Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 22

Ushaali Level 810 Stories100 Comments100 Stories500 Comments
April 7, 2016 8 Mins Read
14 Comments

ބަދިގޭ ޓައިލްސް މައްޗަށް އިނދަ ޖެހިފައި އިން ޝިޔާރާ ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ވަރަށް ހާލުން ހަށިގަނޑު ކޮޅަށް ޖަހާލެވުމާއެކު ކޮޓަރިއާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުން ދިޔައީ އެއްއަތުން ބަނޑުގައި އަތް އަޅާލައިގެން ކުޑަކޮށް ގުދަށް އޮވެއެވެ.

ހަމައެދުވަހެވެ. ހިނގާދިޔަ ކަންތަކަށް ފަހު ނިއާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ކޮންމެ ރެއަކު ޒޯހަން އަށް ނިއާ ގެނެސްދޭ ‘ޖޫސްތަށި’ ނުބޯކަން އެނގުމާއެކު ޒޯހަންގެ ސިކުނޑި ހަމައަށް މަސައްކަތްކުރާކަން ވަރަށް ރަނގަޅަށް ނިއާއަށް އެނގިގެން ގޮށްސިއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަ ހިނގާ ހުރި ނިއާ އެނދުގައި ނިދާލާފައި އޮތް ޒޯހަން އަށް ވެސް ބަލާލައެވެ. އެނދުގައި އިނދެ ރަނގަޅަށް ވިސްނާލުމަށްފަހު ކޮޓަރިން ނިކުތް ނިއާގެ މިސްރާބަކަށްވީ ބައްޕަގެ ކޮޓަރިއެވެ. ނިއާ އަށް މިކަމުގައި އެހީވާ ހަމައެކަނި ފަރާތަކީ ނޫރީއެވެ. އެހެންކަމުން ދެން ވެސް ރަނގަޅު ހިޔާލެއް ދެވޭނީ ނޫރީއަށް ކަމަށްވާތީއެވެ. ދެފަހަރަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވާލިއެވެ. “އަނހަ. ދަރިފުޅުތަ؟ ކަމަކުތަ؟ ވަދޭ އެތެރެއަށް” ނޫރީ އެއްފަރާތްވެލައި ނިއާ ވަންނަން ތަން ދައްކާލިއެވެ. “ކޮބާ ޒޯހަން؟ ނިދީތަ؟ ދަރިފުޅު މިގަޑީ ނުނިދާ ތިއުޅެނީއޯ؟ އަނެއްކާ ކިހިނެއްވީ؟ ޒޯހަން އެއްޗެއް ބުނީތަ؟” ނޫރީގެ ސުވާލުތައް ގިނަ ކަމުން ނިއާގެ ބޮލުގައި ރިއްސާލިއެވެ. “ބައްޕަ އަޅުގަނޑަށް ވާހަކަ ދައްކަން ފުރުސަތެއް ދީގެން ދޯ ވީ ގޮތެއް ކިޔާ ދެވޭނީ” ނޫރީ ހީލާފައި ޑްރެސިންގްޓެބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އަދި ނިއާ އިށީންނަން ދެއްކީ އެނދެވެ. “ބައްޕާ އެއްކަލަ ފެނުން އަޅުގަނޑު ޒޯން އަށް ދޭ ޖޫހެއް މިހާރު ނުބޮއެ. މިއަދު އަޅުގަނޑު ބަދިގެއަށް ދިޔައިރު ވެސް އެ ޝިޔާރާއާއި ދެމީހުން ތިބީ އާވާރާވެފަ. ޒޯން ވަރަށް ބޮޑަށް ރޯގާ ޖެހިފަ ހުރީ. އެހެންވެ ނުބޮނީ” ނޫރީ ގޮނޑިން ތެދުވެ ހިނގަން ފެށިއެވެ. ހީވާ ގޮތުން ދެން ހަދާނެ ގޮތަކާއި މެދު ވިސްނަނީއެވެ. “އިތުރު ގޮތެއް ނުހެދޭނެ. އަލިބެ މިހާރަކު ރަށަކު ނެތް. އެހެންވެ އަންނަން ދެން ހަދާފައި ހުރި ފެންތައް މިހާރު މިގޭގައި ބަހައްޓާފައި އެހުރީ. އެހުސް ވާން ވާއިރަށް އަލިބެ އަށް މިކޮޅަށް އާދެވޭ ވަރު ވާނެ. އެހެންވީމާ އެންމެ ފުރަތަމަ ޒޯހަންގެ ރޯގާ ރަނގަޅުކުރަންވީ. އޭރުން ޝަކުވާ އަކާއި ނުލާ ބޯނެ. ދަރިފުޅު ޒޯންގެ ރޯގާ ގަނޑު އިތުރަށް ފެތުރުނަ ނުދީ ވޭތޯ ބަލާ” ތެދެކެވެ. ނިއާ އަށް އެގޮތަށް ކަންތައް ކުރެވޭތޯ ބަލާނެއެވެ. ކޮޓަރީގެ ކުޑަކޮށް ހުޅުވިފައިވާ ދޮރުން ފެންނަން ތިބި ނޫރީ އާއި ނިއާ އަށް އެދިމާލުން ބޭރުގައި ހުރި ލޮލެއް އަމާޒުވެފައި ވާއިރު އެތެރޭގައި ދެކެވުނު ވާހަކަތައް ވެސް އިިންސާނާގެ ކަންފަތަށް ވަނީ ވަދެފައެވެ. “ދެން އަނެއް ކަމަކީ އެ ޝިޔާރާ ހުންނަ ހިސާބަކަށް މިދުވަސްކޮޅު ޒޯހަން ދިޔަ ނުދޭތި. ބައްޕަ ކީއްކުރާނީ ދަރިފުޅާ. ޒޯހަން އަށް އެ ޝިޔާރާ ގައިން ކޯއްޗެއް ފެނިގެން ކަމެއް ނޭނގެ ހޭބަލިވެފައި ހުންނަނީ. ނިއާ ދަރިފުޅުގެ ލޯބި އިންތިހާއަށް ދީގެން ޒޯހަން ހިތުން ޖާގަ ހޯދާ. މިހާރު މިކުރާ ކަމަކީ ދާއިމީ ހައްލެއް ނޫން. މާދަމާ ވެސް ވަގުތާއި ހާލަތު ބަދަލުވެދާނެ” ނޫރީގެ ވާހަކަތަކަށް ބޯޖަހާލުމަށްފަހު ނިއާ އެނބުރި ދިޔައީ އެވާހަކަތަކާއި މެދު ވަރަށް ބޮޑަށް ވިސްނަމުންނެވެ.

