

Comments are closed.


All Right Reserved!