Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ސޫރަ

fahukko Level 1
April 9, 2016 2 Mins Read
16 Comments

ނިހާ އޭނާގެ ތުއްތު ދަރިފުޅު އުރާލައިގެން މަޑުމައިތިރި ހިނގުމެއްގައި ގޮނޑުދޮށާ ދިމާއަށް ހިނގަމުން ދިޔައެވެ.އޭނާވަނީ ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ.މީގެ ދެއަހަރު ކުރީން އޭނާގެ މައިންބަފައިންނާއި އާއިލާގެ ނުރުހުމުގައި ކުރި ކައިވެނީގެ ހިޔާލުގައެވެ.ކޮންމެ އަންހެންކުއްޖަކުވެސް އެކުއްޖާގެ ކައިވެންޏާއިމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެއެވެ.ނިހާވެސް ހަމަ އެހެންކުދިންނެކޭ އެއްފަދައިން އޭނާގެ ކައިވެންޏަށް ވަރަށްރީތި ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް އެހުވަފެންތައް ހަގީގަތަކަށް ނުވިއެވެ.އޭނާދުށް ކުލަރީތި ހުވަފެންތަށް ބިލާހަކަށް ވެގެންދިޔައީއެވެ.

އޭނާގެ އަލަތުފިރިމީހާއަކީ އަދްޔަންއެވެ.މުއްސަނދި ދެމަފިރިއަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ.އަންހެންކުދިންގެ ހިތްތައްކަތިލާފަދަ ރީތި ސޫރައެއްގެ ވެރިއެކެވެ.ސިހުރެއްފަދަ އަޅިކުލައިގެ ލޯވެސް އެކަމުގެ ހެއްކަކަށްފުދެއެވެ.ނަމަވެސް ނިހާގެ މައިންބަފައިން އެކައިވެންޏާ ނުގަބޫލުވީ އަދްޔަންއާ ގުޅޭގުތުން ދެކެވެމުންދާ ވާހަކަތަކެއްގެ ސަބަބުންނެވެ.އަދްޔަންއަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހެއްގެގޮތުގައި ލޭބަލްވެފައިވާތީއެވެ.ނަމަވެސް ނިހާ އެވާހަކަތަށް ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ.އެއަށްވުރެށް ބޮޑަށް ނިހާވަނީ އަދްޔަންގެ ލޯބީގަ ދީވާނާވެފައެވެ.އޭނާއަށް ފެންނަމުން ދިޔައީ އަދްޔަންގެ ރަނގަޅު ސިފަތަކެވެ.ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނޭ ބުނާ އުސޫލުންނެވެ.

ނިހާ އޭނާގެ މައިންބަފައިންނާ ހެޔޮއެދޭ ރަހުމަތްތެރިންގެ ނަސޭހަތާ ދެކޮޅަށް އަދްޔަންއާ ކައިވެނިކުރިއެވެ.ކައިވެނީގެ ފުރަތަމަ ހަމަސް ދުވަސް ފާއިތުވެގެން ދިޔައީ އުފާވެރިކަމާއެކުއެވެ. ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއްނުޖެހިއެވެ.ނިހާގެ މި އުފާވެރިކަން އިތުރުވެގެންދިޔައީ އޭނާ އަދްޔަންގެ ދަރިއަކަށް ބަލިވެއިންކަން އެނގުމުންނެވެ.ނަމަވެސް އެ އުފާވެރިކަން ދެމިއޮތީ ކުޑަ ހިނދުކޮޅަކަށެވެ. އަދްޔަންއަށް އެ ހަބަރު ދިނުމުން ނިހާ ހީކުރިގޮތާ ހިލާފަށް އަދްޔަންގެ ފަރާތުން ފެނުނީ ފޫހިކަމެވެ.އަދްޔަންގެ ބަހަކަށްވީ އޭނާ ކުއްޖަކު ބޭނުންނުވާ ކަމުގައެވެ.