 

ނިދަން އެނދަށް އަރާ އޮތް ޝަޒަން އޮތީ ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ހިމޭންކަމާއެކު ލަވަ އަޑު އަހާށެވެ. ފާހާނާއިން ނިކުތް ހާލާ ޑްރެސިންގް ޓެބަލް ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ. އަދި ފައިގާ ލޯޝަން ހާކާ ލޯގަނޑުން ފެންނަން އޮތް ޝަޒަން އަށް ބަލާލިއެވެ. “ޒޭން ހިނގާބާ މާދަމާ މާލެ ގޮސްލަން. ޝިޔާ ކައިރިއަށް ދާހިތުން. އެފަކީރުގެ ހާލެއް ވެސް ނޭނގޭ. ފޯނު ވެސް ނިވާލާފައި އޮންނަނީ” ހާލާ ވާހަކަދައްކާ ވަރުބަލިވީ އިރު ވެސް ޝަޒަން ޖަވާބެއް ނުދޭއެވެ. ލަވައިގެ ދުނިޔެއަށް ގޮސް ހުސްވެފައި އޮތް ޝަޒަންގެ ނިއްކުރިމަތީގައި ހާލާ ގެންގުޅުނު ލޯޝަން ފުޅި ޖެހުމާއެކު ފުންމައިގެން ތެދުވިއެވެ. “ހާލީ ކީއްތިކުރީ. ގޮވާލިނަމަ” ނިއްކުރިމަތީގައި ފިރުމަމުން ޝަޒަން ބުނެލިއެވެ. “އަޑުނީވުނީމަ ދޯ މިހެން ހެދީ. އަބަދު ތިހެޑްސެޓް ކަންފަތަށް ނުޖެހިޔަސް ވެދާނެ ދޯ. މިހާރަކަށް އައިސް ޒޭން އަށް އެހެން ކަމެއް އޮވޭތަ؟ ވާހަކަދައްކާ މީހަކު ޖެހެނީ ހުސް އަނގަ ތަޅަން. ވަރަށް ފޫހިވޭ” ތުން އަނބުރާލާފައި ހާލާ އެނދުގައި އޮށޯތީ ޝަޒަން އަށް ފުރަގަސް ދީގެންނެވެ. ޝަޒަންގެ ތުންފަތް މައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. “ސޮރީ ބޭބީ. ކީކޭތަ އެގަޑީގަ ކިއީ. އަލުން ބުނެބާ” ހާލާގެ ފަހަތުން ބައްދާލަމުން ޝަޒަން ބުނެލިއެވެ. “ނޫޅެން ބުނާކަށް. ޒެން ބަލާ ހެޑްސެޓް އަޅައިގެން ލަވަ ޖެހޭތޯ” ހާލާ ރުޅިއަންނަކަމަށް ހަދާލަމުން ބުނެލިއެވެ. “އޯކޭ އެހެންވިއްޔާ. ވައިފީ ބުނި ގޮތެއް. އެކަމު މާދަމާ ޝިޔާއާއި މީޓް ކުރަންދާން ތައްޔާރުވޭ އެނގޭ” ހާލާ ދެއްކި ވާހަކަތައް އެނގިހުރެ ނޭނގޭ ކަމަށް ހެދީތީ މާބޮޑަށް ރުޅި އައިސް ޝަޒަންގެ ބޮލުގައި ކުޝަން އިން ތަޅަން ފެށިއެވެ. އެވަގުތު ކޮޓަރި ތެރޭގައި ގުގުމާލައިގެން ދިޔައީ ދެމަފިރިންގެ ލޯބިވެތި ހީލުމުގެ އަޑެވެ.

