Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 26

Ushaali Level 810 Stories100 Comments100 Stories500 Comments
April 15, 2016 7 Mins Read
22 Comments

ާ. ޝިޔާރާ އުޅެނީ އަހަރެމެން ގޭގައި. ގެއަށް އޭނަ ގެނައީ ހާލީ. މިހާރު ގޭ އެއްވެސް މީހެއް ބޭނުމެއް ނުވޭ އޭނަ އެގެއިން ދާކަށް” ޝަޒަން ތަފްސީލުކޮށް ދިނުމުން ޒޯހަން މޫނުމަތިން ވަކި ތަފާތު ގޮތެއް ފާހަގަނުވިއެވެ. “މާބަނޑޭ. އޭނަ ބަނޑުބޮޑު ވީ ކޮންއިރަކު” ޒޯހަން މަޑުންއިނދެ ހަމައެކަނި ކޮށްލީ އެސުވާލެވެ. “ޝިޔާރާ އާއި އެދަރަޖައަށް ގާތްވީ މަށެއް ނޫން. އެހެންވީމަ މަށަކަށް ނޭނގޭ ކޮންރެއަކު ވީ ކަމެއް ކަން އެއީ. ތިސުވާލަށް ބޮޑަށް ޖަވާބު ދެވޭނީ އެކަން ކުރި މީހަކަށް” ޒޯހަން އިނީ ހިމޭނުންނެވެ. ދެމީހުން އެއްކޮށް ފެރީ އިން ފޭބީ ދާންވީ މިސްރާބަށް އާދެވުމުންނެވެ.

 

ރޭގަނޑުގެ ވަގުތެވެ. ސާރާ އުޅުނީ ޝިޔާރާއަށް ބަނޑުބޮޑު ހެދުމެއް ފެހުމުގައެވެ. ޝިޔާރާގެ ބަނޑު މިހާރު ކޮންމެސް ވަރަކަށް ނިކުމެފައި ހުރުމުން ކުރިން ލާ ހެދުންތައް ބާރެވެ. އެހެންކަމުން މިއީ ސާރާ ޝިޔާރާ އަށް ފަހާދޭ ހަވަނަ ހެދުމެވެ. ފަހާ ނިމިގެން ސާރާ ބަދިގެއަށް ވަދެލީ ފެންފޮދެއް ބޯލުމަށެވެ. ރެއަކީ ވިއްސާރަ ރެއެއް ކަމުން ގޭގޭ ހުރިހާ ކުޑަ ދޮރުތަކާއި ބެލްކަނީ ދޮރު ވެސް ވަނީ ބަންދުކޮށްލާފައެވެ.  ފެންބޯން ހުރި ސާރާ ސިހުނީ ކުރިމަތީގައި ދެލޯ ބޮޮޑުކޮށްގެން ހުރި ހާލާ ފެނިފައެވެ. އެހެންކަމުން ދެލޯ ހަރަކާތްކޮށްލާ ވީކީއްތޯ ހާލާ ކައިރީގައި އަހާލިއެވެ. “މަންމާ! ޝިނި އެބައުޅޭ ފައިގެ ކޮންމެސް ތަނަކަށް ތަދުވާތީ. ވަރަށް ރޮއޭ އެބަ. އަޅުގަނޑު ކިޔާ ކިޔާ ވެސް އެތަނެއް ނުދެއްކި. ބުނަނީ މަންމަ ގެނެސްދޭށޭ” ހާލާ ބުނި އެއްޗަކުން ސާރާ ވަރަށް ދެރަވެއްޖެއެވެ. ތެދެކެވެ. އެއީ ޝިފްނީ ވިހެއުމަށް ފަހު ކުރި އޮޕަރޭޝަނެއްގައި ބޮޑު ލަކުނެއް ލާފައި ހުރުމުގެ ސަބަބުން ރިހޭ ރިހުމެކެވެ. އަބަދުވެސް އެތަނގައި ރިއްސާތީ ޝިފްނީ އުޅޭއެވެ. ފިނި މޫސުމެއް އައިއްޔާ ރިހުން މާގަދަ ވަނީއެވެ. ޝިފްނީއަށް ލުއި ވަނީ ހޫނު ފެނުން ބޮނޑިތާން ކޮށް ބާމޫ ކޮޅެއް ހާކާލީމައެވެ. މި ވޭނުގައި ޝިފްނީ އާއެކު ހިއްސާވާ އަދި އެކަކު ހުންނާނޭ ހިތަށް އެރުމާއެކު ސާރާ ފެންކަޅިވިއެވެ. ޝިފްނީގެ ފައިގާ ރިއްސާ ގޮތަށް އެކުއްޖާގެ ފައިގަ ވެސް ރިއްސާނޭ ސާރާގެ ހިތަށް އެރިއެވެ. ސަބަބަކީ އެއޮޕަރޭޝަން ކުރީ ދެކުދިން އެކީގައި ކަމަށް ވުމުންނެވެ. “ދަރިފުޅާ! ދެން ކިހިނެއް ހަދާނީ. އެއީ ޝިނީ އަބަދުވެސް ރިހޭތީ އުޅޭ ފައެއް. ޝިނީގެ ފައިގެ ފަލަމަސްގަނޑުގައި އިންނާނެ ފުއްޕާފައި އިން ލަކުނެއް. ދަރިފުޅަށް އެނުދެއްކީ ލަދުން ކަންނޭނގެ. ހާލީ ދޭބަލަ ފެންފޮދެއް ތާފަނާ ކޮށްލަން. މަންމަ މިއަންނަނީ މާމައަށް ގޮވާލާފައި. ފަހަރެއްގައި މާމައަށް ދައްކަފާނެ. އޭރުން މާމަ ބޮނޑިތާން ކޮށްދީފާނެ”  ސާރާ ހިނގައިގަތީ ހަރީރާގެ ކޮޓަރިއާއި ދިމާލަށެވެ.

