* “އިށީންނަން ދިޔަސް އެންމެ ރަނގަޅު..” ލެކްޗަރާ ބުނެލިއެވެ. ނީޝަލް ޝުކުރު އަދާކޮއްފައި އިށީންނަން ދިޔައެވެ. ނީޝަލް އައިސް އިށީންނަންދެން އިޒްކާން ހުރީ ހިނިތުންވެލައިގެންނެވެ. “ޔޫ ޑިޑް ގްރޭޓް..” އިޒްކާން ތައުރީފު ކޮއްލިއެވެ. “ރިއަލީ..؟ ތޭންކްސް..” ނީޝަލްވެސް ހީނލިއެވެ. ހޫރީން ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލިއެވެ. އިޒްކާންގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ފަހަތުގައި ދެވަނަ މަގުސަދެއް ވާކަމަށް ހޫރީންއަށް ހީކުރެވުނެވެ. * ލެކްޗަރާ ކިޔަވައިދޭން ފެށުމުން އެންމެން ލެކްޗަރާއަށް ސަމާލުކަން ދިނެވެ. ލެކްޗަރާގެ ވާހަކަތައް އަޑު އަހަން ހުރިކަމަކު […]
“އަހަރެން ބޭނުން ވަރަށް އަވަހަށް ޒޯ އާ މެރީ ކުރަން.. ޒޯ ވިހާ ގަދަވިހާ އަވަހަކަށް އެކަން ކުރަން ބޭނުން..” އައިވިންގެ އަޑުން އެކަމަށް ކެތްމަދުވެފައިވާކަން ހާމަވެއެވެ. އޭނާގެ ހައްޤަކަށް ޒޯޔާ ވުމީ މިހާރު އައިވިންގެ އެންމެ ބޮޑު އެދުމެވެ. ޒޯޔާ އައިވިންގެ ނިންމުމަކާ ދެކޮޅެއް ނަހަދައެވެ. އޭނާވެސް ބޭނުންވަނީ އަވަހަށް ކައިވެނިކޮށް ނިންމުމަށެވެ. އައިވިން އޭނާގެ އަތުގައި އަޅުވާލަދިން އަނގޮޓިއަށް ބަލާލުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހާމަފެންޑާގައި އުފާވެރި ވަޤުތު […]
” އުމައިރު އަހަރެން ދެން ހަދަންވީ ކިހިނެއްތަތަ؟… އަހަރެންނަށް މުޅި މިދުނިޔެވެސް ލައުނަތް ދޭނެ… އަހަރެންގެ ފާފަތައް ކަނޑުގެ ފޮނުތަކަށްވުރެންވެސް ގިނަ… އަހަރެން ދެން ދުނިޔޭގައި ކަތަންމެ ދުވަހަކު އުޅުނަސް އަހަރެންނަށް ބާއްޖަވެރި ކަމެއް ނުލިބޭނެ…އަހަރެންގެ ފާފަތައް އެކަލާނގެ ފުއްސަވައިދޭނީވެސް ކިހިނެއް؟.. އަހަރެންގެ ސުވަރުގެ ވަނީ އެމަންމަގެ ފައިތިލަ ދަށުގަ…އަހަރެން ކިތަންމެ ވަރަކަށް ދުނިޔޭގައި ހުރެ ހެޔޮކަންތައް ކުރިޔަސް…އަހަރެންނަށް ލިބޭނީ ކޯއްޗެއް؟..” އަހަރެން އަޑުން އަޑުނަގައި ރޮމުން ބުނަމުން ދިޔައީމެވެ. ” އަހަރެން އަމިއްލައަށް މަރުވާން ވީތަ؟.. […]
* އިޒްކާން ވަށައިގެން ހޯދާލިއިރަކު ނީޝަލް ފެންނާކަށް ނެތެވެ. ދެކޮނޑު އަރުވާލާފައި އަދިވެސް ނީޝަލް ފެނޭތޯ ކުޑަކޮށް ހޯދާލާފައި އިޒްކާން ވެސް ކްލާހަށް ވަންނަން ދިޔައެވެ. ނީޝަލް އިސްތަށިގަނޑާއި ކުޅެމުން ކްލާސް ފެނޭތޯ ހިނގަހިނގާ ހުއްޓާ މީހެއްގެ ގައިގައި ލައިގަތެވެ. ބޮލަށް ވީ ތަދުން ބޮލުގައި އަތް ޖައްސާލާފައި ނީޝަލްއަށް ކުރިމައްޗަށް ބަލާލެވުނެވެ. * އޭރު ނީޝަލްގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާވެސް ބޮލުގައި އަތް ޖައްސާލައިގެން ހުއްޓެވެ. އެ އަންހެން ކުއްޖާވެސް ނީޝަލްއަށް ބަލާލީ ހައިރާންވެފައި […]