 

މެކާހިޔާގެ ސްޓޯރ ރޫމުގެ ދޮރު ލައްޕާލާފައި ނިކުތް ޝިޔާރާގެ ތުންފަތްމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. ސިއްރު ފިޔަވަޅުތަކެއްގައި ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލިއެވެ. ދަންވަރުގެ ވަގުތަކަށް ވުމުން ގޭތެރަށް ވެރިވެފައިވަނީ މަރު ފަދަ ހިމޭންކަމެކެވެ. ޝިޔާރާގެ މަސައްކަތް ފަސޭހައިން ކާމިޔާބު ވީ ވެސް މުޅި ގޭތެރެ ނިދާ ހިމޭންވެފައި އޮތުމުންނެވެ. ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާލުމަށްފަހު ނެގި ފޮޓޯ ފްރޭމްގައި ތުންފަތް ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. އަދި ފްރޭމް މޭގައި ތައްކޮށްލަމުން އެނދުގައި ޖައްސާލިއެވެ. އަދި ފޮޓޯ ފްރޭމްގައިވާ ޒޯހަންގެ ހިތްގައިމު ތަސްވީރަށް ބަލަން އިން އިރު ސިކުނޑީގައި އެނބުރެނީ ޒޯހަންގެ ލޯބިވެތި އެކި ހިޔާލުތަކެވެ. އިސާހިތަކު ޝިޔާރާގެ ހިތް ހުޅުވާލެވި ފްރޭމްގައިވާ ތަސްވީރާއި ވާހަކަދައްކަން ފެށިއެވެ. “ޒޯން. މަގޭ ފުރާނަޔާ. ދެން ދުވަހެއް ނެތް. ތިލޯބި ދެއަތުން ފިރުމާލާތޯ އަހަރެންގެ ހިތް ތެޅި ފޮޅެނީ. މިހާރު ހުރިހާ އެއްޗެއް އެނގިއްޖެ. ޒޯން އަށް ކެހި ދެނީ އަމިއްލަ ބައްޕަ. އިރާދަކުރެއްވިއްޔާ ތިކަމުން ޒޯން ސަލާމަތް ކޮށްދޭނަން. ދުވަހަކު ވެސް ތިދުލުން ޝަކުވާ އެއް ކުރިޔަ ނުދޭނަން. އެ ނުލަފާ ނިއާ އަތުން ޒޯން އަތުލާނަން. ޒޯންގެ އަމިއްލަ މިނިވަންކަން ހޯދަ ދޭނަން. ތި ނުލަފާ އަންހެނާގެ އަތް ދަށުން މިނިވަން ކޮށްދޭނަން. މިރެއިން ފެށިގެން ޒޯން އަށް ހަމަ ބިމަށް އާދެވޭނެ. ކުޑަކުޑަ ހިތްވަރެއް ކުރޭ ލޯބީ. މިއެނގުނީ އަދި ފުރަތަމަ ކަންތައް. ކުރިއަށް އޮތް ތަނުގައި އަދި ހުރިހާ ކަމެއް ބަލާނަން. ޔޯ މައި ބްރޭވް ބޯއީ. އައިލަވް ޔޫ ޒޯން” ފޮޓޯ ފްރޭމްގައި ޝިޔާރާގެ ތުންފަތް ޖައްސާލިއެވެ. އެނދުގައި އޮށޯވެލީ ވެސް ފްރޭމް މޭމަތީގައި ބާއްވަމުންނެވެ.

 