ނިހާބަލިވެއިންފަހުން އަދްޔަންގެ ލޯތްބާއި އަޅާލުން ދިޔައީ ކުޑަވަމުންނެވެ.އަދި ދެމީހުންގެ މެދުގައި ޖެހޭމައްސަލަތައް އިތުރުވާން ފެށިއެވެ.މިކަމުގެ ސަބަބުން އަދްޔަން ގެއަށްއަންނަނީވެސް ވަރަށްދަންވާ ފަހުންނެވެ.އަދި ގެއަށްވަމުމާއެކު ނިހާއަށް އަނިޔާކުރެއެވެ.ނިހާގެ ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށް އަދްޔަން ނުވިސްނައެވެ.ނިހާ ކައިވެނި ކުރި ހިސާބުން އޭނާގެ އާއިލާއާ ރަހުމަތްތެރިންނާއޮތް ގުޅުން ވަނީ އެއްކޮންކަހަލަ ގޮތަކަށް ކެނޑިފައެވެ.އެހެންކަމުން ނިހާ ހިތްދަތިކަމާ އެކަނިވެރިކަމާއެކު ދުވަސްތައް ގުނަމުންދެއެވެ.އެގޮތުގައި ދުވަސްތައްފާއިތުވެ ނިހާގެ ބަނޑަށް މިހާރު އަށްމަސްވެއްޖެއެވެ.ނަމަވެސް އަދްޔަންގެ އަނިޔާތަކަށް ބަދަލެއް ނާދެއެވެ.

އެއްރެއެއްގެ މެންދަމުގެ ވަގުތެވެ.ނިހާއަށް ނުނިދިގެން އުޅުނީ އޭނާގެ ބަނޑަށް އުނދަގޫވާތީއެވެ.ކުއްލިއަކަށް ނިހާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުގައި ތަޅައިގަންއަޑަށެވެ .ނިހާގޮސް ދޮރުހުޅުވިއިރު ކުރިމަތީ ތިބީ ޕޮލިހުންނެވެ.އަދި އެމީހުންގެ ގާތުގައި ބިޑި އަޅުވައިގެން ގެނެސްހުރީ އޭނާގެ ލޯބިވާ ފިރިމީހާއެވެ.ނިހާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ.”އަޅުގަނޑުމެން ބޭނުން މި ކޮޓަރި ފާސްކޮށްލަން.މި އޮތީ ކޯޓުއަމުރު.”ޕޮލިންގެ ތެރެއިން މީހަކު ގަނޑެއްދެމުން ބުނެލިއެވެ.އަދި އެމީހުން ކޮޓަރި ފާސްކުރަންފެށިއެވެ.އޭގެތެރެއިން އެކަކު އަލަމާރި ތެރޭގައި ހުރި ކުޑަފޮށްޓަކުން ހުދުކުލައިގެ ކުނޑިތަކެއްކަހަލަ އެއްޗެހިއަޅާފައި ހުރި ޕެކެޓްތަކެއް ނެނގިއެވެ.އަދި އެތަނުގައި އިސްކޮށްހުރި މިހާއަތަށްދިނެވެ.އެ ހުރިހައި ވަގުތެއްވީއިރުވެސް ނިހާހަށް ހުރެވުނީ ގުޑިލަންވެސް ނޭގިފައެވެ.އޭނާގެ ނަޒަރުހުއްޓިފައި ހުރީ އިސްޖަހައިންގެން ހުރި އަދްޔަންއަށެވެ.އޭނާއަށް ހޭވެރިކަންވީ ޕޮލިހެއްއައިސް ވާހަކަ ދައްކަން ފެށުމުންނެވެ.”އަޅުގަނޑުމެން އަދްޔަންއަށް ފާރަލާތާ ވަރަށްގިނަ ދުވަސްވެއްޖެ.އަދްޔަން އަކީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ފުޅާދާއިރާއެއްގަ ކުރަމުންއަންނަ މީހެއް.”މިހެން ބުނުމަށްފަހު ޕޮލިހުން އަދްޔަން ގޮވައިގެން ދިޔައެވެ.

