Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފަނާ 16

I-RaM Level 110 Stories
May 26, 2015 5 Mins Read
28 Comments

އެތާތިބި އެންމެންގެ ލޯތަށް އަމާޒުވިތަން ފުނުމުން އެކަމަށް ރެކެމުން ޒައިދާއި ދިމާއަށް ބަލާލެވުމާއި އެކު ގިސްލެވެން ފެށުނީ ޒައިދުގެ މުއްކަވާލެވިފައިވީ އަތާއި މަންމަ އަށް ބަލާލި ރުޅިވެރި ބަލާލުން ފެނިއެވެ،” އޯ ވާއު މާހީ ުލުކިން ސޯ ހޮޓް އެންޑް ސެކްސީ،” ޒާރާަތަގެ ބަސްތަކުން އެންމެގެ ތޫނު ނަޒަރު އަމާޒުވި އިރު، އެއާ ވިއަދައިގެން އަޒާލްބެ ބުނެލި ޖުމްލައިން އެންމެން ހުނުމުގެ އަޑު އަހަރެންގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. އެތަނުން ދުވެ ފިލަން ވެސް ހިތަސް އަރަމުން ދިއައިރު އަހަރެންގެ ނަޒަރުޯ އިރު އިރު ކޮޅުން ޒައިދަށް އަމާޒުވަމުން ދިއައެވެ. މަންމަ މަޖްބޫރު ކޮށްގެން ލެއްވި ކުރު ހެދުމާއި ކޮށްފަވާ މޭކަޕްގެ ސަބަބުން އަހަންނަ ކުރެވެމުން ދިއަ އިހްސާސްތައް އެއްވސް މީހަކަށް ނޭގުނަސް ޒައިދު އަށް ކުރަމުންދާ އަސަރުތައް ފެނި އެތާހުންނަށް އެންމެ ވަގުތު ކޮޅަކަށް ވެސް ބޭނުމެއް ނުޫނެވެ. އެކަމަކު މީ އީ ވެސް އަހަރެންގެ ނިކަމެތި ކަމުގެ މަޖުބޫރީ އެވެ. ލޮލުން ފައިބަމުން ދިއަ އަގެއް ނެތް ކަރުނަތައް ފުހެލަމުން ހަމަ ޖެހިލީ ދެން އެމީހުން ކުރިމަތި ކުރުވާނެ ކަމަކަށް ތައްޔާރު ވުމުގެ ގޮތުނެވެ.