ހަރީރާ ޝިފްނީގެ ބޮނޑިތާން ކޮށްދީ ނިމުމުން ފައިގައި އެޅި ވޭން ކުޑަވުމުން ޝިފްނީ އަށް ނިދޭ ގޮތްވިއެވެ. ނިދި ޖެހި ހުރެފައި ކުއްލިއަކަށް ޝިފްނީ އަށް ހޭލެވުނީ ސާރާ މަތިން މާބޮޑަށް ހަނދާންވުމުންނެވެ. ސާރާ އަނގައިން ނުބުނާތީ އެކަމާއި ޝިފްނީ ވަރަށް ހިތާމަ ކުރޭއެވެ. އިސާހިތަކު ޝިފްނީ އަށް ރޮވުނެވެ. ކުއިލްޓް ތެރެއަށް ޝިފްނީ އަށް ބޮނޑިވެވުނީ އެހެންވެއެވެ. އެންމެފަހުން ހިތަށް ކެއްނުވުމުން ކޮޓަރިން ނިކުމެ ސާރާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އިބްރާހީމް ވިޔަފާރީގެ ކަމެއްގައި ވީ މާލޭގައި ކަން ޝިފްނީ އަށް އެނގިފައިވާތީ މަޑުވެސް ކޮށްނުލާ ދޮރު ހުޅުވާލިއެވެ. އެވަގުތު ފާހާނާއިން ނިކުތް ސާރާ ހުރީ ތުވާލި ހިފައިގެން ޝިފްނީ އަށް ބަލަހައްޓައިގެންނެވެ. ކުޑަކޮށް ކޮރު ޖަހަމުން ކުރިއަށް ދިޔަ ޝިފްނީ ސާރާގެ ކުރިމަތީގައި ހުއްޓިލިއެވެ. ރޮވިފައިވާ ޝިފްނީގެ މޫނަށް ބަލާވެސް ނުލާ ސާރާ ދާން ހިނގައިގަތެވެ. ސާރާއަށް ހުއްޓުމެއް އައީ ފުރަގަހުން ސާރާގެ މެދުހަށީގައި ޝިފްނީ ބައްދާލުމުންނެވެ. “މަންމާ.. ޝިނީ އަށް މާފްކުރޭ. ޝިނީ ވަރަށް ގޯސް. ދެން ދުވަހަކުވެސް އެހެން ނޫޅޭނަން. ޝިޔާރާ ކައިރީގައި ވެސް މާފަށް އެދޭނަން. މަންމަ ރުޅި އައިސް ހުރީމަ ޝިނީ ވަރަށް ދެރަވޭ. ނާނުއަށް ވެސް ގުޅަން ޝިނީ ބޭނުން. ޝިނީ ބޭނުން ވަރަށް ރަނގަޅު ކުއްޖަކަށް ވާން. އެންމެން ހުރީ ޝިނީ ދެކެ ފޫހިވެފަ ދޯ މަންމާ” ތުވާލި އެނދުގައި ބޭއްވުމަށްފަހު ސާރާ ޝިފްނީ އާއި ދިމާލަށް އެނބުރިލާ ލޯބިން ބައްދާލިއެވެ. ނިތުގައި ބޮސްދެމުން މާފުކޮށްފީމޭ ބުނެލިއެވެ. ސާރާގެ ދެއަތުން ޝިފްނީގެ ކޯތާފަތް ފޮހެލަދެމުން ދަރިފުޅު ދެކެ ވަރަށް ލޯބިވެޔޭ ބުނެލިއެވެ. އެނދުގައި ބައިންދައިގެން ވިސްނާދިނެވެ. ޝިފްނީގެ ހިތަށް ބިރުވެރިކަން ވަންނަ ވަރަށް ރަނގަޅު ކަންކަމާއި ނުބައި ކަންކަން ބުނެދިނެވެ. ޝިފްނީ އަތަށް ފޯނު ދެމުން އަވަހަށް ކިނާނަށް ގުޅާލުމަށް ބުންޏެވެ. ޝިފްނީ ހެވިލާފައި ސާރާގެ ގައިގާ އަނެއްކާ ބައްދާލިއެވެ.