ނިހާގެ އެ ހިޔާލުތަކުން ދުރުކުރުވީ އޭނާގެ ދަރިފުޅުގެ ރުއިމުގެ އަޑުންނެވެ.މިހާރު އޭގެފަހުން ދެ އަހަރުވީއެވެ.އަދްޔަންގެ ކުށްސާބިތުވެ ފަންސަވީސްއަހަރު ދުވަހުގެ ޖަލުހުކުމެއްވަނީ އިއްވާފައެވެ.ނަމަވެސް އޭނާ އަދްޔަންއާ އެކު ވޭތުކުރި ހިތްދަތިދުވަސްތައް ހަނދާންނައްތައެއްނުލެވުނެވެ.އަދި ހަނދާންނައްތައެއްނުވެސް ލެޥޭނެއެވެ.އޭނާގެ އެދަރިފުޅަށް ލިބިފައިވަނީ ބައްޕަގެ ސިފައެވެ. އެކުއްޖާގެ ލޮލުގެ ކުލައިންވެސް ސިފަވަނީ އެ ސޫރައެވެ.

Share Article

Follow Me Written By

fahukko

Level 1

student likes writing stories

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 10..

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި

Next
April 10, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 6 ވަނަ ބައި

Previews
April 9, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 10..

16 Comments!

  1. fahukko says:
    April 9, 2016 at 10:06 pm

    mee alhugandhuge furathama vaahaka.mi vaahaka reethi vaane kamah unmeedhu kuran. ragalhu kuran jehey kameh oinama faahaga koh dhinun eden

  2. Ammu says:
    April 9, 2016 at 10:25 pm

    V furihama. Ekamaku maa kuree. Dhen faharakun dhigu vaahaka eh genes dheyne kamah heekuran

    1. fahukko says:
      April 9, 2016 at 10:37 pm

      Thanxxx. Dhen liyaa vaahaka eh dhigu koh liyevey thr balaanan.

  3. SoMeOnE says:
    April 9, 2016 at 10:43 pm

    When next part

  4. SoMeOnE says:
    April 9, 2016 at 10:48 pm

    Opps
    sorry
    nimuny dhw

    1. fahukko says:
      April 10, 2016 at 5:41 am

      Yeah

  5. Saee says:
    April 9, 2016 at 10:49 pm

    Mi nimuny dhw… ninmaalamun nimuny jahaili nama

    1. fahukko says:
      April 10, 2016 at 5:41 am

      Dhen faharakun jahaalaanan up kuri fahun hadhaan vy

  6. nukko says:
    April 9, 2016 at 10:53 pm

    heyyyyyy…… balaabala nuvs bunelaa 😛
    heheh stry v habbu as its ur first one…. obiness to the max 😛 n e adhyan haadha goaheyy 🙁
    pooooor nihaa
    goooood luk dhn liyaa vaahaka akah… miss u lotssss <3 tvgc 😀

    1. fahukko says:
      April 10, 2016 at 5:43 am

      Thankxxx nukko….n i also miss you a lot. N hope to see u soon. Tgc

  7. eeshal says:
    April 10, 2016 at 12:31 am

    mee ahmadhiyya international school ga liyuvvi vaahakaige feshumeh.

    1. fahukko says:
      April 10, 2016 at 5:39 am

      Actually mi vaahaka aky fahu schl ga liyunu vaahaka eh… N mi story ge feshun eiy grade 9 dhivehi fothuga in feshumeh…

  8. reee says:
    April 10, 2016 at 8:09 am

    meee kuruvaahakaeh tha

    1. fahukko says:
      April 10, 2016 at 9:18 am

      Yes. Mee kuru vaahaka eh

  9. Shaahi says:
    April 10, 2016 at 12:59 pm

    V V V nice story

  10. dark princess says:
    April 17, 2016 at 7:59 pm

    Salhi

Comments are closed.



All Right Reserved!