ޖެހިގެން އައި ދުވަހު ލަތާ އައުމުން ޝިޔާރާގެ އެކަނިވެރި ހަޔާތަށް އަލިކަމެއް އައެވެ. ސިޓިންގްރޫމުގައި އެންމެން ހަމަވެފައި ވަނިކޮށް ލަތާ މާދުރުގައި ހުރި ޝިޔާރާ ހަށިގަނޑުގައި ބައްދާލުމުން ނިއާ މުޅިން ރަކި ވިއެވެ. ކުޑަކޮށް ކުރިއަށް ޖެހިލެވުނީވެސް ލަތާ ބައްދާލާނެ ކަމަށެވެ. ފެނުނު މަންޒަރުން ނޫރީގެ މޫނު މައްޗަށް ވެރިވީ ފޫހިކަމެވެ. ލަތާއަށް ވެސް ކަމެއް ކުރަން އެވަގުތު ނޫރީގެ ހިތް ބުނެލިއެވެ. ޒޯހަން ކައިރިއަށް ވެސް ލަތާ ޖެހިލީ ޝިޔާރާ އާއި ކުޑަކޮށް ވާހަކަ ދައްކާލާފައެވެ. ނިއާ ހިތަށް އެއްޗެއް އަރާފާނެތީ ކައިރިވެލާ ބުރަކަށީ ފިރުމާލާ ހާލު އަހާލިއެވެ. ނިއާ އަށް ލިިބުނު ހިތްހަމަޖެހުމާއެކު ލަތާގެ ގައިގާ ބައްދާލަމުން ކަޅި އަލާލީ ދުރުގައި ހުރި ޝިޔާރާއަށެވެ. ދެން އެންމެން ހައިރާންކޮށްލީ ފަހަތުގައި ހުރި ޔަޝްމީ ވެސް ޝިޔާރާ ގައިގާ ބައްދާލާ ހިތްހެޔޮކަމާއެކު ވާހަކަ ދެއްކުމުންނެވެ. ބޭރުގައި ހުުރި ދުވަސްކޮޅު ލަތާ ވަނީ ޔަޝްމީއަށް ނަސޭހަތްދީ ރަނގަޅު ގޮތް ބުނެދީފައެވެ. ލަތާ ދެން އެނބުރިލީ ރާކީ އާއި ވީ ދިމާލަށެވެ. ރާކީ އަށް މާބޮޑު ސަމާލުކަމެއް ނުދީ ކުޑަ ދަރިފުޅު އުރާލަމުން ލޯބިކޮށްލިއެވެ. އަދި ލައިލް އާއި ބެހޭ ގޮތުން ރާކީ އާއި ސުވާލު ނުކުރީ ލައިލް އެވަގުތު ވާނީ ސްކޫލުގައި ކަން އެނގޭތީއެވެ. ރާކީ އާއި މާބޮޑު ވާހަކައެއް ނުދެއްކިއެއް ކަމަކު ހީލިއެވެ. ރާކީ ހުރީ މަންމަގެ މިއަމަލުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ލަތާ ޝިޔާރާ އާއި ދިމާލަށް ދެވަނަ ފަހަރަށް މިސްރާބު ޖެހުމުން ނޫރީ ގޮވާލިއެވެ. އަދި ކޮޓަރިއަށް ދިއުމަށް އަމުރު ކުރިއެވެ. ޝިޔާރާގެ ކޮލުގައި ފިރުމާލުމަށްފަހު ޔަޝްމީ ވެސް އަރުހަމް އާއެކު އެމީހުންގެ ބަޔަށް ދާން ހިނގައިގަތެވެ. ޒޯހަން ވެސް ނިއާގެ އުނަގަނޑުގައި ހިފާލައިގެން ކޮޓަރިއަށް ވަނެވެ. ރާކީ އަށް ވުރެ ކުރިން ލަތާ ޝިޔާރާ ކައިރިއަށް ދިޔުމުން ދެރަވެފައި ރާކީ ވެސް ރިވާން ގޮވައިގެން އަމިއްލަ ކޮޓަރިއަށް ވަނެވެ. ހިތަށް ލިބިފައިވި ހިތްހަމަޖެހުމާއެކު ޝިޔާރާ ހިނގައިގަތީ މެންދުރަށް މޭޒުމަތި ތައްޔާރުކުރާށެވެ.

