Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 19

Ushaali Level 810 Stories100 Comments100 Stories500 Comments
April 2, 2016 7 Mins Read
70 Comments

ދަރިފުޅާއޭ ގޮވާ ލަތާ ކުރިއަށް ދުއްވައިގަތީ ކޮޓަރީ ޓައިލްސްްތައްމަތީގައި  ވެއްޓިފައި އޮތް ޝިޔާރާއާއި ދިމާލަށެވެ. ލަތާ ޝިޔާރާ ކައިރީގައި ިއިށީނުމަށްފަހު ބޯ ބާއްވާލީ ލަތާގެ އުނގުމަތީގައެވެ. އަދި ބިރުގަނެފައިވާ ހާލު ޝިޔާރާގެ އަތުގައި ހިފާ ވިންދު ވެސް ބަލާލިއެވެ. އެއަށްފަހު އަތްފޯރާ ހިސާބުގައި ހުރި ފެންޖަޖުން އަތަށް ފެން އަޅާ ޝިޔާރާގެ މޫނަށް ބުރުވާލިއެވެ. ދެވަނަ ފެންގޮށި މޫނުގައި ވަށައިގެން ލޯތްބާއެކު ހާކާލިއެވެ. ޝިޔާރާގެ ބުރަކަށި ދަށުގައި އޮތް ދިގި އިސްތަށިގަނޑު ލަތާއަށް ފެނުނީ އެވަގުތުއެވެ. މީގެ ކުރިން ޝިޔާރާގެ އިސްތަށިގަނޑު ދޫކޮށްލާފައި އޮންނަތަނެއް ލަތާއަށް ފެނިފައެއް ނުވޭއެވެ. އުނދަގުލުން ދެލޯ ހުޅުވާލި ޝިޔާރާއަށް ތަންތަން ފެންނަންފެށީ ފުސްކޮށެވެ. ދެފަހަރަކު ދެލޯ މަރާލާ ބާރުކޮށްލުމުން ތަންތަން ސާފުކޮށް ފެންނަން ފެށުމުން ބަލާލީ ހިތްއެދޭ މީހާ އިނީ ކައިރީގަތޯއެވެ. ލަތާ ކައިރީގައި އެނދުގައި ލެގިލައިގެން ޝިޔާރާ ވެސް އިށީނެވެ. ލަތާ ޝިޔާރާގެ މޫނުގައި ފިރުމާލިއެވެ. ވީކީއްތޯ އަހާލިއެވެ. އިޝާރާތުން ޝިޔާރާ ބުނި އެއްޗެއް ކިތަންމެހާ ވެސް ރަނގަޅަށް ލަތާއަށް ސާފުވިއެވެ. “ބޯއަނބުރާގަނެފަ ވެއްޓުނީ” ބަދަލުގައި ޝިޔާރާ ކައިރީގައި ރަނގަޅަށް ކައިގެން ހުންނާށޭ ބުނެލިއެވެ. ކަމެއް ބޭނުންވެއްޖެނަމަ މަންމައަށް ގުޅާށޭ ބުންޏެވެ. ހިތްހަމަޖެހިގެން ހުންނާށޭ ވެސް ބުންޏެވެ. ނަމަވެސް ޝިޔާރާ ހުންނަނީ ހިތްހަމަޖެހިފައި ނޫންކަން ލަތާއަށް އެނގެއެވެ. ސަބަބު ވެސް ލަތާއަށް އެނގޭއެވެ. ޒޯހަން ޝިޔާރާއާއި މިދިޔަ ދުވަސްތަކުގައި ގުޅުމެއް ނުބާއްވާކަން ވެސް ލަތާއަށް އެނގެއެވެ. ލަތާ އެންމެ ހައިރާންވީ ޝިޔާރާ ނިއާގެ ހާލު އަހާލުމުންނެވެ. ހިތްތިރި ކަމުގެ ނަމޫނާއެކެވެ. ތިމާގެ ފިރިމީހާ ޖަހައިގަނެގެން އުޅޭ އަންހެނާގެ ހާލު ބަލާނީ މިޒަމާނު ކާކުހެއްޔެވެ؟ ނިއާއަށް ވަރަށް ބަލައިގެން އުޅުމަށް ލަތާ ކައިރީގައި ޝިޔާރާ ބުނެލިއެވެ. އެންމެ ފަހަރަކު ވެސް ޝިޔާރާ ޒޯހަންގެ ވާހަކައެއް ނާހާތީ ވެސް ލަތާ ހައިރާންވިއެވެ. ހާދަ ކެތްތެރި ކުއްޖެކެވެ. ނަމަވެސް އެއްކަމެއް އެމޫނު މަތިން ލަތާއަށް ފާހަގަވިއެވެ. އެންމެ ކުރިން ވެސް ފެނުނު އެކަނިވެރިކަމާއި ހިތާމަ އަދި މާޔޫސްކަން އެމޫނު މަތިން ފާޅުވޭއެވެ. އެހެންކަމުން ލަތާ އެބައިން ނިކުތުމުގެ ކުރިން ޝިޔާރާ ހިތްހަމަޖައްސާލަން ބުނި އެއްޗަކުން ރަކި ގޮތަކަށް ހީލުމަށްފަހު ލަތާގެ ގައިގާ ބައްދާލިއެވެ. “މަންމަ ކުރިން ހިއެއް ނުކުރަން ދަރިފުޅުގެ ތިހާ ދިގު އިސްތަށިގަނޑެއް އޮތް ކަމަކަށް. މިދުނިޔޭގައި ހުރި ޒޯންއާ ގުޅޭ ހަމައެކަނި އަންހެންކުއްޖަކީ ތީކަން މަންމައަށް ހަމަ ޔަގީން. މިހާރު އެނގިއްޖެ ދަރިފުޅު ފެނުމުން ޒޯހަން މޮޔަވި ސަބަބު” ހީލާފާއި ޝިޔާރާގެ ބުރަކަށީގައި ފިރުމާލަމުން ނިތަށް ބޮސްދިނެވެ. އެއަށްފަހު ތިރިއަށް ފޭބީ ނޫރީ ގެއަށް އައުމުގެ ކުރިން އަވަހަށް ތިރިއަށް ފޭބޭތޯއެވެ.