އަޒްލާންވެސް ބެލް ޖަހަން ކައިރިވުމުންގޮސް ކުލާހަށްވަނެވެ. އޭނާގޮސް ގޮނޑީގައި އިށީނުމުން ކޮންމެވެސް ފަޅުކަމެއް އިޙްސާސްކުރެވުނެވެ. ޔަލީނާގެ ސީޓަށް ބަަލައިލުމުން ޔަލީނާ މަތިން ވަރަށް ހަނދާންވިއެވެ. އެކަހަލަ މައުސޫމް ކުއްޖަކު ދޮގު ހަދަންވީ ކީތްވެބާއޭ ހިތަށް އެރިއެވެ. އަޒްލާންއަށް ހުރިހާ ގަޑިއަކު ޔަލީނާއާއި ދޭތެރޭގައި ވިސްނުނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަޒްލާންމެންގެ ކްލާސް ނިމުމުން ކްލާހުން ނިކުމެ ތަންކޮޅަކަށް ދިޔަތަނާ ފެނުނު މަންޒަރުން އޭނާގެ ލޭކެކިގަތެެވެ. ލައާލީ ހުރީ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ކައިރީގައި ކޮންމެވެސް އެއްޗެކޭ ކިޔާށެވެ. […]
ލީއާ ގޮސް ކުޑަ ދޮރުތައް ހުޅުވާލާ ސާފު ވައި ކޮޅެއް ލިބިގަތެވެ. ދެރަވެ ހިތް ނުތަނަވަސްވާ ކޮންމެ ވަގުތަކު ކުޑަދޮރުތައް ހުޅުވާލާފައި ހިތް ހަމަޖެހުން ލިބިގަނެއެވެ. ގިނަ ފަހަރަށް އޭނާގެ ޝަކުވާތައް ކަރުނައިގެ ސިފާގައި ބޭރުކޮށްލައެވެ. ކޮންމެ ފަހަރަކުވެސް ހިތް ފުރެންދެން ރޯލެވުމުން ނޫނީ އެތަނުން ދުރަށްވެސް ނުދެއެވެ. އެވަގުތު ޖެހިލި ވައި ރޯޅިއަކުން ދެލޯ މަރާލައިގެން ކުޑަދޮރުން ބޭރަށް ބޯ ދީގެން ހުރި ލީއާގެ ހަށިގަނޑުގައި ބޮސްދީފައި ދިޔުމުން ހީކަރުވައިގަތެވެ. ހީވީ މީހަކު އައިސް މޫނުމަތީ […]
* އިޒްކާން ތެދުވެ އުޑުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ތަރިތަކަށް ބަލާލިއެވެ. “ނީޝަލް..” އިޒްކާންއަށް ވައިއަޑުން އެ ނަން ކިޔާލެވުނެވެ. އަދި ޓީޝާޓުގައި ހަރުލާފައި އޮތް ކެވެލިކޮޅު ވަރަށް ބަލައިގެން ޓީޝާޓާއި ވަކިކޮށްލިއެވެ. “އިޒް ދެޓް ރިއަލީ ޔޫ..؟” އިޒްކާންއަށް އަހާލެވުނެވެ. * ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާއި ނީޝަލް ތެދުވިއެވެ. ހެނދުނު އަވަހަށް ހޭލުމަކީ ނީޝަލްގެ ގައިގައި ހަރުލާފައިވާ އާދައެކެވެ. ކުޑަ ގޮތަކަށް ފެންވަރާލައިގެން ނީޝަލް ލީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ […]
އެނދުމަތީގައި އޮތް ހުދު ކުލަައިގެ ފޮއްޓަށް ބަލަހައްޓައިގެން ޒޯޔާއަށް ހުރެވުނެވެ. އޭތި އެތަނުގައި ބޭއްވި މީހަކާ މެދު ހިތުގައި ސުވާލު އުފެދުނެވެ. މަޑު މަޑުން އައިސް ޒޯޔާ އެނދުގައި އިށީނދެ އެ ފޮށީގައި އަތް ހާކާލިއެވެ. މެދު ސައިޒުގެ އެފޮށީގެ އެތެރޭގައި އޮތް އެއްޗެއް ހޯދުމުގެ ޝައުޤުވެރިކަން ޒޯޔާގެ ހިތުގައި އުފެދިގެންދިޔައެވެ. ފޮށީގެ މަތިގަނޑު ހިއްލާލުމާއެކު އެންމެ ފުރަތަމަ ވެސް ޒޯޔާގެ ލޮލުގައި އަޅައިގަތީ މަތީގައި ބާއްވާލެވިފައި އޮތް ނޯޓު ކޮޅެކެވެ. “ވެއަރ ދިސް އެންޑް ކަމް […]
ދަރިފުޅާއެވެ. މިއަދު މަންމަ ދަރިފުޅަށް އެތައް އާދޭހެއް ކުރީމެވެ. އެއީ ދަރިފުޅަށް އުނިވާނެ އެއްވެސް ކަމެއް ނުބާއްވާ..ދަރިފުޅު ބޭނުންވާ ހުރިހާއެއްޗެއް ދަރިފުޅަށް ހޯދައިދެމުން އައި ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ ލޯ ކުރިމަތީ ތަންމަތީ އޮންނަން ޖެހުނު ދުވަހެވެ. އެބައްޕަ ފެންވަރުވާލަންވެސް މަންމަ ދަރިފުޅަށް ކިހާ އާދޭހެއް ކުރީމުހެއްޔެވެ. މިއަދު ދަރިފުޅުގެ އަތުގެ ފިރުމުންތައް އެބައްޕަ ބޭނުންވާނެވަރު ދަރިފުޅަށް އަންދާޒާކޮށެއްވެސް ނުލެވުނެވެ. މަންމަ މިއަދު މިޖެހުނީ ދުރުހިލޭ މީހުން ގެނެސްގެން ބައްޕަ ބަލާށެވެ. ********************************************* ދަރިފުޅާއެވެ. ނަމަވެސް މިހުރިހާ […]