ނިދަން ތައްޔާރުވެ ހެދުން ބަދަލުކޮށްލާ އެނދުގައި ޖައްސާލި ޝިޔާރާ ސިހުނީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. މަޑުމަޑުން ހިނގަމުން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ލަތާއެވެ. ޝިޔާރާ ހީލިއެވެ. ލަތާ ވެސް ހީލަމުން އެތެރަށް ވަދެ ދޮރު ލައްޕާލިއެވެ. ޝިޔާރާ ގަޑި ބަލާލިއެވެ. ބާރަ ޖަހަނީއެވެ. މިގަޑިގައި ލަތާ ފެނުމުން ޝިޔާރާ ކުޑަކޮށް ބިރުވެސް ގަތެވެ. އަނެއްކާ ބޮޑު ކަމެއް ވީބާއެވެ. އެނދުގައި އިން ލަތާ ކައިރީގައި ޝިޔާރާ ޖައްސާލީ ކަންބޮޑުވެފައެވެ. އަދި ފަހަތަށް ދޫކޮށްލާފައި އޮތް ޝިޔާރާގެ އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް ފަތުރާލީ ކުޑަކުޑަ ބަނޑު ފޮރުވުމަށެވެ. ލަތާ ސުވާލު ކުރިއްޔާ ޝިޔާރާ އަށް ދޮގު ނުބުނޭވޭނެތީއެވެ. ނަމަވެސް މިފަހަރު ނަސީބު ޝިޔާރާ އާއި އެއްބައި ނުވިއެވެ. ޝިޔާރާ ލައިގެން ހުރި ރަތް ޓީޝާޓު ގަޔަށް ހިފާލާފައި ހުރުމުން ނިކުމެފައި ހުރި ބަނޑު ލަތާގެ ލޮލުގައި އަޅައިގަތެވެ. އިސާހިތަކު ލަތާއަށް ޝިޔާރާގެ ބަނޑުގައި އަތް ޖައްސާލެވުނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ލަތާއަށް ހުރިހާ ކަމެއް ފަހުމް ވިއެވެ. އިސްއުފުލާ ޝިޔާރާއަށް ބަލާލިއިރު ރަނގަޅަށް ވެސް ދެލޯ ފުރިއްޖެއެވެ. ޝިޔާރާގެ މޫނުގައާއި ކޮލުގައި ބޮސްދެވުނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ރާކީ ބަލިވެ އިން ކަން އެނގުނު ދުވަހުވެސް ލަތާ މިހާ އުފަލެއް ނުވޭއެވެ. ޝިޔާރާ އާއި މެދު ލަތާގެ ހިތުގައި ވާ ލޯބި ފުންވެފައި މައިވަންތައެވެ. ޝިޔާރާގެ ބަނޑުގައި އެވަނީ ލަތާގެ ދެލޮލުގެ ދެނޫރު ގެ ލެއެވެ. ނިއާ ވެސް ބަލިވެ އިންކަން އެނގުމުން މިހާ ހިތްހަމަޖެހުމެއް ނުލިބޭއެވެ. ޝިޔާރާ ހިތަށް ކުރި އަސަރުން ލަތާ ކުރިމަތީގައި އިސް ޖަހާލިއެވެ. ރޮވުނެވެ. ބަލިވެ އިންކަން ޒޯހަން އަށް އެނގޭހޭ ލަތާ އަހާލަމުމުން ޝިޔާރާ ބޯޖަހާލިއެވެ. ޝިޔާރާގެ ދަތްދޮޅީގައި ހިފާ ލަތާއާއި ހަތަރުކަޅި ހަމަކުރުވިއެވެ. ގޭތެރޭގައި ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން ލަތާގެ ހަވަނަ ހިއްސު ބުނެލި ކަހަލައެވެ. ލަތާ ޝިޔާރާއާއި ސުވާލުކުރިއެވެ. އެއްވެސް މީހެއްގެ ނުބައި ވާހަކަދައްކަން ބޭނުންނުވާތީ ޝިޔާރާ ހިމޭންކަން ހިޔާރު ކުރިއެވެ. ލަތާ ދޫކުރާ ގޮތް ނުވުމުން ޝިޔާރާ އަށް މަޖުބޫރުވީ ބަދިގޭގައިވި ކަންތައް ކިޔާދިނެވެ. ޒޯހަން އާއި ޝިޔާރާއާއި ދެމެދު ކަން ހިނގާ ދިޔަ ގޮތެވެ. ޒޯހަން ކަންކުރި ގޮތެވެ. ޝިޔާރާއަށް ނިއާ އަނިޔާވެރިވި ގޮތެވެ. ހަމަ އެނޭވާގައި ޒޯހަންގެ އެއްވެސް ކުށެއްނެތޭ ޝިޔާރާ އަންގާދިނީީ ރޮވިފައެވެ. ނޫރީގެ އެއްވެސް ކަމެއް ޝިޔާރާ ކިޔާ ނުދިނީ ލަތާއާއި ނޫރީއާ ދެމެދު ހުރަހަކަށް ޝިޔާރާ ވާން ބޭނުންނުވާތީއެވެ. ޝިޔާރާގެ ވާހަކަތައް ނަގައިގަނެވުނު ލަތާއަށް ރޮވުނެވެ. މި ނިކަމެތި ކުއްޖާ މިގޭގައި އުޅުނީ ކޮންފަދަ ނިކަމެތި ހާލެއްގަ ހެއްޔެވެ؟ “ދަރިފުޅު އެއްވެސް ކަމަކާ ހާސްނުވޭ. ފިކުރުވެސް ނުކުރޭ. މަންމަ މިއައީނު. އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ހުރިހާ ކަމަކާ މަންމަ ހަވާލުވެއްޖައިން. މާދަމާ ހެނދުނު ވާނެ މަންމަ އާއެކު ކްލިނިކަށް ދާންެ. އަދި ނުދަމެއްނު ޑޮކްޓަރަކަށް ދައްކަން ވެސް. މަންމަ ޒޯން އާ ވެސް ވާހަކަދައްކާނަން. ނިއާ އަށް ވެސް ފިލާވަޅެއް ދޭނަން.” ކުއްލިއަކަށް ޝިޔާރާ ލަތާގެ އަތުގައި ހިފާ ޒޯހަން އާއި ނިއާ އަށް އެއްވެސް ކަމެއް ނުކުރުމަށް ބުންޏެވެ. ޒޯހަން އެނބުރި އަންނާނެ ކަމަށް ބުންޏެވެ. އެނދު ކައިރީގައި ބަހައްޓާފައި ހުރި ކޮތަޅު ނަގާ ޝިޔާރާ އަތަށް ލަތާ ދިއްކޮށްލިއެވެ. ޝިޔާރާ އެތެރެ ބަލާލިއެވެ. އަދި ވަކިވަކިން ކޮންމެ އެއްޗެއް ނަގާ ބަލާލިއެވެ. އެކޮތަޅުގައިވާ ކޮންމެ ހެދުމެއް ޝިޔާރާއަށް ކަމުދާ ކަން އެތުންފަތަށް ވެރިވާ ހިނިތުންވުމުން ލަތާއަށް އެނގުނެވެ. ޝިޔާރާ ވީ އުފަލުން ލަތާ ގައިގާ ބައްދާލެވުނެވެ. މަންމައެއްގެ ފަރާތުން ޝިޔާރާ ބޭނުންވާ ކޮންމެ ލޯތްބެއް މިއަދު ޝިޔާރާއަށް އެބަ ލިބެއެވެ. ލަތާއަށްޓަކައި ޝިޔާރާގެ ހިތުގައި ވަނީ ލޯތްބާ ކުލުނުން ފުރިފައެވެ. ލަތާގެ ހިތް ވެސް ހަމަ އެފަދައެވެ. ލަތާ އެނބުރި ދިޔުމުން ޝިޔާރާ ކޮޓަރި ތަޅުލާފައި އައިސް އެނދުގައި ޖައްސާލިއެވެ. އަދި ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔާ ނިދާލެވޭތޯ ދެލޯމަރާލިއެވެ.