 

ޝަޒަން ބުނި ބުނުމަކަށް ރޫމެއްގައި މަޑުކޮށްގެން ހުރި ޒޯހަން ޝިޔާރާ މަތިން ހަނދާންވާންފެށީ މާބޮޑަށެވެ. މިވޭތުވެދިޔަ އެއް ހަފްތާ ތެރޭގައި ހިތަށް އުނދަގު ނުވާ ވަރަށް ޝިޔާރާ މަތިން ހަނދާންވާން ފެށުމުން ފޯނު ނަގާ ޝިޔާރާގެ ފޯނަށް ގުޅަން ފެށިއެވެ. ދެރަވެގެން ކަރު އެލުވާލަން ޖެހުނީ އެނަންބަރ އޮފް ކޮށްލާފައި އޮތުމުންނެވެ. ފޯނު ނަގާ ދުރަށް ހޫރާ ލުމަށްފަހު އެނދުގައި ހުރަހަށް ވެއްޓިގަތް ޒޯހަން މިދިޔަ ދުވަސްތަކުގައި ޝިޔާރާ އާއި މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން ހިތް ރޯލިއެވެ. ނިއާ އާއި ކައިވެނި ކުރުމަށްފަހު ކަންތައް ވެގެން ދިޔަ ގޮތްތައް ޒޯހަންގެ ލޯ ކުރިމަތީގައި ސިފަ ވާން ފެށިއެވެ. ނަތީޖާއަކަށް ވީ ނިއާ ދެކެ އަރައިގަތް ރުޅި އާއެކު ދަތްކުނޑި ވިކާ ގަނެވުނީއެވެ. ހަމަ އެހިނދުގައި ނިއާ އާއި ބެހޭ ގޮތުން ޝަޒަން ދެއްކި ވާހަކަތައް ވެސް ޒޯހަން އަށް ގަބޫލުކުރެވުނީއެވެ. ނިއާ ޒޯހަން އަށް ފަންޑިތަ ހެދީއެވެ. އެކަމަކު އެކަމުގައި ނިއާ އަށް އެހީވެދިނީ ކާކުބާއެވެ؟ އަނެއްކާ ބައްޕަ ހެއްޔެވެ؟ ނޫރީ ނަން ހިތަށް އެރީތީ ވެސް ޒޯހަން ފޫހިވިއެވެ. ކޮޓަރި މެދުގައި ހިނގަން ފެށުނީ އެތެރެހަށީގައި ކެކި އަރަމުންދާ އަލިފާންގަނޑަށް ބާރު ލިބި އިތުރަށް ކެކި ގަތުމުންނެވެ. މިވަގުތު ނިއާ ކުރިމަތީގައި ހުރިނަމަ ޒޯހަންގެ އަތުން ފައިން ގޯހެއް ހިނގާނެކަން ޔަގީނެވެ. އަތުޖެހުމާއެކު ނޮޅާލާނަމޭ ޒޯހަންގެ ހިތަށް އެރިެއވެ. ހުޅުމާލެއަށް އައި ފަހުން ޒޯހަން ނިއާގެ ކޯލަކަށް ވެސް ޖަވާބުދީފައެއް ނުވޭއެވެ. ނަސީބެކެވެ. “ޝިޔާ” ހިކިފައިވާ ދެތުންފަތް ދޭތެރެއިން ޝިޔާރާގެ ނަން ބޭރުވުމާއެކު ޒޯހަންގެ ލޯކުރިމަތީގައި ކުރެހިގެން ދިޔައީ ޝިޔާރާގެ މޫނު މަތީގައި ޒޯހަންގެ އަތުން ޖެހުމަށްފަހު އެގެއިން ދަމާ ބޭރަށްލި އަނިޔާވެރި މަންޒަރެވެ. އިސާހިތަކު ޒޯހަންއަށް އަމިއްލަ އަތަށް ބަލާލެވުނެވެ. އަހަރެންގެ ހިތާ ފުރާނައިން ލޯބިވާ ޝިޔާރާގެ މޫނުމަތީގައި ޖަހަން މިއަތް ނެގި އިރު އަހަރެން ހުރީ ބީތާ ވެފައި ހެއްޔެވެ؟ އެއްވެސް މީހަކު އަަހަރެން ނުހުއްޓުވީ ކީއްވެހެއްޔެވެ؟ އެރޭ ޝިޔާ ހާދަ ވަރަކަށް ރޯނެއެވެ. ހާދާ ހިތަށް ތަދު ވާނެއެވެ. އަނެއްކާ އަހަރެންނަށް މާފު ކުރާނެ ބާއެވެ؟ “ޝިޔާ ވަރަށް އަވަހަށް އެބަ ދަން ޕްރިންސަސް” ޒޯހަން އަވަސް އަވަހަށް ފާރު ކައިރިއަށް ވެއްޓިފައި އޮތް ފޯނު ނަގާ ބެޓްރި ލައްވާ އޮން ކޮށްލިއެވެ. އަވަސް ކުރަން އުޅުމުން ދެފަހަރަކު ފޯނު ވެއްޓެން ވެސް ގޮށްސިއެވެ. ޝަޒަންއަށް ގުޅާ ލުމާއެކު ފޯނު ނަގައިފިއެވެ. “މިއުޅެނީ މަގުމަތީގައި. ހާލާ ޝިޔާ ގޮވައިގެން ކުޑަ ޝޮޕިންގއެއް ކޮށްލަނީ. މިވަގުތު ބިޒީ. ފަހުން ޒޯން އާއި ބައްދަލުކުރާނަން. އެހެންނޫނަސް ފޫހި ވަންޏާ ނިއާރާނީ އަށް ގުޅަންވީނުން” ޒޯހަން ވާހަކަދައްކާނެ ފުރުސަތެއް ނުދީ ޝަޒަން ވާހަކަދައްކަމުން ދިޔައެވެ. މިހާރަކަށް އައިސް ޝަޒަންގެ ބަހުރުވަ ހުންނަ ގޮތަކީ އެއީއެވެ. “ޒެން… ވެއާރ އިޒް މައި ގާރލް…ކޮބާތަ މަގޭ ޝިޔާ… މަށަށް ހުރިހާ ކަމެއް ވެސް އެނގިއްޖެ. ޕްލީޒް މިވަގުތު މަށާ ޝިޔާ ބައްދަލުކޮށްދީބާ.. އެހެންނޫނީ މާބޮޑަށް ލަސްވެދާނެ. އަހަރެން ބޯ ގޮވަނީ. މަށަށް އަތުން ފައިން ގޯހެއް