 

ވަގު ދަރިއަކު ބޮލުގައި އަޅުވައިގެން ޒޯހަންގެ ސިކުނޑި ކަމުންދާ ނިއާގެ ހަޔާތަށް ބަހާރު މޫސުން އައި ފަދައެވެ. ޒޯހަންގެ ހިތް އެއްކޮށް މިލްކު ކުރެވޭނެކަން މިހާރު ނިއާ އަށް ޔަގީން ވެއްޖެއެވެ. ޒޯހަން ޝިޔާރާގެ އެއްވެސް ވާހަކައެއް ނިއާ ކައިރީގައި ނުދައްކައެވެ. ޝިޔާރާ ކައިރީގައި ނިދަން ދާކަށް ވެސް މިހާރު ޒޯހަން ބޭނުމެއް ނުވޭއެވެ. ލިބެންއުޅޭ ދަރިފުޅު ދެކެ ވެސް ވަރަށް ބޮޑަށް ލޯބިވާހެން ހީވެއެވެ. ހީ ސަމާސާ ކުރުމުގައި ޒޯހަން ވަރުގެ ކަމެއް މިހާރަކު ނެތެވެ. ކުރީގައި ދޭތެރެއަކުން ޝަޒަން ރަނގަޅު ނަޞޭހަތެއް ދިނަސް އެމީހުން ވެސް ހުޅުމާލެއަށް ބަދަލުވި ފަހުން ޒޯހަންގެ ހުރިހާ ވަގުތެއް ވަނީ ނިއާއަށް ހާއްސަ ކުރެވިފައެވެ. ޒޯހަންގެ އިތުރުން އެގޭ ހުރިހާ މީހުންގެ ފަރާތުން ނިއާ އަށް ލޯތްބާއި އަޅާލުން އިންތިހާއަށް ލިބޭއެވެ. މައިދައިތަ ފިޔަވައެވެ. ލަތާގެ މޫނު މަތި ކިޔަވާކަށް ނިއާ އަކަށް ނޭނގޭއެވެ. އެމޫނު މަތިން ހަރުކަށި ކަމެއް ވެސް އަދި ލޯތްބެއް ވެސް ނިއާ އަށް ފެނިފައެއް ނުވޭއެވެ. ރަނގަޅު ގޮތަކީ ކޮބާކަން އަބަދުވެސް ލަތާ ނިއާއަށް ބުނެދޭއެވެ. ހޮޑުލާން ފެށުމުން ބުރަކަށީގައި ފިރުމާލަ ވެސް ދޭއެވެ. މާގިިނަ ވާހަކަ ނުދައްކާތީ ނިއާ އަށް ވެސް އަނގަ ގަދަ ކުރާކަށް ނުކެރޭއެވެ. އާދައިގެން މަތިން މިރޭ ވެސް ބޭރުން އައިސް ވަން ނޫރީ ލައިފް ކުޑަ ފެންފުޅި ދިއްކޮށްލީ ސިޓިންގްރޫމުގައި ޓީވީ ބަލަން އިން ނިއާގެ އަތަށެވެ. އަދި ހީލުމަށްފަހު ދިޔައީ ނިއާގެ ބޮލުގައި ވެސް ފިރުމާލާފައެވެ. މަޑުމަޑުން ކޮޓަރިއަށް ވަން ނިއާ އެނދުގައި އިނދެ އިންތިޒާރު އެކުރަނީ އޮފީހަށް ފައިލެއް ބަލާ ދިޔަ ޒޯހަން ކޮޓަރިއަށް އަންނާނެ ވަގުތަކަށެވެ. އެނދުގެ ހެޑްބޯޑް މަތީގައި ހުރި ފެންފުޅިއަށް ބަލާލުމަށްފަހު ކޮޓަރީ ދޮރާއި ދިމާލަށް ވެސް ބަލާލެވެއެވެ. އަވަސް އަވަހަށް ބަދިގެއަށް ވަދެ ފެންފުޅި ތައްޓަކަށް އަޅާލުމަށްފަހު އޮރެންޖް ޖޫސް ތައްޓެއް ގިރާލިއެވެ. އަދި ތަށި ހިފައިގެން އަލުން ކޮޓަރިއަށް ވަނެވެ.

 