 

ޝިފްނީގެ ހަޔާތަށް ބަހާރު މޫސުން އިސްގެން އުޅޭ ފަދައެވެ. އެތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ވާކަން ފެނުނު ކޮންމެ މީހަކަށް އެނގޭނެއެވެ. ރަސްފަންނުގައިި ކިނާންގެ އަތާއި އަތް ގުޅުވާލައިގެން އެވަރުގެ ގުޅޭ ޖޯޑެއް އެސަރަހައްދުގައި ނެތް ކަހަލައެވެ. މީހުން މަދު ހިސާބެއްގައި ކިނާން އާއި ޝިފްނީ އިށީނދެލިއެވެ. ޝިފްނީގެ ސައިޑް ބޭގް އުނގުގައި ބާއްވާލަމުން ކައިރީގައި އިން ކިނާންގެ މޫނަށް ބަލާލިއެވެ. އެވަގުތު ޝިފްނީގެ މޫނު މައްޗަށް ރަތް ކުލައެއް ވެރި ވެގެން ދިޔައީ ކިނާންގެ ނަޒަރު ޝިފްނީގެ މޫނަށް ސީދާ ވެފައިވާ މަންޒަރު ފެނުމުންނެވެ. ޝިފްނީގެ މޯޅިވަމުންދާ މޫނު މަތި ފެނުމުން ކިނާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ޝިފްނީއާއި ކައިރިވެލާ ބުރުގާ މަތިން ކަންފަތްދަށަށް ފުމެލިއެވެ. ޝިފްނީގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިޔުމާއެކު އިން ތަނުން ތެދުވެގެން ދުއްވައިގަތެވެ. ކިނާން ވެސް ހީލުމަށްފަހު ޝިފްނީގެ ފަހަތުން ދުއްވައިގަތެވެ. ވަރުބަލި ކަމާއެކު ހެމުން ކުޑަކޮށް ޝިފްނީ އެއް އަތް އުނަގަނޑުގެ ދެފަރާތުގައި އަޅުވާލިއެވެ. ފަހަތުން އައިސް އަރާ ހަމަކުރި ކިނާން އަށް ދެލޯ އަޅާލިއެވެ. “ކީއްވެ ތިދުވަނީ އެހާ ވަރަށް. އާދެބަލަ މިތާ އިށީންނަން” ކިނާންގެ ދައުވަތު ގަބޫލުކޮށް ގާތައްމަތީ ދެމީހުން އިށީނީ ރޭގަނޑު ގަޑީގައި ކަނޑުގެ އެކި ހިސާބުން ޖަވާހިރުތަކެއް ފަދައިން ވިދާ އަލިއަލިކޮޅު ތަކަށް ކުރިމަތި ލައިގެންނެވެ. “އައިލަވްޔޫ ޝިނީ” ކިނާން އަޑު އިއްވާލިއެވެ. ޝިފްނީއަށް ކިނާންގެ މޫނަށް ބަލާލެވުނެވެ. ކިނާން ޝިފްނީގެ އަތްތިލަ ނަގާ ތުންފަތުގައި ޖައްސާލިއެވެ. ޝިފްނީ ލަދުގަތްކަން އެނގުނު ހިނދ ޝިފްނީގެ އަތުން ދޫކޮށްލިއެވެ. “މިއަދު ކޮންފޮތެއް ހިފައިގެން ތިއުޅެނީ” ކިނާން އަތުގައި އޮތް ފޮތެއް ފެނުމުން ޝިފްނީ އަހާލިއެވެ. “ހަނދާންނެތުނީތަ؟ އެއްކަލަ ދުވަހު ޝިނީ ކިޔާ ހިތުން ބުނީމެއްނު ވާހަކައެއް. މީ އެވާހަކަ. މީ ގިފްޓެއް ނާނުގެ ފަރާތުން” ތެދެކެވެ. އިންގްލިޝް ލޯބީގެ ވާހަކަ ކިޔަން ޝިފްނީ ވަރަށް ވަރު ހުރޭއެވެ. އެވާހަކަ ކިޔާހިއްވާ ވާހަކަ ބުނުމުން ކިނާން މިގޮތަށް ދީފާނެ ކަމަށް ޝިފްނީއަށް ހީކުރެވިފައެއް ނެތެވެ. ފޮތުގައި ހިފަމުން ޝިފްނީއަށް ކިނާނަށް ބަލާލެވުނީ ޝުކުރުވެރި ވަމުންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ކިނާންގެ ކޮނޑުގައި ބޯއަލާލެވުނެވެ. އަދި ހިޔާލެއް ފިކުރެއްނެތި އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. ފޮތުގެ އެންމެ ފަހު ގަނޑުު ފެނުމާއެކު ޝިފްނީގެ ދެލޯ ބޮޑުވީ އެތަނުގައިވި ލިޔުންކޮޅު ފެނިފައެވެ. “ވިލް ޔޫ މެރީ މީ” ޝިފްނީ ކުދި ދަތްތައް ފެންނަ ވަރަށް ހީލަމުން ކިނާނަށް ބަލާލިއެވެ. ގާތަށް މަތީ ކަކޫ ޖައްސަމުން ކިނާން އަތްތިލަ ޝިފްނީއަށް ދިއްކޮށްލިއެވެ. އެއަތުގައި ހިފަމުން ޝިފްނީ ޔެސްއޭ ބުނެލީ ހީލަމުންނެވެ. ޝިފްނީ ނުވިސްނާ ހުއްޓާ ކިނާން ޝިފްނީގެ ހިމަދިގު އިނގިއްޔަށް އަނގޮޓި ހެއުވަރުކޮށްލިއެވެ. އަދި އަތްތިލަ ކިނާންގެ ތުންފަތުގައި ޖައްސާލުމުން ޝިފްނީ ލޮލުން ކަރުނަ ނީރާލިއެވެ. މާބޮޑަށް ޖަޒުބާތީ ވެވުނުކަން އެނގުނު ހިނދު ކިނާން ޝިފްނީގެ ކޮނޑަށް އަތްލާ އަތުން އިޝާރާތް ކުރީ އުޑުމެދުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކުގެ ހިމާޔަތުގައި އިން ބުރުހަމަ ހަނދަށެވެ. ޝިފްނީ ވެސް އެދިމާލަށް ބަލާލިއެވެ.