އެތާގަ ތިބި ފަންސަވީހަކަށް މީހުންގެ އަޑުތަކުން މުޅީ ތަނުގައި ހަލަބޮލިކަން އުފެދިފައި ވީ އިރު އިވެމުންދިއަ މިއުޒިކުގެ އަޑުވެސް ވަނީ ފަޑުވެފައެވެ. ތަނަނަ ވެރިވެފަައިވީ ހަލަބޮލިކަން މަޑުޖެހިލީ އަޒާލްބެގެ އަޑުން ނެވެ. ” ހޭއި ގައީޒް، ބީ ސައިލެންޓް … އަސްލު މި ޕާރޓީ އަކީ އަހަރެމެންގެ މިހިރަ އެކުވެރިޔާ ގެ ކާމިޔާބަށް ޓަކައި އުފާ ފާޅުކޮށްލުމަށް ބާއްވާ ޕާޓީ އެއް އިނގޭ، ޔޫނުސް ގެ ވިޔަފާރީ ފުޅާކުރުމަށް މިރަށުގައި ސޮޕިން މޯލް އަކާއި ގެސްޓް ހައުސްއެއްގެ މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހި މާދަމާ އެކަމުގެ އަމަލީ މަސައްކަތް ތައް ފެށޭނެ، އެކަންތައް ތައް ނިމި ހުޅުވެން ތިން މަސްވަރު ނަގާނެ، އެދުވަހަކަށް މި އިންތިޒާރު ކުރަނީ ދޯ ޔޫނުސް، މަރްހަބާ އިނގޭ ތިއަ ލިބެމުން ދާ ހުރިހާ ކާމިޔާބަކަށް، ” އަޒާލްބެ ޔޫނުސް އާއި ސަލާމްކޮށް ލަމުން މަރުހަބާ ކިޔާލިއިރު އިސާރާތުން މަންމަ އަށް ކައިރިއަށް އައުމަސް އެންގުމުން މަންމަ އަހަރެންގެ އަތުގައި ހިފާގެން އެންމެން ގެ ތެރެއަށް ވަންނަން ފެށިއެވެ. އަތް ކުރު ފައި ފަލަމަސް ގަޑާއި ހަމައަށް ކިރިޔާ ފޯރާ އެހެދުމުގައި އުންމެންގެ ތެރެއަށް ވެއްދުން ވީ އަހަރެންގެ ހާސްކަން އިތުރުވެ ރުޅި ގަދަވިކަމަކަށެވެ. ދަތްކުޑިވިކެމުންް ދިއައިރު އިސްޖަހާލައިގެން ހުރީ އަހަންނަވަމުންދާ ގޮތްތައް މީހަކަށް ފެންނަށް ބޭނުން ނުވާތީ އެވެ. މަންމަގެ އަތް ތެރޭ އެއް އަތް އޮތްއިރު އަނެއް އަތުން ހެދުމުގައި ހިފާ ދެމެމުން ދިއައީ ގަނެފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. ” އަދި އެންމެ ބޮޑު އުފާވެރތި ހަބަރު އޮތީ އިނގޭ، އަހަރމެންގެެ މިހިރަ މާޙީ ޔޫނުސްގެ އަންބަކަށް ވާން އުޅޭވާހަކަ، މިއަންނަ ޖެނުއަރީގަ އަށާރަ އަހަރު ފުރޭނެ މާހީ އަށް އަށާރަ އަހަރު ފުރުމާއެކު މިކައިވެނި ކުރެވޭނެ، މިރޭ ރަސްމީީގޮތުން މާހީގެ އެންގޭޖްމެންޓް ކުރެވޭނެ،” މަންމަ އަހަރެންގެ ކޮޑުގައި ހިފައި ކާރި ކޮށްލަމުން ބުނެލި ޖުމްލަތަކުން މޫނު މަތީ ދިލަ އެތިފަހަރެއް ޖަހާލިކަހަަލައެވެ. ބިނަފަޅާ ވަގުތުން އަޑިއަށް ދާން ހިތަށް އެރިއިރު އަވަސް ނަޒަރަކުންޒައިދަށްް ބަލާލެވުނު އިރު ޒައިދުގެ މޫނު މަތީ ހުރި އަސަރުން އަހަންނަށް ހައިރާންކަން ލިބުނެވެ. ޒައިދުގެ މޫނުމަތީ އެއްވެސް އަސަރެއް ނުފެނުވެ. އަހަރެންގެ ހިތުގައި ހިގަމުން ދިއައަސަރުތަކާއި އެކުވަމުން ދިއަ ރުޅިވެރިކަމުން މީޙާ ދާހިތްލަން ފެށިއެވެ. ކުރިމަތުން ޒާރާ ދައްތަ ވާހަކަ ދެއްކިއަޑަށް ބަލާލިއިރު ހުދު ކުލައިގެ ތަބަކެއްގެ ތެރޭ ގައި ފިނިފެންމަލު ފިޔަތަކުގެ ތެރޭގައި އޮތް އަގޮޓި ފެނި މޫނުން ތަރިބުރައިގެން ދިއަކަހަލަ އެވެ. ދުވަހަކު އެހާ ވިދުން ގަދަ ރީތި ބޮޑު އަގޮޓިއެއް ނުދެކުނަސް އެއިން އަހަރެންގެ ހަޔާތަށް ޒަހަރު ލާ ވިހައަކަށް ހަދާލާނޭ ހިތްބުނަން ފެށިއެވެ. ބިރުގަނެ މާޔޫސް ވާން ފެށީ އަހަރެން އުއްމީދު ކުރި ގޮތަށް އެއްވެސް ކަމެއް ނުވާނޭ ހީވުމުން ނެވެ. އެންމެން ޔޫނުސް އަށް މަރުހަބާ ކިޔަމުން ދިއައިރު ޒައިދާއި ޔޫނުސްގެ ނުތަނަވަސް ކަމުން އެއީ އެމީހުންނަށް ނޭގި ވެގެން ދިއަ ކަމެކޭ އަހަރެންނަށް ޔަގީންވިއެވެ. ދެރައީ ޒައިދުގެ ކުރިމަތީގައި އަނެއްކާވެސް އަހަރެންގެ އަގު މަންމަ ވެއްޔާ މޮޑެލީތީއެވެ. އެންމެން ޔޫނުސް އަށް މަރްހަބާ ކިޔަމުން ހީ ސަކަރާތް ޖަހަމުން ދިއައެވެ. ކެއުން ނިމި މުޅިގޭ ޑިސްކޯ ހާއްޔަކަށް ވެގެން ދިއައިރު އިރުއިރު ކޮޅުން އަހަރެން ގަޑީއަށް ބަލާލަމެވެ. ސޯފާގައި އިށީދެލެވުންކަން ނަސީބެކޭ ހިތަށް އެރިއެވެ، ޔޫނުސްގެ އެދުމަށް މަންމަ އަގޮޓި އިހަށް ފޮރުވާލަމުން އެކުވެރިނާއެކު ސަކަރާތް ޖަހަމުން ދިއަ މަންމަ އާއި އަޒާލްބެ އަށް ވެސް އަހަރެންގެ ނަޒަރު އަމާޒުވަމުން ދިއައެވެ. ގަޑީން ދިހައެއް ޖެހުމާއި އެކު ދޮރުގެ ބެލް އެޅުނެވެ. އެއަޑުގެ އިންތިޒާރްގައި ހުރި އަޒާލްބެ ގޮސް ދޮރުހުޅުވާލި އިރު ރަށުގެ އެންމެ ނުބައި ޕާރޓޭ ގްރޫޕް ފެނި އަހަރެން ގައިން ހީބިހި ނެގިއެވެ. އަފަޒަލް ކުރިގައި ހުރެ އެންމެން ގޮވައިގެން ގޭތެރެއަށް ވަދެ ސަކަރާތް ޖަހަން ފެށިއިރު އޭގެ ތެރޭގައި ހޭގައި ހުރި މީހަކު ހުރިހެނެއް ހިޔެއްނުވެއެވެ. ދެކޮޅަށް އެއްލަމުން ކަހަލަ ގޮތަކަށް އަހަންނާއި ދިމާއަށް އަންނަމުން ދިއަ އަފްޒަލު ފެނި ކޮޅަށް ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. އަހަރެންގެ ފިޔަވަޅުތައް ގަނޑުވެފައި ހުއްޓާ އަފްޒަލް އައިސް އަހަންނާއި ދިމާލަށް މޫނު ކައިރި ކޮށްލާ އަތުގައި ހިފައި އަނބުރާލައި ގެންގޮސް އަފްޒަލުގެ އަތުގެ ތެރޭ ހައްޔަރު ކުރި އިރު، އަހަރެންނަށް ބިރުން ރޮވެން ފެށުނެވެ. އަފްޒަލް އަހަރެން ލައްވާ ނަށުވަން މަސައްކަތް ކުރަމުން ދިއައިރު ޒައިދުގެ ލޭކެކިގޮސް ކެތް ނުވެގެން އައިސް އަފްޒަލް އަތުން އަހަރެންގެ އަތް ދަމައިގަނެ އަފްޒަލް ކޮށްޕާލިއެވެ. އެދިއަ ބަރު މިނުގައި އަފްޒަލް ގޮސް ސޯފާ ބުޑަށް ވެއްޓުނުއިރު އަފްޒަލްގެ ގޮރޫޕު މީހުންގެ ހަޅޭކުގެ އަޑު ތަނުގައި