ނުހެދެނިސް ޝިޔާ މިތަނަށް ގެނެސްދީބަލަ. ނޫނީ ތިގެއަށް މަދަންތަ” ޒޯހަން އަޑާއި ރާގު ހުރި ގޮތުން ޝަޒަން ހިމޭންވިއެވެ. މިހާރު ޒޯހަން ހުރީ ހަމައިގަ ކަން ޝަޒަން ގަބޫލުކުރިއެވެ. ފޯނު ބޭއްވުމަށްފަހު ހާލާ އާއި އެކީގައި އިސްޖަހާލައިގެން ހުރެ ކުރިއަށް ހިނގާފައި ދިޔަ ޝިޔާރާއަށް ބަލާލިއެވެ. ޒޯހަން އާއި ޝިޔާރާ ބައްދަލުކުރުވަން މިއަށް ވުރެ ރަނގަޅު ގަޑިއެއް ނެތްކަމަށް ޝަޒަން އަށް ވިސްނުނެވެ. ދެހިޔާލެއްގައި ހުރެފައި ޝަޒަން ފަހަތުގައި ހުރެ ގުޅާލީ ހާލާގެ ފޯނަށެވެ. ހާލާ ފޯނު ނެގުމާއި އެކު ވީގޮތް ކުޑަ ގޮތަކަށް ޝަޒަން ހާލާ އަށް ކިޔާދިނެވެ. އަދި ދެމީހުންނަށް އެންމެ ރަނގަޅުގޮތަށް ކަންތައް ކުރުމަށް ޓެކްސީއެއް ހުއްޓުވާ އެއަށް އެރިއެވެ. ޓެކްސީ މިސްރާބު ޖެހީ ޒޯހަން މަޑުކޮށްގެން ހުރި ގެސްޓްހައުސް އާއި ދިމާލަށެވެ. ހާލާގެ އަތުގައި ޖަހާލުމަށްފަހު ޝިޔާރާ ސުވާލުކުރީ ދާތަނަކާއި ބެހޭ ގޮތުންނެވެ. “މިދަނީ ޝިޔާއަށް ތަނެއް ދައްކާލަން.” ޝިޔާރާގެ އަތްތިލައިގާ ހިފާ ފިތާލަމުން ހާލާ ބުނެލިއެވެ. ގެސްޓްހައުސް ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޝަޒަން ކުރީގައި ހުރެ ހިނގާފައި ގޮސް ސިޑިން އަރައިގެން ގޮސް މަޑުކޮށްލީ ފުރަތަމަ ފަންގިފިލާގައި ހުރި ރޫމް ނަންބަރ 100 ގައެވެ. ކޮޓަރީގައި ޓަކި ޖަހަން ޝަޒަން ހަވާލުކުރީ ޝިޔާރާއާއެވެ. ހައިރާންވެފައި ހުރި ޝިޔާރާ ވަރަށް މަޑުމަޑުން ދެފަހަރަކު ޓަކި ޖަހާލިއެވެ. ކޮޓަރި ދޮރު ހުޅުވާލި ވަގުތު ޝިޔާރާ އެނބުރި ބަލާލީ ފަހަތުގައި ހުރި ހާލާގެ މޫނަށެވެ. “ޝިޔާ އަހަރެމެން މިތާ ބޭރުގައި މަޑުކޮށްލާނަން. އިރުކޮޅަކުން އަންނާނަން. ތިހިރީ ޝިޔާގެ ޒޯހަން” ދެލޯ ބޮޑުވެފައި ކޮޓަރިތެރެއަށް ބަލާލިއެވެ. އާއެނކެވެ. ކުރިމަތީގައި އެހުރީ ދެލޯ ފަދައިން އެދޭ ފިރިމީހާއެވެ. ޝިޔާރާގެ ހިތާ ފުރާނައެވެ. މުޅި ދުނިޔެއެވެ. އެމީހަކަށްޓަކައި ތާއަބަދު އިންތިޒާރު ކުރެވޭ ޝިޔާރާގެ ހިތުގެ ވިންދެވެ. ދިރިއުޅުމުގައި ދިމާވި އަމިއްލަ އެދުންބޮޑު އަންހެނެއްގެ ސަބަބުން ހިނދުކޮޅަކަށް އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވުނު އަތުން ފައިން ގޯސް ހެދުނު ޒޯހަން އަށް ކުރިމަތީގައި ހުރި ޝިޔާރާ ފެނުމުން ހީލާންވެސް ނޭނގުނެވެ. ރަތްވެފައިވާ ދެލޯ ޝިޔާރާގެ މައުސޫމު މޫނަށް އިރުކޮޅަކު ހުއްޓިފައި ހުރުމަށްފަހު ދެން ޒޯހަންގެ ނަޒަރު ދަތުރުކުރީ ޝިޔާރާގެ ބަނޑަށެވެ. ކަޅުކުލައިގެ ބަނޑުބޮޑު ހެދުމުގައި ޝިޔާރާގެ ރީތިކަން އިންތިހާއެވެ. ދެކަކޫ މައްޗަށް ތިރިވެ ޒޯހަންއަށް ބައްދާލެވުނީ ޝިޔާރާގެ ބަނޑުގައެވެ. ޒޯހަންއަށް ކެއްކޮށްލެވުނީ އިރުކޮޅަކަށެވެ. ސިއްރުން ރޮމުން ގޮސް އަޑުފަޅައިގެން ދިޔަ އިރެއް ވެސް ނޭނގެއެވެ. ޝިޔާރާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. މާﷲ ގެ ހަޒްރަތުގައި އެކަމަކަށް އެދި އެންމެ ބޮޑަށް އެދުނު ކަންތައް ކާމިޔާބުވީއެވެ. ދެލޮލުން ފޭބި ކަރުނަތަށް ފޮހެލުމަށްފަހު ޒޯހަންގެ ދެކޮނޑުގައި ހިފާ ތެދު ކުރުވިއެވެ. އެއަށްފަހު މޫނުގެ ދެފަރާތުގައި ދެއަތުން ހިފާ ޒޯހަންގެ ނިއްކުރިއަށް ބޮސްދިނެވެ. ޝިޔާރާގެ ހަށިގަނޑު ޒޯހަންގެ އަތު ތެރޭގައި ގައިދުކޮށްލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިން މޮޔައެއްހެން ޝިޔާރާގެ މޫނުގެ އެތަންމިތާ ބޮސްދިނެވެ. ޝިޔާރާ ކައިރިން މާފަށް ތަކުރާރުކޮށް އެދުނެވެ. އެންމެފަހުން ޝިޔާރާ އުރާލައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ކައިރީގައި ޒޯހަން އޮށޯވެ ޝިޔާރާ ލުއި ފަތްކޮޅެއްހެން ގެނެސް ޒޯހަންގެ ދެއަތް ތެރެއަށް ލިއެވެ. ނިއާގެ ގޯސް ވާހަކަ ދައްކަމުން ގޮސް ޝިޔާރާ އާއި މެދު ކަންތައް ކުރެވުނު އިހާނެތިގޮތް ހިތަށް އަރާ ޒޯހަން އަށް ރޮވުމުން އެކަރުނަތައް ޝިޔާރާގެ މަޑުމަޑު އަތްތިލައިން ފޮހެލަދިނެވެ. އެއަށްފަހު ޝިޔާރާ ކަންތައްވީ ހުރިހާ ގޮތް ޒޯހަން އަށް އިޝާރާތުން ކިޔާދިނެވެ. ނިއާގެ ބަނޑުގައި އޮތީ ޒޯހަންގެ ދަރިއެއް ނޫނޭ ބުނެ ޝިޔާރާ ކޮށްލި އިޝާރާތަކުން ޒޯހަން އަށް ކުއްލިއަކަށް ތެދުވެވުނެވެ. ދެއަތް މުށްކެވެމުން ދިޔައީ ނިއާގެ ވިޔާނުދާ ވާހަކަ ޝިޔާރާ ބުނަމުންދާ ވަރަކަށެވެ. ކައިވެނީގެ ފުރަތަމަ ރޭ ނިއާ އެކީގައި ހޭދަ ކުރެވުނު ވަގުތުތައް ހަނދާނަށް އަންނަން ފެށިއެވެ. ނިއާ އަކީ އިއްފަތްތެރި އަންހެންކުއްޖެއް ނޫންކަން އެރޭ ވެސް ޒޯހަން އެނގުނެވެ. ވީއިރު ނިއާ ބަލިވެ އިނީ ޒޯހަންގެ ދަރިއަކަށް ކަން ގަބޫލުކުރެވުނީތީ ޒޯހަން އަމިއްލަ ނަފުސު ދެކެ ރުޅި އައެވެ. ހަމައެކަނި ނޫރީގެ ނުބައި ކަން ޝިޔާރާ ޒޯހަން އަށް ސިއްރު ކުރީ ދެބަފައިން ދޭތެރޭގައި ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ޖެހެން ބޭނުންނުވާތީއެވެ. ޝިޔާރާ ޒޯހަން ކައިރީގައި އެދުނީ ރުޅި މައިތިރިކޮށް ނިއާ އާއި ބެހޭ ގޮތުން އެއްވެސް ކަމެއް ޒޯހަން އަށް ނާންގާ އުޅުމަށެވެ. ނޯމަލްކޮށް އުޅެން ޝިޔާރާ ނަސޭހަތްތެރިވިއެވެ. އަދި ރަނގަޅު ވަގުތެއް ބަލާ ނިއާ ބޭޒާރުކޮށްލަން ޝިޔާރާ ބުނެދިނެވެ. ޝިޔާރާ އެދުނު ފަދައިން ކަންތައް ކުރަން ޒޯހަން ވެސް ނިންމިއެވެ. އެވަގުތު އެއީ ޒޯހަންގެ ފޯނަށް ކޯލެއް އައި ވަގުތެވެ. ޑިސްޕްލޭއަށް އަރާފައި އިން ނިއާގެ ނަން ފެނުމުން ޒޯހަން ފުންމައިގަތެވެ. ހަމަ އެހިނދުގައި ޒޯހަން މައިތިރިވީ ކުރިމަތީގައި އިން ޝިޔާރާ ފެނުމުންނެވެ. ހަމަ އެހާ އަވަހަށް ފޯނު ނިއްވާލިއެވެ. އަދި އެނދުގައި އިށީނދެގެން އިން ޝިޔާރާ ބާއްވާލުމަށްފަހު ޒޯހަން ޝިޔާރާގެ މޫނާ މޫނު ޖެހޭ ހިސާބުގައި ކުރުއަތްމައްޗަކަށް އޮށޯވެލީ ވަރަށް ކައިރިން އެމޫނަށް ބަލާލުމަށެވެ. ޒޯހަންގެ އަތް ޝިޔާރާގެ ހަށިގަނޑުގައި ބީހެން ފެށުމާއެކު ދެމީހުން ވެސް ހިމޭންވިއެވެ. ޒޯހަންގެ ބީހުންތަކަށް ޝިޔާރާ އިޖާބަ ދިން ކަން ހާމަވަނީ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުމުންނެވެ. “ކައިރިވެވޭނެތަ؟ ބޭބީ އަށް ގެއްލުމެއް ވާނެތަ؟” ޝިޔާރާގެ ކަންފަތުގައި ޒޯހަންގެ އަނގަ ޖެއްސުމަށްފަހު އަހާލިއެވެ. އެހިނދު ޝިޔާރާގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. ބޯޖަހަމުން އާއެނކޭ ބުނެވުނު އިރު ލޮލުގެ އަރިމަތިން ކަރުނަތިއްކެއް ވެއްޓެން ދިޔައެވެ. އެކަރުނަތައް ތިރިއަށް ގޮސް ގެއްލުމުގެ ކުރިން ޒޯހަންގެ ދެތުންފަތުން ކަރުނަތިކި ހުއްޓުވާ ލިއެވެ. އެއާއެކު ކަރުނަތިކި ހިނދިގެން ދިޔައީ ޒޯހަންގެ ދެތުންފަތް ދޭތެރެއަށެވެ. އެހާ ފަސޭހައިން ޝިޔާރާއަށް އެއްބަސް ވެވުނީވެސް އެކަމަށް ޝިޔާރާ ވެސް ބޭނުންވެފައި ހުރުމުންނެވެ.