އޮފީހުން ފައިލު ނުފެނުމުން ދޮރު ތަޅުލުމަށްފަހު ޒޯހަން ލިފްޓަށް އެރިއެވެ. އަދި އެންމެ ތިރިއަށް ގޮސް ހާމައަށް އޮތް ބަޔަށް ނިކުމެލީ ސިގިރެޓެއް ރޯކުރަމުންނެވެ. ޒޯހަން މިހާރަކަށް އައިސް ދުންފަތަށް ވެސް ދެވި ހިފާފައި ހުރީ މާވަރަކަށެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތި ޒޯހަން މުޅި އިމާރާތަށް ކަޅި ހިންގާލިއެވެ. އެވަގުތު ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ޝިޔާރާ ޒޯހަން އަށް ފެނުނެވެ. ޒޯހަން އަށް ޝިޔާރާ މިފެނުނީ މަސް ދުވަސްވާން ގާތް ވެފައި ވަނިކޮށެވެ. އެހެންޏާ އެހިތުގައި ޝިޔާރާ ފެނުމުން ހިނގާ އުފާވެރިކަމެއް ނުހިނގިއެވެ. ނަމަވެސް ހިތް މަޖުބޫރު ކުރީ ޝިޔާރާއާއި ކައިރިވެލުމަށެވެ. ނިއާ ބަލިވެ އިނުމާއި ގުޅިގެން ޒޯހަންއަށް ކަމެއް ކޮށްނުދެވޭތީ އެބައި ފޫބައްދަން އެސިކުނޑި ނިންމީ ޝިޔާރާގެ ބޭނުންކުރުމަށެވެ. ޒޯހަން އަށް ނުވިސްނުނީ ޝިޔާރާގެ ބަނޑުގައި ޒޯހަންގެ ދަރިއަކު ގަރުބަގަނެފާ ވާކަމެވެ. އަލުން ލިފްޓަށް އަރާ ޝިޔާރާގެ ބަޔަށް ތަޅުދަނޑި ޖަހާލަމުން އެތެރެއަށް ހުޅުވާލިއެވެ. ކޮޓަރި ދޮރުމަތީގައި ހުރި ޝިޔާރާގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. ލޯބިވާ ފިރިމީހާ އެހާ ދުވަސް ފަހުން ފެނުމުން ކޮންޓްރޯލް ނުކުރެވުނެވެ. ޒޯހަންގެ ހަށިގަނޑުގައި ޝިޔާރާ އޮޅުލައި ގަތުމުން ވެސް ޒޯހަން ހުރީ އަޅާވެސް ނުލައެވެ. ޒޯހަން ލާފައި ހުރި ގަމީހުގެ މަތިން ތިން ގޮށް ނެއްޓި ތަނަވަސް މޭމަތި ހާމަވާން ހުރި ހިސާބުގައި ޝިޔާރާގެ ތުންފަތް ޖެހުމުން ޒޯހަންއަށް ވެސް އިތުރަކަށް ނުހުރެވުނެވެ. ޝިޔާރާ ކުރިން ފަށައިދިނުމުން ޒޯހަން ކުރަން އުޅުނު ކަންތަކަށް އިތުރު ދޮރެއް ހުޅުވުނީއެވެ. އޭގެ ގަޑީރެއް ފަހުން ޝިޔާރާގެ އެނދުމަތީގައި އޮތް ޒޯހަން ކުއްލިއަކަށް ތެދުވެ ތިރީގައި ހުރި އަންނައުނުތައް ނަގާ ލާން ފެށިއެވެ. މެއާއި ހަމައިގާ ރަޖާ އޮޅާލައިގެން ޝިޔާރާ ވެސް އެނދުން ތެދުވެލިއެވެ. ކޮޓަރިން ނިކުންނަން ހިނގައިގަތް ޒޯހަންގެ އަތުގައި ޝިޔާރާ ހިފާލިއެވެ. ޒޯހަން ބަލާލުމާއެކު ޝިޔާރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ތަޅުވާލިއެވެ. ޝިޔާރާ ބަނޑުބޮޑުކަން އަންގާ ދިނުމަށްޓަކައި ޒޯހަންގެ އަތްތިލަ ގެންގޮސް ޝިޔާރާގެ ބަނޑުގައި ޖައްސާލިއެވެ. ޒޯހަންއަށް އޭގެ މާނަ ވިސްނުނީ އެހެން ގޮތަކަށެވެ. ޒޯހަން ހީކުރީ އެކަމަށް ޝިޔާރާ ދެވަނަ ފަހަރަށް ބޭނުންވީ ކަމަށެވެ. އެހެންކަމުން އަވަސް އަވަހަށް ޝިޔާރާއަށް ބަލާލުމަށްފަހު ނޯ އޭ ބުނެލިއެވެ. ކުދިކުދިވެފައިވާ ޝިޔާރާގެ ހިތަށް ލޮނު މިރުސް އެޅި ފަދައެވެ. ހިތް ފަޅައިގެން ނުދިޔައިއްޔާ ރަނގަޅެވެ. ބަލާލުމެއް ނެތި ޒޯހަން އެނބުރި ދިޔައީ ނިއާ އިންތިޒާރުކުރާނޭ ބުނެފައެވެ. ޝިޔާރާގެ ހިތް ރޮށްވާލާފައި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް ނިކަމެތި ޝިޔާރާގެ ހިތް މަތީގައި އެޅި ފަދައެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް ޒޯހަން ދޮރުން ނިކުމެ ބޭރުން ތަޅުލި އަޑު ވެސް ޝިޔާރާއަށް އިވުނެވެ. ގަބުވެފައި ހުރި ޝިޔާރާ ހުރީ ވެދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ. ޒޯހަން ބަދަލުވެދާނޭ ކަމަށް ޝިޔާރާ ދުވަހަކު ވެސް އުއްމީދު ކޮށްފައެއް ނެތެވެ. ލޮލުންފޭބި ކަރުނަތައް ފޮހެލުމަށްފަހު ފާހާނާއަށް ވަނީ މިންވަރަށް ޝުކުރު ކުރަމުންނެވެ. ޒޯހަންގެ ހިތް އަލުން ބަދަލުވަންދެން ޝިޔާރާ ކެއްކުރާނެއެވެ. އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. އަދި ހަމަ ވަފާތެރިކަންމަތީ އެލޯތްބަށް އިންތިޒާރުކުރާނެއެވެ. ޒޯހަން ކަމަކު ބޭނުންވެގެން އައިއްޔާ އުފަލުން އެކަމަށް މަރުހަބާ ކިޔާނެއެވެ. ޒޯހަންއަކީ ޝިޔާރާގެ ފުރާނައެވެ.

ފުދޭ ވަރަކަށް ގިނައިރުވުމުން ނިއާ ހާސްވާނެކަން އެނގޭތީ ޒޯހަން ހުރީ އިންތިހާއަށް ދެރަވެފައެވެ. އެހެންކަމުން ކޮޓަރިއަށް ވަނުމުގެ ކުރިން ފުންނޭވައެއްލާ މީހާ ރިލޭކްސް ވެލިއެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. މަންޒަރު ބަލަން ހުރި ލަތާގެެ ތުންފަތްމަތީގައި ވީ ހިނިތުންވުމެކެވެ. ޒޯހަން އައީ ޝިިޔާރާގެ ކައިރިންކަން ލަތާއަށް އެނގުނީ ޝިޔާރާގެ ހާލު ބަލާލަން އެބަޔަށް ދިޔުމުން ޒޯހަންގެ އަތްދަނޑިމަތީގައި ޝިޔާރާ އުފުލާލައިގެން ކޮޓަރިއަށް ވަންތަން ފެނުމުންނެވެ. އުފަލުން ފޮޅިފައި ހުރި ލަތާ އައީ ހުޅުވާލާފައި ހުރި ދޮރުވެސް ތަޅުލާފައެވެ. ލަތާގެ ދުއާ އިޖާބަ ކުރައްވާތީ އެކަމާއި ޝުކުރުކުރާ ހާލު ކޮޓަރިއަށް ވަނީ ހިނިތުންވެ ހުރެއެވެ.

“ކޮންކަމަކާ ބޭބީ މާ ހާސްވެފަ” އެނދުގައި އިން ނިއާ ފެނުމުން ޒޯހަން ލޯތްބާއެކު އަހާލިއެވެ. ނިއާގެ މޫނު ފެނުމުން ވެސް ޒޯހަންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އަދި ހަމަޖެހިލުމަށްޓަކައި ސައިޑް ކަބަޑްމަތީގައި ބަހައްޓާފައި ހުރި ޖޫސްތަށި ބޯލީ އެއްނޭވައިންނެވެ. ނިއާގެ ތުންފަތްމަތީގައިވި ވިހަ ހިނިތުންވުން ފެނުނުނަމަ ޒޯހަން ނިއާ އާއި ސުވާލުކުރާނެކަން ޔަގީނެވެ. “ތީ އޮފީހަށް ފައިލެއް ބަލާ ދިޔަ މީހާ. އެކަމަކު ޒޯން ހާދަލަހެކޭ. ނިންނި އޮފީސްބަޔަށް އަރަން އުޅެނިކޮށް ތިއައީ” އެނދުގައި ނިއާ ކައިރީގައި އިން ޒޯހަންގެ އަތުގައި ބައްދާލަމުން ނިއާ ވާހަކަދެއްކިއެވެ. “ފައިލް ނުފެނުނީމަ މަސައްކަތެއް ކުރަން އިނީ. ނިންނި ބިރުގަނެފާނެތީވެ މިއައީ ވެސް. އެހެންނޫނީ އެކަންތައް އެއްކޮށް ނިންމާފަ އަންނާނީ” ޒޯހަންއަށް ނިއާ އާއި ހަތަރުކަޅި ހަމަކުރަން ނުކެރުނީ ދޮގު ބޭޒާރުވެދާނެތީއެވެ. އެވަގުތު ޒޯހަންގެ ބުމަ މަތިން ބޮލުގެ އިސްތަށިގަނޑާއި އެކުވެފައި އޮތް ދިގު އިސްތަށި ފެނުމުން ނިއާ އަށް އިތުރު ސުވާލެއް ކުރާކަށް ނުޖެހުނެވެ. ނަމަވެސް ޒޯހަން ދޮގު ހެދުމުން ދެރަވިއެވެ. އަދި އެކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ނިއާ ވިސްނާލުމަށްފަހު ޒޯހަންގެ ކޮލުގައި ބޮސްދިނެވެ. “މިރޭ މިއުޅެނީ ކަމެއް ކުރާ ހިތުން. މިހާރު ކިހާ ދުވަހެއްމިވީ. ނުބުންޏަސް އެނގޭ ޒޯން ވެސް ބޭނުންވާކަން. ޑޮކް ވެސް ބުނިދޯ އޯކޭއޭ. ބަލައިގެން އުޅެވިދާނެދޯ… ޕްލީޒް ހިނގާބާ” ވަގުތުން ޒޯހަން ދެކޮޅު ހެދިއެވެ. އަދި އެހެން ފަހަރަކުން ކަމަށްް ބުނެ ނިއާގެ ބޮލުގައި ބޮސްދިނެވެ. ނިއާއަށް ކުރެވުނީ ކުށްހީއެއް ނުންކަން އެނގުމުން ރުޅި އާދެވުނީ ޝިޔާރާ ދެކެއެވެ. ޒޯހަންގެ މޭގައި ބޯއަޅާލައިގެން ނިއާ އިންއިރު ހިތާހިތުން ޝިޔާރާއަށް ބަދުދުޢާ ކުރަމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އިތުރު އެއްމަސް ދުވަސް ފާއިތުވީއެވެ. ޝިޔާރާގެ ހާލަކީ ކޮބާތޯއެވެ؟ ޒޯހަންގެ ފަރާތުން އަޅާލުމެއް ނުލިބުނުތާ މިހާރު ޒޯހަން ވަނީ ބަކުރާއި މޯޑްއާއި އެއްފެންވަރަށް ވެއްޓިފައެވެ. ޒޯހަން ބޭނުންވާ ކަންތައް ޝިޔާރާގެ ފަރާތުން ކޮށްލެވުނީމާ އެނިމުނީއެވެ. ކުޑަމިނުން ހުރީ ކައިގެންތޯވެސް ބަލާނުލައެވެ. މުޅި ގޭގައި ޝިޔާރާއަށް އަޅާލާން ހުރީ ލަތާ އެކަންޏެވެ. ބޮޑުވެފައި ހުރި ތައުލީމީ ފިރިހެން ދަރިފުޅު އުޅޭ ގޮތުން ލަތާ ހުންނަނީ އަބަދު ހިތުގައި ޖެހިފައެވެ. މިހާރަކަށް އައިސް ޒޯހަން އަށް ނިއާ ހުރެފަ އެއްވެސް މީހަކު ނެތަސް ވަރިހަމައެވެ. ނިކަމެތި ޝިޔާރާ އުޅޭ ހާލުން ލަތާގެ ހިތް ފަޅައިގެންދާވަރު ވޭއެވެ. ލަތާ ބޭހަކަށް ޔަޝްމީ ގޮވައިގެން ބޭރަށް ފުރަން ހަމަޖެހިފައި އޮތުމުން އެނިކަމެތި އަންހެންކުއްޖާއަށް އަޅާލާނެ މީހަކު ނެތުމުން އިތުރަށް ކަންބޮޑުވެއެވެ. ރާކީއަށް ވެސް ވިސްނާދެވުނު އަދަދެއް ވެސް ނޭނގެއެވެ.