ގުގުމާލިއެވެ. އަހަރެން ޒައިދުގެ ފަހަތަށް ވަދެ ހުރެ ރޮމުން ދިއައިރު، އަފްޒަލްގެ ގްރޫޕް އައިސް ޒައިދު ވަށާލިއެވެ. ތަން ހޫނުވެގެން ދިއައިރު އަޒާލްބެ އައިސް އެތަނަ ވަދެ އެމީހުން ދުރުކުރަން މަސައްކަތް ކުރަން ފެށިއެވެ. އެހެނަސް މަސްތުގެ ތެރެއަށް ގެބިފައި ހުރި ވަހުށީ އިންސާނާ ވެސް ފެށީ އަހަންނާއި ދިމާކުރާށެވެ. ޒައިދު އަހަރެންގެ އަތުގައި ހިފަހައްޓާފަ ހުރިލެއް ބާރުކަމުން ވޭން އަޅަމުން ދިއައިރު، މަންމަ އާއި ދެން ތިބި އަންހެން ވެރިންގެ އާސޯހުވެފާހުރި ނަޒަރު އަހަންނާއި ޒައިދަށް އަމާޒުވަމުން ދިއައެވެ. ބަހެއް ބުނެލާނެ މީހެއްނެތި ގޭތެރެ ހަލަބޮލިވެފައިވަނިކޮށް ދޮރަށް އެރި ބާރު އެތިފަހަރަކާއި އެކު މުޅިގެ ގުޑައިގެން ދިއައެވެ. ހުޅުވުނު ދޮރުން އެތެރެވި ހަތަރު ޕޮލިހުން ފެނި އަހަރެންނަށް ހަމަޖެހިލެވުނެވެ، އެތާތިބި ގޮރޫޕްގެ އެންމެނާއި އަޒާލްބެ އަާއި މަންމައާ ޒާރައްތަ އާއި ހަމްޒާ ބޭރަށް ނެރެ ޕޮލިހުންގެ ވެހިކަލަށް އެރުވިއިރު މި ފެންނަނީ ހުވަފެނެއް ބާއޭ އަހަރެންގެ ހިތަށް އަރަމުން ދިއައީ މިވެގެން ދިއަ ގޮތް އޮޅުން ނުފިލުމުން ނެވެ. އަހަރެންނާއި ޒައިދާ ޒައިދުގެ ބައްޕަ ޔޫނުސް އާއި އެކަނި ގޭތެރޭގައި ވި އިރު، ގެން އިތުރަށް ތިބި މީހުން ކޮޅޫވެސް ނުކުމެެން ހިގައްޖެއެވެ. އިރު ކޮޅަކުން ޕޮލިހަކު އައިސް ގެއަށް ވަދެ ގުޅީ ކޮންބޭފުޅެއް ތޯ އެހުމުން ޔޫނުސް އަހަރެންނޭ ބުނެ އައިސް ޕޮލިސް މީހާ ކައިރޫ ހުއްޓުނެވެ. ޕޮލިސް މީހާ އެންމެން ސާޕަލް ނަގަން ޖެހޭކަމަށް ބުނީ ގޭތެރެއިން މަސްތުވާތަކެތީގެ އެއްޗެހިތަކެއް ފެނުމުންނެވެ. އަދި އެމީހުންނާއި އެކު ފޮލިސް ސްޓޭޝަނަށް އައިމްށް ބުނިއިރު، ޔޫނުސް އެ ކުރި ކަންތަކަށް ސުކުރުއަދާކުރިއެވެ. ޔޫނުސް ޢާއި ޕޮލިސް މީޙާ ބޭރަށް ނުކުނަށް ހިގައި ގަންނަމުން އަހަރެންނާ ދިމާއަށް ފުންކޮށް ބަލާލަމުން އައުމަށް ބުންޏެވެ. ޒައިދު އަހަރެންގެ އަތުގައި ހިފާ ބާރު ކޮށްލަމުން ދާން ބުންޏެވެ. ޕޮލިހުންގެ ވެހިކަލްގައި ސޮޓޭޝަނަށް ދިއައިރު އެތެރެވަނީ ހަލަބޮލިވެފައެވެ. ގޭއިން ނެރެގެން ގެންދިަ ގްރޫފުގެ މީހުން ވެސް ފޯރިއަރުވަމުން ދިއައެވެ. އަހަރެމެން ގެންގޮސް ވަކިން އިން ކޮޓަރި އެއްކަލހަލަ ތާކަށް ވައްދާ ސުވަލު ކޮށް ހަދާފައި ޔޫރިން ސާޕަލް ނެގުމަށް ފަހު ދިއަސް އެންމެ ރަގަޅޫކަމަށް ބުންޏެވެ. އެތަނުން ނުކުމެގެން އައިއިރު އެއްވެސް މީހަކު ފެންނަ ނެތުމުން ދެކޮޅޫހޯދާލެވުނެވެ. އެހެނަސް ލޮލުގައި މީޙަކލު އަޅައި ނުގަތެވެ.