ޝަޒަން އާއި ހާލާ ގެއަށް ވަދެހުރިހާ މީހުންނަށް ޒޯހަންގެ ވާހަކަތައް ކިޔާދިނުމުން އެކަމާއި އެންމެންވެސް އުފާވިއެވެ. ސިޓިންގްރޫމުގައި ހުރިހާ މީހުން ހަމައަށް ތިބިއިރު ކޮންމެ މީހެއްގެ ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. ޝިފްނީ ވެސް އިނީ ހެވިފައެވެ. ހަގީގަތުގައި ވެސް ޝިފްނީގެ ހިތް ޝިޔާރާގެ މައްޗަށް ސާފު ވެއްޖެއެވެ. ކުރެވުނު ކަންތަކަށް ޝިފްނީ ދެރަވެއެވެ. މިއަދު ޝިފްނީ ކޮލެޖަށްވެސް ނުދާން އިންނަނީ ޝިޔާރާގެ ފަރާތުން މާފަށް އެދޭނެ ވަގުތެއް ނުލިިބޭތީއެވެ. ދޮރުގައި ބެލް އަޅާލުމާއެކު ޝިފްނީ ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. “ބޮއްތާ….ޔަމީދައްތަ ވެސް ތަ؟” ދޮރުމަތީގައި ތިބި ލަތާ އާއި ޔަޝްމީ ފެނުމުން ޝިފްނީ އެދެމީހުންގެ ގައިގާ ބައްދާލިއެވެ. ލަތާ ގެއަށް ވަނުމުން ހަރީރާ އިސްވެ ސަލާންކުރިއެވެ. ގޭ ހުރިހާ މީހުންގެ ހާލު އަހާލިއެވެ. އޭރު ޝަޒަން ބޭރުން ހެދިކާ ގަނެގެން އައިސް ވަންނަނީއެވެ. ހާލާ ވަރަށް އަވަހަށް މޭޒު މަތީގައި ސައި ތައްޔާރުކޮށްލިއެވެ. ހާލާ އާއި އަތް ގާތްކޮށްދިނުމުގައި ޝިފްނީ ވެސް އުޅެއެވެ. “ކޮބާ މަގޭ ޝިޔާ” ޝިޔާރާގެ ނަން ރަނގަޅަށް ނުބުނެވެނީސް ލަތާއަށް ރޮވިއްޖެއެވެ. ޝިޔާރާ މިވަގުތު ވީ ޒޯހަން ކައިރީގައޭ ލަތާ ކައިރީ ބުނާކަށް އެގޭ އެއްވެސް މީހަކަށް ނުކެރުނެވެ. “ބޮއްތާ ޝިޔާ އެބައާދޭ. މިތާ ކައިރީގައި ހިނގާލަން ދިޔައީ” ހާލާ އަށް ވެސް ތެދު ހާމަކުރާކަށް ނުކެރުނެވެ. “އެހެންވިއްޔާ ޝިޔާ އާއި އެކު ސައި ބޯނީ” ލަތާގެ އެދުމާއި ބާކީ ތިބި މީހުން ވެސް ރުހި ގަބޫލުވިއެވެ. “ބޮޑުއްތާ ޝިނީ މެރީކުރަން އުޅޭ  ވާހަކަ އަޅުގަނޑު އަޑު އެހިން” ޔަޝްމީ ސާރާ ކައިރީގައި އަހާލިއެވެ. “އާނ. އެސޮރަށް ކިޔަނީ ކިނާން. އެސޮރުގެ މައިންބަފައިން ދިރިއުޅެނީ ސިންގަޕޯރ ގަ. އެމީހުން މިކޮޅަށް އައިހާ އަވަހަކަށް މިކަން ނިމޭނެ. އިންޝާﷲ” ސާރާ ޖަވާބުދިނެވެ. “އަހަރެމެންގެ ކުޑަކުޑަ ޝިނީ ބޮޑުވީ ދޯ” ސާރާގެ ކައިރީގައި ސޯފާގެއަތްގަނޑު މަތީގައި އިން ޝިފްނީ އަށް ބަލާލަމުން ލަތާ ބުނެލިއެވެ. ލަދުގަނެފާ އިން ޝިފްނީ ސާރާގެ ކޮނޑުގައި ބޯއަޅާލީއެވެ. ސިޓިންގ ރޫމުގައި އެންމެންގެ ހީލުމުގެ އަޑު ގުގުމާލިއެވެ. “އެއައީ އެމަންޖެ” ދޮރުގައި ބެލް އަޅާލި އަޑު އިވުމުން ހަރީރާ ބުނެލިއެވެ. ހާލާ ގޮސްދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝިޔާރާގެ ތުންފަތްމަތީގައިވި ހިނިތުންވުން ޝިޔާރާގެ އުފާވެފައިވާ މިންވަރު ހާމަކޮށްދެއެވެ. ކައިރީގައި ޒޯހަން ވެސް ހެވިލާފައި ހުއްޓެވެ. ހާލާގެ މޫޑް