އެއްދުވަހެއްގެ މެންދުރުފަހެވެ. ކައިގެން ސޯފާގައި ހަބަރު ބަލަން ޖައްސާލި ނޫރީ އަށް ލަތާ ބިލެއްގަނޑު ގެނެސްދިނެވެ. އަދި ޖެހިގެން ހުރި ސޯފާގައި ޖައްސާލިއެވެ. ފަހަކަށް އައިސް ލަތާއާއި ނޫރީ ވެސް މާގިނައިން ވާހަކަދައްކައެއް ނޫޅޭއެވެ. ނޫރީގެ ރޭވުންގަނޑު ކުރިފަޅާ މޫލަމުންދާތީ ހުންނަނީ ނުލާހިކު ހިތްހަމަޖެހިފައެވެ. ނިއާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ކޮޓަރިން ނިކުތް ޒޯހަން އަށް ނޫރީ ގޮވާލިއެވެ. އަދި ކުރިމަތީގައި ހުރި ސޯފާގައި އެދެމަފިރިން ޖައްސާލުމުން ލަތާ ތެދުވެގެން ދިޔައެވެ. “ބައްޕަ މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން ދަރިފުޅުމެން ކައިރީ. މަންމަ އެއުޅެނީ ދޮންބެދައްތަ ގޮވައިގެން ޔޫކޭއަށް ފުރަން. ދޮންބެ ވެސް ދާނެ. ދެން ދޮންތަ އެއުޅެނީ ނުލާހިކު ބުރަކޮށް ދެކުދިން ގޮވައިގެން. މިގޭގައި އިތުރަށް ކެއްކެން ވެސް ހުރީ ދޮންތައަށް އެކަނި. ނިއާ އަކަށް އެކަހަލަ މަސައްކަތެއް ނުކުރެވޭނެ. ދެން ހުރީ ޒޯންގެ ދޮށީ އަނބި ޝިޔާރާ. ބުނޭ މަންމަ އަންނަންދެން މިބަޔަށް ބަދަލުވާން. ދެން ޒޯންވެސް ވާނެ އެމަންޖެގެ ހާލު ބަލަން. އިރަކު ބައްޕަ ނުގަބޫލަސް މިހާރު ބައްޕަ މުޅިން ބަދަލުވެއްޖެ. ގަބޫލުކުރަން އެއީ ވެސް ޒޯންގެ އަންބެއްކަން. އެހެންވީމަ ބުނޭ މިބަޔަށް ބަދަލުވާށޭ. މަންމަ އާއި ބައްޕަގެ ރޫމް ކުރިމަތީގައި ހުރި ރޫމުގަ ބަހައްޓާ ގެނެއްސަ” ފާރު ކައިރީގައި ހުރި ލަތާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނޫރީ ޝިޔާރާއާއި ދޭތެރެ ދެކުނު ގޮތް ބަދަލުވީތީ ލަތާ ވަރަށް ހިތްހަމަޖެހުނެވެ. ލަތާ އަށް ނުވިސްނުނީ ފަރުދާގެ ފުރަގަހުގައިވީ ކަންތަކެވެ. ޒޯހަން ފޫހިވެފައި އިނދެ ވެސް ބޯޖަހާލިއެވެ. “ފޯނުން މެސެޖްކޮށްލާފައި ބުނޭ. ކީއްކުރަން ކޮންމެހެން އެބަޔަށް ދަނީ” ނިއާ ޒޯހަން އަށް އަމުރު ކޮށްލިއެވެ. ވަގުތުން ޒޯހަން ނިއާގެ ބަހަށް ކިޔަމަންވިއެވެ. ފޯނު ނަގާ ޒޯހަން މެސެޖް ޓައިޕް ކުރަން ފެށުމުން ނިއާ އާއި ނޫރީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ލަތާ ފުރައިގެން ދިޔުމާއެކު ޝިޔާރާ ތިރިއަށް ބަދަލުވިއެވެ. އެބައިގާ އުޅޭތާ ހަފްތާއެއްވެ ދިޔައިރު ވެސް ޒޯހަން ޝިޔާރާ އާއި ބަސް ކިޔާފައެއް ނުވޭއެވެ. ރާކީ ވެސް ކޮންމެހެން ބުނަން ޖެހުނު އެއްޗެއް ވިއްޔާ ނުބުނެއެވެ. ޝިޔާރާ ކުރިމަތީގައި ޒޯހަން ނިއާ އާއި ސަކަރާތްޖަހާ މަންޒަރު ފެނުމުން ޝިޔާރާ ހިތް ކުދިކުދިވާވަރު ވެއެވެ. ނިއާގެ ބަނޑުގައި ކޮށްޓަމުން ސަކަރާތް ޖަހަމުން ކޮޓަރިން ނިކުންނަ މަންޒަރު ފެނުމުން އެދެލޯ ކަރުނުން ތެންމާލައެވެ. ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން އުޅޭނީ ކިހާ ދުވަހަކުތޯއޭ ޝިޔާރާގެ ހިތަށް އަރައެވެ. ނޫރީގެ ފަރާތުން ވެސް މަލާމާތުގެ ހިނިތުންވުމެއް ނޫނީ ޝިޔާރާއަށް ނުލިބޭއެވެ. އެކަނިމާއެކަނި ކަރުނަ އަޅަމުން ކެއްކުރަނީ ލޯބިވާ ފިރިމީހާގެ ލޯމަތިން ގެއްލިގެން ދާން ބޭނުން ނުވާތީއެވެ. ކޮންމެ ހާލެއްގަ ވެސް ޝިޔާރާ ކެއްކުރާނެއެވެ. ބަނޑުގައިވާ ދަރިފުޅަކީ ޒޯހަން ގެ ލޯބީގެ ނިޝާނެވެ. އެއަމާނާތަށް ހިޔާނާތްތެރިއެއް ނުވާނެއެވެެ. އަމިއްލަ ފުރާނަ ގުރުބާން ކޮށްގެން ވެސް އެކުޑަކުޑަ ފުރާނަ މިދުނިޔެއަށް ގެންނަން ޝިޔާރާ ބޭނުންވެއެވެ.

މެންދުރުގެ ގަދަ ހޫނުގައި ޒޯހަން އޮފީހުގައި އުޅުމަށްފަހު ނިމޭ ވަގުތު ނުޖެހެނިސް ތިރިއަށް އައީ ނިއާގެ މޫނު ދެކިލާ ހިތުން ކެއްނުވެގެންނެވެ. ކަރުގައި އޮތް ޓައީ އަށް ދޫކުރަމުން ކޮޓަރިއަށް ވަންނަން އައި ޒޯހަންއަށް ކުރިމައްޗަށް އެރި ޝިޔާރާ ފެނުމުން ހުއްޓެވުނެވެ. ކަރުނުން ދެލޯ ފުރިފައި ހުރި އިރު ވެސް ޝިޔާރާ މަސައްކަތްކުރީ ހިނިތުންް ވެވޭތޯއެވެ. ޒޯހަން ފޫހިކަމާއެކު ޝިޔާރާއަށް ބަލާލުމުން ޝިޔާރާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ޝިޔާރާ ޒޯހަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރިއިރު ޒޯހަން ހުރީ މާދުރަށް ބަލަހައްޓައިގެންނެވެ. ޝިޔާރާގެ މޫނު ދެކެ ވެސް ޒޯހަން ފޫހިވާ ކަހަލައެވެ. ޒޯހަންގެ އަތުގައި ޝިޔާރާ ހިފާލަން އުޅުނު ވަގުތު ޒޯހަން ހީލާފައި ގޮސް ހިފާލީ ދޮރުމަތީގައި ހުރި ނިއާގެ އުނަގަނޑުގައެވެ. ހިތުގައި ޖެހިފައި ހުރި ޝިޔާރާ އެނބުރުނު ވަގުތު ކުރިމަތީގައި ކަޅި އަޅާލައިގެން ހުރި ނޫރީ ފެނި މޭ ކެކިގަތެވެ. ޒޯހަންގެ ބައްޕައެއް ކަމަކު އެވަރަށް ދެލޯ ކުޑަނުކޮށް ކަޅި ނޭޅެނީހޭ ޝިޔާރާގެ ހިތަށް އެރިއެވެ. ޖެހިލުންވެފާ ކުރިއަށް ހިނގައިގަތީ އެދެލޮލުން މީހާ ފިއްސާލާފާނެތީއެވެ. ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަދެވުނު އިރު މީހާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ދޮރުގައި ލެގިލައިގެން ހުރެ ރޮމުން ދިޔައިރު ކޮޓަރީގައި ވާހާ ހުރިހާ އެއްޗެއް ހިތާމައިގާ ބައިވެރިވާ ކަހަލައެވެ.