އިސްޖަހައިގެން މަޑުމަޑުން ޔޫނުސް އާއި ޒައިދު ފަހަތުން ނުކުނަށް ދިއަ އަހަރެންގެ ފިޔަވަޅަށް ހުއްޓުން އައީ އިވުނު އަަޑަކުންނެވެ. ސިހިފައި ބަލާލިއިރު، މަންމަގެ ކުރީގެ ލޯބިވެރިޔާ ސާނިމް ފެނި ތަޅުވައިގެން ދިއައެވެ. މިރަށުގަ ޕޮލިހުންގެ ބޮޑަކަން ހުންނަނީ އޭނާއެ ޒައިދު މަޑުމަޑު ބުނެލިއިރު،މަންމަ އަށް ފަސެހަލުން މިތަނުން ނުކުމެވޭނޭ ހިތަށް އަހަން ފެށިއެވެ، އެއީ ސާނިމް ރަށައް އަންނަ ކޮންމެ ފަހަރަކުވެސް ފަޅުފިލުވަން މަންމަ ފައިދާ ނަގާކަން އަހަންނަށް ވަނީ އެގި ފެނިފައެވެ. ނުތަވަސް ކަންމަތީ ގެއަށް އައިސް ވަންއިރު މެންދަމު އެއްގަޑި ބައިވީއެވެ. ޔޫނުސް އަހަރެން ކައިރިއަށް އައިސް ބޮލުގައި ފިރުމާލިއެވެ. ” ތީ އަަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް ސާއިނަގެ އަވައިގަ ޖެހި އަހަރެން ތި މައުސޫމް ފުރާނައަށް ގެއްލުމެއް ނުދެވުކަން އެއީ ނަސީބެއް، ކަނބުލޯ ހިތްވަރު ކުރޭ، ކަނބުލޮ މި ގައިދުން ސަލަމަތް ވާނެ، އެކަމަކު ވަގުތު ނަގާނެ، ތެޅިފޮޅެއްގެ މިރަށުން ދެވެން ނެތީ މަސައްކަތް ގިނަ ކަމުން، އެކަމަކު ބުނަން ހުރިހާ ކަމެއް ހަމަޔަށް އެޅުނީމަ އަހަރެމެން ދާއިރު ކަނބުލޮ ގެންދާނަށް، އަދި ކެތްކޮށްލަ، ދެން އެ އަޒާލް އާއި އަފްޒަލަކަށް ކަނބުލޮއާއި ވައިވެސް ނޭޅޭނެ ، މަސްތުވާ ތަކެތި ބޭނުން ކުރިކަމަށް ސާބިތު ވަހިނދުން ފެށިގެން ހުކުން އައިސް އެކަމުން ނިމިގެން އެބުރި އަންނަ އެތަށ ް ދުވަހެއް ނަގާފާނެ، ކަނބުލޮ ދެން މީގެ ފަހުން ތީ ޒައިދު ފަދައިން ހަމަ އަހަރެންގެ ދަރިއެއް، އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ކަނބުލޮށް ދެރަވާ ކަމެއް ހިގިއަށް ނުދޭނަން އިނގޭ، ދެން ދޭ އަވަހަށް  ނިދާލަން މިހާރު އެއޮތް ދަންފަހަނައަޅައިދަނީ ” ޒައިދު ހެވިފައި އަހަންނާއި ދިމައަށް ބަލަން ހުރިއިރު، ޔޫނުސްގެ މޫނުމަތިންވެސް ހިތްހަމަ ޖެހުމުގެ އަސަރު ފެނުނެވެ. އަހަރެންވެސް ހިނިތުން ވެލަމުން ކޮޓަރިއާއި ދިމައަށް ދިއްައިރު،ހިތުގެ ވޭނަށް ލުއި ލިބިފައިވާ ކަމުގެ އިހްސާސްކުރެވުނެވެ. ކޮޓަރިއަށް ވަދެ ފެންވަރާލަން ހުރި އިރު ފުރަތަމަ ފަހަރަށް މަންމަ އާއި އަޒާލްބެއަށް އެލިބުނު ދެރައަށް ހިތް ސުކުރުވެރިވެލިއެވެ.