އޮފްވީ އެތެރޭގައި ލަތާ އިން ކަން ހަނދާންވުމުންނެވެ. ޒޯހަން މިތާ ހުރިކަން އެނގުނިއްޔާ އަނެއްކާ ބޮޑު ޒުވާބެއް ނުދާނެބާއެވެ. އަޑު ނީއްވާ ހަމައެކަނި ޒޯހަން އަށް ފެންނާނެހެން އެތެރޭގައި ބޮއްތަ އެބައިނޭ ހާލާ ބުނެލިއެވެ. ޒޯހަންގެ ހިނިތުންވުން ފިލާ ދިޔައެވެ. މަންމަ އާއި ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟ ޝިޔާރާ އެތެރެއަށް ވަނުމާއެކު ގޮނޑީގައި އިން ލަތާ ފުންމައިގެން ތެދުވެ ޝިޔާރާ އާއި ދިމާލަށް ބަލާލިއެވެ. ލަތާ އާއި ދިމާލަށް ޝިޔާރާއަށް ދުއްވައިގަނެވުނެވެ. ލަތާ ޝިޔާރާގެ ގައިގާ ބައްދާލިއެވެ. އިސާހިތަކު ލަތާ އަށް ރޮވުމުން މަންޒަރު ބަލަން ތިބި އެންމެންނަށް ވެސް ރޮވިއްޖެއެވެ. ޒޯހަން ބޭރުގައި މަޑުކުރީ އެތެރެއަށް ވަންނަން ނުކެރިގެންނެވެ. ޔަޝްމީ ހުރީ ޝިޔާރާގެ ބަނޑަށް ބަލަހައްޓައިގެންނެވެ. ޝިޔާރާ ބަނޑުބޮޑުކަން އަދި ޔަޝްމީއަށް މިއެނގުނީއެވެ. ލަތާ ގައިން ދޫކޮށްލި ޝިޔާރާ ޔަޝްމީ ގައިގަ ވެސް ބައްދާލިއެވެ. ގެއިން ނެރުނު ދުވަހު އެމޫނުމަތީގައިވި މާޔޫސްކަމާއި ހިތާމަވެރިކަން މިއަދު ފެންނަން ނެތުމުން ލަތާ އުފާވިއެވެ. ޝިޔާރާގެ އަތުގައި ހިފާ ލަތާ ކައިރީގައި ބޭންދިއެވެ. އަދި ލޯބިން މޫނުގައި ފިރުމާލިއެވެ. ނިތުގައި ބޮސްދިނެވެ. ބަނޑުގައި ފިރުމާލިއެވެ. “ދަރިފުޅު މިގޭގައި އުފަލުންތަ ތިހުރީ” ލަތާ އަހާލިއެވެ. ޝިޔާރާ އަވަސް އަވަހަށް ބޯޖަހާލިއެވެ. “މަންމާ! މިއަދު އަޅުގަނޑަށް ވުރެ އުފަލުގައި ހުންނާނެ އެއްވެސް މީހެއް ނެތް. ލޯބިވާ އާއިލާއެއް. ލޯބިވާ ރަހްމަތްތެރިއެއް. އަދި އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވާ އަޅުގަނޑުގެ ޒޯން” ލަތާގެ މޫނަށް ބަލަން އިނދެ ޝިޔާރާ ދެއްކި ވާހަކަތައް ލަތާއަށް އެނގުނެވެ. ނަމަވެސް ފަހުން ބުނި އެއްޗަކުން ލަތާ ހައިރާންވިއެވެ. ޝިިޔާރާ ބަލާލީ ހާލާއަށެވެ. ބޮލުގެ އިޝާރާތުން ހާލާ ދޮރާއި ނިވާވެގެން ހުރި ޒޯހަން އަށް އެތެރެއަށް ވަނުމަށް ބުނެލިއެވެ. “މަންމާ! އަޅުގަނޑުގެ ޒޯން އަޅުގަނޑު ބަލާ އަތުވެއްޖެ. ބަލާބާ މަންމާ… އެހެރީ ޒޯން” ޝިޔާރާގެ އަތުން އިޝާރާތްކުރި ދިިމާލަށް ލަތާ ބަލާލިއެވެ. ލަތާގެ ނަޒަރު ޒޯހަން އަށް އަމާޒުވުމާއެކު ޒޯހަން އިސްޖަހާލިއެވެ. ލަތާ ދެން ބަލާލީ ކައިރީގައި އިން ޝިޔާރާއަށެވެ. ޝިޔާރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ޒޯހަން މަޑުމަޑުން ހިނގާފައި އައިސް ލަތާގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އުނގުގައި ބޯއަޅާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިޔަނި (ފުރަތަމަ ބައި)