 

ދެފަރާތަށް ދުއްވާ އެއްޗެހީގެ ސަބަބުން ހަލަބޮލި ކަމެއް ވެރިވެފައިވާ މަގުމައްޗަށް ބަލަމުން ޕޭވްމަންޓް މަތިން ހިނގާލާފައި އައި ޝިފްނީ އައީ ޝަޒަން އާއި ދިމާލަށް ހިތާ ހިތުން އެއްޗެތި ގޮވަމުންނެވެ. ކޮލެޖް ނިމުނު ގަޑިއަށް ޝަޒަން އަށް ބަލާ ނާދެވުމުން ޝފްނީ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ކުޑަކޮށް ވިއްސާރަ ދުވަހެއް ކަމުން މަގުމަތިން ޓެކްސީއެއް ވެސް ނުލިބުނެވެ. މަގުމައްޗަށް ކިރިޔާ އަވިކޮޅެއް ދިއްލާލީތީ އަވި އައިނުން އެބޮޑު ދެލޯ ފޮރުވާލިއެވެ. މަގުމަތިން މީހަކު ޖެހިލިޔަސް ޝިފްނީ ރުޅި ގަދަވަނީއެވެ. ދުވަހަކު ވެސް ކޮލެޖަށް ނުދާނަމޭ ހިތަށް އެރިއެވެ. ޒޯހަން އަށް ގުޅަން ކިތަންމެ ފަހަރަކު ހިތަށް އެރިކަމުގައި ވިޔަސް ފަހު ވަގުތު ޒޯހަން މަތިން ވެސް ފޫހިވީއެވެ. މަގު ހުރަސްކުރާ ކަފީގައި މަޑުކޮށްލައިގެން ހުރި ޝިފްނީ ކުއްލިއަކަށް ސިހުނީ ކައިރިއަށް މަޑުކޮށްލި ސައިކަލެއް ފެނުމުންނެވެ. އެ ސައިކަލުގައި އިނީ ޝިފްނީ ދުވަހަކު ވެސް ނުދެކޭ ފިރިހެން ކުއްޖެކެވެ. މަޑު ނޫކުލައިގެން އަތްދިގު ގަމީހާއެކު ކަޅު ފަޓްލޫނުގައި އިން އިރު ލޮލުގައި އަވި އައިނެއް އިނެވެ. ޕޮލިޝް ކޮށްފައި ހުރި ބޫޓުން ވެސް ސާފުކޮށް މޫނު ފެންނަ ވަރުވެއެވެ. މުށިކުލައިގެ ބެކްޕެކެއް އިން އިރު ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޝިފްނީ ހުއްޓުން އަރާފައި އިރުކޮޅަކު ހުރުމަށްފަހު އެކުއްޖާއާއި ދިމަލަށް ކަޅި އަޅާލިއެވެ. ” ތިހާ ރީތި ކުއްޖެއް މަގުމަތިން އެކަނި ހިނގާފައި ދާކަށް ނުވާނެ. ބަލާބާ ކުޑަކޮށް ދާވެސް ހިއްލާފައި ތިހުރީ. ލިފްޓެއް މިދިނީ. ގަބޫލުކުރާނެކަމަށް އުއްމީދު ކުރަން” ޝިފްނީގެ އަތްތިލައިގާ އޮތް ޓިޝޫ ނިއްކުރީގައި ޖައްސާލަމުން ލޮލުގައި އަޅާފައި އޮތް އައިނު ބުރުގާ މަތިން ބޮލުގައި އަޅުވާލިއެވެ. “މައިގޯޑް.. މިހާރު ވަކިން ލޯބި” އެކުއްޖާ ހަށިގަނޑު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. “އެކްސްކިއުޒްމީ… ކިހިނެއްވެގެން ތިއުޅެނީ. ޝިނީ ނޫނީ މިތަނުން ކުއްޖަކު ނުފެނުނީތަ. މަންމަ ކައިރީގައި ބުނާނަން. ދޮންބެ ކައިރީގަވެސް” ޝިފްނީ ހުރި ހިސާބުގައި ހުއްޓިލަމުން ކުރިމަތީގައި އިން ޒުވާނާއަށް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހާދަ ލޯބިންނޭ…. (27)

Next

ފެންނާތީ ޔާރާގެ މޫނު (7)

Next
April 2, 2016

ފެންނާތީ ޔާރާގެ މޫނު (7)

Previews
April 2, 2016

ހާދަ ލޯބިންނޭ…. (27)

70 Comments!

  1. A says:
    April 2, 2016 at 9:33 am

    v foohi mi vaahaka miharu

  2. A says:
    April 2, 2016 at 9:34 am

    vaagoi

  3. saaaaa says:
    April 2, 2016 at 9:47 am

    Abadhuves siyaa ah dherogoih vaathee story vvv hadi vehje..

    1. Zuha says:
      April 5, 2016 at 8:32 pm

      Asluves

  4. saaaaa says:
    April 2, 2016 at 9:50 am

    Vaahaka mihaaru vvvv hadi ok..

  5. princess says:
    April 2, 2016 at 9:51 am

    Alhryyyy..Poor shiyaa…alhe zoan haadha goahey……..nxy prt maadhan up vaane tha

  6. !! says:
    April 2, 2016 at 9:52 am

    Alhe dhn shiya preg kan falhaa aran vejje ehnun … v v hurt veyey… mibai kiynvx foohi… hama rovey shiyaa ulhey gothun..

  7. nooo says:
    April 2, 2016 at 9:53 am

    Eh gothakah vx kamaku nudhey … dhn zohan eoh ulhey gotheh … vaahaka ehkon hadi vehjje

  8. Shaai says:
    April 2, 2016 at 9:55 am

    Haadha foohsey hope kurivareh noon. But kurin me vaahaka up date vun las vefa hunnany.