 

ފެންވަރާގެން ނުކުމެ އަހަރެންގެ ހައްސަ ހެދުމުން ހެދުމެއް ލައި ރީތިވެގެން ވެފައި ހުރި ހައި ފިލުވަން ބެރަށް ނުކުމެލި އިރު، ސިޓިން ރޫމް ގައި ހުރި ޒައިދު ފެނި ސިއްސައިގެން ދިއައެވެ. ” މާހީވެސް ނުނިދިގެން ދޯ. ހިނގާ ކޮފީއެއް ބޯން” ޒައިދުގެ ވާހަކަ އަށް ހޫމް އަޅުވާލަމުން ސުކުރުއަދާ ކޮށްލީ އަހަންނަށް ކޮށްދިން ހެޔޮކަންތައްތައް ދުވަހަކުވެސް ހިތުން ނުފިލަނޭ ބުނަމުންނެވެ. ޒައިދު ހިނިތުންވެލަމުން އަހަރެން ފަހަތުން އައިސް ބަދިގެއަށް ވަނެވެ. ޒައިދު ބަލަމުން ދިއަ ގޮތުން ލަދުގަންނަފެށިއެވެ. އަވަހަށް ކޮފީހަދާލަމުން ޒައިދަށް ދިއްކޮށްލި ކޮފީތަށީގައި ހިފީ އަހަރެންގެ އަތާއި އެކުގައިއެވެ،އަހަރެންގެ ހަށިގަނޑު ތެރޭ އާދަޔާހިލަފެ އިހްސާސެއް ހިގާލިއިރު، މޫނު މަތިން ނުތަނަވަސް ކަން ދައްކަމުން ޒައިދުގެ އަތްނައްޓުވަން އުޅުނު ތަނާ ކޮފީތަށި މޭޒު މަތީ ބަހައްޓަމުުން ޒައިދު އަނެއް އަތުން އަހަރެންގެ ދެއަތުގައި ހިފާ ގެންގޮސް ޒައިދުގެ މެގައި ޖައްސާލިއެވެ،” މާހީ ދެން ކެތެއްނުވާނެ އަހަންނަކަށް، އައި، ލަވް ޔޫ… އަަހަރެން މާހީދެކެ ވަރަށް ލޯބިވޭ… ތުރުުރު އަޅަމުން ދިއަ އަޑު އިވި ޒައިދުގެ މޫނަށް ބަލަލިއިރު އެދެލޮލުން ފައިބަމުން ދިއަ ކަރުނަ ތިކި ފެނި އަހަރެންގެ ހިތް ގަނޑުވެ ނެވާ ތާށިވިއެވެ….. ނުނިމޭ