 

ސިޓިންގްރޫމް ހަލަބޮލި ވެފައިވަނީ ނޫރީގެ ހަޅޭކުގެ އަޑުންނެވެ. މީގެ ކުރިން މީހުން ކުރިމަތީގައި ނޫރީ ލަތާއާއި ދެބަސްވެފައެއް ނުވޭއެވެ. ފިރިމީހާގެ ހުންނަ ނޭދެވޭ ސިފަތަކުން ލަތާ ހުރީ ނިހާޔަތަށް ކަންތައްބޮޑުވެފައެވެ. މިދަނޑިވަޅުގައި ޝިޔާރާ ޒޯހަންގެ އެޕާރޓްމަންޓަށް ބަދަލުވިކަން ވެސް ނަސީބޭ ލަތާގެ ހިތަށް އެރިއެވެ. ޝިޔާރާ އާއި ގުޅުވައިގެން އެއްވެސް މީހަކު ޒުވާބުކުރާ އަޑު އަހަން ޝިޔާރާ ބޭނުންނުވާނެކަން ލަތާއަށް އެނގޭއެވެ. “ބައްޕާ. ތަންކޮޅެއް ރުޅި މަޑުކޮށް ވެގެންއުޅޭ ގޮތެއް ބުނަންވީނުން” އަރުހަމަށް ނުހުރެވިގެން ބުނެލިއެވެ. “އަރުހަމް އަނގައިން ނުބުނެ ހުރެބަލަ. މިގޭ ތެރޭގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަސް ތުން ބައްދައިގެން ރަނޑު އަންހެނެއްހެން ހުރެވޭތޯ ބަލާ. ގޭ ބޮޑު ފިރިހެންކުއްޖާގެ ހައިސިއްޔަތުން އެއްވެސް ކަމެއްގައި ވާހަކަދައްކާނެ ކަމެއް ނެތް” އައިއްސަ ހުރި ރުޅީގައި ނޫރީއަށް އަރުހަމަށް ވެސް އަޑުލައި ގަތެވެ. “މިއަދު ބައްޕަ ކީކޭ ކިއުއްވާ ދުވަހެއް. އަޅުގަނޑު ކީއްކުރީ. ޒޯން ކޮއްކޮގެ ދިރިއުޅުން ތެރެއަށް ވަންނާކަށް އަޅުގަނޑު ނެތިން” އަރުހަމް ވެސް ނޫރީ ދެކެ ހިތްހަމަނުޖެހުނެވެ. “އާނ ކަލޭމެން ތިބޭ އެއްޗެއް ނުބުނެ. އަހަރެން ހިތަށް އަރާ އެމަންމަނު ކުއްޖާ މިގޭ މީހުންނަށް ކޮން ސިހުރެއްބާއޭ ހެދީ. ލަތާ ވެސް ހީވަނީ ހޭބަލި ވެގެން އުޅޭހެން. މިއަދު ވެސް ޒޯހަން އެދިޔައީ ނިއާ ފަކީރުދެކެ ރުޅި އައިސްގެން ހުރެ. ޒޯހަން އަށް ވެސް މިހާރު ވާގޮތެއް އެނގެނީއެއް ނޫން. ހެނދުނު އެރިއިރާއެކު ލަތާ ބޭރަށް ދަމުން ދިޔައީ އެއަންހެނާ ވެސް ގޮވައިގެން. ނޭނގޭތަ އެމަންޒަރު ފެނުމުން ނިއާގެ ހިތަށް ކުރާނެ އަސަރެއް” ނޫރީ ހުރީ ރުޅި އައިސްގެން ތުރުތުރު އަޅާ ހާލުގައެވެ. “ބަލަ ނޫރީ އޭ އެމަންޖެ ދަރިއެއް ކަމަށް ގަބޫލު ނުކުރަނީ. އެންމެ ފަހަރަކު ވެސް މަބުނިންތަ މަ ގަބޫލެއް ނުކުރަމޭ ޝިޔާރާއަކީ ޒޯހަންގެ އަންބެއް ކަމަކަށް. ނޫނީ މަބުނިންތަ ޝިޔާރާ އަކީ މަގޭ ދަރިއެއް ކަމަށް ނުދެކެމޭ” ލަތާ ބުނެލި ޖުމްލައިން ނޫރީގެ ރުޅިގަނޑު ހައްތަހާވީ ގަދައެވެ. ގެއިން ނިކުންނަން ދަމުން ދިޔައީ އަތުން ޖަހާ ޓިވީ ރެކްމަތީގައި ހުރި ލައިލްގެ ކުޑަކުޑަ މަސްޓޭންކް ބުރުވާލާފައެވެ. ނޫރީގެ މިއަމަލުން ލަތާއަށް ދެކަންފަތް މަތީގައި އަތް އަޅާލެވުނެވެ. ނޫރީއަށް މިވަނީ ކީއްބާއެވެ. ކުރިން އެއީ މަޑު ކަފަކޮޅެއްހާ ހިތެއް އޮތް އިންސާނެކެވެ.  މިހާރު އެހިތަކީ ހިލަ އަށް ވުރެ ހަރު އެއްޗެކެވެ. ނޫރީ އަމިއްލަ އިހުތިޔާރުގައި އެކަހަލަ ކަންތައް ނުކުރާނެ ކަމުގައި ލަތާގެ އަމިއްލަ ޒަމީރު  ބުނެދިނެވެ. މީހަކު ނުބައި ފަންޑިތައެއް ކާންދިނީ ނޫންބާއޭ ލަތާގެ ހިތަށް އެރުމާއެކު ހީބިހި ނަގައިގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އިންތިޒާރު 2 ވަނަ ބައި