  9. rose says:
    April 2, 2016 at 10:01 am

    Noory haadha nulafae. Dhuvahaku maafu nukuraanan

  10. Raa says:
    April 2, 2016 at 10:05 am

    Nxt part avahah grnesdhyba ushaali plz plz plz

  11. Xee says:
    April 2, 2016 at 10:07 am

    Zohan ah sihuru hedhy dhw

    1. angle says:
      April 2, 2016 at 11:40 am

      even i think so…cox of that water bottle…dnt knw…lets read dhw..ushali pls next part thankolheh avas kohdhyba ingey….we are waiting ingey…..:)

  12. Anonymous says:
    April 2, 2016 at 10:10 am

    dhn mihaaru v foohi mi vaahaka kiyan… abadhu shiyaa ah dhera goiyy vaathy……

  13. Ram says:
    April 2, 2016 at 10:11 am

    Alhe shiyaa ah vaagoiy haadha dhera ey zoan ge bappa fanditha fen dheny niaa lavvaa shiyaa ah abadhu dhera goiyy vaathi mi vaahakah kiyan mihaaru foohi. Heyo nuvaane zoan rangalhu kohbala. ..

  14. rediiii says:
    April 2, 2016 at 10:22 am

    Mihaaru haadha fooohsey.. mi kanthah dhn falhaa aruvaalabala. Gynecologist akahvx neyngunutha marry kohggn 1 month vgn preg v iru bandah 3 mahey bunaakah. This is so fake. Plx thankolheh interesting kohlabr. Zoan shiyaa ah alun anburaa dheebala. N noory haa rangalhu dheenveri meehaku fanditha hedheema kada dho..

  15. Maayaa says:
    April 2, 2016 at 10:46 am

    Dhen keehvetha shitaa ah thihen thihadhany???? Efakeer abafhu hithamaiga ekamak thi niyaa thankolheh avahah falha aruvachey adhi ziahan ah shiyaa ah libunuvarah hiydhathikan dheynjeheyne fooohi zoahan

  16. ziya says:
    April 2, 2016 at 11:46 am

    Dhen niaa ge kanthah falhaa aruvaalaba.shiyaa ah alun zoan hoadhadhee

  17. Princess Noddy says:
    April 2, 2016 at 11:58 am

    Piss kihineh thi hedhy…dhen v foohi vaane..alhe when nuhadha ba plz

  18. Faathun says:
    April 2, 2016 at 12:01 pm

    Haha mi hama nujehey dhw.. marry kureeru bandah mas wefa huree.. scan report in neygeytha bandah kithah mas kameh… thankolheh real kh liyebala dhw.. ehen meeheh nama mihaaru hunnaani ingifa kanney.. hopeless this story is now.. ma emme kiyaaa hithun kee waahaka mee.. mihaaru nuwey kiyaa hiyy vx.. abadhu shiyaara dhera khfa hunnaathee…

  19. noo says:
    April 2, 2016 at 12:10 pm

    Kurin huri heyy gaimu kan mulhin gehlihje..

  20. noo says:
    April 2, 2016 at 12:14 pm

    Maves enme kiyaa hithun kee vaahaka.. Ekamaku foohivehje story change kuri kureenun hadi kohlaifi… Manje thithi kada ey..

    1. shine says:
      April 3, 2016 at 2:06 pm

      Noo thibuny hama heyokoh.. kurin enme rythi story bt mihaaru enme hadi,,. Kamaku nudheyyy

  21. faz says:
    April 2, 2016 at 1:44 pm

    Exactly..this story is borin nw..hw can he change so much without any valid reason?? He mite b under sum sihuru..bt still e loabi ehaa avahah fade veema da interest i had in thiz story too has faded away..

  22. Ninni says:
    April 2, 2016 at 1:58 pm

    Mihaaru v hadi.. dhn e niaa jehey thr knmehen shiya ge life ah vannan.. i hate her. Dhn huree zohan. Eyna e vanee lwbi thr. Pis pis.. dhn hurihr kameh bust kohlaabr.. shiya ah dhera libey thee ninni haadhr dheravayey.. huwrr..

  23. ken? says:
    April 2, 2016 at 2:00 pm

    enmen hiyhama jehey gothakah nuliyeveyne dhw…even i feel zohan ah sihuru hedheehen…faadeige fen fulhiei dheefa orange juice adhi giraafa olhivaalan..dn ekam knmes shiya preg kan enguneema dhw eyna aa tc kureveynee…btw doc bunefa dhw inee 6 month varu gap ei nagan shiyaa adhi eikoh fit noon veema?

  24. Niz says:
    April 2, 2016 at 2:04 pm

    WTH zohan.. v foohi zohan ulhey gothun…bt vaahaka v nice

  25. me says:
    April 2, 2016 at 2:31 pm

    stry furathahama kolhu sad vaany fahun happy vaathy ,,,, so still waiting for next part….

  26. Ze says:
    April 2, 2016 at 3:34 pm

    Varah foohi mihaar shiyaa ah abadh dheragoy vaathee

  27. Simmy says:
    April 2, 2016 at 4:04 pm

    Zohan i hate u mee zohan kahala firehenun ge vahtharu.ratehi vegen ulhey iru udun ves thari baalan ves baalaane. Inyma eyge anehfaraai dahkaane. Ushaali alhe shiyaa ah ehen nahadabala

  28. Reesham says:
    April 2, 2016 at 5:18 pm

    Alhey ushaali..vaahaka ah mihaaru kihineh thihadhany..aslu mee v rythi vaahakaeh..ushaali plx avahah up khdheyche..dhn oi bai v kiyaahithun mihuryy..

  29. azza moahmed says:
    April 2, 2016 at 8:29 pm

    noolhen.. v v v v v hadi..

  30. mau says:
    April 2, 2016 at 8:30 pm

    Nyc

  31. Axxa Mhmd says:
    April 2, 2016 at 8:47 pm

    hadi

  32. Cham says:
    April 2, 2016 at 9:12 pm

    Kn irakun next part up kuraany?