Share Article

Follow Me Written By

I-RaM

Level 110 Stories

nyyra.esfiya

Other Articles

Previous

ކަޅު ފިނިފެންމާ… 2 ވަނަބައި

Next

ކަޅު ފިނިފެންމާ… 3 ވަނަބައި

Next
May 27, 2015

ކަޅު ފިނިފެންމާ… 3 ވަނަބައި

Previews
May 26, 2015

ކަޅު ފިނިފެންމާ… 2 ވަނަބައި

28 Comments!

  1. shaai says:
    May 26, 2015 at 5:32 pm

    wow.. i-ram.. this story is ausome.. i love it…

  2. Zu says:
    May 26, 2015 at 5:40 pm

    Anekka huvafenakah nahadhaasheve.Zaidh aai Maahee avahah gulhuvaa.ithu kanthah thskeh gennaanee fahun .Maahee ahdhey aniyaa kiyakiyaa v.dheravey. next part v.happy kurahchey.. miee v.rah udhangulun kiyey story eh. Maa bodhsh jinsee sniyaa aai jismaanee dhenee v.sad. ekamskuves v. Nice.. thankyou

  3. nihaa says:
    May 26, 2015 at 5:52 pm

    Vrh habeys… Waiting for the next part….

  4. ayli says:
    May 26, 2015 at 6:04 pm

    …It wonderfull keep it up waiting for next part

  5. Eakko says:
    May 26, 2015 at 6:30 pm

    varah nice iram ge mi story waiting 4 the next part ingey

  6. neel says:
    May 26, 2015 at 6:52 pm

    liyumuge kuh ginakamun kiyan v undhagoo

  7. naj says:
    May 26, 2015 at 8:13 pm

    Could u make paragraphs I-RAM…..vara udhagu kiyan…..but vara reethi ..keep it up

  8. xy says:
    May 26, 2015 at 9:51 pm

    Amazing waiting 4 next part

  9. july says:
    May 26, 2015 at 10:58 pm

    wowwwww its an amazing story….waiting 4 next part…..

  10. aukko says:
    May 26, 2015 at 11:14 pm

    awesome!!!!!! waitin 4 the nextpart

  11. yash says:
    May 27, 2015 at 5:00 am

    Wow varah salhi mi story .mi vahaka kithemeh varahka kiyaas fohi nun vey ♡♡♡♡

  12. maahee says:
    May 27, 2015 at 6:04 am

    V v reethi mi vaahaka. Dhen ithurah maahee ah aniyaa nudhy. Roe roefa mivaahaka mikiany . Zaige dad goas meehakah nuhadhaathi. I ves beynun mi site ga vaahakaeh up kuran. Khneh hadhan v?

  13. Elysha says:
    May 27, 2015 at 9:05 am

    Wowwwwwwwwwww…….. Incredible..

  14. Aal says:
    May 27, 2015 at 11:35 am

    Nice.. Can u make it longer and up it soooooooooon????? Waiting 4 the next part.

  15. Aal says:
    May 27, 2015 at 11:36 am

    Nice.. Can u make it longer and up it soooooooooon????? Waiting 4 the next part..

  16. Shaaz says:
    May 27, 2015 at 11:48 am

    Grt waiting 4 the next prt… Avahah up kuraathi

  17. Amm says:
    May 27, 2015 at 1:44 pm

    Wow v reethi, ……
    thank you

  18. shifa says:
    May 27, 2015 at 2:10 pm

    Hmm..mihaaru eba reethi vey .. 🙂

  19. sam says:
    May 27, 2015 at 5:29 pm

    Mihaaru eba rangalhu vey…….. v v reethi

  20. M says:
    May 27, 2015 at 9:24 pm

    !!!!!This is the BEST story ever
    !!!YOU ARE THE BEST OF THE BEST,IRAM

  21. SHAHIM says:
    May 27, 2015 at 9:59 pm

    NEXT PART AVASKUREY… STRY BEST TIME EH FREE VAAIRAH MISS VANY ZAIDH AA MAAHEE N OLL… PLX IRAM MAKE THIS FASTER I REALLY LYK THIS. LOY.. :)..

  22. ryn says:
    May 27, 2015 at 10:38 pm

    Mi dhn kiyevar story ehvx noon … liya iru thankolheh ragalhah balaigen liyanama dhe ..

  23. athoo says:
    May 28, 2015 at 8:14 am

    awww love it. v v v salhi. u r best writer <3 :-*.

  24. mal says:
    May 29, 2015 at 1:26 am

    Wow varah reethi…

  25. Sunny says:
    May 29, 2015 at 2:10 pm

    Y so late upkureveyleh!! But story grt 🙂

  26. Diana says:
    May 30, 2015 at 9:18 am

    Alhey dan next part up kuraavareh nuveytha..

  27. I-RaM says:
    May 31, 2015 at 9:49 am

    THANKYOU ALL LOVLY READERS 🙂

  28. Cristal says:
    June 13, 2015 at 1:41 pm

    oh..thankyou IRAM uploading this story fastly…. i think i know you IRAM… i am a UK child.. but now i know dhivehi very well

Comments are closed.


All Right Reserved!