Next

ހާދަހާވޭ ކުރާހިތް ސަމާސާ 22 ވަނަ ބައި

Next
April 16, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 22 ވަނަ ބައި

Previews
April 15, 2016

ހިޔަނި (ފުރަތަމަ ބައި)

22 Comments!

  1. Ushaali says:
    April 15, 2016 at 9:35 pm

    next episode on sunday. enjoy

  2. bulha says:
    April 15, 2016 at 9:47 pm

    Aslu water bottle gendiyakan egey eya hedi gothei neygey.aslu reethi vees ebai sazan dimaa koleema a water bottle elaali kama liyeli nama.up vey thoa bala bala huta thi kodinyyy.thanx im first

    1. ken? says:
      April 15, 2016 at 9:54 pm

      even i was wondering wat cud hav hpnd to dat bottle…ushaali let us knw it in next part ingey☺☺

    2. Ushaali says:
      April 15, 2016 at 10:48 pm

      water bottle ah v goi adhi kiyaa nudhevigen e ulheny…. next episode ga ekan engene. mirey lyevunu varu mee…

  3. ken? says:
    April 15, 2016 at 9:50 pm

    haadha kurey…i was expecting lil longer dan this….mi story up veythw kithah faharu belijje…ekam kuruveema dhw…
    but still i appreciate ur hard work…aslu mi vaahaka v reethiveema beynunvanee dhigukoh kiyaalan..☺

  4. ken? says:
    April 15, 2016 at 9:53 pm

    finally something good happnd in shiya’s life..again vaguthu gunan fetteemi ingey…all de bst…

  5. leesh says:
    April 15, 2016 at 9:57 pm

    Haadha kurey

  6. Riph says:
    April 15, 2016 at 9:58 pm

    Mi episode ah inthizaaru kuranee miadhu iru ereen sure. Waiting for sunday ?

  7. Zee says:
    April 15, 2016 at 10:17 pm

    V salhi but thankolheh kuree

  8. Zaanaa says:
    April 15, 2016 at 10:27 pm

    Sunday ga hendunu up kohdehchay kehvaneh yeh noon keyaa hethun story vvvvvvv nice

  9. Mai says:
    April 15, 2016 at 10:47 pm

    V. Reethi. Keep it up

  10. marry says:
    April 15, 2016 at 11:43 pm

    Varah reathi… Thankoleh avahah up kohladehchey…

  11. Reesham says:
    April 16, 2016 at 12:09 am

    So nice. Ushaali ur the best

  12. Anonymous says:
    April 16, 2016 at 6:48 am

    v v v salhi kiyahithun kehnnuvegen miulhenee v v v avaskohdheeba

  13. Twinkle Star says:
    April 16, 2016 at 8:57 am

    Alhe varah salhi mi bai ves.. Ushaali keep it up ???

    1. copy says:
      April 16, 2016 at 11:51 am

      Haadha copy twinkle star ekey

  14. Hooo says:
    April 16, 2016 at 10:40 am

    Varah salhi mie part ves. Allhey den Shia dera nukurahchey.

  15. princess says:
    April 16, 2016 at 11:54 am

    Nyccc

  16. Mar says:
    April 17, 2016 at 10:20 am

    Avahah up kohdybala plxxxxx ushaaliii

  17. Zaanaa says:
    April 17, 2016 at 1:03 pm

    Avahaha up kohdeeba pls pls v keyaahethun mehuree kehmaduvefa

  18. ifaaa says:
    April 17, 2016 at 4:41 pm

    alhe kbw tha dhn

  19. Isheee says:
    April 17, 2016 at 5:34 pm

    Alhey kobaa tha can’t wait

Comments are closed.

Next Episodeފުންއަސަރު 27←


All Right Reserved!