  33. abhy says:
    April 2, 2016 at 11:10 pm

    Mi dhen boduvaru. Shiya ah hurihaa dhera kameh. Vaahaka varah hadi mihaaru foohi vejje

  34. Ze says:
    April 2, 2016 at 11:50 pm

    Then thi nia falhaa aruvanvejjehnu
    Mihaar v hadi vejje mivaahaka

  35. Ushaali says:
    April 3, 2016 at 7:53 am

    huriha kudhinnah vahaka hadi v ma v dheravehjje;-(… mihaaru genna baithah hadi viys kuriah dhaa varakah annaany reethivamun… mihaaru vahaka ah kithanme kuda change eh geneyas mulhi plan ehkoh badhaluvaane… ehen v ma inthizaaru kollaa. shiya ah adhi kaamiyab vaane…insha allah

  36. Sen says:
    April 3, 2016 at 11:11 am

    Up kohdybala avahah

  37. Cham says:
    April 3, 2016 at 1:03 pm

    Dhn alhe hardha lahey up kuraaleh ?

  38. brokenness says:
    April 3, 2016 at 2:24 pm

    Mihaaru bakurekey zoahan ekey thafaatheh nethehnun.. beynun v ma beynun kohlaafa loabi dhyfa beynun fudhunyma faidhoshuga onna faifuhsah kuraa ihthiraamvx nukure.. V thedhuvri loaehbeh thiya v… Nd poor shiyaa.. she cnt do anythin dhww, even she nt talk…..plx ushali, dnt hurt her.. haadha hurt veyey shiyaa uley gothun..

  39. sss says:
    April 3, 2016 at 2:45 pm

    Alhe avahah aneh part up koh dheeba…plxxxxxxxxxxx

  40. Cham says:
    April 3, 2016 at 6:37 pm

    Mihaaru up kuraaleh mar las veema foohi

  41. ifaaa says:
    April 4, 2016 at 9:22 am

    kbw story waitn

  42. Shaai says:
    April 4, 2016 at 10:27 am

    Ushaali vaahaka update nukurantha thihuri…
    Shiyaa n zone ah vaane gotheh balaala hihvefa mihunnany kehmadhu vefa.

  43. roony says:
    April 4, 2016 at 2:13 pm

    alhe thihen nahadhaa shiyaa fakeeru ulhey haaleh dho…avahah upkohbala kiyaa hithun kehmadhu vefa..

  44. Zaanaa says:
    April 4, 2016 at 3:56 pm

    Up kohdeeba meyaduge part v keyaahethun nay me huree

  45. aish says:
    April 4, 2016 at 7:06 pm

    hurihaa kudhin hadi ey buneema hutaalee tha? kome stry ey ga onaane haadhisaaa ey dhw aish ah v reethi mi stry ves ane baa mirey kiyaalan libey varu vaane kama hope kuran

  46. Cham says:
    April 4, 2016 at 9:54 pm

    Mi varhaka kiyar hithun mihaaru hama ah nuvz nidhey

  47. aish says:
    April 5, 2016 at 12:32 am

    alhey kobaa up kobala anebaa kiyaa hithun nuves nidhunu

  48. roony says:
    April 5, 2016 at 9:45 am

    varah foohivey mihaa lasvaa theeve

  49. Shaff says:
    April 5, 2016 at 9:57 am

    Whn nxt part..
    Waiting waiting waiting

  50. Petite says:
    April 5, 2016 at 10:01 am

    Kobaa next part.. waiting waiting waiting….

  51. Shaff says:
    April 5, 2016 at 10:14 am

    Nice story but up kuraagoh maa slow v ma kada ey ?

  52. Naaaaaa says:
    April 5, 2016 at 11:42 am

    Nice story waiting………….????????????

  53. Aeyesha says:
    April 5, 2016 at 1:58 pm

    nyc stry ……. we r waiting nxt part up kohba thankolheh avahah plxxx

  54. aMuuuu says:
    April 5, 2016 at 2:00 pm

    nyc stry ……. we r waiting nxt part up kohba thankolheh avahah plxxx

  55. Zaanaa says:
    April 5, 2016 at 2:29 pm

    Alhe khon erakun tha up kohdenee mehaaru me ulhanee kehmaduvegen avas kohdeea pls pls shiyaa ah vaagoiy balaalaa hiy vanee story nemay eru

  56. naajy says:
    April 5, 2016 at 2:43 pm

    ushaaly yah kihineh v tha anehkaa vaahaka maa las vehje kiyun therin lahvaa thivarah aadheys nukurah vavaa….kiyun therin miulheny kehmadhu vegen

  57. sss says:
    April 5, 2016 at 4:46 pm

    Alhe next part up koh dheeba…… plxxxxxxxxx… plxxxxxxx

  58. aish says:
    April 5, 2016 at 5:42 pm

    ane part genes dheee plx nukevey nunidhey anepart kiyaalaa hithun

  59. Shaaa says:
    April 5, 2016 at 7:03 pm

    Thigothah vaahaka nugenes dhinas rangalhuvaane kury baithah handhaan nethigen dhaairu ves vaahaka up eh nuvey thigothah vaahaka genes dhenyaa v foohi dhenves inthixaaru bukuruvaa vaakaige aneh bai thankolheh avahah up kohbaaaa

  60. axa says:
    April 5, 2016 at 10:34 pm

    Y so slow.. Plx up kohba avahah

  61. Shaff says:
    April 5, 2016 at 10:35 pm

    whn nxt part ?

  62. zaa says:
    April 5, 2016 at 11:12 pm

    Waiting for next part.plx avaskollabala up kuraaleh .

  63. brokenness says:
    April 5, 2016 at 11:25 pm

    Prblm eh dhimaa v tha ushaali, story up maa lasvany… Alhe avahah nxt part up khdhyba.. Mi iny hama funasaruge inthizaaruga….
    Plxxx, upload fastttt.

  64. fastttttttt says:
    April 5, 2016 at 11:26 pm

    Prblm eh dhimaa v tha ushaali, story up maa lasvany… Alhe avahah nxt part up khdhyba.. Mi iny hama funasaruge inthizaaruga….
    Plxxx, upload fastttt.

  65. Rish says:
    April 6, 2016 at 9:48 am

    Kobaa tha next part haadha lahey up vaaleh….

  66. mayaa says:
    April 6, 2016 at 10:14 am

    haadha laheyyyyy koba part 21 funassarah haadha inthizaarakey mi kurevenyy plxxxx… dhuvaalaku neyge esfiya check kohlevey adhadhehves vaahaka up vi tho belumah

  67. Xoya says:
    April 6, 2016 at 2:03 pm

    Kobaatha aneh part.. haadha lahunney up vanee

Comments are closed.

Next Episodeފުންއަސަރު 21←


All Right Reserved!