Next

މިހިތުގެ ލޯތްބޭ ތީ 15

Next
April 7, 2016

މިހިތުގެ ލޯތްބޭ ތީ 15

Previews
April 7, 2016

އިންތިޒާރު 2 ވަނަ ބައި

14 Comments!

  1. aff says:
    April 7, 2016 at 6:02 pm

    wow wow wow .. ushaali .. story hama habeys .. vrh salhi .. love yah 🙂

  2. thoo says:
    April 7, 2016 at 6:15 pm

    Ushaali haalu kihineh? Varah reethi mi vaahaka. Avaha up koh dheyne kama hykuran.

  3. Nawal says:
    April 7, 2016 at 6:42 pm

    Woww!!! so nice. Plzz update ASAP. Good luck ushaali.

  4. Aimsithu says:
    April 7, 2016 at 6:44 pm

    Wow.. thankolheh avahah aneh baii up kohllachey

  5. Ze says:
    April 7, 2016 at 7:12 pm

    V salhi mihaar thankolheh avahah up kollahdhee

  6. Alioht says:
    April 7, 2016 at 8:11 pm

    Pls kuriyah oitha thankolheh avahah mi story up kohdhevidhaanetha… cant wait to read other parts.

  7. shine says:
    April 7, 2016 at 9:32 pm

    Hmmm , mihaaru eba rangalhuvey… story v nice ingey.. nxt part avahah up kohdhehchey..

  8. Aeyesha says:
    April 7, 2016 at 9:51 pm

    Wow nyc stry . . . . hama habeysss 😀 nxt part vs thankolheh avahah up kohdhehchey plx ushaali.

  9. ken? says:
    April 7, 2016 at 9:53 pm

    alhey mi story ah kuran type kuri comment ebain marsha ge story ah gossa…??
    nyways story v furihama..nia ah angaalaathi manman vumakee shiya nikamethivun noon kan…v all r with shiya…yaayyy..n yeah m agree with lathaa…even i was wondering y shud nooree support nia dat deeply n doing such a cheap thing like sihuru…hhhmmm hhmmm…i guess thrs something fishy goong with nia n her mom n dad…??

  10. angle says:
    April 8, 2016 at 11:43 am

    very nice ingey ushaaly…we all are waiting for the next ….hope it would be updated as soon as possible….plus….BEST OF LUCK

  11. Xoe says:
    April 8, 2016 at 7:00 pm

    Kobaatha aneh part..???

    1. shinni says:
      April 8, 2016 at 8:45 pm

      Oh? ya right’ wheret ix the nxt part ushali??!!!

  12. Aakky says:
    April 8, 2016 at 7:04 pm

    V foohivey vaahaka up vaaleh lasvaathy, v inthixaaru kurevey vaahakaeh mi vaahakayaky

  13. Aish says:
    April 8, 2016 at 10:48 pm

    Maadhan story up vaane dw ushaali. .

Comments are closed.

Next Episodeފުންއަސަރު 23←


All Right Reserved!